Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ވީމޭ އިންތިޒާރުގައި – 23

Baby Devil Level 610 Stories100 Stories
March 12, 2022 6 Mins Read
0 Comments

އިރުކޮޅެއް ނުވެ ރީޝަމް ވެސް އަންނަތަން ފެނެއެވެ. ހުއްޓިފައި ފަހަރަކު މީހަކަށް ބަލާލާފައި ރީޝަމް އިސްޖަހާލިއެވެ. އެތާ ހުންނަން ވެސް ބޭނުން ނުވީ ކަންނޭނގެ އެވެ. އަވަސް ފިޔަވަޅު ތަކެއްގައި ގޭތެރެއަށް ވަދެގެން ދިޔަތަން ބަލަން މާއިލް ހުރީ ހިނިތުންވެގެންނެވެ. ކިޔާން މޫނުމަތިން ހާސްކަން ފެންނަން ހުއްޓެވެ.”ރީޝް.. އަންގާ ވެސް ނުލާ ބަލާބަލަ..” ރީޝަމް ވަތް ތަނުން އާނިޔާ ބުންޏެވެ.”ކޮން ކަމެއްތަ އަންގާ ނުލަނީ..” ވާނުވާގައި ހުރެފައި ރީޝަމް އެހިއެވެ.”ކިޔާން އެ ބުނީނު މެރީ ކުރަނީ އޭ..” ފޯރިއާއި އެކީގައި އާނިޔާ އެހެން ބުނުމުން ރީޝަމްގެ ބޮލަށް އެނބުރުން އަރައިގަތެވެ.”އެހެންތަ.. ކާކު؟..” ރީޝަމް ދެލޮލަށް ކަރުނަ ޖަމާވިއެވެ.”ހާދަ މޮޅޭ ނޭނގޭ ކަމަށް ހަދަން.. ތި ދެމީހުންގެ ވެޑިންގް އަށް އެދިގެން ކިޔާން ދައްތަ ކައިރިއަށް އައީ..” އާނިޔާގެ ޖުމްލައިން ރީޝަމްގެ ހުރިހާ ކަރުނަތައް ހިނދި ހީވީ ހާޓް އެޓޭކެއް ޖެހުން ހެންނެވެ.

 

**23 ވަނަ ޕާޓު**

 

“ދޮގު!!..” އަޑަށް ބާރުލާފައި ރީޝަމް ބުނި ޖުމްލަ ބޭރުގައި ތިބި ދެމީހުންނަށް ވެސް އަޑު އިވުނެވެ. މާއިލްގެ މޫނުމަތިން ފެނުނު ހަމަޖެހުމާއި ކިޔާންގެ ހާސްކަން އެވަގުތު ރީޝަމްގެ ސިކުނޑީގައި ކުރެހުނެވެ.”އޯ މައި ގޯޑް..” އުފަލުން ރީޝަމް ފުމެން ފެށިއެވެ.”އަދި ސަޕްރައިޒެއް ދޭން ނުބުނެ ކަންނޭނގެ އެހުރީ..” އާނިޔާ ހިތާއި ހިތުން ބުންޏެވެ.”ދައްތަ އަށް އިނގޭތަ އައި ލަވް ކިޔާން..” އުފަލުން ހުރިވަރުން ނުބުނަން އުޅުން ވާހަކަވެސް ރީޝަމްގެ އަނގައިން ބޭރުވިއެވެ. އާނިޔާ ހުރީ ލާނެއް ކަމާއި އެކު ބަލަންށެވެ. ކިޔާން ކައިވެންޏަށް އެދިގެން އައުމުން ރީޝަމް ބުނީ ހަމައެކަނި އެއްބައެވެ. ކިޔާން ލޯތްބަށް ދެކޮޅު ހެދި ވާހަކައެއް ނުބުނެއެވެ.

