Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ދެވުނީ ވޭނޭ 14

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
November 13, 2025 6 Mins Read
12 Comments

ކަށުނަމާދު ކޮށް އަޒާޔާ ވަޅުލެވިގެން ދިޔައީ އަރީންމެންގެ ހިތުގައި ވަރުގަދަ ކޫރުމެއް އަޅުވާލައިފައެވެ. ގިނަ އަންހެންވެރީންގެ ދެލޮލުން ކަރުނަ ނުހިކެއެވެ. ރޮއިރޮއި ގޮސް އަރީންގެ ދެލޯ ކައިރި ވަނީ ދުޅަވެ ރަތް ކުލަ އަރާފައެވެ. ކަށުނަމާދަށް ފަހު އަޒާޔާ ވަޅުލައިފައި ފިރިހެން ވެރިން ސަހަރާ އިން ނުކުތެވެ. ބޭރުގައި އަންހެން ވެރިން ތިއްބެވެ. އެންމެން ކަހަލަ ގޮތަކަށް އަނބުރާ ދާން ހިނގައިގަތް އިރު އަރީން ހުރީ ގަބުރުސްތާނަށް ބަލަން ހުއްޓުން އަރައިފައެވެ. އެހެން މީހުންނަށް ވުރެ ފަހުން ނުކުތް ޒަވިއަން އަށް އަރީން ފެނުމުން ރުޅީގެ އަލިފާންގަނޑެއް އެތެރެ ހަށީގައި ކެކި އަރަން ފެށިއެވެ. ދަތްކުނޑި ވިކާލަމުން ގޮސް އަރީން ފާރާއި ލައި ފިއްތާލަމުން ކަރުގައި ހިފައިފިއެވެ. ޒަވިއަންގެ ދެލޮލުން އަލިފާން ކަނި ބުރަމުން ދިޔަ ކަހަލައެވެ. އޭނާ އެ ހުރީ މި ވަގުތުން ވަގުތަށް އަރީންގެ ފުރާނަ ދުއްވާލާހާ ރުޅިއައިސްފައެވެ. ދެން އަރީން ކަހަލަ އެސްތްމާ ހުރި މީހެއްގެ ކަރުގައި ހިފައިގެން ފުރާނަ ދުއްވާލަން މާކަ އުނދަގުލެއް ނުވާނެ ތާއެވެ. 

“މަ އޭރު ވެސް ބުނީމެއްނު ކަލޭ އޭ އެ ކަން ކުރީ. އަހަރެންގެ ކޮއްކޮ މަރާލާފަ މާ ޑްރާމާ ވެގެން އުޅޭނެ ކަމެއް ނެތް ޚިޔާނާތްތެރިޔާ. ތި ކަހަލަ ސުންޕާ އަންހެނުން މި ދުނިޔޭގައި އުޅޭކަށް ވެސް ޙައްޤެއް ނުވާނެ. މިއަދު ހޭއަރުވާލާނަން. ކަލޭ ވެސް މަރާލާފަ ދޫކޮށްލާނީ.” ރުޅީގެ ހޫނުގައި ހުރެ ޒަވިއަންގެ ދުލުން ބޭރުވި ލަފުޒުތައް ވައި ކަފައިފައި ދިޔަ ދުނި ތީރުތަކެއް ހެން ގޮސް އަރީންގެ ހިތަށް ހެރުނު ކަހަލައެވެ. އެ ދޮގު އިލްޒާމު އަޅުވާ، އެތައް ބައެއްގެ ނުރުހުންތެރިކަން އަމާޒުވި ނަމަވެސް ޒަވިއަންގެ ފަރާތުން އެ ފަދަ ކުލައެއް ފެނުމުން އެ ހިތުން ލޭ ކަރުނަ އޮހޮރުނެވެ. ވާނީ ވެސް އެހެންތާއެވެ. ޒަވިއަނަކީ އަރީންގެ ހިތް އެ ފިރިހެނަކަށް ހިބަ ކުރެވުނު ފަރާތެވެ. ހިތާ ފުރާނައިން ލޯބިވާ ފިރިހެނާގެ ދުލުން އެފަދަ ލަފުޒުތަކެއް ބޭރު ވުމަކީ އަރީނަށް ބަރުދާސްތު ކުރަން ދަތި ވޭނަކަށް ވިއެވެ. 

