ޔުމްނު އަށެއް
ހަނާ އަށް ހިސާބަކުން ހުއްޓެވުނެވެ. އެ ފެނުނު މީހަކުންނެވެ. އެއީ އެނޫން ދެވަނަ މީހެއް ނޫނެވެ. ހަމްޒާ އެވެ. ”ހަމްޒާ ކިހިނެއް ސަލާމަތްވީ އިންސާނީ ހަމްޒާ މަރުވީތަ؟“ ބާރަ އަހަރު ފަހުން އަނެއްކާވެސް ހަމްޒާ ފެނުމުން އޭނާ އުފާވިއެވެ. ދެމީހުން ބައްދާލައިގެން ހުރީ ދުވަހަކުވެސް ދުލެއް ނުކުރާނަމޭ ބުނާ ފަދަ ގޮތަކަށެވެ. ދެން އޭނާގެ މަންމަ އޭނާ އަށް ސަލާމަތް ކުރެވޭނެ އެވެ. ހަމްޒާ ދުރަށް ޖެހިލިއެވެ. ނުވިސްނާ ހުއްޓާ ކުއްލިއަކަށް ބޯޅައެއް އޭނާގެ ގައިގާ ޖެހުނެވެ. ހަޝްމާ ނުލަފާ ގޮތަކަށް ހީލިއެވެ. ހަނާ ހަމްޒާގެ އެދުމަށް އެތަނުން ދިޔައެވެ. ހަޝްމާ މޫނަށް އެހެން ރަތްކުލައެއް އެރިއެވެ. އެތާނގައި ހުރި ހަނާ މިހާރު ނެތެވެ. އެހެން ކަމުން އަވަސް އަވަހަށް ހަމްޒާގެ އިސްތަށިގަނޑުން އިސްތައްޓެއް ނައްޓާލައިފައި ފުމެލިއެވެ. ކޮންމެވެސް އެއްޗެއް ކިޔައި އޭތި ދޫކޮށް ލިއެވެ.
………………………………………………….
” އަސްލު މި އައީ ތީނަ ބަލައި އަވަހަށް އާދޭ“ ޔުމްނު އޭނާ އައި ސަބަބު ހުރިހާ ސުވާލަކަށް ޖަވާބު ދީފައި ބުންޏެވެ. ސުމައްޔާ ވެސް އޭނާ އާއި އެކު ހިނގައިގަތެވެ. “މި އަންނަނީ ” ޔުމްނު ޕުޑިން ތައްޓާއި ކާން ތިން ތަށި ނެގިއެވެ. ކުދި ސަމްސާ ތަކެއް ސުމައްޔާ ނެގިއެވެ. އޭރު ޝަމްސް ހުރީ ދެކޮޅަށް ހިނގާލަ ހިނގާލާ އެވެ. ޕުޑިން ކައިފައި އަނެއް ތަށި ބައްޕަ އަށް ފޮނުވާލިއެވެ. ހައިކަލް ވެސް އެމީރުވެގެން އުޅުނެވެ.
……………………………………………………
ލައިލާގެ އަތުގައި އެ އިސްތަށި ޖެހުމުން ހަމްޒާ ގެ ސިފައަށް ބަދަލު ވިއެވެ. ގާޑުން އަވަހަށް އައިސް އޭނާ ސަލާމަތް ކުރި އެވެ. އެމީހުން ނަކަށް އެއީ ލައިލާ ކަމެއް ނޭނގެއެވެ. ހަޝްމާ ހަނާ ބަންދު ކުރި ގޮޅިއަށް އޭނާ ލިއެވެ. “ހައްހައްހައްހާ ހަނާ އަދި ހޯދަނަން ބަލަން ހުންނާތި ދެން މި ނެޕްޓޫން އެކަންޏެއްނޫން މުޅި ކައުނު ގައި ވެރިކަން ކުރާނީ އަހަރެން ހަމަ އަހަރެން! ” ހަޝްމާ ބާރު ބާރަށް ހެމުން ދިޔައެވެ. ” އަހަރެމެން ޖެހޭނެ މިތަނުން ފިލައިގެން ދާން އޭނާ އަށް ކައުނު ގައި ވެރިކަން ކުރަންޏާ އަހަރެމެން އެކަންޏެއް ނޫން އިންސާނުންނާ ދެމިހަމީރުންނާއި އެހެން ހުރިހާ ބައެއްގެ މިނިވަންކަން ގެއްލޭނެ. “ ދެމިހަމީރުންގެ ރާނީ ކަމަށްވާ ޔުލާމީ ހުރީ ވަރަށް ކަންބޮޑުވެފައެވެ. އެމީހުން އެ ޖަލުގައި އުޅޭތާ އެކެއް ނޫން ދިހަ އަހަރު ވަނީއެވެ. ދެމިހަމީރުން ވެސް އެމީހުންގެ ރާނީ ގެއްލުމުން ހުރެވެނީ ހަމައިގައެއް ނޫނެވެ.
