Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ދެވުނީ ވޭނޭ 19

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
November 26, 2025 8 Mins Read
20 Comments

ޝަހުދު އެންމެ ފަހުން ރޫމަށް ވަނީ އެހެން ގޮތެއް ނެތުމުންނެވެ. އެތެރެއަށް ވަނުމާއި އެކު އަރީން އިޙުތިރާމް އަދާކުރުމުގެ ގޮތުން ތެދުވިއެވެ. ހިނިތުންވެލަށް މަސައްކަތް ކުރި ނަމަވެސް އަރީނަށް އެކަމެއް ނުވިއެވެ. ހީވަނީ ނުފެންނަ ބާރަކުން އެކަމަށް ހުރަސް އަޅާހެނެވެ. ޝަހުދުގެ ނުރައްކާތެރި ނަޒަރު އަރީނަށް އަމާޒުވެފައިވާކަން ރެއަކާ ލުމުން އޭނާއަށް ހިންދިރުވާލެވުނެވެ.

“އަމް… ކޭސްގެ ކަންތައްތަކާއި މަޝްވަރާ ކޮށްލަން ހިނގާ. ދޮގު އިލްޒާމެއް އެޅުވިޔަސް ސަސްޕެކްޓަކަށް ވިއްޔާ ސަލާމަތްވެވޭނީ ވަރަށް ހެކި ހޯދައިގެން.” މާހައުލުގައިވީ ނުތަނަވަސްކަން ކަނޑުވާލުމުގެ ގޮތުން އަރީން ވާހަކަ ދައްކަން ފެށިއެވެ. “އާނ. އެކަމަކު މިވަގުތު ދައްކާނެ މާ ގިނަ ވާހަކަތަކެއް ނެތް. އަހަރެން މިހިރީ ވާވަރަށް ހެކި ހޯދައިފަ. މި ދިރާސާ ކޮށްފަ ކޯޓުގައި ވާހަކަ ދައްކާ. ކޮންމެހެން ވެސް އަހަރެންގެ ކޮޅަށް އެ ކޭސް ނިމެން ޖެހޭނެ. ފުރަތަމަ އަޑުއެހުން އޮތީ މިއަންނަ ބުރާސްފަތި ދުވަހު.” ފައްޗަކަށް ހުރިހާ ވާހަކަތަކެއް އަމުނާލައިފައި ޝަހުދު މޭޒުމަތީގައި ފައިލްތަކަކާއި ޕެންޑްރައިވެއް ބޭއްވިއެވެ.

ޝަހުދުގެ މޫނުމަތީގައިވީ ތަރުޖަމާކުރަން ދަތި ކުލަވަރެކެވެ. އަރީން އެކަމާ ނުވިސްނާ ފައިލެއް ނަގައި ހުޅުވާލައިފިއެވެ. “ދެން އެންމެ ރަނގަޅު ދިޔަޔަސް.” ޝަހުދު އެހެން ބުނެފައި ދުރަށް ހިނގައިގަތެވެ. އަރީން ފައިލުތައް ނަގައި ދަބަސް ތެރެއަށް ލިއެވެ. އެއަށްފަހު ޕެންޑްރައިވް ވަކި ވަތްގަނޑަކަށް ލައިފައި އޭނާ ކޮނޑުގައި ދަބަސްއަޅުވާލިއެވެ. ދެން ލަސްނުކޮށް އޭނާ އުޅުނީ ލޯވް ފާރމަށް ދާށެވެ.

“އިލެވެން! މާދަން ހެނދުނަށް އުޒްބެކިސްތާނަށް ދާން ޓިކެޓް ނަގާބަލަ. އެ ގައުމުން ހޮޓެލް އަޅާނެ ބިން ހަމަޖެހިއްޖެ. އަވަހަށް އިމާރާތް ކުރުމުގެ މަސައްކަތާއި ލީގަލް ކަންކަން ކޮށް ނިންމާލަން ފެންނަނީ.” ޒަވިއަން ލީވާނަށް ގޮވާލައިފައި ބުނެލިއެވެ. “ބްރޯ. މި ވީކުގައެއްނު ވެޑިން އޮތީ. އެ ތަނަށް ދިޔައިއްޔާ އެންމެ އަވަސްވެގެން ވެސް ހުކުރު ދުވަހުގެ ހެނދުނަށް ކަންނެ އާދެވޭނީ. މިއަންނަ ހަފްތާ ދާން މަޑުކޮށްލަންވީނުން.” ލީވާން އޭނާގެ މަސައްކަތް މެދުކަނޑާލައިފައި ޒަވިއަނާއި ދިމާލަށް ބަލައިލީ ފާޑަކަށެވެ.

“ހެނދުނަށް އައިމަ ވީނުން. އެ ކައިވެންޏެއް އޮތީ ރޭގަނޑު ވިއްޔާ. ގޭގައި އުޅޭ އެހެން މީހުން އެއަށް ތައްޔާރު ވާނެއްނު. ނަމަކަށް ވިއްޔާ މަ ކައިވެނި ކުރަނީ. ދެޓް ސްނޭކް އިޒް ގޮނަ ރިގްރެޓް އިޓް އެ ލޮޓް.” ޒަވިއަން ރައްދުގައި ބުނެލިއެވެ. ލީވާނަށް ބޯ ހޫރާލެވުނެވެ. ޒަވިއަންގެ އަނގައިން އެރުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަން އޭނާ ދަނެއެވެ. ދެން އެ ސޮރު އުޅުނީ ދަތުރަށް ތައްޔާރުވާށެވެ. އޭނާ އެ މަސައްކަތަށް ފަރިތަކަމުން ވެސް މިއީ އެތައް ފަހަރަކު ކޮށްފައިވާ ކަމެއްކަން ހާމަވެއެވެ.

