ޙަޤީޤަތް ހޯދުމޭ 39
ހެއްދެވި ފަރާތަށް ވަކީލު ކުރަމުން އަހަރެންނަށް ފަތައިފައި އިސްކޮޅު ޖެހޭ ހިސާބަށް ދާން މަސައްކަތް ކުރީމެވެ. އެ ހިސާބަށް ކިރިޔާ ދެވުނު ކަމެވެ. ދެން ގައިގައި ކުރާނެ ކަމެއް ނެތެވެ. ލޮނުބޮވި މީހާ ލޮޑުވެ ހަލާކުވެއްޖެއެވެ. ޒަޚަމު ތަކުން ނަގަމުން ދިޔަ ދިލައިގެ އަސަރު ގަދަ ވެއްޖެއެވެ. ވެލައެއް ހެން ފިރުކެމުން އަހަރެން ގޮނޑުދޮށަާއި ދިމާލަށް ދިޔައީމެވެ. މިއީ ކޮން ދުވަހެއް ކަމެއް ވެސް ނޭނގެއެވެ. އާހިލަށް އަވަސް ފަރުވާ ނުދެވިއްޖެ ނަމަ މި ޙާލަތުގައި މަދުވާނެ ކަން ވެސް އަހަންނަށް އެނގެއެވެ. އެހެނަސް…..
އަހަރެންނަކީ ވެސް އިންސާނެކެވެ. ކެތްވާނީ ވަކި ވަރަކަށެވެ. މަސައްކަތް ކުރެވޭނީ ކުޅަދާނަވީ ވަރަކުންނެވެ. ދެން އެންމެ ފަހުން އަހަރެން ވެސް ހަކަތަ ދަށްވެ ލޮނު ބޮވި ވަރު ދޫވެ ލޭ މަދުވުމުގެ ސަބަބުން ހޭނެތިގެން ވެއްޓެން ދިޔައީ އެވެ. ވެއްޓި ދެމުނީ ރާޅުޖަހާ ހިސާބުން ދޮންވެލިގަނޑު މައްޗަށް ކަން އެނގުނެވެ. އޭރު އެ ހިސާބުގައި ވެސް އިންސާނެއްގެ ހިލަމެއް ނެތް ކަން ވެސް އެނގެއެވެ. މިއޮއް ބޯ ވާރޭގައި މި ފަދަ ވަގުތަކު ގޮނޑުދޮށަށް އަންނާނީ ވެސް ވަކި ކާކު ހެއްޔެވެ؟ މިއީ ދެން އަހަރެންގެ ނިމުން ހެއްޔެވެ؟
“އާލް…. އާލް… އާހިލް!” ކުއްލިއަކަށް ފުންމައިގެން އަހަރެންނަށް ތެދުވެވުނު އިރު އޮވެވުނީ ހަސްފަތާލެއްގައެވެ. ޕްރައިވެޓް ރޫމެއްގައެވެ. ހާސްވެފައި ހުރެ އަހަރެން ދެކޮޅު ބަލައިލީ އާހިލް ފެނޭތޯއެވެ. އޭނާ ނުފެނުމުން އަހަރެން މަސައްކަތްކުރީ އަތަށް ގުޅައިފައިވީ އައިވީ ގެ ވާގަނޑު ނައްޓާލާށެވެ. އެހެނަސް އެކަން ނާކާމިޔާބުވީ ރަޒާނާއި ރަވާނުގެ ސަބަބުންނެވެ. އެ ތަނުގައި ތިބި އެންމެންގެ މޫނުމަތީގައި ވީ ހާސްކަމުން އާހިލްގެ ޙާލަތު ރަނގަޅު ނޫން ކަން އަހަރެންނަށް ދެނެގަނެވުނެވެ.
“އާހިލް އަދި ވެސް އޮތީ އަވަސް ފަރުވާދޭ ކޮޓަރީގައި. ވަރަށް ނުރައްކާތެރި ޙާލަތެއްގަ މިދިޔަ ދެ ދުވަހު އޮތީ. ރިފްކޮ އަދި އެއްނު ތި ހޭ އެރީ. ޑަކުޓަރު ޗެކަޕެއް ހަދާލަންދެން މަޑުން އޮވެލާ.” މަންމަ އަހަރެންގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. އެމީހުން ހެޔޮ ޙާލުގައި ތިބުމުން އަހަރެންގެ ހިތަށް ބުނެދޭން ނޭނގޭ ފަދަ އުފާވެރިކަމެއް ލިބުނެވެ. އެހެނަސް އަހަރެންގެ ދުލުން ބުނެވޭ ބަހަކުން އެމީހުންގެ މަރުގެ ޒިންމާ ބޮލު އަޅަން ޖެހިދާނެއެވެ. އެ ކަންކަމާއި އާހިލްގެ ހާލަތު ދަށްކަމަށް ބުނުމުން ދެން އަހަރެންނަށް މަންމަގެ ގައިގައި ބައްދާލާ މޫނު ފޮރުވާލަމުން ރޯން ފެށީމެވެ. އަހަރެންނަކީ ވަރަށް ހިތްދަތި ވެގެން ނޫނީ ނުރޯނެ މީހެއްކަން އެ އެންމެންނަށް ވެސް އެނގޭނެއެވެ.
