ޔުމްނު 11
ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވާލިތަނާހެން ޔުމްނު ދިޔައީ ސިއްސައިގެންނެވެ. އޯހް ޝަމް ދޯ. ސިއްސައިގެންނޭ ދިޔައީ،“ ޔުމްނު ލުއި ލުއި ކޮށް ހީލި އެވެ. ”އަސްލު މިއައީ ނަން ލިޔާ ފޯމު ހިފައިގެން. ޔުލޫން ބަދަލު ޒާއިކް ކިޔަން ވީނުން. ފުރިހަމަ ނަމަކަށް އަހްމަދު ޒާއިކް ބިން ޝަމްސް ރަނގަޅު ވާނެއްނު. އެހެން މީހުން ވެސް އޯކޭ!“ ޝަމްސް އައިސް ޔުމްނު އަތަށް ފޯމް ދިނެވެ. ” އާނ ފިރިހެން ކުއްޖަކު ވިއްޔާ ނަމެއް ޚިޔާރު ކުރާނީ ވެސް ޝަމް ދޯ“ ޔުމްނު ސަމާސާ ކޮށްލިއެވެ. ދެމީހުން ވެސް އަވަހަށް ނިދަން އޮށޯތެވެ.
***
ހަނާ އެހެން އުޅެނިކޮށް ކަނާތު ފާރުގައި ޖެހުނެވެ. އެތަނުން އަޑެއް ކިޔައިފައި ތަޅެއް ފެނުނެވެ. ކައިރީގައި ތަޅުދަނޑިއެއް ވެސް އޮތެވެ. އެތާނގެ ދޮރު އޭނާ އަށް ހުޅެވުނެވެ. ބޮޑު ހަރެއްގައި އެކި ވައްތަރުގެ ފުޅި ވަކި ތަރުތީބަކުން ޖަހާއިފައި ހުއްޓެވެ ކޮންމެ ފުޅިއެއް ގައި ވެސް ދިޔާ އެއްޗެއް ހުއްޓެވެ. ފުޅި ތަކުގައި އެ ބުއިމުން ވާގޮތް ގޮތް ލިޔެފައި ހުއްޓެވެ. ހަނާގެ ލޮލުގައި އަޅައިގަތީ އެހެން މަޚުލޫންނަށް ނުފެންނަ ގޮތަށް ވާ ފުޅިއެކެވެ. އޭނާ އެހެން އެއްޗެއް ވިސްނާލުމެއް ނެތި އެފުޅި ތުންފަތުގައި ޖައްސާ އެތި ފޮދެއް ބޯލިއެވެ.
***
އިރުގެ ރަން ދޯދި ތަކުން ދުނިޔެ އަލިކޮށް ލައިފިއެވެ. މާލޭގެ ހަލަބޮލި މަގުތައް ހީވަނީ ކުކުޅު ކޮށްޓެއް ހެންނެވެ. ލޮޓަސް ގޭގައި އުޅޭ މީހުންނަށް ހީވަނީ އީދެއް އައިސްގެން އުޅޭހެންނެވެ. ޒާއިކް އަށް ހަތް ދުވަސްވާ ދުވަސް ކަމުން ދެ ޢާއިލާ މެންބަރުން ވަނީ ގޭތެރެ ފުރާލައިފައެވެ. ޔުމްނު ވެސް ހުރީ ވަރަށް ބޮޑަށް އުފާވެފައެވެ. އަންނަން އޮތް ކޮޅިގަނޑުގެ ހިލަމެއްވެސް ނުވާ ކަހަލައެވެ
ހަތް މަސް ފަސް
” ކުއްޖާގެ ކިޑްނީ ގައި މިހުރީ އާދައިގެ ބައްޔެއް ނޫން“ ޑޮކްޓަރ ޖަމާލް މޮޅި ވެފައި ބުންޏެވެ. ” މި ކަމެއް ރަނގަޅު ކުރެވޭކަށް ނެތްތޯ“ޝަމްސް ހިތްވަރު ކޮށްފައި ވާހަކަ ދެއްކި އެވެ. ޔުމްނުގެ ލޮލަކުން ކަރުނައެއް ނުހިލެއެވެ. ކުޑަ ކުޑަ ޒާއިކް އަކަށް އެހެން ވާކަށް އޭނާއެއް ނޭދެ އެވެ. ” ނޫން ރަނގަޅު ކުރެވިދާނެ އެކަމަކު ރަނގަޅު ވުމުގެ ސާޅީސް ޕަސެންޓު އޮތީ. ރަނގަޅު ނުކުރަންޏާ މިކުއްޖާގެ ކުޑަކަމުދާ ބައިގައި އިންފެކްޝަން ޖެހޭނެ. އަދި އެހެން ކުދިންނަށް ވުރެ މާ ބަލިކަށި ވާނެ. މިކަން ވީހާވެސް އަވަހަށް ކުރުން ރަނގަޅީ. “ ޑަކުޓަރު ޖަވާބު ދިނެވެ. ޔުމްނު އެއްޗެއް ނުބުނެ ޝަމްސް އާއި އެކު ގެއަށް ވަނެވެ.
ޝަމްސް އެޕޮއިންމެންޓެއް ހެއްދިއެވެ. އޭގެ އަނެއް ދުވަހު ޒާއިކް އޭޑީކޭގެ ހޮސްޕިޓަލް އަށް ގެންދިޔައެވެ. ޔުމްނު ރޮއި ރޮއި އަވަދި ވަނީއެވެ. ނިކުތް ޑޮކްޓަރުގެ ހިތާމަވެރި މޫނު ފެނިފައި އޭނާ އަކަށް ނުހުރެވުނެވެ. ” އަހަރެންގެ ދަރިފުޅު ރަނގަޅުތަ؟ އޭނާގެ ހާލަތު މިހާރު ކިހިނެއް؟ “ ” މާފްކުރޭ އެކުއްޖާގެ ދެ ކިޑްނީ ފެއިލް ވެއްޖެ. “ ޔުމްނުގެ ދެލޯ ބޮޑުވި އެވެ. ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަން ފެށި އެވެ. އޭނާ އެއްވެސް އެއްޗެއް ނުބުނެ ހޮސްޕިޓަލް އިން ނިކުތެވެ. ގެއަށްވަދެ ކޮޓަރީގެ ތަންޑު އެޅުވިއެވެ. ވަޅިނަގައި ކަރަށް ހަރާލަން ތައްޔާރު ވިއެވެ.
އޭނާގެ ހިތް ދިޔައީ ބާރު ބާރަށް ތެޅެމުންނެވެ. ނަމަވެސް އޭނާ އަތުން ވަޅި ވެއްޓުނެވެ. ޔުމްނު ވަޅި ނަގަން ގުދުވެލިތަނާހެން ގަލަމެއް ލޮލުގައި އަޅައި ގަތެވެ. އޭނާ ވަޅި ބާއްވައިފައި ގަލަން ނެގި އެވެ. އަދި ގަނޑެއް ނަގައި ސޫސައިޑު ނޯޓެއް ލިޔުނެވެ. އޭތި މޭޒުމަތީ ބާއްވާލައިފާ ވަޅިއާއި ދިމާއަށް ދިޔައެވެ. ވަޅި ނަގާ އޭތި އަތަށް ހެޔޮވަރު ކޮށްލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

