ވީމޭ އިންތިޒާރުގައި – 22
“އެލީ..” އެލީޒާއަށް ވީ ގޮތުން ރީހާން އަށް ހެވުނެވެ.”އެހެން ހުންނާނީ ރީހު އޯލްޑް ވާ ދުވަހުން ވެސް އައި ބެޓް..!!”ޔަޤީންކަން އެކުލެވޭ އަޑަކުން އެލީޒާ ބުންޏެވެ.”އެބަ ވިސްނަން ޕްލާސްޓިކް ސާޖަރީ އެއް ހަދަން..” އެލީޒާ ހުއްޓުމެއް ނެތި ތަޢުރީފު ކުރަން ފެށުމުން ރީހާން ބުންޏެވެ.”ނޯ ނޯ!..” ވަގުތުން އެލީޒާ ދެކޮޅު ހެދިއެވެ.”އެލީއަށް ޔަމާން އެހާ ކަމު ދަންޏާ މެރީ ކުރަން ވީއެއްނު..” ރީހާން އެއްލޯ މަރާލިއެވެ. އެ ލާނެއް ކަމާއި ހެދި އެލީޒާ މޫނު ބަނަވެގެން ދިޔައެވެ.”އިއު ރީހޫ!! އެ ހާދަ ބޮޑު މީހެކޭ!!..” ލަދުގަތް ވަރުން އެލީޒާގެ އަޑު ވެސް ބާރުވިއެވެ. އިތުރަށް ރީހާން ފެށީ ހޭންށެވެ. އެ ސަކަރާތެއްގައި އުޅެނިކޮށް ދެމީހުން ވެސް މަޑުޖެހުނީ ރީހާންގެ ފޯނު ރިންގްވާން ފެށުމުންނެވެ. އަރާފައި އިން ނަމަކުން ރީހާން ހިނިތުންވި ނަމަވެސް އެ ހިނިތުންވުމާއި ނަމުން އެލީޒާ ހިތް ހީވީ ހަލާކު ކޮށްލި ހެންނެވެ.
**22 ވަނަ ޕާޓު**
“ހަނާ..” ސްކްރީންއަށް އަރާފައި އިން ނަން އެލީޒާއަށް ކިޔާލެވުން އިރު ރީހާން ފޯނު ނަގާ ކަންފަތުގައި ޖަހާލައިފިއެވެ.”ހެއި..” ހިތްހަމަ ޖެހިފައި ހުރެ ރީހާން ގޮވާލިއެވެ.”ވަރަށް ބޮޑަށް ސޮރީ.. އަހަރެން ރީހު މަތިން ހަނދާން ނުނެތޭ އިނގޭ.. ބިޒީކޮށް އުޅެމުން ހަމަ ހަބަރެއް ނުވެވެނީ.. ހޯޕް ޔު އަންޑަރސްޓޭންޑް..” ދެރަވެލާފައި ހަނާ މަޢާފަށް އެދުނެވެ.”މީޓް ވާން ހިނގާ ދޯ؟..” ހަނާ އެދުނެވެ.”އޯކޭ ކޮން އިރަކުން.. މިހާރު ނުވާނެ އިނގޭ.. ތަންކޮޅެއް ފަހުން..” ރީހާން އެހެން ބުނުމުން ހަނާ ބުނީ އެއީ މައްސަލައެއް ނޫން ކަމަށެވެ. ހަޤީޤަތުގައި ހަނާއަށް ރަނގަޅީ ވެސް ވީހާ ބޮޑަކަށް ލަސް ވީނަމަ އެވެ. އެހާ ހިސާބުން ހަނާ ކޯލް ކުރުކޮށްލީ އެހެންވެ އެވެ.