“އާލް! އަހަރެން ބޭނުން އޭނާގެ ގާތަށް ދާން.” އަހަރެން ކަރުނަތައް ފުހެލަމުން އަހަރެން ބުނެލީމެވެ. “ނޫން ރިފް. އާހިލްގެ ޙާލަތު އިންތިހާއަށް ދަށޭ. އޭނާގެ މުޅި ހަށިގަނޑުގެ ތެރެއަށް ފެތުރިފައިވާ ވަރުގަދަ ވިހައެއް ނެރެން އެ މަސައްކަތް ކުރަނީ. މީދޫ ހަސްފަތާލަށް އެ ރޭ ގެނެވުނު އިރު ވެސް ވަރަށް ގިނަ ބައިތަކެއް އިންފެކްޓް ވެފަ ހުރީ. އެހެން ވެގެން ދެމީހުން ހުޅުމާލެ ގެނެފަ މި ތަނުގައި ތިބި އެންމެ މޮޅެތި ޑަކުޓަރުންގެ ކިބައިން ފަރުވާ ހޯދަން މަސައްކަތް ކުރަނީ. އާހިލްގެ ހަށިގަނޑުން އެހާ ވަރަށް ހަށިގަނޑުން ލޭ ވެސް މަދުވެފަ. ޑަކުޓަރުން ވެސް ތިބީ ހައިރާންވެފަ އެ ޙާލަތުގައި ވެސް މަރު ނުވެ އޮތީމަ. އަދި ރިފްގެ ހަށިގަނޑުން ވެސް ކޮންމެވެސް ވަރަކަށް އެ ވިހައިގެ އަސަރު ފެނުނު. ތި ހަށިގަނޑުން ވެސް ލޭ މަދުވެ ހަކަތަ ދަށްވުމުގެ ސަބަބުން ހޭ ނާރާ އޮތީ.” މަލަކު ފުރިހަމަ ތަފްސީލެއް ދިނެވެ. އެހެން ވިއްޔާ އެމީހުން އަހަރެމެންނަށް އަނިޔާ ކުރި ކަރަންޓް ޗާބޫކުގައި ވިހަ ވެސް ހުރީ ތާއެވެ.
ޑަކުޓަރު އައިސް ބަލައިފައި އަހަރެން ރަނގަޅު ކަމަށް ބުނެފައި ދިޔައެވެ. އެމީހުން ބުނީ އިތުރު ދެ އައިވީ ފުޅިއާއި ލޭ ފުޅިއެއް އަޅައިފައި ދޫކޮށްލާނެ ކަމަށެވެ. އަހަރެން ހަމަޖެހިލި ވަގުތަށް އެތަނަށް ވައްޓާލީ ކަޅު ޔުނީފޯމްގައި ތިބި ފުލުހުންގެ ޓީމެކެވެ. އެ މީހުން އައިސް ވަށާލުމުން ހިންދިރުވާލެވުނެވެ. އެ އައި މަޤްޞަދު އަހަރެންނަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެހެނަސް އެ ހިނގައި ދިޔަ ކަންތައްތަކުގެ ވާހަކަ އެމީހުންގެ ގާތުގައި އަހަރެން ބުނާނީ ކޮން ދުލަކުން ހެއްޔެވެ؟ އެ އަނިޔާވެރިޔާ އަހަރެން ދޫކޮށްލީ ވަރުގަދަ ޝަރުތަކާއި އެކުގައެވެ. އަހަރެންގެ އަމިއްލަ ނަފްސާއި ޢާއިލާއާއި ރައްޓެހިންގެ ފުރާނަ ނުރައްކަލެއްގެ ތެރެއަށް ވައްޓާލުމަށް ވުރެ ހަނުހުރުން މާ ރަނގަޅެވެ.
