Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މި ލޯތްބާއި ތި ވަޢުދު (11)

Thea reminisces
Thea reminisces Level 110 Stories
June 10, 2026 10 Mins Read
2 Comments

“ޕްރައުޓް އޮފް ޔޫ.ޔޫ ލުކް ގުޑް..އެންޑް ލަވް ޔޫ ލޮޓް..ޤަމަރަލް ޢައިން”
އެގްޒެކެޓިވް ޗެއަރމަން އޮފީހުގެ ގޮނޑީގައި އިށީނދެ އިން ރަޒާން އެ ފޯނުގެ ސްކްރީނަށް އަރައިފައި އިން މެސެޖު އިރުއިރުކޮޅާ ކިޔާލިއެވެ. އޭނާގެ މޫނު މަތީގައިވާ ހިނިތުންވުމުން، އެ ހިތަށް ލިބިފައިވާ އުފާވެރިކަން ހާމަވެގެން ދެއެވެ. އޭނާ ފޯނު ތިރިކޮށްލައި، މޫނު މަތިން ހިނިތުންވުން ފޮރުވައިލަން މަޖޫބޫރުވީ މީހަކު ދޮރުގައި ޓަކި ޖެހިއަޑު އިވިފައެވެ.
“ވަދޭ!” ހަށިގަނޑު ތެދުކޮށްލުމަށްފަހު ރަޒާން އިޖާބަ ދިނެވެ.

އޮފީހުގެ ތެރެއަށް ހުޅުވިގެން އައި ދޮރާއެކު، ދޮރުމަތީ މަޑުކޮށްލައިގެން ހުރި މިއުވާން ފެނި ރަޒާން ނޭވާއެއް ދޫކޮށްލިއެވެ. ފޯނު މޭޒުމަތީގައި ބޭއްވުމަށްފަހު ގޮނޑީގައި ލެގިލުމަށްފަހު މިއުވާނަށް ބުމަ ހިއްލައިލިއެވެ.
“ކޮންގްރެޓްސް، މިސްޓަރ ސެކްސީ ޗެއަރމަން” ރަޒާންގެ މޭޒު ކުރިމަތީ އިން ގޮނޑީގައި އިށީނދެ، ގޮނޑީގައި ލެގިލަމުން މިއުވާން ބުންޏެވެ.
“މިހާރު ކޮންޗެއް ކިޔަން ތިއައީ؟” ފުންނޭވާއެއް ދޫކޮށްލުމަށްފަހު މޭޒުމަތީ އޮތް ފައިލެއް ނަގަމުން ރަޒާން އަހައިލިއެވެ.
“އެފްބީ އިންސްޓަރ އެއް ނުބަލަންތަ؟” މިއުވާން ޖީބުން ފޯނު ނަގައި އެހާވަން ފެށިއެވެ.
“ކީއްކުރާކަށް؟”
“އެކުވެރިޔާ….އެކުވެރިޔާގެ ރީތިކަމާއި ފިރިހެންވަންތަކަން ފެނި އަންހެން ކުދިން މޮޔަވެގެން އުޅޭކަން އެނގޭތަ؟” މިއުވާންގެ ޖުމުލައާއެކު ރަޒާން އިސްނެގުމެއްނެތި ވައްކަޅިން މިއުވާނަށް ބަލައިލިއެވެ.
“ބަލަ…މީ ފޮޓޯ..ރެން ޕްރެސްގައި ޖާނަލިސްޓުންގެ ސުވާލަށް ޖަވާބު ދިން ގަޑީ ފޯނު ބަލާފަ ހީލިވަގުތު ސްކްރީންޝޮޓް ނަގައިފައި އިން ފޮޓޯގަނޑެއް..ލުކް އެޓް ދި ކޮމެންޓްސް” ކަރުކެހިލުމަށްފަހު މިއުވާން ކޮމެންޓްތައް ކިޔަން ފެށިއެވެ.
“ލުކް އެޓް ހިމް…ހޮޓް. ރިޗް. ސެކްސީ” ތުއި އަޑުން މިއުވާން އެ ކޮމެންޓުތައް ކިޔަން ފެށި ގޮތުން ރަޒާން ބޮލުގައިވެސް ރިހެލިއެވެ.
“އައި އޭމް ޝުއަރ ހީޒް ނޮޓް ސިންގަލް..ޔަޤީން ބިޓުގެ މެސެޖު ފެނިފައި އޭނާ ސްމައިލް ކުރީ” އެ ކޮމެންޓް ކިޔައިލުމަށްފަހު މިއުވާން ފޯނު ތިރިކޮށްލުމަށްފަހު ރަޒާނަށް ބަލައިލިއެވެ.
“ތެދެއްތަ؟ ރޫކަމަނަތަ މެސެޖު ކުރީ؟” މިއުވާން ކުރި ސުވާލަށް ރަޒާން އެއްވެސް އެއްޗެކޭ ނުބުނެވެ. އެވަރުންވެސް މިއުވާނަށް ޖަވާބު ލިބުނެވެ.
“ވާވް… ތީ ހަމަ އަހަރެންގެ އެކުވެރި ރަޒާންތަ؟ ހެލޯ…ކޮބާތަ އެއްކަލަ ވޯކަހޯލިކް ރަޒާން؟” މިއުވާން ދިމާކުރަން ފެށުމާއެކު ރަޒާން ނޭވާއެއް ދޫކޮށްލިއެވެ.
“ކުރާނެ ކަމެއް ނެތިގެންތަ ތި އުޅެނީ؟” ރަޒާން އަތުގައި އޮތް ފައިލް މޭޒުމައްޗަށް އެއްލައިލުމަށްފަހު މިއުވާނަށް ބަލައިލިއެވެ.
“ނޫނޭ… އަހަރެންގެ ޕާޓްނާ މަތިން ހަނދާންވާ ވަރުން މިތަނަށް މިއައީ… ރަޒާން ނެތީމަ އޮފީސް ވަރަށް ފަޅު” މިއުވާންވެސް ގޮނޑީގައި ލެގިލުމަށްފަހު ބުނެލިއެވެ.
“ތީ ވަރަށް ޤަބޫލުކުރަން ދަތި ކަމެއް” ރަޒާން ރައްދުގައި ބުނެލިއެވެ.
“އޯކޭ..ޔުއަރ ރައިޓް… ވާހަކައެއް ބުނަން މިއައީ” މިއުވާން ސީރިއަސް ވީ ތަން ފެނި ރަޒާންގެ ފުރިހަމަ ސަމާލުކަން އޭނާއަށް ދިނެވެ.
“ބުނެބަލަ” ރަޒާން މޭޒުގައި ދެ އުޅަނބޮށި ވިއްދައިލުމަށްފަހު އަތުގެ އިނގިލިތައް މަހައިލިއެވެ.

