Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ދެވުނީ ވޭނޭ 17

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
November 21, 2025 11 Mins Read
24 Comments

ކެބިންގެ ދޮރު ލައްޕާލުމަށް ފަހު އެނބުރެލި ޒަވިއަން ހައިރާންވީ ސޯފާގައި އިން ޒިޔާދު ފެނިފައެވެ. އާންމު ގޮތެއްގައި ޒިޔާދަކީ އެ ޢިމާރާތަށް ވަންނަ މީހެއް ވެސް ނޫނެވެ. “ބައްޕާ! ކޮން ޒިޔާރަތެއް؟” ޒަވިއަން އެހިއެވެ. “ކަމެއްގެ ވާހަކަ ދައްކަން މި އައީ. މިއީ މާ ކުރީއްސުރެ ހަމަޖެއްސިފައިވާ ކަމެއް” ޒިޔާދުގެ މޫނުމަތިން ފައުޅުވާން ހުރީ އިންތިހާ ދަރަޖައިގެ ސީރިއަސް ކަމެވެ. ޒަވިއަން ކިހިނެއް ވީ ހެއްޔޭ އެހިއެވެ. ދެން އެ ބުނެލާ އެއްޗަކުން އޭނާގެ ދިރިއުޅުމަށް އަންނާނެ ލޮޅުމުގެ ބޮޑުކަން އިޙުސާސް ނުކުރެވޭ ޙާލުގައެވެ.

“ޒަވިއަންގެ ކައިވެނި މި އަންނަ ހަފްތާގެ ހުކުރު ދުވަހު އޮންނާނެ.” ޒިޔާދު ބުނެލިއެވެ. ޒަވިއަންގެ މޫނު މައްޗަށް ބޯ ވާރޭ ވިލާގަނޑެއް އެޅުނު ކަހަލައެވެ. އައި ރުޅިން ކަތުރު ކަށިގަނޑަށް ވާން ވެލިއެވެ. އެހެނަސް އަމިއްލަ ބައްޕައަށް ރުޅިވެރިކަން ދައްކައިގެން ލިބޭނެ ކުރިއެރުމެން ނޯންނާނެކަން އެނގޭތީ މަޑުން ހުރީއެވެ. “ބައްޕާ! ދިރިއުޅުމުގެ ތި ވަރު ބޮޑު ނިންމުމެއް ނިންމުމަށް ބައްޕައަށް ޙައްޤު ވާނެތަ؟ މީގެ ކުރިން ބައްޕައަކީ ތި ގޮތަށް ވާހަކަ ދެއްކި މީހެއް ނޫން. ދެން މިއަދު ކީއްވެ ކުއްލިއަކަށް؟” ޒަވިއަން އެހިއެވެ. 

“މިއީ ދަރިފުޅަށް ރަނގަޅަކަށް ކުރާ ކަމެއް. މިހާރު ތި ހުރީ ފުރާ ފުރިހަމަ ވެފަ. ފަންސަވީސް އަހަރު ވެއްޖެ. މާ ލަސް ވެއްޖެ ކައިވެނި ކުރަން. އެހެންވީމާ ދަރިފުޅު ޖެހޭނެ ކައިވެނި ކުރަން. އެ އަންހެން ކުއްޖާހާ ފުރިހަމަ ބައިވެރިއެއް ދުވަހުގެ ކޮޅުން ވެސް ދަރިފުޅަށް ނުލިބޭނެ.” ޒިޔާދު ސޯފާއިން ތެދުވަންނަމުން ބުނެލިއެވެ. އެހެނަސް ދޮރުން ބޭރަށް ނުކުތުމުގެ ކުރިން ހުއްޓާލިއެވެ. “ދަރިފުޅު ހިތް އެދޭ އެހެން ކުއްޖަކު އެބަހުރިތަ؟” ޒިޔާދު ޒަވިއަނަށް ބަލައިލިއެވެ. “ނޫން. އަޅުގަނޑަކީ ވަޒީފާގައި ނުހަނު ބުރަ މީހެއް. އަދި އިތުރަށް އަންހެނަކު ބެލޭތަ؟” ޒަވިއަން ރައްދުގައި ބުނެލިއެވެ. “ތިޔަހެން ނުވިސްނަބަލަ. ކައިވެނިކޮށްގެން ދިރިއުޅުމެއް ފެށުމަކީ ވަރަށް މުހިންމު ކަމެކޭ. ދަރިފުޅު އެއްވެސް ވަރަކަށް އަންހެން ކުއްޖަކު ހަޔާތަށް ގެންނަން މަސައްކަތް ނުކުރާތި ބައްޕަ ކުއްޖަކު ހޯދީ. އެކުގައި އުޅެން ފެށީމަ ލޯބި ވެވިދާނެ. ތާއަބަދު މަސައްކަތުގައި އުޅުމަކީ ސްޓްރެސް ވާނެ ކަމެއް.” ޒިޔާދު ވިސްނައިދޭން އުޅޭ ކަހަލަ ގޮތަކަށް ރާގަކަށް ބުނެލިއެވެ. ޒަވިއަން އެންމެ ފަހުން ގޮތް ދޫކޮށްފައި އެންމެ ރަނގަޅޭ ބުނެލިއެވެ. ޒަވިއަންގެ ރުހުން ލިބުމުން އޭނާގެ ހިނިތުންވުން ފުޅާވިއެވެ. 

“އާރގް. ނުދަންނަ އަންހެނަކާ ކައިވެނި ހަމަޖައްސަން ޖެހޭތަ؟ ނަމަކަށް މަ ކައިވެނި ކުރިޔަސް ކުރާނީ. ގެނެސް ގެއަށް ލާފަ މަށަށް އުނދަގޫ ނުކޮށް ހިމޭނުން އިންނަން އެންގީމަ ވީނުން. ” ޒަވިއަން ނުރުހިފައި ފާރަށް ގޮށްމުށުގެ ދެތިން އެތިފަހަރު ވީއްލާލިއެވެ. އެ ވަގުތު އެތަނުގެ ދޮރު ހުޅުވާލީ ޒަވިއަންގެ ޕީއޭ އެވެ. ޒަވިއަންގެ ކިބައިން ފެންނަމުން ދިޔަ އާދަޔާޚިލާފު ސިފަތަކުން އޭނާ އަށް ހިންދިރުވާލެވުނެވެ. އެހެނަސް ޒަވިއަން ހުއްޓުވުމުގެ ގޮތުން ކުރިމައްޗަށް އަރައިފިއެވެ. “ޒެވް. އޭތް! ހަމަޖެހިބަލަ. ކިހިނެއް ވީތަ؟” ލީވާން ޒަވިއަންގެ އަތުގައި ހިފެހެއްޓިއެވެ. 

“ހަމަޖެހޭށޭ. ކިހިނެއްތަ އަހަރެން ހިމޭނުން ހުންނާނީ. ބައްޕަ އެ ބުނީ މިއަންނަ ހަފްތާގަ އަހަރެންގެ ކައިވެނި ކުރެވޭނެ ވާހަކަ. އަންހެނުންނަށް މަ ނަފުރަތު ކުރާ ވަރު ބައްޕަ އަށް ނޭނގޭ ކަހަލަ. އެއީ ޒީލަ ގަދަ މަކަރުވެރި ބައެއް. ޝައުލާ ވެސް މަށާ އަޅައިގަނެގެން ފަހަތުން އުޅެނީ އަހަރެން މުއްސަނދި ވެފައި ސިފަ ރީތި ވީމަ އެ ދަހިވެތިކަމުގަ. ހުރިހާ އަންހެނުންގެ ކިބައިގައި ވެސް ހުންނާނީ އެ ކަހަލަ ނުބައި ސިފަތައް. އަހަރެންގެ ކޮއްކޮ މަރާލީ ވެސް އޭނާގެ ގާތް އެކުވެރިޔާއެއްނު. އެ ވެސް ހަމަ އަންހެނެއް. އެ ކަހަލަ ހިޔަޅު ވިސްނުން ގެންގުޅޭ މީހަކާއި ކައިވެނި ކުރުމަކީ އަހަރެންގެ ހަލާކު.” އަޑަށް ބާރުލަމުން ޒަވިއަން ވާހަކަ ދެއްކި ގޮތުން ވެސް މީހަކު ބިރުން ހޭނެތި ދާނެއެވެ. 