“އެރޭ ވީ ގޮތުގެ ތަފްސީލު ލިބިދާނެ ތޯ؟” އިންސްޕެކްޓަރު އަހާލިއެވެ. އަހަރެން ޖަވާބެއް ނުދެމެވެ. “ރަހީނުކޮށްގެން ގެންދިޔައީ ކޮން ތަނަކަށް ކަން އެނގެންޏާ އެތަނެއްގެ ގޮތް ބުނެދީ؟” އަނެއް ސުވާލެވެ. އަހަރެން ހަނު ހުރީމެވެ. “އެކަން ކުރީ ކޮން ބައެއް؟” ތިން ވަނަ ސުވާލެވެ. އަހަރެން ދެން ވެސް އިސްކުރީ ހަމަހިމޭންކަމެވެ. “އެންމެ ކުޑަމިނުން ގެއްލުނު އަނެއް ދެމީހުންނަށް ވީގޮތް ބުނެދެވިދާނެ ތޯ؟” ދެން ވެސް އެހިއެވެ. އަހަރެން އަޅާވެސް ނުލާ އިން ކަމަށް ހެދުނީމެވެ.
“އެކަން ކުރި މީހުން ގެއްލުމެއް ދޭނަމޭ ބުންޏަސް ބިރު ނުގަނޭ. އިރާދަ ކުރެއްވިއްޔާ ތި ކުއްޖާ އަށް ގެއްލުމެއް ވިޔަކަ ނުދޭނަން. ތިކޮޅުން އެއްބާރުލުން ދީގެން މި މައްސަލަ ނިމުމަކަށް ގެނެވޭނީ.” އެމީހުންގެ ތެރެއިން މީހަކު ބުނެލިއެވެ. އެހެނަސް އަހަރެން މަޑުމަޑުން އިނީއެވެ. މި ފުލުހުންނަށް އެ ވަރުގަދަ މީހުން އަތުލައި ނުގަނެވޭނެކަން އަހަރެންނަށް އެނގެއެވެ. އެހެން ނޫނަސް އެ މީހުންނާއި ގުޅޭ ކިތަންމެ ކުޑަ ވާހަކައެއް ވެސް ނުބުނާނެ ކަމަށް ބުނީ މި ދުލުންނެވެ. އެމީހުންގެ ނުފޫޒު ގަދަ ކަމާއި ބާރު ގަދަ ކަން އެނގޭނީ އަހަރެންނަށެވެ.
“މިސް ރިފްޤާ! ދެން ހަމަ އަޅުގަނޑުމެންގެ އެއްވެސް ސުވާލަކަށް ޖަވާބެއް ނުދޭނީތަ؟ އެނގެން ވާނެއްނު އެ ކަހަލަ މުހިންމު ވާހަކަތައް އަހަރެމެންނާއި ހިއްސާކުރަން ޖެހޭނެ ކަން އަދިވެސް ގެއްލުނު މީހުންގެ ތެރެއިން ދެ މީހުން ނުފެނޭ. ތިހެން ހަނު ހުރީމާ ތި އެހީވެވެނީ އެ ނުބައި ޖަރީމާ ހިންގި ބަޔަކައްނު.” އަހަރެން އެމީހުންގެ އެންމެ ސުވާލަކަށް ވެސް ޖަވާބު ނުދިނުމުން ފުލުސް އަންހެނަކު ބުނެލިއެވެ. އަހަރެން އިސްޖަހާލީއެވެ. ފުލުހުން އަހަރެންގެ ދުލުން ނެރެން މަސައްކަތް ކުރި ޖަވާބުތައް ނުލިބުމުން ދިޔައީއެވެ. ވަގުތު ބޭކާރު ކުރަން މިތަނުގައި ހުރުން ބުއްދިވެރި ނޫން ކަން އެމީހުންނަށް ވެސް އެނގެއެވެ.
އެ މީހުންގެ ފަރާތުން މިއަދަކީ ހުކުރު ދުވަސް ކަން އެނގުނެވެ. ފަސް ދުވަސް އެހާ އަވަހަށް ފާއިތުވުމުން އަހަރެން ހައިރާން ވިއެވެ. ފުލުހުން ދިޔަ ފަހުން ދެން އައިސް ކޮޓަރިއަށް ވަދެލީ އަހަރެމެންގެ ގުރޫޕް މީހުންނާއި ރަޒާނެވެ. “ރިފް!” އެ އެންމެން ގޮވާލީ ޝަކުވާގެ ރާގަކަށެވެ. އަހަރެން އިސްޖަހާލީ އެ މީހުންނާއި ހަތަރު ކަޅި ހަމަކޮށްލަން ވެސް ނުކެރޭތީއެވެ. އެމީހުންގެ ހިތުގައި އެތަކެއް ހާސް ސުވާލު އުފެދޭނެކަން ވެސް އަހަރެންނަށް އެނގެއެވެ. “ކީއްވެ ސިއްރު ކުރަނީ؟” މަލަކު އަހާލިއެވެ. އެ މީހުން ދެން ސުވާލު ކުރަން ފެށުމުން އަހަރެންގެ ބޮލަށް އިތުރަށް އުނދަގޫ ވިއެވެ. މިހެން ސުވާލު ތަކާއި ކުރިމަތިލާން އަބަދު ޖެހުމަކީ އަހަރެންނަށް ވަރަށް އުނދަގޫ ވާ ކަމެކެވެ.