 

އެދުވަހު ނިދެންދެން ރީޝަމްގެ ދެފައި އެއްތާކު ނުޖެހެއެވެ. ހާނިމް އާއި މާހީ ވެސް ނިދުމުން އާނިޔާ ކޮޓަރިން ބޭރަށް ނިކުތެވެ. އަންގަންޖެހޭ އެންމެ މުހިންމު ފަރާތަށް އާނިޔާ އަންގަން ބޭނުމެވެ. ތުރުތުރު އަޅަމުން ދިޔަ އަތަކުން ނަންބަރުތައް ހާވަމުން ގޮސް ސްކަލް އަކާއި ވަޅި އިމޯޖި އެއް ޖަހާފައި ސޭވް ކޮށްފައި އިން ނަންބަރަށް ގުޅާލިއެވެ. ހަ ފަހަރު ރިންގް ވުމަށްފަހު އެ މީހާ ފޯނު ނެގިއެވެ.”އާނިޔާ؟..” ކަންފަތަށް އިވުނު ބަރު އަޑުން އާނިޔާ ފުން ނޭވާއެއް ދޫކޮށްލިއެވެ. މާޒީގެ ހިތި ހަނދާންތައް ސިކުނޑިއަށް ވެރިވާން ފެށުމުން އާނިޔާ މަޑުމަޑުން އާނއެކޭ ބުންޏެވެ.”ކޮންތާކު ތިހުރީ؟..” ފުރަތަމަ ވެސް އާނިޔާ އެހިއެވެ.”ރިޒޯޓެއްގަ..” އެމީހާ ޖަވާބު ދިނީ އާދައިގެ ގޮތަކަށެވެ.”އަމިއްލަ ތަނެއް ދޯ؟.. ޔަމާން.. އަހަރެމެން އުޅޭ ރަށަށް އާދެބަލަ..” އާނިޔާ އެދުނެވެ.

 

“ކީއްކުރަން.. ކޮން ރަށެއް..” ޔަމާން ދެބުމަ ގޮށްޖަހާލިއެވެ.”ވަރަށް މުހިންމު ވާހަކައެއް ދައްކަން ކަމަށް.. ޕްލީޒް.. ފޯނުން ދެއްކޭ ވަރަށް ވުރެ މާ ބޮޑު ވާހަކައެއް..” އާނިޔާގެ އާދޭހުން ޔަމާން ކުޑަ އިރުކޮޅަކަށް ވިސްނާލަން ޖެހުނެވެ.”އެންމެ ރަނގަޅު..” ޔަމާން އެއްބަސް ވުމުން އާނިޔާ އެމީހުން އުޅޭ ރަށް ބުނެފައި ގަޑިއެއް ކިޔެވެ. ފޯނު ކަނޑާލި ވަގުތު އާނިޔާގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ. ޔަމާން ކައިރީގައި ރީޝަމް އުޅޭ ރަށް ބުނުމަކުން ނޫނެވެ. ޔަމާން ރީޝަމް ދެކެ ނަފްރަތު ކުރާ ވަރުން އެ ފަކީރު ފެންނަ ހިސާބަށް އައުން ވެސް ވަނީ ބޮޑު އަޒާބަކަށެވެ. ފުން ވިސްނުމަކަށް ގެއްލިފައި އާނިޔާ އިން އިރު މިއީ ދަންވަރުކަން ހަނދާން ނެތް ކަހަލައެވެ.

 

އެނދުގައި ދެފަރާތަށް ފުރޮޅި ފުރޮޅި އޮތް ކިޔާން ނިދި ވަނީ ލޮލާއި ދުރުވެފައެވެ. ރީޝަމް އާއި ކައިވެނި ކުރާ ވާހަކައަށް އާނިޔާ އެއްބަސް ވުމަށްފަހު ކިޔާން ހުންނަނީ ފާޑަކަށް އުފާވެފައެވެ. އެކަމަކުވެސް މާއިލް އުޅޭނެ ހާލު ހިތަށް ގެނެވުމުން ދެރަ ވަނީ ވަކި ވަރަކަށް ނޫނެވެ. ރީޝަމް ކައިރީގައި އާނިޔާ އެވާހަކަ ބުނީއްސުރެ ފަށައިގެން އެކުއްޖާ ކިހާ އުފާވި ހެއްޔެވެ؟ އޭނައަށް ހަމަ ޖެހިނުލެވިގެން އުޅޭ އިރު މާއިލް އަށް ވާނީ ކިހިނެއް ބާއޭ ކިޔާންގެ ހިތަށް އެރިއެވެ. ވިސްނާ ފިކުރު ކޮށްގެން ބޮލުގައި ވެސް ރިއްސަން ފަށައިފިއެވެ. އެރޭ އެހާ އަވަހަށް ނިދި އަންނާނެހެން ކިޔާންއަކަށް ހިއެއް ނުވެއެވެ.