“ކީކޭ. ކައިވެންޏޭ.” ސިހުނުވަރުން ލީވާން ވެސް އިދިފުށަށް ނުވެއްޓުނީ ކިރިޔާއެވެ. “އަންހެން ކުއްޖަކީ؟” އިރުކޮޅަކު މަޑުން ހުރުމަށް ފަހު އޭނާ އެހިއެވެ. “މަށަކަށް ނޭނގެ ކޮން ނަމެއް ކިޔާ ކާކު ކަމެއް. ނޫޅެން އެޔެއް ބަލާކަށް. ގެނެސް ގެއަށް ލާފައި އަނގަބަންދު ކޮށްލާފަ ބޭނދީމަ ވީނުން. އަހަރެންގެ އަޅާލުން ނުލިބެންޏާ އޭނާ ވަރިވާން ބޭނުންވާނެއްނު. އެ ހިސާބުން ދޫކޮށްލިއްޔާ ބައްޕަ އަކަށް ނުކެރޭނެއްނު އިތުރު މީހަކާ ގުޅުވާކަށް” ޒަވިއަން ފަރުވާކުޑަ ގޮތަކަށް އެހެން ބުނެލައިފައި ގޮސް އޭނާގެ ގޮނޑީގައި އިށީނެވެ. ލީވާނަށް އަނގަ ޗޭ ކޮށްލެވުނީ ޒަވިއަން އެހެން ބުނުމުންނެވެ. އާނ އެހެންޏާ ކައިވެނި ހަމަޖެއްސިއިރު އަންހެން ކުއްޖާގެ މައުލޫމާތު ނުބަލާ ހުރީމަ އަޖައިބެއް ނުވާނެ ހެއްޔެވެ؟ ކައިވެނި ނުކުރެވެނީސް އޭނާ ވިސްނާފައި އެ ވަނީ އެ ގޮށް މޮހާލަން ހަދާނެ ގޮތަކާއި މެދުގައެވެ. 

“ސޫމޯ. އަދިވެސް ބްރޭކަށް ނުދަނީތަ؟” ބްރޭކް ނިންމައިފައި އައިސް އެތަނަށް ވަން ގުރޫޕް ތެރެއިން ޒައިން އެހިއެވެ. “އާން. ހުރިހާ ޝުކުރެއް ޓީމް ލީޑަރަކަށްނު. އަހަރެން ކަހަލަ އާދައިގެ ސާޖަންޓަކަށް ޖެހޭނީ ބޯލަނބަން ތާ.” ސުމައްޔާ ފަރުވާ ކުޑަ ގޮތަކަށް ބުނެލީ ލެޕްޓޮޕްގެ ސްކްރީނާއި ދުރަށް ނަޒަރު ހިންގާލަމުންނެވެ. “ސޫމޯ އަށް އެކަނި ދޯ އިއްސޭ އެހާ ހަރުކަށީ. އަހަރެންނަކަށް ނޭނގޭ ކީއްވެގެން ކަމެއް.” އަފާފް އޭނާ އަށް ޚާއްސަ ކުރެވިފައިވާ ގޮނޑީގައި އިށީންނަމުން ބުނެލިއެވެ.

“އަން. މިއޮތީ ރިޕޯޓު. ދިހަ މިނެޓުގެ ބްރޭކެއް ނެގިއަސް އޯކޭތަ؟” ސުމައްޔާ ޕްރިންޓްކޮށްފައިވީ ރިޕޯޓު ގެންގޮސް އިޙުސާނުގެ މޭޒުމައްޗަށް ލިއެވެ. “ކަނޑައެޅިފައި އޮތް ގަޑީގަ އެކަނި ދެވޭނީ. ދެން ވެސް ކުރިން މަސައްކަތް ނިންމޭތޯ ބަލާތި.” އިޙުސާނު ބުންޏެވެ. “ދެން އަހަރެން ބަނޑަށް ތަ ހުންނަންވީ. މީނާގެ މަޤާމު އަހަރެންނަށް ވުރެ މަތި ވީމަ މި ވަރަށް ޖެއްސުން ކުރަން ޖެހޭތަ؟ ތިޔަހާ ހަރުކަށި ނުވިޔަސް ވެދާނެ.” ސުމައްޔާ ގޮސް އިޙުސާނު އިން ގޮނޑީގައި ހިފާ އަނބުރާލިއެވެ. 

އިޙުސާނު ގޮނޑިން ތެދުވެފައި ސުމައްޔާގެ ގާތަށް ފިޔަވަޅު އަޅަން ފެށިއެވެ. އަދި ސުމައްޔާގެ ކަންފަތާއި އޭނާގެ އަނގަ ކައިރި ކޮށްލިއެވެ. “ކަލޭގެ ކަށި ވެސް ހަރުވާނޭ. އެހެންނޫނަސް މިއަދު ހަމަ ފަތަފޮޅިގަނޑާއި ތޮޅެލާ ހިތްވީ. ހާސް ނުވޭ. އަހަރެން ގެނައިމޭ ކަލޭ ކާނެ އެއްޗެހި. އެހެރަ ކޮތަޅުގައި ހުންނާނެ.” އިޙުސާނު ފަހަތަށް ޖެހުނީ އެ ވާހަކަ ތައް ބުނެލައިފައެވެ. 

“މަށަށް ނުބައި އެއްޗެއް މީގައި ހުރީ ވިއްޔާތާ. އެނގިދާނެ ވާނެ ގޮތެއް.” ސުމައްޔާ އިޙުސާނުގެ މޭގައި އަޅާ ގޮނޑީގައި ވެއްޓޭނެހެން ކޮށްޕާ ވައްޓާލިއެވެ. އެ ވަގުތު ވެސް އޭނާގެ މޫނުމަތީގައި މަކަރުވެރި ހިނިތުންވުމެއް އިޝްތިހާރުކޮށްލެވިފައި ވިއެވެ. ދެން ދުން ޖަހައިފައި ނުކުމެގެން ހިނގައްޖެއެވެ.

ގޮސް މޭޒު ކައިރީގައި އިށީނދެ އެ ކޮތަޅުގައި ހުރި އެއްޗެހިނަށް ނަޒަރު ހިންގާލިއެވެ. އޭގައި ހުރީ ޗިކަން ސޭންޑްވިޗާއި ފްރެންޗް ފްރައިޒް އެވެ. ވަކިން ކޯކް ފުޅިއެއް ވެސް އޮތެވެ. ސުމައްޔާ ދެލޯ ހަނިކޮށްލަމުން ފުރަތަމަ ފޮތި ކާލިއެވެ. ތަފާތު ނުބައި ރަހައެއް ނުލުމުން ހަމަޖެހިލަމުން ކެއުމައިގެން ކުރިއަށް ދިޔައެވެ. އޭނާ އަށް އަނގަޔަށް ވައްތަރެއް ޖައްސާލަމުން ދެވަނަ ފޮތި ކެއުން ހުއްޓާލެވުނީ ލީ ނުބައި ރަޙަޔަކުންނެވެ. ހީވަނީ ލުނބޯ ފޮއްޗެއް ހަފާލެވުނު ހެންނެވެ. ވަގުތުން އަނގައިގައި ވީ އެތިކޮޅު ބޭރުކޮށްލަމުން ޓިޝޫ އަކަށް ލިއެވެ. 

ދުރުގައި ސުމައްޔާ ކަމުން ދިޔަ މަންޒަރު ބަލަން ހުރި އިޙުސާނަށް ހެވުނީ ސުމައްޔާގެ މޫނަށް ވީ ގޮތް ފެނުމުންނެވެ. ހިތާ ހިތުން ސުމައްޔާ އަށް މަލާމާތް ކޮށްލިއެވެ. އެއަށްފަހު ދެވުނު ލަނޑާއި މެދު ހިތްހަމަޖެހިފައިވާ ޙާލު ގޮސް ގޮނޑީގައި އިށީނެވެ.

ސުމައްޔާ ކޯކް ފުޅި ކަނޑާލައިފައި އޭގައި ތުން ޖަހާ ދަމާލީ އަނގަތެރޭގައި ވީ ނުބައި ހުތް ރަހަ ފިލުވާލެވޭތޯއެވެ. އެ ހުސް ކޮށްލުމަށް ފަހު ކޮޅަށް ތެދުވިއިރު ސުމައްޔާގެ މޫނުމަތީގައި ވަނީ ނުރުހުމުގެ ކުލަވަރެކެވެ. ކޮތަޅު ހިފައިގެން ގޮސް އޭނާ ވަނީ އިޙުސާނުގެ ކެބިނަށެވެ. މޭޒުމައްޗަށް ކޮތަޅު ޖަހައިފައި އުކުޅުގައި އަތް ވިއްދާލައިފިއެވެ.

