ޔުމްނު 10
ހަނާ ދީޔައީ މަންމަ ސަލާމަތް ކުރުމަށް ޓަކައި އެތަށް ގޮތަކުން ވިސްނަމުންނެވެ. އެތަނުގައި އޮތް ހުސް ފޮތެއްގައި ހަމީރާ ސަލާމަތް ކުރުމަށް ޓަކައި ލިޔަމުން ކުރަހަމުން ދިޔައެވެ. އޭނާ އަކަށް މަންމަ ސަލާމަތް ކުރުމަށް ހަދާނެ ނުހަދާނެއެއް ނޭނގެއެވެ. އެތަނުގައި ސައުވީސް ގަޑިއިރު ފާރަވެރިޔެއް ހުރެއެވެ. އަދި ހަމީރާ ބަންދު ކޮށްފައި ވަނީ ބައިވަރު އެތައް ދޮރެއް ބަހައްޓައިގެންނެވެ. އަދި ހަމީރާ ހުންނަނީ އެންމެ އެތެރޭގައެވެ. ކޮންމެ ދޮރެއްގެ ކައިރީގައި ފާރަވެރިޔެއް ހުރެއެވެ.
***
ޔުމްނު ހެނދުނު ބަދިގެއަށް ވަނީ ބަނޑަށް ލުއި ވީމައެވެ. އަލީމާ ނޯކަރެއް ކަމަށްވާ ޔަލީން ގޮވައިގެން އުޅުނެވެ. ޔަލީން އަކީ ކުރިން ދޮން ބައްޕަގެ އަނިޔާ ތަކުގައި ޝިކާރަ ވެފައިވާ ނިކަމެތި އަންހެން ކުއްޖެކެވެ. މިހާރު ވެސް ގެއިން ނެރެލި ދުވަހު ހޫނު އިސްތިރިން ޔަލީންގެ އަތުގައި ޖެއްސި ތަނުގެ ލަކުނު އެބަހުއްޓެވެ. ނަމަވެސް މިހާރު އޭނާ އުޅެނީ ވަރަށް އުފަލުގައެވެ. އޭނާގެ ދޮން ބައްޕަ ވަނީ އޯވާ ޑޯޒް ވެގެން މަރުވެފައެވެ.
” ދަރިފުޅާ ޔުމްނު މިހިރީ ކިރުތަށި. ސައި ހަދައި ނިމިއްޖެ. “ އަލީމާ ޔުމްނު އަށް ކިރުތަށި ދިއްކޮށް ލިއެވެ. ޔުމްނު ޕިސް ޕިސް ތަޅުވާލައިފައި ބޯލިއެވެ. ” މަންމާ! ނަމެއް ހިޔާރު ކޮށްފިން. ޔުލޫން ރީތި ދޯ“ ޔުމްނު ނަން ބުންޏެވެ. މި އަންނަ ބުދަ ދުވަހަކީ އެ ކުއްޖާއަށް ނަން ކިޔާ ދުވަހެެވެ. މިއަދަކީ ހޮނިހިރެވެ. ދެން މާކަ ގިނަ ދުވަހެއް ނެތެވެ.
***
ލައިލާ ހަމްޒާގެ ސިފައިގައި އުޅުނީ ވަރަށް އުފަލުގައެވެ. ބޭނުން ވަރަކަށް ލޭ ލިބެއެވެ. ހަޝްމާ ހަނާ ހޯދުމަށް ދިޔައީ ލުނާމް އާއި އޭނާ ހަވާލު ކޮށްފައެވެ. ލުނާމް ގެ އާއިލާ ވަނީ އިންސާނުންގެ ބަޔަކު އަންދާލައިފައެވެ. އޭނާ ވަނީ ލައިލާ އަތުން ހަނާ ސަލާމަތްވި ދުވަހުން ފެށިގެން ލައިލާގެ ބޮޑީގާޑެއް ފަދައިން ބަލަން ހަވާލު ކޮށްފައެވެ. އަދިވެސް ހަޝްމާ އަށް ބާރުތަށް ހޯދަން އެހީވެއެވެ
” ލައިލާ! ކާން އާދޭ “ ލުނާމް ލައިލާ އަށް ގޮވިއެވެ. ލައިލާ އަވަހަށް ދުވެފައި ދިޔައެވެ.
