ތިއާ: އައްސަލާމް އަލައިކުމް. އަޅުގަނޑު، ތިއާ، ތި ހުރިހާ ކިޔުންތެރިންނާ މިއަދު މި ބައްދަލުކޮށްލީ ވަރަށް ހާއްސަ މެހެމާނަކާ އެކު. އާދެ އަޅުގަނޑުގެ ވާހަކަ، މި ލޯތްބާއި ތި ވަޢުދުގެ އަންހެން ލީޑު، ރޫޔާ. މަރުހަބާ…. ރޫޔާ. މި ވަގުތު ކޮންކަހަލަ އިހުސާސެއްތޯ؟ ރޫޔާ: (ހީލަމުން) އުފާވެފައި. ތިއާ: (ހީލަމުން) ތިއާވެސް އުފާވެއްޖެ ރޫޔާ އުފާވީމަ.. ކިހިނެއް ހާލު؟ ރޫޔާ: ހާލު ރަނގަޅު. ތިއާގެ ހާލު ކިހިނެއް؟ ތިއާ: (ރަޒާންގެ އިންޓަވިއު މަތިން ހަނދާން ކުރަމުން) އޯކޭ. […]
ތިއާ: އައްސަލާމް އަލައިކުމް. އަޅުގަނޑު، ތިއާ، ތި ހުރިހާ ކިޔުންތެރިންނާ މިއަދު މި ބައްދަލުކޮށްލީ ވަރަށް ހާއްސަ މެހެމާނަކާ އެކު. އާދެ އަޅުގަނޑުގެ ވާހަކަ، މި ލޯތްބާއި ތި ވަޢުދުގެ އަންހެން ލީޑު، ރޫޔާ. މަރުހަބާ…. ރޫޔާ. މި ވަގުތު ކޮންކަހަލަ އިހުސާސެއްތޯ؟ ރޫޔާ: (ހީލަމުން) އުފާވެފައި. ތިއާ: (ހީލަމުން) ތިއާވެސް އުފާވެއްޖެ ރޫޔާ އުފާވީމަ.. ކިހިނެއް ހާލު؟ ރޫޔާ: ހާލު ރަނގަޅު. ތިއާގެ ހާލު ކިހިނެއް؟ ތިއާ: (ރަޒާންގެ އިންޓަވިއު މަތިން ހަނދާން ކުރަމުން) އޯކޭ. […]
ތިއާ: އައްސަލާމް އަލައިކުމް. އަޅުގަނޑު، ތިއާ، ތި ހުރިހާ ކިޔުންތެރިންނާ މިއަދު މި ބައްދަލުކޮށްލީ ވަރަށް ހާއްސަ މެހެމާނަކާ އެކު. އާދެ އަޅުގަނޑުގެ ވާހަކަ، މި ލޯތްބާއި ތި ވަޢުދުގެ ފިރިހެން ލީޑު، ރަޒާން. މަރުހަބާ…. ރަޒާން. މި ވަގުތު ކޮންކަހަލަ އިހުސާސެއްތޯ؟ ރަޒާން: (ތިއާއަށް ދެލޯ ހަނިކޮށްލަމުން) އިތުރު ގޮތެއް ނެތިގެން މިތަނަށް މިއައީ. އެހެންވީމާ ތިއާ ބުނެބަލަ އަހަރެން ކޮން އިހުސާސެއްތޯ ކުރަންވީ ތިއާ: (ކަރުކެހިލަމުން) އޯކޭ. ފުރަތަމަ ސުވާލު. ކިޔުންތެރިންނަށް ކުޑަ ތަޢާރާފެއް […]
ވަޢުދަކުން އާލާވި ލޯބީގެ އަސްލަކީ ކޮބާ ހެއްޔެވެ؟ އެ ލޯބީގެ އަސްލަކީ ހަޤީޤީ ލޯބި ނަމަ، އެ ލޯބި ފަނޑުނުވެ ދާނީ ކީހިނަކުން ހެއްޔެވެ؟ ވަކިވީ މަޖުބޫރުންނެވެ. ގެއްލިގެން ދިޔައީ ފުއްދަން ހުވާކުރި ވަޢުދެވެ. ނިމުމެއް އައި އެ ލޯތްބަށެވެ. އެ ލޯތްބަށް ނިމުމެއް އައިކަން ޔަޤީންހެއްޔެވެ؟ *** ރެޒިޓެންސީ ނިންމުމަށްފަހު ރޫޔާއަށް މާލެ އަންނަން މަޖުބޫރުކުރުވީ ބައްޕަގެ ބަލީގެ ސަބަބުންނެވެ. ރާއްޖޭގެ ނަން މަޝްހޫރު ހޮސްޕިޓަލެއްގައި ވަޒީފާ ލިބުމާއެކު އެ ފުރުސަތުގެ ބޭނުން ހިފައި އޭނާ […]
