*ޒިވްޔަން ސިިޓިން ރޫމު ސޯފާގައި އިށީންދެެ އިނީ ހަނާ ތައްޔާރުވެގެން އެބަ އަންނަމޭ ބުނީމައެވެ.ފޯނަށް ގޮސް ހުސްވެފައި އިންއިރު ދޭތެރެ ދޭތެރެއިން ހިނިގަނޑެއް ޖަހާލަފާނެއެވެ. ކުއްލިއަކަށް ޒިވްޔަންް ސިއްސައިގެން ދިޔައީ މީހަކު ސަލާމް ގޮވާލިއަޑަށެވެ.* ދޮރުމަތީގައި ހުރީ ފިރިހެން ކުއްޖެކެވެ. ރަތްކުލައިގެ ގޮޅިޖެހި ގަމީހަކާއެކު ނޫ ކުލައިގެ ޖިންސެއްގައި ހުރި އިރު ބަލާބެލުމަށް އޭނައަށް ވާނީ ސޯޅަވަރަކަށް އަހަރެވެ. އެހެންވީމާ މިއީ ހަނާ އެބުނާ ހިލްޔާންތާއެވެ؟ ކޮޓަރިން ނުކުމެން ހަނާއަށް ހިލްޔާން ފެނުމުން އަޑުގަދަ ކުރަމުން ދުވެފައި […]
*އެމެޖެންސީ ރޫމްގައި ފަރުވާ ދެމުން ދިޔައިރު ޔައިޝާޔާ އަކުރަމް ގޮނޑިބަރީގައި އިށީންދެލައިގެން ތިބީ ޑޮކްޓަރު ނުކުންނާނެ އިރެއްގެ އިނތިޒާރު ގައެވެ. ކުއްލިއަކަށް ޔައިޝާއަށާއި އޭނަގެ ބައްޕައަށް އެއްފަހަރާ ތެދުވެވުނީ ޑޮކްޓަރު އެދިމާޔަށް އަންނަތަން ފެނުމުންނެވެ.* “ކިހިނެތްތޯ ވީ މަންމައަށް” ޑަކުޓަރު އައުމުން ޔައިޝާ އަވަސް އަވަހަށް ސުވާލު ކޮށްލިއެވެ. “އިރާދަކުރެއްވިއްޔާ މާ ބޮޑު ކަމެއްނުވޭ. އެކަމަކު ވޯޑަށް ނެރޭނީ ހޭއެރީމަ. ދެން ބޮޑަށް ބެލެވެނީ އަނބުރައިގަނެގެން ކަމަށް ވެއްޓުނީ. އަސްލު ބޯ ފަޅައިގެން ގޮސް ހުރީމަ އެހާ […]
*ހީވާގޮތުން އެއީ އެދެމީހުންގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަހެވެ. ހީވާ ގޮތަކުން ނޫނެވެ. ހަގީގަތުގައި ވެސް އެއީ އާނިޝްއާ އެކު ހޭދަކުރެވުނު އެންމެ އުފާވެރި ދުވަހެވެ. ނަމަވެސް އެއުފާވެރިކަން ދެމިގެން ދިޔައީ އެދުވަހު އިރުއޮއްސުމާ ހަަމަޔަށެވެ. މޭގައި ފޮޓޯ ފްރޭމް ޖައްސާލައިގެން އިން ހަނާއަށް ހޭވެރިކަމެއްވީ ފޯނުރިންގުވީ އަޑަށެވެ.* ގުޅަނީ ހަނާގެ އެންމެ ގާތްއެކުވެރިޔާ ކަމުގައިވާ ޔައިޝާއެވެ. ދެލޯފޮހެލަމުން ފޯނުނަގާ ހަލޯއޭ ބުނެލިއެވެ. “ހަނާ ކިހިނެތްވީ؟ އަނެއްކާ ރޮނީތަ؟” ޔައިޝާ ހާސްވެފައި އަހާލިއެވެ. “ނޫނޭ. ތީ […]
ފަތިހުގެ ހަމަހިމޭންކަން ފޫދުއްވާލަމުން އިރުގެ ރަންދޯދިތަށް ދުނިޔެއަށް މަރުހަބާ ކިޔަމުން ދިޔަަވަގުތެވެ. ޖެހެމުން ދިޔަ ފިނިފިނި ވައިރޯޅިތަކުން ކޮންމެ މީހެއްގެ ހިތަށް ވެސް ހަމަޖެހުން ގެނެސްދޭނެއެވެ. ކުރިމަތިން ފެންނަން އޮތް ގަދަ ނޫ މާކަނޑު އޮތީ އިރުގެ ދޯދިތަށް އެޅެމުން ދާތީ މުތީ ފަދައިން ވިދަވިދައެވެ. ހުދު ހުދު ދޮންވެލިގަނޑު މައްޗަށް ރާޅު ބީއްސާލާ ހިނދު އެއިވޭ ހިތްގައިމު އަޑު މީހަކު އަހާއަހާ ފޫހިނުވާނެއެވެ. ދުރުދުރުން އިވެމުން ދިޔަ ކޮވެލިކާޅުގެ މިއުޒިކީ އަޑު ދިޔައީ މާހައުލުގެ ހަމަހިމޭންކަން […]
އަހަރެން މި އަނިޔާވެރި ދުނިޔެ އަށް އުފަންވީ ކީއްކުރަން ބާއެވެ؟ މި ދުނިޔޭގައި އަހަރެން ކުރި މަތި ލާންވީ ހުސް އިމްތިހާނާ ހެއްޔެވެ؟ ދުނިޔެ އަހަރެން ދެކެ އެހާ ފޫހި ވެއެވެ. އަހަރެން ވެސް މަރު ނުވާތީ މިތާ ހުންނަނީއެވެ. އަމިއްލައައް މަރު ވުމަކީ ފާފަ އެއް ނޫން ނަމަ އަހަރެން މަރުވިތާ މިހާރު ކިތަންމެ ދުވަހެކެވެ. މީހުން ބުނާތީ އަޑު އަހަމެވެ. ލޯތްބާއި އަޅާލުމާއި ނުލާ ދުނިޔެ އަކު ނޫޅެވޭނެއެވެ. އަހަރެން މިއުޅެނީ ނޫން ހެއްޔެވެ؟ […]
އިރު އޭގެ ވާޖިބު އަދާ ކުރުމައް ފަހު ހުޅަނގު ފަރާތާދިމާއައް މިސްރާބު ޖަހައިފިއެވެ. އިރުއޮއްސެންދާތީ މުޅި ޖައްވުވަނީ ރަންރީނދޫ ކުލައިން ފަވާލެވިފައެވެ. މިރީތިކަން ޝާއިރެއްގެ ގަލަމުން ކިޔައިދޭން އުޅެފިނަމަ ހުސްވާނީ ގަލަމުގެ ދެލި ކަންނޭނގެއެވެ. އަހަރެން އިނީ ރަށުގެ ހުޅަނގު ފަރާތު ތުނޑިއާވީ ދިމާލުގައެވެ. ޔައިނީގެ އިންތިޒާރުގައެވ ޔައިނީ އަކީ އަހަރެން މަސައްކަތްކުރާ އޮފީހުގެ މުއައްޒަފެކެވެ. އެކަމަކު އަހަރެން ދެކެނީ އެއައްވުރެވެސް ގާތްކޮންނެވެ. ވާނީވެސް އެހެންތާއެވެ. އެއީ އަހަރެންގެ މުޅި ހަޔާތް އަޑިގަނޑެއްގައި ވަނިކޮށް އެ އަޑިގަނޑުން […]