“އައި ފީލް ގިލްޓީ ނައު..” ޒާން އަށްޓަކައި ނަމަވެސް މި ކުރެވެނީ ރަނގަޅު ކަމެއް ނޫނޭ ހަނާގެ ހިތް ބުނާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. ޒާން ނުބުނެ އުޅެނިކޮށް ރީހާން އާއި ވާހަކަ ދައްކާލާ ހިތްވީ އެ ޒުވާނާއަށް ދެރައެއް ދެވުމުން ހިތަށް ވަތް ހަމްދަރުދީގެ ސަބަބުންނެވެ. ޒާން ނޫނަސް އެހެން މީހަކު ބުނެގެން ވިޔަސް ކުރެވެން ޖެހޭނީ ރަނގަޅު ކަންތަކެވެ. އެހެނަސް ޒާންގެ ލޯބީގައި ދީވާނާ ވެފައި ވާ ވަރުން ހަނާ ބޭނުން ވަނީ ޒާން ރުހޭ ގޮތަކަށް ކަންތައް ކުރާށެވެ. މިފަހަކަށްއައިސް ޒާންގެ ލޯބިވެރިއެއް ހުންނަކަން އިނގުން ހިސާބުން އެކަހަލަ ކަންތަކަށް ފޯރި ހުންނަނީ މާ ވަރަކަށެވެ. ނޭނގުނު ކަމަކީ ޒާން ލޯބިވަނީ ލިއީޝް ދެކެ ކަމެވެ. ހަނާ އޭނަ ދެކެ ލޯބި ވާކަން އިނގި އެކަމުގެ ނާޖާއިޒު ފައިދާ ޒާން ނެގަނީއެވެ. އޭނާގެ ބޭނުމަކަށްވީ އެހެން މީހުންގެ ދިރިއުޅުން ހަލާކު ކޮށްލައިގެން ވެސް އަމިއްލަ މުސްތަޤްބަލް އުޖާލާ ކުރުމެވެ.
“ރީހުގެ ލޯބިވާ ދޯ؟..” ރީހާން ފޯނު އެނދުމައްޗަށް އެއްލާލިތަން ފެނުމުން އެލީޒާ އެހިއެވެ. އެހިނދު ރީހާންގެ ކޮޓަރިން ފެނުނު ލޯބީގެ ކާޑު މަތިން އެލީޒާ ހަނދާން ވިއެވެ. “ނޫނޭ ފްރެންޑެއް.. ވަރަށް ފަހަކުން ދިމާވި ކުއްޖެއް އެއީ.. ޝީޒް އަ ގުޑް ފްރެންޑް..” ރީހާންގެ ދުލުން އެ ނުދަންނަ އަންހެން ކުއްޖާއަށް އޮހުނު ތަޢުރީފުގެ ސަބަބުން އެލީޒާގެ ހިތުގައި ހަސަދައިގެ އޮއިވަރެއް ދުވެލިއެވެ.”އޯހ..” ނުރުހުން ވެފައި އެލީޒާ ދުރު ބަލާލިއެވެ.”ރުޅި އައީތަ؟..” އެލީޒާ ހެދި ގޮތުން ރީހާން އެއްބުމަ އަރުވާލިއެވެ. ލަދުން ހަލާކު ނުވީ ކިރިޔާއެވެ. އެލީޒާގެ މޫނުކޮޅު ފެނުންނަމަ ރީތިކޮށް ބޭޒާރު ވާނެކަން ޔަޤީނެވެ. އެހެން ހެދީ އެއްގޮތަކަށް ވެސް ރީހާންއަށް ދެއްކުމުގެ ބޭނުމުގައެއް ނޫނެވެ.
ލަހުމާ އާއި ހެދި މޫނު ކުނި ކޮށްގެން ލިއީޝް ބަލަން އިނީ ދުރެވެ. ހިތުގައި އުފެދިފައި ހުރި ހަމަނުޖެހުމުގެ ސަބަބުން ޒާން ހޭ ނާރާ ވޭތޯ ވެސް ދުޢާ ކޮށްލެވުނެވެ.”ލިއީ އެއްޗެއް ކާލަން އުޅޭ..” ދަރިފުޅު މާ ގިނައިރު ވަންދެން އެއްދިމާ އަކަށް ބަލަން އިނުމުން ލަހުމާގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. އޭނާއަށް ބުނެވުނު އެއްޗެއްގެ ސަބަބުން ހިތްހަމަ ނުޖެހުނީ ބާއޭ ހިތަށް އެރިއެވެ.”ނެތް ކާ ހިތެއް..” ވަރުބަލި ކަމާއި އެކު ލިއީޝް ދެލޯ މަރާލައިގެން އޮތެވެ. ހަމަ އެއާއިއެކު ދެލޯ ބޮޑުކޮށްލި ގޮތަށް ލިއީޝް ފުންމައިގެން ތެދުވިއެވެ. ވީ ގޮތެއް އަމިއްލަ ނަފްސަކަށް ވެސް ނޭނގުނެވެ. އިނގުނު ހާ ވެސް ކަމަކީ ދެލޯ މެރުން ގަޑީގައި ބޮލަށް އުނދަގޫވި ކަމެވެ. ފާޑަކަށް މޭ ނުބައި ވެސް ކުރިއެވެ. ޒާން ހޭ އެރީ އިރުކޮޅެއް ފަހުންނެވެ. ވީ އުފަލުގެ ބަދަލުގައި ލިއީޝްގެ ހިތް ފުރާލީ ފޫހި ކަމުންނެވެ. ޒާން އޭނާއާއި ވާހަކަ ދައްކަން ފެށުމުން އިތުރަށް ބޮލުގައި ރިއްސަން ފެށިއެވެ.
