* ނޫނީ އެބައްޕަގެ ދިރިއުޅުން މާ އުފާވެރީ ހެއްޔެވެ؟ ޖަވާބު ނުލިބޭ އެތައް ސުވާލުތަކެކެވެ. ނަމަވެސް ކޮންމެސް ދުވަހަކުން ލިބޭނެތާއެވެ. ދުނިޔޭގައި ހުރިއްޔާ އިރާދަކުރެއްވިއްޔާ ކޮންމެސް ދުވަހަކުން އޭނަގެ ބައްޕައާ ދިމާވާނެތާއެވެ. ޔައިޝާއަށް ނިދުނީ މިފަދަ ހިޔާލު ތަކުގައި އިނދެގެންނެވެ.*
ހޭލަވުނުއިރު ނިދުނީ ދޮރު ދޮށުގައިކަން އިނގުމުން ޔައިޝާގެ ގާތަށް ހިނިވެސް އައެވެ. ނަމަވެސް އެ ހިނިތުންވުން ފިލައިގެން ދިޔައީ އޭނަގެ މަންމަ ރޭގަ ދެއްކި ވާހަކަ ތަށް ހިތަށް އަރާފައެެވެ. ތެދުވަން އިރު ޔައިޝާގެ ބުރަކައްޓަށް ވަނީ ތަދެއްވެސް އަރާފައެވެ. ނަމަވެސް ހިތްވަރު ކޮއްލައިގެން ތެދުވެ ތުވާލި ހިފައިގެން ފާހާނާއަށް ވަނެވެ.
…………..
މިއަދު ޔައިޝާގެ ހަބަރެއްނުވާތީ ޒިވްޔަން ހުރީ ހާސްވެފައެވެ. މިހާރު ދެތިން ފަހަރު ހަނާ ކައިރީގައިވެސް ޔައިޝާ
ކޮބާތޯ އެހިއްޖެއެވެ. ޒިވްޔަން އަށް މިވާގޮތެއް ހުުދު ޒިވްޔަންއަށް ވެސް ނޭނގެއެވެ. އެހާވަރަށް ޔައިޝާ ދެކިލުމަށް އެހިތް އެދެނީ ކީއްވެބާއެވެ. އަނެއްކާ ލޯބި ކިޔަނީ މިއަށް ބާއެވެ.
“ޒިވްޔަންް… މިދަނީ ޔައީމެން ގެއަށް. ދާނަންތަ” ހަނާ ބޭރަށް ނުކުންނަމުން ބުނެލިއެވެ.
“ޒިވްޔަން އަވަސް އަވަހަށް އިސްތަށިގަނޑު ރީތި ކޮއްލުމަށްފަހު ހަނާއާ އެކު ދާން ހިނގައިގަތެވެ.
“ކޮބާ ހިލްޔާން” ޒިވްޔަން ހަނާ ކުރެން އަހާލީ ހިލްޔާން މިއަދުނުފެންނާތީއެވެ.
“ނޭނގެ. ނުފެނެ މިއަދު. ވެދާނެއްނު ލާރާގެ ނަމްބަރު ހޯދަން ދިޔައީމަ ކަމަށް. ހަހަހަ” ހަނާ ހޭން ފަށަމުން
ބުނެލިއެވެ. ޒިވްޔަންވެސް ހަނާއާ ބައިވެރިވަމުން ހޭން ފެށިއެވެ. ކުއްލި އަކަށް ޒިވްޔަންގެ ފޯނު ރިންގު ވިއެވެ.
“ޝިޓް. ޝިޓް.. ވަރަށް އަވަހަށް އަންނާށޯ. ދެން މިގަނޑީގަތަ އިނގުނީ ގުޅަން..” ޒިވްޔަން ފޯނު ބާއްވަމުން
ހިތްހަމަ ނުޖެހިފައި ބުނެލިއެވެ.
“ދެން އަވަހަށް ދޭ. ބިޒްނަސް ކަންކަމުގައި އައިސް އުޅޭ މީިހުން އުޅޭނީ އެކަމާއޭ” ހަނާ ޒިވްޔަން ކައިރީ އެހެން
ބުނުމުން ޒިވްޔަންވެސް ދާން ހިނގައިގަތެވެ. ޒިވްޔަން އެހެން މަގަކަށް އަޅާލިތަނާ ފަހަތުން މީހަކު ހަނާއަށް
ގޮވާލިއެވެ.
