Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ދެވުނީ ވޭނޭ – ޝަޚުޞިއްޔަތުގެ ތަޢާރަފު

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
September 30, 2025 2 Mins Read
15 Comments

އަރީން: މި އަންހެން ކުއްޖާ އަކީ ފިރިހެން ކުދިންގެ ހިތްތައް ކަތިލާފަދަ އާދަޔާޚިލާފު ރީތިކަމެއް ލިބިފައިވާ ކުއްޖެކެެވެ. ބޭރުފުށުގެ ރީތިކަމަށް ވުރެ އެތެރޭގެ ފުރިހަމަކަން އިންތިހާއެވެ. އެއީ މައިންބަފައިންނާއި އެނޫންވެސް މީހުންނަށް އެންމެ ފުރިހަމައަށް ކިޔަމަންވާ ކުއްޖެކެވެ. ހިތްހެޔޮކަމާއި މަޑުމައިތިރިކަމާއި ރިވެތި އަޚުލާޤުގައި އެ ފަދަ ދެވަނައެއް ނުވެއެވެ. 2025 ވަނަ އަހަރު ގުރޭޑް ދިހައެއްގައި ކިޔަވަމުންދާ އަރީނަކީ ހިތް އަލި ދަރިވަރެކެވެ. މުދައްރިސުންގެ ލޯބި ކާމިޔާބުކޮށްފައިވާ ކުއްޖެކެވެ. އެތައް ފިރިހެން ކުދީންނެއް އަރީނަށް ޓަކައި ފިދާވާން ތައްޔާރަށް ހުއްޓެއް ކަމަކު އެ ހިތުގައި ވިންދުޖަހަނީ އެންމެ ހީނުކުރާ ފަރާތަށް ޓަކައެވެ. އޭނާގެ އެންމެ ގާތް އެކުވެރިންނަކީ އަޒާޔާ އާއި ސުމައްޔާއެވެ. މަންމަގެ ނަމަކީ ޔަނާލެެވެ. ބައްޕަ އަފްޒަލް އަކީ ޒިޔާދުގެ ގާތް މިތުރެއްގެ އިތުރުން ޑައިމަންޑް ސްކައިގެ ސީ.އީ.އޯ އެވެ. ދެން ޔަޒާން އަކީ ދޮންބެ ކަމަކު ދެބޭންގެ ގުޅުން މާކަ ރަނގަޅެއް ނޫނެވެ. އެހެނަސް އަމިއްލަ ނަފްސަށް ވުރެ އަނެކާގެ އެދުން އިސް ކުރުމަކީ ތިމާއަށް ވެސް ހިތާމަ އަކާއި ކުރިމަތިލާން ޖެހިދާނެ ކަމެކެވެ. މިކަމުން އަރައިގަނެ އަމިއްލަ ނަފްސުގެ ދިފާޢުގައި ދުވަހަކު ވެސް އޭނާ ކުރިއަށް ނުކުންނާނެ ހެއްޔެވެ؟

ސުމައްޔާ: މިއީ ވެސް ބަލާލަން ރީތި ސިފަތަކެއް ލިބިފައިވާ އަންހެން ކުއްޖެކެވެ. ހަމަ ގުރޭޑް ދިހައެއްގެ ދަރިވަރެކެވެ. ޢާއިލީ ގޮތުން ހުރީ ބައްޕަ އެކަންޏެވެ. އެއީ އަރީންގެ އެންމެ ގާތް އެކުވެރިޔާއެވެ. މިޒާޖުގެ ގޮތުން އަރީނާއި އުޑާއި ބިމާހާ ތަފާތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެއީ ހަލަނިވެފައި ގޮތުގައި ހިފަހައްޓަން ދަންނަ ކުއްޖެކެވެ. އުޅޭ އުޅުމުން އެއީ އަންހެނަކަށް ވުރެ ފިރިހެނެކޭ ބުނުން އައުލާކަން ބޮޑެވެ. އޭނާ އާއި ދިމާލަށް މީހަކު ލޯތްބަށް އެދި ސަލާން ޖެހިޔަސް ދޫކޮށްލާނީ ރޮއްވާލައިފައެވެ. އޭނާގެ ވިސްނުމަށް ބަދަލުތަކެއް އަންނަނީ އެނގެން ފެންބޮވައިގަނެފައިވާ ކަންތައްތަކެއްގެ ހިތި ޙަޤީޤަތުގެ ސަފުޙާތައް ނިޔުޅިގެންނެވެ.

