ކަތި ފިޔަވަޅު 3
“ލަމް ހިތްހަމަ ނުޖެހުނީތަ؟ ސޮރީ. އަހަރެން މީހަކާ އިނދެގެން ހުއްޓެއްކަމަކު މި ހިތް ވަނީ ލަމް އަށް ހިބަ ކުރެވިފައި. އައި ލަވްޔޫ.” އަހަރެންގެ ކޮނޑުގައި ހިފާ މޭޒުމަތީގައި ބައިންދަމުން އޭނާ ބުނެލިއެވެ. އެއާއެކު އަހަރެންގެ ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ. މި އަޅަން އުޅެނީ ކިހާ ކަތި ފިޔަވަޅެއް ކަން ރެއަކާ ލެވޭ ވަރަށް ވުރެ ބޮޑަށް ލޯބީގައި އަހަރެން ކަނުވެއްޖެއެވެ.
“ބީ މައި ގާރލްފްރެންޑް. އަހަރެން ލަމް އަށް އިންތިހާއަށް ލޯބި ދޭނަން. ވައިފް ނެރެ އެއްލާލަން ވެސް މަ މި ހުރީ ތައްޔާރަށް.” ޖިން އަހަރެންނާއި ހަތަރު ކަޅި ހަމަކޮށްލަމުން ބުނެލިއެވެ. އެ އެދުމާއި ދެކޮޅު ހަދާކަށް އަހަރެންނަށް ހިލާ ނުކެރުނެވެ. “ޔެސް” އަހަރެން ރަކި ހިނިތުންވުމަކާއި އެކު ބުނެލީމެވެ. އެ އާއި އެކު އޭނާ އަހަރެންގެ މޫނުގައި ހިފާލަމުން ތުންފަތުގައި ބޮސް ދިނެވެ. ކުރެވުނީ ވަރަށް ތަފާތު ފޮނި އިހުސާސެކެވެ. އަހަރެން ވެސް އޭނާގެ ކަނދުރާގައި އަތް އަޅުވާލީމެވެ. އޭނާގެ އަތް އަހަރެންގެ އުނަގަނޑުގައި އަޅުވާލާ ދެމެދުގައި އޮތް ދުރުމިން އެކަށް ނައްތާލިއެވެ.
އަހަރެން ދުރުވެލީ ނޭވާ ކޮޅަށް ދިއުމުންނެވެ. އަހަރެން ލަދުގަތްވަރުން ޖިންގެ މޭގައި މޫނު ފޮރުވާލީމެވެ. “ފަރސްޓް ޓައިމް؟” ސުވާލުގެ ރާގަކަށް އޭނާ އެހެން އެހީ އަހަރެންނާއި ހަތަރުކަޅި ހަމަކޮށްލަމުންނެވެ. އަހަރެންގެ ހިތް ތެޅޭ ވަރުން ހީވަނީ މޭ ފަޅައިފައި ނުކުމެދާނެހެންނެވެ. ބޯޖަހާލީ ދުލުން އެއްޗެއް ބުނަން ނުކުޅެދުމުންނެވެ.
“އަހަރެން ހާދަ ނަސީބު ގަދައޭ ދޯ. މި ފަތްމިނީގެ ފަރާތުން އެފަދަ އުފަލެއް ލިބުމަކީ އަހަރެންގެ ހިތް ފުރޭ ކަމެއް. ބޭބީ އައި ލަވް ޔޫ ސޯ މަޗް” އަހަރެންގެ ކަންފަތް ދޮށުގައި ބުނެލި ގޮތުން ގަޔަށް ހީލިއަރައިގެން ދިޔައެވެ. ދެން ސިހުނީ އޭނާ އަހަރެންގެ ކަނދުުރާދޮށުގައި ބޮސް ދިނުމުންނެވެ. މަޑަކުންނޫނެވެ. އެގްރެސިވް ގޮތަކަށެވެ. ބޭރު މީހަކަށް ވީމާ ކަންނޭނގެއެވެ.
“އާހް. ޕްލީޒް ސްޓޮޕް. ޑިޔުޓީ ގަޑި ޖެހެނީ.” ޖިންގެ ދަތުގެ އިހުސާސް ކުރެވުމުން އަހަރެން ބުނެލީމެވެ. “ތަދުވީތަ. ސޮރީ. ދެން ބަލައިގެން އުޅޭނަން. ބޭބީ ވީމަ ހުއްޓާލަން އުނދަގޫވީ.” ޖިން މަޑުމައިތިރި ކަމާއި އެކު މަޢާފަށް އެދުނެވެ. އަހަރެން މަޢާފުކުރީމެވެ. ޖިންގެ ސަބަބުން އަހަރެންގެ ނަފްސުގެ މައްޗަށް އޮތް ބާރު ގެއްލިއްޖެއެވެ. އެހެނަސް މި އެޅުނު ކަތި ފިޔަވަޅުގެ ސަބަބުން އަހަރެންގެ ހަޔާތް ބަރުބާދު ވެދާނެކަން ރެއަކާނުލައެވެ.
އެ ދުވަހުގެ ފަހުންވެސް ޖިންގެ ފަރާތުން އެފަދަ ބީހުންތައް ރައްދުވަމުން ދިޔައެވެ. އަހަރެން ދެކޮޅެއް ނަހަދަމެވެ. އަހަރެން ޖިން ދެކެ ވަނީ އާދައިގެ ލޯތްބެއް ނޫނެވެ. އެ ލޯބި ގެއްލިގެން ދާކަށް ބޭނުމެއްނުވެއެވެ.
