ޝަހުދު އަރީންގެ އަތުގައި ހިފައިގެން ގޮސް އެ ކޯޓުން ބޭރަށް ނުކުތެވެ. މަގުމައްޗަށެވެ. ޝަހުދުގެ މޫނުމަތީގައިވާ ހިތްހަމަނުޖެހުމުގެ ކުލަވަރުން އަރީން ބިރުން ވިރިއްޖެއެވެ. “ކަލޭ އަށް ހާސް ހާހުން ރުފިޔާ ދިނީ އަހަރެން ބުނާ ގޮތެއް ހަދާށޭ. ކީއްވެގެންތަ އެ މުހިންމު ކްލިޕްތައް ނުދެއްކީ؟” ޝަހުދު އަޑަށް ބާރުލައިފައި ވާހަކަ ދެއްކި އިރު އެ ދެލޮލުން އަލިފާން ކަނި ބުރައެވެ. އަރީން ބިރުން ހަލާކުވެއްޖެއެވެ. އޭނާ އެއްލި ކަޅިއަކުން ދެން ފެނުނީ ރައުފާނެވެ. އޭނާގެ ރުޅިވެރި ނަޒަރު […]
ލީވާންގެ ޖަވާބަކަށް އިންތިޒާރުކުރަން ލޮލުފިޔަ ޖަހާ ނުލާ އަރީން އިނެވެ. ބުނާ ކަހަލައެވެ. އެ ކްލިޕްތަކުގެ ސައްޙަކަން ކަށަވަރުކޮށްފައި މެނުވީ ނުނިދާނަމެވެ. އޭނާގެ އިންތިޒާރަށް ނިމުމެއް އައީ ބާރަ ގަޑި ސާޅީސް ފަހެއް ވުމުންނެވެ. އެ ހިތް ނުބައި ގޮތަކަށް ތެޅިލީ ލީވާން ފޮނުވި މެސެޖު ފެނުމުންނެވެ. އަތް ތުރުތުރު ލަމުން ދިޔަ ޙާލު ލީވާން ފޮނުވި ކްލިޕްތަކުން ފުރަތަމަ އެއްޗަށް ކްލިކްކޮށްލިއެވެ. އެއިން ފެނިގެން ދިޔައީ އަރީނަށް ޝަހުދު ދިން ކްލިޕްތަކާއި ޚިލާފު މަންޒަރެކެވެ. އެއިން […]
ޝަހުދު އެންމެ ފަހުން ރޫމަށް ވަނީ އެހެން ގޮތެއް ނެތުމުންނެވެ. އެތެރެއަށް ވަނުމާއި އެކު އަރީން އިޙުތިރާމް އަދާކުރުމުގެ ގޮތުން ތެދުވިއެވެ. ހިނިތުންވެލަށް މަސައްކަތް ކުރި ނަމަވެސް އަރީނަށް އެކަމެއް ނުވިއެވެ. ހީވަނީ ނުފެންނަ ބާރަކުން އެކަމަށް ހުރަސް އަޅާހެނެވެ. ޝަހުދުގެ ނުރައްކާތެރި ނަޒަރު އަރީނަށް އަމާޒުވެފައިވާކަން ރެއަކާ ލުމުން އޭނާއަށް ހިންދިރުވާލެވުނެވެ. “އަމް… ކޭސްގެ ކަންތައްތަކާއި މަޝްވަރާ ކޮށްލަން ހިނގާ. ދޮގު އިލްޒާމެއް އެޅުވިޔަސް ސަސްޕެކްޓަކަށް ވިއްޔާ ސަލާމަތްވެވޭނީ ވަރަށް ހެކި ހޯދައިގެން.” މާހައުލުގައިވީ ނުތަނަވަސްކަން […]
ހަތް ވަނަ ފުލޯ އަށް ހުއްޓުމާއި އެކު ލިފްޓު ހުޅުވިއްޖެއެވެ. އަރީން އަނެއްކާވެސް ޔޫނުސްގެ ފަހަތުން ހިނގައިގަތެވެ. މެނޭޖަރުގެ ކެބިން ކުރިމަތީގައި ހުއްޓިލައިފައި ޔޫނުސް އެ ދޮރުގައި ޓަކި ޖެއްސެވެ. އެތެރެއިން ވަންނާށޭ ބުނުމުން ޔޫނުސް ދޮރު ހުޅުވާލިއެވެ. ފުރަތަމަ ފަހަރަށް އަރީނަށް މެނޭޖަރުގެ މޫނު ފެނުނީ ދެނެވެ. އެއާއެކު އޭނާގެ ދެލޯ ބޮޑުވެއްޖެއެވެ. ފަހަތަށް ދެތިން ފިޔަވަޅު އަޅާލެވުނީ ބޭއިޚްތިޔާރުގައެވެ. ނޭވާ އަވަސްވެފައި މުޅި މީހާ ފިނިވިއެވެ. އަރީންގެ މޫނުމައްޗަށް އަރާ ފޭބި ކުލަވަރު ދެން […]