ކެބިންގައި ކޭސް ދިރާސާކުރަން އިން އަރީން ސިހުނީ އޭނާގެ ފޯނު ރިންގުވާން ފެށުމުންނެވެ. ލަސްނުކޮށް އޭނާ ފޯނު ނެގިއެވެ. “ހައި ލިލީ. އައިމް ފައިން. ވަޓް އެބައުޓް ޔޫ؟” ޖަވާބުދާރީ ވަމުން އަރީން ވާހަކަދެއްކީ އިނގިރޭސިންނެެވެ. ލިލީ އަކީ އޭނާ ޓޮރޯންޓޯގައި އުޅުނު އިރު ދިމާވި އެކުވެރިއެކެވެ. ކެނެޑާގެ ލޯވް ފާރމެއްގައި މަސައްކަތް ކުރިއިރު އޭނާގެ ޕާޓްނަރެވެ. އެ ތަންތަނުގައި ލިބޭ ކޭސްތައް ބޮޑެތި ވެފައި ނުރައްކާތެރިއެވެ. އެހެނަސް އަރީންގެ ކުޅަދާނަކަމާއި ވިސްނުން ތޫނު ކަމުގެ ސަބަބުން އެންމެ ދެ އަހަރު ދުވަހުގެ ތެރޭގައި ވެސް ސާޅީސް ކޭސް ކާމިޔާބު ކުރިއެވެ.

“އާރ ޔޫ ފްރީ ދިސް ފްރައިޑޭ؟ އައިމް ގެޓިން މެރިޑް.” އަރީން އެއްވެސް އަސަރެއް ނެތް ގޮތަކަށް ބުނެލިއެވެ. “ވާޓް. ގެޓިން މެރިޑް؟ ޓު ހޫމް؟ ހައު ސޯ ފާސްޓް؟ ޑިޑް ޔޫ ގައިސް ޑޭޓް ބިފޯރ. ގާލް! އައި ތޯޓް ވީވާރ ބެސްޓީސް. ޔޫ އޯވް މީ ޑިނާ. އައިމް ޑެފިނިޓްލީ ފްރީ ފޯ އިޓް.” ފަތިފައްޗަށް ލިލީ ބަސްތައް އަމުނާލި ގޮތުން ނުހޭން އިން ނަމަވެސް އަރީނަށް ހެވިއްޖެއެވެ.

“ބޭބީ ގާލް. އަހަރެންގެ ޒެވް ބިޒްނެސް ޓްރިޕަކަށް މާދަން ދޭ. މަށަށް ނިކަން ސަޅި މޭކް އޯވާ އެއް ދީބަލަ.” ޔޫ ސްޓައިލްސް އެންޑް ސްޕާ އަށް ވަދެގެން ދިޔަ ޒުވާން އަންހެން ކުއްޖާ ތުއި އަޑަކުން ބުނެލިއެވެ. “ހޫމް. އިހަށް މަޑުކުރޭ. އަދި ދެ ކަސްޓަމަރުން އެބަތިބި.” ޔޫލީން ރައްދުގައި ބުނެލިއެވެ. “މަށަކަށް ނެތް މަޑުކުރެވޭކަށް. އަވަސްކުރޭ.” ޝައުލާ ރުންކުރު ގޮތަކަށް އަމުރުކޮށްލިއެވެ. “ކެތްލައްވައިގެން މަޑުން ހުރޭ. އަހަރެންގެ ކަސްޓަމަރުން ޝަލް އަށް ވުރެ އިސްވާނެ.” ޔޫލީން ދެލޯ އަޅާލަމުން ބުނެލިއެވެ.

“މިހާރު ނިމިއްޖެތަ؟” ދެކޮޅަށް ހިނގަމުން ދިޔަ ޝައުލާ އަށް ފާއިތުވެގެން ދިޔަ ވިހި މިނެޓު ހީވަނީ ދެ ހަފްތާ އަށް ދިގުދެމިގެން ދިޔަ ހެނެވެ. “އާން. ދެން އާދޭ. ކޮންކަހަލަ ގޮތެއް ހަދަންވީ.” ރާޅުބާނި ގޮތެއް ހުރި ޝައުލާގެ މުށިކުލަ ޖެއްސިފައިވާ އިސްތަށިގަނޑުގައި ޔޫލީން އަތް ހިންގާލިއެވެ. “ފަންކޮށްލައިފައި ކަޅު ކުރޭ. ދެން ބޭނުމީ ދަނބު ކުލައިގެ ހައިލައިޓްސް.” ޝައުލާ އޭނާގެ ފޯނުން ފޮޓޯއެއް ދައްކާލިއެވެ. “މިހާރު ދިހަ ވަރަކަށް އަހަރު ވެދާނެ ކަންނެ ޝަލް ޒެވް އާއި އަޅައިގަނެގެން އުޅޭތާ. އަދިވެސް މޫވް އޮން ކުރާކަށް ނުވޭތަ؟” ޔޫލީން އޭނާގެ މަސައްކަތް ފަށަމުން ބުނެލިއެވެ.

“ނޫނޭ. އަހަރެންނަށް ޒެވް ނުލިބެނީހެން ހުއްޓައެއް ނުލާނަން. ޔަލާ އަކަށް ނުވިސްނޭނެ. ޙަޤީޤީ ލޯތްބެއް ވެވޭނީ އެންމެ ފަހަރަކު. ހީޒް ރިޗް އެންޑް ހޮޓް. ނައު ވެސް ހުސްހަށިބަޔަށް އެ ހުންނަނީ އޭނާގެ ލޯބި ސެން ނުލިބޭތީ. މަޝްހޫރު ލަވަކިއުންތެރިޔާ ނައު އަށް ޓަކައި ފިދާވާން މިހާރު ވެސް ކިތައް ސަތޭކަ ފިރިހެނުން އެބަތިބި؟ އެހެނެއް ކަމަކު އެއިން އެއްވެސް މީހަކަށް އެ ކަހަލަ ފުރުސަތެއް ދިން ތަ؟” ޝައުލާ ހުއްޓާލީ ވަރުގަދަ ރައްދެއް ދީފައެވެ. “ހޫން. ދެން ހެވޭ. މި ފަހަރު ތިކަން ވޭތޯ ބަލާ.” ޔޫލީން ތުން އަނބުރާލަމުން ބުނެލިއެވެ.