“ދެން ހުއްޓާލާ! ތިއިން އެކަކަށް ވެސް ނޭނގޭނެ އަހަރެންގެ ޙާލެއް. އަހަރެން ކުރިމަތިލީ ކިހާ ވަރެއްގެ ކަންތައްގަނޑެއް ކަމެއް ވެސް.” އަހަރެން ހަރު އަޑުން އެހެން ބުނެލީމެވެ. ވަގުތުން އެމީހުން ހަމަހިމޭން ވެލިއެވެ. އަހަރެން އޮށޯވެ އަނެއް ފަރާތަށް އެނބުރެލީމެވެ. ދެލޯ މަރާ ތަގުޅި ކޮށްލަމުން ވިސްނުން އެހެން މިސްރާބަކަށް ގެންދަން މަސައްކަތް ކުރީމެވެ. ލޯ މަރާލުމާއި އެކު ސިފަވީ އެ ނުދަންނަ ފިރިހެނާއެވެ. އޭނާ އަހަރެންނަށް ދިން އިންޒާރުގެ ބިރުވެރިކަން ހިތުގައި ހަރުލައިފިއެވެ. މި ކަންތައް ގަނޑާއި ހެދި އަހަރެން ނަފްސާނީ ވެދާނެއެވެ.
“އާހިލް ވެސް މިހާރު ޕްރައިވެޓް ރޫމަކަށް ބަދަލުކުރެވިއްޖެ. ޑަކުޓަރުން ބުނީ އޭނާ ސައުވީސް ގަޑިއިރު ތެރޭ ހޭ އަރަން ޖެހޭނެ އޭ. ދެން މެމޮރީ ލޮސް އެއް ނުވަތަ އެހެން މައްސަލައެއް ހުއްޓަސް އެނގޭނީ ހޭ އެރީމައޭ ބުނީ.” ޝެހެނާޒުގެ ވާހަކަ އިން އަހަރެންގެ ހިތަށް ފިނިކަން ލިބުނެވެ. ދެން ދުޢާ ކޮށްލަ ކޮށްލާ އޮތީ އާހިލަށް އަވަސް ޝިފާއެއް ލިބޭ ތޯއެވެ.
އަހަރެންގެ އަތަށް ފޯނެއް އެރުމުން ޚަބަރު އެޕަށް ވަދެލީމެވެ. ކަމަކު ދާކަށް ނެތެވެ. މުޅިން ވެސް އަހަރެމެންނާއި ގުޅުން ހުރި ޚަބަރު ތަކެވެ. އެއްފަހަރާ ހަތަރު ޒުވާނުން އާދީއްތަ ދުވަހުގެ ރޭ ގެއްލުނު ވާހަކައެވެ. މަސައްކަތް ކޮށްގެން އެއިން އެކަކު ވެސް ނުފެނިގެން އުޅުނު ކަމުގެ ވާހަކަ ތަކެވެ. ގެއްލުނު ފަހުން ތިންވަނައަށް ވީ ދުވަހުގެ ރޭ ބަޔަކަށް އަހަރެންނާއި އާހިލް ފެނުނު ވާހަކައެވެ. ސީނު މީދުގެ ގޮނޑު ދޮށުންނެވެ.
“ޝަހިކްސް! އެ ރޭ ވީގޮތް ކިޔައި ދެވިދާނެތަ؟” އަހަރެން އެހީމެވެ. ޝެހެނާޒު އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލިއެވެ. “އަހަރެމެން އެންމެން ދެ ބަޔަކަށް ބެހިލައިފައި ޔޫނުސާއި ސޫޖީ ފަހަތުން ދިޔައިން. އަހަރެންނާއި ރަވާނުގެ އިތުރުން މަލަކު ދިޔައީ ޔޫނުސްގެ ފަހަތުން. އޭނާ ގޮސް ގެއަށް ވަދެފަ ދެނެއް ނުނިކުމެ. ރިފް އެ ގޭގަ ހަރުކޮށްފައި އިން ކެމެރާ އިން ބެލި އިރު ޔޫނުސް އޮތީ ނިދަން އަރާ އޮށޯވެފަ. އެކަމަކު އޮތީ ކެމެރާއަށް ފުރަގަސް ދީގެން. އެހެންވީމަ އަހަރެމެންނަކަށް އޭނާގެ މޫނެއް ނުފެނޭ. އެކަމަކު އެ ޓްރެކަރުން ވެސް ޔޫނުސް އެ އެޕާޓްމަންޓުގައި އޮތް ކަމަށް ދައްކާތީ ޤަބޫލު ކުރީ އޭނާ އެތަނުގައި އޮތް ކަމަށް.”
