Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ޙަޤީޤަތް ހޯދުމޭ 32

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
November 21, 2024 8 Mins Read
16 Comments

ނަމާދަށް ފަހު ޒިކުރުކުރަން އިން އަހަރެން ސިއްސައިގެން ދިޔައީ ކުއްލިއަކަށް ގޭތެރެ އަޑުގަދަވުމުންނެވެ. ޒިކުރުކޮށް ނިންމާލައިފައި ނުކުތް އިރު ކަމަކު ދާކަށް ނެތެވެ. ފިރުޝާނުގެ އާއިލާގެ އަންހެން މެމްބަރުންނާއި ލައިލާގެ އެކުވެރި އަންހެން ކުދިން ވެސް އެގޭގައެވެ. އަޑު ގަދަ މިވީ މިހެންވެގެން ތާއެވެ. އަހަރެން ލައިލާގެ ގާތުގައި ބުނެލައިފައި ނުކުތީ ބޭރަށެވެ. އަދި މިއުޅެނީ ދޭނެ ރަނގަޅު ހަދިޔާއެއް ނުގަނެވިގެންނެވެ. 

ކަންދިމާކުރި ގޮތުން އަހަރެންނަށް ނުކުމެވުނީ އާހިލުގެ ކުރިމައްޗަށެވެ. އެހެނަސް އަޅާނުލާ ދެން ހިނގައިގަތީ މޯލް އަށް ދާށެވެ. “ކަލޭ ތި ދަނީ ކޮންތާކަށް؟”  ފަހަތުން އާހިލް އައެވެ. “ކަލޭ އާ ބެހޭ ކަމެއް ނޫން.” އަހަރެން ރައްދުގައި ބުނެލީމެވެ. “ބަލަ މަށަށް އެނގެން ޖެހޭނެ ދޯ. މަ ކައިރީ ވިއްޔާ ބުނީ ކަލޭ ރަނގަޅަށް ބަލާށޭ.” އޭނާ ފަހަތުން އަހަރެންގެ އަތުގައި ހިފާ އޭނާ އާއި ދިމާއަށް އަނބުރާލައިފިއެވެ. “ޕިސްޕިސް. މި ދަނީ ފިހާރަ އަށޭ ލައިލީއަށް ހަދިޔާއެއް ގަންނަން ޖެހޭޔޭ މަށަށް.” އޭނާގެ އަތް ފޮޅުވާލަމުން އަހަރެން ކުރިއަށް ހިނގައިގަތީމެވެ. 

“ކަލޭ ބަލަން އުނދަގޫ ތުއްތު ބޭބީއަކަށް ވުރެ ވެސް.” ޗުސް ތަޅާލަމުން އާހިލް ބުނެލިއެވެ. “މަ ނުބުނަން ބަލާށެކޭ. މަ ފަހަތުން ކޮންމެ ތަނަކަށް އަންނާށެކޭ. ކަލޭ ނައިއްޔާ މަ ބޮލަށް ވެސް ފަސޭހަ ވާނެ.” އަހަރެން ވެސް ވަކި ދުލެއް ނުކުރަމެވެ. “ބްލޫ އައި ސްޓޯކާ ބުނެގެން ނެއްނޫނޭ މަ އަންނަނީކީ. ކަލޭގެ ތިއްތިއޭ މަގާތު ބުނީ.” އޭނާ ރައްދުގައި ބުނެލިއެވެ. “އެނޮއިން ކެޓް ހަމަ އެހާ ބިރުގަނޭތަ ވިނަބެއްޔާ ދެކެ ހާދަ ފިނޑި އޭ. ހެހެހެ… ފިނޑި ކާޅު.” އަހަރެން އޭނާއަށް މަލާމާތް ކޮށްލީމެވެ. 

“މަ ނުގަނޭ އޭނަ ދެކެ ބިރެއް. ކަލޭ އެކަނި ދޫކޮށްލެވޭ ވަރަށް ވުރެ ބަލިކަށީ ދޯ!” އަހަރެންގެ ކުރިމައްޗަށް އަރައިފައި އޭނާ ބުންޏެވެ. “މަށަކީ ބަލިކަށި މީހެއް ނޫނޭ. އެހެން ނޫނަސް މިރަށަކު ނޫޅޭ މަށާ ބެހެން އުޅޭ މީހެއް.” އޭނާ އާއި ދިމާލަށް ދެތިން ފިޔަވަޅު އަޅާލަމުން އަހަރެން ދެލޯ ވަށްކޮށްލީމެވެ. އޭނާ ވެސް އަހަރެންނާއި ދިމާލަށް ފިޔަވަޅެއް އަޅާލައިފައި އަހަރެންގެ ކަންފަތާއި އޭނާގެ އަނގަ ކައިރި ކޮށްލިއެވެ. “ބްލޫ އައި ސްޓޯކާ ރުޅިއަރުވާ ހިތްވާތީއޭ އަހަރެން މި ތަނަށް އައީ.” އޭނާ ބުނެލިއެވެ. 

އަހަރެން ފަހަތަށް ދެތިން ފިޔަވަޅު އަޅާލައިފައި އަނެއްކާވެސް އެ މޯލް އަށް ދާން ހިނގައިގަތީމެވެ. އެ އާހިލް ސޮރާއި ހިފަން ވަގުތު ބޭކާރު ކުރަން ބޭނުން ނުވާތީއެވެ. ދިޔައީ ވެސް އަވަސް ފިޔަވަޅު ތަކެއް އަޅަމުންނެވެ. އެ ސޮރު ‘އިގްނޯރ’ ކުރަން ބޭނުންވާތީއެވެ. 

