Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ޙަޤީޤަތް ހޯދުމޭ 33

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
November 26, 2024 7 Mins Read
21 Comments

އަޅިކުލައިގެ ހުޑީއަކާއި ކަޅު ޓްރައުޒާ އެއް ލައިގެން އަހަރެން ނުކުތީމެވެ. ތުވާލިން ބޮލުގެ ފެން ހިތްކަމުން ނުކުތް އަހަރެންގެން ސަމާލުކަން ދަމައިގަތީ ގޮނޑުދޮށުގައި އިން ދެމީހެކެވެ. އެމީހުން ތިބި ގޮތް ފެނިފައި ސިހުނުވަރުން އަހަރެން އިދިފުށަށް ނުވެއްޓުނީ ކިރިޔާއެވެ. މި ދެމީހުން އަތުގުޅުވާލައިގެން އެހާ ގާތުގައި ތިބީ ކީއްވެގެން ހެއްޔެވެ؟ އަނެއްކާ…..

އަހަރެން ލާނެތް ކަމާއި އެކީ އެހިސާބަށް ދިޔައީ މަޑުމަޑުންނެވެ. އެވަގުތު ފިރާޝާގެ އަތުގައި އަޅުވައިފައި އިން އަނގޮޓިއެއް ވެސް ފެނުނެވެ. “ޕޮއް. ހޯހޯ…. ނައިލް މި ދަތުރު އައީ ފިރާއަށް ކައިވެނި ހުށަހަޅަންތަ؟ ވާވް. ރީތި އަނގޮޓީއެއް ވެސް އަޅުވާލައިފިއޭ.” އަހަރެން ކުއްލިއަކަށް އެ ދެމީހުންގެ ކޮނޑުގައި ހިފީމެވެ. ސިހިފައި އެދެމީހުންގެ ގުޅިލާމެހިފައިވާ އަތް ދޫކޮށްލިއެވެ. އެމީހުންނަށް ވީ ގޮތުން ވެސް އަހަރެން ބުނި ވާހަކަ އަކީ ޙައްޤު ތެދުކަން ޔަޤީން ވިއެވެ. އެކަމަކު މިހާ އަވަހަށް އެ ދެމީހުންގެ މެދުގައި މިކަހަލަ ގުޅުމެއް އުފެދި ކައިވެންޏާއި ހިސާބަށް ދާނެ ކަމަށް އަހަރެން ހިޔެއް ނުކުރަމެވެ. ހާދަހާ އާދަޔާ ޚިލާފު ބައެކެވެ. އަދި ބައްދަލުވިތާ ވާނީ އެންމެ ދެ ހަފްތާއެވެ. ލަވް އެޓް ފަރސްޓް ސައިޓް ކަމަށް ވެދާނެއެވެ.

އަހަރެން އިތުރަށް ދިމާކޮށްފާނެތީ ފެންވަރަން ދިއުމުގެ ބަހަނާގައި ދެމީހުން އަހަރެންނާއި ދުރަށް ދިޔައެވެ. އަހަރެން އަނބުރާ ޓެންޓަށް ދިޔައީ ނިޢުމަތު ﷲ ގެނައި ޕޯޓެބަލް ދޮންނަމެޝިނަށް ތެތް އެއްޗެހި ލާށެވެ. އެއަށްފަހު މަޑުކޮށްގެން އިނީ އެންމެން ފެންވަރާ ނިމޭންދެކަށެވެ. ޢަޞުރުނަމާދު ކުރުމަށްފަހު ދެން އޮންނާނީ ބާބަކިޔު ހެދުމެވެ. 

ކުކުޅު ފައިތަކުގެ ހަންނެޅުމާއި ބޭނި ރަތްމަހުގައި ހުނބުޅުޖަހާ ހެދީ އަހަރެމެން އަންހެން ވެރީންނެވެ. ސޮސެޖާއި ސީފުޑް އިލޮށްޓާއި ގެރިމަސް އިލޮށީގައި ވެސް މިރުސްލައި ފިހަން ތައްޔާރު ކުރީމެވެ. އެކަންތައް ނިމުމުން އެ ތަކެތި ހަވާލުކުރީ ފިރިހެން ވެރީންނަށެވެ. ފިހާށެވެ. އެ މަސައްކަތުގައި އުޅުނުއިރު ވެސް ނައިލް ވަށްކަޅިން އަހަރެންނަށް ބަލަބަލައިފައި އަންގަމުން ދިޔައީ އެ ވާހަކަ އެހެން މީހެއްގެ ގާތުގައި ބުނެގެން ނުވާނެ ކަމަށެވެ. އަހަރެން އެ އިންޒާރަކަށް ކަހެރު ވަކެކޭ ވެސް ހިތަށް ނާރުވާ އިނީމެވެ. މިރޭ އެންމެންގެ ގާތުގައި އެވާހަކަ ބުނަން މި އިނީ ނިންމައިގެންނެވެ. 