ހެނދުނުގެ ވަގުތެވެ. އެއާޕޯޓުގެ ބިޒްނެސް އޭރިޔާގައި ގަޑިއަށް ނަޒަރު ހުއްޓާލައިގެން ހުރި ޒަވިއަން އިންތިޒާރު ކުރަމުން ދިޔައީ ބޯޑިން ވާން ޖެހޭނެ އިރަކަށެވެ. އެންމެ ފަހުން އެ ކަމަށް ގޮވާލުމުން ޒަވިއަން އަވަސް ފިޔަވަޅުތަކެއްގައި އެ ދިމާލަށް ދިޔައެވެ.

ފަސްޓް ކުލާހުގެ ސީޓެއްގައި ހަމަޖެހިލަމުން ޒަވިއަން ދެލޯ މަރާލިއެވެ. ލީވާން ގޮސް އިށީނީ ޒަވިއަނާއި ޖެހިގެން ހުރި ސީޓުގައެވެ. ފުލައިޓު ވައި މައްޗަށް އުފުއްލާލުމުން ލީވާން އުޅުނީ ސްކްރީނުން ފިލްމެއް ބަލާށެވެ. އެ ވަގުތު އެ ތަނަށް އައިސް ހުއްޓުނީ ކެބިން ކުރޫގެ އަންހެން ކުއްޖެކެވެ. އޭނާ ލައިގެން ހުރި ގަޔަށް ބާރު ކެބިން ކުރޫ ޔުނިފޯމް އިރައިގެން ނުގޮސް ހުރި ކަމެވެ. އަރައިގެން ހުރި ދިގު ކަށިލީ ފައިވާނުގެ ސަބަބުން ކުޑަކޮށް ދިގު ކަމަށް ދައްކައެވެ. މޫނުގައި ކޮށްފައިވާ ގަދަ މޭކަޕުގެ ސަބަބުން ސިފަ ވަކި ކުރަން ދަތި ވާހާ ވެއެވެ.

“ސަރ. ކޮން އެއްޗެއް ކާން ބޭނުމީ؟” ތޫލި އަޑަކުން ޝައުލާ ވާހަކަ ދެއްކި ގޮތުން ބޮލަށް އުނދަގޫވެގެން ޒަވިއަނަށް ދެލޯ ހުޅުވާލެވުނެވެ. ޝައުލާގެ ސޫރަ ފެނުމުން އޭނާގެ ލޭ ހޫނު ވެއްޖެއެވެ. “ދުރަށް ދޭ. މަ ބޭނުމެއް ނޫން އެކައްޗެއް ވެސް.” ރުންކުރު ގޮތަކަށް އެހެން ބުނެފައި ޒަވިއަން އޭނާގެ މޫނު އަނެއް ފަރާތަށް ޖެހިއެވެ. “ކަމް އޯން ޒެވް. އެންމެ ފަހަރަކު ވިޔަސް އަހަރެންނަށް ފުރުސަތެއް ދީބަލަ.” ޝައުލާ ޒަވިއަންގެ އަތުގައި ހިއްޕެވެ. “މިތަނުން ފެއްސިގެން ދާށޭ ބުނެފިން ދޯ.” ޒަވިއަން ޝައުލާގެ އަތް ފޮޅުވާލިއެވެ. އެހެނަސް ޝައުލާ ހުރީ އެހާ ފަސޭހައިން ބަލި ޤަބޫލު ކުރާނެ ކަހަލަ ގޮތަކަށް ނޫނެވެ.

“އޭނާ ދޫކޮށްބަލަ. ހީޒް އެންގޭޖްޑް.” ލީވާން އެންމެ ފަހުން ބުނެލިއެވެ. އެއާއި އެކު ޝައުލާ ހުއްޓުން އަރައިފިއެވެ. “ދޮގެއް. ބުނޭ ތިއީ ދޮގެކޭ. މަ ނޫން އެކަކަށް ވެސް ޒެވް ލިބިގެން ނުވާނެ. ކޮން އެއްޗަކާ އިންނަންތަ ތި އުޅެނީ؟ މަ ތިކަން ހުއްޓުވާނަން.” ލީވާންގެ ރައްދު އަހައިފައި ޝައުލާ ހަމައިން ނެއްޓި ކަހަލައެވެ. އޭނާގެ އަޑު ގަދަ ވާން ފެށުމުން ޒަވިއަން ކެބިންކުރޫގެ އިމަޖެންސީ ބަޓަނަށް އޮބާލިއެވެ. އެ ވަގުތު އެ ތަނަށް އެހެން ދެ ކެބިންކްރޫގެ މުވައްޒަފުން ޝައުލާގެ އަތުގައި ހިފާ އެ ތަނުން ނެރުނެވެ.