“ކާތަކެތި އިސްރާފު ކުރުމަކީ ރީތި ގޮތެއް ނޫން.” ފުރަތަމަ އެއްޗެކޭ ބުނީ އިޙުސާނެވެ. މި ޖުމްލައިން ސުމައްޔާގެ ގާތަށް އައިސްފައިވާ ރުޅިގަނޑަށް ޕެޓްރޯލް އެޅުނު ކަހަލައެވެ. “އިސްރާފު ނުކުރަން ބޭނުމިއްޔާ ކަލޭ މި ކައިބަލަ. ވިސްނައިގެން ހުންނާތި. ކަލޭ އަށް ވެސް މި ‘ހެޔޮ’ ކަން ރައްދުކޮށްދޭނަން.” ސުމައްޔާ ދަތްކުނޑި ވިކާލަމުން އެހެން ބުނެފައި ނުކުމެގެން ދިޔައެވެ.

ހެނދުނު ނިދާލަން އޮށޯތް އަރީން އެނދުން ހިއްލާލީ ވެސް އިރު އޮއްސުނު ފަހުންނެވެ. ދެން ބާވީސް ގަޑިއިރުގެ ދަތުރަކަށް ފަހު ހެސްކިޔާފައި ވަރުބަލިވާނެތާއެވެ. ތެދުވެ ހިނައިގަންނަމުން ފެންވަރައިގެން އަރީން ނަމާދަށް އަރައިފިއެވެ. އެއަށްފަހު އިސްތަށިގަނޑު ހިކޭތޯ އެ ރޫޅާލައިގެން ފަންކާ ދަށުގައި އިނީ ފޯނުގެ ގެލެރީ ހާވާށެވެ. ޓޮރޯންޓޯގައި އުޅުނުއިރު ދިމާވި ބައެއް އެކުވެރިންނާއި އެކު ނެގި ފޮޓޯތައް އޭގައި ވެއެވެ. އެހެނަސް އޭނާ އެންމެ ލޯބިން ބަލަހައްޓަނީ އާއިލާގެ ފޮޓޯ ތަކާއި އަޒާޔާ އާއި ސުމައްޔާ އާއި އެކުގައި ނަގައިފައިވާ ފޮޓޯ ތަކެވެ. 

“ދަރިފުޅު ހޭލީތަ؟ މަންމަ މި އައީ ކުޑަ ވާހަކައެއް ބުނެލަން. ދަރިފުޅުގެ ގާތުން ވަރަށް ބޮޑު ކަމަކު އެދެން. އެކަން ވާނެތަ؟” އަރީންގެ ކޮޓަރިއަށް ވަދެފައި ޔަނާލް އެހިއެވެ. “ލައްބަ! މަންމަ ބުނެފިއްޔާ ކޮންމެ ކަމެއް ވެސް ކޮށްފާނަން.” އަރީން ބުނެލިއެވެ. “މަންމަމެން ދަރިފުޅުގެ ކައިވެނި ހަމަޖައްސައިފިން. އެއް ދުވަސް ފަހުން ރަން ކިޔައިފަ އަނެއް ހަފުތާ ހުކުރުގައި ކައިވެނި ކުރާ ގޮތަށް އޮތީ. ކުއްޖަކީ ވަރަށް ހަރުދަނާ ޤާބިލު ޒުވާނެއް. އެނގޭ ދޯ އަޒާގެ ދޮންބެ ޒަވިއަން.” ޔަނާލް ބުނެލިއެވެ. 

އަރީނަށް ޔަނާލްގެ އަޑު ފޯރީ ހޮނު ގުގުރިއެއްގެ ސިފައިގައެވެ. އަތުގެ އިނގިލިތަކުން ފޯނު ދޫވެގެން އެނދުމައްޗަށް ވެއްޓުނެވެ. އެހެނަސް އޭނާ އަށް މަންމަގެ އެދުމާއި ދެކޮޅު ހަދާކަށް ނުކެރުނެވެ. “އެންމެ ރަނގަޅު.” އަރީން ގަދަ ކަމުން އެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިކުރުވިއެވެ. ދެން ޔަނާލް ކޮޓަރިން ނުކުތުމާއި އެކު އޭނާ އެނދުމައްޗަށް ވެއްޓިގަތެވެ. އެ ރީތި ދެލޮލުން ކަރުނަ އޮހޮރިގެން ދިޔައީ ފެންނަ މީހަކު ހިތުގައި ވެސް ޖެހޭނެ ފަދައަކުންނެވެ. 

އިރެއްގައި އަރީން ކައިވެނީގެ ގޮށް ޖަހާލުމަށް ފަހު ދިރިއުޅުމެއް ފަށަން ބޭނުންވީ ޒަވިއަނާއި އެކުގައެވެ. އެހެނަސް އަޒާޔާގެ މަރަށް ފަހު އޭނާ އެ ޚިޔާލު ދޫކޮށްލީ ޒަވިއަން އޭނާއަށް ނަފުރަތު ކުރާ މިންވަރު ދެނެގަނެވުމުންނެވެ. އޭނާގެ ފުރާނަ ދަމައިގަންނަން ވެސް ޒަވިއަން ފަހެއް ނުޖެހޭނެ ކަން ވަނީ ސާބިތު ކޮށްދީފައެވެ. ދުވަހެއްގެ ކޮޅުން ވެސް އަރީނަށް އޭނާ ހެޔޮ ނޭދޭނެކަން ދެ ފަހަރަކު މަތިން އަންގާލަދީފިއެވެ. މި ހުރިހާ ދުވަހަކު އަރީންގެ ބަސްނާހާ ހިތުގައި ޒަވިއަނަށް ޓަކައި އުފެދިފައިވާ ލޯބި ފުހެލަން މަސައްކަތް ކޮށްފިއެވެ. އެހެނަސް އަދިވެސް އޭނާގެ ހިތް ދެވިފައިވަނީ އޭނާއަށް އަނިޔާވެރި ކުލަތައް ދައްކާ ޒަވިއަނަށެވެ. ހިތަކީ ހަމަ އެހާ ވެސް އާދަޔާ ޚިލާފު މަސްކޮޅެކެވެ.

ޑިޔުޓީ ނިންމާލުމަށް ފަހު އިޙުސާނު ދިޔައީ ފުލުސް އިމާރާތުގެ އެންމެ ތިރީ ފުލޯ އަށެވެ. އެއީ ފުލުހުންގެ އުޅަނދުތަކާއި އަމިއްލަ އުޅަނދުތައް ވެސް ޕާކު ކުރަން ޚާއްސަ ހިސާބެވެ. އޭނާގެ ކާރު ހުރި ހިސާބަށް ދިޔަ އިރު އެ ދިމާލުގެ ބޮކި ހުރީ ނިވިފައެވެ. އެހެން ބޮކި ތަކުގެ ފަނޑު އަލި އެ ހިސާބަށް ފޯރިއެއް ކަމަކު މާ އައްޔެއް ނޫނެވެ. ހަމަޖެހިލައިފައި އޭނާ ޖީބަށް އަތް ޖަހާލީ ތަޅުދަނޑި ނަގާށެވެ. އެ ޖީބުގައި ނެތުމުން އެހެން ޖީބުތައް ވެސް ހާވާ ނެގިއެވެ.

“ތި ހޯދަނީ މި ތަ؟” އިހުސާނުގެ ކަންފަތަށް ސުމައްޔާގެ އަޑު އިވުމުން ސިހިފައި ބަލައިލެވުނެވެ. އޭރު ލާނެތް ގޮތަކަށް ކާރުގެ ބިއްދޮށު ބިތުގައި ލެނގިލައިގެން ހުރީ ސުމައްޔާއެވެ. ޝަހާދަތް އިނގިލި ތެރެއަށް ތަޅުދަނޑިފަތީގެ ބޮޅު ލައްވާލައިފައި އޭނާ އެ އަނބުރާލިއެވެ. އިހުސާނު ބަލާކަށް ނުހުރެއެވެ. އެ ދިމާލަށް ދުވެފައި ދިޔައެވެ. ސުމައްޔާ ވެސް ދުއްވައިގަތެވެ. ދެތިން މިނެޓު ވާންދެން އެ ދެމީހުން އެ ކާރު ވަށާ ދުވުނެވެ. މި ދެމީހުންގެ އުޅުން ކުޑަ ކުދިންނަށް ދޫ ނުކުރެއެވެ.