މޯލް އަށް ވަދެފައި އަހަރެން ވިސްނާލީ ގަންނާނެ އެއްޗަކާއި މެދުގައެވެ. އަހަރެން އެންމެ ފުރަތަމަ ވެސް ވަދެލީ ސެންޓު ވިއްކާ ފިހާރައަކަށެވެ. އާހިލް ވެސް އަހަރެންގެ ފަހަތުން އެތަނަށް ވަނެވެ. އެ ފިހާރައިގެ ތެރޭ ބުމަރެއް ހެން އެނބުރުނީ ހިތް ޖެހޭ ކަހަލަ ސެންޓު ފުޅިއެއް ނުފެނިގެންނެވެ. “ކަލޭ އެއްޗެއް ގަންނާކަށް ވެސް އެނގެނީއެއް ނޫނޭ. މަ ނަގަން ވީތަ.” އަހަރެން ދެކޮޅަށް ކިރޭތީ އެ ސޮރަށް އުނދަގޫވީ ކަންނޭގެއެވެ. އަހަރެންނަށް ނަގާނެ އެއްޗެއް ނޭނގުމުން އެ ސޮރު ގާތުގައި ނަގަން ބުނީމެވެ. އޭނާ ނެގި ސެންޓު ޕެކް ގަނެފައި ދެން ހިނގައިގަތީ ގަހަނާ ވިއްކާ ފިހާރައަކަށެވެ. 

މި ފަހަރު އަހަރެންނަށް ނަގާނެ ރަނގަޅު ފަށެއް ފެނުނެވެ. ރިހީގެ ރީތި ގެތުމެކެވެ. އޭގައި އަލިމަސް(Diamond) ޖެހި ފަށުފުލެއް ވެސް އިނެވެ. އެ ދިނީ ވިހި ހާސް ރުފިޔާ އަށެވެ. ދެން ދިޔައީ އެއްޗެހި ޕާރުސަލް ކުރާ ތަނަކަށެވެ. ޕާރުސަލް ގަނޑަކަށް ނެގީ ލައިލާއަށް އެންމެ ރީތި ކުލަ ކަމުގައިވާ ލައިލެކް އެވެ. އެއީ މަޑު ދަނބުކުލައެކެވެ. އެ ގަނޑު ނެގި ވަގުތު އެތަނަށް އައިސް ހުއްޓުނު މީހަކު ފެނުމުން އުފާވިއެވެ.

ބައްދަލުވުމާއި އެކު އަހަރެން އޭނާ އާއި އަތާ އަތް ޖަހައި ސަލާން ކޮށްލީމެވެ. އަހަރެމެން އަބަދުވެސް ހަދާ ގޮތަށެވެ. “ތިއީ ރިފް ތަ. އޯއެމްޖީ. ހުރި ގޮތުން ވަކި ކުރަން ވެސް ނޭނގުނޭ. މިގޮތައް ސްވެޓާއަކާ ޓްރައުޒާ އެއް ލައިގެން ރިފް އުޅޭ ކަމެއް ނޭނގޭނެ ވިއްޔާ. ޙާލު ކިހިނެއްތަ؟” ފުރަތަމަ ވާހަކަ ދެއްކީ ޒަލަފް އެވެ. “ޔަޤީނެއްނު މިއީ އަހަރެން ކަން. އަހަރެން ހަމަ ބަރާބަރޭ ޒަފް ކިހިނެއް ތަ؟” އަހަރެން ބުނެލީމެވެ. “ދެން ހަމަ ބެސްޓް. މިރަށުގަ ކީއްކޮށްލަނީ؟ އަނެއްކާ ބަދަލު ވީތަ. ދެން ކިޔަވައިދޭން އަންނާނަންތަ؟” އޭނާ އެހިއެވެ. “ލައި މިސްގެ ވެޑިން އަށް އައިސްގެން މިއުޅެނީ. ހެހެހެ… މިރަށަކު ނުހުންނާނަމޭ. ހަމަ މިރޭ ފުރަން.” އަހަރެން ރައްދުގައި ބުނެލީމެވެ.

“އައްދޭ ރިފް ރައްޓެހިންނަށް ވެސް ނަގަނީ ކުޑަކުދިންތަ؟ މި ކާކު ތަ؟” ޕާރުސަލް ހިފައިގެން އައި އާހިލަށް އެވަރު ކަމަކާ ވެސް ދިމާނުކޮށްލާ ނުހުރެވުނެވެ. “ކަލޭ އަކާ ބެހޭ ކަމެއް ނޫނެއްނު.” އަހަރެން އާހިލާ ދިމާލަށް ބުނީމެވެ. “އޯހް މައި. ރިފް ބީއެފް އެއް ނެގީތަ. ހާދަ ވަރުގަދަ ގޮލައެއް ވައްތަރު ޖަހައޭ. އަތަށް ވެސް މަސްއަރާލައިފަ. ސޯ ހޭންޑްސަމް އެންޑް ހޮޓް” ޒަލަފް ބުނެލި އެއްޗަކުން އަހަރެންނަށް ދެލޯ ބޮޑުކޮށްލެވުނެވެ. “ނޯވޭ. މަށެއް ނޫޅެން އޭނާ ކަހަލަ ބުރާންތި ބުމަރަކާ ރައްޓެހިވެގެންނެއް. ޒަފް ވެސް ދޯ.” އަހަރެން ބުނެލީމެވެ. “ބުރާންތި ބުމަރެކޭ. ޔޫ ވިލް ރިގްރެޓް ސެއިން ދެޓް.” އާހިލް ފަހަތުން ބުނެލިއެވެ. “ނޯ އައި ވޯންޓް. އޭ ޒަފް. ދެން ދަނީއޭ މިހާރު އެއޮށް ހައެއް ޖެހީ.” އަހަރެން އުޅުނީ އަވަހަށް ދާށެވެ. މޯލް ތެރޭގައި މާގިނައިރު އުޅެވުމުންނެވެ. 

