ކަތި ފިޔަވަޅު 6
ހަސަދަވެރިވެފައި ހުރެވުނު ވަރުން އަހަރެން ކުރިން ގަތް ބިރު ވެސް މިހާރު ފިލާ ހިނގައްޖެއެވެ. އަހަރެން އިންތިޒާރު ކުރަމުން ދިޔައީ އެ އަންހެނާ މަރުވެގެން ޖިންގެ އަތް މައްޗަށް ދެމޭނެ ވަގުތަކަށެވެ. އެހެނަސް ކަންވީ އަހަރެމެން އުންމީދު ކުރި ގޮތަކަށް ނޫނެވެ. ކަންގް ސޫ އެ ސިރިންޖް އަތުލައިފައި އެއްލާލީ އެވެ. ކަންގް ސޫ އަށް އެ ކަންތައް ބަޓުވުމުން އަހަރެންނަށް ދެލޯ ބޮޑު ކޮށްލެވިއްޖެއެވެ.
ޖިން ދިން ސިގުނަލަށް އަހަރެން މޭޒުމަތީގައި ހުރި ހަރުތަކުން ވަޅިއެއް ނެގީމެވެ. އެއަށްފަހު ސިޓިންރޫމަށް ދިޔައީ ދުވެފައެވެ. ޖިން ހުރީ ކަންގް ސޫ އަށް ނުދެވޭނެހެން ހިފަހައްޓާލައިގެންނެވެ. “ލަމް. ޑޫއިޓް. އަވަސް ކުރޭ.” ޖިން ބުނެލިއެވެ. އަހަރެން ދެލޯ މަރާލާއިފައި ކަންގް ސޫގެ މެޔަށް އެ ވަޅި ހަރާލީމެވެ. ކަންގް ސޫ ހަޅޭއްލަވައިގަތް ނަމަވެސް މި ވަގުތު އެ އަޑު އެހެން މީހަކަށް ނީވޭނެތާއެވެ. ބޮކިބޮކި ޖަހައިފައި އޮހޮރިގަތް ލެއިން އޭނާގެ ހެދުން ކަޅިވެގެން ދިޔައެވެ.
މުޅި މީހާގެ ގައިން ތުރުތުރު އަޅަމުން ދިޔަ ޙާލު އަހަރެންނަށް ފަހަތަށް ޖެހެވުނެވެ. އޭރު އަދި ކަންގް ސޫ މަރެއް ނުވެއެވެ. ޖިން ކުރިއަށް ޖެހިލައިފައި ދެވަނަ ފަހަރަށް އެ ވަޅި ހަރާލީ އެ އަންހެން މީހާގެ ކަރަށެވެ. ކަންގް ސޫގެ ބިރުވެރި ނަޒަރު އަމާޒުވެފައި ވަނީ އަހަރެންނަށް ކަން އެނގުމުން ހައްތަހާ ފިނިވިއެވެ. އެއާއެކު ކަންގް ސޫގެ ލޯ މެރި ޖިންގެ އަތް މައްޗަށް ދެމުނެވެ.
“ލަމް. ހާސްނުވޭ. ޕްލޭން އޭ އަށް އަމަލު ނުކުރެވުނެއް ކަމަކު އަހަރެމެންގެ މަގުސަދު މި ހާސިލު ވީ. ދެން ޖެހޭނީ މި ހަށިގަނޑު މޫދަށް އެއްލާލަން.” ޖިން އޭނާގެ އަމިއްލަ އަންހެނުން މަރާލައިފައި ވެސް އެހާ ހަމަޖެހިލައިގެން ވާހަކަ ދެއްކުމުން އަހަރެންގެ މޭފިތޭ ކަހަލަ އިހުސާސެއް ކުރެވުނެވެ. އެހެނަސް ދެން ފަހަތަށް އެނބުރެވޭކަށް ނެތެވެ. ކަންވެ ނިމިއްޖެއެވެ. މި ކަން އުމުރު ދުވަހަށް އަހަރެންގެ ވިސްނުމަށް އުނދަގޫ ކުރާނެ ކަން ޔަގީނެވެ. ޑަކުޓަރަކަށް ވެ ހުރެ މީހެއްގެ ފުރާނަ ދަމައިގަނެވުމުން ކުށްވެރިކަން އިހުސާސް ކުރެވެމުން ދިޔައީ އިންތިހާއަށެވެ. އަހަރެންނަށް ހުއްޓުން އަރާފައި ހުރެވުނީ އެހެންވެގެންނެވެ. ޖިން އެ ފުރާނަ ނެތް މަސްގަނޑު ފޮށްޓަކަށް ލައި ބަންދުކޮށްލީ އަހަރެންގެ ކުރިމަތީގައެވެ. އެއަށްފަހު އޭނާ ލައިގެން ހުރި އަންނައުނު ބާލާ ޕްލާސްޓިކް ކޮތަޅަކަށް ލިއެވެ.