ޒަވިއަންގެ އަތް ނައްޓުވާލެވޭތޯ އަރީން މަސައްކަތް ކުރި ނަމަވެސް ކާމިޔާބެއް ނުވިއެވެ. ނޭވާނުލެވިގެން އޭނާ ތެޅެނީއެވެ. އެހެނެއްކަމަކު ޒަވިއަންގެ ހިތުގައި ރަޙުމެއް ކުލުނެއް ޙަމްދަރުދީއެއް ނުވާ ކަހަލައެވެ. މި މަންޒަރު ފެނުނީ ޒަވިއަން ނައިސްގެން އެނބުރެލި އިޙުސާނަށެވެ. ލީވާނަށް އިޝާރާތް ކޮށްލައިފައި ދެ މީހުން އެކުގައި އެ ހިސާބަށް ދިޔައީ ދުވެފައެވެ. އެ ދެމީހުން މަސައްކަތް ކޮށްގެން ވެސް އެކަން ފަސޭހަކަމަކަށް ނުވިއެވެ. އެހާ ވެސް ޒަވިއަންގެ ބާރު ގަދައީއެވެ. ދެން އަރީންގެ ޙާލަތު ‘ސުމަކަށް’ ވެއްޓެން މާކަ ގިނަ އިރެއް ނުނަގާނެއެވެ. 

“ޒެވް. ހަމަޖެހިބަލަ. އެ މީހުން ދައްކާހާ ވާހަކައެއް ޤަބޫލުކުރަން ތިއީ ކުޑަކުއްޖެއްތަ؟ އެއީ ކަނޑައެޅިގެން ދޮގެކޭ އަހަރެން ވެސް ސާބިތު ކަމާއެކު ބުނެފާނަން” ޒަވިއަންގެ އަތް ނައްޓުވާލެވުމުން އިޙުސާނު އެއްޗެހި ކިޔައިގަތެވެ. އެ ވަގުތު ޙާލު ދެރަވެފައި އޮތް އަރީން ދެމުނީ ލީވާންގެ އަތް މައްޗަށެވެ. ބިރާއި ސިހުމާއި އެކު ލީވާން އަވަހަށް އަރީންގެ ނޭފަތު ކުރީ އިނގިލި ޖައްސާލިއެވެ. އޭނާއަށް ހަމަޖެހިލެވުނީ އަދި ނޭވާ ނުހުއްޓޭކަން ޔަޤީންކުރެވުމުންނެވެ. ދެން އަވަސް އަރުވާލަމުން އަރީން ހަސްފަތާލަށް ގެންދަން އުޅުނެވެ. ވީގޮތް ދެން ތިބި މީހުންނަށް ކުރު ގޮތަކަށް ބުނެދިނީ އިޙުސާނެވެ. 

“ޒަވިއަން. ރީއްކޮއަށް ނަފުރަތު ނުކުރޭ. ރީއްކޮ އެ ނުބައި ޢަމަލެއް ނުހިންގާނެ.” ޒިޔާދު ވިސްނައިދޭ ކަހަލަ ރާގަކަށް ބުނެލިއެވެ. އެހެނަސް ޒަވިއަން ހުރީ އެކަހަލަ އެއްވެސް ވާހަކައެއް ޤަބޫލުކުރާ ގޮތަކަށް ނޫނެވެ. އޭނާގެ އަމިއްލަ ފުރާނައަށް ވުރެ ބޮޑަށް ލޯބިވާ އަޒާޔާގެ ޤާތިލަކީ އަރީން ކަމަށް ނިންމައިފިއެވެ. ހުރިހާ ހެއްކެއް ހުރީ އަރީނާއި ދެކޮޅަށެވެ. އެ ކަންތައް އޭނާގެ އަމިއްލަ ލޮލުން ދެކި އަތުން ހިފިއްޖެއެވެ. އެހެންކަމުން އެ ނުރައްކާތެރި ނަޒަރު އަމާޒު ވާނީ އަރީނަށް ތާއެވެ. 

ހަސްފަތާލުން އަރީން ޖެހުނީ އެނދުމަތި ކުރާށެވެ. އޭނާ އެ ދުވަހު ހުރީ ރަނގަޅަށް ނުކައި ކަމުން ހަކަތަ ވެސް ނެތީއެވެ. އައިވީ ގުޅައިފައި އަރީން އަރާމު ކުރަން ބޭއްވި ވަގުތު ފުލުސް ޓީމު އަތުވެއްޖެއެވެ. މި ފަހަރު އެމީހުންނަށް ހުރަސް އެޅީ ޒިޔާދެވެ. 