 

“ދައްތާ ހާދަ އަވަހަކަށް.. ބުންޏެއްނު މާއިލް މެން އަންނާނެއޭ..” ރީޝަމް ކައި ނިމިގެން ކާގެއިން ނިކުތް އިރު އާނިޔާ ބޭރަށް ނިކުންނަނީއެވެ.”ޓެން މިނިޓްސް ޕްލީޒް.. ވަރަށް އަވަހަށް އެބަ އަންނަން..” ރީޝަމްގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި އާނިޔާ ގެއިން ނިކުތެވެ. އެ ހެނދުނު ގަޑީގައި ވެސް އޮތީ އަވި ދިއްލާލާފައެވެ. އަދި އެއުޅެނީ ބާރަ ނުޖަހައެވެ. ނުތަނަވަސް ވަމުން ދިޔަ ވަރަކަށް ނިއްކުރިމަތިން ބަބުޅަމުންދާ ދާ ތިކިތައް ދިޔައީ އިތުރުވަމުންނެވެ. އެހާ ހިސާބަށް ފޯރި އިރު އާނިޔާ ހުރީ ހާސްވެފައެވެ. އަތުގައި އޮތް ޓިޝޫ އިން މޫނު ފުހެލާފައި ހިޔާ ކޮޅަކަށް ޖެހިލި އިރު ޔަމާންމެން އައި ލޯންޗު ބަނދަރު ކޮށްފައެވެ. ދުއްވާ މީހާ ފިޔަވައި އެ ލޯންޗްގައި އިތުރު މީހެއް ނެތެވެ. އެގަޑީގައި ދުއްވާ މީހާ ވެސް ލޯންޗުން ފައިބައިފިއެވެ.

 

“ހެއި.” ވަށައިގެން ހޯދަނިކޮށް އާނިޔާގެ ފަހަތުން ޔަމާންގެ އަޑު އިވުނެވެ. ހިން ދިރުވާލާފައި އާނިޔާ ޔަމާން އާއި ކުރިމަތި ލިއެވެ. ފާޑަކަށް ހުއްޓުން ވެސް އެރިއެވެ. ހަނދާން ނުވާން ޖެހޭ މީހެއްގެ މަތިން ހަނދާންވީއެވެ.”ރީހ..” ” އަހަރެން މީ އޭނަ އެއް ނޫނޭ!..” ޔަމާންގެ ނުރުހުން ފާޅު ކުރީ އަނގައިގައި ބަސް އޮއްވައެވެ.”ތި ބުނަން އުޅޭ ވާހަކައެއް އަވަހަށް ބުނޭ..” މިފަހަރު ރީތިކޮށް ބުނި ނަމަވެސް އަމުރުވެރި ގޮތެއް ހުއްޓެވެ.”ރީޝަމް މެރީ ކުރަން އުޅޭތީ އަންގާލީ..” އާނިޔާ ޖަވާބު ދިނެވެ. އެއާއި އެކު ޔަމާން މަލާމާތުގެ ގޮތަކަށް ހީނލިއެވެ.”ހެހެ.. މަށަށް ވަރިހަމަ.. ތާކުން ތާކު ނުޖެހޭ ވާހަކަ ދައްކަން ތި ގެނައީ.. ފޯނުން ވެސް ބުނެވުނީސް.. ނެތް ތި ވާހަކަ އަޑުއަހާނެ ވަގުތެއް..” ޔަމާން ލޯންޗާއި ދިމާއަށް ހިނގައިގަތެވެ.”ޔަމާން!.”

 