އެޕާޓްމަންޓަށް އާދެވުމުން އަހަރެން އެތަނަށް ވަނީމެވެ. އެ އާހިލް ސޮރު ވަންނާކަށް ނޫޅުނެވެ. އޭރު ވެސް އެތަން އޮތީ ތޮއްޖެހިފައެވެ. ކައިވެނީގެ ކުރިން އަންހެން ވެރިން ރީތި ވަނީއެވެ. އަހަރެން ވެސް ގޮސް ފެންވަރުމަށްފަހު ނަމާދު ކޮށްލައިގެން ނުކުތީމެވެ. އޭރު މޭކަޕް އާޓިސްޓުން ވެސް އެތަނަށް އައިސްގެން އުޅެއެވެ. އަހަރެން ނުކުތީ ލައިލާ ދިން ހެދުން ލައިގެންނެވެ. މެރޫން ކުލައިގެ މެކްސީއެވެ. އަހަރެންނަށް އެޔެއް ކަމަކު ނުދެއެވެ. ކުރިން އައިސްގެން އުޅުނު ފަހަރު ޓްރައި ކޮށްލި އަބާޔާ ވަރަށް ކަމުދިޔައެވެ. އަހަރެންނަށް ކަމުދަނީ އެގޮތަށް މާ ގޮތްގޮތް ހަދައިފައި ނުހުންނަ ހެދުމެވެ. އޭރު ލައިލާ އިނީ މޭކަޕް ކުރާށެވެ. މާ ވަރުގަދަ މޭކަޕެއް ނޫނެވެ. ލުއި މޭކަޕެކެވެ. 

އަހަރެންނަށް ލައިލާގެ ކައިވެނި ހެދުން ފެނުނީ އެވަގުތެވެ. ހުދުކުލައިގެ އެ ވެޑިން ޑްރެސް ވަރަށް ރީއްޗެވެ. ރޫފޮތީގައި ފަހައިފައިވާ އެ ހެދުން އަރާނީ ލައިލާގެ ފައިތިލައާއި ހަމައަށް ކަންނޭގެއެވެ. ފޮތި މަލާއި މިނާތަކުން އެ ހެދުން ޖަރީކުރެވިފައި ވެއެވެ. އެ ހެދުން ކައިރީ ހުދުކުލައިގެ ޕްލީޓެޑް ޝޯލްއެއް އޮތެވެ. ޝޯލް މަތިން އަޅާނެ ރިހިކުލައިގެ ވިދުންގަދަ ތާޖެއް އޮތެވެ.

“ރިފް ވެސް ދެން އަންނަގަ މޭކަޕް ކުރަން.” ލައިލާ ގޮވާލިއެވެ. އޭރު އެހެން އެންމެން މޭކަޕް ކޮށް ނިމިއްޖެއެވެ. އަހަރެން ވަގުތުން ރުޅި މޫނު ހަދާލީމެވެ. “އަޗި. މަ ނޫޅެން މޫނަށް ފުށްބަސްތާއެއް ޖަހާފަ ތުންފަތުގަ ދަވާދު ލާކަށް.” އަހަރެން އިންކާރު ކުރީމެވެ. އެހެން ބުނުމުން ޝޯލް އަޅައިދޭ މީހަކު އައިސް އަހަރެން ޝޯލް އަޅުވައިދިނެވެ. 

އިޝާ ނަމާދަށް ފަހު ހަތްގަޑި ފަންސާސް ވުމާއެކު އެންމެން އެކުގައި ހަފްލާ ބޭއްވޭ ތަނަށް ދިޔައީ ދިގު ކާރެއްގައެވެ. ވިހި މީހުންނަށް އެރޭ ވަރުގެ އެއްޗެކެވެ. މަންޒިލާއި ހަމައަށް އާދެވުމުން އަހަރެން ލައިލާގެ އަތުގައި ހިފައިގެން އެތަނުގެ ތެރެއަށް ވަންނަން ހިނގައިގަތީމެވެ. ކައިވެނި ކުރުމަށް ޓަކައި ޚާއްސަ ކުރެވިފައިވާ މޭޒު ދޮށަށް ގޮސްފައި އެއްފަރާތަށް ޖެހިލީމެވެ. އަހަރެންނަށް ހެވުނީ ކަޅި ޖަހައިނުލާ ލައިލާއަށް ބަލަން ހުއްޓުން އަރާފައި ހުރި ފިރުޝާނު ފެނުމުންނެވެ. ދެން އެއްލި ކަޅިއަކުން ފެނުނީ އާހިލެވެ. ސޫޓެއް ލައިގެން ހުރި އިރު ވެސް އަހަރެންނަށް އޭނާ މޮޔަ ވައްތަރު ޖަހައެވެ. އެހެނަސް އެވަގުތު އެތަނަށް އައިސްފައި ތިބި އަންހެން ކުދިންގެ ލޯތަށް އޭނާއަށް ހުއްޓިފައިވުމުން އަޖައިބުވިއެވެ.