***
ހަނާ މުޅި ކޮޓަރި ހާވާއި ހެދިއެވެ. ކޮންމެވެސް އެއްޗެއް ފެނޭތޯ މަސައްކަތް ކުރި ކުރުން ވީ ބޭކާރު ކަމަކަށެވެ. ނަމަވެސް އޭނާ މަސައްކަތެއް ހުއްޓައިނުލައި ކުރަމުން ދިޔައެވެ އެގޮތަށް ދެ ދުވަސް ފާއިތުވެ ހިނގައްޖެއެވެ.
***
ޝަމްސް ބަނދަރަށް ދިޔައީ އޭނާގެ އެހެން ގޭމީހުން ބަލާއެވެ. ”އަނހާ މިއޮއް އައީ ކާރު“ ޝަމީމާ ކާރު އައިމާ އެންމެންނަށް ގޮވިއެވެ. އަހަރެމެން ދާނީ ފަހުން އައިނާ މެން ދޭކުރިން މިފޮށިތަށް ހިފައިގެން ،ކަރުދާސް ފޮށިތަށް އަހަރެމެން ގެންދާނަން“ ނާއިފް އެމީހުން ކުރިން ދާން ބުންޏެވެ. ޝަމްސް އެމީހުންނާއި އެކު ކާރު ދުއްވާލިއެވެ.
” މި ފޮށިތަށް ވައްދާ އެތެރެއަށް “ އެގޭގައި އުޅޭ ފިރިހެން ކުއްޖާ އަށް ޝަމްސް ބުންޏެވެ. ދެން ދިޔައީ ނާއިފް މެން ބަލައެވެ. އެމީހުން ގޮވައިގެން އައިސް ގެއަށް ވަނެވެ. އޭރު ޔުލޫން އުރާލައިގެން ލީލާ ހުއްޓެވެ. އަލީމާ އެ މީހުނަށް ހުސް ކޮށް ހުރި ކޮޓަރި ތަކުގެ ތަޅުދަނޑި ތަށް އެކިމީހުންނަށް ދިނެވެ.
***
ހަޝްމާ ދެން ދިޔައީ ޕަންވާ ކޮބައިތޯ ބަލާށެވެ. އެ ޕްލެނެޓް ޕަންވާ ނުފެނުމުން އޭނާއަށް ޔަގީން ވިއެވެ. އޭނާ އެހެން މަޚުލޫޤެއް ސަލާމަތް ކުރީއެވެ. އޭނާ އަވަހަށް އެ ޕްލެނެޓުން ދިޔައެވެ. އެތާނގައި މަޑުކޮށްފި ނަމަ ހަމަލާއެއް އަތުވެދާނެއެވެ.
***
އަލާނީ އޭނާގެ ކޮޓަރި އަށް ވަނެވެ. އެ ކޮޓަރި އަކީ ތަނަވަސް ބޮޑު ކޮޓަރި އެކެވެ. ކޮޓަރީގައި ލައިފައި ހުރީ ރީތި ދަނބު ކުލައެކެވެ. އެއާއި އެއްގޮތަށް ހުރިހާ ފަރުނީޗަރު ތަކެއް ވެސް ހުރީ ދަނބު ކުލައިގައެވެ. ދަނބު ކުލައިގެ ކިންގް ސައިޒުގެ އެނދުގައި އޮތީ މަޑު ދަނބު ކުލައެއްގެ ބެޑްޝީޓަކާއި ދަނބު ކުލައިގެ ބްލެންކެޓެކެވެ. ދެން ހުރީ ބޮޑު އަލަމާރިއެކެވެ. އެ ވެސް ހުރީ ދަނބު ކުލައިންނެވެ. ބިންމަތީގައި އޮތް ދަނބުކުލައިގެ ކާޕެޓް ވަނީ މުޅި ކޮޓަރިއަށް ފަތުރާލައިފައެވެ. އަލަމާރި އާއި ދިމާގައި ބެލްކަންޏެއް ހުއްޓެވެ. ބެލްކަންޏަށް ނިކުންނަށް ކަހާލާ ބިއްލޫރި ދޮރެއް ހުއްޓެވެ. އެތާނގައި ވަނީ ދަނބު ކުލައިގެ ދޮރުފޮއްޗެއް ދަމާލާއިފައެވެ. އަދި ވަކިން ކުޑަ މޭޒެއް ވެސް ހުއްޓެވެ. މޭޒު ކައިރީ ދަނބުކުލައިގެ ސޯފާ ގޮނޑިއެއް ހުއްޓެވެ. އޭނާ ގެ ލަގޭޖް ނަގާ އަންޕެކް ކުރަން ފެށިއެވެ.