” ހަނާ… އިހައް މަޑު ކޮއްބަަލަ” ފަހަތް ބަލާލިއިރު އެތާ ހުރީ އާނިޝްއެވެ. ހަނާއަށް މަޑު ކުރެވުނެވެ. ކީއްވެ
ކަމެއް ނޭނގެއެވެ.
” ކީއްވެތަ އަބަދު އޭނައަ އެކު ތިއުޅެނީި. އަހަރެން ހާދަ ހިތަށް ތަދުވޭ އަބަދު އެ މީހަކާ އެކީ ހަނާ އުޅޭތަން
ފެންނާތީ. އަހަރެން ހީވެސް ނުކުރަން ހަނާ އެހެން މީހަކާ ރައްޓެހިވާނެ ކަމަށް. އަހަރެން ހީކުރީ ހަނާ އަދިވެސް
އަހަރެން ދެކެ ލޯބި ވާކަމަށް. އެކަމަކު ނޫން ދޯ… އަހަރެން ހާދަ ލޯބިވޭ ހަނާދެކެ. ޕްލީޒް އަހަންނަށް ތިހެން
ނުހަދާ. އަހަރެން ހަނާ ބޭނުންވާ ގޮތަށް ޗޭންޖްވެސް ވެދާނަން، ހަނާ ބޭނުންވާ ފަދައިން އިސްލާހުވެސް ވެދާނަން.
އެކަމު ހަނާ އެހެން މީހަކާއެކު ތިހެން އުޅޭތަން ބަލަން އަހަރެންނަކަށް ކެތެއް ނުވާނެ. ޕްލީޒް ހަނާ. ތިހެން ނުހަދާ
” އާނިޝް އާދޭހުގެ ރާގަކަށް އެހެން ބުނިއިރު އެއަޑުގައިވަނީި ވޭނާއި ކެކުޅުމެވެ.
އާނިޝް ކޮންމެ ގޮތަކަށް އުޅުނު
ކަމުގައި ވިޔަސް އާނިޝް ހަނާދެކެވާ ތެދުވެރި ލޯބި ހުރީ ކަރުނައިގެ ސިފައިގައި އެ ދެލޮލުން ފެންނާށެވެ.
ހަނާ ހުރީ އާނިޝް ދެއްކި ވާހަކަތަކުން ހައިރާން ވެފައެވެ. ހަނާ އުޅެނީ ޒިވްޔަންއާ ރައްޓެހި ވެގެން ހެއްޔެވެ. އެއީ
ހަނާ ހިތަށްވެސް ނާރުވާ ކަމެކެވެ. އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ތަނާ އެމަަގުން ބަޔަކު އަންނަތަން ފެނިގެން
އާނިޝް އަވަހަށް ދިޔައެވެ. ހަނާ އާނިޝްއަށް ތެދު ހާމަ ކުރަން ބޭނުމެވެ. އާނިޝްއަށް ކުރެވިގެން އުޅޭ ކުށްހީ
އޮޅުން ފިލުވައިދޭން ބޭނުމެވެ.
އޭނަ އާނިޝްދެކެ ލޯބި ވާކަން ހާމަ ކުރަން ބޭނުމެވެ. ނަމަވެސް އެފުރުސަތުވެސް ގެއްލުނީއެވެ. މިމަގުން ބަޔަކަށް
އަންނަން އިނގުނީ ވެސް މިގަނޑީގައި ހެއްޔެވެ؟ ނަމަވެސް ހަނާއަށް ހިނިތުން ވެލެވުނީ އާނިޝް އިސްލާހު ވާނެ
ވާހަކަ ބުނުމުންނެވެ.
