ދެވުނީ ވޭނޭ 15
ތިން މީހުން ތެދުވީ ފަތިސް ނަމާދަށެވެ. އޭރު ބެލިފައިވަނީ ރޭގަނޑު އަށެއް ޖެހުމާއި ހަމައަށް ހުރި ރިކޯޑިން ތަކެވެ. ނަމާދުކޮށްގެން ވެސް ޒަވިއަން ދިޔައީ އެ ގެއަށެވެ. އަނެއް ދެމީހުން ނިދަން އެރިއިރު ވެސް ޒަވިއަން އިނީ އެ ކްލިޕްތައް އަޅުވާލައިގެންނެވެ. އެއްޗަކަށް ފަހު އެއްޗެއް ބަލަން އިން ޒަވިއަންގެ ސަމާލުކަން ދަމައިގަތީ އެ އޮފީހުގެ ހެޑް އިންސްޕެކްޓަރު ހަމްޒަތު އަލީ އަޒާޔާގެ މައްސަލަ އާއި ހަވާލުވެގެން ތިބި ފުލުހުންނަށް މީޓިން އެއް ބޭއްވުމުންނެވެ. ވަގުތަކީ ދަންވަރު ދެގަޑި ސުންމިނެޓެވެ. ޒަވިއަން ލެޕުގެ ވޮލިއުމް މަތިކޮށްލިއެވެ. އެންމެ ފުރަތަމަ ވެސް ހަމްޒަތު ބުނެލި ޖުމްލައިން ޒަވިއަންގެ ދެލޯ މުދުނަށް އެރިއެވެ. ދެއަތް މުށްކަވާލެވުނު އިރު ލޭ ކެކިއްޖެއެވެ. އޭނާއަށް ހީވީ ދުނިޔެ އެނބުރިގަތް ހެންނެވެ.
އަދި އެއްފަހަރު އެ ކްލިޕް ފަހަތަށް އޮޅާލިއެވެ. “މިފަދަ ވަގުތެއްގައި މަޝްވަރާ ބައްދަލުވުމެއް ބާއްވަން ޖެހުނީ ވަރަށް މުހިންމު ކަމެއްގައި. އަޒާޔާގެ މަރުގެ މައްސަލަ ކްލޯޒް ކުރުމަށް ވަނީ އެންގިފަ. ސަބަބުތައް ނުހަނު ގިނަ. މައްސަލައިގެ ޕްރައިމް ސަސްޕެކްޓް ކަމުގައި ބެލިފައިވާ ފަރާތަކީ އަދި އަށާރަ އަހަރު ނުފުރޭ ކުޑަކުއްޖެއް. ހުރިހާ ބަޔާން ތަކަކާއި ހެކިބަހަކުން ބުރަވެވެނީ އެއީ ކުށެއް ނެތް މައުސޫމް ކުއްޖެއް ކަމަށް. ވިކްޓިމްގެ ޢާއިލާއިން ވެސް މި މައްސަލަ ދޫކޮށްލުމަށް އެދިފައި ވަނީ. އިތުރަށް ދެން މިކަމާއި ގުޅޭ ގޮތުން ވާހަކައެއް ނުދެއްކޭނެ.” ހަމްޒަތުގެ ވާހަކަ ހުރީ އެހެންނެވެ. ދެން ފެނުނީ ވަގުތުން އެ ކޮޓަރި ތެރެ ހަލަބޮލިވި މަންޒަރެވެ. އެއްބަޔަކު ދެކޮޅަށް ވާހަކަ ދައްކަމުން ދިޔައިރު އަނެއް ބަޔަކު އަޅާނުލާ ހިމޭނުން ތިބީއެވެ.
މަޝްވަރާ ބައްދަލުވުން ނިމިގެން ދިޔަ ގޮތުން ޒަވިއަންގެ ރުޅިގަނޑު ސަތޭއިކައިން ނެއްޓިއެވެ. ގޮނޑިން ތެދުވި ގޮތުން އެ ވެސް ދިޔައީ ވިއްސައިގެންނެވެ. ހަރު ހިނގުމުގައި އޭނާ އެ ތަނުން ނިކުމެގެން ގޮސް ސައިކަލަށް އެރިއެވެ. ދުއްވާލިލެއް ބާރު ކަމުން ދުއްވައިފައި ދިޔަ ތަނުން ދުން ވެސް އަރައެވެ. އެ ފަތިހުގެ ހިތްގައިމު ވަގުތުގައި މަގުގައި މީހުން މަދުން ނޫނީ ނެތް ކަމީ ނަސީބެކެވެ. އެހެންނޫންނަމަ އެކްސިޑެންޓެއް ހިނގައިދިއުމަކީ ދާދި ގާތުގައި ވާ ކަމެކެވެ.
