Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަމަޖާ

ދުނިޔެ އޮންނަނީ ކިހިނެއް ހެއްޔެވެ؟

Unknown girls Level 210 Stories
November 9, 2020 One Min Read
0 Comments

އިރު އަރައިގެން ދިޔައިރު ވެސް ޒާރާ އިނީ އަތިރިމަތީގައެވެ. އޭނާގެ ގެއާއި އަތިރިމައްޗާ ވަރަށް ކައިރި ވާނެއެވެ. ޒާރާ ގެއަށް ވަނީ ވެސް މަންމަ ގޮވި ފަހުންނެވެ. ޒާރާ ހުރީ އޭނާގެ އެކުވެރި ސާރާ ބުނި ދުނިޔެ ހޯދަން ކެތެމަދު ވެފައެވެ.
“މަންމާ ދުނިޔެ އޮންނަނީ ކިހިނެއް ހެއްޔެވެ؟” ޒާރާ މަންމަ އާއި ސުވާލު ކުރި އެވެ. “ދަރިފުޅާއެވެ. ދުނިޔެ އޮންނަނީ ވަށްކޮށެވެ.” މަންމަ ލޯބިން ޖަވާބު ދިނެވެ. ޒާރާ ދުނިޔެ ހޯދަން ބޭނުންވިއެވެ. ޒާރާ މަންމަ ފަހަތުން ބަދިގެއަށް ވަނެވެ. ޒާރާއަށް ފެނުނީ ކަރުދާހުގައި ކުރަހާފައިވާ ވަށްބޮޅެކެވެ. ޒާރާ ހިތަށް އެރި އެވެ. “މި ވާނީ ދުނިޔެއަށެވެ. ” “މަންމާ މިއީީ ދުނިޔެ ދޯވެ” ޒާރާ ކަރުދާސް ދައްކާލައިފައި ބުންޏެވެ. “ނޫނެކެވެ. ތިއީ ވަށްބުރެކެވެ. ދުނިޔެ އޮންނަނީ ތިގޮތަކަށް ނޫނެވެ. ޒާރާ މޮޅިވެފައި އަނެއްކާވެސް ދުނިޔެ ހޯދަން ފެށިއެވެ. މިފަހަރު ޒާރާ އަށް ފެނުނީ ވަށް ދޮލަނގެކެވެ. ” މަންމާ އެވެ. މިއީ ހަމަ ގައިމު ވެސް. ދުނިޔެއެއްނު ހެއްޔެވެ؟ ” ޒާރާ ދޮލަނގަށް އަތް ދިއްކޮށްލައިފައި ބުންޏެވެ. “ނޫނެކެވެ ތިއީ ދޮލަނގެކެވެ. ދުނިޔެ އޮންނަނީ ފަތާކޮށެއް ނޫނެވެ.” މަންމަ ރޮށި ފިހެން ހުރެފައި ބުންޏެވެ.
ޒާރާ ދުނިޔެ ހުންނަ ގޮތް ނޭނގިގެން އުޅެނިކޮށް ހަވީރު ވެއްޖެއެވެ. މަންމަ އުޅުނީ ގުޅަ ތެލުލާށެވެ. “މަންމާ އެވެ. މި އަކީ ހަމަ ގައިމުވެސް ދުނިޔެއެވެ. ” ޒާރާ ޔަގީން ކަމާއެކު ބުންޏެވެ. ” ދަރިފުޅާއެވެ. ދުނިޔެ އޮންނަނީ ތިހެންނެވެ. އެކަމަކު މާ ބޮޑު ވާނެއެވެ.” މަންމަ ގުޅަތަށް ތެޔޮގަނޑު ތެރެއިން ނަގަމުން ބުންޏެވެ. ޒާރާގެ ދޮންބެ އަމާން ބޯޅަކުޅެން ދާން ނިކުންނަނިކޮށް ޒާރާ އަށް ފެނުނެވެ. ” މަންމާ އެވެ. އެއީ ދުނިޔެ ދޯވޭ. ހަމަ ގައިމުވެސް ގުޅަ އަކަށް ވުރެ ބޮޑެވެ.” ޒާރާ ދޮންބެ ނުދަނީސް އަވަހަށް ބުންޏެވެ. ” ނޫނެކެވެ. އެއީ ބޯޅަ އެކެވެ. ދުނިޔެ ބޯޅައަކަށް ވުރެ ބޮޑުވާނެއެވެ. “މަންމާއެވެ. ދުނިޔެ ހޯދާނީ ކޮންތާކުން ހެއްޔެވެ؟ ” ޒާރާ އުންމީދު ކަނޑަލައިފައި ބުންޏެވެ. ” ދަރިފުޅާއެވެ. ދަރިފުޅު ތިއުޅެނީ ދުނިޔޭގައެވެ.” މަންމަ ހިނިގަނޑެއް ޖަހާލިއެވެ. ޒާރާ ވިސްނާލިއެވެ. ޒާރާއަށް ވެސް އެންމެ ފަހުން ހެވުނެވެ.
ނިމުނީ

Share Article

Follow Me Written By

Unknown girls

Level 210 Stories

Other Articles

Previous

ޔުމްނު އަށެއް

Next

ތިން ލަފްޒުން (12)

Next
November 9, 2020

ތިން ލަފްޒުން (12)

Previews
November 9, 2020

ޔުމްނު އަށެއް



All Right Reserved!