*ކުއްލިއަކަށް ކުރިމަތިން ދުއްވާފައި ދިޔަ ސައިކަލުފެނި ޔައިޝާ އަނގަހުޅުވާލަން އުޅެނިކޮށް ދެން އިވުނު ބާރުގަދަ އަޑު ފައްގަނޑުން ޔައިޝާއަށް އަޑުގެ ނެތް ތަަނަަށް އަޑުގަދަ ކޮއްލެވުނެވެ.* “އާ..ނި..ޝް” ޔައިޝާގެ އަޑު ދިޔައީ ބުރިބުރި ވަމުންނެވެ. އާނއެކެވެ. ސައިކަލުޖެހި އެކްސިޑެންޓުވެފައި އެއޮތީ އާނިޝްއެވެ. ކުއްލިއަކަށް މީހުން ތަށް އެތަނަށް ޖަމާވާން ފެށިއެވެ. މީހުންތަށް އާނިޝް ގޮވައިގެން ހޮސްޕިޓަލަށް ދިޔައިރުވެސް ޔައިޝާ ހުރީ ޝޮކެއްޖެހިފައެވެ. “ހަ..ހަނާ” ޔައިޝާ އެހެން ކިޔާ އަނެއްކާވެސް ހަނާމެން ގޯއްޗާ ދިމާއަށް ދުއްވައިގަތެވެ. “ހަ…ހަނާ…އާ..އާނި.އާނިޝް އެ..އެކްސިޑެންޓް..” […]
*”ވަޓްޓް؟؟؟” ކުއްލިއަކަށް ކުރިމަތިން ހިނގާލާފައި އައި ޒުވާން ފިރެހެން މީހާއަށް އިޝާރާތް ކޮށް ޔައިޝާ ބުނެލިއެވެ.* “އާނިޝް” ޔައިޝާގެ އަނގައިން ނުކުތީ އެވަރަށެެވެ. އޭނަގެ އަނގަ މަތީގައި އަތް އެޅިއެވެ. ޒިވްޔަންވެސް ޔައިޝާ މާ ހައިރާން ވެގެން ބަލަނީ ކޯއްޗެއްތޯ ބަލައިލިއިރު އޭނަވެސް ހައިރާންވިއެވެ. ހައިރާން ވާނެއް ނޫނެއްނޫން ހެއްޔެވެ؟ އެއީ އިއްޔެ ފެނުނު އާނިޝްއޭ މިހާރު އެކަކުވެސް ނުބުނާނެއެވެ. އިއްޔެ ބޮޑު ނޫޑްލްސްގަނޑެއްހެން އޮތް އިސްތަށިގަނޑު ވަނީ އެހާ ތުނިކޮށް ނޫނަސް ރީތިވަރަކަށް ކޮށާލާފައެވެ. ކަރުގައި […]
*ފަރި ހިނގުމެއްގައި މަގުމަތީ ހިނގާލާފައި ދިޔަ ޔައިޝާގެ މިސްރާބު ހުރީ ސުކޫލާ ދިމާއަށެވެ. މަޑު އޮރެންޖު ކުލައެއްގެ ހެދުމެއްލާފައިވާއިރު އެކުލައިގެ އަތްދަބަހެއް ޔައިޝާގެ ކޮނޑުގައި އޮތެވެ. ކަޅު ކުލައިގެ ހައިހީލް އަކަށް އަރަލާފައި ވާއިރު ޔައިޝާ ފެންނަނީ ނުހަނު ސާދާކޮށެވެ. “ޔައީ…..” ފަހަތުން މީހަކު ގޮވާލިއަޑަށް ޔައިޝާ ބަލަލިއެވެ.* ފަހަތުން ގޮވީ ޒިވްޔަންއެވެ. ޔައިޝާއަށް ޒިވްޔަން ފެނުމުން އޭނާ ހިނގުން މަޑު ކޮއްލިއެެވެ. ޒިވްޔަންވެސް ދުވެލާފައި ކަހަލަ ގޮތަކަށް އައިސް ޔައިޝާޔާ އެއްވަރު ކުރިއެވެ. ޒިވްޔަން ޔައިޝާއާ […]