އަޒާޔާ: ފިރިހެން ކުދިން ގަޔާވާ ކަހަލަ ސިފަތަކެއް ލިބިފައިވާ އަޒާޔާ އަކީ ރާއްޖޭގެ ނަން މަޝްހޫރު ޑައިމަންޑް ސްކައިގެ ޗެއާރމަން ޒިޔާދުގެ ހަގު އަންހެން ދަރިފުޅެވެ. އޭނާގެ ދޮށްޓަށް ހުންނަނީ ޒަވިއަން އެވެ. މިއީ އަނގަގަދަ ވެފައި އެހެންމީހުންނާއި ފަސޭހައިން ގުޅޭ ކުއްޖެކެވެ. ސުމައްޔާ އާއި އަރީނެކޭ އެއްފަދައިން އަޒާޔާ ވެސް ޢިލްމް ހާސިކުރަނީ ހުރަވީ ސުކޫލުގައެވެ. ކިޔަވަނީ ބިޒްނެސް ސްޓްރީމެވެ. އޭނާގެ އުންމީދަކީ މުސްތަޤުބަލުގައި އަމިއްލަ ވިޔަފާރިއެއް ފެށުމެވެ.

ޒަވިއަން: ގުރޭޑް ބާރައިގައި ކިޔަވަމުން ދާ ޒަވިއަން އަކީ ތަފާތު ހުނަރުތަކުގައި ވިދާ ޒުވާނެކެވެ. އެއީ ފެންނަ ކޮންމެ އަންހެން ކުއްޖެއްގެ ހިތުން ޖާގަ ހޯދައިފައިވާ، ރީތިކަން ހުސްކޮށްގެން ހުރި އަމީރެކޭ ބުނެވިދާނެއެވެ. އެ ހިތުގެ ނޫރަކީ ކޮއްކޮ އަޒާޔާ އެވެ. މި ދެކުދިންގެ މިޒާޖު ދުވާލާއި ރޭގަނޑެއް ފަދައިން ސިފަކުރެވިދާނެއެވެ. ޒަވިއަނަކީ އަންހެނުންނަށް އިންތިހާއަށް ނަފުރަތުކުރާ ޒުވާނެކެވެ. ރުޅި އަކީ އޭނާ ހަލާކުކޮށްލާ ކަހަލަ ވަރުގަދަ ހަތިޔާރެކެވެ. ވަކި ހިސާބަކުން މި ރުޅިގެ ހޫނުކަމާއި ދިލަ އަމާޒުވަނީ ވެސް އަންހެން ކުއްޖަކަށެވެ. ޒަވިއަންގެ ތޫނު ވަކިތަކުން އެ ކުއްޖާ ޒަޚަމުވަނީ އެންމެ ގޮތަކުންނެއް ނޫނެވެ. އޭނާގެ ޢަމަލުތައް ބައްޓަން ކުރެވޭ ގޮތުން ފަހުން ހިތާމަ ކުރަން ޖެހިދާނެކަން ނުދެނަ ހުއްޓެވެ.

އިޙުސާން: މިއީ ޒަވިއަންގެ ގާތް އެކުވެރިންގެ ތެރެއިން އެކަކެވެ. މަޖާ މިޒާޖެއްގެ ހިތްވަރުގަދަ ޒުވާނެކެވެ. އޭނާއަށް ވެސް ޒަވިއަން ކޮންޓުރޯލު ކުރަން އުނދަގުލެވެ. އޭނާ އަކީ އެއްވެސް އިރެއްގައި ކުއްޖަކާއި ލޯބީގެ ގޮތުން ގުޅިފައިވާ ފަރާތެއް ނޫނެވެ. އެހެނަސް ހުއްޓުމެއް ނެތި ސާބިތު ކަމާއި އެކު އެ ހިތް އަނބުރާލެވޭތޯ ކުއްޖަކު މަސައްކަތް ކުރަމުން ދެއެވެ. ކުޑަ ދުވަސްކޮޅެއް ފަހުން އޭނާ އަށް ނަފްރަތުގެ ވާދައެއް ޖައްސާލެވެނީ އެންމެ ހީނުކުރާ ކުއްޖާއާއި އެވެ. އެ ކުއްޖާ ފެނުނަސް އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ.

