ޝަމްސް ސިޑީގައި އަތް އަޅުވާލިއެވެ. ނަމަވެސް ކީކޭ ހިތަށް އަރައިގެން ކަމެއް ނޭނގެއެވެ. ސިޑިން ތިރިއަށް ފައިބަން ފެށި އެވެ. ތިރިއަށް ދެވުނު ދެވުނު ހެން އަނދިރިވާން ފެށިއެވެ. ޝަމްސް އަށް ވެސް ދޮރުތަކެއް ފެނުނެވެ. އެތަނުން އޭނާ ބޮޑު ދޮރުން އެތެރެއަށް ވަނެވެ. އެތަނުގައި ހުރި އެއްޗެހި ފެނި އޭނާގެ ދެލޯ ބޮޑު ވިއެވެ. އެކި ވަރުގެ ފުޅިތަކުން ފުރާލައިފައި ހުރި ބޮޑު ކޮޓަރިއެކެވެ. އެކި ކުލަކުލައިގެ އެއްޗެއް ކޮންމެ ފުޅިއެއް ގައި ވެސް ހުއްޓެވެ. […]
އޭނާގެ ހިތް ދިޔައީ ބާރު ބާރަށް ތެޅެމުންނެވެ. ނަމަވެސް އޭނާ އަތުން ވަޅި ވެއްޓުނެވެ. ޔުމްނު ވަޅި ނަގަން ގުދުވެލިތަނާހެން ގަލަމެއް ލޮލުގައި އަޅައި ގަތެވެ. އޭނާ ވަޅި ބާއްވައިފައި ގަލަން ނެގި އެވެ. އަދި ގަނޑެއް ނަގައި ސޫސައިޑު ނޯޓެއް ލިޔުނެވެ. އޭތި މޭޒުމަތީ ބާއްވާލައިފާ ވަޅިއާއި ދިމާއަށް ދިޔައެވެ. ވަޅި ނަގާ އޭތި އަތަށް ހެޔޮވަރު ކޮށްލިއެވެ. އޭނާ އަކަށް ވަޅި ކަރަށް ހެރޭ ގޮތެއް ނުވިއެވެ. ޕަންވާ ދޫކޮށްލި އަލީގެ ސަބަބުން އޭނާގެ […]
ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވާލިތަނާހެން ޔުމްނު ދިޔައީ ސިއްސައިގެންނެވެ. އޯހް ޝަމް ދޯ. ސިއްސައިގެންނޭ ދިޔައީ،“ ޔުމްނު ލުއި ލުއި ކޮށް ހީލި އެވެ. ”އަސްލު މިއައީ ނަން ލިޔާ ފޯމު ހިފައިގެން. ޔުލޫން ބަދަލު ޒާއިކް ކިޔަން ވީނުން. ފުރިހަމަ ނަމަކަށް އަހްމަދު ޒާއިކް ބިން ޝަމްސް ރަނގަޅު ވާނެއްނު. އެހެން މީހުން ވެސް އޯކޭ!“ ޝަމްސް އައިސް ޔުމްނު އަތަށް ފޯމް ދިނެވެ. ” އާނ ފިރިހެން ކުއްޖަކު ވިއްޔާ ނަމެއް ޚިޔާރު ކުރާނީ […]
ހަނާ ދީޔައީ މަންމަ ސަލާމަތް ކުރުމަށް ޓަކައި އެތަށް ގޮތަކުން ވިސްނަމުންނެވެ. އެތަނުގައި އޮތް ހުސް ފޮތެއްގައި ހަމީރާ ސަލާމަތް ކުރުމަށް ޓަކައި ލިޔަމުން ކުރަހަމުން ދިޔައެވެ. އޭނާ އަކަށް މަންމަ ސަލާމަތް ކުރުމަށް ހަދާނެ ނުހަދާނެއެއް ނޭނގެއެވެ. އެތަނުގައި ސައުވީސް ގަޑިއިރު ފާރަވެރިޔެއް ހުރެއެވެ. އަދި ހަމީރާ ބަންދު ކޮށްފައި ވަނީ ބައިވަރު އެތައް ދޮރެއް ބަހައްޓައިގެންނެވެ. އަދި ހަމީރާ ހުންނަނީ އެންމެ އެތެރޭގައެވެ. ކޮންމެ ދޮރެއްގެ ކައިރީގައި ފާރަވެރިޔެއް ހުރެއެވެ. *** ޔުމްނު ހެނދުނު […]
