Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ދެވުނީ ވޭނޭ 13

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
November 10, 2025 8 Mins Read
19 Comments

ފެންފުޅީގައި އަތުޖެހެން ވާއިރަށް ނިވާވެގެން ހުރި މީހަކު އަޒާޔާ އަށް ހުރަސް އެޅިއެވެ. ކަޅު ޖެކެޓަކާއި އެކުލައިގެ ކާގޯޕޭންޓްސް ލައިފައި މޫނު މަތީގައި އައްސައިފައި ހުރި ފޮތިގަނޑުގެ ސަބަބުން އެއީ އަންހެނެއް ކަން ނުވަތަ ފިރިހެނެއް ކަން ވެސް ދެނެގަންނަން ނޭނގެއެވެ. އެ މީހާގެ ހަމުގެ ކުލަ ފާޅު ވާނެ އެއްވެސް ހިސާބެއް ނެތެވެ. އެއީ ކީއް ކުރަން ކިހިނެއް މިތަނަށް ވަދެގެން އައި ކާކު ކަމާއި މެދު ވިސްނާލެވޭ ވަރަށް ވުރެ އަޒާޔާގެ ޙާލު ދެރައެވެ. އެމީހާ އަވަސް ޙަރަކާތާއި އެކު އަޒާޔާގެ އަނގަމަތީގައި ފޮތިގަނޑެއް އައްސާލައިފިއެވެ. ހާސްވެގެން އަޒާޔާ އަށް ތެޅިގަނެވުނީ ދެނެވެ. އެ ވަގުތަކީ އެ ފަކީރު ބުރުގާ ވެސް ނާޅާ ހުރި ވަގުތެކެވެ. އެ ފިރިހެނާ އަޒާޔާގެ އިސްތަށިގަނޑުގައި ހިފާ ކޮޅަށް ޖެހިއެވެ. އަޒާޔާ އަށް ހީވީ ރިހޭ ފައި މައްޗަށް ފޮއި ވެއްޓުނު ހެންނެވެ. ބަނޑުގައި ވީ ރިހުންގަނޑު އެކި ހިސާބަށް ފެތުރިލައިފައި ކަށިތައް މުގުރާލިކަހަލަ އިޙްސާސެއް ކުރެވުނެވެ. އެހެނަސް އެ ޙާލުގައި އޭނާއަށް ދެލޮލުން ކަރުނަ ބޭލުން ނޫން އެހެން ކަމެއް ކުރެވޭކަށް ނެތެވެ. 

އެ މީހާގެ އިތުރުން ދެ މީހަކު އަލަމާރި ބިއްދޮށުން ނުކުމެގެން އަޒާޔާ އާއި ދިމާލަށް އައެވެ. “މިހިރަ ***. ޒިޔާދުގެ ޚަޒާނާ ގަނޑު ފޮރުވާ ރައްކާކޮށްފައި ހުރި ސޭފްގެ ކޯޑު ބުނޭ. އެހެންނޫނީ…” ފުރަތަމަ މީހާ އަޒާޔާގެ މޭމަތީގައި އިނގިލި ހިންގާލިއެވެ. އަޒާޔާ ފަކީރު ގެ ހެއަށް ގޮތްގޮތް ވެލިއެވެ. “ނޭ…ނޭނގެ” އާގަންނަމުން ކަހަލަ ގޮތަކަށް އޭނާއަށް ބުނެވުނީ އެހެންނެވެ. އަނގަމަތީގައި ފޮތިގަނޑެއް އައްސައިފައި ހުރުމުން އޭނާގެ އަޑު އިވެނީ ކިރިޔަ ކިރިޔާއެވެ. 

“ކައެ މާ ގައްޑާ ވެލާފަ އަހަރެމެންނަށް އޮޅުވާލަން މަސައްކަތް ނުކުރޭ. ބޭކާރު ވާހަކަ ދައްކާ ވަރަކަށް ކަލެއަށް ގެއްލުން ވާނީ.” ތިންވަނަ މީހާ އަޒާޔާގެ ކަނދުރާގައި ވަސް ގަތެވެ. އެވަރުން ވެސް އަޒާޔާ ހަނު ހުރީއެވެ. އަޒާޔާ ޖަވާބެއް ނުދިނުމުން  ފުރަތަމަ މީހާގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އޭނާ އަޒާޔާ ބިންމައްޗަށް ވައްޓާލައިފައި އެއްހަމައަށް ތިރިވެލިއެވެ. ދެން ހުރެފައި އަޒާޔާ ލައިގެން ހުރި ޓީޝާޓު އިރާލިއެވެ. އެ ދޮން ހަށިގަނޑުގެ ބައިތައް ކަޝްފުވަމުން ދިޔަ ވަރަކަށް އަޒާޔާ ނެތް ހިތްވަރު ލަމުން ގަދަ ހެދޭ ތޯ މަސައްކަތް ކުރިއެވެ. އެ ދެލޮލުން ހޯސްލައިފައި ކަރުނަ ފައިބަންނަމުން ދިޔަ އިރު އެ ޅަ ހިތުގައި ރަސްކަން ކުރަމުން ދިޔައީ އިންތިހާ ދަރަޖައިގެ ބިރުވެރިކަމެވެ. 

“ތިހެ…ން ނަ…ހަދާ. އަހަރެން… ބުނެފާނަ…ފާނަން. ދެން… ހުއްޓާ…ލާ” ރިހުމާއި ވޭނުން ފުރިފައިވީ އަޑަކުން އަޒާޔާ ވާހަކަ ދެއްކި އިރު އެ ތަނުގައި ހިތެއް ހުރި މީހެއް ނަމަ އަސަރުކުރާނެއެވެ. އެ ފަކީރު މަރަށް ތެޅެމުން ދިޔަ އިރު ވެސް އެމީހުން އެ މަސައްކަތް ކުރަނީ އެ ނިކަމެތި އަންހެން ކުއްޖާގެ އެންމެ އަގުބޮޑު ޚަޒާނާ ފޭރިގަންނާށެވެ. ރަޙުމާއި ކުލުނޭ މި ކިޔާ ސިފައިގެ އަސަރެއް ވެސް އެމީހުންގެ ކިބައިގައި ނެތީއެވެ.