ނިދަން ދަނީއޭ ބުނެފައި ލިއީޝް ދިއުމުން ޒާން ހިފަހައްޓައިގެން އިން ރުޅިގަނޑު ފަޅައިގެން ދިޔައެވެ. ބާރު ލާފައި ޒާން ޖެހި އެތިފަހަރު އަމާޒު ކުރީ ބާލީހަށެވެ. ޒާން ހަދާ ގޮތް ބަލަން އިން ލަހުމާ ވެސް ދެފަރާތަށް ބޯ ހޫރާލިއެވެ.”މަށަށް ޔަޤީނޭ އެ ހުރިހާ ބަދަލެއް އައިސްގެން އެ އުޅެނީ ރީހާން އައިސްގެން..” ދެބުމަ ކައިރި ކޮށްލައިގެން ޒާން އިނީ ރުޅި އައިސްފައެވެ.”ޒާން ހަމަޖެހިބަލަ.. ޑޮކްޓަރ ބުނީ މަޑުން އޮންނަން.. ތިހެން އުޅެނިކޮށް ކަމެއް ވިއްޔާ ކިހާ ދެރަ؟..” ލަހުމާ ހާސްވީ ޒާންގެ ހާލަތު ދައް ވެދާނެތީއެވެ. ލަހުމާ ބުނި ބަހަށް ބޯ ޖަހާލާފައި ޒާން އޮށޯތް ނަމަވެސް ސިކުނޑީގައި މޮޅު ރޭވުމެއް ރާވާލީ ބަސްބުނާހާ ހިނދުކޮޅެއްގެ ތެރޭގައެވެ. ޒާން މާ ހެވިފައި އޮންނަން ފެށުމުން ލަހުމާއަށް ވެސް އެކަހަލަ އެއްޗެއް ހީވެގެން އަހާލިއެވެ.”ކަމެއް ޕްލޭން ކޮށްލީ ދޯ؟..” ލަހުމާގެ ސުވާލަށް ޒާން ވިހަ ހިނިތުންވުމަކާ އެކު ބޯ ޖަހާލީއެވެ. އިތުރަށް ބުނި އެއްޗަކީ އެކަން ކުރެވޭނީ ހޮސްޕިޓަލުން ސަލާމަތް ވެގެން ކަމެވެ. އެ ކުރަން އުޅޭ ކަމެއް ޒާން ފިޔަވައި ދެނެވޮޑިގެންވާނީ މާތް ﷲ އެވެ.
އެލީޒާއަށް ޔަމާންގެ ފޮޓޯ ދެއްކި އިރުން ފަށައިގެން ހުންނަނީ ހެވިފައެވެ. ޔަމާންއަށް އެލީޒާގެ ހިތް ހެޔޮވާން ރީހާން ބޭނުމެއް ނޫނެވެ.”އެލީ..” ދެބުމަ ގޮށްޖަހާލައިގެން ރީހާން އައިސް އެލީޒާ ކޮލުގައި ހިފާ ދަމާލިއެވެ. އެ ކޯ ޗަބީ ކަމުން ރީހާން އަށް ވެސް ހިނިތުން ވެވުނެވެ.”ދެރަ ކަމެއްނު..” އުފާ ވިކަން ނުދައްކަމުން އެލީޒާ ތުންކޮޅު ދަމާލިއެވެ.”ނިދަން ބޭނުން ވެއްޖެ.. ދަނީ..” އެލީޒާގެ ކޮލުން ދޫކޮށްލާފައި ރީހާން އެނދާއި ދިމާއަށް ހިނގައިގަތެވެ. އަދިވެސް ފުދޭވަރެއްގެ ހިތާމައެއް ރީހާންގެ މޫނުމަތިން އެލީޒާއަށް ފާހަގަވެއެވެ. އިތުރު ސިއްރުތައް ހޯދައި ރީހާންއަށް އެހީވުމަކީ އެލީޒާ އެންމެ ކުރަން ބޭނުންވާ ކަމެވެ. އެހެނަސް ޖަވާބު ބޭނުން ވެގެން އަހައިފިނަމަ ރީހާން އުޅޭނީ އެކަން ފޮރުވަންށެވެ. ހުރިހާ ހިތާމައެއް އެކަނި ކުރާ ހިތްވަނީ ކަންނޭނގެއެވެ.