މިއުވާން ނޭވާއެއް ދޫކޮށްލިއެވެ. މީގެ ދެގަޑިއިރު ކުރިން ވެގެން ދިޔަ ކަންތައްތައް މަތިން ހަނދާންވުމާއެކު އޭނާގެ ނިއްކުރިއަށް ރޫ ގިނަވިއެވެ. އޭނާ ރަޒާނަށް ބަލައލީ ނުރުހުމުގެ ނަޒަރަކުންނެވެ. އެހެނަސް އެ ނުރުހުން އަމާޒުވެފައި ހުރީ ރަޒާނަކަށް ނޫނެވެ
“ބައްޕަ ގުޅީ…އަނެއްކާވެސް ނިއުމާން ރިޕްރެޒެންޓް ކުރަން…”
މިއުވާންގެ ބަހުން ރަޒާން ބޯ ހުރައިލީ، މިއުވާން އެހެން ބުނާނަނެހެން ހީވެގެންނެވެ.
“ހެރޭސްމެންޓް ކޭސްއެއްތަ؟”
“ހޫމް… ހަމަ ހުވާ..އަހަރެންގެ ބޯ ނުގޮވާކަން…” މިއުވާން ނިއްކުރިގައި ފިރުމާލަމުން ބުންޏެވެ.
“މަންމަ އައީދޯ އޮފީހަށް؟” ރަޒާނަށް މިއުވާން އޭނާގެ އޮފީހަށް އައީ ކީއްވެކަން ނަގައިގަނެވުނީ އަދި ކިރިޔާއެވެ.
“ހޫމް…ބޮޑު ޑްރާމާގަނޑަކަށް ނުހަދަނީސް އަހަރެން މިތަނަށް މިއައީ” އެއާއެކު އެ ދެމީހުންގެ ދެމެދުގައި ހަމަހިމޭންކަމެއް ވެރިވިގަތެވެ. އެ ހަމަހިމޭންކަން ރަޒާން ދުއްވައިލީ ދެތިން މިނެޓްފަހުންނެވެ.
“އަހަރެން މިއުވާނަށް އޮފާއެއް ދީފިއްޔާ ޤަބޫލުކުރާނަންތަ؟”
“ތިބުނީ މިތަނުގެ ލީގަލް ޓީމުގަ ތަ؟”

“ނޮޓް އެކްޒެކްޓްލީ…ތެދަށް ބުނާނަމަ އަހަރެންގެ ކައުންސެލްއަކަށް… ސްޕެޝަލް ކައުންސެލް ޓު ދި އެގްޒެކެޓިވް ޗެއަރމަން…މިއުވާން ބޭނުންނަމަ…އަހަރެން އައްޔަން ކުރާނަން.. ކޮންޓްރެކްތަކާއި ހަވާލުވާއިރު ބޭނުންވާނެތާ ލީގަލް އެޑްވައިޒް އެންޑް ސްޓަފް…”
ރަޒާން ބުނި ބަހަށް މިއުވާން ވިސްނަން އިނެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު އޭނާ ފޯނު ނަގައި އީމައިލް ހުޅުވައިލިއެވެ.
***

ރޭގަނޑު ކައިނިމިގެން ރަޒާން ކޮޓަރިއަށް ވަދެ ދޮރު ތަޅުލުމަށްފަހު އެނދުގައި އޮށޯވެލިއެވެ. ބޮޑު ކުންފުންޏެއްގެ ޗެއަރމަނަކަށް ވީ އަދި ދެތިން ހަފްތާ ކަމުގައި ވިޔަސް، އޭނާ ވެފައި ހުރި ވަރުބަލިކަމުން ހީވަނީ އެކަމުގައި އުޅޭތާ ހަމަސް ވެގެން ދިޔަ ހެންނެވެ. ބީޒީ ވެގެން އުޅޭވަރުން އޭނާ ރޫޔާއަށް ގުޅެނީވެސް ކިރިޔާއެވެ. ބައެއް ދުވަސް ދުވަހު ނުގުޅިވެސް ދެއެވެ.

ނޭވާއެއް ދޫކޮށްލުމަށްފަހު އޭނާ ޖީބުން ފޯނު ނަގައި ރޫޔާއަށް ގުޅައިލިއެވެ. ފުރަތަމަ ރިންގާއެކު ރޫޔާ ފޯނު ނެގިއެވެ.
“ޒާން…”
“ޓެކްސްޓުން ޤަމަރަލް ޢައިން..ފޯނުން ގުޅީމަ ޒާން…ކޮންމެވެސް އެކައްޗެއް ކިޔާ؟” ޝަކުވާ ކުރާ ރާގަކަށް ރަޒާން އެހެން ބުނުމުން ރޫޔާއަށް ހެވުނެވެ.
“ކޮންމެ އެއްޗެއް ކިޔަސް މުޚާތަބުކުރަނީ ހަމަ އެކަކަށެއްނު؟”
“ނޫން…އަހަރެން ބޭނުންވަނީ ނޫރުލް ޢައިންގެ އަޑުން އަހަންނަށް ޤަމަރަލް ޢައިންއޭ ކީޔާފަ ގޮވަން”

ހުސްކޮށް އަތުން ރޫޔާ މޫނު ނިވާކުރީ ރަޒާންގެ އެދުން އިވިފައި ވީ ރަކިންނެވެ. ދެ ފަރާތަށް ބޯ ހުރައިލީ އޭނާގެ ނަފްސު ކޮންޓުރޯލް ކުރަންވެގެންނެވެ.
“އޯކޭ..ޤަމަރަލް ޢައިން…ހެޕީ؟” ރޫޔާގެ އަޑުން އެ ނަން އިވުމާއެކު ރަޒާންގެ ހިތް އުފަލުން ފޮޅުނެވެ.
“މާ ބޮޑަށްވެސް”
“ކިހިނެއް ވަނީ ކަންތައް..؟ މާދަން ހުކުރު ދުވަސް…އަނެއްކާ ނުބުނާތި މިވެނި އެވެނި ކަމެއް ކުރަން އުޅޭ ވާހަކަ؟” ރޫޔާ އެހެން ބުނުމާއެކު ރަޒާން ފުންނޭވާއެއް ދޫކޮށްލިއެވެ.
“ސޮރީ..މާދަންވެސް ބިޒީ ވާނެ….ކޮމްޕެނީގެ ރިކޯޑްތައް ޗެކް ކުރަމުން މިދަނީ….”
“ރަޒާން” ހިތްހަމަ ނުޖެހިފައި ރޫޔާ ރަޒާންގެ ނަން ހަރުކޮށް ގޮވައިލިއެވެ.
“ސޮރީ…އަހަރެން ރަނގަޅަށް ރެސްޓުކުރާނަމޭ…ރަނގަޅަށް ކާނަން..ފެންވެސް ބޯނަން…އޯކޭ؟!…މީހަރުވެސް މިއޮތީ ނިދަން އޮށޯވެ….”
“ފޯނު ބާއްވަންވީތަ؟”
“ނޫން…ރޫޔާ ބޭނުންނަމަ އޯކޭ ކޯލްގައި އޮންނަން” ރަޒާންގެ ޖުމުލައިން ރޫޔާގެ މޫނު މައްޗަށް ހިނިތުންވުމެއް ވެރިވިގަތެވެ. ނިދާ ހެދުމައިގެން އެނދުގައި އޮށޯވެލުމަށްފަހު ރޫޔާ އެ ފޯނު ތުންފަތާ ކައިރިކޮށްލުމަށްފަހު، ހަމައެކަނި ފޯނަށް އިވޭވަރަށް ވާހަކަ ދައްކަން ފެށިއެވެ.
“ވަރަށްވެސް ލޯބިވޭ އިނގޭ….ފަޚުރުވެސް ވެރިވަން…އެކަން އަބަދުވެސް ހަނދާން ކުރައްޗޭ…ޒާންއާއެކު އަހަރެން އަބަދުވެސް ވާނަން” އެ ލޯބީގެ ބަސްތަކުން ރަޒާންގެ ހިތަށް ފިނިކަމެއް ލިބުނެވެ.
“އަހަރެންވެސް ވަރަށް ލޯބިވޭ ރޫ ދެކެ…” ރަޒާންވެސް ރޫޔާއަށް ރައްދެއްނުދީ ނުހުރެވުނެވެ.
***

ހުކުރު ނަމާދުކޮށް ނިމިގެން ގެއަށް އާ ވާފިރުމެންނާއެކު މެންދުރު ކެއުމަށްފަހު ރޫޔާ ތަށި ދޮންނަން ހުއްޓައި އެގެއަށް ޝަފަޤްއައެވެ. މައިދޮރުން އެގެއަށް ވަދެގެން އައި ޝަފަޤް ފެނިފައި ހަލީމާ ޝަފަޤަށް ގޮވައިލިއެވެ.
“މިއޮއްގެން އައީ މިގޭގެ ތަނުއެޅި ކުނާ…” ސިޓިން ރޫމްގައި ހަވީރު ހެދުން އިސްތިރި ކުރަން ހުރި ހަލީމާ ސަމާސާއަކަށް އެހެން ބުނުމާއެކު ޝަފަޤް ހަލީމާއަށް ހީލިއެވެ.
“ދެން އަޅުގަނޑު ނާންނަންވީތަ މިގެއަށް؟” އުނަގަނޑުގައި ދެއަތް އަޅުވައިލަމުން ޝަފަޤް އަހައިލިއެވެ.
“ނޫނޭ….ކިހިނެއްތަ މަންމަ؟” ހަލީމާ އަހައިލިއެވެ.
“މަންމަ ރަނގަޅު އިރާދަކުރެއްވިއްޔާ…” ޝަފަޤް ބުންޏެވެ.

ހަލީމާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު އޭނާ ކައިރިއަށް އައުމަށް ޝަފަޤަށް އިޝާރަތްކުރިއެވެ. ޝަފަޤް އޭނާ ކައިރިއަށް އައިސް ހުއްޓުމާއެކު ހަލީމާ ވައި އަޑުން އަހައިލިއެވެ.
“ރޫޔާ ރައްޓެހިވެގެން އުޅޭ ސޮރަކީ ރަނގަޅު ސޮރެއްތަ؟ ކުރިން ދުވަހު އެސޮރު ޓީވީއިން ފެނުނު..މަހުޖަނެއްގެ ދަރިއެކޯ…ދައްތަ މިހުންނަނީ އެހެންވެ ބިރުން…ހިތް ނުތަނަވަސްވެފަ…ފަހަރެއްގައި އޭނާ ރޫޔާއަށް ދެރަކަމެއް ކޮށްފިނަމަ…”
ޝަފަޤް ހަލީމާއަށް ބަލައިލިއެވެ. މައެއްގެ ނުތަނަވަސްވެފައިވާ ހިތް ހަމަޖެއްސުމަށްޓަކައި އޭނާ ލުއި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.
“ދައްތައަށްވެސް އެނގޭ ދޯ އޭނާއަކީ ވަސީމްގެ ރަހުމަތްތެރިއެއްކަން…ވަސީމް ބުނަނީ އޭނާއަކީ ވަރަށް ރަނގަޅު މީހެކޭ އެއީ…އަންހެނުންނާ ދުރުގައި އުޅުނަސް އަންހެނުންނަށް އިހުތިރާމް ކުރޭ ނުލާހިކު…އެހަކަށް ދުވަހަކު އޭނާ ކައިރީ އެހި ރޫޔާގެ ވާނުވާވެސް..ރޫޔާއާ ރައްޓެހިވިފަހުން އަންހެން ކުދިންނާ ވަރަށްވެސް ދުރުގައި އުޅެނީ….”
“އެހެން…ޔަޤީންތަ އެއްވެސް ގޯސްކަމެއް ނުކުރާކަން؟؟”

“ސިއްރުން ކޮން ވާހަކައެއް ދެމީހުން ތި ދައްކަނީ؟” ބަދިގެއިން ނުކުމެގެން އައި ރޫޔާއަށް، އިސްތިރި ކުރާ މޭޒުމަތީ ގުދުވެ ތިބެ ވައި އަޑުން ވާހަކަ ދައްކަން ތިބި ހަލީމާއާއި ޝަފަޤްފެނި އަހައިލިއެވެ. ރޫޔާގެ އަޑު އިވިފައި ދެމީހުން އެދިމާލަށް ބޯ އަނބުރައިލީ ބިރެއް ފެނިގެންނެވެ.
“ރޫ..އަހަރެން ހަލިއްތަ ކައިރިން ޕްރެގްނެންސީ ޓިޕްސް ހޯދަނީ…ދޯ ހަލިއްތާ؟” ވިސްނައިނުލާ ޝަފަޤްގެ އަނގައިން ބޭރުވި ޖުމުލައިން ޚުދު ޝަފަޤްވެސް ލަދުގަތުނެވެ.
“ތެދެއް…ބައްޕަމެން ގޭގައި އުޅޭތީވެ އެހާ ސިއްރުން އެނާ އެހީ” ހަލީމާވެސް ޝަފަޤާއި ބައިވެރިވެލިއެވެ.
“ޕްރެގްނެންސީ ޓިޕްސް؟ އަހަންނަށް ހީވަނީ…އަހަރެން މާ ކޮލެފައި ހެން ތި ޓިޕްސްތައް ދޭން… ޝަފަޤް ތިކަހަލަ ކަމަކަށް އަހަރެންގެ ޚިޔާލު ނުހޯދީ ކީއްވެ؟” އޭނާގެ މެޑިކަލް ޑިގްރީގެ މަތިން ހަނދާންކޮށްދެމުން ރޫޔާ ދެއަތް ހަށަންބަނުނެވެ.
“ރޫ ވެސް ދެތިން ހަތަރު ކުދިން ހޯދި ދުވަހަކުން ދާނަން ރޫގެ ޚިޔާލު ހޯދަން” ޝަފަޤް ރޫޔާއަށް ބަލައިލުމަށްފަހު ބުންޏެވެ.

ރޫޔާ އާޝޯހުވި ވަރުން ދެލޯ ބޮޑުވެ، އެއްޗެއް ބުނަން އަނގަހުޅުވައިލިގޮތަށް ލައްޕަން ނޭނގިފައި ހުރެވުނީ ބުނާނެ ބަހެއް ނޭނގިގެންނެވެ. ޝަފަޤްގެ ބަހުން އިތުރުން ރޫޔާގެ މޫނު މައްޗަށް އެރި ކުލަވަރު ފެނިފައި ހަލީމާއަށް ނުހީ ނުހުރެވުނެވެ.
“މަންމާ!!” މަންމަ ހޭތަން ފެނި ރޫޔާ މޫނު ކުނިކޮށްލިއެވެ.
“ދޮގެއް ނޫނޭ އެބުނީ ކީއެއް”
“ޝަފަޤްވެސް…ދެން..” ޝަފަޤްގެ ބަހަށް ދޭނެ ރައްދެއް ނޭނގިގެން ރޫޔާ ތުން އަނބުރާލިއެވެ
“ދައްތާ…މި ރޫ ގޮވައިގެން އަތިރިއަށް. އޭނާ އިތުރަށް ތުން ދިގު ނުކުރަނީސް..” ޝަފަޤް އަތް ފޮޅައިލަމުން، ރޫޔާ ކައިރީ މަޑުކުރުމަށްފަހު އޭނާގެ މުލައްދަނޑީގައި ހިފައިގެން ދެމީހުން އެގެއިން ނުކުމެގެން ދިޔައެވެ.
***
“ޝަފް ޕްރެގްތަ؟” މަގަށް ނުކުމެވުމާއެކު ރޫޔާ ސުވާލުކުރިއެވެ.
“ނޫން…ދެން ހަމަ އަހާލި…” ޝަފަޤް ރޫޔާއާ އެއްވަރަކަށް ހިނގަމުން ބުނެލިއެވެ.
“ދޮގު ނުހަދާ!” ވަށްކަޅިން ޝަފަޤަށް ރޫޔާ ބަލައިލިއެވެ.
“ސީރިއަސް ކޮށޭ….”
“ދެން ކީއްވެ ޝެހޭ ގާތު ނޭހި؟…އަހަރެންގެ ދަރިއެއް ނެތަސް ޝެހޭގެ ދަރިއެއް ހުރެ އެއްނު”
“އަހާނަމޭ…އެކަމަކު ހިނގާބަލަ މިހިރަ ފިހާރައަށް…ސުޕާރީ ފުޅި ހުސްވެގެން މިއުޅެނީ”