“އެ…އީ ދޭއް… ހަ…ތަރެއް… ސުމެ…ސުމެއް… ހަތެއް… ދެ…ދޭއް ސު…މެއް…ސުމެއް… ނުވައެއް.” އަޒާޔާ ވާހަކަ ދެއްކީ ވަރަށް އުނދަގުލުންނެވެ. މިހާރު އެ ފަކީރުގެ ގައިގައި އަޅަމުންދާ ވޭން ތަޞައްވުރު ކޮށްލަން މީހަކަށް ދަތިވާނެއެވެ. ބަނޑުގައިވީ ތޫނު ރިހުން މުޅި ހަށިގަނޑަށް ވަނީ ފެތުރިގެން ގޮހެވެ. ހީވަނީ އެތެރެ ހަށީގެ ގުނަވަންތަކުގައި ހުޅު ޖަހައިފައި ވާ ހެންނެވެ. މިއިން ކަމެއް އިޙުސާސް ނުވާ ޙާލުގައި ތިބި މީހުންގެ ތެރެއިން އެކަކު ފޯނު ނަގާ މީހަކަށް ގުޅާލައިފިއެވެ. 

ޒިޔާދުގެ އޮފީސް ތެރޭގައި ތިބި މީހުންގެ މޫނުތައް މަތީ ވިހަ ހިނިތުންވުމެއް ދުވެލީ ލިބުނު ފޯނު ކޯލެއްގެ ސަބަބުންނެވެ. އަވަހަށް އެ ނަގައި ކަންފަތުގައި ޖަހާލައިފައި ފާރު ކައިރީގައި ހުރި ބޮޑު ފޮއްޓެއްގެ ކުރިމަތީގައި ހުއްޓުނެވެ. ފޯނު ކޯލުން ލިބެމުން ދިޔަ އިރުޝާދުތަކާއި އެއްގޮތަށް އޭގައި ހުރި ފިއްތަކަށް އޮބަމުން ދިޔައެވެ. އެ ސޭފް ހުޅުވުމުން އެތެރޭގައި ހުރި ލިޔެކިޔުންތަކާއި ފަންސާސް މިލިޔަނެއްހާ ރުފިޔާގެ ނޫޓުތައް ފެނި އެ މީހުންގެ މޫނުތައް އަލިވިއެވެ. “މިޝަން އެކޮމްޕްލިޝްޑް” އެހެން ބުނެފައި އޭނާ ފޯނު ކަނޑާލިއެވެ. 

ފޯނު ޖީބަށް ލައިފައި އޭނާ ބޮޑުވައި އިނގިލި ހިއްލާލިއެވެ. ދެވަނަ މީހާ އަޒާޔާ ދޫކޮށްލައިފައި ބެލްކަންޏަށް ނުކުމެވެން ހުރި ބިއްލޫރި ދޮރާއި ދިމާލަށް ދިޔައެވެ. އެހެނަސް އޭނާ އެތަނުން ބޭރަށް ނުކުންނަން ވާއިރަށް ފުރަތަމަ މީހާ އޭނާގެ ކޮނޑުގައި ހިފާ ހުއްޓުވިއެވެ. “އަދި ނުނިމެޔޭ. ހެކި ވެސް ނައްތާލައިފަ ދޯ ދާން ވާނީ. އެހާވަރުގެ ރިސްކެއް ނަގާކަށް ނުވާނެއްނު.” ފުރަތަމަ މީހާގެ ވާހަކަ އިވިފައި ދެވަނަ މީހާ އެނބުރެލި ގޮތުން ވެސް އެ ކަން ކުރަން ބޭނުން ނުވާ ކަން ހާމަވެއެވެ.

“ބަލާއެއްނު. މަ ބުނީ އެ ވާހަކަ އޭނަގެ ދުލުން ބޭރު ކުރަން އެހީވާނެ ވާހަކަ އޭ. ތިކަމެއް ނުވާނެ.” ފުރަތަމަ ފަހަރަށް އެމީހަކު ވާހަކަ ދެއްކި އެވެ. އަޑަށް ބަދަލެއް ނުގެނެސް އަސްލު އަޑުންނެވެ. ދެން ތިބި މީހުން ވިސްނުންތެރިކަމާއި އެކު ކުރިން ވާހަކަ ދައްކައިފައި ވަނީ އަޑަށް ބަދަލު ގެނެސްގެންނެވެ. އަޒާޔާ އަށް އެ އަޑު ފާހަގަ ކުރެވުމުން އޭނާގެ މޫނު ހުދުވިއެވެ. ތިންވަނައަށް ހުރި މީހާއަށް މިކަން ފާހަގަ ކުރެވުމުން ލަސްނުކޮށް އޭނާގެ ކާގޯޕޭންޓްސް އަށް ޖަހާލެވިފައިވާ މިޔަ ތޫނު ވަޅި ނަގާ އަނެއް އަތުން އަޒާޔާގެ އަނގަމަތީގައި އަތް އަޅާ ބާރުކޮށްލަމުން އެ ފަކީރުގެ މެޔަށް ހަރާލައިފިއެވެ. މަރުވަމުން ދިޔަ އިރު އެ ފަކީރަށް ހަޅޭއްލަވާނެ ފުރުސަތެއް ވެސް ނުދީއެވެ. ކިރިޔަ ކިރިޔާ ޝަހާދަތުގެ ދެކަލިމަ ދުލުން ބޭރު ކޮށްލެވުނު ކަމެވެ. ދުނި ޖަހައިފައި އޮހޮރިގަތް ލެއިން މުށިގަނޑު މަތީގައި ކޯރު ހެދުނެވެ. އޭގެ އިތުރުން ނަވާވީސް ހިސާބަށް ވަޅި ހަރައިފައި އެވަރުން ނުފުދިގެން ޖީބުން އިންޖެކްޝަނެއް ނަގާ ކަނދުރާ އަށް ހަރާލައިފިއެވެ. އެއަށްފަހު ކަޓަރެއް ނަގައިފައި މޫނުމަތީގައި އަޅައަޅައިފައި ލޭ ކޮށާލިއެވެ. ކަނައަތުގައި ވެސް ކަޓަރު އެޅިއެވެ. ދެން އަޒާޔާގެ ފުރާނަ ނެތް މަސްގަނޑު އަރީން ނިދާ އެނދުމައްޗަށް ވައްޓާލިއެވެ. ހަމަ އިންސާނިއްޔަތުކަމުގެ ކަންފުޅެއް ވެސް ނެތީއެވެ. 