“ލަމް! އަތް ދޮވެލައިގެން އަހަރެންނާއި އެކު އާދޭ.” ޖިން ބުނެލިއެވެ. އަހަރެން ތެޅިގަނެފައި އެ ބުނުމާއި އެއްގޮތަށް ޢަމަލުކުރީމެވެ. އޭނާގެ ކާރުގައި އަހަރެމެން ދިޔައީ ވަލަށެވެ. އެއީ އަހަރެންގެ ބުނުމަށެވެ. މޫދަށް ދޫކޮށްލިއްޔާ ފަސޭހައިން ހޯދޭނެކަން އެނގޭތީއެވެ.
ވަލުގެ ތެރެއަށް އަހަރެމެން ވަނީ ހިނގައިފައެވެ. ގަސްބޯވެފައިވާ އެ ތަން އަނދިރި ކަމުން ނާމާން ވައްތަރެއް ޖަހައެވެ. އަހަރެމެން ވަކި ހިސާބަކަށް ގޮސްފައި ހުއްޓާލީމެވެ. އަހަރެން އަތުގައި އޮތް އުދަލި ޖިންގެ އަތަށް ދިނީ އަހަރެންގެ ކިބައިގައި އެ ކަށްވަޅު ކޮންނާނެހާ ހިތްވަރު ނެތުމުންނެވެ. ޖިން ރަނގަޅު ވަރެއްގެ ވަޅުގަނޑެއް ކޮނެފައި އެ ފޮށި އެ ވަޅުގަނޑަށް ވައްޓާލިއެވެ. އޭގެ މައްޗަށް ފަސް އަޅާ ނިންމާ ލައިފައި އަހަރެން ޖިންގެ އަތުގައި ހިފީމެވެ. އެތަނުން ނުކުމެ ގޮސް ކާރަށް އެރީމެވެ. އޭރު ވެސް އަހަރެންގެ ހިތް ޑަންޑަޑަން ލައިފައި ތެޅެމުން ދިޔައެވެ.
“ބޭބީ ކާމް ޑައުން.” ޖިން އަހަރެންގެ އިސްތަށިގަނޑަށް އަތް ލައްވާލުމުން ސިހިފައި ބަލައިލެވުނެވެ. “ބި…ބިރު…ގަންނަނީ.” އަހަރެން ތުރުތުރު އަޅަމުން ދިޔަ އަޑަކުން ބުނެލީމެވެ. ޖިން އަހަރެންގެ މޫނު އެ ފަރާތަށް އަނބުރާލިއެވެ. އޭނާގެ ތުންފަތުގެ ހޫނުކަން އިޙްސާސް ވުމުން އަހަރެންނަށް ދެލޯ މަރާލެވުނެވެ. ހިނދުކޮޅަކަށް އެ ހިނގައިދިޔަ ކަންތައް ގަނޑު މަތިން ހަނދާން ނެތޭ ގޮތް ވިއެވެ. ބޯ ހަމަޖައްސާލަން ބޭނުންވެފައި ހުރުމުން އަހަރެން ޖިންގެ ކަނދުރާގައި އަތް އަޅުވާލަމުން އެ އަމަލުގައި ބައިވެރިވެލީމެވެ.