“އަހަރެން ނުބުނަންތަ؟ އެމީހުން އެއީ މަގޭ ދަރިންނެއް ނޫނޭ!..” ޔަމާން ޖަވާބު ދިނީ ހަރުކަށި ގޮތަކަށެވެ. އެވަގުތު އެތަނުގައި މީހަކު ނެތީ ހަމަ ނަސީބަކުންނެވެ. ބުނާނެ އިތުރު އެއްޗެއް ނެތުމުން ޔަމާން ދާ ތަން ބަލަން އާނިޔާ ހުރީއެވެ. ދެވަނަ ސިކުންތުގައި ރުޅިވެރި ކަމާއި އެކީ ބަލާލާފައި އައި ކޮޅަށް ހިނގައިގަތެވެ. މި ކުޑަ ބައްދަލުވުން ހީކުރި ވަރަށްވުރެ އަވަހެވެ.”އާނިޔާ.. މަށަށް ފެނުނޭ..” އެވަގުތު ހާނިމްގެ އަޑު ނުހަނު ކައިރިން އިވުމުން އަނިޔާއެއް އިސްއުފުލާ ލެވުނެވެ.”ކޮން އެއްޗެއް؟..” އިނގި ހުރެ އާނިޔާ އެހިއެވެ. ހާނިމް ހުރީ ގެއަށް ގޮސް އަތުން ޖަވާބު ދޭންށެވެ. ހަމަ ގެއަށް ވަދެވުމާއެކު އާނިޔާގެ މޫނުމައްޗަށް އެރީ ހޫނު އެތިފަހަރެކެވެ.

 

“މިހާރު އިނގިއްޖެތަ؟..” ހާނިމްގެ ދެލޯ ހުރީ ރަތް އަރާފައެވެ.”ހާނިމް އަށް ކޮން ކަމެއްތަ؟..” ހާނިމް އެކޭ އެއްވަރަށް އެގަޑީގައި އާނިޔާ ވެސް ހުރީ ރުޅި އައިސްފައެވެ.”މަށަށް ކޮން ކަމެއްހޭ ތި އަހަނީ.. ލަދެއް ނުގަނޭތަ؟..” ހާނިމް އާނިޔާ އަށް ރައްދު ދީފައި ދާން ހިނގައިގަތެވެ. ހިތަށް އެރީ ކީކޭ ކަމެއް ބަލާކަށް އާނިޔާ ބޭނުމެއް ނުވިއެވެ. މާއިލް އާއި ކިޔާން އަންނަން ވާއިރަށް އާނިޔާ ހަމައަކަށް އެޅުނެވެ. އިރުކޮޅެއް ނުވެ ކިޔާން ސަލާމް ގޮވާލާފައި ވަނެވެ. ފަހަތުން މާއިލް ވެސް އައެވެ.

 

ފޯރީގައި މަޝްވަރާ ކުރަމުން ދިޔައީ ރަނގަޅު ތީމް އަކަށެވެ. ކިޔާން ޖަވާބު ދޭން އުޅެނިކޮށް މާއިލް އަށް ރަނގަޅީ ބީޗް ވެޑިންގް އެކޭ ބުނެފިއެވެ. ރީޝަމްއަށް އެގޮތް ކަމުދިޔައެވެ. ވަގުތުން ބީޗް ވެޑިންގް އެއް ބާއްވަން ބުންޏެވެ. އެހާ އުފާވެފައި ރީޝަމް އިނުމުން ކައިވެނި ކުރަން ބޭނުންވާ ވަރު ނޭނގޭ މީހަކު ނެތެވެ. ދުވަހާ ހުރިހާ އެއްޗެއް ވެސް ހަމަޖެއްސީ މާއިލް އެވެ. ކިޔާން އިނީ އަނގަ ސަކަރާތް ވެފައެވެ. އެހާ އަވަހަށް ކަންތައްތައް ނިންމާލީމައެވެ. އަނެއްކޮޅުން މާއިލް ބުނި ތާރީޚަކީ މިއަންނަ މަހުގެ އަށްވަނަ ދުވަހެވެ. މި މަސް ނިމެން ދެން އިނީ ދެ ހަފްތާ ވަރެވެ. އެހާ އަވަސް އަރުވާލައިގެން އެއުޅެނީ ފަޔަށް ހިނި އަރާތީ ބާއޭ ކިޔާންގެ ހިތަށް އެރިއެވެ.

 

