ޔުމްނު 7
ޝަމްސް އޮފީހުން ގެއަށް ވަދެގެން އައި އިރު އޭނާގެ މޫނުމަތިން ކަރުނަ ހިލި ހުއްޓެވެ. ” އަނެއްކާ ކިހިނެއް ވީ “ޝަމްސް ފުރަތަމަ ފަހަރަށް ވެސް ބުނެލި ޖުމްލައިން ޔުމްނު އަށް ހީވީ ދުނިޔޭގެ ހިނގުން ހުއްޓުނު ހެންނެވެ.
……
”އަމާނީ މަރާލައިފަޔޯ އޮތީ. ދެ ލޮލަށް ވަޅިޖަހައިފަ ހަށިގަނޑުގެ ބައިތަށް އެތަން މިތަނަށް އުކައިފައި. އޭނާގެ ހަށިގަނޑު ފެނިފައި ސަމީރާ އަށް ސްޓޮރޯކެއް ޖެހުނު. އޭގެ ކުރިން ވެސް ދެ ސްޓޮރޯކު ޖެހުމުގެ ސަބަބުން މިފަހަރު ސަލާމަތެއް ނުވި. ” ޝަމްސް ހިއްވަރު ކޮށްފައި ވާހަކަ ދެއްކި އެވެ. ނަމަވެސް ޔުމްނު އަށް ކެތްވާނެ ހެއްޔެވެ. ލޯބިވާ ކޮއްކޮ އަދި ދައްތަ ވެސް މަރާލީއެވެ. އެއްވެސް ކުށެއް ނެތް އެދެ ފުރާނައަށް ގެއްލުންދީ އެތައް ކަމެއް ކުރީ އެވެ. މަންމަގެ ފަސް ދަރިން ތެރެއިން މިހާރު ސަލާމަތުން ހުރީ އޭނާ ، ދޮންބެ އަދި ތިއްތަ އެވެ. ކޮއްކޮ އަށް ވެސް އިންސާފު އަދި ނުހޯދައި ދެއެވެ.
……………………………………………
” އޭއްޗަކު ކަންތައް ނިންމާލީތަ“ ގޭންގުގެ ލީޑަރު ރިފާއު ސުޖޭ އަށް ބުންޏެވެ. “އާން ދަންޖައްސާފަ ދެ ލޮލަށް ވަޅިޖަހައިފަ ހަށިގަނޑުގެ ބައިތަށް އެތަން މިތަނަށް އުކައިލައިފަ މަ ބެޗީ ހެހެހެ ” ސުޖާއު ހީނހީނފައި މަލާމާތް ކުރި އެވެ. އެމީހުންގެ ހަރު ހިތަށް އެއްވެސް އަސަރެއް ނުކުރެއެވެ. އެތައް ބަޔަކު މަރައި ވައްކަން ކޮށް މިހާރު އެތައް އަންހެން ކުދިންނެއް ރޭޕް ކޮށްފިއެވެ.
………………………………………………
ސަމީރާ އާއި އަމާނީ މަރުވި ހިތާމައިގައި ހައިކަލް ހުންނަނީ ބުއްދި ފިލައިގެން ގޮސްފައެވެ. ހަމްޒާ މަރުވުމަށް ފަހު އެއް މަސް ނުވަނީސް އެ މަރުވީ ލޯބިވާ އަނބިމީހާ އެވެ. ދެން ދޮށީ އަންހެން ދަރިފުޅުގެ ފުރާނަ އެވެ. އެކަމުގެ ސަބަބުން ތަސްނީމް ވެސް ހުންނަނީ ގަބު އަރައިފައެވެ. ރަމްލާ ވެސް ދޮންތަ މަރައިލައިފައި އޮތް ގޮތުން ހުރީ ރުޅިއައިސްފައެވެ. އޭނާ ކޮންމެ ދުވަހަކު ހެން އެކަން ކުރި މީހާ ހޯދަން މަސައްކަތް ކުރަމުން ދިޔައެވެ. އެކަން ކުރީ ގޭންގެއްގެ ބަޔެއް ކަމާއި ކޮން ގޭންގެއްގެ ބަޔެއްކަން ވެސް އޭނާ ހޯދި އެވެ. ޕޮލިހުންނަށް ވީ އެއްކަމެއް ވެސް ނެތެވެ.
ޔުމްނު މަސައްކަތް ކުރަމުން ދިޔައީ ހިތްހަމަ ޖެހޭތޯ އެވެ. އެއީ އޭނާގެ ބަނޑުގައި އޮތް ދަރިފުޅަށް ޓަކައެވެ.
