“އަހަރެންގެ ޢުމުރު މިދަނީ ހުސްވަމުން…އަހަރެންގެ ފައިސާއާއި މުދާ އެބަހުރި.. މި ކުންފުނި ސަލާމަތްކުރާ މީހަކީ އަހަރެންނަމަ، އަހަރެން ބޭނުން، އަހަރެންގެ ލޭ މިކުންފުނީގެ ބަޔަކަށް ހަދަން” ނަސީރުގެ ބަހަށް ތިން މީހުން އެކީ އެއްކޮށް ނަސީރަށް ބަލައިލިއެވެ. “ތިބުނީ؟” ނަސީރު ބުނި ބަހުން ވާނުވާ ނޭނގި މިއުވާން އަހައިލިއެވެ. “އަހަރެންގެ ދަރިފުޅު ޔޫޝާއާއި ރަޒާން އިންނަންވީ” އެ ބަސްތަކުން ރަޒާން ގެ ކަންފަތަށް ހޮނު ގުގުރި އެޅިފަދައެވެ. ދެވަނަ ސިކުންތުގައި އޭނާ ރުޅިވެރިކަމާއެކު ނަސީރަށް ބަލައިލިއެވެ. ތިން […]
“ޕްރައުޓް އޮފް ޔޫ.ޔޫ ލުކް ގުޑް..އެންޑް ލަވް ޔޫ ލޮޓް..ޤަމަރަލް ޢައިން” އެގްޒެކެޓިވް ޗެއަރމަން އޮފީހުގެ ގޮނޑީގައި އިށީނދެ އިން ރަޒާން އެ ފޯނުގެ ސްކްރީނަށް އަރައިފައި އިން މެސެޖު އިރުއިރުކޮޅާ ކިޔާލިއެވެ. އޭނާގެ މޫނު މަތީގައިވާ ހިނިތުންވުމުން، އެ ހިތަށް ލިބިފައިވާ އުފާވެރިކަން ހާމަވެގެން ދެއެވެ. އޭނާ ފޯނު ތިރިކޮށްލައި، މޫނު މަތިން ހިނިތުންވުން ފޮރުވައިލަން މަޖޫބޫރުވީ މީހަކު ދޮރުގައި ޓަކި ޖެހިއަޑު އިވިފައެވެ. “ވަދޭ!” ހަށިގަނޑު ތެދުކޮށްލުމަށްފަހު ރަޒާން އިޖާބަ ދިނެވެ. އޮފީހުގެ ތެރެއަށް […]
“ރޫޔާ…އަހަރެން ދެން ކިހިނެއް ހަދަނީ؟” ރަޒާންގެ ކުރެހިފައިވާ އަޑު އިވުނު ރޫޔާގެ ހިތަށް ތަދުވީ އިންތިހާއަށެވެ. އެ އަޑުގައިވާ ހިތާމަތަކާއި ތަދުތަކުން ރޫޔާގެ ދެލޯވެސް ފެންކަޅިވިއެވެ. އެހެނަސް ރޫޔާ އޭނާގެ ނަފްސަށްވުރެ ރަޒާން އިސްކުރަން މަޖުބޫރުކުރިއެވެ. “ރަޒާން…އަހަރެން މިހުރީ އަޑުއަހަން…” ރޫޔާގެ އަޑުގައިވާ ސާބިތުކަން އިހުސާސްކުރެވި ރަޒާނަކަށް އެހިތުގައިވާ އުދާސްތައް ނުފޮރުވައެއް ނުހުރެވުނެވެ. ކޯތާފަތްމަތިން ދަތުރުކުރަމުންދިޔަ ކަރުނައާއި އެކު އޭނާއަށް ރޮވެން ފެށުނެވެ. “އަހަރެން ހަމަ…އަސްލަށްވެސް ބޯ ގޮވާއެބަ…ހުރިހާ އެންމެން… ޑިޕެންޑުވެގެން އެހުރީ އަހަންނަށް. މަންމަ، ރަނާ، […]