ފުރަތަމަ މީހާ ޕްލާސްޓިކް ކޮތަޅަކުން އިސްތަށިތަކެއް ނަގާ އަޒާޔާގެ ފުރާނަ ނެތް މަސްގަނޑުގެ އެކި ހިސާބަށް ވައްޓާލިއެވެ. އަދި އަރީންގެ ނަން ކަނޑާނަގައިފައި އިން ފުލެއް އިން ފަށެއް އެ ކުއްޖާގެ ވައަތު ތެރެއަށްލާ އިނގިލިތައް މަޅާލިއެވެ. ދެން އެމީހުން ލައިގެން ހުރި އަންނައުނު ބާލާ ދަބަހެއްގެ ތެރެއަށް ލައިފައި ލޭގެ އަސަރު ނެތް އެއްޗެހި ލިއެވެ. ބޭނުންކުރި ހަތިޔާރުތައް އެޅީ ވެސް އެ ދަބަހަށެވެ. މި މަންޒަރު ބަލަން ހުއްޓުން އަރައިފައި ދެވަނަ މީހާ ހުއްޓެވެ. އެހެނަސް ދެކޮޅަށް އެއްޗެއް ނުބުނެ އެމީހުން ދިއުމާއި އެކު ފަހަތުން ގޮސް ދޮރު ކަހާލައިފައި ބޭރު ބެލްކަންޏަކަށް ނުކުތެވެ. ހިނދުކޮޅަކަށް އެ ދެމެދުގައި ކުޑަ ހަމަނުޖެހުމެއް ހިނގި ނަމަވެސް ދެން ފެނުނީ ބިރެއް ޖެހިލުމެއް ނެތި އެ މީހުން އެ އުސް ހިސާބުން ތިރިއަށް ފޭބުމަށް އެއް ބެލްކަނިން އަނެއް ބެލްކަންޏަށް ފުންމަމުން ދިޔަ މަންޒަރެވެ. 

“އޫނޯ” ސުމައްޔާ އޭނާގެ އަތުގައި ފަހަށް ދެވަނައަށް އޮތް ކާޑު ޖެހިއެވެ. އަރީން އޭނާ އަތުގައި ހުރި ރަތް ކުލައިގެ ނަންބަރު ތަކުން ނަންބަރެއް ޖެހީ މިފަހަރު ބަލިވާނެކަން އެނގިހުރެއެވެ. ވީ ވެސް އެހެންނެވެ. “ބަލާބަލަ. މިހާރު އެއޮށް ދޭއް ޖަހަން ގާތްވީ. ގަޑި ނުބަލާ އުޅުނީމަ ލިބޭ ލަނޑު. އަނެއްކާ މި އަޒާ ފާޚާނާގައި ކީއްކުރަނީބާ؟ ގައިމު މިހާރު އަންނަން ވެއްޖެއެއްނު.” އަރީން ގަޑި ބަލައިލަމުން ބުނެލިއެވެ. 

“ބޮގެއް ލަނޑަނީ ތޯއްޗެ. އެކަން ވަންޏާ އޭނަ ބަނޑުގައި ވަރަށް ރިއްސައެއްނު. ދެން ކުޅެ ނިންމާލަން ހިނގާ. ފަތިސް ނަމާދަށް ހޭލަން ވެސް ޖެހޭނެ. އެލާމު ކުރިއެއް ކަމަކު މިހާރު ނިދަން ނޯށޯތިއްޔާ ފަތިހަށް ނުހޭލެވިދާނެ.” ސުމައްޔާ މެޓު މަތިން ތެދުވެފައި ކަށިތަކަށް ދަމާލިއެވެ. ދެން ދެމީހުން ކޮޓަރިއާއި ދިމާލަށް ހިނގައިގަތީ އެކު އެކީގައެވެ. ދެން ކުރިމަތިލާން ޖެހޭނެ ތޫފާނުން އެ މީހުންގެ ދިރިއުޅުން އެފުށް މިފުށަށް ޖަހާލަދޭނެކަން ނޭނގޭ ޙާލު ގައެވެ. 

