*އުލްޔާން ދިޔުމުން ކައިޒަންވެސް ގެއަށް ދާން ފަހަތަށް އެނބުރުނު ވަގުތު ފެނުނު މަންޒަރުން ހިތް ނުހުއްޓުނީ ކިރިޔާއެވެ. ކައިޒަން އަށް ހުރެވުނު ތަންވެސް ރެއަކާލީ ކުރިމަތީ ހުރި މީހާ ފެނުމުންނެވެ. ކައިޒަންއާ އުލްޔާން ދެއްކިހާ ވާހަކަ އެއް އަޑު އިވުނީކަން މޫނު މަތީގެ ކުލަވަރުން އިންގެ އެވެ. ކައިޒަން ހުރީ ހަދާނެ ގޮތް ހުސްވެފައެވެ.. އޭނާ ބޭޒާރު ވާކަށް މާ ގިނަ އިރެއް ނެތެވެ..* ފަހަތުގައި ހުރި ހުސްނާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އިންތިހާ އަށް […]
“އާނިޝް” ދެވަނަ ފަހަރަށް އާނިޝް އަށް ގޮވާލުމަށް ފަހު ދުވެފައިގޮސް އާނިޝްގެ މޭތެރެއަށް ބޮނޑިވެ ގަން އިރު އާނިޝްދުރުގައިގެ މަންމަމެން އެތާ ތިބިކަން ވެސް ހަނާ ހަނދާންވެސް ނެތަ ފަދައެވެ.* ދުރުގައި ހުރި ކައިޒަންއަށް މިމަންޒަރު ފެނުުމުން ހުރީ ހައިރާން ވެފައެވެ. އާނިޝް އަނެއްކާ އައީތާއެވެ. ހަނާގޮސް އާނިޝްގެ ގައިގައި ބައްދައިގެން ވަގުތު ކައިޒަންގެ ލޮލުން އަލިފާން ކަނި ބުރައިގެން ދިޔައެވެ. އޭނާ ހުރީ އެހާވެސް ރުޅިއައިހެވެ. އަވަހަށް އެތަނުން ދާން ހިނގައިގަތީ އިތުރަށް އެމަންޒަރު ބަލަން […]
*”ހަނާ..” ކައިޒަން ގޭތެރެއަށް ބޯދިއްކޮއްލަމުން ގޮވާލިއެވެ. ނަމަވެސް އެވަގުތު ހަނާ ކަޅި ހުއްޓުނީ ކައިޒަންއަކަށް ނޫނެވެ. ކައިޒަންގެ ފަހަތުގައި ހުރި މީހާއަށެވެ.* “އުލްޔާން” ހަނާއަށް ހިތާހިތުން ބުނެވުނެވެ. އުލްޔާން ކައިޒަންއާ އޮތީ ކޮންގުޅުމެއްބާއެވެ. މިއިން ދުވަހަކުވެސް ކައިޒަން އުލްޔާންއާ އެކު އުޅެފައެއް ނެތެވެ. އުލްޔާންއަކީ ހަނާ އެންމެ ފޫހިވާ އެކަކެވެ. އާނިޝް އެކްސިޑެންޓު ވުމުންވެސް ހަނާއަށް މަލާމާތް ކުރި އެކަކެވެ. “ހަނާގެ ހާލު ބަަލައިލަން ހަމަ މިއައީ” ކައިޒަން ހިނިތުންވެލަމުން ބުނެލިއެވެ. އަދި ހަނާ ރަނގަޅޭ […]
*”ދޮންތީ… ވަރަށް ވަރަށް އަވަހަށް އާދެބަ… ވަރަށް ބޮޑު ކަމެއް ވެގެންނޭ” ހިލްޔާން ދޮރު ހުޅުވާލިގޮތަށް ބުނެލިއެވެ. އޭރު ހަނާ ނަމާދުކޮށް ނިމުނީ އެވެ. “ކިހި..” ހަނާ އަށް އެއްޗެއް ނުބުނެވެނީސް ހިލްޔާން އެތަނުން ދިޔައެވެ. ހަނާ ކުޑަކޮށް ހާސވާޮތް ވިއެވެ. އާނިޝްގެ ހޔާލު ހިތަށް ވެރިވުމުންނެވެ.* ހިލްޔާން ފަހަތުން ދިޔަ ހަނާ މައްޗަށް އެރިއެވެ. އެވަގުތު އެތާ ތިބި ޔައިޝާޔާ ޒިވްޔަން ފެނިފައި ހަނާގެ ހިތުގައި އޮތް ހާސްކަން ވެސް ދުވެފައި ދިޔަ ކަހަލައެވެ. އަވަސް […]
*އެއްލި ކަޅިއަކުން ބަނދަަރަށް ގާތްކުރި ލާންޗުން ފޭބި ޒުވާނާފެނި ހަނާ ހީވީ ގަނޑުވިހެންނެވެ. ކަޅުކުލައިގެ ސްޓްރައިޕް ދަމާލާފައިވާ އަތްދިގު ޓީޝާޓަކާއި ކަޅުޖިންސެއްލާފައި ހުރި އެޒުވާނާގެ ފިޔަވަޅުތައް ހުރީ ހަނާމެންނާ ދިމާއަށެވެ. ލޮލުގައި އަވިއައިނެއް އަޅާލާފައި އޮތް އިރު އޭނާގެ ތުންފަތް މަތީގައި ވަނީ ހިނިތުންވުމެކެވެ. އޭނާއަށް ގެއްލިފައި ހުރި ހަނާ ސިހުނީ އޭނާއައިސް ހަނާމެން ގާތުގައި ހުއްޓުމުންނެވެ،* ” ހިލްޔާން ކުރިން ވަރަށް ރުޅި އާދޭ ދޯ އާނިޝްދެކެ..” މަގުމަތީ ހިނގާފައި ދަމުން ޒިވްޔަން ވަރަށް […]