“މަންމާ! އެނގޭތަ؟ އަޅުގަނޑަށް ފުރަތަމަ ދުވަހުންވެސް ކްލައިއެންޓެއް ލިބިއްޖެ. އެ ކްލައިއެންޓު އަންހެން ކުއްޖަކު ރޭޕް ކޮށްލާ މަރާލި ކަމަށް ތުހުމަތު ކުރީ އެކަން ކުރި ކަމަށް ބެލެވޭ ޕްރައިމް ސަސްޕެކްޓް. އެ ސަސްޕެކްޓަކީ ޑްރަގް އެޑިކްޓެއް. ވަރަށް ފަސޭހައިން ކާމިޔާބު ކުރެވޭނެހެން ހީވަނީ.” ހެނދުނުގެ ސަޔަށް އިންސާފު ކުރަން އިން އަރީން ބުނެލިއެވެ. “އެހެން އެހާ ފަސޭހައަކުން ގޮތެއް ނުނިންމިދާނެއްނު. އަސްލު ސަސްޕެކްޓަކީ ރީއްކޮގެ ކްލައިއެންޓަށް ވެސް ވެދާނެ. ދަރިފުޅު ވާނެ އަސްލު ޙަޤީޤަތް ހޯދައިފަ ކޯޓުގައި ތެދުބަހުން ވާހަކަ ދައްކަން.” ޔަނާލް ރައްދުގައި ބުނެލިއެވެ. އަރީނަށް އެ ބުނި އެއްޗަކާއި މެދު ވިސްނާލެވުނެވެ.

ކެއުމަށް ފަހު ލޯވް ފާރމަށް ދިޔަ މަގުމަތީގައި ވެސް އޭނާ އަށް ވިސްނެމުން ދިޔައީ ޔަނާލް ދެއްކި ވާހަކަ އާއި މެދުގައެވެ. އޭނާގެ ކެބިނަށް ވަދެވުމާއި އެކު ޝަހުދު ދިން ހެއްކާއި ޤަރީނާގެ ބައިތައް އަލުން ނަގައި ބަލަން ފެށީ ވެސް އެހެންވެގެންނެވެ. އެހެނަސް އޭނާއަށް އެއިން އެކައްޗަކާއި މެދު ވެސް ޝައްކުގެ ނަޒަރަކުން ބަލައިލެވޭނެ ގޮތެއް ނުފެނުނެވެ. ކޮންޕިޔުޓަރުން ވީޑިއޯ ކްލިޕްތައް ބަލަން އިނދެފައި އޭނާ އަތުގައި އޮތް އޮޓޮޕްސީ ރިޕޯޓަށް ނަޒަރު ހިންގާލިއެވެ.

“ކްލިޕްތަކުގައި މައްސަލައެއް އުޅޭންޏާ ހެކަރަކަށް އެނގޭނެ.” ވައި އަޑުން އަރީނަށް ބުނެލެވުނެވެ. އެ ކަން ކުރަން އެނގޭ މީހަކު ހޯދާކަށް ފަސޭހައެއް ނުވާނެއެވެ. އެހެން ވިސްނުމަކަށް ގެއްލިފައި އިންދާ އޭނާގެ ހަނދާނަށް އައީ މީގެ އަހަރުތަކެއް ކުރިން އަޒާޔާ ބުނި ވާހަކައެކެވެ. ދަންނަ ހެކަރެއްގެ ވާހަކައެވެ. އެހެނަސް އޭނާގެ ނަންބަރު ހޯދާނީ ކިހިނެއް ކަމާއި މެދު އެ ހިތުގައި ވަނީ ސުވާލު އުފެދިފައެވެ. ގަައިމުވެސް ޒަވިއަނަށް ގުޅާކަށް ނުކެރޭނެއެވެ. އޮތީ އެންމެ ގޮތެކެވެ. ސުމައްޔާ ލައްވާ އެ ނަންބަރު ހޯދުމެވެ.

“ރީނޫ ލޯބީ. ކީއްތަވީ؟” ސުމައްޔާ ފޯނު ނަގައިފައި ބުނެލިއެވެ. “އޭ ކަލޯ. ތިކަމެއް ނުވާނެ. މިހާރު ވެސް އެ ސޮރާއި މޫނުކެނޑިފަ މި ހުންނަނީ. އައި ހޭވް އިންޓެސް ލެވެލް އޮފް ބީފް ވިތް ހިމް.” އަރީންގެ ވާހަކަ އިވިފައި ސުމައްޔާ އަނގަޔަށް ގޮތެއް ހަދާލިއެވެ. “ހޫން. ދެން ހެވޭ ތިޔަ ވަރަށް އާދޭސް ނުކުރިޔަސް.” ސުމައްޔާ އެންމެ ފަހުން އެއްބަސް ވިއެވެ. ފޯނު ޖީބަށް ލަމުން އޭނާ ގޮސް އިޙުސާނުގެ ކެބިނަށް ވަނެވެ. ހުއްދަ ހޯދަން ހިތަށް ވެސް ނާރާ ފަދައެވެ.

“މިހާރު ކީއްވީ؟” ސުމައްޔާ އައިސް އިޙުސާނު އިން މޭޒު ކުރިމަތީގައި ހުއްޓިލުމުން އެ ސޮރު އެއްބުމަ އަރުވާލިއެވެ. “ލީވާންގެ ނަންބަރު ލިބޭތޯ” ސުމައްޔާ ދުރު ބަލައިލީ އެ ކަހަލަ ތާކުންތާކު ނުޖެހޭ ސޮރަކާ ހަތަރު ކަޅި ހަމަކޮށްލަން ބޭނުން ނުވާތީއެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ. ސުމައްޔާގެ އެދުމުން އިޙުސާނުގެ ހިތުގައި ޙަސަދައިގެ ހުޅުކޮޅެއް ރޯވެއްޖެއެވެ.