ގްރިލް މަތީގައި ހުރި އެއްޗެހި ފިހެވޭ ވަސްގަނޑު އެ ހިސާބުގައި ހިފާލައިފައި ވެއެވެ. ޝެހެނާޒާއި ފިރާޝާ ފޮޓޯ ނަގަން އުޅުނެވެ. އަހަރެން ހިދާޔާ އާއި އެކު ހިނގާލަން ދިޔައީމެވެ. އެ މަގުގެ ކޮޅަށް ގޮސްފައި އަހަރެން ބަހަނާ އެއް ދައްކާފައި އޭނާއާއި ދުރަށް ދިޔައީމެވެ. އެހެނަސް އަހަރެންނަށް އޭނާ ފެންނަ ހިސާބުގައި ބަލަން ހުރީ މި ފަހަރު ‘އެ’އިން މީހަކު ދައްކާލާ ތޯއެވެ. އެއްވެސް މީހަކު ނައުމުން އަހަރެން ހިދާޔާގެ ގާތަށް ގޮސް އޭނާއާއި އެކު އަހަރެމެން ތިބޭ ހިސާބަށް ދިޔައީމެވެ. އޭރު ހަޓުގައި ކާން އެއްޗެހި އަތުރާފައި ހުއްޓެވެ. 

“މްމްމް…. ހާދަ މީރު ވަސް ދުވައޭ.” ނޭފަތް އެތެރެއަށް ދަމާލަމުން އާހިލް ބުނެލިއެވެ. “އާނ ފަށާ!” ކުޅިވަރުތައް ފަށާއިރު ބުނާ ކަހަލަ ރާގެއްގައި ނުހައިކް ބުނެލިއެވެ. އަހަރެން އެންމެ ފުރަތަމަ ވެސް ނެގީ ސީފުޑް އިލޮއްޓެކެވެ. އެއީ ރަތް ކަކުނި މަހާއި އިއްސާއި ބޯވާދިލަމަސް އިލޮއްޓަކަށް ޖަހައިގެން ފިހެފައި ހުރި އެއްޗެކެވެ. އޭތި ވަރަށް މީރެވެ. 

“މަށަށް އެ ކުކުޅު ފައި” ނައިލް ތަށި ތެރޭގައި އޮތް ފަހު ކުކުޅުފައި ނަގަން އުޅުނެވެ. “ހެހެހެ… މާ ލަހޯ” އެ ފައި ނެގި ގޮތަށް ދަތުން މަސްގަނޑެއް ނައްޓާ ހަފާލަމުން އާހިލް ނައިލަށް މަލާމާތް ކޮށްލިއެވެ. 

ބާބަކިޔު ހަދަން ބޭނުން ކުރި އެއްޗެހި ދޮންނަން ދިޔައީ އަހަރެންނާއި ހިދާޔާއެވެ. މި ފަހަރު ވެސް ބަހަނާ އެއް ދައްކައިފައި އަހަރެން ގޮސް ވަނީ ޓެންޓަށެވެ. ފަސްވަރަކަށް މިނެޓު އެތެރޭގައި ބަލަން ހުރެފައި އަހަރެން އަނެއްކާ ވެސް އެ އެއްޗެހި ދޮންނަން ދިޔައީމެވެ. ހުރިހާ އެއްޗެއް ދޮވެ ނިމުމުން އެ ތަކެތި ބަހައްޓަން ޚާއްސަ ޓެންޓަށް ލައިފައި އަނބުރާ އަންހެން ކުދިންގެ ޓެންޓަށް ވަނީމެވެ. 

“ހިދާ ސޭފް ކަން ޔަޤީން” އަހަރެން ޓްރެވެލް ގުރޫޕަށް މެސެޖެއް ފޮނުވާލީމެވެ. އެއީ އަހަރެމެން މި އޮޕަރޭޝަން ގައި ދަތުރު ކުރާ މީހުން ލައިގެން ހަދައިފައިވާ ގުރޫޕެކެވެ. “ފިރާ ވެސް ސޭފް.” ނައިލް ވެސް މެސެޖު ކޮށްލިއެވެ. “ސޭމް ހިއާ. ނިޢުމަތު ﷲ ވެސް ސޭފް.” އަހަރެމެން އެ ވާހަކަ ދައްކާތީ ތޯއްޗެވެ. އާހިލް ވެސް މެސެޖަކުން އަންގާލިއެވެ. އަހަރެންގެ ހިތަށް ފިނިކަމެއް ލިބުނެވެ. ގޮތަކަށް ހާސް ވެސް ވިއެވެ. ދެން ހުރި ރަށްތަކަށް ދާން އަވަސް ވެގަންނަން ވީއެވެ. އެހެން ނޫނީ ބާވީސްވަނައަށް މީހަކު ގެއްލިގެން ރިޕޯޓު ކޮށްފާނެއެވެ. 