“ބާރަ ޖެހި ފަހުން ރިފް ތިއްތި އަށް ގުޅީމެއްނު ދޯ! އެ ވަގުތު ތިއްތި އަށް އިވުނީ ރިފް މިހެން ބުނެލި އަޑު. ‘ވިނަބެއްޔާ. ކީއްތަ ތި ކުރަނީ؟ އެ އޯރގަން ސެލާސްތައް ޔޫނުސް ގޮވައިގެން.’ މި ވަރަށް އިވިފައި ދެން ފޯނު ކެނޑިއްޖެ. ޔޫނުސް ރަހީނު ކުރީ ކަމަށް ރިފް ބުނީމަ އަހަރެން އަޖައިބު ވެސް ވި. އެއީ އަދިވެސް ކެމެރާ އިން ޔޫނުސް ނިދައިފައި އޮއްވާ ފެންނާތީ. އެކަމަކު އެކަހަލަ ދޮގެއް ނަހަދާނެ ކަން ތިއްތި އަށް އެނގޭ. އިތުރަށް އޮޅުން ފިލުވަން ރިފް އަށް ގުޅުމުން ބުނަނީ ގުޅޭ ސަރަހައްދުން ބޭރުގައޭ.” ރަވާނު ބުނެލިއެވެ.
“އަހަރެމެން ސޫޖީ ހުރި ގޭގެ ކުރިމަތީގައި ތިއްބާ ވާން ގެ ކޯލެއް އައީ. ވާން ސޫޖީ ކޮބާ ހެއްޔޭ އެހުމުން ބުނިން އެ ސޮރު ގޭގައޭ. ދެން ބުނީ އެއީ ސޫޖީ ތޯ ރަނގަޅަށް ބަލައިބަލާށޭ. ދެން އަހަރެން ހުދުހުދާއި އެއްކޮށް އެ ގޭގެ ތަޅު ހަލާކު ކޮށްލައިފައި އެތެރެއަށް ވަނީ. ބެލި އިރު ކަމަކު ދާކަށް ނެތް. އެނދުގައި އޮތީ ސޫޖީއެއް ނޫން އެހެން ފިރިހެނެއް އޭނާ ސޫޖީއާއި ވަރަށް ވައްތަރު. އެކަމަކު ރަނގަޅަށް ބަލައިފައި އެނގުނު އެއީ ސޫޖީ ނޫން ކަން. އެއީ އަސްލު އެ ގޭގެ ވެރިމީހާ ކަން. އެ ގޭތެރެއަށް އެގޮތަށް ވަދެގަތީމަ ވެސް މާފު ކޮށްފަ ދޫކޮށްލި. އަހަރެމެން ދެން މިސްރާބު ޖެހީ ޔޫނުސްގެ ގެއަށް ދާން އޭރު އެ ގެއިން ވާން ނިކުންނަނީ.” ނައިލް ބުންޏެވެ.
“ޔޫނުސްގެ އެޕާޓްމަންޓު ބެލިއިރު އެތަނުގައި އޮތީ ޔޫނުސެއް ނޫން. އެ ސިފައިގެ ރޮބަޓެއް އޮތީ. އަހަރެން ނުކުމެފަ ދެން ތިބި އެންމެން ގާތު އެވާހަކަ ބުނިން. ނޭލްމެން ވެސް އައިސްފައި ހުރީމަ ދެން މިސްރާބު ޖެހީ ބަނދަރަށް. އަހަރެމެން ދުވެފަ ދިޔައީ. އެއީ ރިފް މެން އެ ބޯޓު ފާސް ކުރަން ދާ ވާހަކަ ކުރިން ބުނެފައި ވީމަ. ދިޔައިރު ކަމަކު ދާކަށް ނެތް. ބޯޓު ޖެހުނު ތާ ލަކުނު ވެސް ނެތް. ދެން ބެލީ ރިފް އާއި ކެޓް ބުރޯ ޓްރެކު ކުރެވޭ. އެކަމަކު ވީކަމެއް ޙަރާން ފަދަ. ވަރަށް ޙާލުން ޝަހިކްސް ރިފްގެ ދަބަސް ވެސް ހޯދީ.” ރަވާނު ބުނެލިއެވެ.
“އެހާ ހިސާބުން އަހަރެމެން ޑަބްލިޔު ސާރ އަށް އެކަން އެންގީ. އެކަމަށް މުޅި މެރިން ޓީމު ފޮނުވައިގެން އެ ބޯޓު ފެނޭތޯ މުޅި ހިސާބު ގަނޑުގަ އަތް ފުނާއެޅި. މުޅި ދިވެހި ރާއްޖޭގެ ކަނޑު އަޑި ބަލާ ފާސް ކުރި. އެކަމަކު ވެސް ނުފެނުނު. އޭގެ ފަހުން ފުލުހުންނަށް ރިޕޯޓު ކުރީ ވެސް. ދެން އެނގެއެއްނު މިޒަމާނުގައި ސިކުންތުކޮޅެއްގެ ތެރޭގައި ދުނިޔޭގަ އެވާހަކަ ފެތުރޭނެކަން.” މަލަކު އިތުރަށް ބުނެލިއެވެ.
