ނަރުސް ކުއްޖާ އެކުއްޖާ ފެންވަރުވައި ތާޙިރު ކޮށްލިއެވެ. ޝަމްސް އަތަށް އެކުއްޖަ ދިނެވެ. ދެން ގެންދިޔައީ ހުރިހާ ކަމެއް ރަނގަޅުތޯ ބެލުމަށް ޓެސްޓު ތަކެއް ހަދާލާށެވެ. ޔުމްނު ގާތަށް ޝަމްސް ވަދެލިއެވެ. ޔުމްނު ވެސް ވިހައިގެން އެހެން ޚާއްޞަ ރޫމަކަށް ބަދަލުކުރިއެވެ. ޢާއިލާގެ ހުރިހާ އެންމެން ހެން އެތަނަށް އައެވެ. ”މަންމަ ހުރި ނަމަ ކިހާ އުފާވާނެ “ ޔުމްނު ބުންޏެވެ. އެކުއްޖާގެ ހާލަތު ރަނގަޅު ކަމުން ޔުމްނު ގެއަށް ގެންދެވުނެވެ. ގޭތެރެ އޮތީ ވަރަށް ބޮޑަށް ފުރިހަމަ ކޮށް ލައިފައެވެ. ނޫކުލައިގެ ފުއްޕާހަން ތަށް ގޭތެރެއަށް ދޫކޮށްލާފައި ވާއިރު ކޭކޭއް ވެސް ކުޑަމޭޒެއްގެ މަތީ އޮތެވެ.
ޔުމްނު ކޮޓަރި އަށް ވަނީ ވަރުބަލި ވެފައި ވުމުން ޖައްސާލާށެވެ. ” ސަޕްރައިޒް “ ކޮޓަރި ވަނުމާއި އެކު ލިބުނީ ޝޮކެކެވެ.
***
ހަމީރާ ހަނާ ގެއްލި ދިޔަ ފަހުން ނުކައެވެ. މިކަމާ ހަޝްމާ ކަންބޮވާތީ ގަދަކަމުން ކަހަލަ ގޮތަކަށް އޭނާ އަށް ކާންދޭ އެވެ. އޭނާ ބަލިކަށިވެ ހާލު ދެރަވަންޏާ ހަޝްމާ އަކަށް ކައުނު ގައި ވެރިކަމެއް ނުކުރެވޭނެ އެވެ. އަނެއްކޮޅުން އޭނާ އަށް ވެސް ހަނާ ގެއްލުނު ކަން ވެސް އޭނާ އަށް އިނގެއެވެ. އޭނާ އަށް ހަނާ ހުރި ތަން ވެސް އެނގެއެވެ. އެހެން ޖިންނި އަކަށް އެނގިއްޖާ ސަލާމަތް ނުވާނެ ކަން ވެސް އެނގެއެވެ.
“މިހިރީ ހަމަ މިހާރު ކައި” އޭނާ ބަލަން ހަވާލު ކުރި ޖިންނި ކާތަކެތި ގެނައެވެ. “ކިތަށް ފަހަރު ބުނާނީ ނުކާނަމޭ ލެޔެއް ވެސް ނުބޯނަމޭ ” ހަމީރާ ކޮންމެ ފަހަރަކު ވެސް ނުކާން ގަދަ ހަދައެވެ.
***
ކޮޓަރި ވަނީ ނޫކުލައިން ތައްޔާރު ކޮށްފައެވެ. ކުޑަ ކުޑަ އެނދަކާއި ފާރުގައި ނޫކުލައިގެ ތަރި ހިއްޕައިފައި ހުއްޓެވެ. “އޫނ” ކުޑަކުޑަ ޔުލޫން ރޯން ފެށި އެވެ. އެންމެން ކޮޓަރިން ނިކުމެ ތިރިއަށް ފޭލިގޭގެ. ” ކޮން ނަމެއް ކިޔާނި ޔުމް” ޝަމްސް ޔުމްނު ގާތަށް ޖެހިލިއެވެ. ޔުލޫން ބަނޑު ހައިވުމުން ރުއީއެވެ. އަހަރެން ބޭނުމީ ޔުލޫ ކިޔަން. ޝަމްސް ބޭނުން ވަނީ ކޮން ނަމެއް ކިޔަން ” ޔުމްނު ޖަވާބު ކަވާބެއް ގޮތަށް ދިނެވެ. ” ލޫން ކިޔަން ވީނުން “އޭނާ ބޭނުންވާ ގޮތް ހާމަ ކޮށް ލިއެވެ.” ޔުލޫން ” ޔުމްނާއި ޝަމްސް އެއްފަހަރާ ބުނެލެވުނެވެ. ޔުލޫން ނިންދަވާއިފައި ޝަމްސް ޔުމްނު ގޮވައިގެން ބޭރަށް ނުކުތެވެ. ” އޭތް އާދެ ކޭކު ފަޅަން“ އަލީމާ ގޮވަން