“ހާއްސަކޮށް ސާޖިދު ކައިރީ” ރަހާގެ ޖުމުލަ ތެރެއަށް ސާޖިދުގެ ނަން އައުމުން ރޫޔާ ހައިރާންވިއެވެ. އަނެއްކާ ސާޖިދު އޭނާގެ ކޮއްކޮއަށް ކަމެއް ކުރީ ހެއްޔެވެ؟ “ސާޖް ކައިރީ ނުކިޔާނަން، ދެން ބުނެބަލަ” “މަލާމަތްވެސް ނުކުރާތި” ރަހާ އެހެން ބުނުމުން ރޫޔާ އަށް ވެގެން އުޅޭ މަޑުމަޑުން ނަގައިގަނެވުނެވެ. ދެލޯ ބޮޑުކޮށްލެވުނީ ޤަބޫލުކުރަން ދަތިވެފައެވެ. “ރަހާ، ޔޫ ހޭވް އަ ކްރަޝް އޮން ސާޖް؟” ޖަވާބަކަށް ރަހާ ބޯ ހޫރައިލިއެވެ. “އައި ލަވް ހިމް” އެ ދެމީހުންގެ މެދުގައި […]
“އާއޫ…ތަދުވޭ…މަޑުމަޑުން ތިކަން ކޮށްބަލަ” ޅަކުއްޖެއް ހެން ސާޖިދު ކުކުރައިލީ، ޑިސްއިންފެކްޓުން ފޯ ވެފައި އޮތް ކަފަކޮޅެއް ބޭނުން ކޮށްގެން ރޫޔާ ސާޖިދުގެ ޒަޚަމްތައް ސާފުކުރަން، ތުންފަތް ކަނޑައިގެން އޮތް ތަންކޮޅުގައި އެ ކަފަކޮޅު ޖެއްސުމާއެކުއެވެ. “މައިތިރި ވެގެން ހުރޭ މަގޭ ބޭސް ކުރަންދެން، އެހެން ނޫނީ ތި މޫނު އިންފެކްޓު ވެދާނެ، އޭރުން އެކަކުވެސް ތި މޫނަކަށް ނުބަލާނެ” “އެހެން، މަގޭ މޫނު އެހާ ރީތިތަ، ތިހާ ވަރަކުން ބޭސްކުރަން ތިއުޅެނީ؟” ރައްދުގައި ރޫޔާ ސާޖިދަށް ލޯ […]
“އެއީ އަހަރެން އަމިއްލަ ނަފްސު ދެކެ ނަފްރަތު ކުރާތީ” ރޫޔާގެ ކުރެހިފައިވާ އަޑުގައި ހުރި ނަފްރަތު ފާހަގަވެގެން ރަހާ މަޑު ޖެހުނެވެ. އެއްޗެކޭ ބުނަން އުޅުފައި ހުއްޓުނީ ރޫޔާ ކުރިއަށް ގެންދަން ފެށުމުންނެވެ. “އެކަކަށްވެސް ނޭނގޭނެ އަހަރެން އަމިއްލަ ނަފްސު ދެކެ ރުޅި އަންނަ ވަރެއް” “މަންމައެއް ނޫން މިތަނުން ގޯސް މީހަކީ.. އަހަރެން.. އަހަރެންހާ ގޮތް ކުޑަ، އަހަރެންހާ ހިތް ހަރު މީހަކަށް ކިހިނެއް މާޢާފު ކުރަންވީ؟ ރަޒާނަށްވެސް އަހަރެންގެ ހަޤީގަތް ނޭނގި، އޭނާގެ ހަޔާތުން […]
‘މި ލޯތްބާއި ތި ވަޢުދު’ގެ އެންމެހާ ކިޔުންތެރިންނަށް…. މި ވާހަކައަށް ކަނޑައެޅިފައިވާ ދެ ޕާޓުގެ ފުރަތަމަ ޕާޓު ދެން އަންނަ ހަފްތާގައި އަޕްލޯޑުކޮށް ނިމޭނެ. ބިރު ނުގަނޭ. އަދި ރޫޔާއާއި ރަޒާންގެ ވާހަކައެއް ނުނިމޭ. ޕާޓް އެކެއް އަޕްލޯޑު ކޮށް ނިމުމާއެކު އެއް ހަފްތާގެ ކުޑަ ބްރޭކަކަށް މި ވާހަކަ ދާނެ. ޕާޓު އެކެއްގެ ފަހު އެޕިސޯޓު 26 ނުވަތަ 27 ޖޫން ގައި އަޕްލޯޑު ކުރެވޭނެ. ދެން ވާހަކައިގެ ދެވަނަ ޕާޓު އަޕްލޯޑު ކުރެވެން ފެށެނީ ޖުލައި […]
ކައިވެނީގެ ވަލީމާ ނިމުމާއެކު އެގެޔަށް، ދެމަފިރިންނަށް މަރުހަބާ ކިޔަން އައި މެހެމާނުން، އެތަނުން ހުސްވާން ފެށިއެވެ. މަޑު މަޑުން ނަމަވެސް އެ ބޮޑު ޕެންތްހައުސްގެ ސިޓިން ރޫމަށް ޖަމާވެފައިވާ މީހުން މަދުވާން ފެށިއެވެ. އެ ބޮޑު ސިޓިން ރޫމްގައި ހުރި ތަނބެއްގައި ލެގިލައިގެން، މަޑުމޮޅިވެފައި ހުރި ރަޒާން ފުން ނޭވާއެއް ދޫކޮށްލިއެވެ. ފަޓުލޫނުގެ ޖީބަށް ޖަހައިލައިފައި އޮތް ވާއަތް ނަގައި ހުޅުވައިލީ، އެ އަތުގެ ކަށި އިނގިލީގައި އަޅުވައިފައި އޮތް ރިހި އަނގޮޓިއަށެވެ. ސިޓިން ރޫމުގައި ދިއްލައިފައި […]