ކޮޓަރީގެ ދޮރު ހުޅުވާ ހާކޮށް ލައިފައި އެ ކުދިން އެކުގައި ކޮޓަރިއަށް ވަންނަން ދިމާކޮށްލިއެވެ. އެހެނަސް ލޯ މައްޗަށް ފެނުނު ބިރުވެރި މަންޒަރެއްގެ ސަބަބުން އެ ކުދިންގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. ދެން އިވުނީ ކައިރީގައި މީހަކު ހުރި ނަމަ އެ މީހެއްގެ ތޫރި ފުނޑުފުނޑު ވެގެން ދާނެހާ ބާރަށް ސުމައްޔާ ހަޅޭއްލަވައިގަތް އަޑެވެ. އެ ކުދިންގެ އެންމެ ގާތް އެކުވެރިޔާ އެހާ އަނިޔާވެރި ގޮތަކަށް މަރާލައިފައި އޮތް މަންޒަރު ފެނިފައި އަސަރު ނުކުރާނެ ހިތެއް އެތަނަކު ނުހުންނާނެތާއެވެ. ލޭގެ ކޯރެއް މުށިގަނޑު މަތީގައި ހެދިފައިވީ އިރު އަރީންގެ އެނދުމަތީގައި ލޭކޮށާލެވިފައި އޮތް އަޒާޔާގެ ފުރާނަ ނެތް މަސްގަނޑު ފެނި އެމީހުންގެ ހިތް ފޮތިފޮތިވިއެވެ. އަރީން ނޭވާ ހާސްވެގެން މުށިގަނޑު މައްޗަށް ތިރިވެވުނެވެ. އޭނާގެ ދެލޮލުން ކަރުނައިގެ ލަޝްކަރެއް ފައިބައިގެން ދިޔައެވެ. ސުމައްޔާ ދުވެފައި ގޮސް އަރީންގެ އެނދުމައްޗާއި ދިމާލަށް ތިރިވިއެވެ.

“އަޒާ… އޭތް އަޒާ. ދެން އަހަރެންގެ ހިތް ނުހުއްޓުވާ. ދެން ތެދުވޭ. ތެދުވަންނާށޭ.” ލެއިން ކަޅިވެފައިވާ އަޒާޔާގެ ގައިގާ ހިފައިގަނެގެން ހުރެ ސުމައްޔާ ވާހަކަ ދައްކަމުން ދިޔަ އިރު އެ ދެލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ. “އަޒް…. ޕްލީޒް. ދެން އަހަރެން ނުތަޅުވާ ތެދުވޭ. މި ދެލޯ ހުޅުވާލާ. އާދޭސް ކޮށްފަ މި ބުނީ” އެ ކޮޓަރި ތެރޭގައި ހިފާލައިފައި ވަނީ ސުމައްޔާގެ ރުއިމުގެ އަޑެވެ. އަޒާޔާގެ ބޯ އުނގަށް ލައިގެން އިނދެ އަޒާޔާ އަށް ގޮވަމުން ދިޔަ އިރު އެ ހިތް ކުދިކުދި ވެއްޖެއެވެ. އަރީންގެ ޙާލު ވަކިން ދެރައެވެ. ޝޮކް ޖެހި އެސްތްމާ އެޓޭކަކާއި ހަނގުރާމަ ކުރަމުން ދިޔައީ އަޒާޔާ އެ ފަދަ އަނިޔާވެރި ގޮތަކަށް މަރާލައިފައި އޮތް މަންޒަރު ފެނި ހިތް ހަލާކުވެގެންނެވެ. 

ސުމައްޔާގެ ހަޅޭކުގެ އަޑަށް ޔަނާލާއި އަފްޒަލް ވެސް ފޮނި މީރު ނިންޖަކުން ހޭލައްވާލައިފިއެވެ. އެހާ ބާރަށް ހަޅޭއްލަވައިގަންނާނީ ކޮންމެ ވެސް ބޮޑުކަމެއް ވެގެން ކަން ޔަގީންވާތީ އެ މީހުން ކޮޓަރިން ނުކުމެގެން ދިޔައީ ވައި ސޫރިއެއްހާ ހަލުވިކޮށެވެ. އެ މީހުންނަށް ކޮޓަރި ދޮރު މަތީގައި ރޮމުން ނޭވާ ހާސްވެގެން ތެޅެމުން ދިޔަ އަރީން ފެނި އެހިސާބަށް ދެވުނު ގޮތެއް ވެސް ނޭނގެއެވެ. ކޮޓަރީގެ ޙާލަތު އެމީހުންނަށް ފެނުމުން ޔަނާލް އަނބުރައިގަނެގެން ނުވެއްޓުނީ ކިރިޔާއެވެ. އަފްޒަލް ލަސްނުކޮށް އެންބިއުލާންސަކަށް ގުޅައިފިއެވެ. ޔަނާލް ކޮޓަރީގެ ބޮކި ދިއްލާލައިފައި ގޮސް ޑްރެސިން ޓޭބަލް މަތީގައި އޮތް އިންހޭލަރ ފުޅި ނެގިއެވެ. އަރީންގެ ނޭވާ ހަމައަކަށް އެޅުވުނީ ހަތަރު ފަހަރު އެ ޖަހައިގެންނެވެ. އޭރު އަފްޒަލް ފުލުހުންނަށް ވެސް ގުޅައިފިއެވެ ޔަނާލް މަސައްކަތް ކުރީ އާފިޔާ އަށް ގުޅޭތޯއެވެ. 

އަރީން ވެސް ގޮސް އަޒާޔާގެ ބޮލުގައި ފިރުމަމުން ރޯން ފެށީ އެހާ ގާތުން އެ ފަކީރުގެ ހަށިގަނޑުގައިވާ ޒަޚަމުތައް ފެނުމުންނެވެ. “އަޒާ… އަހަރެން ދޫކޮށްލާފައި ނުދޭ… ދެން ވެސް އަވަހަށް ލޯ ހުޅުވާލާ. ބުނޭ މިއީ ކޮއްލި ސަމާސާއެކޭ… އާދޭސްކޮށްފަ މި ބުނީ. ތިހެން ނަހަދާ. މިއީ ދޮގެއް. އަޒް އަދި މަރެއްނުވާނެ.” އަޒާޔާގެ މޫނުގައި ފިރުމަފިރުމައިފައި އަރީން ކިތަންމެ ވަރަކަށް ކަރުނަ އޮއްސައިފިއެވެ. އަޒާޔާގެ ސިފަ ވަކިވާން އުނދަގޫ ވާހާ ވަރަށް ތޫނު އެއްޗެއް ހަރައިފައި ވާއިރު އެތެރެއިން ލާ އެއްޗެހިން ފިޔަވާ އިތުރު އަންނައުނެއް ނެތެވެ. އެ އެނދުމަތި ވެސް ލެއިން ކަޅިވެފައި ވާއިރު މުށިގަނޑު މަތީގައި ކޮންމެވެސް ވަރަކަށް ލޭ ހިކިފައި ހުއްޓެވެ. އިންސާނަކަށް މި ވަރު ކޮށްލާ އިރު އަޅާނެ ވޭން ތަޞައްވުރު ކޮށްލަން ވެސް އުނދަގޫވާނެއެވެ. 