“ސަރ. އަޅުގަނޑު ކަމެއްގެ ވާހަކަ ދަންނަވަން އެބައޮތް. ރޭގެ ވަގުތެއްގައި އަޅުގަނޑުގެ އޮފީސް ތެރެއަށް ބަޔަކު ވަދެ ތިޖޫރީ ފަޅާލާ މުހިންމު ލިޔެކިޔުން ތަކަކާއި އެކު އެތައް މިލިޔަން ރުފިޔާ އެއް ވަނީ ވަގަށް ނަގައިފަ. އެއީ އަޅުގަނޑުގެ…. ދަ…ދަރިފުޅު އަޒާޔާ މަރާލެވުނު ކަމަށް ލަފާ ކުރެވުނު ވަގުތާއި ދާދި ކައިރިން.” ޒިޔާދު ބުނެލިއެވެ. އެއާއެކު ޖިހާދު ޒިޔާދަށް ބަލައިލީ ފާޑަކަށެވެ. “މިއީ ދޮގެއް ނޫން. އަޅުގަނޑުގެ އަތުގައި އެބަހުރި ވައްކަމުގެ ސީސީޓީވީ ފުޓޭޖްތައް” ޒިޔާދު ޕެންޑްރައިވެއް ނަގާ ދިއްކޮށްލިއެވެ. 

“އަޅުގަނޑު އެދެނީ އަރީން ހައްޔަރުކޮށްގެން އެ ކުއްޖާގެ ނަމާއި އަބުރަށް ގެއްލުމެއް ނުލިބުމަށް. އެއީ އަޒް…އަޒާޔާގެ އެންމެ ގާތް އެކުވެރިޔާ. އަރީން ވެސް އޭނާގެ އެކުވެރިޔާ އެހާ ކުއްލިގޮތަކަށް ނިޔާވުމުން ކިހާ ދެރަވާނެ. އެ ނުލަފާ ޚިޔާނާތްތެރިން އެ މަސައްކަތް ކުރަނީ އަރީންގެ ބޮލުގައި އެ އިލްޒާމު އަޅުވަން. އަޅުގަނޑަށް އެމީހުންގެ މަޤުޞަދެއް ނޭނގޭ. އުންމީދު ކުރަން އެ އަނިޔާވެރި ޢަމަލު ހިންގި ޙަޤީޤީ ކުށްވެރިން އަތުލައިގަނެ ޙައްޤު އަދަބު ދޭނެ ކަމަށް.” ޒިޔާދު ބުނެލިއެވެ. 

“އަރީން އަޅުގަނޑުމެންގެ ބެލުމުގެ ދަށަށް ނުގެނެސް މިކަމެއް ނުވާނެ. އެހެނަސް ބޭރަށް ނޭނގޭ ގޮތަށް މިކަން ކުރެވިދާނެ. އަދި އަރީނަކީ ކުށެއް ނެތް ފަރާތެއް ކަން ސާބިތުކުރެވިއްޖެނަމަ ކުށުގެ ރެކޯޑަކަށް ނާރާނެ ގޮތް ހެދިދާނެ.” ޖިހާދު ޒިޔާދުގެ ކުރިކަނޑައިފައި ގޮސް ވޯޑު ތެރެއަށް ވަނެވެ. 

ހޭއެރުމުން ތެދުވެ އެނދުގައި ލެނގިލައިގެން އިން އަރީން ސިހުނީ ފުލުހުންގެ ޓީމެއް އައިސް ވަނުމުންނެވެ. އޭނާއަށް ހިންދިރުވާލެވުނީ އަދިވެސް އަޒާޔާ މަރާލި ކަމަށް ތުހުމަތު ކުރެވިފައިވަނީ އޭނާއަށް ކަން ދެނެގަނެވުމުންނެވެ. ސުމައްޔާގެ ލޮލުގައި އެމީހުން އަޅައިގަތީ އިރުކޮޅެއް ފަހުންނެވެ. ކައިރީގައި ތިބި އެހެން މީހުން ވެސް ތުން ފިއްތާލިއެވެ. އެންމެންގެ ހަމްދަރުދީގެ ނަޒަރު އަމާޒުވީ އަރީނަށެވެ. 

