ކަތި ފިޔަވަޅު 5
ބޭނުންވި ޕެންޑޮބާބިޓަލް ފުޅި ފެނުމުން އަހަރެން އަވަސް އަވަހަށް އެ ނަގައި ދަބަސް ތެރެއަށް ލީމެވެ. އެ ވަގުތު އިވުނީ ލެބުގެ ދޮރު ހުޅުވާލި އަޑެވެ. އަހަރެންގެ ނޭވާ އަރުތެރޭގައި ތާށިވެގެން ދިޔަ ކަހަލައެވެ.
“ލަމް. މިތަނުގައި ކީއް ކުރަނީ؟” ރީޝާގެ އަޑު އަހަރެންގެ ކަންފަތުގެ ހިނދުރީގައި ޖެހުމާއި އެކު ގަނޑުވި ކަހަލައެވެ. މުޅި މީހާ ތުރުތުރު އަޅަން ފެށިއެވެ. އޭސީގެ ފިނިކަން ހުއްޓެއް ކަމަކު ދާހިއްލައިފިއެވެ.
“ކަމެއް ނުކުރަން.” އަހަރެން އަވަސް އަވަހަށް އެތަނުން ނުކުތީމެވެ. ސައިން އައުޓް ވެލައިފައި ގޮސް ހަސްފަތާލުން ބޭރަށް ނުކުތީމެވެ. އަހަރެންގެ އަމިއްލަ ނަފުސު ހަމައަކަށް އެޅުވުނީ ގެއަށް ދެވުމުންނެވެ. ޖިން އެކަން ކުރަން ނިންމައިފައިވާ ރެއަކީ ވެސް މިއެވެ.
“ދަރިފުޅާ! ކަމެއް ގޯސްވީތަ؟ ކިހިނެށް ވެފަ ތި އިންނަނީ؟” މަންމަ ވާހަކަ ދެއްކި އަޑަށް ސިހިފައި އަހަރެންނަށް ބަލައިލެވުނެވެ. އަހަރެންނަށް އިނދެވުނީ ފާޑަކަށް ކަން ރެއަކާލީ ވެސް އެ ވަގުތެވެ. ކާމޭޒުދޮށުގައި ތިބި މީހުންގެ ނަޒަރު އަހަރެންނާއި އަމާޒު ވެފައިވާކަން އެނގުމުން ތުންފަތުގައި ދަތް އަޅާލެވުނެވެ.
“ކަމެއް ނުވޭ! މިއަދު ތަންކޮޅެއް ބުރަ ދުވަހެއް ވީމަ.” އަހަރެން ގަދަކަމުން ހިނިތުންވެލީމެވެ. މިހާރަކަށް އައިސް މަންމަމެންގެ މޫނުމައްޗަށް ދޮގުހެދުމަކީ އަހަރެންގެ އާދައަކަށް ވެއްޖެއެވެ. ޖިންގެ ސަބަބުން އަހަރެން ބަދަލުވެފައިވާ މިންވަރު ޚުދު އަހަރެންނަށް ވެސް ބުނެދޭން ނޭނގެއެވެ.
އަހަރެން އެނދުމަތީގައި ބަންޑުން އޮތް އިރު ވިސްނެމުން ދިޔައީ އިއްޔެ ޖިން ދެއްކި ވާހަކަތަކާއި މެދުގައެވެ. ގަޑި ހިނގަމުން ދިޔަ ވަރަކަށް އަހަރެންގެ ހިތް ތެޅިފޮޅޭ މިންވަރު އިތުރު ވަމުން ދިޔައެވެ.
ޖިންގެ ކޯލެއް އައީ ބާރަ ޖަހަން އުޅެނިކޮށެވެ. އަހަރެން އެއަށްފަހު ތައްޔާރު ވެލައިގެން ކޮޓަރިން ނުކުތީމެވެ. ދެން ސިއްރު ސިއްރުން ގެއިން ނުކުތީމެވެ. އަހަރެން ލައިގެން ހުރީ ކަޅު ކުލައިގެ ހުޑީ އަކާއި ހަމަ އެކުލައިގެ ޓްރައުޒާ އެކެވެ.
