Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ޙަޤީޤަތް ހޯދުމޭ 38

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
December 11, 2024 6 Mins Read
30 Comments

“ރިފް ނޯ!” އާހިލް ގޮވާލިއެވެ. އެހެނަސް މިހާރު މާ ލަސްވެއްޖެއެވެ. ފިޔަވަޅު އެޅުނު ގޮތަކުން އެލާމެއް އަޅަން ފަށާ ފާރުތައް ކައިރީ ހުރި އެއްޗަކުން ރަބަރު ފާޑެއްގެ ވާތަކެއް އައިސް އަހަރެންގެ ގައިގައި ވަށައިގެން އޮޅި ބަނދެވިގެން ދިޔައެވެ. އާހިލާއި ދެމީހުން އެކުގައެވެ. ސޫޓުގެ ވެސް މަތިން ދެން ނޭފަތުގައި ޖެހުނު ވަހެއްގެ ސަބަބުން އަހަރެންގެ ހޭވެރިކަން ނެތިގެން ދިޔައެވެ. އެވަގުތު ދިމާލަށް ވަރުގަދަ ޓީމެއް ދުވެފައި އައި ކަން އެނގުނެވެ. އާއެކެވެ. މި މީހުން އަތުލައިގަތުމުގެ އަޒުމުގައި މަސައްކަތް ކުރި އަހަރެމެން ވެއްޓުނީ އެމީހުން ޖެހި މަޅިއަކަށެވެ. މި ފަހަރު ރަނގަޅަށް ވެސް މި ތަނުގައި ބަންދުވެ ހައްޔަރު ވީއެވެ. ސަލާމަތް ކުރާކަށް މިތަނަކަށް އެކަކަށް ވެސް ނާދެވޭނެއެވެ. ކުރެވުނު ކަންތަކުގެ މޮޔަ ހިތަށް އެރިޔަސް މިހާރު ދެން ކަމެއް ނުކުރެވޭނެއެވެ. މަޑުން ހުރި ނަމަ ސަލާމަތް ވާނެ ގޮތެއް ވެސް ހޯދުނީހެވެ. އާހިލްގެ ބަސް އެހުނު ނަމަ މި ޙާލަތަށް ނުވެއްޓުނީހެވެ. ދެން ނަމަ ނަމަ އަކުން ކެއްކޭނެ ރިހައެއް ނޯންނާނެއެވެ. ދިރިއުޅުމާއި އަލްވަދާޢު ކިޔަން ޖެހިއްޖެ ކަން އަހަންނަށް އިހުސާސް ކުރެވުނެވެ. 

އަހަރެންނަށް ހޭވެރިކަމެއް ވީ އިރު އޮވެވުނީ ކުޑަ ކޮޓަރިގަނޑެއް ގައެވެ. ބަންދު ތަނެކެވެ. އެތަނުގައި ބިޔަ ދެ ފިރިހެނުންނާއި މޫނު ނިވާކޮށްގެން ހުރި މީހަކު ހުއްޓެވެ. އެ ކޮޓަރީގައި ތަފާތު ހަތިޔާރުތައް ހުއްޓެވެ. ވަޅި ކަހަލަ އާދައިގެ ތޫނު ހަތިޔާރެއް ނޫނެވެ. ޒަމާނީ ނުރައްކާތެރި އުފެއްދުން ތަކެވެ. އެ ދެ ފިރިހެނުންގެ އަތުގައި ކަރަންޓް ޝޮކު ފޮނުވާ ޗާބޫކެއް އޮތެވެ. އޭގައި ތޫނު ކަށިތަކެއް ފަދަ އެއްޗެހިތަކެއް ވެސް ހަރުކޮށްފައި ހުއްޓެވެ. 

އަހަރެންނާއި އާހިލްގެ އަތާއި ފައި ހައްޔަރު ވެފައި ވަނީ ބިޑިއެއް ކަހަލަ އެއްޗަކުންނެވެ. އޭގައި ހަރުކޮށްފައި ހުރި ތޫނު އެއްޗެހިތައް ހަންގަނޑަށް ހެރިފައިވުމުން ލޭ އަންނަމުން ދިޔައެވެ. އެ ހިސާބުގައި ތޫނު ދިލައެއް ހުއްޓެވެ. އާހިލް އަދިވެސް ހެޔެއް ނާރައެވެ. އަހަރެންގެ އެސްފިޔަ ތަޅުވާލުމާއި އެކު އެތަނުގައި މޫނު ނިވާކޮށްގެން ހުރި ފިރިހެނާ އަހަރެންގެ ގާތަށް އައެވެ. އޭނާ އަހަރެންގެ ކަނދުރާގައި ހިފާ ބިތުގައި ޖައްސާ މީހާ ކޮޅަށް ޖެހިއެވެ. އެ ބާރުގަދަ އަތުން ވެސް އެއީ ފިރިހެނެއް ކަން އެނގުނެވެ. އެ ފިރިހެނާގެ ނިޔަފަތިތައް ވެސް ދިގުވެފައި ތޫނެވެ. އެ ނިޔަފަތިތަކުން އަހަރެންގެ ކަނދުރާގެ ހަންގަނޑު ފޫދުއްވަމުން ދިޔައެވެ. 