ޝަފަޤްގެ ފަހަތުން ރޫޔާވެސް މަގުގެ ކަންމަތީހުރި ފިހާރައަކަށްވަދުނެވެ. ދުވަހަކީ އަވިގަދަ ދުވަހަކަށްވުމުން، ފިހާރައިގެ އައިސްއަލަމާރިން ރާނީ ޖޫސް  ފުޅިއެއް ނަގައިގެން ކައުންޓަރު ކައިރީ މަޑުކޮށްލި ވަގުތު އެ ފިހާރައަށް ވަދެގެން އައި ފާއިޤް ފެނިފައި އޭނާ މޫޑު އޮފުވިއެވެ. އަވަސް އަވަހަށް ސޭޓަށް ހުރި ކުއްޖާއަށް ލާރި ދައްކަން އުޅުނު ވަގުތު ފާއިޤް އެ ކައުންޓަރު ކައިރީ މަޑުކޮށްލީ ރެޑް ބުލް ދަޅެއް ހިފައިގެންނެވެ.
“މަގޭ ނަން މަތީގައި ޖަހައިފައި ބަހައްޓާ..ދެން އަންނަ ފަހަރަކު ލާރި ދައްކާނަން.” ފަރުވާ ކުޑަ ގޮތަކަށް އޭނާ އެހެން ބުނީ ސޭޓު ކުއްޖާއަށް އަތުގައި އޮތް ރެޑްބުލް ދަޅު ދެއްކުމަށްފަހުއެވެ.
“ކުރިންވެސް ބުނީ ތިހެން..އެކަމަކު އެއަށްވެސް އޮތީ ލާރި ނުދައްކާ” ރޫޔާ ދިން ފަންސާސް ރުފިޔާގެ ބަކީ ވަތްގަނޑުން ނަގަމުން އެކުއްޖާ ނުރުހިފައި ބުނެލިއެވެ.
“ބަލަ އެހެން މީހުންނަށް ލޯބިވެރިންގެ ގޮތުގައި މަހުޖަނުން ލިބުނަސް އަހަރެންގެ ނަސީބު އެހާ ރަނގަޅެއްނޫން…އަހަރެންގެ ނަސީބު ރަނގަޅުނަމަ ފީހަރައަށް އަންނަ ފަހަރަކު ދަރަންޏަށް އެއްޗިއްސެއް ނުގަންނާނެ ދޯ” ފާއިޤުގެ ބަސް ނުސީދާ ވިޔަސް، ރޫޔާއަށް އެބަސްތައް އަމާޒުވީ ކާކަށް ކަން އޭނާއަށް އެނގުނެވެ. ކައިރީގައި ހުއްޓިހުރި ޝަފަޤްވެސް ނުރުހިފައި ފާއިޤަށް ލޯ އަޅައިލީ ފިހާރަ ތެރޭ ޖަދަލުކުރަން ބޭނުން ނުވާތީއެވެ. ސޭޓު ކުއްޖާ ރައްދުގައި އެއްޗެކޭ ބުނުމުގެ ކުރިން ފާއިޤް އަވަސް އަވަހަށް އެ ފިހާރައިން ނުކުމެގެން ދިޔަތަން ފެނިފައި ރޫޔާ އިތުރަށް ހިތްހަމަ ނުޖެހުނެވެ.

“އެހުރީ މީހުންގެ ފެންވަރު ހުންނަވަރު….” ފިހާރައިން ނުކުވެމާއެކު ޝަފަޤް ދެންމެ ވީ ކަންތައްތަކާ ނުރުހިގެން ހުރެ ބުނެލިއެވެ. އެއްލި ކަޅިއަކުން އެ ފިހާރަ ކައިރީގައި ހުރި ޖޯލީގައި އިށީނދެއިދެ، ދަޅު ބޯން އިން ފާއިޤް އޭނާއަށް ފެނުނެވެ. ފާއިޤަށްވެސް ޝަފަޤް ބުނިބަސް ރަނގަޅަށް އަޑުއިވިގެން ރޫޔާއާއި ދެމީހުންނަށް ބަލަން އިނެވެ.
“މަގޭ ފެންވަރު ގޯސްވެގެން ދޯ މިއުޅެނީ؟ އަހަންނެއް ނޫނެއްނު މަހުޖަނެއްގެ ދަރިއެއްގެ ފަހަތުގައި އުޅުނީ….މަހުޖަނުބޭ ގުޅާ ކޮންމެ ފަހަރަކު ލާރިއަށް ސަލާން ޖަހައި…ތިއްތި ދައްކާ ތުއިވެގެން އުޅެނީ..” ދަޅު ހުސްކޮށްލުމަށްފަހު، އެ ހުސްދަޅު ބިންމައްޗަށް އެއްލައިލުމަށްފަހު އޭނާ އެ ޖޯލިން ތެދުވިއެވެ.

“ބުނަންތަ ވާހަކަ އެއް؟ އަހަރެމެން ދެމީހުންގެ ތެރެއިން ވަޒީފާ އަކަށް ގޮސް މަސައްކަތް ކޮށް ހަލާލު ލާރި ހޯދަނީ އަހަރެން… ފާއިޤު ތީ ލާރި ބޭނުންވާ ކޮންމެ ފަހަރަކު މަންމަ ގާތަށް ސަލާން ޖަހަން ދާ މީހެއްނު…އަހަރެން ނެތިން ކޮންމެހެން އަހަރެން ކުރާ ކަންތައްތަކުގެ ތަފްސީލެއް ފާއިޤަކަށް ދޭ ކަށެއް. ކަލޭއަށް ހައްގު ލިބިފައި އޮތް ކަމެއް ނޫން އެއީ ކީ” ރޫޔާ ގާތަށް އައިސްފައި ހުރި ރުޅި އޭނާގެ އަޑުން ރަނގަޅަށް ހާމަވިއެވެ.

“ހޯ..ހޯ ރުޅި އައީތަ؟ ބަލައްޗޭ…މަހުޖަނު ބޭބެ ރަނގަޅަށް ކުޅެލައިފައި ފޫހިވެގެން އެއްލައިލީމަ އަންނާނެ އަހަރެމެން ކަހަލަ ނިކަމެތި ފިރިހެނުން ކައިރިއަށް ލޯބި ހޯދަން… މިހާރުވެސް ނޭނގެ ދެމީހުން ކިހާވަރަކަށް ކަމެއް ކުޅި ގަނެފައި އޮތް ކަމެއް…ޗީ” ރޫޔާއާއި ޝަފަޤް ފަހަނަ އަޅައި އޭނާ އެ މަގުން ދާން އުޅުނެވެ.