“ނޫން. އެ ކަހަލަ ޕާރސަނަލް ނަންބަރެއް ހިއްސާއެއް ނުކުރެވޭނެ. އެނބުރި މަސައްކަތަށް ދޭ ބަލަ.” އިޙުސާނު އަޅާލުން ކުޑަ ގޮތަކަށް ބުނެލިއެވެ. ސުމައްޔާ ދަތްކުނޑި ވިކާލައިފައި އިޙުސާނު އިށީނދެ އިން ގޮނޑީގައި ހިފާ މަގަތަށް އަނބުރާލަމުން އަތްގަނޑުގައި ހިފާލިއެވެ. “ދެން ޕްލީޒް އޭ. މިއަދު ހަވީރު އިއްސޭ އަކަށްނު ރައުންޑިން ޖަހަން ޖެހެނީ. އަހަރެން އެކަން ކޮށްދީފާނަން.” ސުމައްޔާ ގަދަކަމުން ހިނިތުންވެލަމުން ބުނެލިއެވެ. އެއާއި އެކު އިޙުސާނުގެ ދެބުމަ ގާތްވެލިއެވެ. އެހާ ވަރުން ލީވާންގެ ނަންބަރު ހޯދަން ބޭނުންވެގެން އުޅޭތީ އޭނާ ހަމަ ހައިރާންވެއްޖެއެވެ. އެ ނަންބަރު ދޭން އެ ހިތް ދެކޮޅު ހަދައިފިއެވެ.

“އަޅޭ. ދެން ކީއްކޮށްދިނީމަތަ އެ ނަންބަރު ދޭނީ؟” ސުމައްޔާ އަކުރުތަކަށް ދަމާލައިފައި އިޙުސާނުގެ އަތުގައި ހިފާލިއެވެ. އިޙުސާނު ހުރީ ސުމައްޔާގެ ކިބައިން ފެންނަމުން ދިޔަ އެ ތަފާތު ކުލަތައް ތަރުޖަމާކުރަން އުނދަގޫ ވެފައެވެ.

“ނޯ މީންސް ނޯ. އުނދަގޫ ނުކޮށް މަސައްކަތަށް ދޭ.” އިޙުސާނު ސުމައްޔާގެ އަތް ފޮޅުވާލައިފައި ގޮނޑިން ތެދުވެއްޖެއެވެ. ސުމައްޔާ އެ ނަންބަރު ހޯދަން ހަދާނެ ގޮތަކާއި މެދު ވިސްނަން ބޯގާނަ ގާނައިފައި ވަށްކަޅިން އިޙުސާނުގެ ޖީބަށް ބަލައިލިއެވެ. އެއަށްފަހު ކުއްލިއަކަށް އެ ޖީބަށް އަތް ކޮށްޕާލައިފައި ފޯނު ނަގާ ދުރަށް ޖެހުނެވެ.

“ފަތަފޮޅިޔާ ކަލޭ މޮޔަ ވީތަ؟ ގެނޭ މަ ފޯނު.” އިޙުސާނު ސުމައްޔާގެ ފަހަތުން ގޮސް އެ އަތުލާން އުޅުނެވެ. “ބުނޭ މީގެ ޕާސްވޯޑު. ރުހުމުން ނުބުނިއްޔާ މަށަށް އެ ނަންބަރު ހޯދަން ޖެހޭނީ މި ކަހަލަ ގޮތަކަށް.” އިޙުސާނުގެ އަތުނުޖެހޭން އެ ކެބިން ތެރޭގައި އެނބުރެމުން ސުމައްޔާ ބުނެލިއެވެ. “ފަތަފޮޅި ކީއްކުރަންތަ އިލެވެންގެ ނަންބަރު ހޯދަނީ. ދެން ވެސް ތި ފޯނު ދޭންވީއޭ. ކަލެއާ ހިފަން ބޭކާރު ކުރާކަށް ވަގުތެއް ނެތޭ.” އިޙުސާނު ތޫނު ނަޒަރެއް ދެމުން ބުނެލިއެވެ. އެ ސޮރު އެ ކޯޑު ނުބުނާނެކަން ޔަޤީންވުމުން ސުމައްޔާ ވިސްނަން ފެށީ އެ ސޮރުގެ ފިންގަރ ޖައްސާނެ ގޮތަކާއި މެދުގައެވެ. އެ ވިސްނުމަށް މޮޅު ޚިޔާލެއް އައުމުން އޭނާ ސޯފާ އާއި ދިމާލަށް ދިޔައެވެ.

ސުމައްޔާ ކުއްލިއަކަށް ހުރެފައި އިޙުސާނުގެ އަތުގައި ހިފާ ސޯފާ މައްޗަށް ވައްޓާ ގަންނަވާލަމުން އެ ސޮރުގެ އިނގިލި ސްކްރީނުގައި ޖައްސާލިއެވެ. ފޯނު ހުޅުވުމުން ސުމައްޔާގެ މޫނުމަތީގައި ދުވެލީ ފަތަޙައިގެ ހިނިތުންވުމެކެވެ. އިޙުސާނު ސުމައްޔާގެ މަޤްސަދު ހާސިލު ވިޔަކަ ނުދޭން ސުމައްޔާގެ އަތުގައި ހިފާ އޭނާގެ ގައިމައްޗަށް ވައްޓާލަމުން ހިރިނުލެވޭ ވަރަށް ހިފަހައްޓާލިއެވެ. ސިހިފައި ސުމައްޔާ އަށް ދެލޯ ބޮޑު ކޮށްލެވުނެވެ. ނޭވާ އިޙުސާސްވާހާ ގާތުން އިޙުސާނުގެ ފުން ދެލޯ ފެނި އެސްފިޔަ ޖަހާލަން ވެސް ސުމައްޔާ ހަނދާން ނެތުނު ކަހަލައެވެ. އިޙުސާނުގެ ދެލޮލުގައި މި ވަގުތު ވަނީ ސަމާސާގެ ކުލަވަރެއް ނޫން ކަން އެނގުމުން ސުމައްޔާ ފާޑަކަށް ހާސްވިއެވެ.