“ކަލޭ މިތަނަށް އައީ ކިހިނެއް؟” ކަރަަށް ބާރު ކޮށްލަމުން އެމީހާ ވާހަކަ ދެއްކީ ފޭކު އަޑަކުންނެވެ. އެ ވާނީ މައިކެއްގެ އެހީގައި ވާހަކަ ދައްކާ ގޮލައަކަށެވެ. އޭނާގެ ސުވާލަށް ޖަވާބު ދޭން ވެސް އަހަރެން ނުކުޅެދުނެވެ. އެވަގުތު ހީވީ ނޭވާ ހާސްވެގެން މަރުވެދާނެ ހެންނެވެ. އޭނާގެ މޭގައި އަތް އަޅާ ކޮށްޕާލުމަށް މަސައްކަތް ކުރި އަތް ވެސް ހުއްޓުނެވެ. ދެ ލޯ ވެސް މެރި ފުރާނަ ހަށްޓާއި ވަކިވެގެން ހިނގައިދާނެހެން ހީވިއެވެ.

“ބޯ…ޓަ…ކު…ން” އުނދަގުލުން ނަމަ ވިޔަސް އެހެން ބުނެލެވޭ ވަރު ވިއެވެ. އެ މީހާ އަހަރެންގެ ކަނދުރާއިން އަތް ދޫކޮށްލިއެވެ. ދޫކޮށްލުމާއި އެކު އަހަރެން ވެއްޓުނީއެވެ. އަހަރެން އަވަސް އަވަހަށް ނޭވާ ލާން ފެށީމެވެ. އެތަން ބަންދު ކަމުން އެކަން ކުރަން ވެސް އުނދަގޫ ވިއެވެ. އާހިލް ތެދުވީ ވެސް އެވަގުތެވެ. އޭނާ ތެދުވެ އަހަރެންނާއި ދިމާލަށް އައެވެ. އޭގެ ކުރިން ދެ ފިރިހެނުން އާހިލުގެ ގައިގައި ހިފެހެއްޓިއެވެ.

އަހަރެންނާއި އާހިލް އަށް މަޖުބޫރުވީ އެމީހުން ކުރާހާ ސުވާލަކަށް ފުރިހަމަ ޖަވާބު ދޭށެވެ. “ކީއްވެގެން ބޯޓަށް އެރީ؟” އެ މޫނު ނިވާކޮށްގެން ހުރި ފިރިހެނާ އެހިއެވެ. “ގޮތް ނޭނގޭ އެއްޗެއް ވީމަ ބަލާލަން ވެގެން. ހީވީ ތި މީހުންގެ އެއްޗަކަށް ވެދާނެހެން.” ތެދުތެދަށް ބުނެލީމެވެ. “ކިހިނެއް އަހަރެމެންގެ ގޮތް އެނގުނީ؟” އަނެއް ސުވާލެވެ. “ފައިހާ އެންޑް ލިވާޒް” އާހިލް ބުނެލީ އެ ދެ ނަމެވެ. އިތުރު ތަފްސީލަކަށް ނުދެއެވެ. އެ ސުވާލު ކުރަން ހުރި މީހާ އައި ރުޅިން އެތަނުގައި ހުރި މޭޒެއްގައި ފައިން ޖެހިއެވެ. 

“އެ އޮށްގާ ގެންގުޅޭ މީހުންގެ ކަންތައް ވެސް މިހާރު މާ މައްޗަށް ދަނީ. ސެޓަން. ޖުއްޕޭ. މި ދެމީހުން މަރާލާ. އަހަރެމެންގެ ގޮތް އެނގޭ ބަޔަކު ދުނިޔޭގައި ބަހައްޓައިގެން ނުވާނެ. އަމުދުން މި ހައިޑްއައުޓުގެ ގޮތް އެނގޭ ބަޔަކު ތިބިޔަކަ ދީގެން ނުވާނެ. ތި ޗާބޫކުން ތަޅާ ވޭންދެނިވި މަރަކުން މަރާލާ.” އެ މީހާ އަޑަށް ބާރުލައިފައި ބުނެލި ގޮތުން ހީވަނީ މީނާއަކީ މީހުންގެ މަރު ކަނޑައަޅާ ފަރާތެއް ހެންނެވެ. އަހަރެމެންގެ މައްޗަށް މަރުގެ ޙުކުމް ޖެހީ ވިއްޔާއެވެ. 

