” މަންމާ މިތާ މަސައްކަތް ކުރަން އެގެނައީ ކާކު؟ ” އަހަރެން މަންމައާއި ސުވާލު ކޮށްލީމެވެ. ” އެ މީހަ ދެންމެ އެ ދިޔައީ ” އަހަރެންނަށް މި މީހާ އާއި ދާދި މެދު ވިސްނެން ފެށިއެވެ. މަންމަ އެހާ ހެޔޮއިރު މީހަކު މިހާ ފަސޭހައިން ނުދާނެއެވެ. މި މީހަކު މިއުޅެނީ ކޮންމެސް ކަމެއް ކުރާށެވެ. އަހަރެން ކޮޓަރިއަށް ވަންނަން ދޮރު ހުޅުވާލީމެވެ. އަހަރެންނަށް ބަައިލެވުނީ ހައިރާން ކަމާއި އެކު އެވެ. އަހަރެންގެ ލޯބިވާ ކޮކާގެ ވަނީ […]
އަހަރެން ކޮކާ އާއި އެކު އެކި އެކި ސަމާސާ ކޮށްފައި ނިދާލީމެވެ. އަހަރެންނަށް ހޭލެވުނީ އަސުރު ނަމާދު ބަންގިއަށެވެ. ނަމާދު ކޮށް ނިމިގެން އަހަރެން އިނީ ޒިކުރުތަށް ކިޔާލަ ކިޔާލަ އެވެ. ” ދަރިފުޅާ. މީރާމެން އައިއްސި” މަންމަ ދޮރު ހުޅުވާލިއެވެ. އަހަރެން އަވަހަށް ކޮޓަރިން ނިކުތީމެވެ. ބޫޓަށް އަރައިފައި ގެއިން ނިކުތީމެވެ. އަހަރެން ކުރިއަށް ދާން ފެށީމެވެ. ” އިނގޭތަ ކޮކާ ބަގީޗާއެއް ކުރީގައި މި ރަށުގައި އޮތް ކަން. ” ނައުރާ ވާހަކަ ދައްކަން […]
އަހަރެން ސިއްސައިގެން ދިޔައީ މީހަކު ކޮޓަރީގެ ދޮރުގައި ހިފާލިއަޑު އިވުމުންނެވެ. ނަސީބު ރަނގަޅު ކަމުން ދޮރު ހުރީ ތަޅު ލައިފައެވެ. އަހަރެން ކޮކާ ގެ ނުފެންނާނެ ތާކަށް ލައިފައި ދޮރު ހުޅުވާ ލީމެވެ. ދޮރުކައިރީގައި ހުރީ މަންމައެވެ. މަންމަ ފޯނު ދިނުމުން އަހަރެން ވާހަކަ ދައްކަން ފެށީމެވެ. ގުޅީ މީރާ އެވެ. މީރާ އަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. މަންމަ އަތަށް ފޯނު ދީފައި އަހަރެން ކޮޓަރިއަށް ވަނީމެވެ. ތައްޔާރު ވެލައިގެން ނިކުތް އިރު ބައްޕަ […]
އަހަރެންނަށް ހޭލެވުނީ ފަތިހު މަންމަ ގޮވުމުންނެވެ. ކަންނެތް ގޮތަކަށް ތެދުވެފައި ފާޚާނާއަށް ވަނީމެވެ. އިއްޔެ ގަނެދިން ކޮކާ ޖަހައިފައިވާ ބުރުސް ނަގައި ބޭސް ޖަހާލީއެވެ. އަނގަޔަށް ބުރުސް ކޮށްޕާލައިފައި ދަތްތަށް އުނގުޅަން ފެށީމެވެ. ދަތްއުނގުޅާ ނިންމާލައިފައި ވުޟޫ ކޮށްލައިގެން ނިކުމެފައި ނަމާދު ކުރަން މުސައްލަ ފަތުރާލީމެވެ. އިސްޓާކީނު ދެފަޔަށް ކޮށްޕާލައިފައި ނަމާދު ދޮޅި އަޅާލީމެވެ. ގިބުލައަށް ކުރިމަތިލައިފައި އަހަރެން ފެށީ ނަމާދު ކުރާށެވެ. ނަމާދު ކޮށް ނިމިގެން ތަސްބީޙަތަށް ކިޔާލީމެވެ. ހުރިހާ ތަސްބީޙަ ތަކެއް ކިޔާނިމުމުން އިސްޓާކީނާއި […]
ހަމީރާމެން ހަނގުރާމަ ކުރުމަށްޓަކައި އެއްވިއެވެ. ދެބައިމީހުން އަރައިގަތެވެ. ނަމަވެސް ހަމީރާ މެން ދިޔައީ ބަލިވަމުންނެވެ. ޝަމްސް ވެސް ދިޔައީ ދެވުނު ވަރަކަށް ހަމަލާ ދެމުންނެވެ. އެއީ ޔުމްނު ސަލާމަތް ކުރުމަށް ޓަކައެވެ. ހަނގުރާމަ އެތައް އިރަކަށް ދެމިގެން ދިޔައެވެ. *** ޕަންވާ ހުރީ ވަރަށް އުފަލުންނެވެ. އަނގޮޓި ހަދާ ނިމުނީމައެވެ. ހާއްސަ ފެނުން ދޮވުމުން އޭނާ ބޭނުން ކަމެއް އޭގެ އެހީގައި ކުރެވޭނެއެވެ. އޭނާގެ ބޮޑާކަމާއި ކިބުރުވެރިކަން ދެގުނަ ވިއެވެ. *** ހަނގުރާމަ ކުރުމުގެ ތެރެއިން ހަވަމީ […]