ތުންފަތް ކަނޑައިގެން ދާހާ ބާރަށް ދަތްއަޅާލަމުން އަރީން އޭނާގެ ދެއަތް ދިއްކޮށްލިއެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ އެ ދެލޮލާއި ހަނގުރާމަ ކުރަމުން ދިޔަ ކަރުނަތައް ބޭރުވިޔަކަ ނުދީ ހިފެހެއްޓުމަށެވެ. “ރީން. ނޫން ރީނަށް ތިހެން ނުހަދާ. ރޭގަ އަޅުގަނޑު ވެސް ހުރީ ހަމަ އެ ތަނުގައި. ރީންގެ ގާތުގައި. މަރާލާފައި އޮށްވާ ފެނުމުގެ ކުރިން ރީން އެ ކޮޓަރިއާއި ކައިރި ހިސާބަކަށް ވެސް ނުދޭ.” އަރީންގެ އަތުގައި ހިފަމުން ސުމައްޔާ ޖިހާދަށް ރައްދުކޮށްލީ އަލިފާނުގެ ބެލުމެކެވެ. “އަހަރެމެން ނުބުނަމޭ އެކަން ކުރީ އަރީން އޭ. އެހެނަސް ރަސްމީކޮށް މި ތަޙުޤީޤު ކުރިއަށް ގެންދެވޭނީ އަރީން ގެނެވިގެން.” ޖިހާދު ފަރުވާކުޑަ ނަޒަރެއް ދެމުން ބުނެލިއެވެ. 

ހަސްފަތާލުން ދޫކޮށްނުލިނަމަވެސް އަރީން ފުލުސް އޮފީހަށް ދިޔައެވެ. އެތަނުގައި ހުރި އިންޓަރިގޭޝަން ރޫމަށް ވައްދާ ސުވާލު ކުރުމަށް ޖިހާދު ތައްޔާރު ވެލިއެވެ. “ބާރަ ގަޑި ތިރީހުން ފެށިގެން އަރީން އުޅުނު ގޮތް ތަފްސީލު ކޮށްދީ.” ޖިހާދު އެންގިއެވެ. ފުން ނޭވާއެއް ލުމަށްފަހު އަރީން އިސްޖަހާލިއެވެ. އެއަށްފަހު ތެދުތެދަށް ޖަވާބު ދޭން ފެށިއެވެ. އެހެނަސް މި ޖަވާބުތަކަށް ޖިހާދު އެހާ ވަރަށް ސަމާލުކަން ދިން ހެނެއް ހިޔެއް ނުވެއެވެ. ގަލަން އަނބުރާލަ އަނބުރާލާ އިނީ އަރީންގެ ވާހަކަތައް ނިމޭނެ އިރަކަށް އިންތިޒާރު ކޮށްލަކޮށްލައެވެ. 

“އެންމެ ރަނގަޅު ދެން އަރީން ގެއަށް ދިޔަޔަސް.” ޖިހާދު ބުނެލިއެވެ. އަރީން އެ ރޫމުން ނުކުތް ވަގުތު އޭނާއަށް ސުމައްޔާ ފެނި މަޑު ޖެހިލަން މަޖުބޫރު ވިއެވެ. ސުވާލުގެ ނަޒަރަކުން އަރީން ސުމައްޔާގެ މޫނަށް ބަލައިލިއެވެ.

އަރީން ނިކުމެގެން ދިއުމާއި އެކު ޖިހާދު ވެސް ބޭރަށް ނުކުތެވެ. އޭނާ ގޮސް ވަދެލީ އަމިއްލަ އޮފީހަށެވެ. އެ ތަނުގައި ވެސް ހުންނަން ބޭނުން ނުވުމުން ފާޚާނާއަށެވެ. “އާރގް. މައްސަލައިގަ މަތި އަޅަން ނިންމާފަ ވެސް މަށަށް މި ކަންތައް ހަވާލުކުރަން ޖެހޭތަ؟” މީހަކަށް ގުޅާލަމުން ޖިހާދު ވާހަކަ ދައްކަން ފެށިއެވެ. “މަ ބުނާ ގޮތަކަށް ހަދާ. ކަލޭމެނަށް ބަދަލުގައި ފައިސާ ލިބެއެއްނު. ދެން ކޮން އިތުރު ޝަކުވާއެއް ކުރާކަށްތަ؟” އެކޮޅުން ހިތްހަމަނުޖެހިފައި ބުނެލިއެވެ.

“ދެން ހެވޭ. މި ސަކަރާތް ޖަހައިފާނަމޭ. އެކަމަކު މާ ދިގު ދަންމަންޏާ ކޯޓު މަރުހަލާ އަށް ކޭސް މޫވް ވެދާނެ. ވީހާ ވެސް އަވަހަކަށް ކޭސް ޑްރޮޕް ކޮށްލަން އަމުރު އަންނާނެ ގޮތް ހަދާ.” ޖިހާދު ރައްދުގައި ބުނެލިއެވެ.