އަހަރެން ގޮތް ހުސްވި އެވެ. ކިތަންމެ ޙާލަކަށް ވެއްޓުނަސް އަހަރެމެންނަށް މިހާރު ކުރެވޭނެ އެއްވެސް ކަމެއް ނެތީމައެވެ. މި ތިބެވެނީ ރާއްޖެ ކީއްކުރަން، ދުނިޔެއަށް ވެސް މަޝްހޫރު މިސްޓަރީ ކޭސް އެއްގެ ފަހަތުގައި ތިބި އަނިޔާވެރި އޯރގަން ސެލާސްގެ ޙުދޫދު ގައެވެ. މިތަނުގައި މި އޮތީ އެމީހުންގެ ބާރެވެ. ނިކަމެތި އަހަރެމެންނަށް އަމިއްލަ ދިފާޢުގައި ކަމެއް ކުރެވޭކަށް ނެތެވެ. އެ ފިރިހެނުން އެންމެ ފުރަތަމަ ވެސް ދިމާކޮށްލީ އާހިލާއި އެވެ. އޭނާއަށް އަނިޔާ ކުރަން ފެށީ އެ ޗާބޫކުންނެވެ. އޭގެ އެތިފަހަރެއް އަޅުވާލާ ކޮންމެ ފަހަރަކު އެ ސޮރު ވޭނީ އަޑަކުން ހަޅޭއްލަވައިގަނެއެވެ. އޭނާއަށް ކުރަމުން ދިޔަ އަނިޔާ ފެނި އަހަރެންގެ ހިތް ނުހުއްޓި ހުރީ ކިރިޔާއެވެ. އަޑުން އަޑު ނަގާ ނޫނަސް ރޯން ފެށީމެވެ. 

އެ ދެފިރިހެނުން އާހިލް ދޫކޮށްލިއިރު އެ ފަކީރުގެ ގައިގައި ހޭ ހުރިކަމެވެ. މުޅި ހަށިގަނޑުން ލޭކޮށާލައިފައެވެ. އެ ބިރުވެރި ދެ ފިރިހެނުން އަހަރެންނާއި ދިމާލަށް އަންނަން ފެށުމުން މަޑުމަޑުން ފަހަތަށް ޖެހުނީމެވެ. އެހެނަސް ބިތެއްގައި ޖެހި ހުއްޓެން މަޖުބޫރުވުމުން އަހަރެންނަށް ހިންދިރުވާލެވުނެވެ. އެތަނުން އެކަކު އަހަރެންގެ ގައިގައި ޖަހަން ޗާބޫކު މަޅާލިއެވެ. އަހަރެން މޫނުގައި އަތް އަޅާ ދެލޯ މަރާ ފިއްތާލީމެވެ. ހަށިގަނޑަށް އެރި ތޫނު ކަރަންޓް ހަމަލައިގެ ވޭންދެނިވި ކަން އިންތިހާއެވެ. ހީވީ ކަށިތައް މުގުރާ ފިސްކޮށް މަސްތަކަށް ބާރަށް ދަމާލިހެންނެވެ. ހަށިގަނޑުގައި ދުވެލި ކަރަންޓް އޮއިވަރުގެ ބާރުގަދަކަމުން ހޭނުނެތި ހުރީ ކިރިޔާއެވެ. 

ހަތަރު ވަނަ އެތިފަހަރެއް އަހަރެންގެ ޖިސްމަށް އެރިޔަ ނުދީ އައްޑަނައެއް ފަދައިން އައިސް ހުއްޓުނީ އާހިލެވެ. އޭނާގެ ޒަޚަމުން ފުރި ބާރު ވެފައިވާ ހަށިގަނޑަށް އެ ޗާބޫކުން އަނިޔާވާން ފެށުމުން ދެލޯ ބޮޑު ކޮށްލެވުނެވެ. “އާހިލް ނޫން. އަހަރެންނާ ދުރަށް ދޭ. ޕްލީޒް ތިހެން ނަހަދާ. މަރުވެދާނޭ!” އަހަރެން ރޮމުން އާދޭސް ކުރީމެވެ. އޭނާ ހިތި ގޮތަކަށް ހިނިތުންވެލަމުން އެކަމާއި ދެކޮޅު ހެދިއެވެ. އޭނާގެ ހަށިގަނޑުގައި އެ ޗާބޫކުން ޖެހޭ ކޮންމެ ފަހަރަކު އަހަރެންގެ ހިތް ލޭކަރުނަ އަޅާ ރޮމުން ދެއެވެ. ހީވެއެވެ. އޭނާއަށް އަނިޔާ ވާތަން ދެކެން ހުރުން ވެސް ވީ ވޭނަކަށެވެ.