ދުވަސް ކައިރި ވަމުން އައި ވަރަކަށް ރީޝަމްގެ މޫނުމަތިން ލަދުވެތިކަމާއި ނުތަނަވަސްކަމުގެ އިތުރުން އުފާވެރިކަން ވެސް ފެންނަން ފަށައިފިއެވެ. ކިޔާން ގެއިން ނުނިކުންނަ އިރު ހުރިހާ ޚަބަރެއް ހިފައިގެން އަންނަނީ މާއިލް އެވެ. ކިޔާން ނުރުހުންވާ ސަބަބު ވެސް މާއިލްއަށް އިނގެއެވެ. އެކަމަކު ވެސް ނޭނގޭ ކަމަށް ހަދައިގެން ހުންނަނީ ރީޝަމްގެ އުފަލަށްޓަކައެވެ. ހަތް ވަނަ ދުވަހުގެ ރޭ މާއިލް އެގެއަށް އައީ ކޮތަޅެއް ހިފައިގެންނެވެ. މޫނުމަތީގައި ވަނީ ހިނިތުންވުމެކެވެ. ކިޔާން ފާޑަކަށް ބަލަން އޮތުމުން އެ ކޮތަޅު ކިޔާން އާއި ދިމާއަށް މާއިލް އެއްލިއެވެ.”އަނބިކަނބަލުންގެ ވެޑިންގް ޑްރެސް އާއި ގުޅޭ ސޫޓްއެއް.. ޗެކް ކޮށްލަ ބަލަ.” މާއިލް ހަމަޖެހިލަމުން ބުންޏެވެ. ނުބަލަން އޮވެފައި ވެސް ކިޔާން އެ އަންނައުނުތައް ނިއުޅާލިއެވެ.

 

އަމާން ކަމާއި އެކު ރީޝަމް އާއި ކިޔާންގެ ކައިވެނި ކުރެވުނެވެ. ހިތުގެ މަތީގައި އަތް އަޅައިގެން މާއިލް ވެސް ބައިވެރިވިއެވެ. ޕާޓީ އަށް މެހެމާނުން އަންނަމުން ދިޔައިރު ރީޝަމް އާއި ކިޔާން ނުހަނު ކައިރީގައެވެ. އެހެން ހުރުމަށް މަޖުބޫރު ކުރުވީ ވެސް މާއިލް އެވެ. ކޮންމެ މެހެމާނަކު ވެސް އެ ޖޯޑުގެ ފުރިހަމަކަމަށް ތަޢުރީފު ނުކޮށް ނުދެއެވެ. ހުދު ސޫޓް ގަޔަށް ހެޔޮވަރަށް ހުރި އިރު ކިޔާން ފެންނަނީ ފިރިހެންވަންތަ ގޮތަކަށެވެ. އިސްތަށިގަނޑު ވެސް ހިތްގައިމު ގޮތަކަށް ސްޓައިލް ކޮށްލާފައި ވެއެވެ. ރީޝަމް ވެސް ފެންނަނީ ކިޔާން އެކޭ އެއްފަދައިން ފުރިހަމަ ގޮތުގައެވެ. ހުދު ކުލައިގެ ވެޑިންގް ޑްރެސް ހުރީ އުނަގަނޑާއި ހިސާބަށް ގަޔަށް ހިފާފައެވެ. އަތް ދިގުކޮށް ހުރިއިރު ކޮނޑުން ތިރީގައި ވަނީ ލޭސް ފޮތިން ހަދާފައެވެ. އިސްތަށިގަނޑު ވެސް މިނިވަންކަމެއް ނެތި ހަދާލާފައި ވެއެވެ.

 

މީހުންތައް ގޮސް ހުސްވި އިރު ރީޝަމް ހުރީ ވަރުބަލި ވެފައެވެ. އެހާ ގިނައިރު ކޮޅަށް ހުންނަން ޖެހުމުން ފަޔަށް ވެސް ތަދުވެއެވެ. އެވަރުން ވެސް ހިތުގެ ތެޅުމަށް ބަދަލެއް ނާދެއެވެ. ބީޗް އަނދިރި ނުވެ އޮތީ އެމީހުން ޑިޒައިން ކުރި ފެއަރީ ލައިޓްސް ތަކުންނާއި އެހެން ވައްތަރުގެ ލައިޓް ތަކުންނެވެ. ދެލޯ މަރާލައިގެން ރީޝަމް އިނީ ގޮނޑިއެއްގައި އިށީނދެގެންނެވެ. ހަށިގަނޑުގައި ވާގި ހުރިހެން ހިއެއް ނުވެއެވެ. ރަން ކުލައިގެ އަލިން ރީޝަމްގެ މޫނު ފެންނަނީ ދެވަނަ ފަހަރަށް ވެސް ބަލާލަން މަޖުބޫރު ވާކަހަލަ ގޮތަކަށެވެ. ކިޔާން އަށް ވެސް ބަލަހައްޓައިގެން ހުރެވުނެވެ. ދާދި ކައިރިން މީހެއްގެ ހިލަން ވެގެން ރީޝަމް ދެލޯ ހުޅުވާލިއެވެ. ގޮނޑި ކައިރީގައި ދެޖީބަށް އަތްޖަހާލައިގެން ކިޔާން ހުރީ ރީޝަމް އާއި ދިމަ ބަލަންށެވެ.”ގެއަށް ދާކަށް ނުވޭތަ؟..” ސީރިއަސް ނަޒަރަކުން ބަލަން ހުރެ ކިޔާން އެހިއެވެ.