“މި ދަތުރު ނިންމާލައިފަ ފުރަން ހިނގާ. ތުރާކުނުގައި ދެ މީހުން އެބަތިއްބެއްނު. މިފަހަރު ހިނގާ އެ ރަށަށް. ޑަބްލިޔު ސަރ ގާތު ބުނެގެން އެ ރަށުގައި ތިބި މީހުންނާއި ގާތްވާން އެ މީހުން ވަޒީފާ އަދާކުރާ ތަނުން އަހަރެމެންނަށް ވެސް މަސައްކަތް ކުރެވޭނެ ގޮތް ހެދި ދާނެއްނު.” ނައިލް ދިގު މެސެޖެއް ލިޔެފައި ފޮނުވާލިއެވެ. އެ މެސެޖަށް ލައިކެއް ދީފައި ފޯނު ނިވާލީ ޓެންޓު ތެރޭގައި ތިބި އެހެން މީހުން އަހަރެން އެއް ކަނެއްގައި އިންނާތީ އުނދަގޫ ކުރަން ފެށުމުންނެވެ. އެމީހުން އުޅުނީ އުނޯ ކާޑު ބައެއް ނަގައިގެން އެ ކުޅޭށެވެ. އަހަރެން ވެސް ބައިވެރިވެލީމެވެ. 

“އުނޯ!” އަހަރެން ފަހަށް ދެވަނަ ކާޑު ޖަހާލަމުން ގޮވާލީމެވެ. ރަތް ކުލައިގެ ރިވާސް ކާޑެކެވެ. ދެން ކުޅެން ޖެހޭނީ ފިރާޝާ އަށެވެ. އޭނާ ދެލޯ ހިމަކޮށްލައިފައި އަހަރެންނާއި ދިމާލަށް ބަލައިލިއެވެ. އަހަރެންގެ މޫނު ދިރާސާ ކުރަން އުޅޭ ކަހަލަ ގޮތަކަށެވެ. އަހަރެންގެ އަތުގައި އޮތް ފެހިކުލައިގެ ޓޫ ޕްލަސް ކާޑު ގަޔާއި ކައިރި ކޮށްލަމުން ފޮރުވާލީމެވެ. ފިރާޝާ ޖެހީ ރަތް ކުލައިގެ ފަހެކެވެ. ޝެހެނާޒު އެންމެ ސިކުންތެއް ވެސް ބޭކާރު ނުކޮށްލާ ރަތް ކުލައިގެ ނުވައެއް ޖެހިއެވެ. އަހަރެން މޫނުމަތިން އެއްވެސް އަސަރެއް ނުދައްކާ އިނީމެވެ. 

ހިދާޔާ އޭނާގެ ކާޑު ޖަހަން އަތް ނަގާލިއެވެ. އަހަރެން ތައްޔާރު ވެލީމެވެ. މި ކުލައިން ދަންޏާ އަހަރެން ޖެހޭނީ އިތުރު ކާޑެއް ނަގާށެވެ. ހިދާޔާ ވެސް ޖެހީ ރަތްކުލައިގެ ކާޑެކެވެ. މަޢުނަވީ ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން ހިދާޔާ ޖެހި ރަތް ކުލައިގެ ޓޫ ޕްލަސް ކާޑު މައްޗަށް އަހަރެންގެ ކާޑު ޖެހީމެވެ. “ނޯ” ތިން މީހުން އެކު އެކީ އެ އަކުރަށް ދަމާލިއެވެ. “މޮޅުވިއްޔޯ!” އަހަރެން އަތް ޖަހާލަމުން ބުނެލީމެވެ. 

“ކޮން އިރަކުން ތަ މެރީ ކުރަނީ.” އަހަރެން ފިރާޝާއަށް ބަލާލަމުން އެއް ލޯ މަރާލީ އެހެން މީހުންގެ ސަމާލުކަން ހޯދާށެވެ. އެކަން ވަރަށް ފަސޭހައިން ކާމިޔާބު ވިއެވެ. އެންމެންގެ ނަޒަރު ފިރާޝާއަށް ހުއްޓުނެވެ. އޭނާގެ މޫނު ޖަންބެއް ހާ ރަތްވިއެވެ. “އަޅޭ. ނައިލް ފިރާއާ އިންނަ ވާހަކައެއް އަދި ތި މީހުން ގާތަކު ނުބުނޭތަ؟” ކައިރީގައި ހުރި ފިރިހެން ޓެންޓަށް ވެސް އަޑު އިވޭ ވަރަށް ބާރަށް އަހަރެން ބުނެލީމެވެ. 

“ނައިލް ފިރާއާ މެރީ ކުރަނީ އޭ!” ނުހައިކްގެ އަޑު އަހަރެންނަށް ވުރެ ބާރެވެ. އެހެން ބުނި ކަމެއް ނޭނގެއެވެ. ނައިލް ހަރު އަޑުން “ރިފްޤާ” އޭ ކިޔާ ގޮވާލައިފިއެވެ. ދެން ވާނެ ގޮތް އެނގޭނެއް ނޫން ހެއްޔެވެ؟ ދެން ތިބި މީހުންގެ ދިމާކުރުން ތައް ފެށުނީއެވެ. އަހަރެން ހިނިގަނޑެއް ޖަހާލައިފައި ޓެންޓުން ބޭރަށް ނުކުތީމެވެ. ގޮނޑުދޮށާ ދިމާއަށް ހިނގައިފައި ދިޔައީ ނައިލް އަހަރެން ހޯދަން އުޅޭނެ ކަން އެނގޭތީއެވެ. ރާޅު ބީއްސާލާ ހިސާބުން އަހަރެން ހިނގަމުން ދިޔައީ ވަކި މިސްރާބެއް ނެތިއެވެ. 