” އަލް އަށް ރަނގަޅު ކޮޓަރިއެއް ދިނިންތަ؟ “ އައިނާ ޝަމްސަށް ބުންޏެވެ. ” ގޮތް ދޫނުކޮށްގެން އެންމެ ފަހުން ތިންވަނަ ފްލޯގައި ހުރި ބޮޑު ކޮޓަރި ދޭން ޖެހުނީ. ތުއްތަ ވެސް ގެންގުޅޭނި މިކަހަލަ ކުދިން! “ ޝަމްސް ކުޑަ ކުއްޖެއް ފަދައިން ތުން އޫކޮށް ލިއެވެ. ސިޓިންރޫމުގައި ހުރި ސޯފައިގައި އޭނާ ވާހަކަ ދައްކަން އޮތެވެ. ސިޓިންރޫމަކީވެސް ތަނަވަސް ބޮޑު ތަނެކެވެ. ބޮކީގެ ބަދަލު ވަނީ ޗާނދަލިޔާއެކެވެ. ބޮޑު ސޯފާ އަކާއި ކުޑަމޭޒެއް ވެސް ހުއްޓެވެ. ” އާދޭ ކާން! ދޭއް ޖަހާގެން ބޮޑުވާއިރު ވެސް ކާން ނާދެވޭ ކަހަލަ “ އަލީމާ ކާން ނާންނާތީ ގޮވިއެވެ. އެންމެން ދެން ދިޔައީ ބަދިގެޔަށް ކާށެވެ. މޭޒުމަތީގައި ނަން ހުސްކޮށް ކާތަކެތި ހަދައިފައި ހުއްޓެވެ. މަސްބަތާއި، ބިސްކޯދު ޕުޑިން އާއި މެގްނަމް ޕުޑިންއާއި، ތެލުލި ރިހާކުރާއި، ރޯސް ކުކުޅާއި، ކަސްޓަޑާއި. ފިހުނު މަހާއި، ހުދު ބަތާއި، މާފުށާއި، އަވެއްޔާއި، ކުޅިރަހައާއި ، ސާގު އަދި އޮރެންޖް ޖޫސް ހުއްޓެވެ. އެކި މީހުން ތިބީ އެކި މޭޒު މޭޒު ކާރީގައެވެ. އެ ބަދިގެއަކީ އެތާގެ ބޮޑު ބަދިގެއެވެ. ބޮޑޭ ބުންޏަސް ހާދަހާވާ ބޮޑެވެ. ދެވަނަ ބުރި އެއްކޮށް ހުރީ ހިފާލައިފައެވެ. ކައިގެން އެންމެން ވެސް ދިޔައީ އެމީހެއްގެ ކޮޓަރި އަކަށް ނިދާލާށެވެ. މާދަމާ އަކީ ޔުލޫން އަށް ހަތް ދުވަސްވާ ދުވަހެވެ.
***
ހަޝްމާ މާ ހުރީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ. ޕަންވާގެ އަމާޒަށް އަރާ ކިތަންމެ އެއްޗަކަސް ބަލިކޮށްލުމަށް ފަހެއް ނުޖެހޭނެއެވެ. ނަމަވެސް ޕަންވާގެ މިސްރާބު ހުރީ މާދުރުގައި ހުރި ދުނިޔޭގެ ކުދިކުދި ރާއްޖޭގެ ތެރެއަށެވެ. ”ހަމްޒާ މީގެ ފަހުން ބޭރަކަށް ނުނިކުމެވޭނެ. ކަންތައް ވަރަށް ގޯސް ވެއްޖެ “ ހަޝްމާ ލައިލާއާ ވާހަކަދެއްކީ ހަމްޒާގެ ނަމުންނެވެ.
***
ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވާލިތަނާހެން ޔުމްނު ދިޔައީ ސިއްސައިގެންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