ރީހާން އެނދުގައި އޮށޯތްތަން ބަލަން އޮވެފައި އެލީޒާ ފުން ނޭވާއެއް ލިއެވެ. ކިތަންމެ ފަހަރަކު ރީހާން ކައިރީ ސިކުނޑިއަށް ބާރު ބޮޑު ނުކުރަން ބުނަން ބޭނުންވިއެވެ. އެކަމަކު ރީހާންގެ ހިތަށް ކުރާނެ އަސަރާއި ފޮރުވަން އުޅޭ އުޅުމުން އެލީޒާ ޖެހިލުންވަނީއެވެ. އުންމީދު ކުރަނީ ރީހާންއަށް ވާ ވަރަކުން ހުރިހާ ވާހަކައެއްވެސް އެލީޒާއަށް ކިޔާދޭނެ ކަމަށެވެ. ބައެއްފަހަރު ގަސްތުގައި ނުބުނަން އުޅޭ ހެންވެސް ހީވެއެވެ. ރީހާންގެ ސިއްރު ގޮތްގަނޑު ގެ ސަބަބުން އެލީޒާ އަށް ވިސްނާލަން މަޖުބޫރު ވަނީއެވެ. ޔަމާން އާއި މެދު ރީހާން ހިތް ގޯސް ސަބަބު ވެސް އޮޅުން ފިލުވަން އެލީޒާ ބޭނުންވީ އަމިއްލަ ބައްޕަ އާއި ދިމާއަށް އަމާޒުކޮށް ގޮވި އަސަރެއް ނެތް ބަސްތަކުންނެވެ.
“ޒާން ކިހިނެއްތަ؟..” އެނދުގައި އޮށޯވެ ދެލޯ މަރައިގެން އޮތް ޒާން ދެލޯ ހުޅުވާލީ ހަނާގެ އަޑު ޖެހުމުންނެވެ. އެ ޕްރައިވެޓް ރޫމްގައި ހަނާ ނޫނީ އިތުރު މީހަކު ފެންނާކަށް ނެތެވެ. ލަހުމާ ދިޔަކަން މި އިނގުނީ އަދި ކިރިޔާއެވެ.”ރަނގަޅެއް ނޫންކަން އެބަ އިނގެ އެއްނު ބަލާލާފަ ވެސް..” އެ އޮތްގޮތަށް އޮވެ ޒާން ޖަވާބު ދިނެވެ.”ކޮބާ ލިއީ..” ހަނާ އެހެން އަހާނީ ހަސަދަވެރި ވެގެންކަން ޒާންއަށް ރަނގަޅަށް އިނގެއެވެ.”ބޮލަށް ތަދުވާތީ ގެއަށް ކަންނޭނގެ ދިޔައީ ނިދަން..” ޒާން ބުންޏެވެ. އެވަގުތު ހަނާގެ މޫނު މަތިން ފޫހިކަން ފެނުނެވެ.”ކޮންކަހަލަ ލޯތްބެއްތަ؟ ޒާން ބަލިވެ އޮންނަ އިރުވެސް އެ ދިޔައީ އެއްނު ގުގުރިދަމާފަ ނިދަން.. ހުއް.. ވަރަށް ފޫހިވޭ..” ހަނާ އަމިއްލަ ނަފްސާއި ވާހަކަ ދެއްކިއެވެ.”ނަސީބެއްނު ދޯ އަހަންނަށް އާދެވުނު ކަން؟! އެހެން ނޫންނަމަ ޒާން ފޫހި ވެގެން ކަންނޭނގެ ހާލު ބޮޑުވާނީ.. އެންމެ ބޭނުން ޖެހޭ ވަގުތު ނުހުންނާނެ މުހިންމު މީހުންނެއް..” ވައްބަހުން ހަނާ ލިއީޝް އާއި ދިމާއަށް ބުންޏެވެ.