އަހަރެން ހިނގުން ހުއްޓާލީ ދުރުގައި ހުރި އަށްޓެއްގައި މީހަކު އިށީނދެގެން އިން ކަން އެނގުމުންނެވެ. އެ ދިމާލަށް ދިޔައީ ކާކުތޯ ބަލާލާށެވެ. ހަނދުވަރުގެ އަލި އެޅިފައިވާ އެ މޫނު ފެނުމުން އަހަރެންގެ ދެ ބުމަ ގާތް ކޮށްލެވުނެވެ. “އެނޮއިން ކެޓް. ކަލޭ މި ތަނުގައި ކީއް ކުރަނީ ތަ؟ ރާޅު ތަކަށް ބަލަނީ؟ ތިހެން އިންދާ މޫދުން ވިގަންޏެއް އަރާފައި ކަލޭ ކާލަފާނެ!” އަހަރެން އާހިލްގެ ކުރިމަތީގައި ހުއްޓުނީމެވެ.

“ހައްހައްހާ… ތި ކުޑަކުޑަ އިންސާނާއަށް އަހަރެންގެ ގޮތް އެނގުނީ ދޯ. ހުރޭ. ދެން ސަލާމަތެއް ނުވެވޭނެ.” ބަރުބަރު އަޑަކުން ވާހަކަ ދައްކަމުން އާހިލް ތެދުވިއެވެ. “މަންމާތް! މިއީ ހަމަ އަސްލަށް ވެސް އެނޮއިން ކެޓް ކާލާފަ އަރާ ހުރި ޖިންނިއެއް! ހޫން. ކެރެންޏާ މަށަށް ގޮތެއް ހަދާބަލަ މިހިރަ ވިގަންޏާ.” އަހަރެން ވެސް އޭނާގެ ސަމާސާގައި ބައިވެރިވެލަމުން ބުނެލީމެވެ. “އޭ ކުޑަކުޑަ އިންސާނާ. ކަލޭ ހީކުރީތަ މަށަށް އެކަމެއް ނުވާނެ ކަމަށް. މަ އަތުގައި ހުރި ރޫޙާނީ ބާރުތައް ބޭނުން ކޮށްގެން މިރޭ ކަލޭ ކާލާނަން.” އާހިލް އަހަރެންނާއި ދިމާލަށް އައެވެ. 

މި ފަހަރު އޭނާ އައި ގޮތުން އަހަރެންނަށް ހީވީ އެއީ ޙަޤީޤަތުގައި ވެސް ޖިންނިއެއް ކަމަށެވެ. އެ ވަގުތު މުޅި މީހާ ފިނިވެގެން ދިޔައެވެ. މިއީ ޖިންނިއަކަށް ވިއްޔާ އަހަރެންގެ ދުވަސް ދިޔައީއޭ ހިތަށް އެރިއެވެ. އާހިލް ވެސް މި ވަގުތު ވާނީ ޓެންޓުގައި ކަމަށް އަހަރެންނަށް ޤަބޫލުކުރެވުނެވެ. މި ޖިންނިއަށް ގޮންޖެހުނީތީ އެކަމުގެ މޮޔަ ހިތަށް އަރަން ފަށައިފިއެވެ. އަހަރެން ފަހަތަށް ފިޔަވަޅު އަޅަން ފެށީމެވެ. އަހަރެން ފަހަތަށް ދާ ވަރަކަށް އެ އާހިލްގެ ސިފައިގައި ހުރި އެތި އަހަރެންނާއި ގާތް ވަމުން ދިޔައެވެ. 

އަހަރެން ހުރީ ބިރުން ފިތްކަނޑައިގެންދާ ވަރުވެފައެވެ. މީހާ ފިނިވެފައި ހުރި ވަރުން މި ހުރެވުނު ތަނުގެ މަތިން ވެސް ހަނދާން ނެތުނެވެ. ފައިގައި ފިނިރާޅެއް އައިސް ޖެހިލުމުން އަހަރެންނަށް ހިން ދިރުވާލެވުނެވެ. އެ އާހިލް ވިގަނި އައިސް އަހަރެންނާއި އަރާ ހަމަކޮށްފިއެވެ. އަހަރެންގެ ދެތުންފަތް ހަރަކާތް ކޮށްލީ ދުލުން ޝަހާދަތް ކިޔާށެވެ. ބިރުގަނެފައި ހުރި ވަރުން ވިސްނުމަށް ރަނގަޅު ޚިޔާލެއް ވެސް އަންނަނީ އެއް ނޫނެވެ. ދެކަމު ހާޖަތަށް ނުދެވި ހުރީ ކިރިޔާއެވެ. 