 

“އެންމެން ދާން ހިނގައްޖެ މިހާރު..” ރީޝަމް ވަށައިގެން ބަލަން ފެށުމުން ކިޔާން ބުންޏެވެ. އެބުނީ ވެސް ތެދެކެވެ. އެވަގުތު އެތާ ހަރަކާތްތެރިވަމުން ދިޔައީ މަސައްކަތް ކުރާ މީހުންނެވެ. ބީޗް ކުރިން އޮތް ގޮތަށް ހެދުމަށެވެ.”އޯހ..” ޖެހިލުންވެފައި ރީޝަމް ކޮޅަށް ތެދުވިއެވެ. ކިޔާން އެއްޗެއް ބުނުމުގެ ކުރިން ރީޝަމް އުޅުނީ ހީލްސްއަށް އެރުމުގައެވެ. އިށީން ގޮތަށް އެ ވެސް ބޭލީއެވެ.”ކިޔާން..” ރީޝަމް އެނބުރި އައި އިރު ކިޔާން ހުރީ ރާޅު ޖަހާ ހިސާބަށް ވުރެ ތަންކޮޅެއް ދުރުގައެވެ. ޖަވާބެއް ނައުމުން ރީޝަމް މަޑުމަޑުން ކިޔާންގެ އަތުގެ މުލައްދަނޑީގައި އަތް އަޅުވާލިއެވެ. ކުއްލިއަކަށް ކިޔާން އަތް ދުރުކޮށްލައިފިއެވެ.”ސޮރީ ރީޝަމް..” ކިޔާންގެ އަޑު މަޑު ވިޔަސް އެ އަޑުގައި ލޯބީގެ ގޮތެއް ނެތްހެން ރީޝަމްއަށް ހީވިއެވެ.

 

“އަހަރެން ބޭނުމެއްނޫން މިގޮތަށް ކައިރިވެގެން އުޅޭކަށް.. މިއީ އަހަރެން ހަމަޖެއްސި ކަމެއް ނޫން ރީޝަމް.. މާއިލް އަށް މުހިންމުވީ އަމިއްލަ އުފަލަށް ވުރެ ރީޝަމްގެ އުފާ.. އެހެންވެ އަހަރެން ކައިރީ އެދުނީ މިކަން ކޮށްދެން.. ސޮރީ..” ކިޔާން ބުންޏެވެ. ހުއްޓުން އެރި ގޮތަށް ރީޝަމްގެ ދެލޯ ވެސް ބޮޑުވިއެވެ.”އަހަރެންގެ ފަރާތުން އެއްވެސް ލޯބީގެ ކަމަކަށް އުންމީދު ނުކުރައްޗޭ.. ގެއްލުން ލިބޭނީ އަހަރެންގެ ހިތަކަށް ނޫން..ރީޝަމްގެ ހިތަށް..” ކިޔާންގެ ކޮންމެ ބަހެއް ވެސް ރީޝަމްގެ ހިތަށް ވަނީ ޒަހަރުގެ ގޮތުގައެވެ. ދާދި ދެންމެ އަކާއި ޖެހެންދެން ދެކެމުން އައި ހުވަފެން ވިއްސިވިހާލި ވެގެން ދިޔައީ ހިނދުކޮޅެއްގެ ތެރޭގައެވެ. ކިޔާން ރީޝަމް އާއި ދިމާއަށް އެނބުރުނެވެ. އެ ދެލޮލުގައި ކަރުނަތައް ގިނަވެގެން ދިޔައީ ކިޔާންގެ ކުރިމަތީގައެވެ.