“ރި…ރިފް…ރިފްޤާ! މި…މިހެން…. ބުނެ…ބުނެލަން އިތު…ރު އެހެން ފުރު….ސަތެއް ނުލި…ނުލިބިދާނެ. ރިފް…ރިފްޤާ. އައި… ލަވް ޔޫ! އެނގޭ ޤަބޫލް…ކުރަން ދަތި… ވެދާނެ… ކަން ވެސް. އަ…އަހަރެންނަކަށް ނޭނގޭ މިކަން… ތަފްސީލު… ކު…ރާކަށެއް. އެހެނަސް އަހަރެންނަށް… ރިފް ދެކެ… ވަރަށް ބޮޑަށް ލޯ…ލޯބި… ލޯބިވެވިއްޖެ!” ކެނޑިކެނޑިގެން ނަމަ ވިޔަސް އާހިލް ބުނި ވާހަކަ އަހަރެންނަށް ނަގައިގަނެވުނެވެ. ދެން ވެސް އަހަރެންނަށް ރޮވުނީއެވެ. އަހަރެންނަށް ވެސް މިއަދު ޤަބޫލު ކުރެވެއެވެ. އާހިލާއި މެދު އަހަރެންގެ ހިތުގައި ވީ އިހުސާސްތަކަކީ ލޯތްބެވެ. އެއީ ދޮގުވެރި ގިރިޓީ ލޯތްބެއް ނޫނެވެ. ހުރިހާ ދުވަހު ކީ ނަފްރަތެއް ނޫނެވެ. އެ އިހުސާސްތަކުގެ ޙަޤީޤީ އަސްލަކީ ލޯބިވެވުމެވެ. 

އާހިލް އެންމެ ފަހުން ޝަހާދަތް ވެސް ކިޔަން ފަށައިފިއެވެ. “ދެން ޕްލީޒް! އާލް! އަހަރެންނާ ދުރަށް ދާށޭ!” އަހަރެންގެ ދެ ލޮލުން ހޯސްލައިފައި ކަރުނަ އޮހެމުން ދިޔަ ޙާލު އެދުނީމެވެ. އާހިލް އެ ހުރި ތަނުން ގުޑާ ވެސް ނުލިއެވެ. އެހެނަސް އެއީ ވެސް އިންސާނެއް ތާއެވެ. މާބޮޑަށް އަނިޔާވުމުގެ ސަބަބުން އޭނާގެ ހޭ ހުސްވެގެން ވެއްޓުނެވެ. އަހަރެންގެ ގައި މައްޗަށެވެ. ބިމުގައި ވަނީ ލޭގެ ކޯރެއް ހެދިފައެވެ. އޭނާގެ މައްޔިތެއް ފަދަ ހަށިގަނޑު އެއްފަރާތް ކޮށްލަމުން ފިރުކެން ފެށީ އެ އަނިޔާވެރިޔާގެ ގާތަށެވެ. 

“ދެފައި ބުޑަށް ވެއްޓި އާދޭސް މި ކުރަނީ. އާލް ދޫކޮށްލާ. ހެޔޮ ނުވާނެ ދެން އޭނާއަށް އެހެން ނަހަދާ.” އަހަރެން އާދޭހުގެ ރާގަކަށް އެދުނީމެވެ. “މަ ކަހަލަ ހިލަ ހާ ހަރު ހިތެއްގެ ވެރިއެއް ގާތުގައިތަ ތި ބުނީ ދޫކޮށްލާށޭ؟ ހެހެހެ… ނުވާނެ ތިކަމެއް ކަލޭ އެ ބޯޓަށް އެރި ކަމުގެ ސަޒާ ތިއީ.” މަލާމާތުގެ ރާގަކަށް އޭނާ ބުނެލިއެވެ. “އަޅެ ދެން ހުއްޓާލަބަ. މަ ތިމީހުން އެދޭ ގޮތަށް މި ކަންތައް ސިއްރުކޮށްދީފާނަން. ކަށްވަޅަށް ވެސް ދާނީ އެ ޙަޤީޤަތް ފޮރުވައިފަ. ހެޔޮނުވާނެ އަހަރެމެން ދޫކޮށްލާ. ތި މީހުންގެ މަސައްކަތް ހުއްޓުވާލަން ކުރެވޭ މަސައްކަތް ފެނަށް ދުއްވާލަން ތި ގެންގުޅޭ ސްޓައިލް ބަދަލު ކޮށްލާ. ފާޅުގައި އަނގޮޓި އެޅުވުމާއި އަބަދު އަމާޒުފަތްގަނޑަށް ފާރަވެރިވުން ދޫކޮށްލާ. އޭރުން ލާހިކެއްނޫން ތި މީހުންނަށް ގޮތެއް ހަދާކަށް.” އަހަރެން ބުނީމެވެ. އެ ސިއްރުތައް ފަސްއަޅައި ފޮރުވުމަށް އެ ކަންކަން ކިޔައިދީފިނަމަ އެޖެންޓުންނަށް ވެސް އެ މީހުންގެ ޙަޤީޤަތް ހޯދަން އެއް ކަމެއް ވެސް ނުކުރެވޭނެއެވެ. 