ފަހަތަށް އިތުރު ފިޔަވަޅެއް އަޅާލުމާއި އެކު ގާކޮޅެއްގައި އަޅައިގަނެފައި އަހަރެން ދިޔައީ ވެއްޓޭށެވެ. ބިރުގަނެފައި ހުރި ނަމަވެސް މި ވަގުތު މޫދަށް ވެއްޓޭކަށް އަހަރެން ބޭނުމެއް ނުވިއެވެ. އެހެންކަމުން އަހަރެން އާހިލް ވިގަނީގެ އަތުގައި ހިފީމެވެ. ޖިންނިއަކަށް ވިޔަސް ހެވެވެ. އެ ގަނެފައި ހުރި ބިރު އަރައިގެން ދިޔައީ ހަވަޔަށް ނޫން ކަމެއް ނޭނގެއެވެ. މޫދަށް ވެއްޓިދާނެތީ އާހިލް ވިގަނީގެ އަތުގައި ހިފި ނަމަވެސް ނުވެއްޓި ސަލާމަތެއް ނުވެވުނެވެ. ޕަސް ލައިފައި ގޮސް އަހަރެންނާއި އެކު އެ ވިގަނި ވެސް މޫދަށް ވެއްޓުނީއެވެ. 

“ބްލޫ އައި ސްޓޯކަރޫ. ކަލޭ ކީއް ތި ކުރީ.” އާހިލް ތެދުވަންނަމުން ބުނެލިއެވެ. އެއީ އާހިލް ކަން ޔަގީން ވުމުން އަހަރެންނަށް ހެވުނެވެ. އަހަރެން ފެށި ތާކުން ތާކު ނުޖެހޭ ސަމާސާއެއް މި ނިމުނީ ދެ މީހުން ވެސް މޫދަށް ވެއްޓި ތެމިގެންނެވެ. އަހަރެން އެ ލޮނު ފެންގަނޑުން ތެދުވެފައި ޕަކަޕަކަ އަޅައިފައި ހީނގަނެވުނީ އާހިލް ހުރި ގޮތުންނެވެ. އަހަރެން ހޭން ފެށުމުން އާހިލްގެ ގާތަށް އިތުރަށް ރުޅިއައި ހެން ހީވިއެވެ. 

“ސޮރީ. ހެހެހެ… ހަމަ މަތަ ނުކުރެވުނީ. ހެހެހެ… އެނޮއިން ކެޓް ހުރި ގޮތުން. ހެހެހެ…” ހެމުން ހެމުން އަހަރެންނަށް ވާހަކަ ދެއްކުނީ ވެސް އުނދަގުލުންނެވެ. “ކަލެއަށް އަދިވެސް މަޖާވީތަ؟ އަނެއްކާ މަށަށް މި ޖެހުނީ ފެންވަރަން. ޕިސްޕިސް.” އާހިލް ތުން އަނބުރާލައިފައި ޓެންޓުތަކާއި ދިމާލަށް ހިނގައިގަތެވެ. އަހަރެން ވެސް ފަހަތުން ހިނގައިގަތީ އޭނާއަށް ޖެއްސުން ކުރަމުންނެވެ. 

“ކަލޭ އެކޭ ކެކިގަންނަ ވަރުނީސް ތެއްޔެކޭ އެއްގޮތެއްނު.” އާހިލް އަހަރެންގެ ކޮނޑުގައި އަތް އަޅުވާ ދުރަށް ކޮށްޕާލިއެވެ. “ހޫން. މިއީ ހާދަ ފަސޭހައިން ފަނި ވެއްޓޭ މީހެކޭ.” އަހަރެން ވެސް އޭނާގެ ގައިގައި އަޅާ ކޮށްޕާލީމެވެ. އެ ގޮތަށް ދެމީހުން އެކަކު އަނެކަކާ ބެހެމުން ޓެންޓާއި ހަމައަށް އައިމެވެ. 

ފެންވަރާލައިގެން އަހަރެން ލީ އައި އިރު ވެސް ލައިގެން ހުރި ނޫކުލައިގެ ސްވެޓާއާއި ޓްރައުޒާއެވެ. ތެމިފައި ހުރި އެއްޗެހި ދޮވެލުމުގެ ނިޔަތުގައި އަހަރެން ދިޔައީ އެއްޗެހި ބަހައްޓާ ޓެންޓު ކައިރިއަށެވެ. އަހަރެން ހުއްޓުނީ އެތަނުން ހިދާޔާ ފެނުމުންނެވެ. “ރިފޫ. ކުއްޖާ އަނެއްކާވެސް މޫދަށް އެރުނީތަ؟ މިއޮއްފަދަ ރޭގަނޑު ގަޑީގައި ކީއްކުރަން؟” އަހަރެންގެ އަތުގައި އޮތް ތެތް ހުޑީއާއި ޓްރައުޒާއަށް ބަލާލަމުން ހިދާޔާ އެހިއެވެ. 