ސުމައްޔާ މާގިނައިރު ދުވަން ބޭނުން ނުވުމުން ތަޅުދަނޑިން ކާރު ހުޅުވާލިއެވެ. އެހެނަސް އިޙުސާނު ފަހަތުން އައިސް އޭނާއާއި އަރާ ހަމަކުރަން ވާއިރަށް ތަޅުދަނޑި ސީޓު މައްޗަށް ވައްޓާލައިފައި އެތެރެއިން ތަޅުލިއެވެ. އިޙުސާނަށް ސުމައްޔާ އަތުވީ އެ ދޮރުފަތް ލައްޕާލި ފަހުންނެވެ. “ފޮނިފަތަފޮޅިޔާ! ކަލޭ މޮޔަވީތަ؟” އިހުސާނު ސުމައްޔާގެ އަތުގައި ހިފާ އަތު ބިޑިއެއް އަޅުވާލާ ބިއްދޮށު ބިތާއި ލައި ހައްޔަރުކޮށްލަމުން އެއްޗެހި ކިޔައިގަތެވެ.

“ނޫނޭ. އަހަރެން ވެސް ހަމަ ތޮޅެލާ ހިތްވީ. ބުނީމެއްނު މިއަދުގެ ހެޔޮކަން އަނބުރާ ރައްދުކޮށްދޭނަމޭ.” ސުމައްޔާގެ މޫނުމަތީގައި ކުޅެލެވިފައިވަނީ ފަތަޙައިގެ ހިނިތުންވުމެކެވެ. އިޙުސާނު ސުމައްޔާގެ ކަނދުރާގައި އަތް އަޅުވާލައިފައި ގާތްވެލިއެވެ. “އަހަރެން ކިރިޔާ ކުޑަކުޑަ ކަމެއް ކޮށްލާއިރަށް ލިމިޓުން މައްޗަށް ދާން ޖެހޭތަ؟ ހަމަމިހާރު އެ ދޮރު ހުޅުވާ. އެހެންނޫނީ މަންޒަރު މާކަ ރީއްޗެއް ނުވާނެ.” ހަތަރުކަޅި ހަމަކޮށްލަމުން އޭނާ ދިނީ އިންޒާރެކެވެ. “ތަޅުދަނޑި އެ އޮތީ ކާރު ތެރޭގަ. އަމިއްލައަށް ހުޅުވާ. މަވާ ސަލާން.” ސުމައްޔާ އަމިއްލަ ނަފްސު މިނިވަންކޮށްފައި ދުރަށް ހިނގައިގަތެވެ.

“ބުނެފީމެއްނު ދޮރު ހުޅުވާށޭ.” އިޙުސާނު ސުމައްޔާގެ އަތުގައި ހިފާ ދަމައިގަތެވެ. އަދި ފަހަތުން ސުމައްޔާގެ ބަނޑުމަތީގައި އަތް ވަށާލައިފައި ހައްޔަރުކޮށްލައިފިއެވެ. ޖީބުން ކުޑަ ފިޔޮއްސެއް ކަހަލަ އެއްޗެއް ނަގައި ސުމައްޔާގެ ކަނދުރާ އާއި އަމާޒުކޮށްލަމުން އޭނާ ހިނިގަނޑެއް ޖަހާލިއެވެ. “އަދިވެސް ދެކޮޅު ހަދާނީތަ؟” އިޙުސާނުގެ ހޫނު ނޭވާ އެޅިގެން ދިޔުމުން ސުމައްޔާ އަށް ތެޅިގަނެވުނެވެ. އެހެނަސް ގޮތުގައި ހިފަހައްޓާލަން ބޭނުންވީ އަމިއްލަ މީހާގެ ގަދަކަން ދައްކާލުމުގެ ނިޔަތުގައެވެ.

“ފުލުހަކަށް ވެ ހުރެ ބިރުދައްކަން ފެށީތަ؟ އަދި އެވެސް ތޫނު ހަތިޔާރު ބޭނުންކޮށްގެން. މިތަނަށް އެހެން ފުލުހަކު އައިއްޔާ ރީތިވާނެ. ކަޑަ މީހެކެއްނު.” ސުމައްޔާ ބުނެލިއެވެ. އިޙުސާނު އެ ފިޔޮހި އަނބުރާ ޖީބަށް ޖަހާލީ އެހެން ވެގެންނެވެ. “އެ ނޫން ގޮތްގޮތުން ވެސް ޕްރެޝަރު ކުރަން ދަންނަމޭ. ފަތަފޮޅި ހީކުރީތަ މަށަށް ނުކެރޭނޭ.” ދެރަ ނުވާން ވެގެން އިޙުސާނު އޭނާ އާއި ދިމާލަށް ސުމައްޔާ އަނބުރާލައިފައި އެ ހިމަ އުނަގަނޑުގައި އަތް އަޅުވާލިއެވެ. ސުމައްޔާ އަށް ދެލޯ ބޮޑު ކޮށްލެވުނެވެ. އެ އުޅެނީ ކީއް ކުރަން ކަން އެނގުމުން މަސައްކަތް ކުރީ އިޙުސާނުގެ ކިބައިން ސަލާމަތް ވެވޭތޯއެވެ.

“އަހަރެން އެ ދޮރު ހުޅުވަފާނަން.” ސުމައްޔާ ދެލޯ މަރާލަމުން އެހެން ބުނެލިީ އެހެން ގޮތެއް ނެތުމުންނެވެ. އޭރު އެ ދެމެދުގައި ވައި ރޯޅިއަކަށް ދެމިގަނެވޭނެހާ ދުރުމިން ވެސް ނެތެވެ. ތިބެވުނީ އެކަކު އަނެކަކުގެ ނޭވާ އިޙުސާސްވާހާ ގާތުގައެވެ. ސުމައްޔާ އަށް ވީ ގޮތުން އިޙުސާނަށް ނުހެވި ހުރީ ކިރިޔާއެވެ. ދުވަހަކު އަންހެން ކުއްޖަކާ އެހާ ގާތްވެފައި ނުވާއިރު ސުމައްޔާ އާއި ގާތް ވެވެނީ ކީއްވެގެން ކަމެއް ޚުދު އޭނާ އަށް ވެސް ނޭނގެއެވެ. އެހެންޏާ މީހަކު އޭނާއަށް ޖެއްސުން ކުރިއެއް ކަމަކު ކަހާތަން ހިރުވާ ނުލިޔަސް ސުމައްޔާ އާއި މެދު ކަންތައް ކުރެވެނީ މުޅިން ތަފާތުކޮށެވެ. އިސްވެ އުނދަގޫ ކުރަން ފެށެނީ ވެސް އޭނާ އަށެވެ.

އަތްދަބަހުން ފާޑެއްގެ އެއްޗެއް ނަގައިފައި ސުމައްޔާ އެ ކާރުގެ ތަޅުވަޅަށް ކޮށްޕާލިއެވެ. ދެން ހެދި ނުހެއްޖެއް ނޭނގެނީސް އިޙުސާނަށް ފެނުނީ ސުމައްޔާ އެ ދޮރު ހުޅުވާލި މަންޒަރެވެ. ހައިރާންވީ ވަރުން އެ ސޮރަށް އަނގަ ހުޅުވާލެވުނީ ބޭއިޚްތިޔާރުގައެވެ. އޭނާއަށް ދުވަހަކު ވެސް މީހަކު އެ ކަހަލަ އެއްޗެއް ބޭނުންކޮށްގެން ކާރެއްގެ ދޮރު ހުޅުވި މަންޒަރު ފެނިފަކާ ނެތެވެ. ސުމައްޔާ އެއަށްފަހު އެ ޕާކިން ޒޯނުން ނުކުމެގެން ދިޔައީ އިތުރު ހަމަލާއެއް އައިސްފާނެތީއެވެ.