ޔައިޝާމެން ގޭ އެތެރެއަށް ވަންނަމުން ހަނާ ސަލާން ގޮވަލިއެވެ. ސަލާމް ބަލައިގަތީ އަކުރަމުއެވެ. ކައިރީގައި ޔުސްރާވެސް އިނެވެ. ގޭތެރެއަށް ވަނުމުން ހަނާއަށް އިހުސާސްވީ ގޭތެރޭގެ ފަޅުކަމެވެ. ހަނާ އެގޭތެރެއަށް ވަނުމުންވެސް އަނގައިންނެއް ނުބުނެއެވެ. މިކަމާ ހަނާ ހުރީ ކުޑަކޮށް ހައިރާންވެސް ވެފައެވެ. އެހެންޏާ ގެއަށް ވަންނަތަނުން ޔުސްރާ ވާހަކަން ދައްކަން ފަށާނެވިއްޔާއެެވެ.
ހަނާ ޔައިޝާގެ ކޮޓަރިއަށް ވަތްއިރު ޔައިޝާ އިނީ ފުންހިޔާލެއްގައެވެ. މިއީ ދުވަހަކުވެސް ހަނާއަށް ޔައިޝާގެ
ފަރާތުން ފެނުނު މަންޒަރެއް ނޫނެވެ. ހަނާ ރަނގަޅަށް ޔައިޝާގެ މޫނަށް ބަލާލިއެވެ. އެ މޫނު މަތިން ފެނަން ހުރީ
މާޔޫސް ކަމެވެ. މިހާ ހިސާބުން ކަމެއްވެއްޖެކަން ހަނާއަށް އިނގުނެވެ.
“ޔައީ. ކިހިނެތް ވެފަތީނީ” ހަނާ ޔައިޝާ ކައިރީ އިށީންނަމުން އަހާލިއެވެ. ޔައިޝާގެ ފަރާތުން ޖަވާބެއް
ނުލިބުނެވެ. ހަނާގެ މޫނަށް ބަލަން އިނީއެވެ. އެހެން އިނދެެފައި ރޮއި ގަންނަމުން ހަނާގެ ގައިގައި ބައްދައިގަތެވެ.
އަދި ވަރަށް އުނދަގުލުން ޔައިޝާގެ މަންމަ ކިޔައިދިން ވާހަކަތަށް ކުރު ގޮތަކަށް ކިޔައިދިނެވެ.
“ޔައީ…. ދެން ނުރޮވެ.. އިނގޭ ޔައީ ވަރަށް ދެރަވާނެކަން. އެކަމު ޔައީއަށް ލިބިފަ އެހުރީ ކިހާ ރަނގަޅު ބައްޕައެއްް.. އަކުރަމުބެއަކީ ޔައީގެ އަސްލު ބައްޕައަށް ނުވިކަމަކު އެކަން ދުވަހަކުވެސް އެކަން ޔައީއަށް އިހުސާސްވިޔަ ދިންތަ” ހަނާ ޔައިޝާއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.
” ޔައީއަށް ޔައީގެ އަސްލު ބައްޕަގެ ލޯބި ނުލިބުނެއްކަމަކު އަކުރަމުބެ ޔައީއަށް އެލޯބި ދިނެއްނު. އެކަމު އަހަންނަށް އެނަސީބުވެސް ނުލިބުނު. އަހަރެންވެސް ބޮޑުވީ ބައްޕައެއްގެ ލޯތްބާނުލާ. އުމުރުން ހަތްއަހަރުގައި ބައްޕަ މަންމައާ އަހަރެންނާ، ހިލްޔާން ދޫކޮއްލާފާ ދިޔައީ. އޭރު ހިލްޔާންއަށް ވެސް ވާނީ ފަސްއަހަރު. ނޭނެ ކީއްވެ ކަމެއް. އެކަމު ކޮންމެސް ސަބަބެއް އޮންނާނެދޯ. މަންމަ އަހަރެން ކައިރިއަކު ނުބުނެ ކީއްވެ ކަމެއް. އޭރު އަހަރަމެން އުޅުނީ މާލޭގައި. ބައްޕަ އަހަރަމެން ދޫކޮއްލާފައި ދިޔައީމަ މަންމަ ބޭނުންނުވީ މާލޭގައި އުޅެން. އެހެންވެ މިރަށައް ބަދަލުވީ. މަންމަގެ އެއްބަނޑުދައްތަ އެއްގެ ކައިރިއަށް. އަހަރަމެން ރަށައް ބަދަލުވިތާ މާގިނަ ދުވަހެއް ނުވަނިސް ދައްތަ މަރުވީ ޑެންގޫ ހުން ޖެހިގެން. އެ ދަނޑި ވަޅުގައި އަހަރަމެންނަށްސް އެހީވީ ޔައިޝާގެ މަންމައާ އަކުރަމުބެ” ހަނާވެސް ހަނާ ބައްޕަގެ ވާހަކަ ކިޔައިދެމުން ދިޔައިރު އެދެލޮލުގައި ވަނީ ކަރުނައެވެ. ޔައިޝާއަށްސް މިމަންޒަރު ބަލަން ކެތްނުވެގެން ހަނާ ގެ ލޮލުގައިވާ ކަރުނަތަށް ފޮހެލައި ދިނެވެ. އަދި ހިނިތުންވެލަމުން މަޑުމަޑުން ބޯޖާލީ ހިތްވަރު ކުރާނަމޭ ބުނާފަދަ ގޮތަކަށެވެ.