“އޯހް މައި ގޯޑް. އިޒް ހީ އީވެން ރިއަލް. ސޯ ހޮޓް.” އެތަނުގައި ހުރި އަންހެން ކުއްޖަކު އެހެން ބުނެލުމުން އަހަރެން އަޖައިބުވިއެވެ. މިހާ މޮޔަ ކުދިން ވެސް ދުނިޔޭގައި އުޅޭ ދޯއެވެ. އަހަރެންނަށް އެވަގުތު އެއްކަމެއް ފާހަގަ ކުރެވުނެވެ. މިހާތަނަށް އެ އާހިލްގަނޑާއި އެކު އުޅުނު އިރު އެއްވެސް އަންހެން ކުއްޖަކު އޭނާއާއި ކައިރި ވިޔަކަ ނުދެއެވެ. އެއްވެސް އަންހެން ކުއްޖަކަށް ނުބެހެއެވެ. ނުދަންނަ އަންހެން ކުއްޖަކާއި ވާހަކަ ވެސް ނުދައްކައެވެ. އޭނާގެ ލޯބި ހޯދަން އަންނަ މީހަކު ވިއްޔާ ދެވަނަ ފަހަރަށް އޭނާ އާއި ދިމާލަށް ވެސް އަންނަން ނުކެރޭނެ ވަރު ކޮށްލައެވެ. ޝެހެނާޒާއި މަލަކު މެންނާއި ވާހަކަ ދައްކާ ސަމާސާ ކޮށް އުޅުނަސް އެ މީހުންނާއި ވެސް ދުރެވެ. އެހެނަސް އެ ސޮރު އަހަރެންނާއި މެދު ކަންތައް ކުރަނީ އެއާއި މުޅިން ޚިލާފަށެވެ. އަހަރެންނަށް ނުބެހޭ ދުވަހެއް ނުދާނެއެވެ. ހަތަރު ކަޅި ހަމަކޮށް ދުލާއި އަތުން ވެސް ޖެއްސުން ކުރާނެއެވެ. ބައެއް ޙާލަތް ތަކުގައި ކައިރިވާން ނުޖެހޭ މިންވަރަށް ކައިރި ވާނެއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ ވިސްނާ ވިސްނާ ވެސް އަހަރެންނަކަށް އެނގޭ ކަމަކަށް ނުވިއެވެ. 

“އަނބި ޤަބޫލުކޮށްފިން” ލައިލާގެ އަތުގައި ހިފާލަމުން ފިރުޝާނު ބުނެލިއެވެ. ކައިވެނިކޮށް ނިމުމުން ކޯޓުން އައި މީހުން ދިޔައެވެ. ވަލީމާ ގެ ޙަފުލާ ފެށުނީ ދެނެވެ. މީހުން ގިނަ ވުމުގެ ކުރިން އަހަރެން ގެނައި ޕާރުސަލް ލައިލާގެ އަތަށް ލައިދިނީމެވެ. ފްލާވާ ގާލް އޭގައި ހިފުމުން ދެން އެ ދެމަފިރިންނާއި އެކު ފޮޓޯ ނެގީމެވެ. އަހަރެން އެކަންޏެއް ނޫނެވެ. އާހިލް ވެސް އަރުވައިގެންނެވެ. 

އެ މާޙައުލު މާ ބޮޑަށް ތޮއްޖެހިފައި ވުމުން އަހަރެންނަށް ވަރަށް އުނދަގޫ ވިއެވެ. ލައިގެން ހުރި ހެދުން ވެސް އަހަރެންގެ ހަށިގަނޑުގައި ޖެހިފައި ހުރުމުން ހައްތަހާ އުނދަގުލެވެ. އެންމެ ފަހުން ނުހުރެވިގެން އަހަރެން ނުކުތީމެވެ. އޭގެ ކުރިން ފާޚާނާއަށް ވަދެ ލައިގެން ހުރި އެއްޗެހި ބަދަލު ކޮށް މެރޫން ކުލައިގެ ޓާރޓްލް ނެކް ސްވެޓާއަކާއި ކަޅު ޓްރައުޒާއެއް ލައިގެންނެވެ. އަހަރެން މިސްރާބު ޖެހީ އެ ތަނާއި މާ ދުރު ނޫން ހިސާބެއްގައި އޮތް ގޮނޑުދޮށަށެވެ. 

ގޮނޑުދޮށުގައި ހުރި ފާލަމާއި ހިސާބަށް ގޮސްފައި އަހަރެންނަށް ދެބުމަ ގާތް ކޮށްލެވުނީ މީހަކު އަހަރެންގެ ފަހަތުން އަންނަކަން އިހުސާސް ކުރެވުމުންނެވެ. އެވަގުތު ހަނދާންވީ ބޯކޮށް ވާރޭ ވެހުނު ދުވަހުގެ މަތިންނެވެ. އެރޭ އަހަރެންނަށް އެޅުނު ކަތި ފިޔަވަޅަކީ ދުއްވައިގަތުމެވެ. މިފަހަރު އެހެން ވިޔަކަ ނުދޭނަމެވެ. ފުރަތަމަ އެ މީހަކު ބިމަށް ތިރިކޮށްލަން ވީއެވެ. އެ ޚިޔާލުގައި ހުރެ އަހަރެންގެ ގަޑި ތައްޔާރު ކޮށްލީ އެއިން ތޫނު އެއްޗެހި ތަކެއް ދޫކޮށްލާށެވެ. އެ ވިސްނުމަށް ޢަމަލު ކުރީ ކުއްލިއަކަށެވެ. 