……………………………………………………
” މިއަދު ނުވައެއް ޖަހާއިރު ޖެހޭ ސްކޭން ކުރަން ދާން. ” ޔުމްނު ބަދިގެއިން ނިކުންނަމުން ޔުމްނު ބުންޏެވެ. އަދި ހަތެއް ޖެހުމުން ޔުމްނު އޮށޯވެލީ ވާހަކަ އެއް ކިޔައިލާށެވެ. ކުޑައިރުއް ސުރެ ޔުމްނު ވާހަކަ އަށް ޝައުގުވެރިކަން ހުރެއެވެ. ކާން ގޮވިޔަސް އެއްފަހަރަކުން ވާހަކައެއް ކިޔަން އޮތިއްޔާ ނުތެދުވެއެވެ. އެހާ ވެސް ބޮޑަށް އޭނާގެ ސަމާލުކަން ވާހަކަ ފޮތް ދަމައިގަނެއެވެ. އޭނާ ވާހަކާގެ ދުނިޔެއިން ނިކުމެވުނީ ރިންގެއްގެ އަޑަށެވެ. އެލާމް ކަނޑަލައިފައި އަވަހަށް ފެންވަރަން ވަނެވެ. ހަތް ވަނަ އެލާމުން ތެދުވެވުނު އިރު ނުވައެއް ޖަހަން ފަނަރަމިނެޓެވެ. އަވަސް އަވަހަށް ތައްޔާރުވެގެން ނިކުތް އިރު ޝަމްސް ލަސްނުކޮށް އަވަހަށް ދިޔައެވެ. ހޮސްޕިޓަލް ތެރެއަށް ވަދެ ކިޔުއަށް އެރިއެވެ. ނުވައެއްހާ މީހުން ގޮސް އޭނާއަށް ވެސް ޖެހުނެވެ. “ކިހިނެއް “ ޔުމްނު އަށް ބަލައި ލައިފައި ޑަކުޓަރު ބުންޏެވެ. ” ރަނގަޅު “ ޔުމްނު ވެސް ޖަވާބު ދިނެވެ. ” މިއޮތީ ސްކޭންގެ ނަތީޖާ. ދަރިފުޅު ރަނގަޅު “ ޔުމްނު އަށް ބޭއިޚްތިޔާރުގައި މޫނުގައި އަތް އަޅައިލެވުނެވެ. އެތަން ނުދައްކާ މޫނަށް ހިނިތުންވުމެއް ގެނައެވެ. ގެއަށް އައިސް ވަން އިރު ޔުމްނު ހުރީ ވަރަށް ބޮޑަށް އުފާވެފައެވެ. ޝަމްސް އަށް ވީ ވެސް އެ ވަރެވެ.
ދުވަސް ތަށް ފާއިތުވަމުން ދިޔައީ ވަރަށް ވެސް ހަލުވިކާމާއި އެކުގައެވެ. ހަޝްމާ އަކަށް ހަނާ އެއް ގޮތަކުން ވެސް ނުފެނުނެވެ. ޔުމްނު ވެސް ހަމައަކަށް އެޅުނެވެ. މިހެން ގޮސް ތިން މަސް ފާއިތުވެ ހިނގައްޖެއެވެ.
” އާހްއާ “ ޔުމްނު ދަންވަރު ހޭލެވުނީ ބަނޑުގައި މާބޮޑަށް ރިއްސާތީއެވެ. ޝަމްސް އަވަހަށް ތެދުވެ ޔުމްނު ނެގިއެވެ ދެމީހުން ހޮސްޕިޓަލް އަށް ދިޔައީ ވެސް ކާރު ގައެވެ. އަވަސް އަވަހަށް ޔުމްނު ޑެލިވަރީ ރޫމަށް ވެއްދިއެވެ. ޝަމްސް ކެއްކޮށްލައިގެން ހުރީ ނަރުސް ނިކުންނާނެ ވަގުތަކަށް ބަލާބަލަ އެވެ. އަލީމާ ވެސް ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. ދެން އިވުނީ ކުޑަކުއްޖެއްގެ ރުއިމުގެ އަޑެވެ. ދެމީހުންނަށް ހިނިތުން ވެވުނެވެ. އެވަގުތު ހައިކަލް އާއި އަހްޔާން އެތަނަށް އައެވެ. ތަސްނީމް ވެސް އައީ ދުވެފައެވެ.
ނަރުސް ކުއްޖާ އެކުއްޖާ ފެންވަރުވައި ތާޙިރު ކޮށްލިއެވެ. ޝަމްސް އަތަށް އެކުއްޖަ ދިނެވެ. ދެން ގެންދިޔައީ ހުރިހާ ކަމެއް ރަނގަޅުތޯ ބެލުމަށް ޓެސްޓު ތަކެއް ހަދާލާށެވެ. ޔުމްނު ގާތަށް ޝަމްސް ވަދެލިއެވެ. ޔުމްނު ވެސް ވިހައިގެން އެހެން ޚާއްޞަ ރޫމަކަށް ބަދަލުކުރިއެވެ. ޢާއިލާގެ ހުރިހާ އެންމެން ހެން އެތަނަށް އައެވެ. ”މަންމަ ހުރި ނަމަ ކިހާ އުފާވާނެ “ ޔުމްނު ބުންޏެވެ. އެކުއްޖާގެ ހާލަތު ރަނގަޅު ކަމުން ޔުމްނު ގެއަށް ގެންދެވުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