ރޯޝަނީގޭގެ ދޮރުމައްޗަށް ސައިކަލް ޕާކު ކޮށްފައި ޒަވިއަން އެތެރެއަށް ވަނީ ހިކަންޖަކަށް ވުރެ ހަލުވިކޮށެވެ. ބޮޑު ދޮރު ހުޅުވާ އަޅައިފައި އޭނާ ގޮސް ސިޑިބަރިން ދުވަމުން މައްޗަށް އަރައިގެން ދިޔައެވެ. ތިން ވަނަ ފުލޯ އަށް އަރައިފައި އޭނާ ވަދެލީ ޒިޔާދުގެ އޮފީހަށެވެ.
“ބައްޕާ! ކީއްވެގެންތަ މައްސަލަ ދޫކޮށްލަން ނިންމީ؟ އެކަހަލަ ވިޔާނުދާ ނާގަ ހަރުފައެއް ދިފާއު ކުރަންވީ ކީއްވެގެންތަ؟” މޭޒުމަތީގައި ޒަވިއަން ޖެހިޖެހީނުން އެއަށް ވެސް ގުޑުން އަރައިގެން ދިޔައެވެ. “ޒަވިއަން! މައިތިރި ވެބަލަ. ޒައްކޮގެ ފުރާނަ ނަގާލީ ރީއްކޮއެއް ނޫނޭ. އެ ނިކަމެތި ކުއްޖާއަށް ތިޔަހާ ވަރަށް ނަފުރަތު ނުކޮށްބަލަ. އަމިއްލަ އެދުމުން ފޯވެފައި ތިބި ބަޔަކު ދައްކާ ޙަޤީޤަތެއް ނެތް ކުލަތައް ޤަބޫލު ނުކުރޭ!” ޒިޔާދު މަސައްކަތް ކުރީ ޒަވިއަނަށް ވިސްނައިދޭށެވެ.
“ދެން އެ މައްސަލަ ދޫކޮށްލަން ޖެހޭތަ؟” ޒަވިއަން އެހިއެވެ. “ދަރިފުޅަކަށް ނުވިސްނޭނެ. އެއްފަރާތްނުވީމަ މިހާރު ބައްޕަގެ އަތުން އެއް ޚަޒާނާ ބީވެ ހިނގައްޖެ. ދެން ސަލާމަތުން ތިބި ބަޔަކަށް ކަމެއް ވިޔަކަ ނުދޭނަން.” ޒިޔާދު ދުލުން ނުކުތް މާނަ ފުން ޖުމްލަތަކުން ޒަވިއަނަށް އެކައްޗެއް ވެސް ދޭހަވީ ހެންނެއް ހިޔެއް ނުވެއެވެ. ދުން ޖަހައިފައި ނުކުމެގެން ދިޔައީ އެވެ. ޒިޔާދު އަވަހަށް އޭނާގެ ފޯނު ނަގާ ނަންބަރަކަށް ގުޅާލިއެވެ. “އަފޫ! އަހަރެންނަށް ހީވަނީ މި ދުވަސްކޮޅު މި ތަނުގައި ރީއްކޮ ބެހެއްޓުން ރަނގަޅު ނުވާނެހެން. ވީހާ ވެސް އަވަހަކަށް ކެނެޑާ އަށް ގެންދޭ.” އެކޮޅުން ފޯނު ނެގުމާއި އެކުހެން އޭނާ ބުނެލިއެވެ.
ފޯނު ކަނޑާލައިފައި އެކީ އަފްޒަލް އުޅުނީ ފުރަން ޓިކެޓު ނަގާށެވެ. ނަސީބަކުން އެ ދުވަހު ހަވީރަށް ދެ ޓިކެޓް ލިބޭ ގޮތް ވިއެވެ. ޑައިރެކްޓް ކޮށެއް ނޫނެވެ. ދެން އަފްޒަލް ސޯފާއިން ތެދުވެގެން ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. ކުރިން ރޭގައި ހިނގައިދިޔަ ހާދިސާއަށް ފަހު އަރީން އޭނާގެ އަމިއްލަ ކޮޓަރިއަށް ވަންނަން ވެސް ޖެހިލުންވެއެވެ.