“ހަމަ އެއްޗެއް ނުފެންނަ ކަމަށް ހަދާ.” އަހަރެން އެހެން ބުނެލައިފައި ޕޯޓެބަލް ދޮންނަ މެޝިނު ނަގާ ޖައްސާލީމެވެ. “ކަލޭ ވެސް މޫދަށް އެރުނީތަ؟” ހިދާޔާ އެހެން ބުނެލި އަޑަށް އަހަރެން އެ ފަރާތަށް އެނބުރެލީމެވެ. އޭރު އާހިލް ހުރީ އޭނާގެ އެއްޗެހި ދޮންނަން އައިހެވެ. އުކުޅުގައި އަތްވިއްދާލަމުން ހިދާޔާ އަހަރެމެންނާއި ދިމާއަށް ބަލައިލީ ޝައްކުގެ ނަޒަރަކުންނެވެ. ދެލޯ ކުޑަކޮށްލައިފައި އޭނާ މަސައްކަތް ކުރީ އަހަރެމެންގެ މޫނުމަތީގެ ކުލަވަރުން ކަމެއް ދޭހަ ކުރަން ކަމަށް ވެދާނެއެވެ. 

“މޫދަކަށް ނޭރެމޭ. މިހިރަ ބްލޫ އައި ސްޓޯކަރު މަ މޫދަށް ވައްޓާލީ.” ފުރަތަމަ އެއްޗެއް ބުނީ އާހިލެވެ. “އެހެންނު ވާނީ. ކަލޭ މަށާއި ދިމާލަށް އައި ގޮތުން ހީވީ ޖިންނިއެއް ހެން ވިއްޔާ. މަ އެކަނި މޫދަށް ވެއްޓި ތެމުމުގެ ބަދަލުގައި އެ ގޮތަށް މަ ފަހަތަށް ޖައްސާލި ޖިންނި ގޮވައިގެން ދޯ ވެއްޓޭނީ.” އަހަރެން ފަހަތުން އެހެން ބުނެލީ އަނގަޔަށް ވައްތަރެއް ޖައްސާލަމުންނެވެ. 

“އޯހް. ބްލޫ އައި ސްޓޯކާ ހަމަ ޙަޤީޤަތަށް ވެސް އަހަރެން ދެކެ ބިރުގަތީތަ. ހާދަ ފިނޑިއޭ.” އާހިލް ހިނިގަނޑެއް ޖަހާލަމުން މަލާމާތް ކޮށްލިއެވެ. “އާނ މަ ބިރުގަނޭ ކަނޑު ވިގަނި ދެކެ. ކަލޭ ދެކެ ބިރެއް ނުގަނޭ.” އަހަރެން އޭނާއަށް ދެލޯ އަޅާލީމެވެ. “ކަލޭމެން ދެމީހުން ހަތަރުވަނަ ބޮޑު ހަނގުރާމަ ފަށަން ތަ ތި އުޅެނީ؟” ނުހައިކްގެ އަޑަށް އަހަރެން އެ ދިމާއަށް ބަލައިލީމެވެ. “ކެޓު ބްރޯ ކީއްވެގެންތަ ރިފް އަށް ބްލޫ އައި ސްޓޯކާ ކިޔަނީ؟ ރިފް ކީއްވެ އޭނައަށް އެނޮއިން ކެޓް ކިޔަނީ؟” ހިދާޔާ ކޮށްލީ ވަރުގަދަ ސުވާލެކެވެ. 

އަހަރެން އެއްޗެކޭ ނުބުނެ ހިނގައިގަތީ އަންހެން ޓެންޓަށް ވަންނާށެވެ. އެތަނުގައި ތިބި ދެ މީހުންގެ ސުވާލުތަކާއި ވެސް އަހަރެންނަށް ކުރިމަތިލާން ޖެހުނެވެ. ބޮލަށް އުނދަގޫވެގެން އަހަރެން އެންމެ ފަހުން ހައްޕު ކީމެވެ. އެރޭ ނިދަން އޮށޯންނަން ދެން އެ މީހުންގެ އުނދަގޫ ޖެހުނެވެ. އަނެއްކޮޅުން އަނެއް ދުވަހު ހޮޓެލަށް ދާން ދެން ވެސް ހަމަ އެ ޙާލެއްގައެވެ.

ހޮޓެލަށް ގޮސް ކޮޓަރިއަށް ވަދެވުމުން އަހަރެން އެންމެ ފުރަތަމަ ވެސް އޮށޯވެލީ ނިދާށެވެ. ހޭލައިގެން މެންދުރު އުޅުނީ ފޮށްޓަށް އެއްޗެހި އަޅާށެވެ. މާދަމާ ހެނދުނު ތުރާކުނަށް ފުރަން ޖެހޭ ވިއްޔާއެވެ. “އަހަރެންނާއި ވެސް ވާހަކަ ނުދައްކަންތަ ތިއިނީ؟” ޝެހެނާޒު އަހަރެންގެ ކުރިމަތީގައި އިށީންނަމުން ބުންޏެވެ. “ނޫން. ރެއާއި ބެހޭގޮތުން ނާހާ ހިނދަކު އަހަރެން ވާހަކަ ދައްކަފާނަމޭ.” އަހަރެން ބުނެލީމެވެ. “މި ރަށުގައި ހުރީމަ ޔާން އާއި ބައްދަލު ނުވާތީ ދެރަވެފަ ދޯ!” އަހަރެން އެންމެ ފަހު ހަރުވާޅު ފަށްޖަހާ ފޮށްޓަށް ލަމުން ބުނެލީމެވެ. “ކޮން ޔާނެއްތަ؟” ޝެހެނާޒު ހެދީ ނޭނގޭ ކަމަށެވެ. 