އެކަން ޒާންއަށް އިނގުނެވެ. ފާޑަކަށް ހިނިވެސް އައެވެ. އޭނަ ދެކެ ވަރެއްގެ ލޯތްބެއް ވާ އަންހެނެކޭ ހިތަށް އެރިއެވެ.”ދޯ..” ހަނާގެ ބޮލަށް އެރެލަން ވެގެން ޒާން އެއްބައި ވިއެވެ.”ސުވާލެއް އަހާލަންށޭ މި އައީ.. ކޮށްލަންތަ؟..” ހަނާ އިށީނެވެ. މަޑުމަޑުން ޒާން ބޯ ޖަހާލިއެވެ.”ކީއްވެތަ ރީހާންއަށް ގެއްލުން ދޭން ތި އުޅެނީ.. ލިއީޝް ދެކެ ލޯބި ވާތީ؟..” ހަނާ އެހީ އުންމީދު ކުރި ކަހަލަ ސުވާލެއް ނޫނެވެ. ހިނދުކޮޅަކު ބަސް ހުއްޓިފައި ޒާންއަށް އިނދެވުނެވެ.”ބިކޯޒް އައި ހޭޓް ހިމް..” ފޫހިވެފައި ޖަވާބު ދިން ގޮތުން ހަނާއަށް ވެސް ޤަބޫލު ކުރެވުނެވެ.”ކީއްވެކަން އަހާލެވިދާނެތަ؟..” ޒާން ކިޔާދޭ ހިތެއް ނުވިއެވެ. އެވަގުތު ލަހުމާ ދޮރު ހުޅުވާލާފައި ވަދުމުން ހަނާއަށް އިތުރު ސުވާލެއް އަހާކަށް ނުކެރުނެވެ.
★★★
“ރީޝަމް އާ މެރީ ކޮށްދީ..” މާއިލްގެ ޖުމްލައިން ކިޔާން ދިޔައީ އެއްލިގެންނެވެ. ދަންވަރު ގަޑީގައި ކުއްލިއަކަށް ގުޅާފައި ބައްދަލު ކުރަން އެދުނީ މިވާހަކަ ބުނަން ކަމަކަށް ކިޔާން އުންމީދެއް ނުކުރެއެވެ.”ވަޓް؟ މޮޔަވީތަ މާއިލް..” ސިހުނު ވަރުން މާއިލްގެ ކޮނޑުގައި ހިފާ ކިޔާން ތަޅުވައިގަތެވެ.”އާނ އަހަރެން މޮޔަ ވެއްޖެ.. އެކަމް ޕްލީޒް.. ރީޝް ކިހާ ދެރަވެފަ އެ ހުންނަނީ؟..” މާއިލް ހިތަށް އަސަރު ކޮށްގެން އުޅޭ ސަބަބު ހާމަ ކޮށްލިއެވެ.”ރީޝް ކިޔާން ދެކެ ލޯބިވާކަން އިނގުމަށްވުރެ އަހަރެން މާ ދެރަވޭ ރީޝް ހިތާމަ ކުރާތަން ފެނުނީމަ..” މާޔޫސް ކަމާއި އެކު މާއިލް އެދެމުން ދިޔައެވެ.”ތިއަށްވުރެ މުހިންމު ސުވާލެއް ކޮށްލަންތަ؟ ތިހެން ދުލުން މެރީ ކުރާށޭ ބުނަން ފަސޭހަ ވިޔަސް އެވަގުތު މާއިލް އަށް ކެތް ވާނެތަ؟..” ކިޔާން ކިތަންމެ ބޭނުން ވިޔަސް މިއަދު މާއިލް ދެރަ ކުރާކަށް ބޭނުމެއް ނުވިއެވެ.
