ޔުމްނު 13
ޝަމްސް ސިޑީގައި އަތް އަޅުވާލިއެވެ. ނަމަވެސް ކީކޭ ހިތަށް އަރައިގެން ކަމެއް ނޭނގެއެވެ. ސިޑިން ތިރިއަށް ފައިބަން ފެށި އެވެ. ތިރިއަށް ދެވުނު ދެވުނު ހެން އަނދިރިވާން ފެށިއެވެ. ޝަމްސް އަށް ވެސް ދޮރުތަކެއް ފެނުނެވެ. އެތަނުން އޭނާ ބޮޑު ދޮރުން އެތެރެއަށް ވަނެވެ. އެތަނުގައި ހުރި އެއްޗެހި ފެނި އޭނާގެ ދެލޯ ބޮޑު ވިއެވެ. އެކި ވަރުގެ ފުޅިތަކުން ފުރާލައިފައި ހުރި ބޮޑު ކޮޓަރިއެކެވެ. އެކި ކުލަކުލައިގެ އެއްޗެއް ކޮންމެ ފުޅިއެއް ގައި ވެސް ހުއްޓެވެ.
***
ޕަންވާ ބޭރަށް ދާން އުދުއްސައި ގަތެވެ. ޔުމްނުގެ ސިފައިގައި ހުއްޓަސް އޭނާއަށް އުދުހެވޭ އެވެ. ޕަންވާ ހިސާބަކުން މަޑުކޮށްލީ ބޮޑު ހޮހަޅައެއްގެ ތެރެއަށެވެ.
އެތަނުގައި އާދަޔާ ޚިލާފު ފެނެއް ހުރެއެވެ. އެތަން ބަލަހައްޓަނީ ވަރުގަދަ މިނިކާވަގު ތަކެކެވެ. ޕަންވާ ހޮހަޅައަށް ވަނެވެ. ފުރަތަމަ ވެސް ލިބުނީ މިނިކާވަގެއްގެ ހަމަލާއެކެވެ. ނަމަވެސް އެހަމަލާއިން އޭނާ ރެކުނެކެވެ. ދެން ހުރިހާ މިނިކާވަގު ތަކެއް ދިމާކޮށްލިއެވެ. ނަމަވެސް ޕަންވާ މާ ހުޝިޔާރެވެ. އެތަނުގައި ހުރި ހިމަ ދިމާލަކުން މައްޗަށް އެރިއެވެ. ޕަންވާ ވިސްނަމުން ދިޔައީ އެޔަށް ހަމަލާ ދޭނޭ ގޮތެކެވެ. ހަމަ ގައިމު ވެސް އެއީ އާދައިގެ އެއްޗެހި ތަކެއް ނޫނެވެ. ވިސްނަން ހުރެފައި ޕަންވާ އެތާ އޮތް ގާބުރިއެއް އެއްލިއެވެ. ވާގޮތެއް ބަލައިލުމަށެވެ.
***
ޝަމްސް ލޮލުގައި އަޅައިގަތީ ދިއްލީ ދިއްލި ހުރި ވަށްބޮޅެކެވެ. އެއީ މަޅި އެއްކަން ނޭނގި ޝަމްސް އޭގެ ތެރެއަށް ވަނެވެ. ވަގުތުން އޭނާ އޭގެ ތެރޭގައި ބަނދުވިއެވެ. އޭނާއަށް ސަލާމަތެއް ނުވެވުނެވެ.
ޝަމްސް ހަދާނެ އެހެންގޮތެއް ނެތުމުން ތިރީގައި އިށީނެވެ. އޭނާ އެތަނަށް ވަތް އިރު އަތުގައި އޮތީ ވެސް ކުޑަ ދަނޑިކޮޅެކެވެ. ކުރާނެ ކަމެއް ނެތެވެ. އޭނާ އަތުގައި އޮތް ދަނޑިކޮޅު އަތުން ވެއްޓުނެވެ. ވަގުތުން ވަގުތަށް ވަށްބުރު ގެއްލިއެއްޖެއެވެ. ޝަމްސް އަށް އެތަނުން ނިކުމެވުނެވެ. އަދި އެތަން ދިރާސާ ކުރާން ފެށިއެވެ.
***
ގާބުރި ބިންމަތީގައި ޖެހުމުގެ ކުރިން މިނިކާވަގެއް ލޮލުން ފޮނުވާލި އަލިކޮޅަކާއި ގާބުރި ހިމުން ކުނޑިފުށްތަށް ވެގެން ދިޔައެވެ. އޭނާ ކުރިއަށް ދިޔައީ އެތަނުގެ ގޮތް ބަލާށެވެ. އޭނާއަށް އިނގޭ ގޮތުގައި މި ތަނުގެ ކޮންމެވެސް ހިސާބެއްގައި ޢާދަޔާ ހިލާފު ގާތަކެއް ހުންނާނެއެވެ. ޕަންވާ ތެދުވެ ހިނގައިގަތެވެ. އޭނާއަށް ވިސްނުނީ ހަމަ ރަނގަޅަށެވެ. މަޑުމަޑު ފެހިކުލައެއްގައި ހުރި އެގާ ތަކަކީ އޭނާ ބޭނުންވާ ގާތަކެކެވެ.