” ހިނގާބަ ބޭރައް.. އޭ މިއަދު އާދިއްތަދޯ… ހަނާ ހީކުރީ ހޮނިހިރު ކަމަށް… ޔައީ ސުކޫލަކަށްވެސް ނުދަންތަ” ހަނާ ފޯނު ބަލައިލަމުން ބުނެލިއެވެ.
“ހުމމ. ހޭލެވުނީ ދެންމެ. މަންމަ ނުވެސް ގޮވާ ” ޔައިޝާ އިސްތަށިގަނޑުގައި ފުނާ އަޅާލަމުން ބުނެލިއެވެ.
” ތިހެން ވިއްޔާ ބޭރުގައި އުޅެންޏާ މީހުން ކިޔާނެ ސުކޫލައް ނުގޮސް ބޭރުގައި އުޅޭ ވާހަކަ. ހަނާމެން ގޭގަދޯ
ތިބޭނީ” ހަނާ އެހެން ބުނަމުން ކޮޓަރިން ނުކުތެވެ. ޔައިޝާވެސް ފަހަތުން އާދެއެވެ. ހަނާއާ ޔައިޝާ ހަނާމެން
ގެއަށް ދިޔައީ މީހުން މަދު މަގުމަގުންނެވެ.
ގެއަށް ވަދެވުމާއެކު ޔައިޝާ ބަލާލީ ޒިވްޔަން ފެނެތޯއެވެ. އެވަގުތު ހަނާ އަށް އެކަން އިނގިގެން ޒިވްޔަންވީ
ކޮންތާކުކަން ބުނެދިނެވެ. ޔައިޝާއާ ހަނާގޮސް ވަނީ ކޮޓަރިއަށެވެ. ހަނާ ފާހާނައަށް ވަން ވަގުތު ޔައިޝާ އެކޮޓަރީގެ
އެނދުމަތީގައި އެގޮތްމިގޮތަށް ހުރި ބާލީސްތަށް ތަރުތީބު ކުރަން ފެށިއެވެ. އެވަގުތު ޔައިޝާގެ ލޮލުގައި އަޅައިގަތީ
ހަނާ ގެންގުޅުނު އާނިޝްއާ ދެމީހުންގެ ފޮޓޯލާފައިވާ ފޮޓޯފްރޭމެވެ.
ހަނާއަށް ފާހާނައިން ނުކުމެވުނީ ޔައިޝާ އެ ފްރޭމް ހިފަހައްޓައިގެން އިންދައެވެ.
“މީ ހަނާގެ ބާރތްޑޭ ދޯ” ފްރޭމްގައި އިން ފޮޓޯ ދައްކާލަމުން ޔައިޝާ ބުނެލިއެވެ. އެހެން ބުނުމުން ހަނާވެސް މަޑުމަޑުން އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ.
“ހަނާ އަދިވެސް ލޯބިވޭދޯ އާނިޝްދެކެ” ޔައިޝާ ވިސްނުންތެރި ކަމާއެކު އަހާލިއެވެ.
“ހުމމ. ވަރަށް ބޮޑަށް…….. އާނިޝްވެސް” ހަނާ އިސްދަށައް ޖަހާލަމުން ބުނެލިއެވެ.