“ސުމީ ކީއް ކުރަން މިތަނަށް އައީ” އަރީން އެހިއެވެ. “އަހަރެން ވެސް ހުރީ އެ ކްރައިމް ސީނުގައެއްނު” ހިތި ގޮތަކަށް ހިނިތުންވެލަމުން ސުމައްޔާ އަރީންގެ އަތުގައި ހިފައިގެން އެ އޮފީހުން ނުކުންނަން މިސްރާބު ޖެއްސެވެ. އެ މީހުންގެ މައިންބަފައިން ބަލައި އައިސްފައި ވުމުން ދެ ކުދިން އަނބުރާ ގެއަށް ދިޔައެވެ. 

ދަންވަރުގެ ހަމަހިމޭން ވަގުތެވެ. ޑައިމަންޑް ސްކައިގެ މައި އޮފީހުން ނުކުމެގެން އައި ޒިޔާދުގެ މޫނު މަތީގައި ވަނީ މޮޅިވެރިކަމެވެ. އަޒާޔާގެ މަރަށް ފަހު އޭނާގެ ޙާލަކީ މިއެވެ. ދެރައީ އޭނާ އަށް އެ އަނިޔާވެރި ޢަމަލުގެ ފަހަތުގައި ވަނީ ކޮން ބައެއް ކަން އެނގޭ އިރު ވެސް އެ މީހުންނާއި ދެކޮޅަށް ނުނުކުމެވޭތީއެވެ. ކާރަށް އަރައި ދޮރު ޖަހާލުމަށް ފަހު އޭނާ ސަރަކައަށް އެތިފަހަރެއް ވީއްލާލިއެވެ. 

“ހެހެހެ. ދެން ފުއްޕާނެކަމެއް ނެތް. ކަލެއަށް އެއްވެސް ބާރެއް ނުދެއްކޭނެ. މަ ވަރަށް ރަނގަޅަށް ރީތި ސާފު ބަހުން އިންޒާރު ދިނީމަ ވެސް ކަލެއަށް ކަލޭގެ މުދާގަނޑު ދުލެއް ނުކޮށްލެވުނެއްނު.” ޒިޔާދު ސިހިފައި ފަހަތަށް އެނބުރުނީ މީހަކު ވާހަކަ ދައްކާ އަޑަށެވެ. އޭރު ފަހަތު ސީޓުގައި ކަޅުކުލައިގެ އަންނައުނުން ނިވާވެގެން މީހަކު އިނެވެ. 

“ކަލޭމެންގެ ނުލަފާކަން. ކުރިން ދަމައިގަތް މުދާގަނޑު ކުޑައީތަ؟ އަދި ވެސް ހިތް ނުފުރެނީތަ؟ އެއްފަހަރު އަހަރެން އަނދަވަޅަކަށް ވައްޓާލައިފަ ބަޗައިފިއެއްނު. އަނެއްކާ ވެސް އެކަން ތަކުރާރު ކުރަން ޖެހޭތަ؟” ހިތްހަމަނުޖެހުން ފާޅުކޮށް ވާހަކަ ދެއްކިއެވެ. “ކަލޭ އަދިވެސް އަހަރެމެންނާއި ދެކޮޅަށްތަ ވާހަކަ ދައްކަނީ؟ އެ ލިޔެކިޔުންތަކުގައި ސޮއި ކޮށްފަ ކަލޭގެ ރިސޯޓްތަކާއި ގެސްޓުހައުސްތައް އަހަރެމެންގެ ނަންމައްޗަށް ބަދަލު ނުކުރާހާ ހިނދަކު ކަލޭ އަކަށް ސަލާމަތެއް ނޯންނާނެ. ލަސްވާ ވަރަކަށް އިތުރު ފުރާނައެއް ދަމައިގަނެވޭނެ. ކަލޭގެ އަންހެނުންނާއި ފިރިހެން ދަރީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޓަކައި އެ ކަން ކުރަންވީ.” އެމީހާގެ ޖުމްލަތަކުން ޒިޔާދުގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. މަޖުބޫރުން އެ ފިރިހެން މީހާގެ އެދުމަށް ބޯލަންބަމުން ވަކި މިސްރާބަކަށް ކާރު ދުއްވާލިއެވެ. 