ޝަފަޤް ދެލޯ މަރައިލައި ދެލޯ ތަގުޅިކޮށްލުމަށްފަހު ދެތިން ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނާ ގާތަށް އައިސް ހުރީ އަމަށަކު ރުޅިއެއް ނޫނެވެ. ގުންފައިޖަހަމުން ގޮސް ފާއިޤް ދެންމެ ބިންމައްޗަށް އެއްލައިލި ރެޑް ބުލް ދަޅުނަގައި، ގައިގައި ހުރި ބާރެއްލައި ވަޔަށް ހޫރައިލީ ފާއިޤްގެ ބޮލަށް އަމާޒު ކޮށްފައެވެ. އޭނާގެ އަމާޒު ސީދަވެ، ވަޔާ ހޫރެމުން ގޮސް އެ ހުސް ދަޅު ޖެހުނީ ފާއިޤްގެ ބޮލުގެ ފުއްކިބައިގައެވެ. ވީތަދުން ފާއިޤް ހަޅޭއްލަވައިގަނެ، ބޮލުގައި ފިރުމައިލީ ޝަފަޤާ ދިމާލަށް އެނބުރެމުންނެވެ.
“ބުނަންތަ؟ ދުނިޔެއިން ފިރިހެނުން ހުސްވިޔަސް އަހަރެމެންނެއް ނުދާނަން ކަލޭގެ ފޫބުޑަކަށް ސަލާން ޖަހަން…ކަލޭ ތީ ފިރިހެނުން ކީއް…ރާމާމަކުނަށްވެސް ހުރި ލަދެއް. ރާމާމަކުނުވެސް ހުންނާނެ ކޮންމެވެސް ލަދުގެ ކަންފުޅެއް…އެކަމަކު ކަލޭގައެއްވެސް ނެތޭ އެވަރެއް…ދެންވެސް މަގޭގެ އަތުންފައިން ގޯހެއް ނުހަދަނީސް މިތަނުން ރައްކާވެގެން ދޭ…އެހެންނޫނީ ދެން އެއްލައިލާނީ އެހުރި ޖޯލިފަތި” ޝަފަޤް އެ ބަސް ނިންމައިލީ ޖޯލި އުފުއްލައިލަން ގުދުވެގެންނެވެ. ޝަފަޤް ދިން އިންޒާރަށް އަމަލުކުރާނެ ކަން އިހުސާސްކުރެވުމާއެކު، ފާއިޤް އެތާ ހުންނާކަށް އެއްވެސް ވަރަކަށް ބޭނުން ނުވިއެވެ. އަވަސްއަވަހަށް ނަގޫނަގައިފައި އޭނާ އެތަނުން ދިޔައެވެ.

“ރާމާމަކުނޭ؟” ފާއިޤް ދިޔަކަން ޔަޤީން ވުމާއެކު ރޫޔާ ޝަފަޤަށް އޭނާގެ ބޮޑުވާ އިނގިލި ދައްކައިލިއެވެ. އެ މޫނުމަތިން ހިތްހަމަ ޖެހުމުގެ އަސަރު ފެނުމާއެކު ޝަފަޤްގެ ރުޅިގަނޑުވެސް ކުޑަކޮށް ތިރިވިއެވެ. “އަޅެ ދޮގެއްތަ އަހަރެން ބުނީ؟” ރޫޔާ އޭނާގެ މުލައްދަނޑީގައި އޮޅުލައިގަތުމާއެކު ޝަފަޤް ހިނިތުންވެލިއެވެ.
***

“ކޮން އެމެޖެންސީ އެއް އޮވެގެން އަހަރެމެން ހަތަރު މީހުން އެކީ ބައްދަލުކުރަން ތި އެހީ؟” ރަޒާންގެ އޮފީހުގައި ހުރި ސޯފާގައި އިށީނދެލަމުން މިއުވާން އެހެން އެހީ އެ ކުންފުނީގެ ޗީފް ފައިނެންޝިއަލް އޮފިސަރ އާދަމް ރަޝީދު ކައިރީގައެވެ.
“ތެދެއް…ކޮންޗެއް ރިވިއު އިން ފާހަގަ ވީ؟” މިއުވާން އިށީނދެއިން ސޯފާގެ ހުސް ޖާގައިގައި އުސްމާނު އިށީންނަމުން އަހައިލިއެވެ.
އާދަމް ހަށިގަނޑު ތެދުކޮށްލުމަށްފަހު ނަޒަރު ހުއްޓައިލީ އެ މީހުން އިށީނދެ ތިބި ކޮފީ މޭޒުގެ ކޮޅުގައި ހުރި ސިންގަލް ސީޓަރ ގައި ހަމަޖެހިލައިގެން އިން ރަޒާނަށެވެ.

“ރަޒާން އެދުނު ފަދައިން އަހަރެން މިއުޅެނީ އެކި އެއްޗެހި ރިވިއު ކުރުމުގައި… ބެލެންސް ޝީޓް، ކޮންސޮލިޑޭޓެޑް އެކައުންޓްސް، ބޯޑް މީޓިން އަދި ބެންކަށް ރިޕޯޓް ކުރަން ޖެހޭ ހުރިހާ ޑޮކިއުމެންޓްތައް….”
“އޯހް…މަށަށް ހީވޭ އެބަ ގޯހެއް އުޅޭ ހެން.” ކަރުގައި އަޅުވައިފައިވާ ޓައި ދޫކޮށްލުމަށްފަހު މިއުވާން ސޯފާގެ ލެނގޭބައިގައި އަތް އަޅުވާލިއެވެ. މިއުވާންގެ ބަހަށް އާދަމް ފުންނޭވާއެއް ދޫކޮށްލިއެވެ.
“އަހަރެމެންނަށް ފެންނަ ފެނުމުން ފެންނަނީ ހުރިހާ ކަމެއްވެސް ރަނގަޅަށް ދާ ހެން…އެކަމަކު ލޮޖިސްޓިކް ސަބްސިޑިއަރީން…..ވަރަށް އަންޔޫޝުއަލް ކަންތައްތައް އަހަންނަށް ފާހަގަވި… ޓްރާންސްފަރސް ބިޓްވީން ކޮމްޕެނީ ޑޮންޓް އެޑް އަޕް، ސާރވިސް ފީސް ޕައިޑް ޓު އެންޓިޓީސް ދެޓް އަ ޑިންޓް ރިކޮގްނައިޒް، އިޓްސް އިން ސްމޯލް އެމައުންޓްސް ބަޓް ރިކުރިން…”

އާދަމުގެ އުނގުމަތީގައި އޮތް ލެޕްޓޮޕުގެ ސްކްރީނަށް އާ ސްޕްރެޓްޝީޓެއް އެޅުވުމަށްފަހު، އެ ލެޕްޓޮޕް ކޮފީ މޭޒުމަތީގައި ބެހެއްޓީ ރަޒާންމެންނަށް ސްކްރީން ފެންނާނެ ހެންނެވެ.
“ލޮޖިސްޓިކް ޓިވިޝަނަކީ ރަޒާންގެ ބައްޕަ ވަކި ބަޔަކަށް އިތުބާރުކޮށްގެން ހިންގި ތަނެއް…ވިތް މިނިމަލް އޮބްސަވޭޝަން…އެ ޑިވިޝަންގައި އާދަމް ނަސީރު ހިމެނޭ.”

އާދަމުގެ ބަސްތަކުން ނަސީރުގެ ނަން އިވުމުން، އުސްމާނާ ދިމާލަށް ރަޒާނާއި މިއުވާން ބަލައިލިއެވެ. އުސްމާން އެދެމީހުންގެ ނަޒަރަށް އެއްޗެކޭ ނުބުނެ ދެ އިނގިލިން ނޭފަތް ދަނޑީގައި ހިފައިލިއެވެ.
“ތި ބުނަނީ ނަސީރުގެ އަތެއް މީގެ ތެރޭގައި ވާ ވާހަކަތަ؟” މިއުވާން ހަށިގަނޑު ތެދުކޮށްލަމުން އަހައިލިއެވެ. އެ ސުވާލުގެ ޖަވާބު ލިބުނީ އުސްމާނުގެ ފަރާތުންނެވެ.
“ނަސީރަކީ އަބަދުވެސް ލޮޖިސްޓިކް ޓީމާ ވަރަށް ގާތް މީހެއް. މި ކުންފުނީގައިވާ ހުރިހާ ކަމެއް އޭނާއަށް އެނގޭނެ.” އުސްމާނުގެ ޖުމުލަ ނިމުމާއެކު އާދަމް ވާހަކަ ދައްކަން ފެށިއެވެ.
“ތެދެއް…އެއްވެސް މީހަކަށް ނުފެންނަގޮތަށް ދަރަންޏެއް ފޮރުވާނެ ގޮތްވެސް އެނގޭނެ މީހަކީ އެއީ.” އާދަމް އުސްމާނާ އެއްބައި ވެލިއެވެ. “މީގެ ތިން އަހަރު ކުރިން، ލޮޖިސްޓިކަށް އުޅަނދުފަހަރު އިތުރުކުރުމަށް ފައިސާ ބޭނުންވި… އެކަމަކު އާންމުކޮށް އޮންނަ ޓްރެޝަރީ އުސޫލުން ކަން ކުރުމުގެ ބަދަލުގައި އެމީހުން ނިންމީ ތިން ‘ސްޕެޝަލް ޕާރޕޮސް ވެހިކަލް’ ސީޕީވީ ބޭނުންކޮށްގެން ފައިނޭންސް ހަމަޖައްސަން. އޮފްޝޯކޮށް…”

