Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ކަތި ފިޔަވަޅު 7

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
June 22, 2025 2 Mins Read
4 Comments

އަހަރެމެން ހުއްޓާލީ ބްރޭކް ގަޑި ނިމެން ގާތް ވުމުންެނެވެ. އަތް މަތި އަވަސް ކޮށްލައިފައި އަހަރެން އަންނައުނު ލައިފައި ހަމަޖެހިލީމެވެ. އެއަށްފަހު ޖިން އަށް ހިނިތުންވުމެއް ހަދިޔާ ކޮށްލައިފައި ކެބިނުން ނުކުންނަން އެ ދޮރު ހުޅުވާލީމެވެ. ކުރިމަތިވާން އޮތް ކޮޅިގަނޑުގެ ބޮޑުކަން އިޙްސާސް ނުކުރެވޭ ޙާލުގައެވެ.

އަހަރެން ހުއްޓުން އެރީ އަހަރެންނާއި ދިމާލަށް އައި ފުލުސް ޓީމު ފެނިފައެވެ. ފަހަތަށް ދެތިން ފިޔަވަޅު އަޅާލެވުނެވެ. އެތަނުން އަންހެން އޮފިސަރަކު އައިސް އަހަރެންގެ އަތުގައި ބިޑި އެޅުވިއެވެ. ދެން ފެނުނީ އެމީހުން ކެބިނުގެ ތެރެއަށް ވަދެ ޖިން ހިފެހެއްޓި މަންޒަރެވެ. ޖިން ގަދަ ހަދަމުން ދަނިކޮށް އޭނާގެ އަތުގައި ވެސް ބިޑި އަޅުވައިފިއެވެ. އަހަރެންގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ. އެމީހުން ދެއްކި ވާހަކަތައް އަހަންނަށް އިވުނީ ނުސާފުކޮށެވެ.

ފުލުސް އޮފީހަށް ގެންގޮސް އެމީހުން އަހަރެންނާއި ސުވާލުކުރަމުން ދިޔައެވެ. އަހަރެން ޖަވާބެއް ނުދެމެވެ. އެއްފަރާތަކަށް ބަލަހައްޓައިގެން އިނީއެވެ. “ލަމްޔާ ހަމީދު. އަހަރެމެންގެ ތަޙުޤީޤަށް އެއްބާރުލުން ދީބަލަ. މިހާރު އެނގެއެއްނު އަހަރެމެންގެ އަތުގައި ލަމްޔާއާއި ދެކޮޅަށް ވާވަރަށް ހެއްކާއި ޤަރީނާ ހުރިކަން. ވާހަކަ ދައްކަބަލަ.” މޭޒަށް އެތިފަހަރެއް ވީއްލާލަމުން އޮފިސަރ ހަމްދާން ބުނެލިއެވެ. އަހަރެން ހަމަ އިން ގޮތަށް އިނީ އެވެ. އެންމެފަހުން އެމީހުން އަހަރެން ގެންގޮސް ފުލުސް ސްޓޭޝަނުގެ ސެލް އަކަށް ލިއެވެ. ސެލް އަށް ގެންދިއުމާއި އެކު އަހަރެންނަށް އިސް ޖަހާލެވުނެވެ. ކުރިމަތީގައި ހުރި ސެލް ބަލަހައްޓާ އޮފިސަރަކީ އެއްބަނޑު އެއްބަފާ ދޮންބެ ކަމަށް ވާތީއެވެ. ލަދުން ބޯ ފަޅައިގެން ދާ ވަރު ވިއެވެ.

“ލަމްޔާ. އަޅެ ތެދު ތެދަށް ބުނެބަލަ އެ އަންހެން މީހާ މަރާލުމުގައި ބައިވެރިވީންތަ؟ ބުނެ އެއީ ދޮގެކޭ.” ދެލޮލުން ކަރުނަ އޮހޮރެމުން ދިޔަ ހާލު މަންމަ ވާހަކަ ދެއްކި އެވެ. ގާތުގައި ބައްޕަ އަހަރެންނަށް އަލިފާނުގެ ނަޒަރެއް ހަދިޔާ ކޮށްގެން ހުއްޓެވެ. ދޮންބެގެ މޫނުމަތީގައިވެސް ވަނީ އިންތިހާ ދަރަޖައިގެ ހިތްހަމަނުޖެހުމެވެ. އަހަރެން ހަމަ ހަނުހުރީއެވެ. ޖެހިގެން ހުރި ސެލްގައި ޖިން އެތަނަށް ރޯޅިއެއް ބާލަމުން ދިޔައެވެ.

އަހަރެން ހިފަހައްޓައިގެން ހުރި ކަރުނަތަކަށް ދުލެއް ދިނީ އެކަނިވުމުންނެވެ. އެ ރޭގެ މަންޒަރުތައް ލޯ މައްޗަށް ސިފަވަމުން ދާތީ ހިތަށް އުނދަގޫ ވަމުން ދިޔައެވެ. އެއާއެކު އަހަރެންގެ ބޮލަށް ބަރުވާން ފެށިއެވެ. ފާޑަކަށް މޭނުބައި ކުރާ ގޮތް ވިއެވެ. ދެން ވީގޮތެއް ނޭނގެއެވެ.

އަހަރެންނަށް ހޭވެރިކަމެއް ލިބުނު އިރު އޮވެވުނީ ހަސްފަތާލުގައެވެ. ދެލޯ ހުޅުވާލައިފައި އަހަރެން ބުރަކަށި ސީދާ ކޮށްލީމެވެ. ދެން ފެނުނީ މަންމަގެ މިލައިފައިވާ މޫނެވެ. ބައްޕަ ބާރު ބާރަށް ހިނގައިފައި އައީ އަހަރެންނާއި ދިމާލަށެވެ. ވީގޮތް ނޭނގޭތީ އަހަރެން ހިތް ބިރުގަނެ ހާސްވިއެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

އޭލިއަން ސިލްސިލާ: ވަރަ – 13

Next

މަލަކާ

Next
June 22, 2025

މަލަކާ

Previews
June 22, 2025

އޭލިއަން ސިލްސިލާ: ވަރަ – 13

4 Comments!

  1. Shaf_maan says:
    June 22, 2025 at 4:42 pm

    Maasha Allah mi prt vx vrh reethi
    Jin n lam police station ga eyyy
    So curious
    When nxt????
    Tc lyy💜

    1. White rose White rose says:
      June 22, 2025 at 10:32 pm

      Arn, mihaaru bust vehje viyya.
      Mihaaru submit kohlaifin.
      Shukran Shaf_maan ✨✨
      Lyt darl 💕💕

  2. Your fav bab Your fav bab says:
    June 22, 2025 at 8:20 pm

    Heeyrrr
    Mi part varah furihama MA
    Oh how great
    Lams worst nightmare came true!!
    Brruuuh☠️☠️
    Me dying outta curiosity
    When next?
    Lyyy

    1. White rose White rose says:
      June 22, 2025 at 10:35 pm

      Hehe, lam ah nubai mageh choose kurevunyma vee goiy thaa
      Mihaaru submit kohlaifin.
      Shukran Your fav bab ✨✨
      Lyt darl 💕💕

Comments are closed.

Next Episodeކަތި ފިޔަވަޅު 8←


All Right Reserved!