ފެށިއެވެ. ޔުމްނު މަޑު ނުކޮށް އެތަނަށް ދިޔައެވެ. ” ވެލްކަމް ބެކް “ ލިޔެފައި އިން އެ ކޭކު ޑިޒައިން ކޮށްފައިވާ ވަނީ ކުދި ކުދި މާމަލުންނެވެ. ޔުމްނު ވަޅި ނެގިއެވެ. ޝަމްސް އާއި ދެމީހުން ވެގެން ކޭކުގެ ތެރެއަށް ވަޅި ގަންބާލިއެވެ. ޔުމްނު ކޭކު ފޮތި ނަގައިފައި ޝަމްސަށް އެތިކޮޅެއް ދިނެވެ. ހަމަ އެގޮތަށް ޔުމްނު ނަށް ވެސް ކޭކު ކޮޅެއް ކާން ދިނެވެ. ކޭކު ފަޅައިފައި އެންމެންނަށް ބަހާލިއެވެ. ކޭކު ނުކާން ވެގެން ތަސްނީމް ދުވަން ފެށި އެވެ. ޝަމްސް ގޮސް އެ ކޭކު ކޮޅު އަނގައަށް ގަންނަވާލިއެވެ.
ކައިގެން ޔުމްނު ކޮޓަރި އަށް ވަނީ މާބޮޑަށް ވަރުބަލި ވާތީއެވެ. އެނދުގައި އޮށޯވެ ލައިފައި ނިދާފައި އޮތް ޔުލޫން އަށް ބަލައި ލިއެވެ.
***
ހަޝްމާ ހުންނަނީ ހަދާނެ ގޮތް ހުސްވެ ފައެވެ. ޔަމާނީ މަރުވި ކަމެއް އޭނާ އަކަށް ނޭނގެއެވެ. އެމީހުންނަށް ހަނާ ނުފެނުމުން އޭނާ ނިންމީ އޭނާ އަމިއްލައަށް ހަނާ ހޯދުމަށެވެ. ނަމަވެސް އެކަން ކޮށް ފިއްޔާ އަނެއްކާ އަނެއް މަޅީގައި އޭނާ ޖެހޭނެ އެވެ. ” ލުނާމް! ހަނާ ހޯދަން މަޖުބޫރު. ކަލެއަށް ވަނީ ކޮންކަމެއް. “ހަޝްމާ ހުރީ ވަރަށް ރަނގަޅަށް ވެސް ކުރާނި ރުޅިއައިސްފައެވެ. މޫނުމަތި ރޫޖެހި ފައި ކަންފަތުން ދުން ނިކުމެއެވެ. އެނާ ހުރި ތުރުތުރު އަޅައެވެ. ލުނާމް ވެސް ހުރީ ބޯގޮވައިފައެވެ. ކިތަންމެ ބާރެއް ބޭނުން ކުރިއަސް ހަމީރާ ފިޔަވައި އެހެން ޖިންނި އަކަށް އަނެއް ޖިންނި ހުންނަ ތަނެއް ނޭނގެއެވެ.
***
ހަނާ އަށް ޔަމާނީ ނުފެނުމުން ހީކުރީ އެއީ އިންސާނެއްގެ ކަމަށް ކަމަށެވެ. ނަމަވެސް އަދިވެސް ހަވަމީގެ އަނގަ ތެރޭގައި އޭނާ ދެމި އެބައޮތެވެ. އޭނާ މަރު ނުވެ ސަލާމަތް ވިޔަސް ހަވަމީ އަނގަ ނުހުޅުވަންޏަކާ ސަލާމަތެއް ނުވޭވޭނެއެވެ. ހަނާ އެންމެ ފަހުން ސެޓާން އަށް ދިޔައެވެ އަދި ޕަންވާ ސަލާމަތް ކޮށް ދިނެވެ. އެއީ ވަރަށް ނުލަފާ އެއްޗެކެވެ. އަދި އެހާމެ ބާރުގަދަ އެއްޗެއް ވެސް މެއެވެ. އެކަމަކު އޭތި ސަލާމަތް ކޮށްފި ޖިންނި އަކަށް އެ ޖިންނި ފުރަތަމަ ބޭނުންވާ ކަންތަށް ކޮށްދޭނެއެވެ. ” ކޮން ކަމެއް ކޮށްދޭންވި“ޕަންވާ އެހިއެވެ. ” ” އަހަރެން ބޭނުމީ ފިލަން “ ހަނާ އެހެން ޖުމްލައެއް ނުބުނަނީސް ޕަންވާ އޭނާގެ ކޮޓަރި އަށް ވެއްދިއެވެ. ” މި ތަނެއް އެކަކަށްވެސް ނުފެންނާނެ. ކިތަންމެ ދުވަހަކުވެސް މިތާއުޅުނަސް