“ހިޔާން ޢަލީ ޒިރާރު. ޝަހިކްސްގެ ބީއެފް” ފޮށީގެ ޒިބު އަޅުވާ ލޮކު ކޮށްލަމުން ބުނެލީމެވެ. ޝެހެނާޒުގެ ދެކޯ ރަތް ވިއެވެ. “އައްދޭ! މަށަކީ ޝަހިކްސްގެ ލޯބިވާ ޔާނެއް ނޫނޭ ތިހެން ބްލަަޝް ވާކަށް. ދެން ބުނެބަލަ. ކިހިނެއްތަ އޭނާ އާއި ދިމާވީ؟” އަހަރެން ޝެހެނާޒަށް ތޫނު ނަޒަރެއް ދިނީމެވެ. “އިހަށް ރިފް އެއް ނޫންތަ ކިޔައިދޭންވީ އާހިލާ ދިމާވި ގޮތެއް؟” ޝެހެނާޒު ފަހަތުން ބުނެލިއެވެ. 

“އެ ފޮނި ބުމަރުގެ ވާހަކަތަ؟ އެ ލިވާޒު ސޮރުމެންނަށް ފާރަލާން ދިޔަ ރޭ އެމީހުންނަށް ބަސްޓު ވެދާނެތީ އެތާ ކައިރި ގޯޅިއަކަށް ވައްދާލީ. ދެން ކީއްކުރަންތަ އެ ފަތަރާސީ ފަތަފޮޅީގެ ވާހަކަ ދައްކަނީ. ޝަހިކްސްގެ ލަވް ސްޓޯރީ މަށަށް ކިޔައިދީ ބަލަ.” އަހަރެން އޭނާގެ ސުވާލަށް ޖަވާބު ދެމުން ބުނެލީމެވެ. “އެންމެ ކަމެއްގެ މަތިން. ބުނެފިއްޔާ ހުރިހާ ކަމެއް ތަފްސީލު ކޮށް ކިޔައިދޭނަން.” ޝެހެނާޒު ހަމަ އަހަރެން ތަޅުވަނީއެވެ. “ހެވޭ ކޮންމެ ކަމަކަސް. މަ އެއްބަހޭ.” އަހަރެން ބުނެލީމެވެ. 

“ތެދު ތެދަށް ބުނާތި. ރިފްޤާ އާހިލް ދެކެ ލޯބި ވޭތަ؟” ޝެހެނާޒުގެ ސުވާލުން އަހަރެންގެ ގާތަށް ހިނި އައެވެ. މިހާ ފަސޭހަ ސުވާލެއް އޭނާ ކުރާނެ ކަމަކަށް ހިޔެއް ނުކުރަމެވެ. “ލޯތްބެއް ނުވޭ. އަހަރެން ހަމަ އަޖައިބުވެއްޖެ ޝަހިކްސް އަށް އެކަން ނުފެންނާތީ ވެސް. އަހަރުމެން ދެމީހުން އެހާ ވަރަށް ކޯޅޭ އިރު ވެސް ނޭނގެތަ އަހަރެމެން އެކަކު އަނެކަކަށް ނަފުރަތު ކުރާ ކަމެއް.” އަހަރެން ބުނެލީމެވެ. “އެހެންތަ. އެކަމަކު މަށަށް ހީވަނީ ތި ވަރުގަދަ ނަފްރަތު އެންމެ ފަހުން ލޯތްބަށް ބަދަލުވާނެހެން” ޝެހެނާޒު ބުނެލީ މީގެ ދުވަސްކޮޅެއް ކުރިން ނައިލް ބުނެލި ކަހަލަ ޖުމްލަ އެކެވެ. 

އަހަރެން ރުޅިގަދަވެގެން ގޮސް ކޮޓަރިން ނުކުންނަން އުޅުނީމެވެ. ދަބަސް ނަގައިފައި ލައިގެން ހުރި ހުދުކުލައިގެ ޓީޝާޓުގެ މަތިން ކަޅު ލެދަރ ޖެކެޓެއް ލަމުން ދަބަސް ހިފައިގެން ކޮޓަރިން ނުކުތީމެވެ. ކަޅު ސްނީކާސް އަކަށް އަރައިފައި އަހަރެން ހޮޓެލުން ނުކުމެގެން ހިނގައިގަތީ ލޭންޑް ކެޕްސޫލަށް އަރާށެވެ. އެއިން މެންޓަލް ހޮސްޕިޓަލަށް އާދެވުމުން އަހަރެން އެތަނުގެ އެތެރެއަށް ވަނީމެވެ. ދެން ހިދާޔާ އިންނަ ރޫމަށް ދާން ލިފްޓަށް އެރީމެވެ. 