“ކީއްވެ ކެތް ނުކުރެވެންވީ.. ރީޝް ކިހާ އުފާ ވާނެ.. އޭނަ ވެސް ކިޔާން އާ މެރީ ކުރަން ބޭނުންވާނެކަން ޔަޤީން..” ހިތާމަވެރި ހިނިތުންވުމަކާއި އެކު މާއިލް ބުންޏެވެ.”ދެން ދޭ ނިދަން.. އަހަރެންވެސް ދަނީ..” ކިޔާން ކޮޅަށް ތެދުވިއެވެ.”ޖަވާބެއް ދީބަލަ.. ނޫނެކޭ ނުބުނައްޗޭ..” މާއިލް އަޑީގައިވާ ސީރިއަސް ކަމުން ކިޔާން ހިތް އެކަށް މާޔޫސް ވިއެވެ. އެހާ އާދޭސް ކުރަން ފެށުމުން ނޫނެކޭ ބުނަން ކިޔާން ނުކުޅެދުނެވެ.”ވިސްނާނަން..” ކިޔާން އިރުކޮޅަކު ހުރެފައި ޖަވާބު ދިނެވެ. ހިނިތުންވުން ފުންކޮށް ލާފައި މާއިލް ބުނީ ރަނގަޅު ޖަވާބަކަށް އުންމީދު ކުރާ ވާހަކަ އެވެ. އިތުރު އެއްޗެއް ނުބުނެ ކިޔާން ގެއަށް ދާން މިސްރާބު ޖެހިއެވެ. އެރޭގެ ނިދި ވެސް ދެން އޭނާއަށް މަރުހަބާ ނުކިޔާނެ އެވެ.
ރީޝަމް ދަތުރު އައިފަހުން އުޅުން ގޮތް ކިޔާންގެ އިތުރުން މާއިލްއަށް ވެސް ފެނުނެވެ. ކިތަންމެ އުފާވެރިކޮށް އުޅުނަސް އެ ހިތް ހަލާކުވެފައިވާ ވަރު ދެމީހުންނަށް ވެސް އިހުސާސް ކުރެވެއެވެ. މަގުމަތިން ދާއިރު ކިޔާން އަކީ ނެތް މީހެއް ކަމަށް ހެދިޔަސް މާއިލް އާއި ދިމަ ބަލާލަނީ ހަމްދަރުދީގެ ނަޒަރަކުންނެވެ. އެ ހިތްވަރަށް ރީޝަމް އާއި މެދު ކިޔާން ފަޚުރުވެރި ވިއެވެ. ކޮންމެ ފަދަ ހިތާމައެއްގަ ވެސް ކެތް ކުރަން ކެރޭ ކުއްޖަކަށް ވީތީއެވެ. މިރެއާއި ޖެހެންދެން މާއިލް ކިޔާން އާ ވާހަކަ ނުދައްކާ ހުރެފައި ވާހަކަ ދެއްކީ މިރެއެވެ.ޚާއްޞަކޮށް ކުއްލިއަކަށް އެކަހަލަ އެދުމެއް ހާމަ ކުރީމައި ކިޔާން ހުރީ ކޮންމެވެސް ވަރަކަށް ޖެހިލުންވެފައެވެ.
ހެނދުނު އެކުވެރިއެއްގެ ގެއަށް ދާން ނިކުތް ރީޝަމްއަށް ހުއްޓެން މަޖުބޫރު ވީ ދެއަތް ޖީބަށް ޖަހާލައިގެން ހުރެ ގެއަށް ވަންނަން ފިޔަވަޅު ނެގި ކިޔާން ފެނިފައެވެ. އެ ރީތި މޫނު މަތިން ހިނިތުންވުމުގެ ބަދަލުގައި ފެންނަނީ ސީރިއަސް ކަމެވެ.”ދައްތަ އެބަ އުޅޭތަ؟..” ރީޝަމް ފެނުމުން ކިޔާން އަހާލިއެވެ.”ލައްބަ..” ޖަވާބު ދީފައި ވަގުތުން ރީޝަމް ގެއިން ނިކުތީ އެވެ. ސަލާމް ގޮވާލާފައި ކިޔާން އެތެރެއަށް ވަތް އިރު އާނިޔާ ވެސް ހިނިތުންވެލިއެވެ.”ހާދަ ދުވަހެއް ފަހުންނޭ މި ފެނުނީ.. ރީޝް ވެސް ދެންމެ އެ ދިޔައީ ލައުރާ މެންގެއަށް.. ކޮބާ މާއިލް؟ މާއިލް ވެސް މިހާރު ހަމަ އެއްގޮތަކަށްވެސް ނުފެނޭ.. ރީޝް އާއި ދިމާ ނުވޭ؟..” އާނިޔާ ކުޑަކޮށް ޝަކުވާ ކޮށްލިއެވެ.”މި އައީ ދައްތަ އާއި ވާހަކަ ދައްކަންށޭ.. ނަސީބެއް ރީޝް ދިޔަ ކަން..” ނުފެނި ހުރެފައި ކުއްލިއަކަށް އައިސް ކިޔާން މާ ސީރިއަސް ވެފައި ހުރުމުން އާނިޔާ ނުތަނަވަސް ވިއެވެ.”އެހެންތަ؟.. އަވަހަށް އިށީނދޭ..”