“ޒާން ބެއާއި ނަޢީމް ބޭ ވަގުތުން އަނބުރާ ރާއްޖެ އައި އެ ޚަބަރު ލިބުނީމަ. ރުޅި އަމާޒުވީ ވާން އަށް. އެކަމަކު އެއަށްވުރެ ބޮޑަށް އަތުކުރި އޮޅާލީ ރިފްމެން ހޯދަން. ރިފްގެ މަންމަ ހުރީ ވަރަށް ބޮޑަށް ޝޮކް ވެފައި. އެހެންވެ އެނދުމަތި ކުރަން ވެސް ޖެހުނު.” ޝެހެނާޒު ބުނެލިއެވެ.
“އަހަރެންނަށް ހީވަނީ އަހަރެމެންގެ ޕްލޭން ކޮންމެވެސް ވަރަކަށް އެމީހުންނަށް އެނގުނީ ހެން. އެހެން ވީމާ ތާ ހުރިހާ ކަމެއް އެމީހުން ބޭނުންވި ގޮތަށް ދިޔައީ. ކުރާނެ ކަމެއް ނެތް. ދެން ބޯޓަށް އެރި ފަހުން ހިނގައިދިޔަ ކަންތައް ރިފް އަށް ދޯ އެނގޭނީ. ރިފް ނުބުނާން ނިންމައިގެން ހުރިއްޔާ ކިހިނެއް މަސައްކަތް ކުރިއަށް ގެންދާނީ.” މަލަކުގެ އެ ނަޒަރުން އަހަރެން ތުންފަތުގައި ދަތް އަޅާލީމެވެ.
އެމީހުންނަށް އަހަރެން އެއްވެސް ވާހަކައެއް ނުކިޔައިދޭނެކަން އެނގުމުން ނުކުމެގެން ދިޔައެވެ. އެ މީހުން ދިއުމުން ކޮޓަރީގައި އަހަރެންނާއި ނަރުސް ކުއްޖާ އެކަނި ވިއެވެ. އެ ނަރުސް ކުއްޖާ ވެސް ދިއުމުން އަހަރެން ލަސްލަހުން އަތަށް ގުޅައިފައިވީ ވާކޮޅުތައް ނައްޓާލީމެވެ. އެތަނުގައި ހުރި ކަފަ ރޯލަކުން އެ ތަން ސާފުކޮށްލައިފައި މަތިން ވައިޑް ހީލް މަލަމެއް އަޅާލީމެވެ. އައިވީ ފުޅި ބަންދު ކޮށްލައިފައި އަހަރެން އެނދުން ތެދުވީމެވެ. ޕްރައިވެޓް ރޫމުން އަހަރެންނަށް ނުކުމެވުނީ ރަޒާނުގެ ކުރިމައްޗަށެވެ. “އަޅޭ މީނާ ވެސް މި ގަޑީގައި ތަ އަންނަން އެނގުނީ.” ހިތާ ހިތުން އަހަރެންނަށް ބުނެލެވުނެވެ.
“ރިފްކޯ! އަދި ދުލެއް ނުކޮށްލައެއްނު. ކީއްވެ ތި ނުކުތީ. ހިނގާ ދޮންބެ އާއި އެއްކޮށް އެތެރެއަށް.” އޭނާ އަހަރެންގެ އަތުގައި ހިފިއެވެ. އަހަރެން ވިސްނީ އޭނާގެ ކިބައިން ސަލާމަތްވެގެން ދާށެވެ. އެހާ ވަރުން އައިވީ ނައްޓާލައިގެން ނުކުމެ އެއް ކަމެއް ނުކުރެވެނީސް އެދުމަތި ވާކަށް އަހަރެން ބޭނުމެއް ނޫނެވެ.
“އޯވް ކަމޯން ދޮންބޭ! އަހަރެންނަކަށް އެހާ ވަރެއް ނުވެއެއްނުތަ؟ އަހަރެން މި ދަނީ އާހިލް ގާތަށް. އެ ރޭ ހޭނެތުނު ފަހުން އެ ސޮރު ލޮލުން ނުދެކެމޭ.” އަހަރެން ބުނެލީމެވެ. އެހެނަސް އޭނާ ދެން ވެސް އެންގީ އެތެރެއަށް ވަންނާށެވެ. “ސޮރީ” އަހަރެން އޭނާގެ އަތް އަނބުރާ ލައިފައި ގޮނޑި އަށް ވައްޓާލީމެވެ. ދެން ދުވެފައި ދިޔައީ އާހިލް ހޯދުމުގެ ނިޔަތުގައެވެ. އެހީ ލިބިގަތުމުގެ ވިސްނުމުގައި ދިޔައީ ރިސެޕްޝަން މީހުންގެ ގާތަށެވެ.