“ރީން… ރީން ބުނެގެންނޭ. އެ ވަރުގެ ކަމަކާ ތިޔަހާ ރުޅި އަންނަން ޖެހޭތަ؟” ސުމައްޔާ ދެލޯ މަރާ ތަގުޅިކޮށްލަމުން އެހެން ބުނެލީ އިޙުސާނު އެހެން ހުރެފައި ކޮށްލާނެ ކަމެއް އަންދާޒާ ކޮށްލަން ދަތިވުމުންނެވެ. ސުމައްޔާ އަށް މި ވީ ގޮތުން އިޙުސާނުގެ ގާތަށް އައިސްފައިވާ ރުޅި ހަވަޔަށް އަރައިގެން ދިޔަ ކަހަލައެވެ. އޭނާއަށް މި ކުރެވުނީ ކިހާ ވަރެއްގެ ކަމެއްކަން ރެއަކާ ލުމުން އަމިއްލަ ނަފްސާއި ވެސް ސުވާލު ކޮށްލެވިއްޖެއެވެ. ސުމައްޔާ އެހެން ފިރިހެނެއްގެ ނަންބަރު ހޯދަން އުޅެގެން އޭނާ ހިތްހަމަ ނުޖެހެންވީ ކީއްވެގެން ހެއްޔެވެ؟ އެއީ އަރީންގެ އެދުމަކަށް ކުރާ ކަމެއް ކަން އެނގުމުން އެ ހިތަށް ފިނިކަން ލިބެންވީ ކީއްވެގެން ހެއްޔެވެ؟

އިޙުސާނު ސުމައްޔާގެ ގައިގައި ވަށާލެވިފައިވާ އަތް ނައްޓާލުމުން އެ ކޮއި ފުންމައިގެން ތެދުވެއްޖެއެވެ. “ނަންބަރު މެސެޖަކުން ފޮނުވާލަދީ. ޕްލީޒް.” އާދޭހުގެ ނަޒަރެއް ދީފައި ސުމައްޔާ އެ ކެބިނުން ނުކުމެގެން ދިޔައީ ދުން ޖަހައިފައި ކަހަލަ ގޮތަކަށެވެ. ގޮސް ގޮނޑީގައި އިށީނދެފައި އޭނާ ފުން ނޭވާއެއް ލިއެވެ. ފޯނަށް ނޮޓިފިކޭޝަނެއް އައި އަޑު އިވުނީ ދެނެވެ.

އަރީނަށް ލީވާންގެ ނަންބަރު ލިބުމާއި އެކު މަސައްކަތް ކުރީ އެ ސޮރަށް ގުޅާށެވެ. އެހެނަސް ގުޅޭ ސަރަހައްދުން ބޭރުގައޭ ބުނަމުން ދާތީ އޭނާއަށް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. ދެން އުޅުނީ ވަޓްސްއަޕުން ގުޅޭތޯއެވެ. އެ ވަރުން ވެސް ލީވާން ފޯނު ނަގާކަށް ނޫޅުނެވެ. އެންމެފަހުން އަރީން ހުއްޓާލީ ބްރޭކް ގަޑި ޖެހުމުންނެވެ. މާޔޫސް ވެފައި ހުރެ އޭނާ އެ ތަނުން ނުކުމެގެން ދިޔައެވެ.

އަރީން ލުއި އެއްޗެއް ކާލުމުގެ ނިޔަތުގައި ވަދެލީ ކައިރީގައި ހުރި ކެފޭ އަކަށެވެ. އެތަނުގައި އެއްވެސް ހުސް މޭޒެއް ނެތުމުން ގަތް ފިނި ބުއިމާއި ސޭންޑްވިޗް ހިފައިގެން އޭނާ އުޅުނީ ބޭރަށް ނުކުންނާށެވެ. އޭނާއަށް ހުއްޓެވުނީ ޝައިނާ ގޮވާލި އަޑު އިވުމުންނެވެ. އެއަށްފަހު އަރީން ގޮސް ޝައިނާ އިން މޭޒު ދޮށުގައި އިށީނެވެ. ކެއުމުގެ ތެރެއިން ވެސް އެ ދެމީހުން ވަރަށް ގިނަ ވާހަކަ ދެއްކި އެވެ. ކައި ނިމިގެން އަނބުރާ ލޯވް ފާރމަށް ދިޔައީ ވެސް ދެ މީހުން އެކުގައެވެ.

އުޒްބެކިސްތާނުން ބިން ގަނެ ހުރިހާ ލިޔެކިޔުންތަކެއް ފުރިހަމަ ކުރުމަށްފަހު ޒަވިއަން މެންނަށް އަނބުރާ ހޮޓެލަށް އާދެވުނު އިރު ނުވައެއް ޖަހައިފިއެވެ. ލީވާން އޭނާގެ އަމިއްލަ ފޯނުން ފްލައިޓް މޯޑު އޮފްކޮށްލީ އެއަށްފަހުއެވެ. އެއާއި އެކުހެން އޭނާގެ ފޯނަށް ފުލުފުލުގައި ނޮޓިފިކޭޝަންތައް އައެވެ. އޭނާގެ ލޮލުގައި އަޅައިގަތީ ވަޓްސްއަޕުން އައިސްފައިވާ ތިރީހެއްހާ މިސްކޯލެވެ. އެވެސް އަދި ސޭވް ނުކުރާ ނަންބަރަކުންނެވެ.

ލީވާން އޭނާ އަށް ޚާއްޞަ ކުރެވިފައިވީ ކޮޓަރިއަށް ވަދެވުމާއި އެކު ވަޓްސްއަޕުން އެ ނަންބަރަށް ގުޅާލިއެވެ. ދެތިން ފަހަރަކު ރިންގުވެލުމަށް ފަހު ފޯނު ނަގައިފިއެވެ. “ތިއީ ކާކު؟ ކީއްކުރަން އަހަރެންނަށް ގުޅާ މީހެއް؟” ލީވާން ގޮސް ގޮނޑިއެއްގައި އިށީނެވެ.