ހޮނިހިރު ދުވަހެވެ. އަރީން އުޅޭ އެޕާޓްމަންޓުގައި ރޯޝަނީ ގޭގައި މަސައްކަތް ކުރާ ބައެއް ޚާދިމުންނާއި ޔަނާލާއި އާފިޔާ އަވަދިނެތި އުޅުނީ ރަން ކިޔުމަށް ޓަކައި ވާން ޖެހޭ މުހިންމު ތައްޔާރީތައް ވުމުގައެވެ. މި އެންމެންނާއި ވަކިން އަރީން އުޅުނީ ބެލްކަނީގައި އިންދައިފައިވާ ގަސްތައް ކައިރީގައެވެ. އެ ތަނުގައި އަތުރާލެވިފައިވާ ގަސްތަކުގެ ދޮން ފަތް ކަނޑާ ދިގުވެފައި ހުރި އޮފިތައް ކެނޑުމުގައެވެ. ހީވާ ގޮތުން އެ ހިތަށް ހަމަޖެހުން ލިއްބައިދެނީ އެ މަސައްކަތުންނެވެ. 

އަތް ދޮވެލައިފައި އަރީން ކޮޓަރިއަށް ވަން އިރު ބާރަ ޖަހައި ފިއެވެ. ފުން ނޭވާއެއް ލައިފައި އަރީން ގޮސް މޭޒުމަތީގައި އޮތް އޭނާގެ ފޯނު ނެގިއެވެ. އޭގެ ކޮންޓެކްޓްސް އަށް ވަދެފައި ނަންބަރަކަށް ގުޅާލިއެވެ. އަދި ފޯނު ކަންފަތުގައި ޖައްސާލަމުން އެނދުމަތީގައި އިށީނެވެ. 

ކޮންޕިއުޓަރުން ފެންނަމުން ދިޔަ ފޮރެންސިކް ރިޕޯޓު ދިރާސާ ކުރަން އިން ސުމައްޔާ ސިހުނީ އޭނާގެ ފޯނު ރިންގުވާން ފެށުމުންނެވެ. ސުމައްޔާ ފޯނު ނެގީ ގުޅަނީ އަރީން ކަމަށް ވާތީއެވެ. ފޯނު ނަގައިފައި އަރީން އެ ރޫމުން ނުކުތެވެ. ބޭރުގައި އެއްފަރާތު ކަނެއްގައި ހުއްޓެލިއެވެ. އެއީ ފޮރެންސިކް ޓީމާއި ބައްދަލުކުރުމަށް ފަހު އިޙުސާނު އެތެރެއަށް ވަންނަން އައި ވަގުތެވެ. 

“ވަޓް. ރީން ކީކޭ ތި ކިޔަނީ؟” ސުމައްޔާ އަށް އެހެން ބުނެވުނީ ތަންކޮޅެއް ބާރަށެވެ. އިޙުސާނު އެތެރެއަށް ނުވަދެ މަޑުޖެހިލީ އެހެން ވެގެންނެވެ. “އަޅޭ. ބުނެ ތިއީ ދޮގެކޭ. މިރާއްޖޭގައި އެތައް ހާސް ފިރިހެނުން ހުއްޓާ ވެސް އޭނާ. ރީން ތި ނިންމުން ބަދަލުކުރަން މަސައްކަތް ކުރޭ. އެއީ އެއް ފަހަރު ރީންގެ ކަރުގަ ހިފާފަ އެޑްމިޓް ވާން ޖެހޭ ދަރަޖައަށް ވައްޓާލި މީހެކޭ. އޭރު ކަންތައް ވެފައި އޮތް ގޮތުން ޒަވިއަން ރީނަށް ނަފުރަތު ކުރެއެއްނު. ނޫނީ އަހަރެން ދާނަން ދެކޮޅަށް ވަކާލާތު ކުރަން. އަޅެ ފަހެ އެ ޒަވިއަން ގަނޑެއް ތިކަން ހުއްޓުވާކަށް ނޫޅޭތަ؟” ސުމައްޔާގެ އަޑުގައި ވަނީ ހިތްހަމަނުޖެހުމެވެ. މި ވާހަކައިން އިޙުސާނުގެ ދެ ބުމަ ގާތްވިއެވެ. އެހެނަސް މާ ބޮޑު ކަމަކަށް ނުހަދާ އެތެރެއަށް ވަނީ ޒަވިއަން ކިޔާ އެހެން މީހުން ވެސް ދުނިޔޭގައި އުޅޭނެ ކަމަށް ބަލައިފައެވެ. 

“ނޫން. ސުމީ. މަންމަގެ އެދުމަށް ހުރަސް އަޅާނެ ކަމެއް ނެތް. ސުމީ އަށް އެންމެ ރަނގަޅަށް އެނގޭނެ އަހަރެންނަކީ މައިންބަފައިން ބުނާ ކޮންމެ ކަމެއް ކުރަން ތައްޔާރަށް ހުރި މީހެއް ކަން. މި ވާހަކަ އަންގާލާށޭ ގުޅީ. ދެން ބާއްވަނީ. މިއީ ސުމީގެ ޑިޔުޓީ ގަޑިއެއްނު.” އަރީން އެހެން ބުނެފައި އެކީ ފޯނު ކަނޑާލިއެވެ. ދެން އޭނާ ފާޚާނާ އަށް ވަނީ ފެންވަރާލުމުގެ ނިޔަތުގައެވެ. 

“ދެޓް ގާލް. ކޮންމެ ފަދަ ކަމެއް ކުރަން ބުންޏަސް ހެޔޮ. ހަމަ ނޫނެކޭ ބުނެފަ ދެކޮޅު ހަދަން ވެދާނެތީ.” ސުމައްޔާ ކުދި ކިޔައިގަތެވެ. އޭނާ އަނެއްކާވެސް އަރީނަށް ގުޅާލިއެވެ. އެހެނަސް ރިންގުވެފައި ކެނޑުނީއެވެ. މިގޮތަށް ތަކުރާރުކޮށް އެތައް ފަހަރަކު އޭނާ ގުޅިއެވެ. އެއިން އެންމެ ފަހަރަކު ވެސް އަރީން ފޯނެއް ނުނަގައެވެ. ގުޅާ ގުޅާ އަވަދިވުމުން ކަރު އެލުވާލައިފައި އަނބުރާ ރޫމަށް ވަނެވެ. ގޮސް ގޮނޑީގައި އިށީން އިރު އެ މޫނުމަތީގައި މޮޅީގެ ތަސްވީރެއް ކުރެހިފައި ވާކަހަލައެވެ. 

“ހާދަ ކަޓާފަ. އަނެއްކާ މިއަދު ވެސް އިއްސޭ ބެހިލީތަ؟” ސުމައްޔާ ފާޑަކަށް އިނުމުން ޒައިން އެހިއެވެ. “ނޫން. ވަރަށް ކްލޯޒް ފްރެންޑެއް ކައިވެނި ކުރަނީ. އެ ވެސް މި ދުނިޔެ މަތީގައި ހުރި އެންމެ ކަޑަ މީހާއަށް.” ސުމައްޔާ ދަތް ދޮޅީގައި އަތް ވިއްދާލިއެވެ. “ދެން ގޮސް ހުއްޓުވަން ވީނުން.” ޒައިން ރައްދުގައި ބުނެލިއެވެ. “އެއީ ޒޮންބީ ހީކުރާހާ ފަސޭހަ ކަމެއް ނޫނޭ. ރީން އަކީ އަމުރަށް ބޯލެނބުމުގައި ހަމަ ހައްދުން ނައްޓާ މީހެއް. އެ ހެޔޮ އަލިފާންގަނޑަކަށް ފުންމާލަން ބުނި ކަމަށް ވިޔަސް.” ސުމައްޔާ ބުނެލިއެވެ. “މިއޮއްފަދަ ޒަމާނުގައި ވެސް އެ ކަހަލަ ކުއްޖަކު އުޅޭތަ؟ ވަރުގަދަ އަލާމާތެކެއްނު.” އަކްމަލަށް ނީނދެވިގެން ބުނެވުނެވެ. 