× *”ޕިސް.ޕިސް.ޕިސް.ޕިސް….” ޒިވްޔަންއާ ޔައިޝާއާ ދެމީހުން ސިހިފައި ފަހަތް ބަލާލިއިރު ފަހަތުގައި ދެއަތް އުނަގަނޑުގައިި ވިއްދައިގެން ހަނާ ހެވި ދިއްލިފައި އެމީހުނާ ދިމާ ބަލަައްޓައިެން ހުއްޓެވެ.* “ސާބަސް ކަލެމެންނަށްވާ….ފަނަރަ މިނެޓުވީ މިހާރު ތިހެން ތިބޭތާ ” ހަނާ ހެމުންހެމުން ބުނެލިއެވެ. ޔައިޝާ ވަގުތުން އިސްދަށަށް ޖަހާލަމުން ގެއިން ނުކުތެވެ. ޒިވްޔަންވެސް ބޮލުގައި އަތް ހާކާލީ ހަނާ ދިމާ ކުރާނެވަރު ހިތަށް އަރާފައެވެ. “ޔައީ ދާ ގަޑިއަށްތަ އަހަންނަށް ގެއަށް އާދެވެން ޖެހެނީ” ޒިވްޔަން ބުނެލިއެވެ. “ޔައީ ކިހާއިރެއް […]
* ނޫނީ އެބައްޕަގެ ދިރިއުޅުން މާ އުފާވެރީ ހެއްޔެވެ؟ ޖަވާބު ނުލިބޭ އެތައް ސުވާލުތަކެކެވެ. ނަމަވެސް ކޮންމެސް ދުވަހަކުން ލިބޭނެތާއެވެ. ދުނިޔޭގައި ހުރިއްޔާ އިރާދަކުރެއްވިއްޔާ ކޮންމެސް ދުވަހަކުން އޭނަގެ ބައްޕައާ ދިމާވާނެތާއެވެ. ޔައިޝާއަށް ނިދުނީ މިފަދަ ހިޔާލު ތަކުގައި އިނދެގެންނެވެ.* ހޭލަވުނުއިރު ނިދުނީ ދޮރު ދޮށުގައިކަން އިނގުމުން ޔައިޝާގެ ގާތަށް ހިނިވެސް އައެވެ. ނަމަވެސް އެ ހިނިތުންވުން ފިލައިގެން ދިޔައީ އޭނަގެ މަންމަ ރޭގަ ދެއްކި ވާހަކަ ތަށް ހިތަށް އަރާފައެެވެ. ތެދުވަން އިރު ޔައިޝާގެ ބުރަކައްޓަށް […]
* މަގުމަތިން ހިނގާފައި ދިޔައިރު މުޅި މާހައުލުގައި ވަނީ ހަމަހިމޭން ކަމެވެ. ޔައިޝާއާ ޒިވްޔަން މަޑުމަޑުން ހިނގާފައި ދިޔައިރު އެދެމެދުގައި ވަނީ މަރު ފަދަ ހިމޭން ކަމެވެ. ހީވަނީ ވާހަކަ ނުދައްކަން ވައުދެއް ވެގެން ތިބިހެންނެވެ. ކުއްލި އަކަށް ގެއެއްގެ ފާރު މަތިން ބުޅަލެއް ފުއްމާލީ ޔައިޝާގެ ކުރިމައްޗައްށެވެ. ހަޅޭއްލަވައިގަނެފައި ޔައިޝާއަށް ބައްދައިގަނެވުނީ ކައިރީގައި ހުރި ޒިވްޔަން ގައިގައެވެ.* ޒިވްޔަންއަށް ހީވީ ކަރަންޓު ޝޮކެއްޖެހުނު ހެންނެވެ. އޭނާއަށް ހުރީ ހަރަކާތެއް ކޮއްލަން ނޭނގިފައެވެ. އޭރު އެމީހުން ތިބީ […]
