ވާހަކަ ލަސްވީ ކަމައްޓަކައި ހުރިހާ ކިޔުންތެރިންގެ ކިބައިން ވަރަށް ބޮޑަސް މާފަސް އެދެން.. ވާހަކަ ލަސް ވުމުގެ ސަބަބުން .މި ބައި މި ގެނެސް ދިނީ 30 ވަނަ ޕާޓް ގެ އެއްބަޔާއި އެކީގައެވެ. ހުރިހާކިޔުން ތެރިނަށްވެސް ކަމުދާނެ ކަމަސް އުއްމީދު ކުރަން ސްޓާފްރޫމް ގައި އިން ޔައިޝާއަށް ވިސްނެމުން ދިޔައީ ޒިވްޔަން ދެއްކި ވާހަކަތަކާ ދޭތެރޭގައެވެ. ހަނާއަށް ހަނާގެ ބައްޕައ ބައްދަލްވީއެވެ. ޔައިޝާއަށް ވިސްނެމުން ދިޔައެވެ. އުމުރުން 20 އަހަރު ވީ އިރު ޔައިޝާއަަށް އޭނާގެ […]
*މެންދުރުފަހުގެ އެކްސްޓްރާއަށް ދާން ލާރާ ހިލްޔާންމެން ގެއަށް ވަނީ ހިލްޔާން ބަަލައެވެ. އެވަގުތު ލާރާއަށް އާަނިޝް ލާރާގެ ނަން ކިޔާ އަޑު އިވުމުން ނިކަން ބާރަށް ގޮސް ދޮރު ހުޅުވާލިއެވެ. ލާރާ ހައިރާންވީ އެތާ ތިބި އޭނާ ނުވެސް ދަންނަ މޫނުތައް ފެނިފައެވެ.* ލާރާއަށް ދެލޯ ބޮޑު ކޮއްލަމުން އަނގަމަތީ އަތް އާލެވުނީ ގަން ލަދުންނެވެ. އެވަގުތު އެތާ ތިބިހާ މީހަކު ހޭން ފެށިއެވެ. “ލާރާ..ހިލްޔާން އެއިނީ ނަމާދު ނުކޮށް، ފެންނުވަރާ އަދި ނުވެސް ކައި” ހަނާ […]
* “ހުސްނާ..އަހަރެން މިއޮއްހާ ވާހަކަ ކިޔައިދިން އިރުވެސް ހުސްނާ ހުސްނާގެ ވާހަކަތަކެއް ނުކިޔައިދެމެންނު” އާމިރު ހަމަޖެހިލަމުން ބުނެލިއެވެ. “ތެދެކޭ މަންމާ.. މަންމަ ވާހަކަ ކިޔައިދީދެން.. އޭރުންނެންނު ދޮންތިގެ ލަވް ސްޓޯރީ ނިންމާފަ އަވަހަށް އަޅުގަނޑު ވާހަކަ ކިޔައިދެވޭނީ ” ހިލްޔާން އެހެން ބުނުމުން އެންމެން ހޭންފެށިއެވެ. * “އަހަރެންގެ މާ ގިނަ ވާހަކަ އެއް ނެތް..އެކަމަކު ތި ވާހަކަތައް އަޑު އަހާފަ އަހަރެން ވަރަށް ވަރަށް ދެރަ ވެއްޖެ.. މުޅި ހަޔާތް ބަރުބާދުވީ އަހަރެންގެ ދެއަތުން” […]
*”އާމިރޫ” އާމިރު އެއް ދިމާ އަކަށް ގެއްލިފައި ހުރުމުން ޒާހިދު ބުނެލިއެވެ. ކުއްލިއަކަށް އާމިރުގެ ލޮލުން ކަރުނަ ހިލެން ފެށުނެވެ. އޭނާއަށް ކުރި މިވަނީ ކޮން ފަދަ ކަންކަމެއްހެއްޔެވެ؟ ހުސްނާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މިހާ ދުވަހަށްފަހު މިފަދަ ގޮތަކަށް އާމިރުއާ ބައްދަލު ވާނޭ ކަމަށް ހުސްނާ ހިތައްވެސް ނާރުވައެވެ. ކުޑަމިނުން އާމިރު ހުރީ ދުނިޔޭގައި ކަމެއްވެސް ނޭނގޭ ވިއްޔާއެވެ. ކުއްލިއަކަށް ހުސްނާގެ ބޮލަށް އެނބުރުން އެރިއެވެ.* “މަންމާ.. ހަނާއަށް ހުސްނާއާ ދިމާއަށް ދުއްވައިގަނެވުނީ […]