“ދަރިފުޅާ ރީން. މިއަދު ހަވީރަށް ފުރަން ތައްޔާރުވާން ތައްޔާރު ވާތި. ހަތަރެއް ޖަހާ އިރު ޗެކިން ވާން ޖެހޭ.” އަފްޒަލް އަރީންގެ އަތުގައި ކޮއްޓާލަމުން ބުނެލިއެވެ. ނިދި މޯޅައިގައި އޮތް އަރީނަށް ހީވީ އެތައް ހާސް ވޯލްޓޭޖުގެ ކަރަންޓް ޝޮކެއް ދިން ހެނެވެ. ވަގުތުން ކޮޅަށް ޖެހުނެވެ. ކުއްލިއަކަށް އައިސް އެ ކަހަލަ ވާހަކައެއް ބުނުމުން ނުސިހޭނީ ފަހެ ކާކު ހެއްޔެވެ؟ “ހަމަ އަސްލަށްތަ؟” ހައިރާނުން ފުރިފައިވީ ޙާލު އަރީން އެހިއެވެ. އަފްޒަލް ބޯ ޖަހާލުމުން އަރީން އޭނާގެ ދެލޯ ދެ ކާށި ކިބައަށް ހަދައިފިއެވެ. ސަބަބު އެނގެން ކިތަންމެ ބޭނުންވިޔަސް އޭނާ ސުވާލެއް ނުކުރެއެވެ. ތެދުވެ ތަންމަތި އަޅާލުމަށް ފަހު އޭނާ އެ ކޮޓަރިން ނުކުތެވެ. ލަސް ހިނގުމެއްގައި ގޮސް އޭނާ ވަދެލީ އޭނާގެ ކޮޓަރިއަށެވެ. ފުން ނޭވާއެއް ލައިފައި އޭނާ ގޮސް ފާޚާނާ އަށް ވަނެވެ.
ފާޚާނާއިން ނުކުމެފައި އެކީ އަރީން އުޅުނީ ފޮށި ތައްޔާރު ކުރާށެވެ. އެހާ ދުރު ހިސާބަކަށް ދަންޏާ ގިނަ ތައްޔާރީތައް ވެސް ވާން ޖެހޭނެތާއެވެ. ބޭނުންވާ މުހިންމު ތަކެތި އަޅާ ފޮށި ފުރާލައިފައި އަރީން ތެދުވިއެވެ. އެއަށްފަހު އަވަސް އަރުވާލައިފައި އޭނާގެ ކޮޓަރިން ނުކުމެ ސުމައްޔާ އަށް ގުޅާލިއެވެ. އަދި ފުރާ ވާހަކަ އަންގާލިއެވެ. “ކީކޭ! މިއަދޭ! ހަވީރޭ! ކެނެޑާއަށޭ!” ކަރު ފަޅައިގެން ދާހާ ބާރަށް ސުމައްޔާ ބަސްތަކަށް ދަމާލި ގޮތުން އަރީން ފަކީރުގެ ކަންފަތް ބައްވިއެވެ. “ސުމީ! ތި ވޮލިއުމް ދަށް ކޮށްލަފާނަންތަ؟ އަހަރެންގެ ކަންފަތަށް ވެސް ނިކަން ރަޙުމު ކޮށްބަލަ. ހަވީރު ހަތަރެއްގަ ޗެކިން އޮތީ. ފުރުވާލަން އަންނައްޗޭ.” އަރީން ބުނެލިއެވެ. “ހަމަ ދޮގެއް ނޫންތަ؟ އަޅޭ. ރީން ދިޔައިމަ އަހަރެން ކިހާ އެކަނި ވާނެ. އަދި އިތުރަށް ދެ މަސް އެބައޮތެއްނު. ކިޔެވުމަށް ފަސް އަހަރު ނަގައޭ.” ސުމައްޔާ ކުސްތަޅާލިއެވެ. “މިޒަމާނުގައި ވީޑިއޯ ކޯލް ކުރުމާ މެސެޖު ކުރުމަކީ އެހާ އުނދަގޫ ކަމެއް ނޫނޭ. ބައްޕަ އަށް އެނގިލައްވާނީ އަވަހަށް ފުރަން ނިންމެވި ސަބަބެއް.” އަރީން ބުނެލިއެވެ.
“އެއްކަލަ ރީން. ހަމަ ބުނާހާ ކަމަަކަށް ބޯލަނބާނެ. ކިތަންމެ ވަރަކަށް އެހެން މީހަކު ގޮތްގޮތް ހަދާލިއަސް އިނގިލި ކުރި ވެސް ދެކޮޅަށް ދިއްކޮށްނުލާނެ. ތިޔަހާ ސެލްފްލެސް ނުވިޔަސް ރަނގަޅުވެދާނެ ކަންނެ.” ސުމައްޔާ ކުދިކިޔައިގަތެވެ. “އަހަރެން އެންމެ ކުޑައިރުއްސުރެ ހޭނިފައި ހުރި މިހެން އުޅޭށޭ. ދެން ބާއްވަނީ. މިއުޅެނީ ހެނދުނު ސައި ބޯން. ފަތިސް ނަމާދު ކޮށްލައިގެން ނިދި ގޮތަށް ދެންމެ މި ހޭލީ.” އެއަށްފަހު ފޯނު ކަނޑާލިއެވެ.