“އެކަމު އާނިޝް ހަނާދެކެ ލޯބި ވާނަމަ އެހެން އުޅޭނެތަ؟ އޭނަ ހަނާ ދެކެ ލޯބިވާނަމަ ކީއްވެ ހަނާ އަންނަންދެން އިންތިޒާރު ނުކުރީ؟ އޭނަ ހަނާދެކެ ލޯބި ވާނަމަ އެހެނެއް ނޫޅޭނެ” ޔައިޝާ އޭނަގެ ވިސްނުން ހުރި ގޮތް ހާމަކޮއްލިއެވެ.
“ދެން ޔައި ތިބުނީ އޭނަ އަހަރެންދެކެ ލޯތްބެއްނުވެއޭތަ؟ ޔައީ ވެސް ތި ގަބޫލު ކުރަނީ މީހުންދައްކާ ވާހަކަ.
އާނިޝް އަސްލު ޑްރަގް ބޭނުމެއް ނުކުރެއޭ.” ހަނާ ޔައިޝާ އަށް ވިސްނައިދޭން އުޅޭފަދަ ގޮތަކަށް ބުނެލިއެވެ.
“އާނިޝް ޑްރަގް ބޭނުމެއް ނުކުރެއޭ ބުންޏަސް ކާކު ގަބޫލު ކުރާނީ. އާނިޝް ރައްޓެހިންނަށް އެގެންގުޅެނީ ކޮންކަހަލަ ބައެއްތަ. އެމީހުން އެއީ އަބަދުވެސް ކޮންމެސް މައްސަލައެއްގައި ޖަލުގައި ތިބޭ ބައެއް. ދެން އާނިޝް ކިޔާއެއްޗެހި ގަބޫލު ކުރެވޭނެތަ”
” އެކަކު ގަބޫލު ނުކުރިއަސް އަހަރެން ގަބޫލު ކުރަމޭ. ޔައީ ވެސް ހީވަނީ އާނިޝް ދެކެ ރުޅިއައިސްގެން ވާހަކަ ދައްކާހެން. އަހަންނަށް ދޯ އެނގޭނީ އާނިޝް އަހަރެން ކައިރީ ދެއްކިހާ ވާހަކަތަށް. ކޮންމެސް ސަބަބެއް އޮވެގެންދޯ އޭނަ އެހެން އުޅޭނީ. ދުނިޔޭގެ އެންމެން ހަނާއާ ދެކޮޅައް ހުއްޓަސް ހަނާ ބުނާނަން އާނިޝް އެހެންނެއް ނޫޅޭނޭ”
ހަނާއަށް ހަޅޭއްލަވައިގަނެވުނީ ބޭއިޚްތިޔާރުގައެވެ.
“ސޮރީ ހަނާ. އައިމް ސޯޯ ސޮރީ. ވިސްނައި ނުލާ އެހެން ބުނެވުނީ. ޔައީއަށް އިނގޭ ހަނާ އާނިޝްދެކެ ލޯބި
ވާކަން” ޔައިޝާ ހަނާކައިރީ އިށީންނަމުން މާފައްއެދުނެވެ. ހަނާ ޔައިޝާއަށް މާފު ކުރިއެވެ. ޔައިޝާއަށް
ވިސްނުނީތީ ހަނާހުރީ އުފާ ވެފައެވެ.
“ހަނާ.. ކޮބާތަ ޒިވް…. އަދިވެސް ނާންނަނީތަ” ޔައިޝާ މައުޟޫ ބަދަލު ކޮއްލުމުގެ ބޭނުމުގައި ބުނެލިއެވެ.
“ހުމމ. ފެނުންތާ އަދި ދެދުވަސް.. މިހާރު ޒިވް..” ހަނާ ޔައިޝާއާ ދިމާ ކޮއްލަމުން ބުނެލިއެވެ.
“އޭނ.. ޒިވްއޭ.. އަހަރެން އެހެން ބުނެފިންތަ” ޔައިޝާ ހައިރާން ވެފައި އަހާލިއެވެ.
” ހުމމ. ދެން ކޮންމެހެން ނޭނގޭ ކަމަށް ހަދާނެ ކަމެއްނެތް. ހަމަ އެހެން ތިބުނީ” ހަނާ ޔައިޝާގެ ކޮލުގައި
ހިފާލަމުން ބުނެލިއެވެ. އެހެން ބުނުމުން އަނެއްކާވެސް ޔައިޝާ އެކަމާ ދެކޮޅު ހެދިއެވެ.