“އެސްޕީވީ……އެއީ ރާއްޖޭގެ ކޮންޕެނީގެ ޝިޕިން ސަބްސިޑިއަރީއަކަށް؟” އެ ހުރިހާ އިރެއްވަންދެން އަޑު އަހަން ހުރި ރަޒާން ސުވާލުކުރިއެވެ.
“އާނ…..”

“އިޓްސް ނޮޓް އިލީގަލް…..ބަޓް ނޮޓް ޓްރާންސްޕޭރެންޓް… އެ އެސްޕީވީ….” މިއުވާން ޖުމުލަ ނިންމައިނުލާ ނޭވާ ހިފަހައްޓައިލީ، ލިބެން އުޅޭ ޚަބަރުގެ ގޮތް އާދަމުގެ މޫނު މަތިން ފެންނަމުން ދާތީއެވެ.
“ޑެބްޓް… އެރައުންޓް ހަތަރު ސަތޭކަ ވިހި މިލިއަން ޑޮލަރސް” އެ ޚަބަރުން ދެން ތިބި ތިން މީހުންގެ މޭ ފިނި ވިއެވެ.
“ހަތަރު މިލިއަން ޑޮލަރު؟” އުސްމާނު ރަޒާނަށް ބަލައިލިއެވެ.
“ބޮރޯވްޑް ފްރޮމް ރީޖަނަލް ބެންކްސް އެންޑް ސެކުއާރޓް ބައި ޕާރސަނަލް ގެރެންޓީސް”
“ކާކުގެ ގެރެންޓީ؟” ރަޒާން ހަށިގަނޑު ސީދާކޮށްލަމުން އަހައިލިއެވެ.
“ޝަފީޤާއި ނަސީރު ދެމީހުން ގުޅިގެންނާއި ވަކިވަކިން ޒިންމާ ވާގޮތަށް”

އުސްމާނު ނޭވާއެއް ދޫކޮށްލުމަށްފަހު ނިއްކުރި ފިރުމާލިއެވެ. “ހަތަރު ސަތޭކަ ވިހި މިލިއަން؟؟ އެއީ އަހަރެމެންގެ މުޅި ގްރޫޕްގެ ލޯނު ފެސިލިޓީއަށް ވުރެ މަތީ އަދަދެއް. ކީއްވެ މިހާ ބޮޑުވެގެން ދިޔައިރު އަހަރެމެންނަށް ނޭނގުނީ؟”
“އެމީހުން އެގޮތަށް ރާވާފައި އޮތީމާ. ގެރެންޓީތަކަކީ އަމިއްލަ އެއްޗެއް…ކުންފުނީގެ އެއްޗެއް ނޫން. އެސްޕީވީ ތަކަކީ އެއްގޮތަކުން ބުނާނަމަ އިންޑިޕެންޑެންޓް އެންޓިޓީއެއް. އެ ލޯނުތައް އަހަރެމެންގެ ފޮތްތަކުގައި ނުފެންނާނެ…ސޯ އޭގެ ލާރި ދައްކަމުން ދާ ހާ ހިނދަކު ނޯ ކުއެއްޝަންސް ވާރ އަސްކްޑް…އަންޓިލް…” އާދަމު ރަޒާނަށް ބަލައިލިއެވެ.

“އަހަރެން ބައްޕަ ނިޔާވަންދެން…” ރަޒާން އާދަމުގެ ޖުމުލަ ފުރިހަމަ ކޮށްލިއެވެ. “ގެރެންޓީތަކަކީ އަމިއްލަ ނަމުގައި ހުރި އެއްޗެހި..ބައްޕަ ނިޔާވުމުން”
“ދަ ލެންޑާރސް ވެންޓް އަންޝުއަރ…މީގެ ދެދުވަސް ކުރިން އަހަންނަށް އީމޭލެއް ލިބުން…ލީޓް ބެންކިން..ދޭ ވާންޓް ދަ ގެރެންޓީސް ރެކޮންސްޓްރަކްޓެޑް ތިރީސް ދުވަސް ތެރޭގައި.. ނޫނީ މުޅި ދަރަނި އެކީ އެއްފަހަރާ އެއްކޮށް ދައްކަން އަންގާނެ” އާދަމްގެ އަޑުގައި ހުރީ ޔަޤީންކަމެވެ.
“އެމީހުންނަށް އެހެން ހެދޭނެތަ؟” އުސްމާނު އަހައިލިއެވެ.
“ގެރެންޓާގެ މަރަކީ ބޮޑު ބަދަލެއް.. މޯސްޓް ލޯން އެގްރީމެންޓްތަކުގެ ސްޓޭންޓާރޓް ކްލައުސްއެއް އެއީ ބެންކުން ހިތްހަމަޖެހޭފަދަ ގެރެންޓަރެއް ނޫނީ ރީސްޓްރަކްޗަރިންގ ޕްލޭނެއް ނުލިބިއްޖެނަމަ، ދަރަނި އަވަސްކޮށްލުމުގެ އިޚްތިޔާރު އެމީހުންނަށް އޮވޭ…މި އެސް.ޕީ.ވީ ތަކުން ފައިސާ ނުދެއްކިއްޖެނަމަ، ކްރޮސް-ޑިފޯލްޓް މާއްދާތަކުގެ ސަބަބުން މައި ކުންފުނީގެ ކްރެޑިޓް ލައިންތަކަށްވެސް އެފެކްޓް ކުރާނެ…” ވިސްނަން އިނދެފައި މިއުވާން ބުންޏެވެ.
އޭނާ ރަޒާނަށް ބަލައިލިއެވެ. “ދެޓް މީންސް….ބޯޑު މީޓިންގައި އާދަމް ފާހަގަ ކުރިހެން ތިންސަތޭކަ މިލިއަން ޑޮލަރު ފެސިލިޓީވ ެސް އެއް ފަހަރާ ދައްކަން ޖެހުން”

“ޖުމުލަ އެވީ ހަތްސަތޭކަ ވިހި މިލިއަން….ކުންފުނީގައި އެވަރަށް ނަގުދު ފައިސާއެއް ނެތް…” ރަޒާން ގޮށް މުއްކަވައިލުމަށްފަހު ސޯފާގެ އަތްގަނޑުގައި މަޑުމަޑުން ޖަހައިލިއެވެ.
“މުޅި ގްރޫޕްގައި ލިކުއިޑް ރިޒާވްގެ ގޮތުގައި ހުރީ ގާތްގަނޑަކަށް އަށްޑިހަ މިލިއަން. ދެ ދަރަނި އެއްފަހަރާ ދައްކަން ޖެހިއްޖެނަމަ އަހަރެމެން ބަނގުރޫޓުވީ…ސަލާމަތްވާނެ އެއްވެސް ގޮތެއް ނެތް” އުސްމާނު މާޔޫސީ ރާގަކުން ބުންޏެވެ.
“އެހެންވެ ކަންނޭނގޭ މިދިޔަ އަހަރު ބައްޕައާއި ނަސީރު ދެމީހުން ޒުވާބު ކުރީ” ފުން ޚިޔާލެއްގައި އިން ރަޒާން ބުންޏެވެ. “ބައްޕައަށް ވިސްނުނީ ކަންނޭނގެ ބައްޕައަށް ވަދެވުނު މަޅި….”