“މިއަދު ގިނައިން ކާތި. ދެން ނޭނގޭނެއްނު މަންމަގެ އަތުން ތައްޔާރު ކުރާ ކެއުމެއް ކެވޭނެ ދުވަހެއް ވެސް. ޗުއްޓީ އަށް ވެސް ނުގެންނަ ގޮތަށް ފޮނުވާލަން ވިއްޔާ ބައްޕަގެ ވިސްނުން ހުރީ.” ޔަނާލް އަރީންގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. އެ ޖުމްލައިން އަނެއްކާ ވެސް އަރީން ޙައިރާންވެއްޖެއެވެ. މި ވަޒަނާއި އެހާ ދުރުކުރާނީ ކޮންމެވެސް ސަބަބެއް އޮވެގެން ކަން އެނގެއެވެ. ހީވަނީ އަޒާޔާ ނިޔާވުމުން އެ ހަނދާންތަކާއި ދުރުކުރަން އުޅޭހެންނެެވެ. އަރީން އިތުރު އެއްޗެއް ނުބުނެ ތަށްޓަށް ކޮއްތު ރޮށި އަޅައިފައި ކާން ފެށިއެވެ.
ކައިނިމިގެން އަރީން ތެދުވި ހެންނެއް ހިއެއް ނުވެއެވެ. ސުމައްޔާ ގުޅައިފިއެވެ. އޭނާގެ އެޕާޓްމަންޓަށް އައުމަށް އެދެމުންނެވެ. އަރީން ދާންވެގެން ތައްޔާރު ވެލީ ސުމައްޔާ ކުރުނުކޮށް ކިޔަން ފެށުމުންނެވެ. އަވަސް އަރުވާލަމުން ނުކުމެގެން ގޮސް އޭނާ ލިފްޓެއްގެ ކުރިމައްޗަށް ހުއްޓުނެވެ. އޭގެ ނަންބަރުތައް މައްޗަށް އަރަމުން ދިޔަ ވަރަކަށް އޭނާ އެއަށް ބަލަން ހުއްޓެވެ. އޭގެ ބެލް ޖެހުނު އަޑަށް އޭނާ އޭގެ ތެރެއަށް ވަނީ އިސްޖަހާލައިގެން ހުރެއެވެ. އެންމެ ތިރިއަށް ދާން ފިތަށް އޮބާލަން ވާއިރަށް އެހެން މީހަކު ލިފްޓު މަތީގައި އިން ރަތް ފިތަކަށް އޮބާލިއެވެ.
ލިބުނު ސިހުމާއި އެކު އަރީނަށް އިސް އުފުލާލެވުނެވެ. އޭނާގެ ދެލޯ ބޮޑުވީ ނޭވާ އިހުސާސް ވާހާ ގާތުގައި ހުރި ޒަވިއަން ފެނިފައެވެ. ބިރުން ގޮސް އޭނާ ތުރުތުރު އަޅައިގަތެވެ. އަޅައިގެން ހުރި ބުރުގާގެ މަތިން ކަނދުރާގައި ފިރުމާލެވުނީ ބޭއިޚްތިޔާރުގައެވެ. ރޭގައި ޒަވިއަންގެ އަމަލުތައް ހުރި ގޮތް ހަނދާނަށް އައުމުން ހަމަ ރަނގަޅަށް ވެސް ޖެހިލުންވެއްޖެއެވެ.
ކުދިކުދި ކޮށްލަން ހިތުއަޅައިގެން ހޯދަމުން އައި އަމާޒު ލޯ ކުރިމައްޗަށް އެރުމުން ޒަވިއަންގެ ހަށިގަނޑަށް އިތުރު ބާރެއް އެރި ކަހަލައެވެ. އަރީންގެ ދެއަތުގައި ހިފާ މައްޗަށް ނަގަމުން ބިތުގައި ހައްޔަރު ކޮށްލައިފިއެވެ. އެއީ އަރީންގެ ހިތުގެ ހަމަޖެހުން ނަގާލާ އެ ހިތާއި ހަމަޔަށް ވާޞިލުވި ހަމައެކަނި ފަރާތެވެ. އެހެނަސް އެ ފަކީރަށް މި ޖެހެނީ އެ ހިތުގެ ރާޖާގެ ނަފުރަތާއި ކުރިމަތިލާން ޖެހިފައެވެ.