ޑިޔުޓީ ނިންމާލައިފައި އަރީން ގެއަށް އައިސް ވަން ވަގުތެވެ. އޭނާގެ އަތުގައި އޮތް ފޯނު ރިންގުވާން ފެށިއެވެ. ކޯލާރ އައިޑީ ފެނުމުން އެ ދެލޯ ވިދައިގަތެވެ. ފޯނު ނަގައި ކަންފަތުގައި ޖަހަމުން ކޮޓަރިއަށް ވަނެވެ. ލެޕްޓޮޕް ދަބަސް ގޮނޑިއަށް ލައިފައި އޭނާ ވާހަކަ ދައްކަން ފެށިއެވެ. “މިއީ އަރީން އަފްޒަލް. މި…. ޒަ…ޒަވިއަން އިންނަން އުޅޭ ކުއްޖާ. ކުޑަ ކަމަކު އެދެން މި ގުޅާލީ.”

ލީވާނަށް އަރީން ވާހަކަ ދެއްކި އަޑު އިވުމުން ހައިރާންވިއެވެ. ޒަވިއަނަށް ނުގުޅާ އޭނާއަށް ގުޅާނީ ކޮން ކަމަކު އެދެން ބާއޭ އޭނާގެ ހިތަށް އެރިއެވެ. “މި ފަހުން އަހަރެން ޙަވާލުވި ކްލައިއެންޓެއް ދިން ސީސީޓީވީ ފުޓޭޖްތަކެއް ހެކްކޮށްގެން ވިޔަސް އޮތެންޓިކް ތޯ ބަލާލަދޭންވީ.” އަރީންގެ ވާހަކަ އަހައިފައި ލީވާން ގޮތަކަށް ހުއްޓުން އެރިއެވެ. ދޭނެ ޖަވާބެއް ނޭނގި ހުއްޓުން އަރައިފައި އިނދެވުނީ އެހެންވެގެންނެވެ.

އަރީން ލީވާންގެ ނަމުން ގޮވާލުމާއި އެކު އެ ސޮރަށް ހަމަބިމަށް އާދެވުނު ކަހަލައެވެ. “ކްލިޕްތަކާއި އެ އާއި ގުޅޭ ހުރިހާ ތަފްސީލެއް ފޮނުވާލާ. އޭރުން އެކަން ކޮށްދެވިދާނެ.” ލީވާން އެންމެފަހުން އެއްޗެއް ބުނެލިއެވެ. “އަދި އެއް ކަންތައް. ޒަ… ޒަވް… ޒަވިއަން ގާތު އަހަރެންގެ ވާހަކަ ނުބުނައްޗޭ.” އަރީން ތުރުތުރު އަޅަމުން ދިޔަ އަޑަކުން ބުނެލިއެވެ. ލީވާން އެކަމަށް އެއްބަސް ވަމުން ފޯނު ކަނޑާލައިފިއެވެ. އަރީން ޒަވިއަންގެ ނަން ކިޔަން ވެސް ޖެހިލުންވީ މިންވަރު އިޙުސާސްވުމުން ހިތާހިތުން ޒަވިއަނަށް އަޑުލެވުނެވެ. ގާތް އެކުވެރިޔަކަށް ވިޔަސް ގޯސް ކަމެއް ވާނީ ގޯސް ކަމަކަށެވެ. ދެރައީ އޭނާގެ ކިބައިގައި ޒަވިއަން ހަމަ މަގަށް އެޅުވޭނެހާ ބާރު ނެތުމުންނެވެ. އަރީންގެ ވާހަކަ ނެގިޔަސް އެ ސޮރު ހީވާނީ ތަނެއް ބިމާ ހަމަކޮށްލަފާނެހެންނެވެ.

އަރީން ބުނި މަސައްކަތް ކޮށް ނިންމާލުމަށް ފަހު ލީވާން އެއްޗެހިތަކެއް އަރީނަށް ފޮނުވިއެވެ. އެ މަސައްކަތުގެ ތެރެއަށް އެހާ ވަރަށް ފީނައިގަނެވުމުން ނިމުނީ ވަރަށް ލަހުންނެވެ. ލަސްކަމުން ދަންވަރު ބާރަ ޖަހައިގެން ގޮސްފިއެވެ. ލީވާން އޭނާގެ ޚާއްޞަ ލެޕު ނިވާލައިފައި ވަނީ ފާޚާނާ އަށެވެ.

ލީވާންގެ ޖަވާބަކަށް އިންތިޒާރުކުރަން ލޮލުފިޔަ ޖަހާ ނުލާ އަރީން އިނެވެ. ބުނާ ކަހަލައެވެ. އެ ކްލިޕްތަކުގެ ސައްޙަކަން ކަށަވަރުކޮށްފައި މެނުވީ މިރޭ ނުނިދާނަމެވެ. އޭނާގެ އިންތިޒާރަށް ނިމުމެއް އައީ ބާރަ ގަޑި ސާޅީސް ފަހެއް ވުމުންނެވެ. އެ ހިތް ނުބައި ގޮތަކަށް ތެޅިލީ ލީވާން ފޮނުވި މެސެޖު ފެނުމުންނެވެ. އަތް ތުރުތުރު ލަމުން ދިޔަ ޙާލު ލީވާން ފޮނުވި ކްލިޕްތަކުން ފުރަތަމަ އެއްޗަށް ކްލިކްކޮށްލިއެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