ހިނދުކޮޅެއްގެ ތެރޭގައި އެ އެޕާޓްމަންޓު ތެރެ ފުރާލީ ފުލުހުންނާއި މެޑިކަލް ޓީމަކުންނެވެ. ތެޅެމުން ފޮޅެމުން އެތަނުގެ ތެރެއަށް ވަން ޒަވިއަނާއި ޒިޔާދުގެ އިތުރުން އާފިޔާއަށް އަޒާޔާގެ ޙާލަތު ފެނުމުން ހުއްޓުން އެރިއެވެ. އެ ނިކަމެތި ފުރާނައަށް ކޮށްލައިފައިވާ ވަރު ފެނި އެމީހުންނަށް ހީވީ ކަރު ކަނޑާ ވައްޓާލެވުނު ހެންނެވެ. ހިތަށް ތޫނު އެއްޗެއް ހަރާލާ އެ ވަރުން ނުފުދިގެން ފުން ފާރުތައް މަތީ ލޮނުމިރުސް އެޅި ހެންނެވެ. އާފިޔާ “މަގޭ ދަރިޔާ” އޭ ކިޔާ ގޮވާ ރޮއި ހޭރެމުން ގޮސް ހުދު އެނދަކަށް އެރުވި އަޒާޔާގެ ފުރާނަ ނެތް މަސްގަނޑުގައި އޮޅުލައިގަތެވެ. 

އެހާ އަނިޔާވެރި ގޮތަކަށް އަޒާޔާ މަރާލައިފައި އޮތުމުން ފިރިހެނެއް ކަމަކު ޒަވިއަންގެ ދެލޯ ވެސް ކަރުނުން ފުރިއްޖެއެވެ. ކިތަންމެ ވަރަކަށް ވެސް މިއީ އޭނާއަށް ފެންނަ ބިރުވެރި ހުވަފެނަކަށް ހަދަން ބޭނުންވިއެވެ. އެހެނަސް ދެން އެ ޙާލަތު ބަދަލުކުރުމުގެ ބާރު އެކަކަށް ވެސް ލިބިގެން ވާނެ ހެއްޔެވެ؟ ބޯ ހޫރަމުން ގޮސް ޒަވިއަން އަޒާޔާގެ މޫނުގައި ފިރުމާލިއެވެ.

“ކަލޭމެން ހާދަ ހަޔާތް ކުޑައޭ. އެހާ ވަރަކުން މި ތަނަށް ގެނެސްފަ އެ ކުށެއް ނެތް އަންހެން ކުއްޖާ މަރާލަން ޖެހޭތަ؟ އެކުވެރިކަމުގެ ދަޅަ ދައްކައިގެން އެހާ ގިނަ ދުވަހު އުޅުނީ މި ބޭނުމުގަތަ؟” ޒަވިއަން އަރީންގެ ކޮނޑުގައި ހިފާ ދަތްކުނޑި ވިކާލަމުން ހަޅޭއްލަވައިގަތެވެ. ސިހި ބިރުގެންފައި ހުރި ވަރުން އަރީނަށް އެއްޗެއް ބުނަން ނުކުޅެދުނު ކަހަލައެވެ.

“ޒަވިއަން. މައިތިރިވެގެން ހުރޭ. މިކަމުގެ ފަހަތުގައިވީ ބަޔަކު ހޯދޭނީ ފުލުހުންގެ ތަޙުޤީޤަކުން. އިހަށް ހިނގާ ހަސްފަތާލަށް.” ޒިޔާދު ހަރު އަޑުން އެހެން ބުނެފައި ޕެރަމެޑިކް ޓީމު ފަހަތުން ހިނގައިގަތެވެ. ޒަވިއަން އެއްޗެއް ބުނަން އުޅެފައި ވެސް އިހަށް ހަސްފަތާލަށް ދާން ނިންމީ ފަހުން ބަދަލު ހިފަން ޢަޒުމް ކަނޑައަޅައިގެންނެވެ. 

ހަސްފަތާލުގައި އަޒާޔާ ބޭއްވުނީ އޮޓޯޕްސީ ހެދުމަށެވެ. އެ ތަނުގެ ދޮރުމަތީގައި ތިބި މީހުންގެ ރުއިމުގެ އަޑު އެ ހިސާބުގައި ގުގުމަމުން ދިޔައެވެ. އަފްޒަލް ހިތްވަރު ކުރަމުން ޒިޔާދަށް ވީގޮތް ކިޔައިދެމުން ދިޔައެވެ. މަރާލާފައި އޮށްވާ ފެނުނު ގޮތެވެ. އެމީހުންނަށް ރަނގަޅަށް ނުވެސް އެނގި އަމިއްލަ ގޭތެރޭގައި އެކަމެއް ހިނގައިދިޔައެއް ކަމަކު ދެވޭނެ މާ ބޮޑު ތަފްސީލެއް ނޯންނާނެ ތާއެވެ. ހިތާމައިގެ ފުން ކަނޑަކަށް ޣަރަޤުވެފައިވާ ޙާލު ޒިޔާދު ވެސް އިސް ޖަހާލިއެވެ. 