“އެކްސްކިއުޒް. ޕޭޝަންޓް އަހްމަދު އާހިލް ހިޝާން ވީ ކޮން ކޮޓަރިއެއްގަ ތޯ؟” އަހަރެން އަހާލީމެވެ. “އަހްމަދު އާހިލް. އަމްމް… މި ފްލޯގެ ހަތަރު ވަނަ ޕްރައިވެޓް ރޫމްގައި.” ރިސެޕްޝަނުގައި އިން ފިރިހެން ކުއްޖަކު އެހެން ބުނެލުމުން ޝުކުރު އަދާކޮށްފައި ހިނގައިގަތީމެވެ. ކޮޓަރިތަކުގެ ނަންބޯޑު ބަލަމުން އަހަރެން ދިޔައީމެވެ. ފަހަތުން ރަޒާނު ނައި ކަން ރަނގަޅެވެ. އެހެން ނޫނަސް އަހަރެން ދުވެ ފިލިއްޔާ އޭނާއަށް އަހަރެން ހޯދޭ ހެއްޔެވެ؟ ހަމަ ކުރިން ރީތި ކޮށް ބުނީމާ ފުރުސަތު ނުދިނުމަކީ އޭނާގެ މައްސަލައެކެވެ. ކުޑަކޮށް އަނިޔާ ކޮށްލަން ޖެހުނީ ވެސް އެހެންވެގެންނެވެ.
ބޭނުންވި ކޮޓަރި ފެނުމުން އަހަރެން އެ ދިމާލަށް ދިޔައީމެވެ. އަހަރެންނަށް އާހިލް އޮތް ޕްރައިވެޓް ރޫމަށް ވަދެވުނު އިރު ދެން ތިބި މީހުން އެތަނުގައި ތިއްބެވެ. އެމީހުންގެ ނަޒަރު އަމާޒުވުމުން އަހަރެން ތުންފަތުގައި ދަތް އަޅާލީމެވެ. މި މީހުންނަށް އަހަރެން ދަމައިފައި އަނބުރާ ކޮޓަރިއަށް ގެންދެވިދާނެއެވެ. އެކަމަކު ވެސް ހެވެވެ. އާހިލްގެ ޙާލަތު ލޮލުން ދެކެލުމުގެ ފުރުސަތު ލިބިއްޖެއެވެ. “ރީފް!” އެމީހުންގެ ނުރައްކާތެރި ނަޒަރުން ރެކެންވެގެން އަހަރެން އަނބުރާ ކޮޓަރިއަށް ދިޔައީ އެވެ. އެތަނުން މަންމަ އާއި ރަޒާނާއި ދިމާވިއެވެ.
ރަޒާނު އޭނާގެ އަތުގައި ފިރުމަމުން އަހަރެންނަށް ދެލޯ އަޅާލިއެވެ. އަހަރެން ހިނިތުންވެލީމެވެ. އެހެން ހެދުމުން އޭނާގެ ގާތަށް އިތުރަށް ރުޅި އައީ އެވެ. އެހެނަސް މިހާރު އަހަރެން މިހިރީ ހަސްފަތާލު ހެދުމުގައެވެ. ބަލި މީހެއްގެ ގޮތުގައެވެ. ރުޅިއައިސްގެން އެއްޗެއް ބުންޏަސް އެއިން ވާނެ ފައިދާއެއް ނޯންނާނެ ކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގޭނެއެވެ.
“ދެން ވެސް ބަސްއަހައިގެން މަޑުން އޮންނާތި. މާދަމާ ދޫކޮށްލަންދެން ކެތް ކޮށްލައިގެން އިނދެބަލަ. މަންމައަށް އެނގޭ ދަރިފުޅު ހަސްފަތާލުގައި އޮންނަން ނުރުހޭ ކަން އެކަމަކު ވެސް އެހެން ހަދާކަށް ނުވާނެއްނު.” އަހަރެންގެ އަތަށް އަނެއްކާ ވެސް އައިވީ ގުޅައިފައި ނަރުސް ކުއްޖާ ދިއުމުން މަންމަ ނަސޭހަތުގެ ރާގަކަށް ބުނެލިއެވެ.