އަހަރެންނަށް ދެލޯ ބޮޑުކޮށްލެވުނީ އަހަރެން ފަހަތުން އައި މީހަކީ އާހިލް ކަން އެނގުމުންނެވެ. ނަސީބަކުން އޭނާގެ ޙަރަކާތްތައް އަވަހެވެ. އެ ތޫނު ހަތިޔާރުތަކުން ރެކިގަތީ ފެން ފޮދެއް ބޯލުންހާ ފަސޭހައިންނެވެ. އަހަރެންނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ދެނެވެ. އާހިލް ހުރީ އޭނާ ލައިގެން ހުރި ސޫޓުގެ ބަދަލުގައި ކަޅު ހުޑީއަކާއި ޖިންސެއް ލައިގެންނެވެ. އޭނާ އަހަރެންނާއި ދިމާލަށް އައެވެ. “ސޮރީ” އަހަރެން ވައިއަޑުން އެހެން ބުނެލައިފައި އަނެއް ފަރާތަށް އެނބުރުނީމެވެ. ޖެހޭ ގަދަ ވައިރޯޅިން އަހަރެންނަށް ލިބެނީ އުފަލެވެ. މޫދުން ރެދަން ކަނޑާ މަންޒަރު ނުހަނު ރީއްޗެވެ. ޚާއްޞަކޮށް މި ފާލަން މަތީގައި ހުންނަ އިރު ފެންނަލެން އާދަޔާޚިލާފަށް ރީއްޗެވެ. 

އަހަރެން ފަހަތަށް އެނބުރުނީ އާހިލް އަހަރެންގެ އަތުގައި ހިފުމުންނެވެ. “ކިހިނެއް ވީ؟” އެއް ބުމަ މައްޗަށް އަރުވާލަމުން އަހަރެން އަހާލީމެވެ. “ކިހިނެއް ވީހޯ! އެއްވެސް ވަރަކަށް ބަލާލުމެއް ނެތި އަހަންނަށް މަރުގެ ހަމަލާ ދީފަ ހަމައެކަނި ސޮރީއޭ ބުނީމަ ވޭތަ؟” އޭނާ ނުރުހިފައި ބުނެލިއެވެ. “ދެން ކަލޭ ކީއް ކުރާނީ. މަ މަރާލާނީތަ؟ ޕިސްޕިސް.” އަހަރެން ބޯ ހޫރާލީމެވެ. 

ކުއްލިއަކަށް އޭނާގެ އަހަރެންގެ ފައިގައި އަޅުވާލާ ފާލަން މަތިން ވައްޓާލަން އުޅުނެވެ. މޫދަށެވެ. އަހަރެންނަށް އެވަގުތު ތޫލި އަޑަކުން ހަޅޭއްލަވައިގަނެވުނެވެ. އަހަރެން ހުރީ ކިރިޔާ ވެއްޓި ނުވެއްޓިއެވެ. އޭނާ އަހަރެންގެ އަތުން ދޫކޮށްލައިފިނަމަ ޕަސްލައިފައި ވެއްޓި ތެމޭނެއެވެ. “އެނޮއިން ކެޓޫ. ނުވާނެ ދޫކޮށްލައިގެން. މަ ނަގަން ވީއޭ.” އަހަރެން އެންގީމެވެ. “ކީއް ކުރާނީ ދޫކޮށްލައިފިއްޔާ. މިތަނުން ވައްޓާލަފާނެތީ ހަމަ އެހާ ބިރުގަނޭތަ. ގައިމު ފަތަން ވެސް އެނގޭ ވިއްޔާ.” އޭނާ ޖެއްސުމަށް ބުނެލިއެވެ. އަދި ކުއްލިއަކަށް އަހަރެންގެ އަތަށް ދުލެއް ދީފަައި އަތުގައި ހިފިއެވެ. “އޭތް ނޯ. ޕްލީޒް. ދެން ނަގާބަލަ. ދެން ރުޅިއެއް ނާރުވާނަމޭ.” އަހަރެން އާދޭހުގެ ރާގަކަށް އެދުނީމެވެ. އެހެނަސް އޭނާ އަހަރެން ތަޅުވަންވެގެން ފަސްވަރަކަށް މިނެޓު އެގޮތަށް ހުއްޓެވެ. 

އަހަރެން މައްޗަށް ނަގާ ފާލަން މަތީގައި ބެހެއްޓުމުން އެއްޗެކޭ ނުބުނެ ކަޅިއަޅާލީމެވެ. ދެން އަވަސް އަވަހަށް ހިނގައިގަތީ ފާލަމުން ފައިބަންނާށެވެ. ގޮސް ދޮންވެލި ގޮނޑުދޮށުގައި ފައި ޖެހުމުން ހަމަ ޖެހުމުގެ ނޭވާއެއް ލީމެވެ. 