“އަޅޭ ލޯބިގަނޑާ! ތި ވަރަށް ނުރޮއިބަލަ. ކުއްޖާގެ އެދުމެއް ފުރިހަމަ އެއް ނުވާނެ.” އޭނާ އުޑަފައިން އިށީނދެ އަހަރެން ދަތްދޮޅީގައި ހިފިއެވެ. އަހަރެން ހަމަ ދެލޮލުން ކަރުނަ އޮއްސަން އިނީއެވެ. އެ ނުދަންނަ ފިރިހެނާގެ ނިވާކުރެވިފައިވާ މޫނަށް ބަލާށެވެ. އޭނާގެ ހިތުގައި ހަމަ ހަމްދަރުދީގެ ކަންފުޅެއް ވެސް ނެތީ ހެއްޔެވެ؟ އާނ ދެން މި ވަރު ކުރަން ހެޔޮ ވާނެ ހެއްޔެވެ؟

“އޫހް… ކިޔުޓީ! ތި ލޯބި މޫނަށް ހުތުރު ކަމެއް އާދެޔޭ ތި ގޮތަށް ރޯތީ. ހެވޭ. މި ހުރިހާ ކަމެއް ސިއްރު ކުރާނަމަ ދޫކޮށްލަފާނަން. އެހެން ނޫނަސް މަސައްކަތް ޕާފެކްޓް ކޮށްލަން ޓިޕްސް ތަކެއް ވެސް ލިބިއްޖެ ވިއްޔާ. އެކަމަކު ތި ދުލުން އަހަރެމެންނާއި ގުޅޭ ކުޑަ ވެސް ޖުމްލައެއް ކީއް ކުރަން ލަފުޒެއް ވެސް ބޭރުވެއްޖެ ނަމަ…. ކަލޭ އާއި ގުޅުން ހުރިހާ ބަޔަކު ކަލޭ ކުރިމަތީގައި މަރުވާނެ. އެއަށްފަހު ކަލޭ ވެސް ޤަތުލު ކޮށްލާނަން. ތިހާ ލޯބި ކުއްޖަކު އެދުނީމަ މިކަހަލަ ފުރުސަތެއް ވެސް ތި ލިބުނީ. އަޅެ އެއްބަސް ތަ؟” ވަރުގަދަ އިންޒާރަކާއި އެކު އޭނާ ބުނެލިއެވެ. އަހަރެން އެ އެދުމަށް ލޮލުން ބޮލުން އެއްބަސްވީމެވެ.

“ސެޓަން. އެމީހުން ރަށެއްގެ ގޮނޑުދޮށާއި ދިމާލުން ކަނޑަށް ވައްޓާލާ. އެއަށްފަހު މަރު ވިޔަސް އެއީ އަހަރެންގެ މައްސަލައެއް ނޫން.” އޭނާ އަމުރު ނެރުނެވެ. އެވަރުން ވިޔަސް މަރާ ނުލައި ދޫކޮށްލި ކަމަށް ޝުކުރު ކުރެވުނެވެ. ވީނުވީ އެއް ނޭނގި އަހަރެން ގެއްލިއްޖެ ނަމަ އަހަރެންގެ ޢާއިލާ މީހުން، ވަކިން ޙާއްޞަކޮށް މަންމަ އަށް ވެދާނެ ގޮތަކާއި މެދު ވިސްނާލަން ދައްޗެވެ. އެމީހުންގެ މޫނު ދެކެލުމުގެ ފުރުސަތެއް ލިބިދާނެހެން ހީވުމުން އަޒުމް ކަނޑައެޅީ ކޮންމެ ގޮތެއް ހަދައިފައި ވިޔަސް އެ ކަނޑުގައި ފަތައިފައި ގޮސް އެ ބުނާ ރަށަކަށް އަރާށެވެ. 

އެ ބިޔަ ފިރިހެނުން އައިސް އަހަރެން ފާޑެއް ކަޅު ގޯންޏެއް ކަހަލަ އެއްޗެއްގެ ތެރެއަށް ވައްދާލިއެވެ. އޭގައި ގޮށެއް ޖެހުމަށް ފަހު އެ ބިމުން އުފުއްލާލި ކަމުގެ އިހުސާސް ކުރެވުނެވެ. އަހަރެން މަޑުމަޑުން ދެ ލޯ މަރާލީމެވެ. އެ ތަނެއްގައި ބެހެއްޓި ކަން އިހުސާސް ވުމުން އެ ދެލޯ ހުޅުވާލީމެވެ. ތުންފަތުގައި ދަތް އަޅާލެވުނީ. އަތާއި ފައިގައި އަޅުވައިފައިވާ އެއްޗެހިނުގެ ސަބަބުން އެ ހިސާބުގައި އަޅަމުން ދިޔަ ވޭނަށް ކެތްތެރިކަން އިސްކުރަމުންނެވެ. 