ސުމައްޔާ އާއި އަރީންގެ ޙާލަކީ ތޯއެވެ. އެންމެ ގާތް އެކުވެރިޔާ އަށް އެފަދަ ނިކަމެތި ޙާލެއް ޖެއްސުމުން ތިބީ ހިތް ފަޅައިގެން ގޮހެވެ. އެ ދެ އެކުވެރިންގެ ސިކުނޑީގައި ގުގުމަމުން ދިޔައީ އެއް ސުވާލު ތަކެކެވެ. އަޒާޔާ މަރާލީ ކާކު ހެއްޔެވެ؟ ކީއްވެގެން ހެއްޔެވެ؟ އެމީހުންނަށް ނޭނގި އެހާ ފަސޭހައިން އަރީންގެ ކޮޓަރިއަށް ވަނީ ކާކު ކިހިނެއް ހެއްޔެވެ؟ އެ ކަން ކުރީ ކޮން ސަބަބަކާއި ހުރެ ހެއްޔެވެ؟ 

ހަސްފަތާލުގައި ރާއްޖޭގެ އޮފިޝަލް ފޮރެންސިކް ޓީމަކުން ވެސް ޙަރަކާތްތެރި ވަމުން ދިޔައެވެ. ވަކި ހިސާބަކުން ފުލުހުން އައިސް އަރީންމެން ގެންދިޔައީ ސުވާލު ކުރުމަށެވެ. ކްރައިމް ސީނުން ފެނުނީ އެމީހުން ކަމަށް ވާތީއެވެ. ފަހަރަކު މީހެއްގެ ބަޔާން ނެގުމަށް ފަހު އެ މީހުންގެ ތަޙުޤީޤު ފަށައިގަތެވެ. 

އޮޓޮޕްސީ ހެދުމަށް ފަހު އަޒާޔާ ހިނަވާ ކަފުން ކުރެވިގެން ދިޔައީ ހަވީރުގެ ވަގުތެއްގައެވެ. އޭރު ޙާލު ދެރަވެގެން އާފިޔާ ވަނީ އެޑްމިޓް ކުރެވިފައެވެ. ޒިޔާދާއި ޒަވިއަން ހުރީ ގަބު އަރައިފައެވެ. އަފްޒަލް ހުރީ ފުލުހުން އަތުން ލިބުނު އަޒާޔާގެ ފޮޓޯތައް ދިރާސާ ކުރާށެވެ. އޭގައި އަޒާޔާގެ ވައަތް މުށްކެވިފައި ވާއިރު އަތު ތެރޭގައި ރިހި ފަށެއް އޮތް ކަން ހާމަވާން ހުއްޓެވެ. އޭނާ ލައިލައި ހުރި ނޭވާ އެތެރޭގައި ތާށިވީ ކަނައަތުގައި ކަޓަރު އަޅައިފައި ހުރި ގޮތް ފާހަގަވުމުންނެވެ. ދިގު ދެ ރޮނގުގެ މެދުން ހުރަސް ރޮނގެކެވެ. ހަމަ އޭނާ އަށް ކުރިން ފެނުނު ކުރެހުމާއި އެއްވެސް ތަފާތެއް ނެތެވެ. އެހެނަސް އެ ވާހަކަ ނުދައްކާ ހަނު ހުރީ އޮޓޮޕްސީގެ ރިޕޯޓު ލިބޭނެ އިރަކަށެވެ. 

“ކުއްޖާ މަރުވާން މެދުވެރިވީ ސީދާ ކިހިނެއް ކަމެއް ނޭނގެ. މިއިން ކޮންމެވެސް އެއްގޮތެއް. އެއްގޮތަކީ ހަށިގަނޑުގެ އެކި ހިސާބުތައް ފޫއަޅުވާލައިފައިވާ ވަޅީގެ ހަމަލާތަކުން. އަނެއް ގޮތަކީ ހަށިގަނޑަށް އެތެރެކުރެވިފައިވާ ‘އެޒްނެލިން’ ނަމަކަށް ކިޔުނު އިލީގަލް ޑެތް ޑްރަގެއްގެ ސަބަބުން ނޫނީ ހަތެއް ނުވަތަ އަށް ގަޑިއިރު ތެރޭގައި އިފެކްޓް ނަގާ އެތެރެ ހަށީގެ ގުނަވަންތައް ވިރުވާލާ އިލީގަލް ޒަހަރެއް ކަމަށްވާ ‘އޮރިންޑިއޯ’ އެތެރެވެފައި ވުމުގެ ސަބަބުން.” އޮޓޮޕްސީ ރިޕޯޓު ފުލުހުންނާއި ޙަވާލު ކުރަމުން ޑަކުޓަރުން ބުނެލީ އެހެންނެވެ. އެހެންވީމާ އެ ކުއްޖާ މަރާލުމަށް އެމީހުން މަސައްކަތް ކޮށްފައި އެ ވަނީ އެންމެ ގޮތަކުންނެއް ނޫނެވެ. ތިން ގޮތެއް ބޭނުން ކޮށްގެންނެވެ. 

ފޮރެންސިކް ޓީމުން ވެސް އެމީހުން ހެދި ޓެސްޓުތަކުގެ ނަތީޖާ ތަޙުޤީޤު ކުރަމުންދާ ޓީމަށް ޙަވާލުކޮށްފިއެވެ. މައްސަލަ ބެލުމާއި ހަވާލުވެގެން ހުރި ޖިހާދު އެ ތަކެތި ކޮންމެވެސް ވަރަކަށް ދިރާސާ ކުރިއެވެ. ލިބުނު ފިންގަރ ޕްރިންޓް ތަކާއި ޑީ އެން އޭ ޓެސްޓުތަކުން އިނގިލި ދިއްކުރަނީ އެންމެ މީހަކަށެވެ. ލަސް ނުކޮށް އެހެން ފުލުހުންނަށް އެންގީ އެމީހުންނަށް ފާހަގަ ކުރެވުނު ޕްރައިމް ސަސްޕެކްޓް ހައްޔަރު ކުރުމަށެވެ. 