*ކުއްލިއަކަށް ޒިވްޔަންއަށް ބަލައިލެވުނީ އޭނަގެ ފޯނު ރިންގުވި އަޑަށެވެ. ފޯނުގެ ސްކްރީނށް އަރާފއި އިން ނަން ފެނުމާއި އެކު ޒިވްޔަންގެ ތުންފަތް މަތީގައި ހިނިތުންވުމެއް ކުރަހާލިއެވެ. އަދި ފޯނު ނަގަމުން ހަނާމެންނާ ދިމާ ބަލައިލިއިރު އެމީހުން ތިބީ ލާނެތް ފާޑަކަށް ބަލަހައްޓައިގެންނެވެ. ޒިވްޔަން އެތަނުން ބޭރަށް ދާން ހިނގައިގަން ތަނުން ހިލްޔާން ފޯނުއަތުލާ ސްޕީކަރަށް ލިއެވެ.* “ހަލޯ” ޔައިޝާ ވާހަކަ ދައްކަން ފެށުމުން ޒިވްޔަންއަށް ލޯ މަރާލެވުނެވެ. އޭރުވެސް އެއަޑުގައި މަޑު ތުރުތުރެއް އެކުލެވިފައިވިއެވެ. އޭރު ހަނާޔާ […]
*ހެނދުުނު އެރިއިރާއެކު ހަނާގެ މަންމަ ހަނާއަށް ގޮވަން ފެށިއެވެ. އެންމެފަހުން ތެދުވެ ސައި ބޮއެގެން އައިސް އިށީނީ ފިލާވަޅު ދަސްކުރުމުގެ ނިޔަތުގައެވެ. އެހެން އިންދާ ހަނާ ސިއްސައިގެން ދިޔައީ ފަހަތުން މީހަކު ލޯ މަތީ އަތް އެޅީމައެވެ.* “ހިލްޔާނޫ… ސިއްސައިގެންނޭ ދިޔައީ” ފަހަތުގައި ހުރި ހިލްޔާން ފެނުުމުން އަތުގައި އޮތް ފޮތުން ހިލްޔާންގެ ގައިގައި ޖަހާލަމުން ބުނެލިއެވެ. “ޔައީ ދައްތަ ބުނީ މިއަދު ހަވީރު ހިނގާލަން ދާން ތައްޔާރުވެގެން ހުންނައްޗޯ.” އެހެން ކިޔާ ހިލްޔާން ދިޔައެވެ. އަސްރުނަމާދުން […]
*”ހުމމ. ކަން ވެފަ އޮތްގޮތުން..ބުނަން ނުކެރުނީ.. ގަބޫލު ނުކުރާނެތީ” ހަނާ ބުނެލިއެވެ. “ތިބުނީ؟؟؟” ×ޒިވްޔަންގެ މޫނު މަތީގައިވަނީ ބޮޑު ސުވާލު މާކެކެވެ. “އަޑުއަހާ” ހަނާ ހިތްވަރު ކޮއްލާފައި ނޭވައެއްލާފައި ކިޔައިދޭން ފެށިއެވެ. ހަނާފެށީ މީގެ ދެއަހަރު ކުރީގެވާހަކަތަކެވެ.* ސްކޫލުގެ އިންޓަރ ހައުސްގެ ކުޅިވަރުތަށް އޮތް ދުވަސްވަރެވެ. އާދައިގެ މަތިން މިއަދުވެސް ހަނާ ދިޔައީ ޕްރެކްޓިސްއަށެވެ. ޔައިޝާޔާ ހަނާއަކީ ދެ ހައުސްއެއްގެ ދެކުދިންކަމުން މިދުވަސްކޮޅު އެދެކުދިން ދިމާވަނީ ހަމައެކަނި ސްކޫލަށް ނެޓް ކުޅެން ދާއިރުއެކަންޏެވެ. އެހެނީ މިހާރު ގިނަ […]
*ނަމަވެސް އާނިޝްއަށް ނޭނގުނީ އެދައްކާ ވާހަކަ އަޑު ނީވުނަސް ހަނާ އެތާ ހުރިކަމެވެ. ހަނާއަށް ހުރެވުނީ ބަސްހުއްޓިފައެވެ. އާނިޝް ލާންޗައް އެރިތަން ބަލަން ހުރި ހަނާގެ މޫނުމަތިން ހިތާމައިގެ އަސަރު ނޫނީ ނުފެނެއެވެ. އެވަގުތު އާނިޝްއާ ދިމާ ބަލަހައްޓައިގެން ހުރި ހަނާގެ މޫނަށް ބަލައިލި ކޮންމެ މީހަކުގެ ހިތްވެސް އެ މައުސޫމް ކުއްޖާއައްޓަކައި ހަމްދަރުދީވާނެއެވެ. ރަށުގެ ބޮޑު ފަޅުންނުކުމެގެން ދިޔަ ލާންޗު ލޮލު ކޮޅައް ގެއްލެންދެން ހަނާއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ.* “ހަނާ ހިނގާދެން ގެއަށް ދާން..” ޔައިޝާ […]