ޒިޔާދު ކާރު ހުއްޓާލީ ހުޅުމާލޭގެ ތިންވަނަ ފިޔަވައްސަށް އަރައިފައެވެ. އެއީ އަދި އާންމުކޮށް މީހުން އުޅެން ފަށައިފައި ނުވާ ސަރަހައްދަކަށް ވުމުން އުޅޭ މީހުން ވަރަށް މަދެވެ. ޒިޔާދު ކާރުން ފައިބައިގެން ގޮސް ވަނީ ވަކި ހިސާބެއްގައި ހުރި ކެފޭއަކަށެވެ. ހީވާގޮތުން އެއީ އެ ނުދަންނަ ފިރިހެނާ އާއި ގުޅުން ހުރި ތަނެކެވެ.  

ކެފޭ މިފަދަ ގަޑިއެއްގައި ހުޅުވައިފައި ހުރި ސަބަބު ޒިޔާދަށް ދެނެގަނެވުނީ އޭނާ އެތެރެއަށް ވަނުމާއި އެކު ފަހަތުން ދޮރު ލައްޕާ ބައިންޑްސްތައް ކަހާލުމުންނެވެ. އޭރު އެ ކެފޭގެ ކައުންޓަރުގައި މީހަކު ހުއްޓެވެ. ޒިޔާދު ކަރު އެލުވާލައިފައި އެ ދިމާލަށް ހިނގައިގަތެވެ. އެ ކައުންޓަރު ފަހަތުން އޭނާއަށް ވަދެވުނީ ފާޑެއްގެ ކޮޓަރިގަނޑަކަށެވެ. އެ ތަނުގެ މެދުގައި މޭޒެއް ހުއްޓެވެ. ޒިޔާދު ގޮސް ގޮނޑި ދަމާލައިފައި އިށީނެވެ. އެ ތަނުގައި ހުރި މީހެއްގެ އަމުރަށެވެ.

“ނުބުންޏަސް އެނގެއެއްނު ކުރަންވީ ކޮން ކަމެއް ކަން.” ހިނިގަނޑެއް ޖަހާލަމުން އެމީހާ ބުނެލިއެވެ. ޒިޔާދު ލަސްލަހުން އެ މޭޒުމަތީގައި އޮތް ގަލަން ނެގިއެވެ. އަދި ހިތާއި ދެކޮޅަށް އެތަނުގައި ހުރި ލިޔެކިޔުންތަކުގައި ސޮއި ކުރަން ފެށިއެވެ. އެ ގަލަން ބޭއްވީ އެ ހުރިހާ ލިޔުމެއްގައި ސޮއި ކޮށްފައެވެ. އޭނާގެ މައި ހޮޓެލް ފިޔަވައި އެހެން ހުރިހާ ތަނެއް ބީވެ ދިޔައީ އެވެ. ސޯޅަ އަހަރު ދުވަހުގެ މަސައްކަތެވެ. އެހެނަސް އާއިލާގެ ފުރާނަ ސަލާމަތް ކުރުމަށް އޭނާ ކޮންމެ ކަމެއް ވެސް ކޮށްފާނެއެވެ. 

ކެފޭއިން ނުކުމެފައި ޒިޔާދު ގޮސް އޭނާގެ ކާރަށް އެރިއެވެ. އެތެރޭގައި އަޅުވާލެވިފައިވާ ފޮޓޯ ލޯކޮޅަށް ބަލައިލިއެވެ. އޭގައި ވަނީ އޭނާގެ އާއިލާ އާއި އެކު ނަގާފައިވާ ފޮޓޯއެކެވެ. އޭނާގެ ލޮލުން ކަރުނަތައް އޮހިގަތީ އަޒާޔާގެ ލޯބި މޫނުކޮޅު ފެނިފައެވެ. “ދަރިފުޅާ! ބައްޕަ އަށް މާފްކުރޭ. ދުނިޔޭގެ ކެހިވެރިންގެ މަޅީގައި ބެދި ބައްޕަ ވެސް މި ޖެހެނީ ހަފުސް ވާން. މިއަދު ވެސް… ކިތަންމެ ބުރަ މަސައްކަތެއް ކޮށްގެން ވެސް އަމިއްލަ ކުންފުނި ބިނާކުރަން އުޅުނަސް އެ އަނިޔާވެރިންގެ ސަބަބުން ކޮންމެ ފަހަރަކު ވެސް މި ޖެހެނީ ހުއްޓާލަން” ޒިޔާދު އަސަރާއި އެކު އެހެން ބުނެލަމުން ސަރަކައިގައި ބޯއަޅާލިއެވެ. 