“ގޮތްކުޑަ އަންހެނާ! މުޅި ދުނިޔެއަށް ކަލޭ އޮޅުވާލަން މަސައްކަތް ކުރި ނަމަވެސް މަށަށް އޮޅުވައެއް ނުލެވޭނެ. ކުރި ކުށަށް އެއްބަސްވޭ. އަހަރެންގެ ފުރާނަ ފަދަ ކޮއްކޮ އަށް އަނިޔާވެރިވީ މީހަކު އަދަބު ލިބިގަންނަން ޖެހޭނެ. ޤާނޫނީ އަދަބު ލިބިގަންނަން ދެކޮޅު ހަދަންޏާ އަހަރެންގެ މި ދެއަތުން ކަލޭ މަރާލާނަން.” އަރީންގެ އަނގަމަތީގައި އަތް އަޅާ ފިތާލަމުން ޒަވިއަން އެއްޗެހި ކިޔައިގަތެވެ. އަރީންގެ ދެލޮލުގައިވީ މާޔޫސްކަމާއި ހިތްދަތިކަން އޭނާއަށް ނަގައިނުގަނެވޭ ކަހަލައެވެ.
“ދޫ…ކޮށް…ލާ. އަހަ..ރެން..ނެއް ނޫން…” އަރީން ހިތްވަރުކޮށްފައި ބުނެލިއެވެ. އެހެނަސް ރުޅީގެ ސަބަބުން ޝައިޠާނާ ހިސާރުކޮށްލައިފައިވާ ޒަވިއަންގެ ސިކުނޑިން އެކަމަށް ހުރަސް އަޅަނީއެވެ. ޒަވިއަންގެ އެ ތޫނު ވަކިތަކުން ސަލާމަތް ވާން އަރީން ނުކުޅެދުނެވެ. އެންމެ ފަހުން އޭނާ ހިފަހައްޓައިގެން ހުރި ކަރުނަތައް އޭގެ މަޤާމު ދޫކޮށްލިއެވެ. މިވަރުން ވެސް ޒަވިއަންގެ ހިލަ ހިތަށް އަސަރު ނުކުރާ ކަހަލައެވެ. ކުށެއް ނެތް މައުސޫމް އަންހެން ކުއްޖަކަށް އެ ދެވެނީ ކިހާ ވަރުގަދަ ވޭނަކާއި ކެކުޅުމެއް ކަން ވެސް އިޙްސާސް ނުވާކަހަލައެވެ.
މާ ގިނަ އިރު ވާން ދެން އަރީންގެ އަނގަމަތީގައި އަތް އަޅައިގެން ހުރުމުން އަރީނަށް އެސްތްމާ އެޓޭކަކާއި ކުރިމަތިލާން ޖެހިއްޖެއެވެ. އުނދަގުލުން ވިޔަސް ސަލާމަތްވެވޭތޯ އަރީން މަސައްކަތް ކުރިއެވެ. ޒަވިއަން އަރީނާއި ދުރަށް ޖެހިލީ އެ ފަކީރުގެ ވިންދު ކެނޑިގެން ދާން ތައްޔާރުވެފައި ހުއްޓައެވެ. ވަރު ނެތް މީހެއް ފަދައިން އަރީން ތިރިއަށް ދެމުނެވެ. ލިފްޓުގެ ބަންދު ޙާލަތުގެ ސަބަބުން އޭނާގެ ނޭވާ ހަމައަކަށް އަޅުވަން އުނދަގޫ ވިއެވެ.
“އެކްޓަރު. ކިރިޔާ ތޮޅިލާއިރަށް ތަޅައިގެންދާ ބިއްލޫރި ކޮޅެއް ފަދަ.” ޒަވިއަން އަރީނާއި ހަމައަށް ތިރިވެލައިފައި އެ ދޮން މޫނު މަތީގައި ހެސްކިޔާފައި ޖެއްސެވެ. އަރީންގެ ހޭ ކެނޑިގެން ދިޔަ ކަހަލައެވެ. ޖެހި ޖެހީނުން ރަތް ވެގެން ދިޔަ ހިސާބުގައި ޒަވި ދިލަޔެއް ހުއްޓެވެ. ލިފްޓު ތެރެއަށް ހޭނެތިގެން ހިނގައިދާނެ ކަމުގެ ބިރު ހީވުމުން އަރީން ހައްތަހާ ހާސްވެއްޖެއެވެ. އަވަސް އަވަހަށް އަތް ދަބަހުން އިންހޭލަރ ފުޅި ނަގާ ޖަހާލިއެވެ.