ލީވާން: މިއީ ވެސް ޒަވިއަންގެ ގާތް އެކުވެރިއެކެވެ. ހަމަ ގުރޭޑް ބާރައިގައި ބިޒްނެސް ސްޓްރީމްގައި ކިޔަވާ ކުއްޖެކެވެ. އެ ތިން ފިރިހެން ކުދިން ވެސް ދަނީ ހުރަވީ ސުކޫލަށެވެ. ކިޔެވުން ނިންމާލުމަށް ފަހު ވަޒީފާގައި އުޅެމުން ދަނިކޮށް އޭނާއާއި ދިމާވަނީ ވަރަށް ތަފާތު އަންހެން ކުއްޖެކެވެ. އެ ކުއްޖާ އަށް ޓަކައި އެ ޒުވާން ހިތުގައި ތަފާތު ވިންދެއް ޖަހާލަނީ ހީނުކޮށް ހުއްޓައެވެ. އެހެނަސް އެ ލޯބި އޭނާ ފާޅުކުރަން ނުކުޅެދެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

ވަފާތެރިމަވީމޭ ޓްރޭލާރ

Next

ގާތުގައިވި އަނދިރިކަން 7-2

Next
September 30, 2025

ގާތުގައިވި އަނދިރިކަން 7-2

Previews
September 29, 2025

ވަފާތެރިމަވީމޭ ޓްރޭލާރ

15 Comments!

  1. UR FUTURE THUHTHA says:
    September 30, 2025 at 11:43 am

    Wowwwwwwwwwwww♥️♥️♥️♥️♥️♥️

    1. White rose White rose says:
      September 30, 2025 at 12:03 pm

      Shukran UR FUTURE THUHTHA ✨✨

  2. NONNI_07 says:
    September 30, 2025 at 11:43 am

    Eeeeeeeeeeeeeeeeshhhhhhhhhhh💚🖤

    1. White rose White rose says:
      September 30, 2025 at 12:03 pm

      Shukran NONNI_07 ✨✨

  3. White rose White rose says:
    September 30, 2025 at 12:02 pm

    Assalaamu alaikum dear readers. Mi ee alhugandu dhen mi site ah liyaane dhigu vhk. Ehen vhk thakah dhehvi support mi vhk ah ves libeyne kamah unmeedhu kuran.
    IA konme hafthaa aku 2 dhuvahu vhk submit kureveythoa balaanan.

  4. Your fav bab Your fav bab says:
    September 30, 2025 at 2:37 pm

    Omg white rosyyyy ge dhigu vhk eh 😁😁😁😁
    I’m so exciteddd!!!!!
    Characters introduce kohfa hurileh ves varaah salhi👏👏👏
    Impatiently waiting for the first part!!!!!!!
    You’ll always get my support IA
    Lyssssm💗💗💗💗

    1. White rose White rose says:
      October 3, 2025 at 7:40 pm

      Shukran Your fav bab ✨✨
      Mihaaru furathama 2 bai kiyaalan libeyne.
      Lyt darl 💕💕

  5. K says:
    September 30, 2025 at 2:50 pm

    Finallyyyyyyy white rose ge story eh 😭😭😭 eagerly waitingggg

    1. White rose White rose says:
      September 30, 2025 at 2:57 pm

      Shukran K ✨✨

  6. L..... says:
    September 30, 2025 at 7:01 pm

    Masha Allah looks interesting hope story would be habeys curiously waiting for the episodes ❤️💯🔥🫶🏻❤️

    1. White rose White rose says:
      September 30, 2025 at 8:19 pm

      Shukran L….. ✨✨
      IA mi week ga upload kuran fashaanan

  7. 🌺🌹N🌹🌺 says:
    September 30, 2025 at 8:55 pm

    Vaahakaige inthizaaruga…. white rose mihaaru grade 11 dhw?? Hama ahaalee… ehchekey her nukurahcheyyy…… when first episode?.

    1. White rose White rose says:
      September 30, 2025 at 9:11 pm

      Shukran 🌺🌹N🌹🌺
      Hehe yea in 11, I’m fine, no strange thoughts
      IA maadhan submit kohlaanan

  8. Lava baby says:
    October 3, 2025 at 9:07 am

    So happy to see you again white rose. Character intro hama habeys.
    Kon irakun tha furathama bai kiyaalan libeynii..

    1. White rose White rose says:
      October 3, 2025 at 9:21 am

      Shukran Lava baby. ✨✨
      Wednesday ga first part submit kohlin. Adhi upload nuvey. Miadhu second part mi submit kohly. Upload veema kiyaalan libeyne.

Comments are closed.



All Right Reserved!