ޖިން ދިން އެޑްރެހަށް އަހަރެން ދިޔައީ ހިނގާލައިފައެވެ. ދަން ވަގުތަކަށް ވުމުން މަގުމަތީގައި ވަނީ މަރުގެ ހަމަހިމޭން ކަމެވެ. ފަޒާގައިވީ ތެތްފިނިކަމުން އަހަރެން ހީގަންނަ ގޮތް ވިއެވެ.
އެ ގޭގެ ދޮރުމަތީގައި ހުއްޓިފައި އަހަރެން ޖިން އަށް ގުޅީމެވެ. އޭގެ އިރުކޮޅެއް ފަހުން އޭނާ ބޭރަށް ނުކުތެވެ. އަހަރެން އޭނާ އާއި އެކު އެގެއަށް ވަނީމެވެ. ޖިން އަހަރެން ގެންގޮސް ލީ ބަދިގެއެއް ކަހަލަ ތަނަކަށެވެ.
“މިރޭ މިކަން ނިންމާލަން ވާނެ. އިރުކޮޅަކުން ކަންގް ސޫ ނުކުންނާނެ. މިރެއަކީ އަހަރެމެންގެ ދެވަނަ ވެޑިން އެނިވާސަރީ. ކަމެއް ގޯސް ވިއްޔާ މިތަނުން ވަޅިއެއް ހިފައިގެން އާދޭ. އަހަރެން ސިގްނަލް ދޭނަން.” ޖިން އަހަރެންގެ އަތުގައި އޮތް ޑްރަގު ފުޅި ނަގައިފައި ބުނެލިއެވެ.
އަހަރެން ބަދިގޭގައި ހުރެ ޖިން ދިޔަ ދިމާލަށް ބަލައިލީމެވެ. ޖިން ބުނިހެން އަންހެނަކު ކޮޓަރިން ނުކުމެއްޖެއެވެ. އެ އަންހެންމީހާ އާއި ގާތް ކޮށް ޖިން އުޅެމުން ދިޔަ ގޮތުން އަހަރެންގެ ހިތަށް އުނދަގޫ ވިއެވެ.
“އޯހް ޖިން. ވަރަށް ބޮޑަށް ޝުކުރިއްޔާ މި ސަޕްރައިޒް އަށް.” ކަންގް ސޫ ޖިންގެ މެދު ހަށީގައި ބައްދާލިއެވެ. ޖިން އޭނާގެ ޖީބުން އެ ޑްރަގް އެޅި ސިރިންޖް ނެގީ އެ ވަގުތެވެ. ހަސަދަވެރިވެފައި ހުރެވުނު ވަރުން އަހަރެން ކުރިން ގަތް ބިރު ވެސް މިހާރު ފިލާ ހިނގައްޖެއެވެ. އަހަރެން އިންތިޒާރު ކުރަމުން ދިޔައީ އެ އަންހެނާ މަރުވެގެން ޖިންގެ އަތް މައްޗަށް ދެމޭނެ ވަގުތަކަށެވެ. އެހެނަސް ކަންވީ އަހަރެމެން އުންމީދު ކުރި ގޮތަކަށް ނޫނެވެ. ކަންގް ސޫ އެ ސިރިންޖް އަތުލައިފައި އެއްލާލީ އެވެ. ކަންގް ސޫ އަށް އެ ކަންތައް ބަޓުވުމުން އަހަރެންނަށް ދެލޯ ބޮޑު ކޮށްލެވިއްޖެއެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.







Hey darls
Sorry couldn’t comment in the previous part. I was working on a project that’s y😅
Maashaaa Allah it’s totally epic>³
Kang Soo is jin’s wify thr?
R they trynna kill her.
Oh God me is so curious!!
When next?
Lysssm❤️❤️❤️
It’s ok konme bayakah comment nukohlevunas. Good luck on your project bro.
Yhh, kang soo is jin’s wifey
Inshaallah dhen oiy bai maadhan submit kohlaanan.
Shukran Your fav bab ✨✨
Lyt darl 💕💕