އިޙުސާނުގެ އަމަލުތައް ހުރި ގޮތުން އެ ވަޅި އޭނާގެ މެޔަށް ހެރެން ދެން ނަގާނީ ސުކުންތު ކޮޅެކެވެ. ސުމައްޔާގެ އަތް ތުރުތުރު އަޅަން ފަށައިފިއެވެ. އެހެންނަމަވެސް އެ ވަޅިން ދޫކޮށްލާކަށް ނުވިސްނައެވެ. އިޙުސާނު މިކަހަލަ މޮޔަ ކަމެއް ކޮށްފާނެ ކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ. އެހެނަސް އެއީ ގޮތުގައި ސާބިތުވެ ހުންނާނެ އަންހެން ކުއްޖެއް ކަން ދައްކާލަން ބޭނުންވިއެވެ. މި ވަގުތު ސުމައްޔާގެ ސިކުނޑީގެ ހިނގުން ހުއްޓިފައި ހުރި ކަހަލައެވެ. އިޙުސާނު މެޔަށް ވަޅި ހެރެން އުޅެނިކޮށް […]
އިރުގަނޑެއް ވަންދެން ސޯފާގައި އޮވެފައި ނާއިލް ތެދުވެއްޖެއެވެ. ކޮޓަރިން ވެސް ނުކުމެފައި އޭނާ ގޮސް ވަނީ ބައްޕަގެ ކޮޓަރިއަށެވެ. ނާއިލްގެ ކޮޓަރިއަށް ވުރެ އެތައް ގުނައެއް ހައިބަތު ބޮޑު އެ ކޮޓަރީގައި އެކަކު ވެސް ފެންނާކަށް ނެތެވެ. ނާއިލް ވަކި ހިސާބަކަށް ހިނގައިފައި ދިޔަ ތަނާ އޭނާގެ ފިޔަވަޅުތައް ހުއްޓާލަން މަޖުބޫރުވިއެވެ. އެހެނަސް އަނެއްކާވެސް ފަޔަށް ބާރުލައިފައި ކުރިއަށް ހިނގައިގަތެވެ. ކޮޓަރީގެ ބިއްދޮށު ފާރާއި އަރާ ހަމަވުމުން އެކޮޅުން ދައްކަމުން ދިޔަ ވާހަކަތައް ސާފުވިއެވެ. އެ ދައްކަމުން […]
ސުމައްޔާ ލިފްޓަކަށް އަރައިފައި މައްޗަށް ދާން ނަންބަރު ޖަހާލިއެވެ. ދެން މަސައްކަތް ކުރީ ވީހާވެސް އަވަހަކަށް އޭގެ ދޮރު ލައްޕާލެވޭތޯއެވެ. އެހެނަސް އެ ލެއްޕުނީ އިޙުސާނު އެރި ފަހުންނެވެ. ސުމައްޔާ ތުންފަތުގައި ދަތް އަޅާލިއެވެ. އިޙުސާނު ކުރިއަށް ފިޔަވަޅު އަޅަން ފެށިއެވެ. އެ އަޅާ ކޮންމެ ފިޔަވަޅަކަށް ސުމައްޔާ ފިޔަވަޅެއް ފަހަތަށް އަޅާލައެވެ. އެހެނަސް ލިފްޓެއްގައި އެހެން އަޅާނެ އެހާ ގިނަ ފިޔަވަޅުތަކެއް ނުހުންނާނެތާއެވެ. އިޙުސާނު ހުރެފައި ދެ ފަރާތުން ބިތުގައި އަތް ވިއްދާލައިފައި އެ ދެމެދުގައި […]
އެހެނަސް އެ ތަނުގައި ހުރީ ސިފަ ވަކި ނުވާވަރަށް ނިވާވެގެން ހުރި މީހެކެވެ. އޭނާގެ އަތުގައި އޮތް މިޔަ ތޫނު ވަޅި ފެނިފައި އަރީންގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. އަރީންގެ ހަށްޓަށް އެތެރެވެފައިވާ ފުށްކުނޑީގެ ސަބަބުން ވާހަކަ ދައްކަން ވެސް އުނދަގުލެވެ. އޭނާ ތަނަކަށް ފަރާތަކަށް ޖެހިނުލަނީސް އެ ނުދަންނަ މީހާ އައިސް އަރީންގެ ބަނޑާއި ވީ ހިސާބުން ފުންކޮށް އެ ވަޅި ހަރާލިއެވެ. ދެން އެ ހިސާބުގައި ނަގައިގަތް ޒަވި ދިލަޔަށް ކެތް ކުރަން ވެސް […]