ދުއްވާލަން އުޅެނިކޮށް އޭނާގެ ފޯނަށް މެސެޖެއް އައިސްގެން ދިއްލުނެވެ. އެ ބަލައިލި އިރު އޭގައި ވެސް އޮތީ އިންޒާރެކެވެ. އަދި އަމުރެކެވެ. ފުލުހުންގެ ތަޙުޤީޤު ހުއްޓުވާށެވެ. ނޫންނަމަ ރޯޝަނީ ގޭގައި އަލިފާން ރޯކޮށްލާނެ ކަމެވެ. ޒިޔާދު އަވަހަށް އޭގެ ސްކްރީން ޝޮޓެއް ނަގައިފައި ކާރު ދުއްވާލިއެވެ. މިފަހަރު އޭނާގެ މިސްރާބަކަށްވީ ފުލުސް އޮފީހެވެ. 

“އިލެވެން! ލިބިއްޖެތަ؟” ލީވާންގެ ކޮޓަރީގައި އިން ޒަވިއަން އެހިއެވެ. އޭރު ލެޕްޓޮޕެއް ހިފައިގެން އޭގެ ފިތްތަކަށް އޮބަން ލީވާން އިނެވެ. ދެފަރާތުގައި ގޮނޑިއެއްގައި އިނީ އިޙުސާނާއި ޒަވިއަނެވެ. “އޯހް ނޯ. ބްރޯ. ކޮންމެވެސް ބަޔަކު ރޭގަ އެ ކެމެރާތައް އޮފްކޮށްފަ ހުރީ. ނެތް އެއްޗެއް ނުލިބޭނެއްނު.” ލީވާން މޭޒުމަތީގައި ޖަހާލަމުން ބުނެލިއެވެ. 

“ދެނޯ! އިލެވެން އަށް ޕޮލިސް އިންޓެލިޖެންސަށް ހެކު ކޮށްލެވޭނެތަ؟” ޒަވިއަން އެހިއެވެ. “ބްރޯ! މަށަކީ މާ މޮޅު ހެކަރެއް ނޫނޭ. އެވަރު ބޮޑު ކަމެއް ކުރެވޭނެތަ؟” ލީވާން ބުނެލިއެވެ. “އެހެންވިއްޔާ ސެކިޔުރިޓީ ސިސްޓަމް.” ޒަވިއަން އެހިއެވެ. “ތި ވަރު ވެދާނެ. ބަލާލަން ޖެހޭނީ.” ލީވާން ލެޕް ކީބޯޑުގެ ފިތްތަކަށް ފަރިތަކަމާއި އެކު ކުޅެލިއެވެ. އޭރު ގަޑިން މެންދަމު އަލިވެ ތިނެއް ޖެހީއެވެ. 

ލީވާނަށް އޭނާގެ މަސައްކަތް ނިންމާލެވުނީ ބައި ގަޑިއިރުންނެވެ. އަޑާއި އެކު ލިބުނު އެ ރިކޯޑިންތައް ބަލަން ފެށުމުގެ ނިޔަތުގައި އެންމެ ފުރަތަމަ ވެސް އަޅުވާލީ ހެނދުނުގެ އެއްޗެކެވެ. ތިން އެކުވެރިންގެ ވިސްނުން އެކަމަށް ހުސްކޮށްލައިގެން ތިބެ ފަހަރަކު ކްލިޕެއް ބަލަމުން ދިޔައެވެ. އިޙުސާނާއި ޒަވިއަން އަޒާޔާގެ މަރުގެ ތަޙުޤީޤާއި ގުޅޭ ގޮތުން ލިބޭ ހާ މަޢުލޫމާތެއް ނޯޓު ކުރަމުން ދިޔައެވެ. ހެކި ތަކުގެ ތަފްސީލު ލިބެމުން ދިޔަ ވަރަކަށް ޒަވިއަންގެ ކަތުރުކަށިގަނޑަށް ވާން ވެލައެވެ. އަނެއް ދެމީހުންނަށް އެ ކަންކަން ޤަބޫލު ކުރެވޭ ކަމަކަށް ނުވިއެވެ. 