ވަގުތު ކޮޅެއް ފަހުން އެމީހުން ގޯނީގެ ތުން މޮހާލިއެވެ. އަތާއި ފައިގައި އަޅުވައިފައިވާ ބިޑި ނައްޓާލުމުން ލޭ އޮހޮރިގަތް ނަމަވެސް އަހަރެންގެ ފަރުވާލެއް ނެތެވެ. އަހަރެންގެ ސަމާލުކަން ހުއްޓިފައި ވަނީ އާހިލްގެ ޒަޚަމުން ފުރިފައިވާ ހަށިގަނޑަށެވެ. އެހެނަސް އެހެން މާ ގިނަ ވަގުތަކު ނުހުރެވުނެވެ. ކުޑަ ބޯޓެއް ފަދަ އެތީގެ އެތެރެ ބައިން ނެރެ ކޮށްޕާލާ ވައްޓާލައިފިއެވެ. މާ ސިންގާ ކަނޑަށެވެ. އެތަކެއް މީޓަރު ދުރުގައި ރަށެއް އޮތެވެ. އަހަރެން އަވަސް އަވަހަށް އާހިލްގެ ދިރުން ނެތިދާން ގާތް ވެފައިވާ ހަށިގަނޑުގައި ހިފީމެވެ. މި ޙާލަތުގައި ފަތަން ކިތަންމެ އުނދަގޫ ވީ ނަމަވެސް އަހަރެން ހިތްވަރު އެލުވައެއް ނުލަމެވެ. ފުރާނަ ސަލާމަތްކުރުމަށް ޓަކައި މިއަދު އެހެން ގޮތެއް އެބަ އޮތް ހެއްޔެވެ؟ 

ހަލާކުވެފައިވާ ޒަޚަމު ތަކުގައި ލޮނުފެން ޖެހުމުން ހީވީ އެ ހިސާބަށް އެސިޑު އެޅި ހެންނެވެ. އިތުރަށް ސަކަރާތް ވާން ފެށިއެވެ. ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނަށް ކެތްކުރަމުން އަހަރެން ފަތަން ފެށީމެވެ. ވައި ގަދަވެފައި ހުއްޓުމެއްނެތި ވެހެމުން ދިޔަ ވާރޭގެ ސަބަބުން ސޮއްސާ ގޮތެއް ވެސް ހުއްޓެވެ. އެހެނަސް އެ ތާޒާ ފެނުން ހަށިގަނޑަށް ކުޑަ ލުޔެއް ލިބުނު ހެން ހީވެއެވެ. އެ އޮޔާއި ހަނގުރާމަ ކުރަމުން އަހަރެން ދިޔައީ ކުރިއަށެވެ. 

އާހިލްގެ ބަރު ހަށިގަނޑާއި އެކު ފެތުން ވީ ބޮޑު ހިރާސަކަށެވެ. އެހެނަސް އަހަރެން އެ އަތަކުން ދުލެއް ނުކޮށްލަމެވެ. އަހަރެންގެ ފުރާނަ ފަދައިން ލޯބިވާ ފަރާތެއް މަރުވާން ދޫކޮށްލެވޭ ހެއްޔެވެ؟ ދެ މީހުންގެ ފުރާނަ ވަކި ވިޔަސް ހެވެވެ. އަމިއްލަ ނަފްސު ސަލާމަތް ކުރަން އޭނާ ދޫކޮށްލާފައި ދިއުން ހާ ހިތަށް ވޭންދެނިވި ކަމެއް މި ދުނިޔެ މަތީގައި ވާނެހެންނެއް ހިޔެއް ނުވެއެވެ. އަޑިއަށް ގޮސް ލޮނުބޮވުމުން ވެސް އަހަރެން ދިޔައީ ހަމަ ކުރިއަށެވެ. ފެން މަތީ އޮވެވެނީ ވެސް ކިރިޔާއެވެ. އިސްކޮޅު ނުޖެހޭ ހިސާބުގައި އަހަރެން ފަތައިފައި ދިޔައީ އެ ރަށުގެ ގޮނޑުދޮށަށް އެރުމުގެ ނިޔަތުގައެވެ. ކިރިޔާ ވެސް ހިތްވަރު އެލޭ ގޮތް ވާނަމަ ބަލައިލަނީ އާހިލްގެ މޫނަށެވެ. ވެހެމުން ދިޔަ ވާރޭގެ ސަބަބުން ކުޑަކޮށް ލޭގެ އަސަރު ފިލައިފައި ވީ ނަމަވެސް އެ ތޫނު ޒަޚަމުތައް ރީތިކޮށް ފެނެއެވެ. މިހާރު އެ ހަށިގަނޑުގައި ހާދަ ވޭނެއް އަޅާނެއެވެ. އޭނާއަށް އެމީހުންގެ ފަރާތުން އެހާ ގިނަ އަނިޔާ ލިބިއްޖެއެވެ. އަހަރެންނަށް ކޮށްލި ވަރުގެ ދިހަ ގުނަ އަނިޔާ އެ ހަށިގަނޑަށް ދީފިއެވެ. 