މޫނު އެޅުމަށް ފަހު ކަށުނަމާދަށް ދާން ތައްޔާރު ވުމާއި އެކު އެތަނަށް އައިސް ވައްޓާލީ ފުލުސް ޓީމެކެވެ. ވާނުވާގައި ތިބި މީހުންގެ ތެރެއިން އެމީހުން ގޮސް އަރީންގެ ކުރިމަތީގައި ހުއްޓުނެވެ. “އައިޝަތު އަރީން އަފްޒަލް! އަޒާޔާ ޒިޔާދު މަރާލި ކަމަށް ތުހުމަތު ކުރެވި މިވަގުތު އަޅުގަނޑުމެންގެ ބެލުމުގެ ދަށަށް ގެންނަން ޖެހޭނެ. ދެކޮޅު ހަދާ ދައްކާ ކޮންމެ ވާހަކައެއް ކޯޓުގައި ތި ފަރާތާއި ދެކޮޅަށް ބޭނުން ކުރެވޭނެ. މި ތަޙުޤީޤަށް ފުރިހަމަ އެއްބާރުލުން ދޭންވާނެ.” ފުލުސް މީހެއް ކަމަށްވާ ހަމްދޫން އަރީންގެ އަތުގައި ބިޑި އެޅުވިއެވެ. ޒަވިއަން ފިޔަވާ އެތަނުގައި ތިބި ހާ ބަޔަކު ބަލައިލީ ޤަބޫލު ނުކުރެވިގެންނެވެ. “ސާރ އަޅުގަނޑު.” ކަރުނަތައް ދެ ލޮލަށް ޖަމާވަމުން ދިޔަ ޙާލު އަރީން ވާހަކަ ދައްކަން އަނގަ ހުޅުވާލިއެވެ. 

“ސާރ. ޖަނާޒާ އަށް ފަހު ގެންދެވިދާނެތަ. އަޅުގަނޑު ބޭނުން އެންމެ ކުޑަމިނުން އެ ޖަނާޒާގައި ބައިވެރިވާން ބޭނުން. އާދޭސް ކޮށްފަ މި ބުނީ. އެއަށްފަހު ކޮންމެ ގޮތެއް ހެދިޔަސް އެންމެ ރަނގަޅު.” ދޫކޮށްލެވުނު އިސްކޫރުއް ފަދައިން އަރީންގެ ދެލޮލުން ކަރުނަ އޮހިގަތެވެ. ފުލުސް މީހާ ހަމްދަރުދީގެ ނަޒަރަކުން ބަލާލުމަށްފަހު އިސް އިންސްޕެކްޓަރުގެ ހުއްދަ އާއި އެކު އަރީނަށް އެ ފުރުސަތު ދިނެވެ. ސުމައްޔާ އެ ވަގުތު އަރީންގެ ދިފާޢުގައި ވާހަކަ ނުދެއްކީ ޙާލަތުގެ ގޮތުންނެވެ. އެ ނުބައި ޢަމަލު ހިންގީ އަރީން ނޫންކަން އޭނާއަށް ޔަޤީނުން ވެސް އެނގެއެވެ. އެހެނަސް ހުރިހާ ހެއްކެއް ހުރީ އަރީނާއި ދެކޮޅަށެވެ. އޭނާ އަށް ނުވިސްނުނީ މީހަކު އަރީންގެ ބޮލަށް އެ މައްސަލަ ކަނޑާލަން ޖެހުނު ސަބަބެކެވެ. 

“ޒިޔާ! ހުވާކޮށްފަ މި ބުނީ. ރީން އެފަދަ ކަމެއް ނުކުރާނެ. ބަލާބަލަ މި ފޮޓޯ ތަކަށް އެ އަތުގައި ކަޓަރު އަޅައިފައި ހުރި ގޮތަށް. ދެން އެޒްނެލިން އާއި އޮރިންޑިއޯ. ހަނދާން ވޭތަ އެއްކަލަ ހާދިސާ.” އަފްޒަލް އޭނާގެ ފޯނުން އެ ފޮޓޯ ދައްކާލިއެވެ. ޒިޔާދަށް ހީވީ މީހަކު އޭނާގެ އެތެރެ ހަށީގައި އަލިފާން ޖެހި ހެންނެވެ. ދަތްކުނޑި ވިކި އަތް މުށްކަވާލެވުނެވެ. އެހެނަސް އެ ރުޅި ހިނދާލަން މަސައްކަތް ކުރަމުން އޭނާ ގޮސް ސަންދޯކުގައި ހިފިއެވެ. 

ކަށުނަމާދު ކޮށް އަޒާޔާ ވަޅުލެވިގެން ދިޔައީ އަރީންމެންގެ ހިތުގައި ވަރުގަދަ ކޫރުމެއް އަޅުވާލައިފައެވެ. ގިނަ އަންހެންވެރީންގެ ދެލޮލުން ކަރުނަ ނުހިކެއެވެ. ރޮއިރޮއި ގޮސް އަރީންގެ ދެލޯ ކައިރި ވަނީ ދުޅަވެ ރަތް ކުލަ އަރާފައެވެ. ކަށުނަމާދަށް ފަހު އަޒާޔާ ވަޅުލައިފައި ފިރިހެން ވެރިން ސަހަރާ އިން ނުކުތެވެ. ބޭރުގައި އަންހެން ވެރިން ތިއްބެވެ. އެންމެން ކަހަލަ ގޮތަކަށް އަނބުރާ ދާން ހިނގައިގަތް އިރު އަރީން ހުރީ ގަބުރުސްތާނަށް ބަލަން ހުއްޓުން އަރައިފައެވެ. އެހެން މީހުންނަށް ވުރެ ފަހުން ނުކުތް ޒަވިއަން އަށް އަރީން ފެނުމުން ރުޅީގެ އަލިފާންގަނޑެއް އެތެރެ ހަށީގައި ކެކި އަރަން ފެށިއެވެ. ދަތްކުނޑި ވިކާލަމުން ގޮސް އަރީން ފާރާއި ލައި ފިއްތާލަމުން ކަރުގައި ހިފައިފިއެވެ. ޒަވިއަންގެ ދެލޮލުން އަލިފާން ކަނި ބުރަމުން ދިޔަ ކަހަލައެވެ. އޭނާ އެ ހުރީ މި ވަގުތުން ވަގުތަށް އަރީންގެ ފުރާނަ ދުއްވާލާހާ ރުޅިއައިސްފައެވެ. ދެން އަރީން ކަހަލަ އެސްތްމާ ހުރި މީހެއްގެ ކަރުގައި ހިފައިގެން ފުރާނަ ދުއްވާލަން މާކަ އުނދަގުލެއް ނުވާނެ ތާއެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