ފެންވަރާލައިގެން ނުކުމެ އަރީން އިސްތަށިގަނޑު ހިއްކަމުން އައިސް ޑްރެސިން ޓޭބަލް ކުރިމަތީ ހުއްޓުނެވެ. ހެއާ ޑްރައިޔަރު ނަގައި ޖައްސާލީ އަވަހަށް ބޯ ހިއްކަން ބޭނުންވެފައި ހުރުމުންނެވެ. އޭނާ އެތަނުން ދުރަށް ޖެހިލީ ބޮލަށް ހުޅިއެއް ޖަހާލައިފައެވެ. ދެން ގޮސް އެނދުމަތީގައި އޮތް ފޯނު ނެގިއެވެ. ހުޅުވާލުމާއި އެކު އޭނާ އަށް ފެނުނީ ސުމައްޔާގެ ފަރާތުން އައިސްފައިވާ ވިހި ވަރަކަށް މިސްކޯލުގެ ނޮޓިފިކޭޝަން ބެނާ އެކެވެ. އެ ފުހެލައިފައި އޭނާ ސައިލެންޓް މޯޑް އޮފް ކޮށްލިއެވެ. 

“ޒެވް. މިހާރު ޒިޔާދު ބޭ ތިންވަނަ ފަހަރަށް އެ ގުޅަނީ. ދެން ނައިސްގެން މި ތަނަށް ކަންނޭގެ ބަލައި އަންނާނީ.” ޒަވިއަންގެ މޭޒުމަތީގައި އަތް އަޅުވާލަމުން ލީވާން ބުނެލިއެވެ. “އަހަރެން ދާން ބޭނުން ނުވާ ތަނަކަށް ދެވޭތަ؟ އިލެވެން ވެސް އަހަރެންނަށް އުނދަގޫ ނުކޮށް ހުރޭ.” ޒަވިއަން ނުރުހުންތެރިކަމާއި އެކު ބުނެލިއެވެ. އެ ވަގުތެވެ. ޒަވިއަންގެ ކެބިންގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނީ ޒިޔާދެވެ. 

“ޒަވިއަން ދަރިފުޅާ ދެން އާދޭ.” ޒިޔާދު ގޮސް ޒަވިއަންގެ ކުރިމަތީގައި ހުއްޓުނެވެ. ޒަވިއަން ގޮނޑިން ތެދުވަން ވިސްނާލީ ވެސް ދެނެވެ. ޒިޔާދުގެ ފަހަތުން ހިނގައިގަތް އިރު އެ މޫނުމަތީގައި ވަނީ ފޫހި ކަމެވެ. އޭނާ އާއި އެކުހެން ލީވާން ވެސް ދިޔައެވެ. ތިން މީހުން ވެސް ގޮސް އެރީ ޒިޔާދުގެ ބީއެމްޑަބްލިއު އަށެވެ. 

ހުޅުމާލޭގެ ފުލެޓު ނަންބަރު 151 ހުއްޓާލުމާއި އެކު ލީވާންމެން ކާރުން ފައިބައިފިއެވެ. ޒަވިއަން ހިނގައިފައި ދިޔައީ ވެސް ގަޔާ ނުވެފައި ހުރި ކަހަލަ ގޮތަކަށެވެ. ލީވާން އެ ދެ ބަފައިންގެ ފަހަތުން ހިނގައިގަތެވެ. ލިފްޓަށް އަރައިފައި އެ މީހުން ހަމަޖެހިލިއެވެ. 

ލިފްޓުން ނުކުމެފައި ތިން ފިރިހެނުން ގޮސް ވަދެލީ އަރީން މެންގެ އެޕާޓްމަންޓަށެވެ. އޭރު ހުރިހާ އެންމެން ވެސް ތިބީ ޒަވިއަންގެ އިންތިޒާރުގައި ކަން ހާމަވާން ހުއްޓެވެ. ވަކިން ޚާއްސަ ކުރެވިފައިވާ ގޮނޑިއެއްގައި އިން އަރީން ފެނި ގިނަ ފިރިހެނުން ހޭނެތޭނެކަން ގައިމެވެ. ގަދަ ނޫކުލައިގެ އަބާޔާ ހެދުމަކާއި އެކު އަޅާލެވިފައިވާ ނޭވީ ބްލޫ ކުލައިގެ ޝޯލް ތެރެއިން އެ ދޮން މޫނު ފެންނަނީ އަނދިރި ރޭގަނޑެއް ހުޅުދާން ކޮށްލަދޭ ހަނދެއް ފަދައިންނެވެ. ތުންފަތުގައިވާ ފިޔާތޮށި ކުލައިގެ ލިޕްގްލޮސް ފިޔަވާ އެހެން މޭކަޕެއްގެ އަސަރެއް އެ މޫނު މައްޗަކު ނުވެއެވެ. 

ޒަވިއަން އެތެރެއަށް ވަނުމާއި އެކުހެން އަރީން އިސްޖަހާލައިފިއެވެ. އެ ކުއްޖާ ޒަވިއަނާއި ހަތަރު ކަޅި ހަމަކޮށްލަން ވެސް ޖެހިލުންވެއެވެ. މީހާ މުޅިން ފިނިވެގެން ދިޔައެވެ. ޒަވިއަން ކައިވެނި ކުރަން ހަމައްޖެއްސުނު އަންހެން ކުއްޖާ އަކީ އަރީންކަން އެނގުމުން ލީވާނަށް ލިބުނީ ވަރުގަދަ ސިހުމެކެވެ. އެއީ މި ދުނިޔެމަތިން ވެސް ޒަވިއަން އެންމެ ނަފުރަތު ކުރާ އަންހެން ކުއްޖާކަން އެނގޭތީ އޭނާ އަށް ހިންދިރުވާލެވުނެވެ. މީގެ ހަތް އަހަރު ކުރިން ހިނގައިދިޔަ ހާދިސާގެ ސަބަބުން އަރީނަށް ކޮންމެ ގޮތެއް ހަދާލަން ވެސް ޒަވިއަން ފަހެއް ނުޖެހޭނެކަން އެނގޭތީ ފަހަތަށް ފިޔަވަޅެއް އަޅާލަމުން ޒަވިއަނަށް ނަޒަރެއް ދިނެވެ. 

ޒަވިއަނަށް ގޮނޑީގައި އިން އަރީން ފެނި ހީވީ މޫނު މައްޗަށް އަފުނޯސް ކަށިތަކެއް ހަރާލެވުނު ހެންނެވެ. އިސާހިތަކު އެ މޫނުމަތީގައިވީ ކުލަވަރު ރުޅިވެރިކަމަށް ބަދަލު ވެއްޖެއެވެ. އޭނާގެ ސިކުނޑީގައި ރޯލު ވެލީ އަރީން އަޒާޔާ މަރާލި ރޭގެ ހަނދާންތަކެވެ. ލޭކޮށި ސިފަ ގެއްލިފައިވީ އަޒާނާގެ ފުރާނަނެތް މަސްގަނޑު އޭނާގެ ހިތަށް ސިފަވުމުން ދަތްކުނޑި ވިކާލެވިއްޖެއެވެ. އަނބުރާ އެޕާޓްމަންޓުން ނުކުންނަން އޭނާ އެނބުރެލިއެވެ. 

“ޒަވިއަން. މިހާ ހިސާބަށް އައިސްފައި ކީއްވެގެންތަ ދުރަށް ޖެހެނީ؟ އާދެ އެތެރެއަށް. މިހާރު ވެސް އެހެން މީހުން އެ ތިބީ ލަސްވެފަ.” ޒިޔާދު ޒަވިއަންގެ ފަހަތުން ގޮސް އަތުގައި ހިފާލިއެވެ. “ބައްޕާ! މި ކައިވެންޏެއް ނުކުރެވޭނެ. އެއީ އަޒާ މަރާލި ޤާތިލޭ. އެ ވަރުގެ ނުބައި އަންހެނަކާ ކައިވެނި ކުރާކަށް މަށަކަށް އެއްބަހެއް ނުވެވޭނެ.” ގޮށްމުއްކަވާލަމުން ޒަވިއަން ބުނެލިއެވެ. “އަދިވެސް އެ ވާހަކަ. ރީއްކޮ އެއް ނޫނޭ ޒައްކޮ މަރާލީ. ކުރިން މި ކައިވެނި ކުރަން ދަރިފުޅު އެއްބަސް ވީމައޭ މި ހިސާބަށް މި ކަން ގެނައީ. އެ މީހުން ކުރިމަތީގައި ލަދު ގަންނަން ޖެހޭ ވަރުގެ ކަމެއް ކުރަން ހެޔޮ ވާނެތަ؟ ދެން މިކަމަށް ފުރަގަސް ދޭނެކަމެއް ނެތް. އެތެރެއަށް އާދޭ. ތި ހިތް ރަނގަޅު ކުރަން ވިޔަސް އެ ކަހަލަ ސާލިހު ރަނގަޅު ކުއްޖަކު ހަޔާތަށް ގެނައުމަކީ މުހިންމު ކަމެއްނު.” ޒިޔާދު ރައްދުގައި ބުނެލިއެވެ.