***
ހަނާ މަންމަ ސަލާމަތް ކުރުމަށް ނިންމިއެވެ. މަންމަ އަށް ނޭނގި ނަމަވެސް މިނިވަންކަން ދޭން ބޭނުން ވިއެވެ. އޭނާ އަށް އުނދަގޫވި ކަމަކީ ހަމީރާ އަށް ނުފެނި ސަލާމަތް ކުރާނެ ގޮތެއް ހޯދުމަށެވެ. ނަމަވެސް އޭނާ ހުއްޓާލާނެ ހެއްޔެވެ؟ އޭނާގެ މަންމަ ކޮންމެވެސް ގޮތަކުން ސަލާމަތް ކުރާނެންނު ހެއްޔެވެ؟
***
ޕަންވާ ނޫކުލައިގެ ގާބުރިއެއް ނެގިއެވެ. ދެން މިނިކާވަގު ތަށް ކައިރިއަށް އެއްލިއެވެ. ބޭނުންވި ގޮތަށް އޭގައި ހުޅު ހިފިއެވެ. މިނިކާވަގުތަށް މަރުވެގެން ދިޔައެވެ. ޕަންވާ އަވަހަށް ގޮސް ފުޅިއެއްގެ ފެން ފުރައި އުދުއްސައިގަތެވެ. އޭނާ ހަމަ އެ ކޮޓަރިއަށް ވަނެވެ. އެކަތި ހަމަ ވީއެވެ. ދެން ބާކީ ބޭނުން ވާނީ އެންމެ ދެއެއްޗެވެ. އެއީ އެފަޅުރަށުގައި ހުރި ރަތްކުލައާއި ދަނބުކުލަ އަދި ކަޅުކުލަ ހުރި މަލެކެވެ. އެމަލަކީ ހޯދަން ވަރަށް އުނދަގޫ މަލެކެވެ. ނަމަވެސް ޕަންވާ އަށް އެހުރި ތަން އެނގެއެވެ. ދެވަނަ އެއްޗަކީ އެފަޅުރަށުގެ ފަރުގައި އޮތް ދުވަސްވީ ރަންކުލައިގެ މަހުގެ ކޮތަރިއެވެ. އޭނާ ދެން ދިޔައީ މާހޯދާށެވެ. އަވަހަށް ގޮސް އެމާ ގެނެސް ކޮޓަރި އަށް ލިއެވެ. މަލުގެ ފިޔަތައް ވަކިކޮށްފައި މަހުމާ ފޮއްޓެއްގެ ތެރެއަށް ލިއެވެ.
***
ހަނާ އަނެއްކާވެސް އެތަނަށް ވަނެވެ. އޭނާގެ ލޮލުގައި އަޅައިގަތީ އެތާ ހުރި ކުޑަކުޑަ ދޮރެވެ. އެވަރަށް ކުޑަ ވެލައިފައި އޭނާ އެދޮރު ހުޅުވޭތޯ ބެލިއެވެ. ނަމަވެސް ދޮރެއް ނުހުޅުވުނެވެ. އެ ދޮރުގެ ތަޅުދަނޑި ހޯދަން އޭނާ ބޭނުން ވިއެވެ.
އޭނާ އެކޮޓަރި އާއި މެދު ޝައުގުވެރިކަމެއް އުފެދިއްޖެއެވެ. އެހެން ކަމުން އޭނާ ހުރި ކޮޓަރި ހޯދަން ފެށިއެވެ ނަމަވެސް ކާމިޔާބު ވާނެ ގޮތެއް ނުވިއެވެ. ހުރިހާ ފުޅިތަކެއް ދުރަށް ޖައްސައި ބަލަން ފެށިއެވެ. ނަމަވެސް ތަޅުދަނޑި ފެންނަ ގޮތެއް ނުވިއެވެ. އެންމެ ފަހުން ހަރުތަށް ވެސް ދުރަށް ޖައްސައި ބަލަން ފެށިއެވެ. ހީވަނީ ޑިޓެކްޓިވްއެއް ހެންނެވެ. އޭނާއަށް ފެނުނު ބޮޑުވާ ބިއްލޫރި އެއް ނަގައި އެންމެ ހިމަ ދެދޭތެރެ ވެސް ބަލަން ބަލަން ފެށިއެވެ. އެތަނުގައި ހުރި މީހެއް ހަމަގައިމު ވެސް ހީނހީނ ބިނދޭނެއެވެ.
***
ޕަންވާ އަނެއްކާ އުދުއްސައި ގަތެވެ. މަހުގެ ކޮތަރިގަނޑު ހޯދާށެވެ. އުދުހެމުން ދަނިކޮށް އޭނާ ބޮޑު ވަލެއްގައި ތާށިވިއެވެ. އޭނާ އަށް ދެލޯ ބޮޑުކޮށްލެވުނެވެ. އޭނާއާއި ދިމާއަށް އެ އަންނަނީ އެ މިނިކާވަގުތަކުގެ ވެރި އެއްޗެވެ. ޕަންވާ ހާސްވިއެވެ. މިއިން ދުވަހަކު ޕަންވާ ބިރުގަނެ ހާހެއް ނުވެއެވެ.
އޭތީގެ ދެލޮލުން ދިޔައީ އަލިފާން ކަނި ބުރަމުންނެވެ. ބާރަށް ދަތްކުނޑި ވީކާލީނުން ދަތްތަށް ބުރިބުރި ނުވީ ކިރިޔާއެވެ.
އެހެންނަމަވެސް ޕަންވާ ސަލާމަތް ވިއެވެ. ވާގަނޑުން ސަލާމަތްވެ ހަމަލާ ދިނެވެ. ވަގުތުން އޭތި މަރުވިއެވެ. އޭނާ އެހެން ހަމަލާއެއް އައުމުގެ ކުރިން ބާރަށް އުދުއްސައިގަތެވެ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