އެމީހުން ހުއްޓުނީ ހިސާބަކުން ބަޔަކު އުދުހެމުން އަންނަތަން ފެނިގެންނެވެ. ހުރޫލް ވެސް އެމީހުންގެ ގާތަށް ދިޔައެވެ. އޭނާގެ ދެލޯބޮޑުވެ އެސްފިޔަވެސް ތަޅުވާލެވުނެވެ. މިއީ ހަމަ ހަޤީގަތްތޯ ބެލުމަށެވެ. ޝަމްސް މަޑުން ހުރީ އެއީ އޭނާއަށް އިނގޭ ބަޔަކަށް ނުވުމުންނެވެ. ގައިމު އޭނާ އަށް އެމީހުން ބަންދު ކުރި ކަން އެނގެއެވެ. އަނެއްކާ ހަމީރާމެން ސަލާމަތް ވީ ކިހިނެއް ހެއްޔެވެ. ޝަމްސް ބަލަން ހުންނަން ފެށުމުން ހުރޫލް ހުރިހާ އެންމެން ތައާރަފު ކޮށްދޭން ފެށިއެވެ. ” ހަނާ އާއި […]
ކުއްލިއަކަށް ހަމްޒާގެ ކައިރިން އަލިގަނޑު އެރިއެވެ. އެންމެން ލޯ މަރައިލީ ލޮލަށް އުނދަގޫ ވެގެންނެވެ. އަލިގަނޑު ގެއްލުނުއިރު ހަމްޒާ ފެންނާކަށް ނެތެވެ. އެކަމުން އެންމެން ހައިރާން ވިއެވެ. އަނެއްކާ ވެސް އަށްޔެއް އަރާ ހަވަމީ ގެއްލުނެވެ. މިހެން ގޮސް އެންމެން ވެސް ގެއްލުނެވެ. *** ހަނާ އެންމެން ހަމަވުމުން އެންމެން ގައިގައި ބައްދާލިއެވެ. ހަނާގެ މޫނު މަތިން އުފާވެފައި ހުރި ކަން އެނގެއެވެ. ހަނާ ބާރު ކިނބިއްސެއް އަޅާލިއެވެ. މިހާރު ސަލާމަތް ނުވެ ހުރީ ހަމައެކަނި ޔަމާނީއެވެ. […]
ދަރިފުޅާ ޔަމާނީ ” ހަމްޒާގެ އަޑު އައީ ކެނޑި ކެނޑިގެންނެވެ. ޔަމާނީއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އޭނާ ހީކުރި އޭނާ ކުޑައިރު މަންމަ އާއި ބައްޕަ މަރުވީ ކަމަށެވެ. އަނެއްކާ އަހަރެން މީ ހަމްޒާގެ ދަރިފުޅު ބާއެވެ؟ އޭނާ އާއި ހަވަމީ ވައްތަރުވަނީ މިހެން ވެގެން ހެއްޔެވެ؟ ޔަމާނީގެ ހިތުގައި ސުވާލު އުފެދުނެވެ. އަނެއް ކޮޅުން ހަވަމީ ހުރީ ގަބުކައިފައެވެ. ހަމްޒާ އެންމެންނަށް ކިޔައިދޭން ފެށިއެވެ. ޔަމާނީ ވިހޭ ދުވަހު އައި ތޫފާނެއްގަ ޔަމާނީ ގެއްލުނެވެ. އޭގެ ފަހުން […]
އޭތީގެ ދެލޮލުން ދިޔައީ އަލިފާން ކަނި ބުރަމުންނެވެ. ބާރަށް ދަތްކުނޑި ވީކާލީނުން ދަތްތަށް ބުރިބުރި ނުވީ ކިރިޔާއެވެ. އެހެންނަމަވެސް ޕަންވާ ސަލާމަތް ވިއެވެ. ވާގަނޑުން ސަލާމަތްވެ ހަމަލާ ދިނެވެ. ވަގުތުން އޭތި މަރުވިއެވެ. އޭނާ އެހެން ހަމަލާއެއް އައުމުގެ ކުރިން ބާރަށް އުދުއްސައިގަތެވެ. ޕަންވާ އަވަހަށް މޫދަށް ދިޔައީ އޭގެ ކިބައިން ސަލާމަތްވުމަށްޓަކައެވެ. މޫދަށް ފުންމާލައި މަސް ހޯދަން މަސައްކަތް ފެށިއެވެ. *** ތަޅުދަނޑި ނުފެނުމުން ފޫހިވެގެން ހަނާ ކޮޓަރިއަށް ނިކުތެވެ. ޕަންވާ ގެންގުޅޭ ޢާދަޔާ ހިލާފު […]