“ލަމް. ކީއްވެ ކަނދުރާދޮށުގައި ރަތްކުލައިގެ ނިޝާންތަކެއް. މިހުރީ. ހީވަނީ ދަތް އަޅާފަ ހުރިހެން.” ކެންޓީނުގައި އިނދެފައި ރީޝާ ބުނެލިއެވެ. ސިހިފައި އަހަރެން އިސްތަށިގަނޑު އެއްފަރާތް ކޮށްލީމެވެ. “ނޫނޭ. މަދިރި ދަތްއެޅީމަ ކަހާފައި ހުރީމަ އެހެން އެހުރީ.” އަހަރެންގެ ހިތަށް އައި ގޮތަކަށް ވާހަކަ ހަދާލީމެވެ.
“އޯހް. ބޭހެއް އުނގުޅާލިނަމަ.” ރީޝާ ބުނެލިއެވެ. އެހާ ފަސޭހައިން ޤަބޫލުކުރުމުން އަހަރެން ހިތްހަމަޖެހުނެވެ. “ބިޒީ ވީމަ އަޅާނުލެވުނީ. ފަހުން ޖެލްއެއް އުނގުޅާލާނަން.” އަހަރެން ހާސްކަން ވަންހަނާކުރަމުން ބުނެލީމެވެ. ޖިން ވެސް އެހެން ފާޅުވާނެ ކަހަލަ ގޮތެއް ހެދުމުން ފާޑަކަށް ހިތްހަމަނުޖެހުނެވެ. އެހެނަސް އެކަން ހިތަށް ފިލުވާލައިގެން ހުރީއެވެ.
މިރޭ ވެސް އާދައިގެ މަތިން އަހަރެން އޮތީ އުނދޯލީގައި ޖިން އަށް މެސެޖުކުރާށެވެ. “ލަމް ބޭބްސް. މިއަދު އާދެބަ އަހަންނާ އެއްކޮށް ކަމެއް ކޮށްލަން. އައި ހޭވް ސަމްތިން ޕްރިޕެއާރޑް.” އޭނާ އެހެން ބުނުމުން އަހަރެން އާއެކޭ ބުނެލީމެވެ. އަދި ފުންމައިގެން ތެދުވެ ތައްޔާރު ވާން ފެށީމެވެ. ރީތިވެލައި ވަރުގެ ކޮޅަށް ނަލަ ހެދިގެން އަހަރެން ކޮޓަރިން ނުކުތީމެވެ. “މަންމާ! މި ދަނީ ފްރެންޑެއްގެ ގެއަށް ފަހަރެއްގައި މިރޭ ނާދެވިދާނެ.” އަހަރެން ބޫޓު ހަރުން ރަތްކުލައިގެ ފައިވާނެއް ނަގައި އަރާލީމެވެ. މަންމަ އެންމެ ރަނގަޅޭ ބުނުމުން ނުކުމެގެން ދިޔައީމެވެ. ޖިން ބުނި ހިސާބަށް ދިޔައިރު ކާރެއްގައި އޭނާ އަހަރެން ބަލާ އައިސް ހުއްޓެވެ.
“ވޯހް ޔޫ ލުކް ގޯރޖަސް.” ކާރުގެ ކުރީ ސީޓަށް އެރުމާއި އެކުހެން އޭނާ އަހަރެންނަށް ތަޢުރީފު ކުރަން ފެށިއެވެ. އަހަރެން ލަދުން އިސްޖަހާލީމެވެ. ޖިން ކާރު ދުއްވަމުން ދިޔަ އިރު ވެސް ދާ މަންޒިލަކީ ކޮބައިކަމެއް އަހަރެންނަކަށް ނޭނގެއެވެ.
ޖިން ވަކި ހިސާބަކުން ކާރު ހުއްޓާލިއެވެ. އޭނާ އެއިން ފޭބުމުން އަހަރެން ވެސް ފައިބައިފީމެވެ. ކުރިމަތީގައި ހުރި އިމާރާތަށް ނަޒަރު ހުއްޓާލެވުނު އިރު ހިތުގައި ފުނިޖެހިގެން ދިޔައީ ސުވާލުތަކެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.







So epic plus Niceeeèe Maashaa Allah!!
So where r they off to?
I’m literally soo curious
When next?
Actually ur sweet replies make my day extra special ❤️❤️❤️
Lysssm💞
We will see it in next part. I’ve already submitted it.
Same dude! Ur sweet comments lighten-up my day.
Shukran Your fav bab ✨✨✨
Lyt darl 💕💕
Maasha Allah mi prt vx vrh reethi
Haapy ur back
Kon thaakah Jin Lam e gendhiyaee
So curious
Can’t wait
Whn nxt???
Tc.. Ly Whire Rose
Sorry olhigen Whire Rose jehuny
Tc.. Ly White Rose💜
Hehe, typing mistakes are common. Thnx Shaf_maan
Will see e gendhiyathaneh…
Mihaaru vaany e bai submit kohlevifa
Shukran Shaf_maan for the nice comment. ✨✨
Lyt darl 💕💕