އަހަރެން އަނެއްކާވެސް ކައިވެނީގެ ހަފްލާ ބާއްވާ ތަނަށް ދާން ގަސްތުކުރީ ދިހަ ގަޑި ތިރީސް ވާން ދިހަ މިނެޓަށް ވުމުންނެވެ. މިހާރު ޕާޓީ ނިމޭނެއެވެ. އަދި ދިހަ ގަޑި ސާޅީސް ފަހެއްގައި ފުރަން ވެސް ޖެހެއެވެ. އެތަނަށް ގޮސް ލައިލާ އަށް މަރުހަބާ ކިޔައިފައި ދާން އުޅޭ ވާހަކަ އަންގާލީމެވެ. އަހަރެން އެހާ ވަރަށް އިންކާރު ކުރުމުން ވެސް އެމީހުން އަހަރެންނާއި އާހިލް ގޮވައިގެން ބަނދަރަށް ލައިދޭން ދިޔައެވެ. 

“ހިތް ހެޔޮ ކުރާތި. ވަރަށް ސަލާން.” ސަލާންކޮށްލައިފައި އަހަރެން ދިޔައީ ލޯންޗަށް އަރާށެވެ. މިރޭ ވައިގަދަ ކަމުން ލޯންޗު ވެސް ހަމަހިމޭނަކުން ނޯވެއެވެ. ކަނޑު ގަދަ ރެއެކެވެ. އުނދަގުލުން އެ ހެލޭ އެއްޗަށް އެރުމުގެ ބަދަލުގައި އެއާއި ކައިރި ވެލައިފައި އެގޭ ތެރެއަށް ފުންމާލީމެވެ. ވާޓަރު މަތީގައި ހުރެފައެވެ. “ކަލޯ. ބަލައިގެން އުޅެބަލަ.” ލޯންޗަށް އަރައިފައި އާހިލް އެހެން ބުނެލީ ނުރުހުން ވެލަމުންނެވެ. އަހަރެން ގޮސް އިށީނީ އެންމެ ފަހަތު ސީޓުގައެވެ. އަހަރެންނާއި ޖެހިގެން އާހިލް އިށީނެވެ. 

ލޯންޗު ނައްޓާލުމާއި އެކު އަހަރެން ސިހުނީ އާހިލް އަހަރެންގެ އަތަށް އޭނާގެ އަތް ލައްވާލާ ހިފަހައްޓާލުމުންނެވެ. “ކީއްތަ ވީ؟” އަހަރެން އެހީމެވެ. “ބްލޫ އައި ސްޓޯކާ ހަމަ ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެވިއްޔާ. އެހާ ވެސް ރެކްލެސް މީހެކެއްނު ތީ. ދެން ހިފެހެއްޓީމަ މަޑުން އިނދެވޭނެއްނު.” އޭނާގެ ޖުމްލައިން އަހަރެންގެ ގާތަށް ރުޅިއައެވެ. ޔަޤީނުން ވިއްޔާ އެ ހިފީ އަހަރެން ބަނދަރު މަތީގައި ހުރެފައި ލޯންޗު ތެރެއަށް ފުންމާލުމުންނެވެ. މި ވައިގަދަ ރޭގައި އަހަރެން ކަނޑަށް ފުންމާލާކަށް ނޫޅެމެވެ. ގައިމު މިރޭ އަހަރެން ފާލަން މަތިން މޫދަށް ވައްޓާލަން އުޅުނީ ވެސް މީނާއެވެ. އަތް ދަމައިގަނެފައި އެއްޗެހި ކިޔާލަން ހިތަށް އެރި ނަމަވެސް މަޑުން އިނީ މިރޭ އޭނާ ރުޅި ނާރުވާނެ ކަމަށް އަހަރެންގެ ދުލުން ބުނެވިފައި ވުމުންނެވެ. 

ލޯންޗުން ފައިބަންނަން ދެން އޭނާ ހުރީ އަހަރެންގެ އަތުގައި ހިފައިގެންނެވެ. ހޮޓެލަށް ދެވުނު އިރު އަހަރެން ހުރީ ނިދިއައިސްގެން ގޮސް ވަރުބަލި ވެފައެވެ. އަދި މާދަމާ ފަތިސް ނަމާދަށް ފަހު ނިދާލަން ފުރުސަތެއް ނުލިބޭނެކަން ހަނދާން ވުމުން މޫނު ކުނިކޮށްލެވުނެވެ. 

***

“އެންމެން ހަމަ ވެއްޖެތަ.” ނައިލް ދުއްވާ ސީޓުގައި އިނދެ ގޮވާލައިފިއެވެ. މި ވޭނަކީ ދަތުރު ދިއުމަށްޓަކައި ކުއްޔަށް ނެގި އެއްޗެކެވެ. އަހަރެން ވޭނުގެ ސީޓު ތަކުގައި ތިބި މީހުންނަށް ނަޒަރު ހިންގާލީމެވެ. އެންމެންގެ މޫނުމަތި އުޖާލާ ވެފައި ވަނީ ހިނިތުންވުމަކުންނެވެ. އަހަރެން އިންތިޒާރު ކުރީ ދަތުރު ދާން ނިންމައިފައިވާ މަންޒިލަށް އާދެވޭނެ ވަގުތަކަށެވެ.