ފަތިސް ނަމާދުކޮށްގެން ބަދިގެއަށް ރަހުމާ ވަދުނީ ޝަފީޤުއަށް ހެނދުނު ސައި ތައްޔާރުކުރަންށެވެ. އޭނާގެ ފަހަތުން އަސާގަނޑުގެ އެހީގައި ޝަފީޤްވެސް އެބަދިގެއަށް ވަދުނެވެ. ދެމީހުން އެކި އެކި ވާހަކަ ދައްކަމުން، ސަމާސާކުރަމުން ހެނދުނުގެ ނާސްތާ އިންސާފުކުރިއެވެ. ރަހުމާ ބަދިގެ ސާފުކުރަން އުޅުމާއެކު، ޝަފީޤް ހިނގައިގަތީ ސިޓިން ރޫމަށެވެ. އެހެން އުޅެމުން ދަނިކޮށް ޝަފީޤް ފެންތަށްޓެއް ގެނެސްދިނުމަށް އެދުނެވެ. ރަހުމާ އެ އެދުމައިގެން އަވަސްވެގަނެ، ކުރަން ހުރި މަސައްކަތް ހުއްޓައިލައިފައި، ފެން ތަށްޓެއް ހިފައިގެން ސިޓިން ރޫމަށް ނުކުތެވެ. އެހެނަސް […]
ރަޒާންގެ ކޯލު ކެނޑުމާއެކު ރޫޔާ ކަންފަތުން އެ ފޯނު ތިރިކޮށްލިއެވެ. ވިސްނުމެއްގައި ގެއްލިހުރެ، ރޭގަނޑުގެ އަނދިރި އުޑުގައި ވެރިކަންކުރަމުންދާ ސާދަވިލޭރޭގެ ވަށްހަނދަށް ބަލައިލިއެވެ. ޖެހެމުންދިޔަ ފިނި ރޯޅިތަކާއެކު އޭނާގެ އިސްތަށިގަނޑު ވިހުރެމުންދިޔައެވެ. މަޑުނެގިފައި އިން ރޫޔާ ވިސްނަމުން ދިޔައީ ދެންމެ އޭނާ ރަޒާން ކައިރި ދެއްކި ވާހަކައާ މެދުއެވެ. ގެވެށި އަނިޔާގެ ކުށުގެ ސަބަބުން އޭނާގެ އުފަން ބައްޕަ އިސްމާޢިލް ޖަލަށް ދިޔައީ އެނާގެ ޢުމުރުން އަށް އަހަރުގައެވެ. ހަލީމާއަށް ދިން އަނިޔާގެ ބޮޑުކަމުން އެ ބައްޕައަށް […]
“”އަހަރެންގެ ހުވަފެނަކަށް ވެފައިވާ، ތިޔަ ޔާރާއަށް، “އަހަރެންގެ ހުރިހާ ޚިޔާލެއް ރަނިކަން ކުރާ މަލިކާއަށް،” “އަހަރެންގެ ހިތާއި ވިންދުގެ މިލްކުވެރިޔާއަށް” “އެހެން އެއްވެސް މީހެއްދެކެ ލޯބި ނުވާ މިންވަރަށް، އަހަރެން ލޯބިވި އަދި ލޯބިވާ ރޫޔާއަށް،” “އަހަރެންގެ މި ލޯބި ޤަބޫލުކުރާނަންތަ؟” އެ ސިޓީގެ ފަހު ޖުމުލައާއެކު ރޫޔާގެ ދެއަތް ތުރުތުރު އަޅައިގެން ދިޔައެވެ. ދެލޯ ފެންކަޅިވީ، ކުރި އަސަރެއްގެ ބޮޑުކަމުންނެވެ. ރޮވެން އުޅުނެއްކަމަކު، އެމޫނުމަތިން އުޖާލާކަން ބަބުޅަމުންދިޔައެވެ. ހިތަށް ލިބުނު އުފާވެރިކަން އިންތިހާއެވެ. ލޮލަށް ޖަމާވި […]