މަންޒަރު ބަލަން މަލާމާތް ކުރާ ޙާލު ހުރި ޒަވިއަން ލިފްޓު ރަނގަޅު ކޮށްފައި އެންމެ ތިރިއަށް ދާން ފިތަށް އޮބާލިއެވެ. އަރީނަށް އަނިޔާ ކޮށްގެން އޭނާއަށް މިއަދު އުފަލެއް ލިބޭ ކަހަލައެވެ. އަރީނަށް އޭނާގެ އަމިއްލަ ނަފްސު ހަމައަކަށް އެޅުވުނީ ލިފްޓު އެންމެ ތިރިއަށް ހުއްޓުނު ވަގުތެވެ. ހަމަ ހުޅުވުމާއި އެކު ޒަވިއަން އެއިން ފައިބައިގެން ހިނގައްޖެއެވެ. އަރީން ލިފްޓު ތެރެއަށް އެޅިފައި ހުރި ސާމާނުތައް ނަގައި ދަބަހަށް އަޅަމުން ދިޔައެވެ. އޭގައި ކަޅު މާސްކެއް އޮތުމުން އެ ނަގައި އަޅާލީ އެ މޫނު މަތީގައި ފާހަގަވާން ހުރި އަތުގެ ނިޝާން އެހެން މީހަކަށް ފެނިދާނެތީއެވެ. ކޮވިޑުގެ ޙާލަތު މީގެ ހަ އަހަރު ކުރިން ހިނގައިދިޔައެއް ކަމަކު އޭނާ އަދިވެސް އެ އެއްޗެހި ދަބަހުގައި ބަހައްޓައެވެ.
ލިފްޓުން ނުކުތް އަރީން ހިނގައިގަތީ އަވަހަށް ބަހަށް އަރާށެވެ. ޒަވިއަން އޭނާ އާއި މަގުމަތިން ދިމާ ކޮށްފާނެހެން ހީނުވާތީއެވެ. އޭނާ އަށް ބަހާއި ހަމައަށް ދެވުނީ ކިރިޔާ އެވެ. އެރުމާއި އެކު ނައްޓާލައިފިއެވެ. އެ ދެބުރި ބަހުގައި ކާޑު ޖައްސާލުމަށް އޭނާ އެރީ އެންމެ މައްޗަށެވެ. އެ ތަނުން ވެސް ބިއްދޮށުގައި ހުރި ސީޓުގައި އިށީނދެފައި ފުން ނޭވާއެއް ބޭރުކޮށްލިއެވެ.
ދާން ބޭނުންވީ ހިސާބަށް ބަސް ހުއްޓާލުމުން އަރީން އެއިން ފައިބައިފިއެވެ. ސުމައްޔާ އުޅޭ އެޕާޓްމަންޓު ހުރި އިމާރާތާއި ދިމާލަށް އޭނާ ދިޔައީ ލަސް ހިނގުމެއްގައެވެ. އެޕާޓްމަންޓަށް ވަނުމުގެ ކުރިން އޭނާގެ މޫނުމައްޗަށް ހިނިތުންވުމެއް ގެނައެވެ. މާސްކުގެ ސަބަބުން އެ ހިސާބު ފަރުދާވެފައި ހުއްޓެއް ކަމަކު މިހާރު އެ ދެލޮލުގައި ދިރުމެއް ވިއެވެ. ބެލް ޖަހާލުމާއި އެކު އެތެރެއިން ދޮރު ހުޅުވާލީ އަބްދުއްރަޙްމާނެވެ. އަރީން ވަނުމަށް ފުރުސަތު ދިނުމުން ގޮސް ސުމައްޔާގެ ކޮޓަރި ކުރިމަތީގައި ހުއްޓުނެވެ. ޓަކި ޖަހާލި ހެންނެއް ހިއެއް ނުވެއެވެ. ދޮރު ހުޅުވާލައިފިއެވެ. “ހޫން. ކީއްވެގެންތަ ރީންގެ ލޯބި މޫނު ކޮޅު ފޮރުވައިގެން ތި އައީ. ތި ރީތިކަން ދެކޭ ހިތުންނޭ އަންނަން ބުނީ.” ސުމައްޔާ މޫނު ހަދާލިއެވެ. އަރީން އެއްޗެއް ނުބުނެ އެތެރެއަށް ވަނީއެވެ. ސުމައްޔާ ވެސް ފަހަތުން ގޮސް ބައްދާލައިފައި އަޅައިގެން ހުރި މާސްކު ދަމައިގަތެވެ.