“ނޫނީ ނަސީރު ރަޒާންގެ ބައްޕައަށް ދަޅަ ދައްކައިގެން ވިސްނައިދިނީ ކަންނޭނގެ ހުރިހާ ކަމެއް އޮތީ ކޮންޓްރޯލުގައި ކަމަށް” މިއުވާން ރަޒާންގެ ބަހާ ވިއްދައިގެން ބުނިއެވެ.

“ދެން ނަސީރުގެ ބަހެއް ލިބުނުތަ؟” ރަޒާން އާދަމަށް ބަލައިލިއެވެ.
“މިއަދު ހެނދުނު އަހަރެން އޭނައަށް ގުޅިން….އޭނާ ހުރީ…ވަރަށް ހަމަޖެހިފައި…ހާލަތު ގޯސްވިޔަސް މެނޭޖު ކުރެވޭނެކަމަށް އޭނާ ބުނީ.. އަދި ރަޒާނާ ވާހަކަ ދައްކާނެ ކަމަށް. ތި ދެމީހުން އެގްރީމެންޓަކަށް ނުދަނީސް މިކަން ބޯޑަށް ނުގެންނަން އޮތީ ބުނެފަ”

“އެ ނުލަފާ….ހުވާ މިބުނީ…” ރުޅި އައިސްހުރެ އުސްމާނު އިން ތަނުން ތެދުވިއެވެ. މީހާ ހަމައަކަށް އަޅުވަންވެގެން ދެތިން ފުންނޭވާއެއް ނެގިއެވެ.
“މިކަން ރީ ސްޓްރަކްޗަރ ކުރެވޭނެ ހަމައެކަނި މީހަކީ ނަސީރު..ހީޒް ދަ ކޯ-ގެރެންޓަރ..ހުރިހާ އެންމެންވެސް އޭނާއަށް އިތުބާރު ކުރާނެ..ބެންކު…ދެން ބަކީ ތިބި އެންމެން…”
“އެހެންވީމާ ހައްލު އޮތީ ހަމައެކަނި އޭނާގެ އަތުގައޭތަ ތި ބުނަނީ؟” މިއުވާން އުސްމާނަށް ނަޒަރު ހުއްޓައިލިއެވެ. “އެހެން ވިއްޔާ އޭނާ މިކަން ފްރީ ކޮށެއް ނުކޮށްދޭނެ..ޔަޤީން މިކަމުގެ ބަދަލު ހޯދަން އުޅޭނެ…” މިއުވާން ކަރު އެލުވައިލިއެވެ.

“އާދަމް، އަހަރެން ނަސީރާ ވާހަކަދައްކަންދެން ބޭންކުތަކާ އެއްވެސް މުއާމަލާތެއް ނުކުރާތި. އަދި ބޯޑަށްވެސް ނާންގާތި. މި ވާހަކަ މި ކޮޓަރިން ބޭރުވެގެން ނުވާނެ” ރަޒާން އާދަމަށް ބަލައިލިއެވެ.
“އެކަމަކުވެސް ހިނގާ އަހަރެމެންނަށް ކުރެވެން އޮތް ކަމެއް ކުރަން……އަހަރެން ބޭނުން ކޮންމެ ކޮންޓްރެކްޓެއް، ކޮންމެ އެސް.ޕީ.ވީ ލިޔުމެއް، ކޮންމެ ގެރެންޓީއެއް ރިވިއުކުރަން. ނަސީރު ނުހިމަނައި ގާނޫނީ ގޮތުން ސަލާމަތްވެވޭނެ އެއްވެސް މަގެއް އޮތްތޯ އަހަރެން ބަލަން ބޭނުން..ކޮންމެވެސް އެހެން ގޮތެއް އޮންނާނެ” ރަޒާން އަދި ބަލި ޤަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ.
***

އޭގެ ދެތިން ދުވަސްފަހުން ރަޒާން، މިއުވާން އަދި އުސްމާން ތިން މީހުން އެކީ ރެސްޓޯރެންޓަށް ވަދުނީ ނަސީރު ދިން ދަޢުވަތު ޤަބޫލުކޮށްގެންނެވެ. އެ ރެސްޓޯރެންޓަކީ ނަސީރުގެ ހިއްސާ އޮންނަ ހޮޓަލު ހިންގާ އިމާރާތުގެ އެންމެ މަތީ ފަންގިފިލާގައި ހިންގަމުންދާ ރެސްޓޯރެންޓެކެވެ. ތިން މީހުން އެ ރެސްޓޯރެންޓަށް ވަދެވުމާއެކު ވައިޓަރަކަށް ހުރި ފިރިހެން ކުއްޖާ އެ ތިން މީހުންނަށް މަރުހަބާ ކީއެވެ. މަޑުމައިތިރިކަމާއެކު އެ ތިން މީހުންނަށް ހާއްސަކޮށްގެން ތައްޔާރިކޮށްފައި ހުރި ޕްރައިވެޓް ޑައިނިން ރޫމް ދެއްކުމަށްފަހު އެ ކުއްޖާ އެތަނުން ދިޔައެވެ. އެ ރޫމްގެ ފާރުތަކުގައި ކަޅުކުލަ ލެވިފައިވާއިރު އެ ރޫމް ދިއްލައިލެވިފައިވާ މަޑު އޮރެންޖު އަލިން އެ ރޫމްގެ ޝާހީކަމުގެ ފެންވަރު ފެނިގެން ދެއެވެ. ކުޑަދޮރުތަކުން މާލޭގެ މަލަމައްޗާއި އޭގެ ބޭރުން ފެންނަން އޮތް ކަޅު، ވިދާ ކަނޑުގެ މަންޒަރު އޮތީ ހާމައަށް ފެންނަންށެވެ.

“އީށީނދޭ…” ހުސް މޭޒުގެ ހުސްގޮނޑިތަކަށް އިޝާރަތް ކުރަމުން ނަސީރު ބުނެލިއެވެ. “މަރުހަބާ..ހިޔެއް ނުކުރަން އަހަރެންގެ ދަޢުވަތު ޤަބޫލު ކުރާނެކަމަށް” ނަސީރުގެ އޯގާތެރި ހިނިތުންވުން ފެނިފައި އުސްމާނު މަޖުބޫރުން ހީލިއެވެ.
“ނަސީރު ދައްކާ ވާހަކަ..އަހަރެމެންނީ މިތުރުންނެއްނު…ދޯ ރަޒާން”
“ރަޒާންގެ އެކުވެރިޔާއަށްވެސް މަރުހަބާ…މިއުވާންދޯ ކިޔަނީ؟” މިއުވާނާ ސަލާމް ކުރަމުން ނަސީރު ހީލިއެވެ.
“އާދެ…”
“އެހޭ…ބީރައްޓެހި ވެގެން ނުހުންނައްޗޭ….ހިނގާ އަވަހަށް ކާން އުޅެމާ..”

އެއާއެކު ހަތަރު މީހުން ކެއުމާގެން އިންސާފުވިއެވެ. ވިޔަފާރީގެ ވާހަކަ ދެއްކުމުގެ ބަދަލުގައި ނަސީރު ދެއްކީ އަމިއްލަ ދިރިއުޅުމުގެ ވާހަކަ އެވެ. ޝަފީޤުގެ ހަނދާންތައް އާކުރަމުން، އޭނާގެ ޢާއިލާގެ ވާހަކަތަކާއި، ރަޒާންގެ ކުޑައިރުގެ ވާހަކަތަކެވެ. މިއުވާންވެސް އެނާގެ ވާހަކަ ތަކުގައި ބައިވެރިކޮށް މިއުވާންގެ ހުނަރާއި ޤާބިލް ކަމަށް ތަޢުރީފުކުރިއެވެ.

