(ރި-އަޕްލޯޑް) “ދުވަހަކުވެސް ނުދެނަ ހުރިން އަހަރެން ވާހަކަ ދައްކަނީ ތި އަޑުން ކަމެއް؟” ފަހަތުން އިވިގެން ދިޔަ އަޑާއެކު މައިރާގެ މުޅިމޫނުމަތިން ކުލަވަރު ފިލައިފިއެވެ. ފަހަތުގައި މިއުވާން ހުރިކަން ޔަޤީންވީ އެނާގެ ތިން އެކުވެރިން އެއްފަހަރާ، ލޮލުން މައިރާގެ ފަހަތަށް އިޝާރަތް ކުރުމުންނެވެ. ލަދުނުގަންނަންވެގެން މައިރާވެސް މިއުވާނާ ދިމާލަށް އެނބުރުނެވެ. “ނޫނޭ…އެއީ މަށަށް އަޑު އިވޭގޮތް” އެއާއެކު އެފެށުނީ މައިރާއާއި މިއުވާންގެ ކޯޅުމެވެ. “އޯހް. މިހާރު މައިރާގެ ކަންފަތްވެސް ސަކަރާތްވީތަ؟ އީ.އެން.ޓީ އަކަށް ދައްކަން އުޅޭ” “ތި […]
(ރި އަޕްލޯޑް) “އަހަރެމެން ކައިވެނި ކުރަން މިއުޅެނީ ހައްޖުދުވަހުރޭ. ދެން ވަލީމާ އޮންނާނީ ބޮޑު ޢީދު ދުވަސް ނޫން އޭގެ އަނެއްދުވަހު ރޭ. ސްކޫލް ގޯތިގައި ބައްވަނީ. ވާފިރުބޭއާއި އަންމަޑޭ ވާނެ ތަން ތައްޔާރުކުރަން އަންނަން. ދެން އަންހެން ވެރިންވާނެ ކައްކަން އަންނަން. ރޫކަމަނާއަށް އޮތީ ރޮށި ދެމުމުގެ ޑިއުޓީ.” ރޫޔާއަށް ހަމަ ބިމަށް އާދެވުނީ ވަސީމްގެ އަޑުންނެވެ. ކަމެއް ނުވާކަމަށްހެދި ރޫޔާ، އެނާގެ ނަޒަރު ގެންދިޔައީ ޝަފަޤަށެވެ. “މައްސަލައެއް ނެތް. ޝަފް އޯކޭވެއްޖެއްޔާ މަށަށްވެސް އޯކޭ” […]
(ރި އަޕްލޯޓް) ވަޤުތަކީ މެންދުރު ނަމާދުގެ ގަޑިކަމުން އެ ކުޑަ ރަށު ތެރޭގައި އިވެމުން ދިޔައީ ތަކުބީރުގެ އަޑެވެ. ދޮންވެލި މަގުތަކުގައި ބޮޑު މީހެއްގެ ހިލަމެއް ނުވިޔަސް، ޅަފުރާގެ ކުދިން ކޮޅުތައް ސަކަރާތް ޖެހުމުގައި ތިއްބެވެ. އެއް މަގުގައި އެ ބަޔަކު ކޮރު ކުޅެނީއެވެ. އެހެން މަގެއްގައި އެހެން ކުދިންތަކެއް ފައިގަތަޅާ ކުޅެނީއެވެ. އަނެއް ބަޔަކު ގަހަށްވެސް އަރައިގެން ކުޅިވަރު ބަލަން އެބަ ތިއްބެވެ. އަންހެންވެރިންވެސް ނަމާދުކޮށް ނިންމައިގެން ގޭގެއިން ނުކުމެ، މަގުމަތީގައި ކުޅެން ތިބި ކުދިންތަކަށް […]
“”އަހަރެމެން ކައިވެނި ކުރަން މިއުޅެނީ ހައްޖުދުވަހުރޭ. ދެން ވަލީމާ އޮންނާނީ ބޮޑު ޢީދު ދުވަސް ނޫން އޭގެ އަނެއްދުވަހު ރޭ. ސްކޫލް ގޯތިގައި ބައްވަނީ. ވާފިރުބޭއާއި އަންމަޑޭ ވާނެ ތަން ތައްޔާރުކުރަން އަންނަން. ދެން އަންހެން ވެރިންވާނެ ކައްކަން އަންނަން. ރޫކަމަނާއަށް އޮތީ ރޮށި ދެމުމުގެ ޑިއުޓީ.” ރޫޔާއަށް ހަމަ ބިމަށް އާދެވުނީ ވަސީމްގެ އަޑުންނެވެ. ކަމެއް ނުވާކަމަށް ހެދި ރޫޔާ އެނާގެ ނަޒަރު ގެންދިޔައީ ޝަފަޤަށެވެ. “މައްސަލައެއް ނެތް. ޝަފް އޯކޭވެއްޖެއްޔާ މަށަށްވެސް އޯކޭ” ރޫޔާ […]
މެންދުރުގެ ގަދަ އަވި މަޑުވެ، ހަވީރު ވަނީ އެވެ. ޢަޞްރު ނަމާދުގެ ވަޤުތުކަމުން އެ ކުޑަ ރަށު ތެރޭގައި އިވެމުން ދިޔައީ ތަކުބީރުގެ އަޑެވެ. ދޮންވެލި މަގުގައި ބޮޑު މީހެއްގެ މާކަށް ހިލަމެއް ނުވިޔަސް، ޅަފުރާގެ ކުދިން ކޮޅުތައް ސަކަރާތް ޖެހުމުގައި ތިއްބެވެ. އެއް މަގުގައި އެ ބަޔަކު ކޮރު ކުޅެނީއެވެ. އެހެން މަގެއްގައި އެހެން ކުދިންތަކެއް ފައިގަތަޅާ ކުޅެނީއެވެ. އަނެއް ބަޔަކު ގަހަށްވެސް އަރައިގެން ކުޅިވަރު ބަލަން އެބަ ތިއްބެވެ. އަންހެންވެރިންވެސް ނަމާދުކޮށް ނިންމައިގެން ގޭގެއިން […]