“ދެން ސުމީ!” އަރީން އޭނާގެ މޫނުގައި އަތް އަޅާލަމުން އެ ނަމަށް ދަމާލައިފިއެވެ. “ބަލަ އަހަރެންގެ އެއް އަތް ފަދަ އެކުވެރިޔާ ގެއްލުމުގެ ކުރިން ތި މޫނު ދުށުމުގެ ފުރުސަތު ދޭން ޖެހޭނެއްނު. ކޮން އެއްޗެއް ތަ ތި ފޮރުވަނީ؟” ސުމައްޔާ އަރީންގެ ގައިން އަތް ދޫކޮށްލިއެވެ. އަރީން ހަމައެކަނި އެދުނީ މާސްކު އަނބުރާ ދޭށެވެ. އެހެނަސް ސުމައްޔާ އެ ހުރީ އެ ދިނުމުގެ ޚިޔާލަކު ނޫނެވެ. “ރީން! ވައި އާރ ޔޫ އެކްޓިން ސޯ ވިއާރޑްލީ؟” ސުމައްޔާ ދެލޯ ހަނިކޮށްލިއެވެ. ބަލި ގަބޫލު ކުރަމުން އަރީން އޭނާގެ ދެއަތް އެލުވާލަމުން ލޯ މަރާ ބާރު ކޮށްލިއެވެ. ސުމައްޔާގެ ސުވާލުގެ ތީރުތައް އޭނާ އަށް އަމާޒުވާނެ މިންވަރު ވެސް އަންދާޒާ ނުކޮށްލެވޭ ޙާލުގައެވެ. ސުމައްޔާ ހާސްވެފައި ހުރެ ގޮސް އަރީންގެ މޫނު މަތީ ފިރުމާލިއެވެ.
“އަޅޭ ރީނޫ. ކޮން ނުލަފާ ޝައިޠާނެއްތަ މިކަން ކޮށްފަ މި ހުރީ. ބުނޭ. މަ ގޮސް އެ ނުބައި އެތި ނަޅާލާނަން. ހަމަ ރޫޅާލާނަން.” ދަތްކުނޑި ވިކާލަމުން ސުމައްޔާ އެހެން ބުނެލިއިރު ރުޅިން ތުރުތުރު އަޅައެވެ. އަރީން ހަމަ އިސްޖަހައިގެން ހަނު ހުރީ އެވެ. “ދޭން ރީނޫ! ތި ގޮތަށް ރީނަށް އަނިޔާ ވެރިވާ މީހުންނަށް ހެޔޮ ކޮށް ހިތުމަކީ އެ މީހުންގެ ޢަމަލުތައް ކުރިއަށް ގެންދިއުމަށް ދެވޭނެ ހިތްވަރެއް. މާ ބޮޑަށް ހިތް ސާފު ނުކޮށް އެ މީހަކު ވެސް ރީނާއި ދިމާލަށް އަންނަން ނުކެރޭނެ ވަރު ކޮށްލަބަލަ.” ސުމައްޔާ ބުނެލިއެވެ. “ދެން އަޅާ ނުލާ. މިހެން ބޭކާރު ވާހަކަ ދެއްކުމުގައި ކީއްކުރަންތަ ވަގުތު ދުއްވާލަނީ؟ އަސުރު ވުމުގެ ކުރިން ގެއަށް ވެސް ދާން ޖެހޭނެ.” އަރީން ހިނިތުންވުމަކާއި އެކު ބުނެލިއެވެ. ސުމައްޔާ އެންމެ ފަހުން ގޮތް ދޫކޮށްފިއެވެ. ދެ މިތުރުން އެކުގައި ވަގުތު ހޭދަކުރަމުން ދިޔަ ނަމަވެސް އެހެންޏާ ހުންނަ ފޯރިއެއް ނެތެވެ. ދެ ސިކުނޑީގައި ވެސް ރަސްކަން ކުރަމުން ދިޔައީ އެއް ޚިޔާލެކެވެ. ކުއްލިއަކަށް މަރާލައިފައި އޮއްވާ ފެނުނު އަޒާޔާއެވެ.
އެއަރޕޯޓް ޗެކިން ނިންމައިފައި އަރީން އޭނާގެ މަންމަ އާއި ސުމައްޔާގެ ގާތަށް ދިޔައީ ވަދާޢީ ސަލާމް ކޮށް ވާހަކަ ދައްކާލާށެވެ. ޔަނާލް ކަރުނަވީ ލޮލަކުން އަރީނާއި ދިމާލަށް ބަލައިލާ ގާތް ކޮށްލަމުން ވަރަށް ނަޞޭޙަތް ދިނެވެ. ފުލޭޓަށް އަރާ ގަޑި ޖެހުމުން އަފްޒަލް އަރީނަށް ގޮވާލައިފިއެވެ. އަރީން ތުންފަތުގައި ދަތް އަޅާލަމުން އެ ދިމާލަށް ހިނގައިގަތެވެ. އަދި އަފްޒަލްގެ ފަހަތުން ޑިޕާޗާ ގޭޓާއި ހަމައަށް ދިޔައެވެ. ދެން މިސްރާބު ޖެހީ ފުލޭޓަށް އަރާށެވެ.