“އަހަރެންގެ ކައިވެނި ހަމަޖެއްސުނީ އެ ނާގަ ހަރުފަޔާއި ކަން އެނގުނު ނަމަ މި ކަމަށް އެއްބަސް ނުވީސް.” ޒަވިއަން ހިތްހަމަނުޖެހިފައި ބުނެލިއެވެ. އެހެނަސް ޒިޔާދު ހުރީ މި ވާހަކަ އަޑުއަހާ ކަހަލަ ގޮތަކަށް ނޫނެވެ. ޒަވިއަނަށް އެންމެ ފަހުން ޖެހުނީ ގޮތް ދޫކޮށްފައި އެތެރެއަށް ވަންނާށެވެ. އެއާއެކު ދެން ފެށިގެން ދިޔައީ ޚިތުބާ ކުރުމުގެ ހަފްލާއެވެ. މި ކަމުގައި ޒަވިއަންގެ ކިބައިން ފެންނަނީ ކަމާއި ގަޔާވެފައި ނުވާ ކަމުގެ އަސަރުތަކެވެ. އެތަނުގައި ތިބި ހާ ޢާއިލާގެ މެންބަރުން ތިބީ ހެވި ދިއްލިފައެވެ. އަރީނާއި ދިމާލަށް ހަމްދަރުދީގެ ނަޒަރަކުން ބަލައިލަނީ ލީވާނާއި ސުމައްޔާ އެކަންޏެވެ.

ޚިތުބާ ކުރުމުގެ ހަފްލާ ނިމުމަށް ފަހެވެ. އަރީން އޮތީ އެނދުގައި އޮށޯވެލައިގެން ސީލިންގަށް ނަޒަރު ހުއްޓާލައިގެންނެވެ. އިރުކޮޅެއް ފަހުން އޭނާގެ ވައަތް އުފުލާލާ ބަލައިލީ އެ އަތުގެ ކަށި އިނގިއްޔަށެވެ. އެ އިނގިލީގައި އަޅާލެވިފައި ވަނީ ރިހިކުލައިގެ އަލިމަސްޖެހި އަނގޮޓިއެކެވެ. ޒަވިއަން އޭނާގެ އިނގިލީގައި އެ އަނގޮޓި އަޅުވާލަދިން މަންޒަރު ހިތަށް ސިފަވުމުން ވެސް އޭނާ ބިރުން ތުރުތުރު އަޅައެވެ. 

ޚިތުބާގެ ހަފްލާ އަށް ފަހު ގެއަށް އައިސް ކޮޓަރިއަށް ވަތް އިރު ވެސް ޒަވިއަން ދިޔައީ ރުޅި އައިސްގެން ތުރުތުރު އަޅަމުންނެވެ. އަތަށް ލެވުނު ބާރެއް ލައިފައި ދޮރު ޖަހައިފައި އޭނާ ގޮސް ހުއްޓުނީ ޑްރެސިން ޓޭބަލް ކައިރީގައި ހުރި ދިގު ބިއްލޫރި ލޯގަނޑު ކުރިމަތީގައެވެ. މީގެ ގަޑިއިރު ތަކެއްގެ ކުރިން ހިނގައިދިޔަ ކަންތައް އެ ހިތުގައި ކުރެހިގެން ދިއުމާއި އެކު ޒަވިއަނަށް ހަޅޭއްލަވައިގަނެވުނެވެ. އެ ކޮޓަރިއަކީ ސައުންޑް ޕްރޫފް ކޮށްފައި ހުރި ތަނަކަށް ވުމުން އަޑު އެހެން ބަޔަކަށް ނުފޯރާނެއެވެ.

“ދެޓް ވިޗް. މި ހުރިހާ ދުވަހު މަށަށް ފިލައިގެން ބޭރުގައި ތެޅިތެޅިފައި އައިސް އެނގުނީ މަށާ ކައިވެނި ކުރަން ހަމަޖައްސަންތަ؟ އަޒާޔާ މަރާލާފަ އޭނާ ހާދަ އުފަލެއްގައޭ އެ އުޅެނީ. އެ މައްސަލައިން ބޯ ދަމައިގަނެފައި އަދަބު ނުލިބި މިނިވަންކަމާއި އެކު އެ އުޅޭ އުޅުމުން ޔަޤީންވަނީ އެ ކުށްކުރުމަށް ފަހު އެކަމާ ހިތާމަ ނުކުރާކަން. ނިކަން ހުރެބަލަ. އައިލް މޭކް ޝުއަރ ޔޫ ރިގްރެޓް ޗޫޒިން ޓު މެރީ މީ. އައިލް މޭކް ޔޫ ޕޭ ފޯރ ވަޓް ޔޫ ޑިޑް ޓު ހާރ.” ފުން ނޭވާތަކެއް ލަމުން ޒަވިއަން އަމިއްލަ ނަފްސަށް އިވޭ ވަރަށް ބުނެލިއެވެ. އެ ދެލޮލުން ފާޅުވާން ހުރީ އިންތިހާ ދަރަޖައިގެ ނުރައްކާތެރިކަމެވެ.

ޖެހިގެން އައި ދުވަހެވެ. ޑްރެސިން ޓޭބަލް ކުރިމަތީގައި ހުއްޓިލައިގެން ރީތިވާން ހުރި އަރީންގެ މޫނުމަތީގައި ކުޅެލައިފައިވަނީ ނިކަން ހިތްގައިމު ހިނިތުންވުމެކެވެ. ރީތި ގޮތަކަށް އަޅިކުލައިގެ ޝޯލްއެއް އަޅާލެވިފައިވާ އިރު އެ މޫނު މަތިން ފައުޅުވާން ހުރީ ސާދާ ކަމެވެ. ލައިގެން ހުރި މަޑު ނޫކުލައިގެ ކަކުލުން މައްޗަށް އަރާ ގަމީސް ހެދުން ކޮޅުގެ މަތިން ކޯޓެއް ލައިފައި ހުރުމުން ރަސްމީ ކަމަށް ދައްކައެވެ. ސެންޓު ބުރުވާލައިފައި ދަބަސް ކޮނޑުގައި އަޅުވާލަމުން އަރީން ކޮޓަރިން ނުކުތެވެ. 

އަރީން އޭނާގެ ވަޒީފާ ހަމަޖެހުނު ލޯވް ފާރމަށް ދިޔައީ އަފްޒަލް އާއި އެކު ކާރުގައެވެ. ފުން ނޭވާއެއް ލައިފައި އަރީން ގޮސް ފަނަރަ ބުރިއަށް ހުރި އެ ޢިމާރާތުގެ އެތެރެއަށް ވަނެވެ. އޭނާ ގޮސް ހުއްޓުނީ ފްރޮންޓް ޑެސްކުގެ ކުރިމައްޗަށެވެ. އޭރު އެ ތަނުގައި ހުރީ ދެ ފިރިހެން ކުދިންނެވެ. ދެ މީހުންގެ ކަޅި އަރީނަށް ހުއްޓުނު ގޮތަށް އެހެން ފަރާތަކަށް ދަތުރު ނުކޮށްލައެވެ. ވާނީ ވެސް އެހެންތާއެވެ. އަރީނަކީ ރީތިކަން ހުސްކޮށްލައިގެން ހުރި ހޫރެއް ވިއްޔާއެވެ. 

“އެސްކިޔުޒް. އަޅުގަނޑަކީ ފަހުން ހުޅުވާލެވުނު ލޯޔާރ ވެކެންސީއަށް އޮންލައިން އިންޓަވިއު ހެދި ކުއްޖެއް. މިއަދު މެނޭޖަރާއި ބައްދަލުކޮށް އިންޑަކްޝަން ނަގަން ބުނެފައި އޮތީ.” އަރީން ގޮސް އިސްވެ ވާހަކަ ދައްކަން ފެށިއެވެ. “އޯހް. ލޯޔާރ އަރީން އަފްޒަލް. އަޅުގަނޑާއި އެކު އާދޭ.” އެ ތަނުން ޔޫނުސޭ ކިޔުނު ފިރިހެން ކުއްޖާ ބުނެލިއެވެ. އަރީން އެ ފިރިހެން ކުއްޖާގެ ފަހަތުން ހިނގައިގަތެވެ. ދެން ގޮސް އެރީ ލިފްޓަށެވެ. ފުލޯ ނަންބަރު ހަތަކަށް ޔޫނުސް ފިތާލިއެވެ. 

