ސާރޖިކަލް އައުޓް ޕޭޝަންޓް ޑިޕާޓްމެންޓްގެ ވެއިޓިން އޭރިޔާގައި މަޑުކޮށްލައިގެން ހުރި ޔޫޝާ އިރުއިރު ކޮޅާ ބަލައިލެވެނީ، ފާރުގައި ހަރުކޮށްފައި އިން ޓޯކެން ސްކްރީނަށެވެ. ނަމްބަރު އަށާރައަށް އެރިފަހުން އެ ނަމްބަރެއް ބަދަލެއް ނުވިއެވެ. އޭނާ އެ ވެއިޓިން އޭރިޔާގައި އިންނަތާ އެތައް އިރެކެވެ. ގޮނޑިން ތެދުވެ އޭނާ ހިނގައިގަތީ ކައުންޓަރު ކައިރިއަށެވެ. ރެސެޕްޝަނިސްޓުގެ ސަމާލުކަން ލިބުމާއެކު އޭނާ އެހީ ޑރ. ހުދާ ގެ އޮ.ޕީ.ޓީ ކުރިއަށް ދާނީ ކޮންއިރަކު ތޯއެވެ. “ޑރ. ހުދާ ވެއްޖެ އެމަޖެންސީ ސާރޖަރީއަކަށް. […]
ގެއަށް ވަދުމާއެކު ރޫޔާ ގޮސް އޮށޯތީ ސޯފާ މަތީގައެވެ. އަތުގައި އޮތް ދަބަސް މޭޒުމައްޗަށް އެއްލައިލުމަށްފަހު، ސޯފާގެ ބާލީހުގައި ބޯ އަޅައި ދެލޯ މަރައިލިއެވެ. ސިފަވެގެންދިޔައީ ރަޒާނާއި ލަމްޔާ ވާހަކަ ދައްކަން އިން މަންޒަރެވެ. އެހެންނާ ދުވަހަކުވެސް ނުފެންނަ ޢަމަލެއް މިއަދު ރަޒާންގެ ފަރާތުން އޭނާއަށް ފެނުނެވެ. ލަމްޔާއާ ވާހަކަ ދެއްކިއިރު ގެންގުޅުނު މަޑުމައިތިރި ރާގާއި، ދޭތެރެއަކުން ބޮލުގައި ފިރުމައިލާ ފިރުމުންތައް ވެގެން ދިޔައީ އެނާގެ ހިތުގައި ބިންވަޅު ނެގިގެން ދިޔަ ކަމަކަށެވެ. އެ ކުޑަ ހިނދުކޮޅު […]
“ބޭބޭ.. މީ..ކިހާ ވަގުތެއް ނަގާނެ އެޕާޓްމެންޓަށް ދެވެން؟” އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން މަޖުބޫރުކުރަމުން ޔޫޝާ ކާރު ޑްރައިވަރު ގާތު އެހިއެވެ. އޭނާ ފުންނޭވާއެއް ނެގުމަށްފަހު ފޯނަށް ނަޒަރު ހިންގައިލިއެވެ. ޔޫޝައު އެންމެ ފަހުން ފޮނުވި މެސެޖު ސްކްރީނަށް އެރުމާއެކު އޭނާގެ ހިތް އިތުރަށް އަވަސްވިއެވެ. “ފަސް މިނެޓް.. އެޑްރެސް އިންނަ ގޯޅިއަށް މިހާރު މި އެޅީ” ކާރުގެ ރިއަރު ލޯގަނޑުން ޔޫޝާއަށް ބަލައިލުމަށްފަހު ޑްރައިވަރު ޖަވާބުދިނެވެ. ރައްދުގައި ޔޫޝާ ބޯޖަހައިލިއެވެ. ވަގުތުގެ ބޭނުން ހިފައި އޭނާ […]
“އިޒް އިޓް ޑިފިކަލްޓް؟” ރަޒާންގެ ސުވާލާއެކު ރޫޔާ ހުއްޓުން އެރިއެވެ. ރަޒާން އެ ސުވާލު ކުރީ އޭނާގެ ދިރިއުޅުމާ ބެހޭގޮތުން ހެއްޔެވެ. “ކޮންޗެއް؟” “ތުންފަތް ކަން، އެ ހަންގަނޑު ނުނެއްޓިގެންތަ ތިއުޅެނީ؟” ރޫޔާގެ ދެލޯ ބޮޑުވިއެވެ. ބޮލަށް ސަވާރުވެފައި ހުރި ރުޅި ފިނިވެގެންދިޔައިރު، ހުރެވުނީ ރައްދުގައި ބުނާނެ އެއްޗެއް ނޭނގިފައެވެ. އެ ހުރިހާ އިރެއް ވަންދެން، ރަޒާނަށް އޭނާގެ އެކުޑަ ޢަމަލު ފާހަގަކުރެވުނުކަން އިހުސާސްވުމާއެކު މިހާގެ ހިތް އަވަސްވިއެވެ. ރަޒާނަކީ މީހެއްގެ ފިރިއެއްކަން ކުޑަ ވަގުތުކޮޅަކަށް ހަނދާން […]