*ހަނާ ރީތިވެ ނިމުމުން ދެމީހުން ދިޔައީ ބަދިގެއަށް ސައިބޯށެވެ. ސައިބޯން އިން ޒިވްޔަން މީހަކު ދޮރު ހުޅުވާލި އަޑަށް ބަލާލިއިރު ހީވީ އޭނަގެ ލޯ ތަރަތަރަ ޖަހައިގެން ދިޔަހެންނެވެ.* ދެލޯ މަރާލާ ކުޑަކޮށް ބޯ ތަޅުވާލުމަށް ފަހު ލޯ ހުޅުވާލީވެސް ދެލޯ ކުރި މަތިން ފެންނަމުން ދިޔައީ ގަބޫލު ނުކުރެވިގެންނެވެ. ބޯންއިން ސައިތަށި އަނގައިން ނައްޓަން ނޭނގިފައި ޒިވްޔަންއަށް އާގަމަ ވެފައި އެ ދިމާއަށް ބަލަން ހުރެވުނީއެވެ. އެހެންނުވާންވީ ކީއްވެގެން ހެއްޔެވެ؟ ކުރިމަތީގައި ފެންނަން އެހުރީ ފުރަތަމަ […]
*އަވަސް އަވަހަށް އަތް ދޮވެލައިގެން އިތުރު ވާހަކައެއް ނުދައްކާ ހަނާ ދިޔައީ ކޮޓަރިއަށެވެ. އެހެނީ ހަނާ ބޭނުންވީ މިވަގުތު އެކަނި ވެލާށެވެ. ކޮޓަރިއަށްވަން ގޮތަށް އެނދު މައްޗަށް ވެއްޓިގަން ހަނާގެ ސިކުނޑި ވަށާލީ އާނިޝްގެ ޚިޔާލު ތަކެވެ. ލޯ މަރަލިއިރު އޭނައަށް ސިފަވަމުން ދިޔައީ އޭނަގެ މާޒީއެވެ.* ދެއަހަރު ކުރި “އާނިޝް، ތަހީން، ޝައުހާ، ލިމްހާ، އައިކާ، ކައިޒަން ” ހަނާ އޭނައަށް ލިބުނު ކަރުދާސް ކޮޅުގައިވާ ނަންތައް ކިޔާލިއެވެ. “ތިއީ ހަނާގެ ގްރޫޕްއަކީ. ހަނާ އަކީ […]
*ނަމަވެސް ކިތަންމެ ހަމަޖެހެން މަސައްކަތް ކުރިޔަސް އިތުރަށް އޭނާ ހާސްވެ ހިތުގައި ޖެހުން ނޫން ކަމެއް ނުވެއެވެ.* “ހިލްޔާނުގަނޑާ. ނުވެސްކަނީތަ؟” ކޮޓަރިއަށް ވަން އިރު ހިލްޔާން ހަމަޖެހިލައިގެން ޓީވީ ބަލަން އިނުމުން ހަނާ އަހާލިއެވެ. “ކާށޭ. ހާދަ އަވަހަަކަށް. އަދި ކިރިޔާ އަށެއްޖެހީ” ހިލްޔާން ޓީވީއަށް ސަމާލުކަން ދީގެން އިނދެ ބުނެލިއެވެ. “ހުމމ.ތިހެން ވިއްޔާ ހުރޭ.އެކަމަކު ހަނދާންކުރާތި! ހިލްޔާން އަންނާނެހާއިރުވަންދެނެއް ލާރާއެއް ނީއްނާނެ” ހަނާ ހިލްޔާންގެ ސަމާލުކަން ހޯދަން ބުނެލިއެވެ. ހިލްޔާން ދިޔައީ ސިއްސައިގެންނެވެ. ކުއްލިއަކަށް […]