ކަތި ފިޔަވަޅު 10 – ފަހުބައި
“އާހް. މަންމާ” އަހަރެން ދެވަނަ ފަހަރަށް ގޮަވާލުމާއި އެކު މަންމަ އައިސްފިއެވެ. އެ ވަގުތު އަހަރެންގެ ހަރުވާޅު ތެމުނު އިޙުސާސް ކުރެވުނެވެ. ބޮލަށް އެނބުރުން އަރާ ގޮތް ވާހެން ހީވުމުން އަހަރެންނަށް ބޮލުގައި އަތް އަޅާލައިފައި ތިރިވެވުނެވެ.
ދެވަނަ ދަރިފުޅުގެ ރުއިމުގެ އަޑު ކަންފަތުގައި ޖެހުމާއެކު އަހަރެންނަށް އަލްހަމްދުލިއްﷲ ބުނެވުނެވެ. އަޅަމުން ދިޔަ ވޭނުގެ މަތިން ހަނދާން ނެތުނު ކަހަލައެވެ. ދެ ކުދިންގެ މޫނު ފެނުމުން އަހަރެންނަށް ހީނލެވުނެވެ. ދެ ކުދީން ވެސް ބޮޑަށް ވައްތަރީ ޖިން އާއި އެވެ. ވަރަށް ރީއްޗެވެ.
އަހަރެން ވޯޑަށް ބަދަލު ކުރެވުމާއި އެކު މަންމަ އައިސް އެތެރެއަށް ވަނެވެ. މަންމަގެ ފަހަތުން ކަހަލަ ގޮތަކަށް ދޮންބެ އާއި ބައްޕަ ވެސް އައެވެ.
“މަންމާ! ބައްޕާ! އާދޭސް ކޮށްފަ މި ބުނީ މި ދެ ކުދިން ބަލައިދީ. އަހަރެން މި ކުދިންނަށް ޓަކައި މިހުރީ މަރުވާން ވެސް ތައްޔާރަށް. ބައްޕަ ހިތްހަމަޖެހޭނީ ދެން ކީއްކުރީމަތޯ؟ އަހަރެން ބައްޕަ ބުނާ ކޮންމެ ކަމެއް ވެސް ކުރަން މި ހުރީ ތައްޔާރަށް.” ރޮއިގަނެފައި އަހަރެން ބުނެލީމެވެ.
“ދެން ހުއްޓާލާ. ވީ ކަމެއް ވެނިމި ދިޔައީ. ދަރިފުޅު ހެޔޮ މަގުން ކައްސާލައިގެން ދިޔައީ ބައްޕަމެން ވެސް މާ ބޮޑަށް ދޫ ދިނުމުން.” ބައްޕަ އަހަރެންގެ ކަރުނަތައް ފުހެދިނެވެ. އެއާއި އެކު އަހަރެންގެ ހިތަށް ބުނެދޭން ނޭނގޭ ކަހަލަ ހަމަޖެހުމެއް ލިބުނެވެ.
ވިހާ ގަދަވުމުން އަހަރެންގެ ގައިގައި ހައްދު ޖެހުނެވެ. އަނބުރާ ޖަލަށް ދެވުމުން އަހަރެންނަށް ހިތި ގޮތަކަށް ހިނިތުންވެވުނެވެ. ދިރިއުޅުމަކީ ވަރަށް ތަފާތު އެއްޗެކެވެ. އެ ދިރިއުޅުން ހެޔޮ ގޮތުގައި އާރާސްތު ކުރެވޭނީ ހެޔޮ ގޮތުގައި އުޅޭ ބަޔަކަށެވެ. ހެޔޮ މަގާއި ނުބައި މަގު ފެންނަން އޮތެއް ކަމަކު ވިސްނާނުލާ އެޅޭ އެންމެ ކަތި ފިޔަވަޅެއްގެ ސަބަބުން ވެސް ނަފްސު ހަލާކުގެ ތެރެއަށް ވެއްޓި ދާނެއެވެ.
އަހަރެމެން އިންސާނުންނަކީ ކުށް ކުރެވޭނެ ބައެކެވެ. ކުށްކުރެވޭ މީހުންގެ ތެރެއިން އެންމެ ރަނގަޅު މީހަކީ ތައުބާ ވާ މީހާއެވެ. ކުށް ޤަބޫލުކޮށް އެކަމަށް މާފަށް އެދުމަކީ ރިވެތި ސިފައެކެވެ. މިހާ އަނބުރާ ހެޔޮ މަގަށް އެޅޭނީ އޭރުންނެވެ. ކޮންމެ މީހަކު ވެސް ތަބާވާންވީ މިފަދަ އުސޫލުތަކަށެވެ. ތައުބާ ވެއްޖެ ނަމަ ކިތަންމެ ބޮޑު ފާފައެއް ވެސް ފުހެވިގެން ހިނގައިދާނެއެވެ. މާތް ﷲ އީ އެކަލާނގެ އަޅުން ކުރާ ފާފަތަކުގެ ތައުބާ ޤަބޫލުކުރައްވާ އެންމެ އޯގާވަންތަ ރަސްކަލާނގެއެވެ.
– ނިމުނީ –
މިހާ ހިސާބުން މި ވާހަކަ ވެސް ނިމުނީއެވެ. ވާހަކަ އާއި މެދު ކިޔުންތެރީން ދެކޭ ގޮތް ހިއްސާކޮށް ކޮމެންޓް ކޮށްލެއްވުން އެދެމެވެ.
4 Comments!
Comments are closed.







Hey Darls mi story is fantastic ultra pro max~~3
But I thought it’ll be a longer
Lam heyo magah elhunu kan naseebeh!
Hope I’ll get to read more stories from ya!
Lysssm💗💗💗
I have a question.
If term tests are ahead does that mean you should spend the whole day in your study table learning and studying, cancelling acedemy practises and all?
This is What my lecturer taught me!😶
Inshaallah adhives vhk kiyaalan libeyne.
Nahh, ofc u should spend some time in practices. Hiy hama jahsaalan ves vaguthu kolheh othyma bolah ehcheh vannaany
Shukran Your fav bab ✨✨
Lyt darl 💕💕
White rose ge ehen vaahaka eii kiyaalan libeynee kon irakun thoa??
Mi anna October ga IA
Shukran Anonymous ✨✨