ކެބިންގެ ދޮރު ލައްޕާލުމަށް ފަހު އެނބުރެލި ޒަވިއަން ހައިރާންވީ ސޯފާގައި އިން ޒިޔާދު ފެނިފައެވެ. އާންމު ގޮތެއްގައި ޒިޔާދަކީ އެ ޢިމާރާތަށް ވަންނަ މީހެއް ވެސް ނޫނެވެ. “ބައްޕާ! ކޮން ޒިޔާރަތެއް؟” ޒަވިއަން އެހިއެވެ. “ކަމެއްގެ ވާހަކަ ދައްކަން މި އައީ. މިއީ މާ ކުރީއްސުރެ ހަމަޖެއްސިފައިވާ ކަމެއް” ޒިޔާދުގެ މޫނުމަތިން ފައުޅުވާން ހުރީ އިންތިހާ ދަރަޖައިގެ ސީރިއަސް ކަމެވެ. ޒަވިއަން ކިހިނެއް ވީ ހެއްޔޭ އެހިއެވެ. ދެން އެ ބުނެލާ އެއްޗަކުން އޭނާގެ ދިރިއުޅުމަށް އަންނާނެ […]
ތިން ސަތޭކަ މީހުންގެ ޖާގަ އޮތް އެ ބޮޑު ފުލޭޓުން އަރީން އޭނާގެ ސީޓު ހޯދާލިއެވެ. ނަސީބު ރަނގަޅު ކަމުން އޭނާއަށް ލިބުނީ ވިންޑޯ ސީޓެކެވެ. އަރީން އިށީނުމާއި އެކު ޖެހިގެން ހުރި ސީޓުގައި އަފްޒަލް އިށީނެވެ. އަރީން ބޭރު ފެންނަން ހުރި ލޯ ކޮޅަށް ނަޒަރު ހުއްޓާލިއެވެ. އެ ވަގުތު ފުލޭޓު ވައި މައްޗަށް އުފުއްލާލައިފިއެވެ. އުފަން ފަސްގަނޑާއި އެތައް މޭލެއް ދުރަށް ދާން ޖެހުމުން އަރީންގެ މޫނުމަތީގައި ވަނީ މޮޅީގެ ސާލެއް އޮޅިފައެވެ. އެޅިފައިވާ […]
ތިން މީހުން ތެދުވީ ފަތިސް ނަމާދަށެވެ. އޭރު ބެލިފައިވަނީ ރޭގަނޑު އަށެއް ޖެހުމާއި ހަމައަށް ހުރި ރިކޯޑިން ތަކެވެ. ނަމާދުކޮށްގެން ވެސް ޒަވިއަން ދިޔައީ އެ ގެއަށެވެ. އަނެއް ދެމީހުން ނިދަން އެރިއިރު ވެސް ޒަވިއަން އިނީ އެ ކްލިޕްތައް އަޅުވާލައިގެންނެވެ. އެއްޗަކަށް ފަހު އެއްޗެއް ބަލަން އިން ޒަވިއަންގެ ސަމާލުކަން ދަމައިގަތީ އެ އޮފީހުގެ ހެޑް އިންސްޕެކްޓަރު ހަމްޒަތު އަލީ އަޒާޔާގެ މައްސަލަ އާއި ހަވާލުވެގެން ތިބި ފުލުހުންނަށް މީޓިން އެއް ބޭއްވުމުންނެވެ. ވަގުތަކީ ދަންވަރު […]
ކަށުނަމާދު ކޮށް އަޒާޔާ ވަޅުލެވިގެން ދިޔައީ އަރީންމެންގެ ހިތުގައި ވަރުގަދަ ކޫރުމެއް އަޅުވާލައިފައެވެ. ގިނަ އަންހެންވެރީންގެ ދެލޮލުން ކަރުނަ ނުހިކެއެވެ. ރޮއިރޮއި ގޮސް އަރީންގެ ދެލޯ ކައިރި ވަނީ ދުޅަވެ ރަތް ކުލަ އަރާފައެވެ. ކަށުނަމާދަށް ފަހު އަޒާޔާ ވަޅުލައިފައި ފިރިހެން ވެރިން ސަހަރާ އިން ނުކުތެވެ. ބޭރުގައި އަންހެން ވެރިން ތިއްބެވެ. އެންމެން ކަހަލަ ގޮތަކަށް އަނބުރާ ދާން ހިނގައިގަތް އިރު އަރީން ހުރީ ގަބުރުސްތާނަށް ބަލަން ހުއްޓުން އަރައިފައެވެ. އެހެން މީހުންނަށް ވުރެ ފަހުން […]
ފެންފުޅީގައި އަތުޖެހެން ވާއިރަށް ނިވާވެގެން ހުރި މީހަކު އަޒާޔާ އަށް ހުރަސް އެޅިއެވެ. ކަޅު ޖެކެޓަކާއި އެކުލައިގެ ކާގޯޕޭންޓްސް ލައިފައި މޫނު މަތީގައި އައްސައިފައި ހުރި ފޮތިގަނޑުގެ ސަބަބުން އެއީ އަންހެނެއް ކަން ނުވަތަ ފިރިހެނެއް ކަން ވެސް ދެނެގަންނަން ނޭނގެއެވެ. އެ މީހާގެ ހަމުގެ ކުލަ ފާޅު ވާނެ އެއްވެސް ހިސާބެއް ނެތެވެ. އެއީ ކީއް ކުރަން ކިހިނެއް މިތަނަށް ވަދެގެން އައި ކާކު ކަމާއި މެދު ވިސްނާލެވޭ ވަރަށް ވުރެ އަޒާޔާގެ ޙާލު ދެރައެވެ. […]