ވިލައިން މުޅި އުދަރެސް ބައްދާލެވިފައި ވުމުން ތަރިއެއް ކީއްކުރަން ހަނދެއް ވެސް ފެންނާކަށް ނެތެވެ. އެހެނަސް އެ ރަށުގެ އަލިގަދަ ބޮކިތަކުގެ ސަބަބުން އެ ހިސާބުގައި ފަނޑު އަލިކަމެއް ހުއްޓެވެ. މި ކަޅު ފޮއި ރޭގައި ކިހާ ބޮޑެތި ހިތްދަތި ކަންކަމާއި ކުރިމަތިލާން ޖެހިއްޖެ ހެއްޔެވެ؟ އަނިޔާވެރިކަން މިހާ މަތީ ދަރަޖައަކަށް ހުރި އެހެން ބަޔަކު މި ދުނިޔެ މަތީގައި ވޭ ހެއްޔެވެ؟

ހެއްދެވި ފަރާތަށް ވަކީލު ކުރަމުން އަހަރެންނަށް ފަތައިފައި އިސްކޮޅު ޖެހޭ ހިސާބަށް ދާން މަސައްކަތް ކުރީމެވެ. އެ ހިސާބަށް ކިރިޔާ ދެވުނު ކަމެވެ. ދެން ގައިގައި ކުރާނެ ކަމެއް ނެތެވެ. ލޮނުބޮވި މީހާ ލޮޑުވެގެން ހަލާކުވެއްޖެއެވެ. ޒަޚަމު ތަކުން ނަގަމުން ދިޔަ ދިލައިގެ އަސަރު ގަދަ ވެއްޖެއެވެ. ވެލައެއް ހެން ފިރުކެމުން އަހަރެން ގޮނޑުދޮށާއި ދިމާލަށް ދިޔައީމެވެ. މިއީ ކޮން ދުވަހެއް ކަމެއް ވެސް ނޭނގެއެވެ. އާހިލަށް އަވަސް ފަރުވާ ނުދެވިއްޖެ ނަމަ މި ޙާލަތުގައި މަރުވާނެ ކަން ވެސް އަހަންނަށް އެނގެއެވެ. އެހެނަސް…..

އަހަރެންނަކީ ވެސް އިންސާނެކެވެ. ކެތްވާނީ ވަކި ވަރަކަށެވެ. މަސައްކަތް ކުރެވޭނީ ކުޅަދާނަވީ ވަރަކުންނެވެ. ދެން އެންމެ ފަހުން އަހަރެން ވެސް ހަކަތަ ދަށްވެ، ލޮނު ބޮވި، ވަރު ދޫވެ، ލޭ މަދުވުމުގެ ސަބަބުން ހޭނެތިގެން ވެއްޓެން ދިޔައީ އެވެ. ވެއްޓި ދެމުނީ ރާޅުޖަހާ ހިސާބުން ދޮންވެލިގަނޑު މައްޗަށް ކަން އެނގުނެވެ. އޭރު އެ ހިސާބުގައި ވެސް އިންސާނެއްގެ ހިލަމެއް ނެތް ކަން ވެސް އެނގެއެވެ. މިއޮއް ބޯ ވާރޭގައި މި ފަދަ ވަގުތަކު ގޮނޑުދޮށަށް އަންނާނީ ވެސް ވަކި ކާކު ހެއްޔެވެ؟ މިއީ ދެން އަހަރެންގެ ނިމުން ހެއްޔެވެ؟

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

ހަނދުވަރު ދިން އެރޭ … 18

Next

ބޭވަފާތެރިޔަކީމޭ 13

Next
December 11, 2024

ބޭވަފާތެރިޔަކީމޭ 13

Previews
December 11, 2024

ހަނދުވަރު ދިން އެރޭ … 18

30 Comments!

  1. Your fav bab says:
    December 11, 2024 at 12:13 pm

    Plz don’t let ahil and rif die!!!!!
    Save them!!!!
    Oh they r Made for each other
    When next?????

    1. White rose White rose says:
      December 11, 2024 at 1:55 pm

      IA next week.
      Thnx Your fave bab

    2. Yo babe says:
      December 13, 2024 at 8:24 am

      Yes don’t let them die btw vaahaka Hama v reethi

    3. White rose White rose says:
      December 13, 2024 at 2:23 pm

      Thnx Yo babe

  2. Scarlet says:
    December 11, 2024 at 12:14 pm

    Noooooo
    Rif n aal maraa nulahcheyyyy
    I really cant wait for the next part
    Avahah up kolla dheythi ingey
    Vhk vrh vrh vrh vrh vrh reethi
    Keep up ur gud work sis

    1. White rose White rose says:
      December 11, 2024 at 1:56 pm

      Thnx Scarlet….

  3. Naikko says:
    December 11, 2024 at 12:16 pm

    Noooooo…..
    Mi part v reethi
    Dhen oiy bai ves V avahah up kohla dhehchey
    V kiyaa hithun mihuree

    1. White rose White rose says:
      December 11, 2024 at 1:56 pm

      Thnx Naikko.
      Iraadha kurevveeyaa mi anna hafthaa submit kohdheynan

  4. Anonymous says:
    December 11, 2024 at 1:09 pm

    Aahil and rifgaa maraa nulahceyy mi part ves Varah reethi can’t wait for next part when next

    1. White rose White rose says:
      December 11, 2024 at 1:57 pm

      Thnx Anonymous.
      IA it will be submitted next week ga.