މީހެއްގެ ނަމުގެ މާނަ، އެމީހެއްގެ މުސްތަޤުބަލަށް ނުފޫޒު ފޯރުވާނެ ފުރުސަތު އޮންނާނެ ވާހަކަ މީހުން ކިޔާތީ އަޑުއިވެއެވެ. މައިންބަފައިން، ދަރިންނަށް މާނަ ރީތި ނަން ކިޔަނީ، އެ ކުދިން ބޮޑުވަމުން އަންނައިރު، އެ ނަމުގެ މާނައާ އެއްގޮތަށް އެ ދަރިފުޅުގެ ދިރިއުޅުން ބައްޓަންވާނެކަމުގެ މަޤްސަދުގައެވެ. ރަޒާންނަށް އެ ބަސްތަކުގެ ތެދުކަން އެނގުނީ އަދި ކިރިޔާއެވެ. ކުރިމަތިން ސިފަ ވަމުންދާ މަންޒަރަކީ، ރަޒާންގެ ހުވަފެނުންވެސް ނުފެންނަހާ ރީތި މަންޒަރެކެވެ. އުދަރެހުން އަރަމުން އަންނަ އިރާއެކު އުދަރެހަށް ފެތުރިފައިވާ އޮރެންޖު […]
އެންމެން ވާނުވާ ގައި ތިއްބައި، މީހެއްގެ ބަހަކަށް، ނަޒަރަކަށް ބެލުމެއްނެތި ރަޒާން ރޫޔާ ކައިރީ ހުއްޓުނެވެ. އަދި ރޫޔާގެ އަތުގައި ހިފައިގަނެ، އެނާ ރޫޔާ ގޮވައިގެން ހިނގައިފައި ގޮސް ހުއްޓުނީ ޝެހެނާއާއި ޝަފަޤްގެ ދެމެދު، ފަހަތުގައެވެ. އެ ހުރިހާ ކަމެއް ހިނގައި ދިޔައިރު ރޫޔާއަށް ހުރެވުނީ ދެލޯ ބޮޑުކޮށްގެން ރަޒާނަށް ބަލަންށެވެ. އެނާގެ ނަޒަރު ތިރި ކޮށްލީ، ރަޒާންގެ ހިމާޔަތުގައި އޮތް އޭނާގެ އަތަށެވެ. ރަޒާންގެ އެ ކުޑަ ޢަމަލުން ރޫޔާގެ ނާރުތައްވެސް ހުރީ ކޮޅަށް ޖެހިފައެވެ. […]
ރޫޔާއަށް ހުރެވުނީ ގުޑައިލަން ނޭނގިފައެވެ. އޭނާ މިހާރު އެހުރީ ތެމިފޯވެފައެވެ. އެހެން ގޮތަކުން ބުނާނަމަ، މިޢީދުގެ ފެން ރޭހުން އޭނަ ބަލިވީއެވެ. އެވެސް ރަޒާން ގެ އަތްދަށުން، އެހާ ފަސޭހަލުންނެވެ. އެކަމަކު އެނާއަށް، ބަލިވިކަމެއް އިހުސާސެއް ނުކުރެވުނެވެ. ރަޒާން، އޭނާ ގައިގައި އަތްނުލިއެއް ކަމަކު، އެ ފިރިހެންވަންތަ، ބާރުގަދަ ނަޒަރުގައި އޭނާ ގައިދުވެފައި ހުރެވުނީއެވެ. “ޔޫ ލޮސްޓް” ރަޒާން އެހެން ބުނެލީ ރޫޔާއާ ދުރަށް ޖެހިލަމުންނެވެ. ރަޒާންގެ ބަހަށް، ރޫޔާ ހަމަހެއަށް އާދެވުނެވެ. އޭނާއަށް ބޭއިޚްތިޔާރުގައި ބޮލުގައި […]