ތިން މީހުން ތެދުވީ ފަތިސް ނަމާދަށެވެ. އޭރު ބެލިފައިވަނީ ރޭގަނޑު އަށެއް ޖެހުމާއި ހަމައަށް ހުރި ރިކޯޑިން ތަކެވެ. ނަމާދުކޮށްގެން ވެސް ޒަވިއަން ދިޔައީ އެ ގެއަށެވެ. އަނެއް ދެމީހުން ނިދަން އެރިއިރު ވެސް ޒަވިއަން އިނީ އެ ކްލިޕްތައް އަޅުވާލައިގެންނެވެ. އެއްޗަކަށް ފަހު އެއްޗެއް ބަލަން އިން ޒަވިއަންގެ ސަމާލުކަން ދަމައިގަތީ އެ އޮފީހުގެ ހެޑް އިންސްޕެކްޓަރު ހަމްޒަތު އަލީ އަޒާޔާގެ މައްސަލަ އާއި ހަވާލުވެގެން ތިބި ފުލުހުންނަށް މީޓިން އެއް ބޭއްވުމުންނެވެ. ވަގުތަކީ ދަންވަރު ދެގަޑި ސުންމިނެޓެވެ. ޒަވިއަން ލެޕުގެ ވޮލިއުމް މަތިކޮށްލިއެވެ. އެންމެ ފުރަތަމަ ވެސް ހަމްޒަތު ބުނެލި ޖުމްލައިން ޒަވިއަންގެ ދެލޯ މުދުނަށް އެރިއެވެ. ދެއަތް މުށްކަވާލެވުނު އިރު ލޭ ކެކިއްޖެއެވެ. އޭނާއަށް ހީވީ ދުނިޔެ އެނބުރިގަތް ހެންނެވެ. 

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

ހިތަކުން ނުދާނޭ ފިލާ 16

Next

ހިތް އެދޭ މަންޒިލަކީ… 5

Next
November 13, 2025

ހިތް އެދޭ މަންޒިލަކީ… 5

Previews
November 13, 2025

ހިތަކުން ނުދާނޭ ފިލާ 16

12 Comments!

  1. Anonymous says:
    November 13, 2025 at 12:45 pm

    Xev ah Kon Kameh baa e ingunee????
    Curiously waiting. Whn nxt?????

    1. White rose White rose says:
      November 13, 2025 at 1:01 pm

      IA next Monday ga submit kohlaanan.
      Shukran Anonymous ✨✨

  2. Alaika_22 says:
    November 13, 2025 at 4:36 pm

    Mi part ves Vrh Reethi…….
    Whn nxt?

    1. White rose White rose says:
      November 13, 2025 at 5:25 pm

      Next Monday ga submit kohlaanan IA
      Shukran Alaika_22 ✨✨

  3. Cerr 🤲🕊️ says:
    November 13, 2025 at 6:08 pm

    Alheyyy Me ves add kohba bestie ge life nagaalan

    1. White rose White rose says:
      November 13, 2025 at 6:22 pm

      Oh my,, thikameh nuvaane 😭
      Shukran Cerr 🤲🕊️

  4. Anonymous says:
    November 13, 2025 at 9:37 pm

    i really like this story but i wonder how areen fell for zavian like if i remember they havent really conversed much either so does she love him cuz of his looks not cuz of who is as a person i feel like its a far stretch to say zavian is the guy she loves wholeheartedly we need more moments of them together without zavian choking her to believe it and areen my girl you need to stand up for yourself werent you going to be a lawyer

    1. White rose White rose says:
      November 14, 2025 at 7:54 am

      Mi vaahaka feshunu iru ves areen zev dheke loabi vey. It’s mainly for looks and skills. Adhi vhk ge title aa gulheynehen hatred ge bai annaany 😭 its one sided love and intense hatred against each other. This makes the story a bit different and darrk. Character ge bai liyunu iru bunefa innaany areen ammilla nafsu ge dhifaauga vrh masahkaiy nukuraa vhk. Lets see how it goes.
      Shukran Anonymous ✨✨

  5. shynyx inax shynyx inax says:
    November 13, 2025 at 9:54 pm

    Mi ep vx vrh vrh reethi ❤️
    Curiously waiting….

    1. White rose White rose says:
      November 14, 2025 at 4:50 pm

      Shukran shynyx inax

  6. Baby mochi 👻 says:
    November 15, 2025 at 11:15 am

    Maashaallah thabarakallah. Mi bai ves varah furihama ❤️‍🔥❤️‍🔥❤️‍🔥
    Thi ee varah hunaruveri liyuntheri eh. Lysm my fav 🫶🏻🫶🏻🫶🏻

    1. White rose White rose says:
      November 15, 2025 at 12:08 pm

      Shukran Baby mochi 👻 ✨✨
      Lyt darl 💕💕

Comments are closed.

Next Episodeދެވުނީ ވޭނޭ 15←


All Right Reserved!