މިހިތައް ލޯބިދޭށޭ – 03 ބައި

Next

މިހިތައް ލޯބިދޭށޭ -05 ވަނަ ބައި

Next
November 26, 2025

މިހިތައް ލޯބިދޭށޭ -05 ވަނަ ބައި

Previews
November 25, 2025

މިހިތައް ލޯބިދޭށޭ – 03 ބައި

20 Comments!

  1. Shiu says:
    November 26, 2025 at 12:57 pm

    Mi part vx varah Reethi Masha Allah.
    Shahudhu kanneynge dhw ekujja R*pe kollee? 🧐 E kujjaa akee Azaya ah vedhaane baa???? 🤔 Reen ah e clip thakun fennaany koacheh baa ??Hus vx javaabu neyngey suvaalu thah 😅
    Shaula Adhi vx Zavian fahathun dhw!? Kihaa dhera kameh, Anekka Reen aaa marry kuraa Kan enguneema ekujja fakeerah kameh nukollaifiyya vaa rangalhu 😒
    Ihusaanoooo, just except the fact that your in love with Sumeee 🙏😅
    Appreciate your hard work 💪
    Curiously waiting for the next part.
    Lysm White Rose 🤍

    1. White rose White rose says:
      November 26, 2025 at 2:13 pm

      Thi hurihaa suvaalehge javaabu hoadhan kuriah oiy baithakah inthizaaru kohlaa.
      Shaula maa bodah obsess vefa ehnu.
      Ihusaanu ekan gaboolukuraakah hama noolhey dhw ekm.
      Shukran Shiu ✨✨
      Lyt darl 💕💕

  2. Anonymous says:
    November 26, 2025 at 12:59 pm

    I think the clips are all fake and Reens client is the actual suspect. Well written ☺️
    Whn nxt????

    1. White rose White rose says:
      November 26, 2025 at 2:14 pm

      Let’s see if ur theory is true or not.
      IA next Friday ga submit kohlaanan.
      Shukran Anonymous ✨✨

  3. onlyy fan of ashuu says:
    November 26, 2025 at 1:39 pm

    OMGGG FAHKKAAAA … VRRH KIYAAAAHIY VEYYY .. PLSSS AVAHAH UPP KURAHCHEYY.. MASHA ALLAH U HAAADHA MOLHEYYY… MY FAVOURITEE AUTHORRRRRRRRRRRRRRR … MMMWWHHH

    1. White rose White rose says:
      November 26, 2025 at 2:17 pm

      I’ll submit this Friday IA, stay tuned.
      Awnn, so happy abt this comment. Shukran onlyy fan of ashuu ✨✨

  4. BIGGGGGGGG HUGE FANNN says:
    November 26, 2025 at 1:41 pm

    FRIEND GRP HADHAIGENNN MIHAARU MI VAAHAKA AH INTHIZAARU KUREVEYYYYYY

    1. White rose White rose says:
      November 26, 2025 at 2:18 pm

      Ouhh, glad to hear that. Shukran BIGGGGGGGG HUGE FANNN ✨✨

  5. Nai_73 says:
    November 26, 2025 at 2:11 pm

    Masha Allah haadha Haa vaa reehchey hama bunaane ehcheh ves neynge I am very speechless anyways Huss Javaabu nulibey suvaalu anehka leevaan e fonuvi clipp thakuga hury Koncheh baa??? 🤔 azaya rape kohlee Kaaku kan reen ah ingeyne baa?? Alheyyy shaula keehvegen tha zavian fahathun nunehtigen eulheny huhh😤😡 reen and zev marry kuraakan Ingenya shaula Kihineh baa hadhaane?? Anyways vrhhh vrhhh reethi patiently waiting for the next part when’s next?? You are a talented author keep it up 🤞😊
    Lyyy 😘

    1. White rose White rose says:
      November 26, 2025 at 2:26 pm

      Hehe, kuriah dhaa varakah ithurah curious kureveny dhw.
      Sad truth is Azaaya died 7 years ago, so the girl can’t be her 😔😔😔
      Shaula ge nurahkka bodu vejje dhw.
      IA mi Friday ga submit kohlaanan.
      Shukran Nai_73 ✨✨
      Lyt darl 💕💕

  6. 🧡🍃 says:
    November 26, 2025 at 3:06 pm

    Could you add a new character called “Alooka”?

    1. White rose White rose says:
      November 26, 2025 at 4:48 pm

      I’m sorry but I don’t think I can meet that request 😞😞
      All the character plans are done and names are decided.
      Shukran 🧡🍃

  7. Alaika_22 says:
    November 26, 2025 at 11:13 pm

    Mi part ves Vrh Reethi….. Curiously waiting for next……
    Ihsaan and sumee ah adhi loabi veveyne……. 😂

    1. White rose White rose says:
      November 27, 2025 at 6:21 am

      Shukran Alaika_22 ✨✨

  8. Kiara says:
    November 29, 2025 at 5:06 pm

    Kobaaa aneh EP up kohdheeba bbg

    1. White rose White rose says:
      November 29, 2025 at 5:42 pm

      I’ve submitted Thursday night ga 😭😭😭
      Adhives pending ga.
      Shukran Kiara

  9. Krystal says:
    November 29, 2025 at 5:08 pm

    Mi vhk ah baraabarah comment nukuriyas mi vhk gavaidhun alhugandu kiyan .. love how it’s going .. 💕 keep up the good work darla

    1. White rose White rose says:
      November 29, 2025 at 5:43 pm

      Ouhhh, so so happy to hear that ☺️☺️
      Shukran Krystal ✨✨

  10. Bro says:
    November 29, 2025 at 6:35 pm

    Still pending??

    1. White rose White rose says:
      November 29, 2025 at 7:46 pm

      Mihaaru ebain upload vefa
      Shukran Bro ✨✨

Comments are closed.

Next Episodeދެވުނީ ވޭނޭ 20←


All Right Reserved!