އަހަރެމެން ވޭނުން ފޭބީ އެހިސާބަށް އާދެވުމުންނެވެ. ލިސްޓުގައި ފުރަތަމަ ކަމަކަށް އޮތީ ޓެންޓު ޖެހުމެވެ. ބޮޑު ތިން ޓެންޓެވެ. އަންހެނުންނަށް އެއް ޓެންޓާއި ފިރިހެނުންނަށް އެއް ޓެންޓެވެ. އަހަރެމެން ގެނައި އެހެން ސާމާނު ބަހައްޓަން ވަކި ޓެންޓެކެވެ. 

ހެނދުނުގެ ނާސްތާ ވެސް ކުރުމަށްފަހު އަހަރެންނާއި ހިދާޔާއާއި ނައިލާއި ފިރާޝާ ވަނީ ވަލަށެވެ. އާހިލް އާއި ނިޢުމަތު ﷲ ދިޔައީ މަސްބާނާށެވެ. ދާ މަގުމަތީގައި ވެސް އާހިލަށް ނިޢުމަތު ﷲ އެކަހެރި ކޮށްލެވޭނެއެވެ. ގަސްބޯ ވަލަކަށް ވަނުމުގެ ބޭނުމަކީ ވެސް އެއީ އެވެ. އެ ރަހީނުކުރާ މީހުން އެމީހުންގެ އަމާޒުފަތްގަނޑަށް ސައުވީސް ގަޑިއިރު ލޯ އަޅާނަމަ ދާހާ ތަނަކުން އަންނަން ޖެހޭނެ ތާއެވެ. މަދު ބިނުމުގެ ނަމުގައި އެތަނަށް ވަނުމުން ހިދާޔާމެން ވެސް ޝައްކެއް ނުކުރާނެއެވެ. 

އަހަރެން މަދު ބިންނަން ހިދާޔާ އާއި އެކު ދިޔައީ އެ މިދިލި ވަލުގެ ދެކުނު ފަރާތަށެވެ. ނައިލް މެން ދާނީ އުތުރު ފަރާތަށެވެ. އަހަރެންނަށް މަދު އަޅައިފައިވާ ބިޔަ ގަހެއް ފެނުމުން އެ ގަހަށް އެރީމެވެ. އެ ގަސް ބިޔަކަމުން ތިރީގައި ހުންނަ މީހަކަށް ގަހުގެ މައްޗެއް ނުފެންނާނެއެވެ. އަހަރެން ދޮން މަދު ބިނދެ ވައްޓަމުން ދިޔައީމެވެ. އެހެނަސް އަހަރެންގެ ވިސްނުން ހުއްޓިފައި ހުރީ ރީތި ދޮންމަދު ބިންނާކަށް ނޫނެވެ. އެ ގަހުގެ މަތިން ވަލުތެރެ ރީއްޗަށް ފެންނާތީ އެތަން ފަރުވާތެރިކަމާއެކު ބެލުމަށެވެ. އެހާ ވަރަށް ބަލާ ފާސް ކޮށްގެން ވެސް އަހަރެމެން ނޫން ބަޔަކު ނުފެނުނެވެ. އަހަރެން އެ ގަހުން ފޭބީ ވާވަރަށް މަދު ބިނދެވިއްޖެ ކަމަށް ޤަބޫލުކުރެވުމުންނެވެ. 

ހިދާޔާ މަދުއެޅި ބޮޑު ކޮތަޅުގައި ގޮށް ޖަހާލަމުން އަހަރެންނާއި އެކު ވަލުން ނުކުންނަން އައެވެ. ގޮނޑުދޮށާއި ދިމާލުގައި ހުރި ފެން އިސްކޫރެއްގެ ކައިރިއަށް ދިޔައީ އެ މަދުތައް ދޮވެލުމުގެ ނިޔަތުގައެވެ. މި ހޯރަފުށީގެ ދޮންމަދަކީ މުޅި ދިވެހި ރާއްޖެއަށް ވެސް މަޝްހޫރު އެއްޗެކެވެ. އެ މަދު ފޮނިވެފައި ރަހަ މީރު ވީމައެވެ. މަދުތައް ދޮވެލައިގެން އަހަރެމެން ދިޔައީ ޓެންޓު ތަކާއި ދިމާލަށެވެ. އޭރު ޝެހެނާޒު އެތަނުގައި ތަށްޓަކަށް ފިޔާކޮށަން އިނެވެ. އެކޮއި އެހާ އަވަހަށް ކެއްކުމަށް އެއްޗެހި ތައްޔާރު ކުރަން ފެށީއެވެ. 

“ޝަހިކްސް ހާދަހާ މުރާއްޔޭ އަހަރެމެން އައިމަ ފަށަށް މަޑުކޮށްލިނަމަ.” ހިދާޔާ އައިސް ގޮނޑީގައި އިށީންނަމުން ބުނެލިއެވެ. އަހަރެން ދޮން މަދެއް ނަގައިފައި ޝެހެނާޒުގެ އަތަށް ދިނީމެވެ. އަހަރެން އެހެން މަދެއް ނަގައި އޭގައި ދަތްއަޅާލީމެވެ. ލީ މީރު ރަހައިން ދެލޯ ވެސް މަރާލެވުނެވެ. މީހުން ބުނާހެން ހޯރަފުށީ މަދު ހާދަހާ ފޮންޏެވެ. ދަހިކޮށް އަހަރެންނަށް މަދަކަށް ފަހު މަދެއް ކަމުން ދިޔައީމެވެ. ކާ މަދުތައް ވަކި ކޮތަޅަކަށް އަޅަމުންނެވެ. ފިރާޝާގެ މަންމައަކީ ކަނަމަދު މެޓާ ހިލާ މީހަކަށް ވުމުން މަދުކައިފައި އޮށްތައް ގެންނަން ބުންޏެވެ. 