“އަހަންނަށް އެނގޭ ތިމީހުން ވަރަށް ބީޒީކޮށް އުޅޭ ކަން” ޓިޝުލަކުން ތުންފަތް ފޮހެލަމުން ނަސީރު ބުންޏެވެ. “އާދަނު ބުނި ރަޒާން ހުރިހާ ކަމެއް ރިވިއު ކުރަމުން ދާ ވާހަކަ. ޝަފީޤު ވަރަށް އުފާވާނެ ރަޒާން މިކަމަށް ދީފައި ހުރި ސަމާލުކަން ފެނިފައި.”
“ދެން ބޭބެއަށް އެނގޭނެ އަހަރެމެން ކީއްވެގެންކަން އެ އެކައުންޓައް ބަލަނީ” ރަޒާންގެ އަޑުގައި ކުޑަ ވަރެއްގެ ރުޅިވެރިކަމެއް ހުއްޓެވެ. “ގެރެންޓީތައް..އެސް.ޕީ.ވީ ތައް. ހަތަރުސަތޭކަ ވިހި މިލިއަން ޑޮލަރު. ބޭންކުތަކުން އެ ފައިސާ ހޯދަން އަންނަން އޮތީ ތިރީސް ދުވަސް” ވަށް ކަޅިން ރަޒާން ނަސީރަށް ބަލައިލިއެވެ.

ރައްދުގައި ނަސީރު މޫނުމައްޗަށް ހިތާމަވެރިކަން ގެންނަމުން ބޯ ޖަހައިލިއެވެ. “އާނ.. އަހަންނާ ޝަފީޤް ދެމީހުންވެގެން އެ ކަން ކުރީ.. އޭނާ ބޭނުންވީ އެކަން އަވަހަށް ކުރަން.. އަހަރެން އެކަމަށް މަގުފަހިކޮށްދިނީ.. މިހާރު ހިތަށް އަރާ އިންސިސްޓް ކުރެވުނުނަމައޭ މޯ ޓްރާންސްޕޭރެންސީއަށް…”
“ދެން ތިހެންވިއްޔާ އެނގޭތާ މިކަމަކީ ވަގުތު ގުނަމުންދާ ބޮމެއްކަން… ޝަފީޤްގެ މަރާއެކު ކައުންޓް ޑައުން ފެށުނީ… އެމީހުން ބޭނުންވަނީ އެ މީހުން އިތުބާރުކުރާ ކޯ-ގެރެންޓަރެއް..” މިއުވާން ނަސީރުގެ ކިބައިން ނަޒަރު ވަކި ކުރުމެއްނެތި ބުންޏެވެ.
“އާނ. އަހަންނަކީ ކޯ-ގެރެންޓަރ” ނަސީރު މަޑުމޮޅިކަމާއެކު ބުންޏެވެ.
“ކަލޭ އަށް މިހުރިހާ ކަމެއް އެނގޭއިރުވެސް ހިތުން ހައްޕު ބުނެގެން ހުންނަންދޯ އެނގުނީ… ކޮބާ ކަލޭ ބޭނުންވަނީ ކިހާ ފައިސާއެއް މިކަން ކުރަން؟” ހަރުކަށި އަޑަކުން އުސްމާނު އަހައިލިއެވެ. އެ ދެލޮލުން ރުޅިވެރިކަމުގެ ކަނި ބުރަމުން ދިޔައެވެ.
“ފައިސާއޭ؟” އަނިޔާ ލިބިފައިވާ މައުސޫމު މީހެއްހެން ނަސީރު އުސްމާނާ ދިމާލަށް އެނބުރުނެވެ. ” އުސްމާން..ކަލޭ ތި އަހަނީ އަހަރެން ފައިސާ ބޭނުން ހެއްޔޭތަ؟ ތިހެން އަހަން ހެޔޮވެސް ނުވާނެ..އަހަރެން ހުރީވެސް ހެޔޮ ހިތުން މިކަން ކޮށްދެން..އަހަންނެއް ފައިސާ އަކަށް ނޭދޭނަން..ރަޒާނަކީ ހަމަ އަހަރެންގެ ދަރިއެއް…އެހެން ހުރެ އަހަރެން ކިހިނެއް ރަޒާނަށް އެއްވެސް ކަހަލަ އަނިޔާއެއް ދޭނީ؟” ހިތުގައި ޖެހިފައި ހުރި މީހެއް ހެން ނަސީރު ރަޒާނަށް ބަލައިލިއެވެ.
“ދެން ފައިސާ ބޭނުންނެތިއްޔާ ކޮންޗެއް އަހަރެމެންގެ ފަރާތުން ބޭނުންވަނީ؟” މިއުވާން އިށީނދެ އިދެހަށިގަނޑު ތެދުކޮށްލަމުން އަހައިލިއެވެ.
“އަހަރެންގެ ޢުމުރު މިދަނީ ހުސްވަމުން…އަހަރެންގެ ފައިސާއާއި މުދާ އެބަހުރި.. މި ކުންފުނި ސަލާމަތްކުރާ މީހަކީ އަހަރެންނަމަ، އަހަރެން ބޭނުން އަހަރެންގެ ލޭ މިކުންފުނީގެ ބަޔަކަށް ހަދަން” ނަސީރުގެ ބަހަށް ތިން މީހުން އެކީ އެއްކޮށް ނަސީރަށް ބަލައިލިއެވެ.

“ތިބުނީ؟” ވާނުވާ ނޭނގި މިއުވާން އަހައިލިއެވެ. ތިން މީހުންގެ ހިތް އަވަސްވެ ނޭވާ ކުރުވީ އަޑު އިވެން އުޅޭ ބަސްތަކުން ކޮންމެވެސް ކަމެއް ގޯސްވާން އުޅޭނެހެން ހީވެގެންނެވެ.
ނަސީރު ނޭވާއެއް ދޫކޮށްލުމަށްފަހު ރަޒާނަށް ބަލައިލިއެވެ. އެ ނަޒަރުންވެސް ރަޒާނަށް އުނދަގޫވިއެވެ. އެކަމަކު ދެން އިވުނު ބަސްތަކުން އޭނާގެ މޭ އެއްކޮށް ފިނިވިއެވެ.

“އަހަރެންގެ ދަރިފުޅު ޔޫޝާއާއި ރަޒާން އިންނަންވީ”

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Thea reminisces
Follow Me Written By

Thea reminisces

Level 110 Stories

Currently a uni student who decided to fill her free time writing stories. Be ready to dive into thea's world of imagination and drama. Have a happy reading

Other Articles

Previous

ވާތީ ހިތަކު ލޯބި މަންމަންވެފާ 63

Next

ލޯބިން ބުނާތީ 19

Next
June 10, 2026

ލޯބިން ބުނާތީ 19

Previews
June 10, 2026

ވާތީ ހިތަކު ލޯބި މަންމަންވެފާ 63

2 Comments!

  1. Anonymous says:
    June 10, 2026 at 5:16 pm

    grl when next part

  2. White rose White rose says:
    June 10, 2026 at 7:50 pm

    Alhey noooooo. My rookamana ge hiy halaaku nukohlaa 💔🥀💔🥀
    Mi bai ves hama habeys 🤩🤩
    When’s next
    Lysm 🫰🏻🫰🏻

Comments are closed.

Next Episodeމި ލޯތްބާއި ތި ވަޢުދު (9)←


All Right Reserved!