“މިހާރު ރަނގަޅުތަ؟” ނޭވާ ކޮޅަށް ދިއުމުން ޖިން އަހަރެންނާއި ހަތަރު ކަޅި ހަމަކޮށްލިއެވެ. އަހަރެން ބޯ ޖަހާލީމެވެ. ދެން އޭނާ އަހަރެން ގެއަށް ގެންގޮސް ދިނެވެ.
އަހަރެން ހަށިފުރާ ފުންނޭވާއެއް ލަމުން ގޭގެ ދޮރުން އެތެރެއަށް ވަނީމެވެ. މީހަކަށް ނޭނގި ކޮޓަރިއަށް ވަދެވުމުން ހަމަޖެހިލެވުނެވެ. ހެދުން ބަދަލު ކޮށްފައި އަހަރެން ފެން ވެސް ވަރާލީމެވެ.
އެއަށްފަހު ނިދަން އޮށޯވެ ދެލޯ މަރާލީމެވެ. އެހެނަސް ލޯ މައްޗަށް ސިފަވީ ކަންގް ސޫ އެވެ. ނިދަން ވެސް އުނދަގޫ ވިއެވެ.
އޭގެ ފަހުން ދެ ހަފުތާ ފާއިތުވެގެން ދިޔައިރު ވެސް އެއްވެސް ބަޔަކަށް ކަންގް ސޫ އަށް ހަދާލި ގޮތް ނޭނގޭތީ އަހަރެންގެ ހިތަށް ހަމަޖެހުން ލިބުނެވެ. މިހާރު ޖިންގެ ގާތަށް ޖައްސާ މިންވަރު ވެސް އިތުރު ކޮށްލައިފީމެވެ. މި ދަނީ ފާފައިގެ މައްޗަށް ފާފަ ކުރަމުން ކަން އަހަންނަށް ވިސްނޭ ވަރަށް ވުރެ ޖިން އާއި ހެދި އަހަރެން ހުންނަނީ މޮޔަ ވެފައެވެ.
ބަލި މީހަކު ބަލައިފައި އަހަރެން ކެބިނުން ބޭރަށް ނުކުތީ ބްރޭކް ގަޑި ޖެހުމުންނެވެ. އަހަރެން ސިއްރު ސިއްރުން ގޮސް ވަދެލީ ޖިންގެ ކެބިނަށެވެ. އެތެރެއިން ތަޅުލައިފައި ގޮސް އަހަރެން ޖިންގެ އުނގުގައި އިށީނީމެވެ. އަދި ރަކި ހިނިގަނޑެއް ޖަހާލައިފައި އޭނާއާއި ތުން ގުޅާލީމެވެ. ޖިން އަހަރެންނަށް ބޭނުންވެފައި ހުރި ވަރުން އަހަރެން އުރާލައިފައި ބަލި މީހުންނަށް ޚާއްސަ އެނދުގައި ބޭއްވިއެވެ.
އަހަރެމެން ހުއްޓާލީ ބްރޭކް ގަޑި ނިމެން ގާތް ވުމުންެނެވެ. އަތް މަތި އަވަސް ކޮށްލައިފައި އަހަރެން އަންނައުނު ލައިފައި ހަމަޖެހިލީމެވެ. އެއަށްފަހު ޖިން އަށް ހިނިތުންވުމެއް ހަދިޔާ ކޮށްލައިފައި ކެބިނުން ނުކުންނަން އެ ދޮރު ހުޅުވާލީމެވެ. ކުރިމަތިވާން އޮތް ކޮޅިގަނޑުގެ ބޮޑުކަން އިޙްސާސް ނުކުރެވޭ ޙާލުގައެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.







Bro lam 😳🙀
Definitely didn’t expect that!
Assu ves after doing something bad u feel like always haunted!!
If jin killed his wife then lam ves wife akah hadhaafa maraalaany kanne🫢
When next?
Loved this part
Lyssm❤️❤️❤️
Yeaa, ehenve nubai kameh kuran fasjehenvee.
Dhww, hama maraalafaane, let’s see dhw dhen vaa gotheh.
Mihaaru aneiy bai submit kohlaifin.
Shukran Your fav bab ✨✨
Lyt darl 💕💕