“ބޮޑު ކަމެއްނު. މިހާރު އެއޮށް ގަޑިއިރެއް ވީއޭ. ****! މި އަރީނޭ ކިޔުނު ސުންޕާ އަންހެނާއަށް ވެސް ޖެހިއްޖެ ގޮސް ކުޓުވަން. ދެން އަތު ޖެހިއްޖެއްޔާ ކުޅި ދައްކާލާނަން. އަދި ހިތުން މަށާ ކުޅެލައިފިއެއްނު.” ބިމުގައި ބޫޓުން ތަޅަމުން އޭނާ ހިނގައިގަތެވެ. އަރީނާއި ދިމާލަށް ދުލަށް އައިހާ އަވަގުރާނެއް ގޮވަމުންނެވެ. އެހެނަސް އޭނާއަށް ދެވުނީ ވަކި ހިސާބަކަށެވެ. މީހަކު އޭނާގެ ނޭފަތް މަތީގައި ފޮތިގަނޑެއް އަޅައިފައި ހިފައިގަތެވެ. އޭގައި ހުރި މާއްދާއެއްގެ ސަބަބުން ޝައުލާގެ ހޭވެރިކަން ނެތިގެން […]
“އަޅުގަނޑު އެއްޗެއް ގެންނާކަށް ނުބުނަން.” ގެނައި އިންޓަވަލް ތަށިން ތަރުކާރީ ސެލެޑެއް ކާން އިން އަރީންގެ މޫނު މަތީގައި ވަނީ ވަރުގަދަ ސުވާލު މާކެކެވެ. “މިއީ ބޭބެގެ ފަރާތުން ކޮއްކޮ އަށް ދޭ ކުޑަ ހަދިޔާއެއް. ކޮއްކޮ މިތަނުން އެންމެ ގިނައިން ގަންނަ ބުއިމަކީ މިއެއްނު.” ހިތްހެޔޮކަން އިސްތިހާރު ކުރަމުން އެ ފިރިހެން މީހާ ވާހަކަ ދެއްކިއެވެ. އަރީން އޭގައި ހިފީ މީހަކު އެހާވަރުން އެ ބުއިން ގެނެސްދިނުމުން ބޮލާލާ ޖަހަން ބޭނުން ނުވާތީއެވެ. ސެލެޑު ކައި […]
އަރީން އޭނާގެ މަންމަ މެންނަށް ވެސް ސިއްރުން ގެއިން ނުކުތެވެ. ލިފްޓުން ތިރިއަށް ފައިބައިފައި އޭނާ އެ ޢިމާރާތުން ބޭރަށް ނުކުތެވެ. ފައި މަގުގައި އޭނާ މިސްރާބު ޖެހީ ގެއާއި މާ ދުރު ނޫން ހިސާބެއްގައި ހުރި ހޮޓެލަށެވެ. އަވަސް ފިޔަވަޅުތަކެއް އަޅަމުން ދިޔަ އަރީންގެ ޙަރަކާތްތައް ބަލަން އިތުރު މީހަކު ހުއްޓެވެ. ކަޅުކުލައިގެ މާސްކެއް އަޅާ ހުޑީއަކާއި ޖިންސެއް ލައިގެން ހުރި ޒުވާން ކުއްޖާ ފޯނު ނަގާ ނަންބަރަކަށް ޑައިލް ކޮށްލިއެވެ. އެ ފިރިހެން ކުއްޖާގެ […]
އަރީން އެޕާޓްމަންޓަށް ވަނުމާއި އެކު ފެނުނީ ސޯފާ ގޮނޑީގައި އިށީނދެ އިން ބައްޕައެވެ. އަފްޒަލްގެ މޫނުމަތިން ފައުޅުވާން ހުރީ އިންތިހާ ދަރަޖައިގެ ކަންބޮޑުވުމެވެ. އަރީން ފެނުމާއި އެކު އެ ހަށީގައި ހިފާ އޮޅުލައިގަތެވެ. ވާނުވާ ނޭނގިފައި އަރީން ހުރީ ބައްޕަގެ ފަރާތުން މި ފެންނަ އާދަޔާ ޚިލާފު ޙަރަކާތްތަކުގެ ސަބަބުން ފާޑަކަށް ބިރުގަނެފައެވެ. އަނެއްކާ މަންމައަށް ނޫނީ ދޮންބެއަށް ކަމެއް ވީ ހެއްޔެވެ؟ މިފަދަ ތަފާތު ސުވާލުތައް އަރީންގެ ހިތަށް އަރަމުން ދިޔައެވެ. “ދަރިފުޅާ. އަލްޙަމްދުﷲ އެއްވެސް […]
މި ވާހަކައިގެ ފުރަތަމަ ބައިތަކުގައި އިސްލާޙުކުރަން ޖެހިފައިވާ މުހިންމު ކަންތައްތަކެއް ހުރުމުން އަޅުގަނޑު އެ ބައިތައް އަލުން ލިޔުނީއެވެ. ކުރީގެ ބައިތަކަށް ނުވިސްނާ މި ބައިން ފެށިގެން ވާހަކަ ކުރިއަށް ގެންދިޔުން އެދެމެވެ. އެޕިސޯޑް 1 ކޮޓަރި ތެރެއަށް ފެތުރިފައިވަނީ ދިއްލައިފައިވާ ދަނބުކުލައިގެ ނިދާ ބޮކީގެ ފަނޑު އަލިކަމެވެ. އެ ތަނުގައި ހިފާލައިފައި ވަނީ ސްވީޓް މެލަންގެ ހިތްގައިމު ވަހެވެ. ހުދު ކުލައިގެ ބެޑްރޫމް ސެޓެއް ހުރި އެ ކޮޓަރިން ފެންނަނީ ތަރުތީބު ކަމެވެ. ފާރުގައި ލެވިފައި […]