 

އެވަގުތު ވެސް ރޯކަށް ރީޝަމް ބޭނުމެއް ނުވިއެވެ. ގަދަކަމުން ކަރުނަތައް ހިންދާލާފައި ފަސްއެނބުރި ދާން ހިނގައިގަތީ ކިޔާން ބަލަން ހުއްޓައެވެ. ހެދުމުގެ ފަސްބައި ބިންމަތީގައި ނުޖެހޭ ވަރަށް އުފުލާލައިގެން ހިނގައިގަތްތަން ބަލަން ކިޔާން ހުރީ ފެންކަޅިވެފައެވެ.”ކޮންތާކަށް ތި ދަނީ.. ގެ ހުންނާނި ތަޅުލާފަ..” ރީޝަމް ލޯ ކުރިމަތިން ގެއްލުމުގެ ކުރިން ކިޔާން ބުންޏެވެ.”އަހަރެން މި ދަނީ ކިޔާންގެ ގެއަކަށް ނޫނޭ..” ރީޝަމް ޖަވާބު ދީފައި އެދިޔަގޮތަށް ގޮސް އޮބާލައިފިއެވެ. ޕާޓީގެ ތެރެއިން ދެމީހުންގެ ހަތަރުކަޅި ހަމަވާ ވަގުތުގައި އެ ދެލޮލުން ފެނުނު ސާފު ތެދުވެރި ލޯބި ކިޔާންގެ ހިތަށް އައުމުން ދެލޯ މަރާލެވުނެވެ.

 

“ރީޝް! ފޮށި ބަލާތަ؟ ކިޔާން ބުނި މާދަމާ ގެންދާނީއޭ.. އެއްޗެއް މަދުވީތަ؟ ކޮބާ ކިޔާން..” ރީޝަމް ދޮރު ހުޅުވާލައިފައި އެތެރެއަށް ވަދެގެން ދާން ފެށުމުން އާނިޔާ އެހިއެވެ.”ނޫން.. އަހަރެން އުޅޭނީ މިގޭގަ..” ކޮޓަރިއަށް ވަންނަމުން ރީޝަމް ޖަވާބު ދިނެވެ.”އެ ކީއްވެ؟..” އާނިޔާ ހައިރާންވިއެވެ.”އެއީ.. ކަމެއް ނުވެ.. ދައްތަ ހާސް ނުވޭ..” ރީޝަމް އާނިޔާއަށް އަންގަން ބޭނުމެއް ނުވިއެވެ. ނުތަނަވަސް ވަނީ ކަންނޭނގެއޭ ހީވުމުން އާނިޔާ އެއްޗެކޭ ބުނަން އުޅުނެވެ. ނަމަވެސް ރީޝަމް ކޮޓަރިއަށް ވަދެ ދޮރު ޖަހައިފިއެވެ. އެވަގުތު ކިޔާން ގުޅަން ފެށިއެވެ.

 

“ރީޝަމް ދިޔައީ ތި ގެއަށް ދޯ؟..” ކިޔާން އެހެން އެހުމުން އާނިޔާ ދެބުމަ ކައިރިވިއެވެ.”ހްމްމް.. ރުޅި އައިސްގެން؟..” އާނިޔާ އެހިއެވެ.”ނޫނޭ.. ހެހެ.. އޯކޭ ވާނެ ރީޝަމްގެ ޗޮއިސް އެއް އެއީ.. އަހަރެން މަޖުބޫރެއް ނުކުރާނަން އިނގޭ ގެއަށް ގެންނާކަށް.. ފަހަރެއްގާ ނާވަސް ވެސް ވެދާނެ..” ކިޔާންގެ އަޑުން އާނިޔާއަށް މާޔޫސްކަން ފާހަގަވިއެވެ. އިތުރު އެއްޗެއް ނުބުނެ ކިޔާން ފޯނު ކަނޑާލިއެވެ. މަޑުމަޑުން ހުރިހާކަމެއް ހަމައަކަށް އެޅޭނެކަމަށް ނިންމަމުން އާނިޔާ ކޮޓަރިއަށް ވަނެވެ. ކޮޓަރިއަށް ވަތް އިރު ހާނިމް ދައްކަން ފެށި ވާހަކަ އިވުމުން އަނިޔާއަށް މަޑުޖެހެވުނެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Baby Devil

Level 610 Stories100 Stories

Other Articles

Previous

ހިރާސް (އިއުލާން)

Next

ލޯބި ވެވުމުން 15

Next
March 12, 2022

ލޯބި ވެވުމުން 15

Previews
March 11, 2022

ހިރާސް (އިއުލާން)



All Right Reserved!