ހެޔޮ “ޕަންވާ އޭނާގެ ފަހު ބަސް ބުނެ އުދުއްސައި ގަތެވެ. ދުނިޔެއަށެވެ. ކިތަންމެ ބާރެއް ހުއްޓަސް އޭނާއަށް އުދުހެވެނީ ވަރަށް ލަހުންނެވެ. އޭނާ ޕްލެނެޓަކުން އެހެން ޕްލެނެޓަކަށް ދާން ހަތް މަސް ނަގައެވެ. އެއީ ކިތަންމެ ކާރިއަސް ހެވެ. އޭނާ އަކީ ހަނާ އާއި ހަމީރާ ނޫން އެހެން މަޚުލޫންނަށް ނުފެންނަ މަޚުލޫގެކެވެ.
***
ޔުލޫން އޮތް ކޮށީގައި ”އައި ލަވްޔޫ ޑެޑީ“ ޖަހައިފައި އިނެވެ. ދެމީހުން ވެސް އެމީހުންގެ ދަރިފުޅަށް ބަލަން ހުރީ ފޫހިކަމެއް ނެތިއެވެ.
އަލީމާ ގޭތެރެ ސާފުކޮށް ނިންމާލިއިރު ކަމެއް ކުރިހެންނެއް ވެސް ހިޔެއް ނުވެއެވެ. އެހާ ވެސް ބޮޑަށް ތާޙިރު ކޮށްލިއެވެ. ނޯކަރުން ގެ އެހީއާއި ވެސް އެކުގައެވެ.
” ޔުމް ބަނޑު ކިހިނެއް މިހާރު “ ” ރިއްސާ އަދިވެސް. ބޭސް ވެސް ކައިފިން. ދެތިން ދުވަސް ތެރޭ ރަނގަޅު ވާނޭ! ޝަމްސު ދެން ޔުލޫން އަށް ބަލައިބަލަ! ކިހާ ލޯބިކޮށް ނިދާލައިފައި އެ އޮތީ “ ޔުމްނު ވެސް ސުމައްޔާ ގޮތަށް ހުރިހާ ވާހަކައެއް ފައްޗަކަށް އަމުނާ ލިއެވެ.
***
ހަމީރާގެ ސިކުނޑި އަށް ހަނާ ހުރި ތަން ގެއްލުނެވެ. އޭނާގެ މޫނު މައްޗަށް ވިހަގަދަ ހިނިތުންވުމެއް ގެނައެވެ. ހަނާ އަށް ފިލުނީކަން އޭނާ އަށް އެނގުނެވެ. އެކަމަކު ވެސް ހަޝްމާގެ ރޭވުމެއް އޭނާ އަކަށް ނޭނގެއެވެ. އޭނާ ދިޔައީ ހަނާ ހޯދުމަށް އެތައް ގޮތަކުން ތައްޔާރު ވަމުންނެވެ. ސަލާމަތީ ފިޔަވަޅުތަށް އަޅައިގެން އުޅެންޖެހޭނެ ކަމުގެ މުހިންމު ކަން އެ ސިކުނޑިއަށް ވެސް ވިސްނޭ އެވެ.
***
ހަނާ ދީޔައީ މަންމަ ސަލާމަތް ކުރުމަށް ޓަކައި އެތަށް ގޮތަކުން ވިސްނަމުންނެވެ. އެތަނުގައި އޮތް ހުސް ފޮތެއްގައި ހަމީރާ ސަލާމަތް ކުރުމަށް ޓަކައި ލިޔަމުން ކުރަހަމުން ދިޔައެވެ. އޭނާ އަކަށް މަންމަ ސަލާމަތް ކުރުމަށް ހަދާނެ ނުހަދާނެއެއް ނޭނގެއެވެ. އެތަނުގައި ސައުވީސް ގަޑިއިރު ފާރަވެރިޔެއް ހުރެއެވެ. އަދި ހަމީރާ ބަންދު ކޮށްފައި ވަނީ ބައިވަރު އެތައް ދޮރެއް ބަހައްޓައިގެންނެވެ. އަދި ހަމީރާ ހުންނަނީ އެންމެ އެތެރޭގައެވެ. ކޮންމެ ދޮރެއްގެ ކައިރީގައި ފާރަވެރިޔެއް ހުރެއެވެ.

11

1 Comment

  1. Unknown girls

    November 18, 2020 at 6:18 pm

    Hi guys… This is the ninth part of Yumnu 9 hope you like it 🆒

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!