ހާނިމް ނިދާފައިކަން ޔަޤީންކޮށްފައި އާނިޔާ އައެވެ.”މިއުޅެނީ ރީޝަމް އާއި ބެހޭ ގޮތުން ކުޑަ ވާހަކައެއް ބުނަން ވެގެން..” ކިޔާން ފުން ނޭވާއެއް ދޫކޮށްލިއެވެ. ބުނަން އުޅޭ ވާހަކައިގެ ބަރުދަން ނޭނގިގެން އާނިޔާ ހިތް އަވަސް ވެއްޖެއެވެ. ކިޔާންގެ މޫނުމަތިން ވެސް ފާޑަކަށް ޖެހިލުންވުން ފެނުނެވެ.”ދައްތާ އަހަރެން އެންމެ ރަނގަޅުތަ ރީޝް އަށް؟..” ކިޔާން އެހިއެވެ.”ތިބުނީ؟..” ކިޔާން ބުނިއެއްޗެއް ސާފުކޮށްލަން އާނިޔާ ބޭނުންވިއެވެ.”ރީޝަމް އާއި އަހަރެން ގުޅޭހޭ؟ މިބުނީ މެރީ ކުރަން..” ނުތަނަވަސްކަމާއި އެކު ކިޔާން އެހިއެވެ. އާނިޔާ ދެލޯ ބޮޑުވި ގޮތަށް ހަމަ އަސްލަށްހޭ އަހާލައިފިއެވެ. ކިޔާން ރޭ ނުވެސް ނިދައި އޮވެގެން އެކަމާއި ވިސްނިއެވެ. އެންމެ ރަނގަޅު ގޮތަކަށް ފެނުނީ އާނިޔާގެ ކައިރިން ލަފާ ހޯދުމެވެ.
“ދައްތައަށް ކިޔާން އިނގޭ ގޮތުގައި ވަރަށް ރަނގަޅު ކުއްޖެއް ތީ.. ރީޝަމްގެ އެހާ ގިނަ އެކުވެރިންނެއް ނުތިބޭނެ.. ދައްތަ ބޭނުމެއް ނުވޭ މާ ގިނަ އެކުވެރިން ތިބޭކަށް ވެސް.. ރީޝް މިހާތަނަށް އެއްވެސް ގޯސް އެކުވެރިއެއް ނުހޯދާ.. އެހެންވެ ދައްތައަށް ޔަޤީން ކިޔާންގެ އަޚްލާޤް ވެސް ރަނގަޅުކަން..” އާނިޔާ ވާހަކަ ދެއްކިއެވެ. ކުޑަ ހިނިތުންވުމެއް ވެސް އިނެވެ.”ތި ބުނީ އަހަރެން ރީޝަމް އާއި މެރީ ކުރަން ދައްތަ އޯކޭއޭ؟..” އާނިޔާގެ ވާހަކަ ކިޔާން ހީކުރި ގޮތާއި ޚިލާފަށް ހުރުމުން ކަންބޮޑުވިއެވެ.”ހޫމް..” އާނިޔާ އިނީ ހީނލައިގެންނެވެ. އެ ހިނިތުންވުމުގައި އުފާވެރިކަމާއި ލާނެއްކަން ވެސް އެކުވެފައި ހުއްޓެވެ.”ވަރަށް ގުޅޭ..” ކިޔާން އަށް އުނދަގޫ ވިއެވެ. ހީކޮށްގެން މިހުރީ އާނިޔާ ދެކޮޅު ހަދާނެ ކަމަށެވެ.
