Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

އަބަދަށް އެކުގައި 12

sunflower girlll Level 210 Stories100 Login
April 4, 2022 5 Mins Read
9 Comments

*ފަރި ހިނގުމެއްގައި މަގުމަތީ ހިނގާލާފައި ދިޔަ ޔައިޝާގެ މިސްރާބު ހުރީ ސުކޫލާ ދިމާއަށެވެ. މަޑު އޮރެންޖު ކުލައެއްގެ ހެދުމެއްލާފައިވާއިރު އެކުލައިގެ އަތްދަބަހެއް ޔައިޝާގެ ކޮނޑުގައި އޮތެވެ. ކަޅު ކުލައިގެ ހައިހީލް އަކަށް އަރަލާފައި ވާއިރު ޔައިޝާ ފެންނަނީ ނުހަނު ސާދާކޮށެވެ. “ޔައީ…..” ފަހަތުން މީހަކު ގޮވާލިއަޑަށް ޔައިޝާ ބަލަލިއެވެ.*

ފަހަތުން ގޮވީ ޒިވްޔަންއެވެ. ޔައިޝާއަށް ޒިވްޔަން ފެނުމުން އޭނާ ހިނގުން މަޑު ކޮއްލިއެެވެ. ޒިވްޔަންވެސް

ދުވެލާފައި ކަހަލަ ގޮތަކަށް އައިސް ޔައިޝާޔާ އެއްވަރު ކުރިއެވެ. ޒިވްޔަން ޔައިޝާއާ ކައިރިއަށް ހުޓުނު ވަގުތު

އޭނާގެ އަތްފައި ފިނިވިކަން ހުދު ޔައިޝާއަށް ވެސް އިހުސާސްވިއެވެ.

“މްމްމް… އިއްޔެ ކީއްވެ ސުކޫލަށް ނުދިޔައީ…” ޔައިޝާ އަނގައިން ނުބުނުމުން ޒިވްޔަން ބުނެލިއެވެ.

” އިއްޔެ ނުހޭލެވުނީ” ޔައިޝާ ކުރު ޖަވާބެއްދިނެވެ.

“ހަނާ ކައިރީ ވަރަށް އަހަން ދޯ އަހަރެންގެ ވާހަކަ” ޒިވްޔަން ޔައިޝާގެ މޫނަށް ވަރަށްް ރީތިކޮށް ބަލައިލަމުން

ބުނެލިއެވެ. އެހެންކަމުން އެވަގުތު ޔައިޝާގެ މޫނަށް އެރި ކުލަވަރުތަށް ވަރަށް ރީތިކޮށް ޒިވްޔަންއަށް ފެނުނެވެ.

“މްމް..މީ ޒިވްޔަން ކީއްވެތަ ސްކޫލަށް ދަނީ”

“އަހަރެން ބޭނުންވި ސުވާލުގެ ޖަވާބެއް ނުލިބޭ” ޒިވްޔަންގެ ތުންފަތް މަތީގައި އެވަގުތު ދުވެލީ ކާމިޔާބުގެ

ހިނިތުންވުމެކެވެ. އޭނާ ބޭނުންވީ ޔައިޝާ ލަދުގަންނަވާލާށެވެ. ލަދުގަންނަ ވަގުތު އެ ދޮންދޮން މޫނަށް ޖަންބުކުލަ އެމޫނު އިތުރަށް ފުރިހަމަ ކޮއްދެއެވެ. ޒިވްޔަންއަށް ކިތަންމެ ހައިވެސް ރަނގަޅަކަށް އޭނަގެ މަގުސަދު ހާސިލްވިއެވެ.