އަނެއް ދުވަހެވެ. އަހަރެން ދޫކޮށްލުމުން އައިސް އިނީ އާހިލް ބާއްވައިފައި އޮތް ކޮޓަރީގައެވެ. ގަޑިއަށް އިރު އިރުކޮޅާ ބެލޭ ވަރަކަށް އަހަރެންގެ ހާސްކަން އިތުރުވަމުން ދިޔައެވެ. “އާހިލް ދެން ވެސް އަހަރެން ނުތަޅުވާ ތެދުވެބަލަ.” އާހިލްގެ ކަނައަތަށް ފިތާލަމުން އަހަރެން ބުނެލީމެވެ. ދެން އެވަގުތު އެތަނަށް އައިސް ވަނީ ޑޮކްޓަރ ވިޔާމް އެވެ. އޭނާ ފުން ނޭވާއެއް ލައިފައި އިސްޖަހާލިއެވެ. އެވަރުން އެ ބުނެދޭން އުޅެނީ ކޮން ކަހަލަ ޚަބަރެއް ކަން އަހަރެންނަށް ނަގައިގަނެވުނެވެ. ދެން ހީވީ އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަ ހެންނެވެ.
“އައިމް ސޮރީ. ޕޭޝަންޓް މިހާރު އެ ވަނީ ކޯމާއަކަށް ގޮސްފައި. އެއްވެސް ގޮތަކަށް ނޭނގޭނެ ދެން ހޭ އަރާނެ ދުވަހެއް. ދެތިން ދުވަސް ވެސް ވެދާނެ. ނޫނީ މަސް ތަކެއް ފާއިތުވާ ފަހުން ހޭއަރާ ފާނެ. ބައެއް މީހުން ގިނަ އަހަރު ތަކެއް ވަންދެން ހޭ ނާރާ އެހެން ފުން ނިންޖެއް ކަހަލަ ކޯމާއެއްގައި އޮވޭ.” ޑަކުޓަރުގެ ވާހަކަ އިން އަހަރެން ހުއްޓުން އެރިއެވެ. ހިތަށް އެރިއެވެ. އެ ދުވަހު އާހިލް ގޮވައިގެން އެ ބޯޓު ފާސް ކުރަން ނުދިޔަ ނަމަ މިހެނެއް ނުވީހެވެ. ވޯޓާ ކެޕްސޫލް ބޭނުން ކޮށްގެން އަމިއްލަ ނަފްސު ސަލާމަތް ކުރުމުގެ ބަދަލުގައި އެ ރަހީނުކުރާ މީހުންގެ ފަހަތުން ދިއުމުގެ ޚިޔާލު ވެސް ހުށަހަޅީ އަހަރެންނެވެ. އެތަނުގައި އަހަރެމެންނަށް ބާރެއް ނުދެއްކޭނެ ކަމަށް އާހިލް ބުނި ނަމަވެސް ޔޫނުސް ސަލާމަތް ކުރެވިދާނެ ކަމަށް ދުއްވައިގަތީ އަހަރެންނެވެ. އާހިލަށް ދެގުނަ އަނިޔާ ވެސް ލިބުނީ ހަމަ އަހަރެންގެ ސަބަބުންނެވެ. އަހަރެން ނެތް ނަމަ އާހިލަށް މި ޙާލެއް ނުޖެހުނީހެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
16 Comments!
Comments are closed.







Maashaa allah vrh reethi
Can u give a date for the next part
Im so curious
Cant wait
alr i’ll submit on wednesday IA
ekm faharehga edhuvahu upload nuvedhaane cuz esfiya team in e kanda alhaanii
Thnx Anonymous
ވަރަށް ފުރިހަމަ މި ޕާޓު ވެސް . ދެން ރިފްޤާ އެންމެންނަށް ފިލާނީ ކަންނޭނގެ އެމީހުންގެ ކިބައިން އެހެންމީހުން ސަލާމަތް ކުރަން.
salhi theory eh.
thnx for the comment *****
Masha Allah……..
Mi part ves vrh vrh reethi…..👏👏👏👏👏
Hama best…..👍👍👍👍
When next???????
Avahah up koh dhehchey….
Can’t wait……
IA will submit on wednesday
Thnx Naikko!
When next??
Alhey rifga fuluhunnah eh baarulun dhin nama…
IA wednesday ga submit kohlaanan
Thnx Nawar!!!
Vary nice
Awnnnn!!!!!
Plz save ahil!!!!
Coma akah dhiya nudhee save him!!!!!!!
Very curiois!!!waiting impatiently
Will see wht happens to Ahil.
Thnx Your fav bab
Wow v reethi mi part ves can’t wait to next part
Thnx Jennie
Mi part ves varah reethi
Love it❤️❤️❤️
Thnx Lara
V reethi mi part ves. When next ?? Can’t wait
Thnx ❤️one of your fan…
I actually submitted on Wednesday.
I think it’s gonna be uploaded soon.