ރަމްލާ ސުޖާއު ކަރަށާއި ހަށިގަނޑުގެ އެތަން މިތަނަށް ނަޒަރު ހިންގާއިރު އޭނާ ސުޖާއު ބަންދުކޮށްފައި ހުރި ކުޑަ ކޮޓަރި ގަނޑުން ވަޅިއެއް ނެގިއެވެ އޭނާގެ ގައިގެ އެތަން މިތަނަށް ވަޅިޖަހާ ލިއެވެ. އޭނާގެ ލޮލުގައި ކަރުނައިގެ ރޮނގެއް ދެމިފައި ހުއްޓެވެ. އޭނާ އަށް ހިތަށް އަރަނީ އެދުވަހު ދޮންތަ ކުރާނެ އަސަރެވެ. ޕޮލިހުންނަށް އިންސާފު ނުހޯދައި ދެވުމުން އޭނާ ބަދަލު ހިފާލީ އެވެ. އޭނާއަށް ތަޅާފޮޅުމުގެ ހުނަރު ލިބިފައި ވުމުން އެހާ އުނދަގުލެއް ނުވިއެވެ.
5 މަސް ފަސް
ޔުމްނު މެން ވަނީ މިހާރު ހަމައަކަށް އެޅިފައެވެ. ” ޔުމްނު މިއަދު ހިނގާ އެހެން ކަމެއް ކުރަން މިއަދު އަހަރެން އޮފް ދުވަހެއް ހިނގާ އެއްޗެއް ކައްކަން ” ޝަމްސް މަޖާ ކޮށްލާ ވާހަކަ ދެއްކި އެވެ. ” އާން މެގްނަމް ޕުޑިން ހަދާނީ “ ޔުމްނު ވެސް ކުޑަކުއްޖަކު ފަދައިން ފުމެން ފެށިއެވެ. ދެމީހުން އެކުގައި ބަދިގެއަށް ވަނެވެ. ޕުޑިން އަޅައި ނިންމައިފައި އައިސް އަލަމާރި އަށްލިއެވެ.
……………………………………………………
ހަޝްމާ އޭނާގެ ހާއްސަ ގާޑުންނަށް އެމީހުން ހޯދަން އެނގިތާ ހަތަރު މަސް ވީއެވެ. އެކަކަށް ވެސް އާދެވޭ ގޮތަކަށް ނުވިއެވެ. އެންމެ ފަހުން އޭނާ އަމިއްލައަށް ހަނާ އާއި ހަމްޒާ ހޯދަން ނިކުތެވެ. އޭރު ވެސް ދިޔައީ ލައިލާ ބަންދު ކޮށްފައި ކަމުން ހަނާ އަށް ހަމީރާމެން އެންމެން ސަލާމަތް ކުރުމަށް ފަސޭހަ ވެގެން ދާނެ ކަމެއް އޭނާ އަކަށް ނުވިސްނުނެވެ.
…………………………………………………..
ޔުމްނު އޭނާގެ ދުވަސްވީ ރައްޓެހި ކުއްޖެއް ކަމަށްވާ ސުމައްޔާ ގެއަށް ދާން ނިކުތެވެ. ޝަމްސް ފިނި ފެނުން ފެންވަރައިލީ މިއަދު މާ ބޮޑަށް ހޫނު ވާތީއެވެ. ” އައްސަލާމު އަލައިކުމް“ ޔުމްނު އެގޭގެ ދޮރުގައި ޓަކި ޖަހާ ލިއެވެ. ” އޭ ޔޫމްމްނޫ ބުނެ ވެސް ނުލާ! އާދޭ އެތެރެއަށް. ކޮބާ ޝަމްސް ؟ ކީއް ކުރަން ތިޔައައީ ؟ ހާދަ ބޮޑު ބަނޑެއް މިއޮތީ ؟ މާގިނައިން ކަނީތަ؟ ބަނޑު ބޮޑީތަ؟ އެހެންޏާ ކިތައް މަސް ތަ؟ ފޫހި ވޭތަ ؟ މިހާރު ހާދަ ވަގޭ ދޯ ގުޅައިވެސް ނުލައި ވިއްޔާ؟
“ ސުމައްޔާ ނިކުމެފައި އެކީ އޭނާގެ ވާހަކަ ގޯނީގައި ހުރި ހުރިހާ ވާހަކައެއް އޮއްސާލި އެވެ. ” މި ސުމައްޔާ އަކަށް ބަދަލެއް ނާދޭ ދޯ! ކުރީގަ ވެސް ސްކޫލަށް ގެންނަ ވާހަކަ ފޮށި ހިފައިގެން ތަ އުޅެނީ! “ޔުމްނު ވެސް ސުމައްޔާ އުޅޭގޮތުއް ހީނގަތެވެ. ސުމައްޔާ ވެސް ފަހަތުން ހީލި އެވެ.
……………………………………………………
ހަނާ އަށް ހިސާބަކުން ހުއްޓެވުނެވެ. އެ ފެނުނު މީހަކުންނެވެ. އެއީ އެނޫން ދެވަނަ މީހެއް ނޫނެވެ.
އެއީ ކާކުބާ ؟
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