އެއްސަހަރެއްގައި އެކަނި ދިރިއުޅެމުން އަންނަ ފިރިހެން ކުއްޖަކު އުޅުނެވެ. މިކުއްޖާ އަކީ ހިތްހެޔޮ ރަނގަޅު މިޒާޖެއްގެ ކުއްޖެކެވެ. އެއްދުވަހު ހަމަ އެހެން ދުވަސް ތަކެކޭ އެއްފަދައިން ޝަހުދު ފަންސޫރާއި ކަރުދާސް ވިއްކަން ނިކުތެވެ. “މިހިރީ ފަންސޫރާއި ކަރުދާސް. އަވަހަށް އާދޭ ގަންނަން އާދޭ! ” ޝަހުދު އެހެންޏާ ވެސް ގޮވާ ގޮތަށް ގޮވަން ފެށިއެވެ. މިހެން ދަނިކޮށް ދިގުވެފައި ހުރި ވިނަގަނޑެއް ކޮށަން ހުރި މުސްކުޅި ދައިތަ އަކާއި ދިމާވިއެވެ. “ދައިތާ ފަންސޫރާއި ކަރުދާސް ގަންނާނަންތަ.” ޝަހުދު […]
ނަރުސް ކުއްޖާ އެކުއްޖާ ފެންވަރުވައި ތާޙިރު ކޮށްލިއެވެ. ޝަމްސް އަތަށް އެކުއްޖަ ދިނެވެ. ދެން ގެންދިޔައީ ހުރިހާ ކަމެއް ރަނގަޅުތޯ ބެލުމަށް ޓެސްޓު ތަކެއް ހަދާލާށެވެ. ޔުމްނު ގާތަށް ޝަމްސް ވަދެލިއެވެ. ޔުމްނު ވެސް ވިހައިގެން އެހެން ޚާއްޞަ ރޫމަކަށް ބަދަލުކުރިއެވެ. ޢާއިލާގެ ހުރިހާ އެންމެން ހެން އެތަނަށް އައެވެ. ”މަންމަ ހުރި ނަމަ ކިހާ އުފާވާނެ “ ޔުމްނު ބުންޏެވެ. އެކުއްޖާގެ ހާލަތު ރަނގަޅު ކަމުން ޔުމްނު ގެއަށް ގެންދެވުނެވެ. ގޭތެރެ އޮތީ ވަރަށް ބޮޑަށް […]
އިރު އަރައިގެން ދިޔައިރު ވެސް ޒާރާ އިނީ އަތިރިމަތީގައެވެ. އޭނާގެ ގެއާއި އަތިރިމައްޗާ ވަރަށް ކައިރި ވާނެއެވެ. ޒާރާ ގެއަށް ވަނީ ވެސް މަންމަ ގޮވި ފަހުންނެވެ. ޒާރާ ހުރީ އޭނާގެ އެކުވެރި ސާރާ ބުނި ދުނިޔެ ހޯދަން ކެތެމަދު ވެފައެވެ. “މަންމާ ދުނިޔެ އޮންނަނީ ކިހިނެއް ހެއްޔެވެ؟” ޒާރާ މަންމަ އާއި ސުވާލު ކުރި އެވެ. “ދަރިފުޅާއެވެ. ދުނިޔެ އޮންނަނީ ވަށްކޮށެވެ.” މަންމަ ލޯބިން ޖަވާބު ދިނެވެ. ޒާރާ ދުނިޔެ ހޯދަން ބޭނުންވިއެވެ. ޒާރާ މަންމަ […]
ހަނާ އަށް ހިސާބަކުން ހުއްޓެވުނެވެ. އެ ފެނުނު މީހަކުންނެވެ. އެއީ އެނޫން ދެވަނަ މީހެއް ނޫނެވެ. ހަމްޒާ އެވެ. ”ހަމްޒާ ކިހިނެއް ސަލާމަތްވީ އިންސާނީ ހަމްޒާ މަރުވީތަ؟“ ބާރަ އަހަރު ފަހުން އަނެއްކާވެސް ހަމްޒާ ފެނުމުން އޭނާ އުފާވިއެވެ. ދެމީހުން ބައްދާލައިގެން ހުރީ ދުވަހަކުވެސް ދުލެއް ނުކުރާނަމޭ ބުނާ ފަދަ ގޮތަކަށެވެ. ދެން އޭނާގެ މަންމަ އޭނާ އަށް ސަލާމަތް ކުރެވޭނެ އެވެ. ހަމްޒާ ދުރަށް ޖެހިލިއެވެ. ނުވިސްނާ ހުއްޓާ ކުއްލިއަކަށް ބޯޅައެއް އޭނާގެ ގައިގާ ޖެހުނެވެ. […]
ޝަމްސް އޮފީހުން ގެއަށް ވަދެގެން އައި އިރު އޭނާގެ މޫނުމަތިން ކަރުނަ ހިލި ހުއްޓެވެ. ” އަނެއްކާ ކިހިނެއް ވީ “ޝަމްސް ފުރަތަމަ ފަހަރަށް ވެސް ބުނެލި ޖުމްލައިން ޔުމްނު އަށް ހީވީ ދުނިޔޭގެ ހިނގުން ހުއްޓުނު ހެންނެވެ. …… ”އަމާނީ މަރާލައިފަޔޯ އޮތީ. ދެ ލޮލަށް ވަޅިޖަހައިފަ ހަށިގަނޑުގެ ބައިތަށް އެތަން މިތަނަށް އުކައިފައި. އޭނާގެ ހަށިގަނޑު ފެނިފައި ސަމީރާ އަށް ސްޓޮރޯކެއް ޖެހުނު. އޭގެ ކުރިން ވެސް ދެ ސްޓޮރޯކު ޖެހުމުގެ ސަބަބުން މިފަހަރު […]