އަބަދަށް-39

Next

ހިތް އެދޭ މަންޒިލަކީ… 3

Next
November 10, 2025

ހިތް އެދޭ މަންޒިލަކީ… 3

Previews
November 10, 2025

އަބަދަށް-39

19 Comments!

  1. White rose White rose says:
    November 10, 2025 at 12:12 pm

    Assalaamu alaikum dear readers. Mi hisaabun vhk title aa gulheyne hen zavian aai areen ge bai dhaa goiy fennaane. Its gonna be quite dark and upsetting. But, I really hope u guyzz understand this change. I always try to write stories in unusual and captivating ways. This story will be well paced and quite longer than previous one’s. Plzz continue ur support for this story 🙂🙂

  2. Anonymous says:
    November 10, 2025 at 1:16 pm

    Alheyyy azaaayaa maraalyy keehve…..

    1. White rose White rose says:
      November 10, 2025 at 2:43 pm

      Its a key part of the plot 💔💔💔
      Shukran Anonymous ✨✨

  3. Eesh says:
    November 10, 2025 at 2:03 pm

    Alhe azaa maru v. No no no!!!!! I never thought this would happened.. dhen alhey. But actually the story is really good and heart touching. Can’t even wait to read the next part. 😄

    1. White rose White rose says:
      November 10, 2025 at 2:44 pm

      Yea she died 💔💔
      Shukran for ur support Eesh ✨✨
      IA next Thursday ga submit kohlaanan. Keep waiting.

  4. Your fav bab Your fav bab says:
    November 10, 2025 at 2:48 pm

    Ey yoooo!!!
    Azaa maruveeyo?? Can’t believe!
    but adhi kiriyaa I’m able to relate the title with this story tho😭😭😭
    Arg thi kan kuri meehaku areen bolah ekan kadaalan jehey tha??
    She wanted to live so she spilled the password but still got killed in the worst way😭😭
    Hope the story will still find happiness
    Anyway loved this part 💗💗💗
    The descriptions were so full of life that made me see the scene in front of my eyes!!
    Ly💗

    1. White rose White rose says:
      November 10, 2025 at 9:13 pm

      She still lives in our memories. Yeaa, some ppl are jus too wicked.
      Shukran Your fav bab ✨✨
      Lyt darl 💕💕

  5. Anonymous says:
    November 10, 2025 at 3:55 pm

    Azaa died. Hama Vrh dhera vi 😭😭😭
    I hope the mystery get solved
    Kon Haadhisa ehge vhk tha afzal men edhahkanee?????

    1. White rose White rose says:
      November 10, 2025 at 4:06 pm

      Yeaa, vrh hithaamaveri haadhisaa eh 💔💔
      Afzal men e kiyaa vhk adhi engeyne.
      Shukran Anonymous ✨✨

  6. Anonymous says:
    November 10, 2025 at 8:09 pm

    I have a feeling that zavian won’t kill Areen and one day they’ll fall in love.
    Whn nxt???

    1. White rose White rose says:
      November 10, 2025 at 8:37 pm

      That’s also possible. Let’s mi dhe meehunnah vaagotheh. Areen’s already in one sided love ehnu.
      IA next Thursday ga submit kohlaanan.
      Shukran Anonymous ✨✨

  7. K says:
    November 10, 2025 at 11:27 pm

    Urghhhhhh whattt azaayaa maruvee and areen ah hurihaa kammehhh urghhhhhhhh cant wait for next part vrh salhi. Avahah up kohdhehcheyyyy currently my favvvb story

    1. White rose White rose says:
      November 11, 2025 at 10:58 am

      I’ll submit Thursday ga IA, stay tuned.
      Shukran K ✨✨

  8. Anonymous says:
    November 11, 2025 at 12:24 am

    you cant tell me no one heard anything while azaaya was getting brutally killed in a room in an apartment like those people in the room would have made some kind of noise and since areen and sumayya were awake they would have to heard something but damn i didnt expect azaaya to die rip

    1. White rose White rose says:
      November 11, 2025 at 11:01 am

      The killers were been too careful. And areen men uno gandu ga jehifa thibeenun 😭😭 Yea vrh unexpected mareh.
      Shukran Anonymous ✨✨

  9. hiyaalu says:
    November 11, 2025 at 10:30 am

    Areenmen dhana meehaku dhw e grp ga ulhenee..husaamtha anehkaa sumaiyaa jehsunkuraa

    1. White rose White rose says:
      November 11, 2025 at 11:04 am

      Wahh, wht a wild guess. Understandable as azaa recognized the voice. Hingaa balamaa eii kaaku thw. Might take a while to know identities of the villains.
      Shukran hiyaalu ✨✨

  10. a says:
    November 11, 2025 at 8:06 pm

    azaaya had such potential to be a good character she was my fav i liked seeing a rich and nice character who loved her friends and wanted to make it big sadly we didnt get much from her before her death too but im looking forward to how they go on from here

    1. White rose White rose says:
      November 12, 2025 at 7:26 am

      Yeaa she was leading a good character, sadly her life’s cut short 💔💔
      Shukran a ✨✨

Comments are closed.

Next Episodeދެވުނީ ވޭނޭ 14←


All Right Reserved!