ހަތް ވަނަ ފުލޯ އަށް ހުއްޓުމާއި އެކު ލިފްޓު ހުޅުވިއްޖެއެވެ. އަރީން އަނެއްކާވެސް ޔޫނުސްގެ ފަހަތުން ހިނގައިގަތެވެ. މެނޭޖަރުގެ ކެބިން ކުރިމަތީގައި ހުއްޓިލައިފައި ޔޫނުސް އެ ދޮރުގައި ޓަކި ޖެއްސެވެ. އެތެރެއިން ވަންނާށޭ ބުނުމުން ޔޫނުސް ދޮރު ހުޅުވާލިއެވެ. ފުރަތަމަ ފަހަރަށް އަރީނަށް މެނޭޖަރުގެ މޫނު ފެނުނީ ދެނެވެ. އެއާއެކު އޭނާގެ ދެލޯ ބޮޑުވެއްޖެއެވެ. ފަހަތަށް ދެތިން ފިޔަވަޅު އަޅާލެވުނީ ބޭއިޚްތިޔާރުގައެވެ. ނޭވާ އަވަސްވެފައި މުޅި މީހާ ފިނިވިއެވެ. 

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

އެ ކުޑަ ކުއްޖާ 1

Next

ހިތް އެދޭހާ ކަމެއް.. (2 ވަނަބައި)

Next
November 21, 2025

ހިތް އެދޭހާ ކަމެއް.. (2 ވަނަބައި)

Previews
November 21, 2025

އެ ކުޑަ ކުއްޖާ 1

24 Comments!

  1. Biggfannnn😘💕 says:
    November 21, 2025 at 8:56 pm

    Omg omg omg aaaaahh…. Neyvaa hifahahttaigen mi keeee hama …. Itss so intrestingggg … Alheyyyy … Adhi kudakoh dhigukoh genesdheeeba pls pls plssss …

    1. White rose White rose says:
      November 21, 2025 at 9:02 pm

      I can’t write ehaa dhigu koh 😭😭😭 Its gonna be usually above 1600 words, but this one reaches 2800+ words. Regularly 2 episodes upload kuran vegen mihen hadhany, hope u understand 😔😔
      Shukran Biggfannnn😘💕, so happy to hear ur sweet words ✨✨

  2. K says:
    November 21, 2025 at 8:58 pm

    Asthaqfirullahhh .. car thalhudhandi gellunyna session nagan sumee kairiyah dhaaany dhenn… Curiously waiting … Thedheh kudakoh dhigukoh genesdheeba pls

    1. White rose White rose says:
      November 21, 2025 at 9:05 pm

      Sumee hama habeys dhw 😁
      Really sorry, but I’m able fix to +1600 in order to upload regularly 😔😔
      Shukran K for ur unwavering support ✨✨

  3. K says:
    November 22, 2025 at 12:04 am

    Arhhhhh is it naaail i think so can’t wait. Vrh salhi

    1. White rose White rose says:
      November 22, 2025 at 9:15 am

      Let’s see if its him or not
      Shukran K ✨✨

  4. Alaika_22 says:
    November 22, 2025 at 12:29 am

    Awwwnnn mi part ves Vrh Reethi……
    Whn nxt…..????
    Luv you and Tc ❤️🤞🏻

    1. White rose White rose says:
      November 22, 2025 at 9:16 am

      IA next Monday ga submit kohlaanan.
      Shukran Alaika_22 ✨✨
      Lyt darl 💕💕

  5. Nai_73 says:
    November 22, 2025 at 8:13 am

    Masha Allah mi part ves Vrh reethi Alheyyy zavian ves dhen gaboolu kohbala dhw reen kihaa dhera vaane Curiously waiting for the next part when’s next
    Lyy❤️😘

    1. White rose White rose says:
      November 22, 2025 at 9:17 am

      Yea, he’s just crushing her heart 😔
      IA next Monday ga submit kohlaanan.
      Shukran Nai_73 ✨✨
      Lyt darl 💕💕

  6. Ilovashu🤭 says:
    November 22, 2025 at 9:20 am

    Areen maraanulanikoh okayyyy my AHHHH

    1. White rose White rose says:
      November 22, 2025 at 9:31 am

      Hehe 😅😅
      Shukran Ilovashu🤭 ✨✨

  7. Your fav bab Your fav bab says:
    November 22, 2025 at 9:32 am

    Alhey haadha reechey mi part ma!!
    But areen ves dhw!! Noonekey ves nubunaane! Zavian tried so many times to kill her, how can she live with somebody like that😭😭😭
    Sumayya and ihsaan🤣🤣 hee hee halaaku😂
    Areen work kuraa thanu ge manager akee kaaku baa?
    Very curious
    When next?
    Lyssm♡♡♡♡

    1. White rose White rose says:
      November 22, 2025 at 10:49 am

      Areen akee yes girl eh dhw. Lets see how their story goes.
      Sumayya men aan eii fakka comedians 🤣
      Hingaa balamaa ei shocking manager ge gotheh next part ga.
      Next Monday ga submit kohlaanan IA
      Shukran Your fav bab ✨✨
      Lyt darl 💕💕

  8. Him says:
    November 22, 2025 at 9:32 am

    You how old ru

    1. White rose White rose says:
      November 22, 2025 at 10:16 am

      Somewhere between 16 and 20 😁

    2. Him says:
      November 22, 2025 at 1:00 pm

      Not even 20 🫢🫢🫢🫢 ey yo in this young age so experienced writing skills

    3. White rose White rose says:
      November 23, 2025 at 6:30 pm

      Shukran Him ✨✨

  9. Ellie says:
    November 22, 2025 at 9:42 am

    Masha Allah sis 😍
    Vrh vrh rreeethi ❤️‍🔥
    I knew it reen and zev dhw hama gulheny👀
    Pls don’t hurt reen tho 😭🤌
    Sumee and ihusaan soo good 🥰 I should go learn from sumee atp she’s so good
    BTW sifa Kurun thah 💯 ..
    When next episode?
    My fav author 🤗🤭

    1. White rose White rose says:
      November 22, 2025 at 10:19 am

      I can’t promise abt not hurting areen, due to the plot 😞
      Arn Sumee men habeys.
      IA next Monday ga submit kohlaanan.
      So happy of this nice comment.
      Shukran Ellie ✨✨

  10. Anonymous says:
    November 23, 2025 at 10:13 pm

    This was a hard read how did it come to this i want to know the parents thought process while arranging this marriage ah yes lets make my son marry a girl who he attempted to kill twice and who he thinks killed his sister they are meant to be and how did areen parents also fine you want your daughter to marry someone who strangled her very and they are not giving them much of a choice either what kind of parents are these zavians parents should have arranged therapy for him not marriage and its time areen realized she has free will

    1. Anonymous says:
      November 23, 2025 at 10:23 pm

      also i feel like this conflict could have been handled better this whole ep with the arranged marriage felt kind of rushed like you just info dumped on us in a single ep i feel like it could have been written better in a way that the characters actions and decisions regarding this mess of a situation made sense like your writing is good but i think the story and characters need more depth to them

    2. White rose White rose says:
      November 24, 2025 at 5:21 am

      That problem of strangling occured 7 years ago ehnu. Its time the parents forget abt it. They are friends so they decided to marry them off. Dhemeehun ves furathama aan bas dheneema e hisaabah aee. Areen ah free will ah ulhen adhives hama neyngeni 😣😣😣
      Shukran Anonymous ✨✨

    3. White rose White rose says:
      November 24, 2025 at 5:26 am

      Story ge muhimmu bai thakeh kuri ah dhaany marriage ge fahun, this is quite a starting point. First I thought abt starting from the marriage but, changed the plan to bring the explanation of zavians actions early. So characters ah depth ves annaany kiyamun dhaa varakah. Hope u understand.
      Shukran Anonymous ✨✨

Comments are closed.

Next Episodeދެވުނީ ވޭނޭ 18←


All Right Reserved!