  5. Lara says:
    December 11, 2024 at 3:24 pm

    Nooooooo….
    Edhemeehun maru vehjehyaa Haadha dhera ey😭😭😭
    Vara dhera vi mi part kiyaagen
    Even though this is a story….the pain feel real…
    Vara reethi mi part ves
    Can’t wait for next part

    1. White rose White rose says:
      December 11, 2024 at 5:43 pm

      Arn, eii viyyaa vhk get main meehunakee.
      Thnkuuu for the touching comment Lara.

  6. Moya manje says:
    December 11, 2024 at 4:57 pm

    Hey white rose
    Mi part vx varah varah reethi…
    Rifga and aahil maraa nulahcheyy….
    Aneii photo ga dhivehi eki eki font in liyan hadhaa goiii kiyaa dhevidhaane thw??

    1. White rose White rose says:
      December 11, 2024 at 5:51 pm

      Yea.
      Wht I do is first downloading dhivehi fonts.
      Then I add the picture to a word and add text box to write in those fonts.
      Lastly I screenshot (snip by pressing windows shift and s in comp or lap) the picture, adjust the edges and done.
      Mihen alhugandu eki fonts in liyanii.
      Hope this was helpful 🙂
      Thnx a lot manjeyy

  7. Moya manje says:
    December 11, 2024 at 9:19 pm

    Thnx white rose.

    1. White rose White rose says:
      December 11, 2024 at 9:42 pm

      Velicome 😂

  8. Nawar says:
    December 11, 2024 at 9:21 pm

    Maashaa allah mi part vx varah varah reethi…
    Alhey rif ahshaa aahil ah eii vx gotheii nahadhahcheyy 🙏🙏
    Curiously waiting for the next part ❤️❤️
    Whn next ❓❓❓

    1. White rose White rose says:
      December 11, 2024 at 9:43 pm

      Thnxxxx Nawar..
      IA next week.

  9. someone says:
    December 11, 2024 at 9:27 pm

    whyyyy???? e dhemyhun maraa nulahche
    i felt soo sad even though this is a fictional vhk
    its soo touching
    keep up the good work!
    and masha allah the best author ever

    1. White rose White rose says:
      December 11, 2024 at 9:44 pm

      Thnkuu soo much someone. 💕

  10. Moay manje says:
    December 12, 2024 at 10:09 am

    Alhugandah neyngun kihineii kan Dhivehi ge eki eki font download kuranee…
    kiyaa dhevidhaane thw??

    1. White rose White rose says:
      December 12, 2024 at 12:54 pm

      Chrome ga search kurani dhivehi fonts (dhivehi.mv/fonts) e in download kurani.
      Pls tell what device u use so more details dheveyne. Misaalakah elhi font word in enable kuraane goiy.

  11. Moya manje says:
    December 12, 2024 at 2:12 pm

    Thanks for giving advice..
    mihaaru ingihje…..
    Once again vrh vrh bodu koh shukurihyaa…

    1. White rose White rose says:
      December 12, 2024 at 2:26 pm

      Once again velicomee

  12. RIFSHA says:
    December 12, 2024 at 5:17 pm

    Hey white rose
    Vhk ah comment nukohliyas kiyaalan ekam daily koh upload vaa dhuvahaku nukiyey dho.ekam vx varah reethi mi part masha Allah.kon irakun next.pls pls please white rose ahil and rif ah dhera gothei nahadhahchey.mee fictional vaahaka alas varah reethi and you know i like to read fictional stories more than aslu kan kan vaa gothah vure.meega vx mi vany hageegathaa ehgothah dho but technology molhu dho varah vx.i really really love this story mihaaru esfiya ah submit vaa stories ge there in enme reethee mi vaahaka kanneynge.rifoo dhen huri vaahaka thakuge there in varah madhu stories thakei kiyani ekam vxxx yageen mi vaahaka haa perfect eh muvaane Masha Allah.your so talented Masha Allah
    May Allah bless your hard work
    Love you white rose ❤️

    1. White rose White rose says:
      December 13, 2024 at 2:25 pm

      OK vaane gavaaidhun comment nukohliyas.
      Thnx a lot for the lovely comment RIFSHA 💕💕

  13. No one 007 says:
    December 12, 2024 at 7:31 pm

    Masha Allah mi part ves vrh reethi
    Plssssss Aahil and rifga ah gotheh nahadhachey.😭😭
    This beautiful story wouldn’t be complete without them

    1. White rose White rose says:
      December 12, 2024 at 8:27 pm

      Yea, but ups and downs come.
      Thnx No one 007

  14. Kiyaa says:
    December 16, 2024 at 9:38 am

    Cant wait
    Can you up the next part
    Im so curious

    1. White rose White rose says:
      December 16, 2024 at 2:24 pm

      Thnx Kiyaa

Comments are closed.

Next Episodeޙަޤީޤަތް ހޯދުމޭ 39←


All Right Reserved!