“ދެން ތިބުނީ އަހަރެން ބީރީއޭަތަ؟ ” ހަނާ ޔައިޝާއާ ދިމާއަށް ބުންޏެވެ.
“އޯކޭ..އޯކޭ ގަބޫލު ކޮއްފިން..” ޔައިޝާ ހަނާ ގޮތުގައި ހިފަހައްޓާނެކަން އިނގުމުން ބުނެލިއެވެ.
“އޭ. ޒިވްޔަން ކީކޭތަ ހަނާ ކައިރީ ކީ ޔައީއޭ ކިޔައިގެން” ޔައިޝާ ޝައުގުވެރި ވެފައި އަހާލިއެވެ.
“ހަހަހަ.. ޒިވްޔަން އެހި ހަނާ ކައިރީ ޔައި ކީކޭހޭ ޒިވްޔަންއޭ ކިޔައިގެންކީ. ހަނާ ބުނީ ޔައީ ކައިރީ އަހާށޭ. އެހެންވީމަ ޔައީކައިރީވެސް ބުނާނީ ޒިވްޔަން ކައިރީ އަހާށޭ.” ހަނާ ހޭން ފަށަމުން ބުނެލިއެވެ.
“އޯކޭ. ދެން އަހާނީދޯ. ޔައީ ދެން ދަނީ އިނގޭ ގެއަށް. މެންދުރުވީނު.” ޔައިޝާ އެހެން ބުނެފައި އެތަނުން ނުކުމެގެން ދިޔައެވެ.
ޔައިޝާއަށް ނުކުމެވުނީ ޒިވްޔަންެ ކުރިމައްޗަށެވެ. ކުއްލިއަކަށް ޒިވްޔަން ފެނުމުން ކުރިއަށް އެޅި ފިޔަވަޅުވެސް
ހުއްޓުނެވެ. ޗޮކުލެޓުކުލައިގެ އަތްކުރު ޓީޝާޓެއް ލާފާ ވާއިރު އެބާރުގަދަ މުލައްދަނޑި ފެންނަން އޮތީ ހާމައަށެވެ.
ބޮލުގެ އިސްތަށިގަނޑުގައި ފުނާ އަޅާލާފައި ހުރިގޮތްވެސް ހާދަ ސްޓައިލިޝްއެވެ.
ޒިވްޔަންއަށްވެސް ޔައިޝާއަށް ބަލަން ހުރެވުނީއެވެ. ޔައިޝާ ފެންނަ ކޮންމެ ފަހަރަކު ޒިވްޔަންއަށް އޭނާގެ އަމިއްލަ
ހިތުގެ މައްޗަށް ބާރެއް ނުފޯރުވެއެވެ. އެހެރަ ޗާލުކަމާއެވެ. އޭފަދަ ދެވަނައެއް މިދުނިޔޭގައި ވާނެބާއޭ ޒިވްޔަންގެ
ހިތަށް އަރައެވެ. މަޑު މުށިކުލައެއްގެ ކަކުލާ ހިސާބައް އަންނަވަރުގެ ހެދުމެއްލާފައި ވާއިރު، އެހެން ފަަހަރުތަކާ
ހިލާފައް އަބަދުހާވާލާފައި އޮންނަ އިސްތަށިގަނޑު ފަހަތަށް އައްސާފައި އޮތުމުން ޔައިޝާ ތަފާތު ކަމައް ދައްކައެވެ.
ނަމަވެސް އެރީތި ކަމާ ފުރިހަމަކަމަށް އެއްވެސް އުނިކަމެއް ނާދެއެވެ.
“ޕިސް.ޕިސް.ޕިސް.ޕިސް….” ޒިވްޔަންއާ ޔައިޝާއާ ދެމީހުން ސިހިފައި ފަހަތް ބަލާލިއިރު ފަހަތުގައި ދެއަތް
އުނަގަނޑުގައިި ވިއްދައިގެން ހަނާ ހެވި ދިއްލިފައި އެމީހުނާ ދިމާ ބަލަައްޓައިެން ހުއްޓެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