މެންދުރަށް އަހަރެމެން ކެއްކީ ކުކުޅު ނޫޑުލީހެވެ. ބުއިމަކަށް ބޭސިލް ސީޑް ފުޅިއެކެވެ. ކެއްކުމަށް ފަހު އަހަރެމެން ނަމާދަށް އެރީ ވެސް އެ ތަނަށެވެ. ދޮންވެލިގަނޑު މަތީގައި ފަތް އަތުރައިގެން ނަމާދުކުރަން ވަރަށް ފައްކަލެވެ. ނަމާދަށް ފަހު އަހަރެމެން ކާން އިށީނީ ހަޓެއް ކަހަލަ ތަނެއްގައެވެ. އެއީ މަތި ހިޔާކޮށް އެތެރޭގައި ވަށައިގެން އިށީނދެވޭ ކަހަލަ ގޮތަކަށް ހަދައިފައި ހުރި އެއްޗެކެވެ. ކާން ތަށި އަތުރާފައި ފެށީމެވެ. ތަފާތު މަޖާ ވާހަކަތައް ދައްކަމުން ކައި ނިންމާލީމެވެ. 

ތަށިތައް ދޮވެ ނިންމާފައި ދެން އެރީ މޫދަށެވެ. ދުވަހަކީ އަވިނިވާލައިފައިވާ ދުވަހެއް ކަން ރަނގަޅެވެ. އަހަރެމެން މޫދުގައި ތަފާތު ކުޅިވަރުތައް ކުޅުނީމެވެ. ފޯރިގަދަކޮށް ކުޅެ ސަކަރާތް ޖަހައިފައި މޫދުން އެރީ އަޞުރުވުމުންނެވެ. އެތަނުގައި ހުރި ފެންވަރާ ގެއަކަށް ފެންވަރަން ފުރަތަމަ ވަނީ އަހަރެންނެވެ. 

އަޅިކުލައިގެ ހުޑީއަކާއި ކަޅު ޓްރައުޒާ އެއް ލައިގެން އަހަރެން ނުކުތީމެވެ. ތުވާލިން ބޮލުގެ ފެން ހިތްކަމުން ނުކުތް އަހަރެންގެން ސަމާލުކަން ދަމައިގަތީ ގޮނޑުދޮށުގައި އިން ދެމީހެކެވެ. އެމީހުން ތިބި ގޮތް ފެނިފައި ސިހުނުވަރުން އަހަރެން އިދިފުށަށް ނުވެއްޓުނީ ކިރިޔާއެވެ. 

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

ވޭނުގައި އަހަރެން މިރޯހެން މާދަމާ ރޯނީ ކަލާއޭ

Next

ތިނެސްކަން ލޯބި (15)

Next
November 21, 2024

ތިނެސްކަން ލޯބި (15)

Previews
November 20, 2024

ވޭނުގައި އަހަރެން މިރޯހެން މާދަމާ ރޯނީ ކަލާއޭ

16 Comments!

  1. Nawar says:
    November 21, 2024 at 12:10 pm

    Mi part vx varah varah reethi…
    Eii kon dhe meehuneii baa??
    Whn next??

    1. White rose White rose says:
      November 21, 2024 at 12:36 pm

      Thnx Nawar.

  2. Your fav bab says:
    November 21, 2024 at 12:31 pm

    Me second dhw
    Heheheehheheh
    mi part varah reethi…

    1. White rose White rose says:
      November 21, 2024 at 12:37 pm

      Thnx Your fave bab.

  3. Lara says:
    November 21, 2024 at 5:46 pm

    Mi part ves varah reethi……when is next part??
    Love it❤️❤️❤️

    1. White rose White rose says:
      November 21, 2024 at 6:31 pm

      Thnx Lara.

  4. Anonymous says:
    November 21, 2024 at 6:40 pm

    Anehka naail and firaashaa tha? EMeehun loabeege gothun gulhuny

    1. White rose White rose says:
      November 21, 2024 at 7:06 pm

      Hingaa balailan.
      engidhaanethaa vaane gotheh!

  5. Rose says:
    November 21, 2024 at 10:41 pm

    V reethi story eh! Keep it up! When next episode?💝

    1. White rose White rose says:
      November 22, 2024 at 10:13 am

      Thnx Rose..

  6. Jennie says:
    November 22, 2024 at 1:18 pm

    Mi part ves Varah reethi when next part ? curiously waiting for the next part

    1. White rose White rose says:
      November 22, 2024 at 7:47 pm

      Thnx Jennie.

  7. Anonymous says:
    November 24, 2024 at 1:18 am

    Vrh reethi mi part ves
    Rif and Aahil ooooooo
    Love all your stories big fan
    Curiously waiting for next part

    1. White rose White rose says:
      November 24, 2024 at 6:22 pm

      Thnx Anonymous.

  8. Unknown_girl621 says:
    November 24, 2024 at 12:32 pm

    Girlll when is next partt
    I can’t wait
    The story is too good
    Love us story’s
    Keep up the good work

    1. White rose White rose says:
      November 24, 2024 at 6:23 pm

      Thnx Unknown_girl621.
      I’ve just submitted.

Comments are closed.

Next Episodeޙަޤީޤަތް ހޯދުމޭ 33←


All Right Reserved!