*ޒިވްޔަންއާ އާނިޝް މިރެއަށް ތައްޔާރީތައްވީ ހިލްޔާންވެސް ބައިވެރި ކޮއްގެންނެވެ. ހިލްޔަންވެސް ހުރީ ނިކަން ފޯރިޔާއެކު މިކަމަށް ވަރަށް ޝައުގުވެރި ވެގެންނެވެ.* އެރޭ ޔައީޝާ އިނީ ހަނާމެން ގޭގައެވެ. ޒިވްޔަންއާ އާނިޝްގެ އިތުރުން ޕޮލިހުން ކުޑަ މަޝްވަރާއެއްގައި ތިއްބެވެ. ހިލްޔާންއަށް އަދި އަށާރަ އަހަރުން ފުރިފައި ނުވާތީ ހިލްޔާން ގެންދިޔުން ރަނގަޅު ނޫން ކަމަށް ޕޮލިސްމީހާ ބުނުމުން ހިލްޔާން ހުުރީ ތުން ދަމާފައެވެ. “އަޅެ އެމީހުންނަށް ނޭނގެނީތަ މަ ވެސް ބޮޑު ވެގެން ވާނީ އެކަހަލަ […]
“ކިހިނެއް ގަބޫލު ކުރާނީ… އޭރު ކިރިޔާ ދިހައެއް ޖެހީ މިހާރު އެއޮއް ބާރަޖެހީ..ދެން އެއޮއް ހާއިރު ތިބުނީ ފޮނި އަނގަ ތަޅަން ތިބީއޭތަ..ޒިވްޔަން އަމިއްލައަށް ވިސްނާލަބަލަ..މިރަށު މީހުންނަނީ ކަމެއް ނުފެނިފަ ތިބޭ ބައެއް.. މިރޭ ޒިވްޔަން އުލްޔާން އާ އެކީ އެހެން މީހަަށް ފެނުން ނަމަ އަޅެ މަޑުން ހުންނާނެތަ.. އޭރުން ލަދު ގަންނަން ޖެހޭނީ ޒިވްޔަން..ހުތުރު ނަން ލިބޭނީ ޒިވްޔަންގެ ބައްޕައަށް.. ޒާހިިދުބެ އެއީ މަޝްހޫރު ވިޔަފާރި ވެރިއެއް.. ޒާހިދުބެ ވާނެ ދެރައަކަށް އެންމެ […]
މިހާރު އަޅުގަނޑުގެ ޓެސްޓް ފެށެން ކައިރި ވެފައި ވާތީ ވާހަކަ ލިޔެފައި ގަވާއިދުން އަޕް ކުރުން ވަނީ ވަރަށް އުނދަގޫ ކަމަކަށެވެ. އެހެންކަމުން މިދުވަސް ކޮޅު ވާހަކަ އަޕް ކުރެވެން ނެތް ވާހަކަ ހުރިހާ ކިޔުންތެރިންގެ ސަމާލު ކަމައްޓަކައި ދަންނަވަމެވެ. ވާހަކައިގެ ދެން އޮތް ބައި އިރާދަކުރެއްވިއްޔާ މިމަހުގެ 18 ވަނަ ދުވަހު ގެނެސްދޭނަމެވެ. އަދި އޭގެ ފަހުން ގަވާިދުން ވާހަކަ އަޕް ކުރެވޭތޯ މަސައްކަތް ކުރާނަމެވެ. މިހާރު ވާހަކަ ވަނީ ނިމުމަކާ ގާތް ވެފައެވެ. ވަހަކައިގެ […]
*ޒިވްޔަން ފޯން ބޭއްވީ އެތައް ވާހަކައެއް ދެއްކުމަށް ފަހުގައެވެ. ޒާހިދު ފޯން ކަނޑާލުމުން ޖީބަށް ލާން އުޅެނިކޮށް ހަނދާންވި އެއްޗަކުން އަނެއްކާ ވެސް ފޯން ނަގާ ނަންބަރަކަށް ޑަޔަލް ކޮއްލިއެވެ. އެކޮޅުން ފޯން ނެގުމާއެކު އިވުނު އަޑުން ޒިވްޔަންގެ ހިތައް ގެނުވީ ނުތަނަވަސް ކަމެވެ.* ޒިވްޔަން ވާހަކަ ދެއްކީ ނުހަނު ބިރުން ހުރެފައެވެ. ނަމަވެސް ޒިވްޔަންގެ ހިތުގައި މިކަން ކުރެވޭނެ ކަމުގެ އުއްމީދު އޮތެވެ. ހަނާއާ އާނިޝް އެތައް އިރެއް ވަންދެން ވާހަކަ ދައްކަން ތިއްބެވެ. […]
*”އާނިޝްބޭ ކީއްވީ.. ހިނނގާބަ އަހަރަމެން ގެއަށް” ހިލްޔާން ބުނެލީ މަޑުމައިތިރި ގޮތަކަށެވެ. “ހަނާގެ ވާހަކަ މަ ކަ އިރީ ނުދައްކާ.. އޭނަ ކައިޒަން އާ އެކު ދޫކޮއްލާ.. ނެތިން އެދޭތެރެއަށް ވަންނާކަށް”އާނިޝް އަށް ބުނެވުނީ އެހިސާބަށެވެ. ޒިވްޔަން އަށް ކައިޒަންގެ ނަން އަޑު އިވުނު ހިނދު ރުޅިގަނޑު ފަޅައިން ނުދިޔައީ ކިރިޔާއެވެ.* “ދޮންބޭ…ތި ކިޔޭ އެއްޗެއް އިންގޭތަ…ރުޅި މަޑު ކޮއްފަ ފުރަތަމަ ވީ ގޮތް ބަލާބަލަ” ލާރާ ބެލީ އާނިޝް ހަމަޔަކަށް އެޅުވޭތޯއެވެ. “އަހަރަމެންނާ އެކު […]