“އެކްސްކިއުޒް މީ؟” ސައިފްގެ ފަހަތުން އަންހެނެއްގެ އަޑު އިވިފައި އެންމެން އެދިމާލަށް ބަލައިލިއެވެ. ހުރީ ކާކުކަން އެނގުމާއެކު އެންމެން ދެލޯ ބޮޑުވިއެވެ. “ޔެސް.. މޭމް” ޖެހިލުންވެ ސައިފް އިޖާބަދިނެވެ. “ޑރ. ރާޝިދުގެ އޮފީސް އިންނަނީ ކޮންތާކު؟” ކުރިމަތީގައި ހުރި ކުއްޖާއަށް، މަތިން ފެށިގެން ތިރިއަށް ނަޒަރު ހިންގައިލުމަށްފަހު އެ އަންހެން މީހާ އަހައިލިއެވެ. “އެހެރި ހޯލްވޭ. ސެކަންޑް ޑޯ އޮން ދަ ލެފްޓް” ހޯލްވޭ އަށް އިޝާރަތް ކުރަމުން ސައިފް ޖަވާބު ދިނެވެ. “ތެންކިޔު…ޑރ. ސައިފް؟” އެ […]
މިއުވާނާއެކު ކާރުން ނިކުތް ރަޒާންގެ ފިޔަވަޅުތައް ހުއްޓުނީ، ފަޓުލޫނު ޖީބުގައި އޮތް ފޯނު ވައިބްރޭޓުވާން ފެށީމައެވެ. އޭނާ ފޯނު ނަގަމުން މިއުވާނަށް، ރާޝިދުގެ ގެއަށް ވަންނަން އިޝާރަތް ކޮށްފައި ކާރުގައި ލެނގިލިއެވެ. “ރަޒާން ސަރ. އަޅުގަނޑަށް ހޯދުނު މައުލޫމާތު ޕީ.ޑީ.އެފް ކޮށްފަ އިންނާނެ މިހާރު ސަރ ގެ މައިލަށް ފޮނުވައިފަ.” އެކޮޅުން އިވިގެން ދިޔައީ ރަޒާންގެ އެސިސްޓެންޓް ފިރާޝްގެ އަޑެވެ. “އޯކޭ. މި ބަލަނީ” ރަޒާން ފޯނު ކަންފަތާ ދުރުކޮށްލުމަށްފަހު ކޯލް ކަނޑައިލިއެވެ. އަވަސް އަވަހަށް މައިލް […]
“ވަޒީފާއަށް ނުކުމުގެ ކުރިން އެހާ އަވަހަށް ވަނަން ލިބުނީ. އެވެސް ‘އާތްކުއެކް’.” ހިނިގަނޑެއް ޖަހައިލަމުން ރާޝިދު ބޯ ހޫރައިލިއެވެ. “ދުވަހަކުވެސް އަހަރެން އާޝޯހު ނުކޮށްލާ ނުދާތި. ޢާއިޝަތު ރޫޔާ އިސްމާޢިލް!” ރައްދުގައި ރޫޔާ ދެކޮޅަށް ބޯ ހޫރައިލުމަށްފަހު، އުލުގެ އެހީއާއެކު ސްޕެގެޓީކޮޅެއް އަނގަޔަށްލިޔެވެ. “ބޭބެ ނުބުނަންދޯ އެކުދިން ކައިރީ” ހަމަޖެހިލުމަށްފަހު ރޫޔާ އަހައިލިއެވެ. ޖަވާބުގައި ރާޝިދު ބޯ ޖަހައިލިއެވެ. “ކީއްކުރަން؟؟. އެހާ ރީތިކޮށް ސަޕްރައިޒެއް ދެވެން އޮއްވަ!” “އަދިވެސް ބޮޑުވާކަށް ނޫޅޭން ދޯ! އުމުރުން މިހާރު ތިއޮއް […]
“މޫވް!” އިވުނީ އަންހެނެއްގެ ހަރު އަޑެވެ. އެންމެން އެކީ ފަހަތް ބަލައިލިއިރު، ބިޒްނަސް ކްލާހުގެ ދޮރުމަތީ މަޑުކޮށްލައިގެން ހުރި އަންހެނާ އެ އެންމެންނަށް ފެނުނެވެ. ދެލޮލުގައިވާ ތޫނުކަމާއި، މޫނުމަތިން ފާޅުވާން ހުރި ހަރުކަށިކަން ފެނިފައި ދެން ތިބި މީހުންނަށް ކަން ވެގެން އުޅޭ ގޮތް ރޭކާލަން ވަގުތުކޮޅެއް ނެގިއެވެ. އޭނާއަކީ ދިވެއްސެކަން ޔާމީނަށް އެނގުނީ އޭނާގެ މޫނުގެ ބައްޓަމާއި، ސީދާ ނޭފަތާއި، އަދި އެ ނަޒަރަކުން މުޅި މާހައުލު ފިނި ކޮށްލި، އަނދުން އެޅިފައިވާ ތޫނު ފުން […]
ހަ އަހަރު ދުވަސް ފާއިތުވެގެން ދިޔަ ކަމުގައި ވިޔަސް، ‘ރަންމުތް ހޯލްޑިންސް’ ގެ ކޮންފެރެންސް ރޫމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އިންޑިޔާ ކަނޑު ހާމަކޮށް ފެންނަ ގޮތަށް ހަދާފައި އިން ބިއްލޫރި ފާރެވެ. ހަމަ އެ ހަތަރެސްކަން ބޮޑު މޭޒެވެ. އެ މޭޒުގެ ދެ ފަރާތުގައި ޖުމުލަ އަށް ގޮނޑިއެވެ. މޭޒުގެ ކޮޅުގައި އެންމެ ގޮނޑިއެކެވެ. އެހެނަސް، އެކޮޓަރީގެ މާހައުލު އޮތީ ބަދަލުވެފައިއެވެ. އެސީގެ ފިނި ހޫނުމިން އިނީ ތޭވީސް ޑިގްރީގައެވެ. ބިއްލޫރި ފާރުން، މެންދުރުގެ ގަދައަވި […]