“ވަރަށް އުފާވެއްޖެ.. ކޮން ދުވަހަކުން މެރީ ކުރަނީ..” ރަނގަޅަށް ނުވިސްނިގެން އުޅެނިކޮށް އާނިޔާ ބުންޏެވެ. މާއިލް އަށް ވާނެ ގޮތެއް ވިސްނަން އިންދައި މީހަކު ދޮރު މައްޗަށް އެރިހެން ހީވެގެން ކިޔާން ބަލާލިއިރު އާނިޔާ އައުމަށް އިޝާރާތް ކުރަނީއެވެ.”މި ދައްކަނީ ކިޔާން އާއި ރީޝް މެރީ ކުރާ ވާހަކަ.. ގުޅޭ ދޯ؟..” މާއިލް ހުރީ ހުއްޓުން އަރާފައެވެ. އެކަމަކު ހިނިތުންވިއެވެ.”ދަނީ އިނގޭ..” ކިޔާން އަވަސް އަވަހަށް މާއިލް ގޮވައިގެން ނިކުތެވެ.”އަހަރެން ރޭ ވަރަށް ވިސްނިން. ރީޝަމްގެ ދައްތަ ކައިރިއަށް ޚިޔާލެއް ހޯދަން ދިޔައީ.. ހިއެއް ނުކުރަން އެއްބަސް ވާނެ ކަމަކަށް..” ދެރަވެގެން ކިޔާން ބުންޏެވެ.”އަހަރެން ވެސް ދިޔައީ ރީޝް އާ ރީޝްގެ ދައްތަ ކައިރިއަށް ކިޔާން އޯކޭ ވިއްޔާ ހުރިހާ ކަމެއް ހަމެޖޭހެނެ ކަމަށް ބުނަން..” މާއިލް އެހެން ބުނުމުން ކިޔާން މޫނުމަތިން ހިތްހަމަ ނުޖެހުން ފެނުނެވެ. ކިޔާން އޭނަގެ ހާލައި މެދު ކަންބޮޑުވާނެކަން އިނގުމުން މާއިލް ވާހަކަ ބަދަލު ކޮށްލިއެވެ.
އިރުކޮޅެއް ނުވެ ރީޝަމް ވެސް އަންނަތަން ފެނެއެވެ. ހުއްޓިފައި ފަހަރަކު މީހަކަށް ބަލާލާފައި ރީޝަމް އިސްޖަހާލިއެވެ. އެތާ ހުންނަން ވެސް ބޭނުން ނުވީ ކަންނޭނގެ އެވެ. އަވަސް ފިޔަވަޅު ތަކެއްގައި ގޭތެރެއަށް ވަދެގެން ދިޔަތަން ބަލަން މާއިލް ހުރީ ހިނިތުންވެގެންނެވެ. ކިޔާން މޫނުމަތިން ހާސްކަން ފެންނަން ހުއްޓެވެ.”ރީޝް.. އަންގާ ވެސް ނުލާ ބަލާބަލަ..” ރީޝަމް ވަތް ތަނުން އާނިޔާ ބުންޏެވެ.”ކޮން ކަމެއްތަ އަންގާ ނުލަނީ..” ވާނުވާގައި ހުރެފައި ރީޝަމް އެހިއެވެ.”ކިޔާން އެ ބުނީނު މެރީ ކުރަނީ އޭ..” ފޯރިއާއި އެކީގައި އާނިޔާ އެހެން ބުނުމުން ރީޝަމްގެ ބޮލަށް އެނބުރުން އަރައިގަތެވެ.”އެހެންތަ.. ކާކު؟..” ރީޝަމް ދެލޮލަށް ކަރުނަ ޖަމާވިއެވެ.”ހާދަ މޮޅޭ ނޭނގޭ ކަމަށް ހަދަން.. ތި ދެމީހުންގެ ވެޑިންގް އަށް އެދިގެން ކިޔާން ދައްތަ ކައިރިއަށް އައީ..” އާނިޔާގެ ޖުމްލައިން ރީޝަމްގެ ހުރިހާ ކަރުނަތައް ހިނދި ހީވީ ހާޓް އެޓޭކެއް ޖެހުން ހެންނެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