“އައްސަލާމު ޢަލައިކުމް.” ސަލާން ގޮވާލަމުން އެތެރެއަށް ވަނުމާއި އެކު ހިދާޔާ އެ ސަލާމަށް ޖަވާބު ދާރީ ވިއެވެ. “ހިދާ! އަހަރެން ކަމަކު ކިޔާށޭ މި އައީ. މި ހެޑް އޮފީހަށް ހަވާލު ކޮށްލަދީބަ.” އަހަރެން ހިދާޔާގެ އަތަށް ލައިދިނީ ސިޓީ އުރައެކެވެ. އޭނާއަށް އޭގެ ބޭރުގައި ލިޔެލައިފައިވާ އިނގިރޭސި ދެ ބަސް ފެނިފައި މޫނު ހުދުވިއެވެ. އަތް ވެސް ތުރުތުރު ލަމުން ދާ ޙާލުގައި އޭނާ އަހަރެންނާއި ދިމާލަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. 

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

ސައިކޯ 05 ވަނަ ބައި ( ފަހުބައި )

Next

ތިނެސްކަން ލޯބި (22)

Next
November 26, 2024

ތިނެސްކަން ލޯބި (22)

Previews
November 26, 2024

ސައިކޯ 05 ވަނަ ބައި ( ފަހުބައި )

21 Comments!

  1. cutie girl says:
    November 26, 2024 at 11:41 am

    mi part ves v reethi masha allah
    curiously waiting for next part
    keep it up
    aahil and rifga gulhuvachey
    nail and firaa ves
    they all are made for each other

    1. White rose White rose says:
      November 26, 2024 at 2:15 pm

      Thnx cutie girl.

  2. Nawar says:
    November 26, 2024 at 1:25 pm

    Mi part vx varah varah reethi…..
    Whn next??

    1. White rose White rose says:
      November 26, 2024 at 2:15 pm

      Thnx Nawar.

  3. Naksu ⚡ says:
    November 26, 2024 at 2:00 pm

    Rifga aa Aahil ge love comedy makes my day.
    Varah salhi mi bai ves.

    1. White rose White rose says:
      November 26, 2024 at 2:16 pm

      Thnx Naksu ⚡

  4. Lara says:
    November 26, 2024 at 6:07 pm

    Mi part ves varah reethi…. Love it❤️❤️❤️
    I’m very curious dhen vaane gothagaamedhu
    I’m waiting veryyyyyy curiously for the next part

    1. White rose White rose says:
      November 27, 2024 at 9:09 pm

      Thnx Lara.

  5. Your fav bab says:
    November 26, 2024 at 8:21 pm

    Varah reethi
    Kurin I’m a person who comments without even reading hehehehehhehe..
    Ekam my part kiyaafa I’m just leaving a comment varah furihama
    When next????
    Curiously waiting

    1. White rose White rose says:
      November 27, 2024 at 9:10 pm

      Thnx Your fav bab.
      It might be a little late for upload cuz its a very busy week.
      I’ll submit on Friday IA

  6. Anonymous says:
    November 27, 2024 at 12:54 am

    Nail and shehenaaz would be perfect
    Vrh reethi mi story
    Waiting for next part

    1. White rose White rose says:
      November 27, 2024 at 9:11 pm

      Thnx Anonymous.

  7. Your fav bab says:
    November 28, 2024 at 3:09 pm

    Okey
    My patience is running out!!!!!!!!
    I need to know what happens
    HehehehehehehheHehehehehehehhe
    Ok tomorrow is Friday
    Let’s see
    Road gada

    1. White rose White rose says:
      November 28, 2024 at 6:46 pm

      I’m gonna submit righ now.
      thnx a lot Your fav bab

  8. Your fav bab says:
    November 28, 2024 at 3:10 pm

    Oooops!!!!!!
    Not road gada
    But rose gada
    Typing errors
    Hehehhe

    1. White rose White rose says:
      November 28, 2024 at 6:47 pm

      Ok vaane.
      ekm typing errors can be quite annoying sometimes

  9. Your fav bab says:
    November 28, 2024 at 7:19 pm

    Yessssssss!!!!!!!!

  10. Your fav bab says:
    November 28, 2024 at 7:22 pm

    Btw how do you up the stories?????
    I wanna try too.
    My dream to be an author

    1. White rose White rose says:
      November 29, 2024 at 7:58 am

      Esfiya ah register koffa posts liyanvee.
      Dhen post ga vhk liyefa submit.

  11. Your fav bab says:
    November 29, 2024 at 8:57 pm

    Oh..
    But my tab is stupid
    I just can’t register
    But will find away soon IA

    1. White rose White rose says:
      November 30, 2024 at 2:09 pm

      Btw how old are u??

Comments are closed.

Next Episodeޙަޤީޤަތް ހޯދުމޭ 34 އަދި 35←


All Right Reserved!