ތިން ސަތޭކަ މީހުންގެ ޖާގަ އޮތް އެ ބޮޑު ފުލޭޓުން އަރީން އޭނާގެ ސީޓު ހޯދާލިއެވެ. ނަސީބު ރަނގަޅު ކަމުން އޭނާއަށް ލިބުނީ ވިންޑޯ ސީޓެކެވެ. އަރީން އިށީނުމާއި އެކު ޖެހިގެން ހުރި ސީޓުގައި އަފްޒަލް އިށީނެވެ. އަރީން ބޭރު ފެންނަން ހުރި ލޯ ކޮޅަށް ނަޒަރު ހުއްޓާލިއެވެ. އެ ވަގުތު ފުލޭޓު ވައި މައްޗަށް އުފުއްލާލައިފިއެވެ. އުފަން ފަސްގަނޑާއި އެތައް މޭލެއް ދުރަށް ދާން ޖެހުމުން އަރީންގެ މޫނުމަތީގައި ވަނީ މޮޅީގެ ސާލެއް އޮޅިފައެވެ. އެޅިފައިވާ އަލިން އޭނާގެ ހޭޒަލް ކުލައިގެ ލޮލަށް އުނދަގޫ ކުރިއެއް ކަމަކު ފަރުވާލެއް ނެތެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
20 Comments!
Comments are closed.







Masha Allah mi part ves Vrh reethi areen dad areen aa ehkoh Canada ga madu kuraa gothah thr? Alhe zavian nuvaane dhw ehves kusheh nethi ehen hadhaakah Curiously waiting for the next part when’s next
Lyyy❤️🖤
Areen govaigen gosfa ethaa bahattaafa afzal anna gothah. Afzal needs to work ehnu. Yeaa, sadly zavian is just blindly believing in the fabricated evidence.
IA next Monday ga submit kohlaanan
Shukran Nai_73
Alheyy dhen Xev ves reen ah rahum kohbala
Kusheh nei mausoom kuhjekey eii
Whn nxt???
Keehkuraany, heki huri gothun Xev gaboolu kurany reen akee murderer kamah.
IA next Monday ga submit kohlaanan
Shukran Anonymous ✨✨
Alheyyy your the bestttt what a suprise monday ah vure kurin up koh dhineema 😭 what is this zavian behaviour 😭 when next part
Xev turned to a monster dhw 😭
IA next Monday ga submit kohlaanan.
Shukran K ✨✨
Cover pic haadha cute ey!!💗💗💗
Zavain!!! Bros getting on my nerves now! Areen ah hithu huri gotheh hadhamun dhaairu gainmu sumayya ves fenuney dhw crime scene in then why only herrr😭😭😭
Areen Canada ah ves dhaan e jehuny zavian aa hedhi dhw😭
Loved this part!!
When next?
Lysm💗
Sumayya fenunas all the evidence were pointing to areen ehnu, plus when the case was closed, the prime suspect was her. Eii eh sababu ehaa kurin Canada ah dhaa.
Shukran Your fav bab ✨✨
Yazaan n areen share the same room right??
Then where was he When azaa was killed?
No, they have separate rooms.
Shukran Question tk.e ✨✨
Masha Allah mi part ves Vrh Reethi
Whn nxt?????
Next Monday ga submit kohlaanan IA
Shukran Alaika_22 ✨✨
This whole situation is so messy i get that zavian is not thinking rationally due to the grief he’s dealing with it if zavian used his head he would realize that the crime scene was staged to blame areen all this is so unfair to her and he has tried to unalive areen 2 times in these few days how do you fix a relationship like this
Ik its messy, and it will get a lot more messier. Zavian just firmly believe in fake evidence as there’s no other evidence to prove areen’s innocence. As the story’s title says, his acts will give areen both emotional and physical pain. Yeah, its gonna be far more toxic than how its now. Dw, this story will be well paced with over 80 episodes. So there’s plenty of time for them. Lets see how this story will unfold.
Shukran urfavgirl ✨✨
Thi buney mee 80 episode ge vaahaka ekey thr?
Hehe, I have planned for 80+ eps. Vrh dhigu dhw.. Story line inna gothun possible eh noon kuru kuraakah. Reethi koh vaahaka geneveyni ehen hadhaigen. 2 season ah nuliye, vaahaka ehkoh genesdheyn beynunveema mihen hedhy. Hope u will like it 😊😊
Shukran 100% varah reethi vaahaka ✨✨
Wowowowow. Hama hesssa habeys mi vhk. Can’t wait read next.
Shukran Agust D ✨✨
IA next Monday ga submit kohlaanan.
Masha Allah sis 😍
Vrh vrh reethi mi vhk
Keep it up 👏
When next episode?
Reen dhiyaee dhww 🥲
Sumee haadha dhera vaaney 😭😭 and why is zev not understanding 😭🤌 like atleast don’t try to kill her …
Zev maa boa haree dhww
IA maadhan submit kohlaanan.
Shukran Ellie