ސުކޫލާ ހަމައަށް ދެވެންދެންވެސް ދެމީހުން ކުރެ އެކަކުވެސް އަނގަޔަކުން ނުބުނެއެވެ. ޒިވްޔަން ހުރީ ޔައިޝާގެ މޫނަށް ބަލަން ގެއްލިފައެވެ. މިކަމާ ޔައިޝާ ހުރީ ލަދުން ގޮސް ވިރޭ ވަރުވެފައެވެ. ސްކޫލުގެ ދޮރު މައްޗަށް އަރަމުން ޒިވްޔަން ޔައިޝާގެ ކަންފަތް ދޮށުގައި ވައިއަޑުން ބުނެލިއެވެ. “ނިމޭ ގަޑީގައި އަންނާނަން އިނގޭ ބަލާ” ސްކޫލުތެރެއަށް ވަދެގެން ދިޔައިރު އެތާ ތިބިހާ މީހެއްގެ ލޯ އަމާޒުވެފައި ވަނީ ޔައިޝާއާ ޒިވްޔަން އަށެވެ.

އެމީހުންނާ ހެދި ޔައިޝާގެ އިތުރުން ޒިވްޔަންވެސް ހުރީ ރުޅިއައިހެވެ. ދެމީހުން އެކުގައިގޮސް ސްކޫލުގެ އޮފީސް ބަޔަށް ވަތް އިރު ގޮނޑިއެއްގައި ހަމަޖެހިލައިގެން ޕްރިންސިޕަަލް އިނެވެ. އެމީހުން ވަނުމާއެކު އޭނާ ގޮނޑިން ތެދުވަތެވެ.

“ޒިވްޔަންއަށް ކޮންދުވަހަކުން ވަގުތަށް އާދެވޭނީ. ޒިވްޔަން މިރަށައް އައި ބޭނުން މިހާރު ޒިވްޔަން ހަނދާން ނެތުނީތަ.. ސަރ އަށް ހީވަނީ މިހާރު ޒިވްޔަން އުޅެނީ އެހެން ކަންކަމާހެން.. މިހާރު ޒިވްޔަންއަކާ ހުރެ އަހަރެންގެ ގަޑިވެސް ޖެހިއްޖެ..” ޕްރިންސިޕަލް ނުރުހުން ވެފައި ހުރެ ހަރުކަށި ރާގަކަށް ޒިވްޔަންއާ ދިމާއަށް ބުނެލިއެވެ.

އެވަގުތު ޒިވްޔަން އިސްދަށައް ޖަހާލަމުން މާފަށް އެދުނެވެ. ނަމަވެސް ޕްރިންސިޕަލްގަނޑުގެ ރުޅި ފިނިވާ ގޮތެއް ނުވިއެވެ.

ޔައިޝާ ހުރީ ޕްރިންސިޕަލްދެކެ އިހުނަށްވުރެވެސް ރުޅިއައިހެވެ. އޭނަވެސް ޒިވްޔަންއާ ދިމާއަށް އެގޮތަށް ބަވައިގަންނަން ޖެހޭ ހެއްޔެވެ؟ ޒިވްޔަން ކޮންމެ ގޮތަކަށް އުޅުނަސް ގޯސް ކަމެއް ނުކުރަންޏާ އޭނައަށް ކޮން ކަމެއް ހެއްޔެވެ؟ ގައިމު އެއީ ކުޑަ ކުއްޖެއް ނޫނިއްޔާއެވެ.  އެކަމަކު ކުރާނީ ކީތް ހެއްޔެވެ؟ ހުރިހާ ކަމަކަށް އަތް ބާނަވިއްޔާއެވެ.

ޔައިޝާ ކުލާހަށްވަތް އިރު ކުލަހުގައިި ތިބި ކުދިންތަށް ތިބީ ވަރަށް މަޑުމަޑުންނެވެ. އެހެންޏާ ކުލާހަށް ވަންނަ އިރަށް އިވޭ  ‘ގުޑް މޯނިން މިސް’ ގެ އަޑެއްވެސް މިއަދު ނީވެއެވެ. އެހެން ކަމުން ޔައިޝާއަށް ކަމެއް ގޯސް ވެއްޖެކަން ނަގައިގަނެވުނެވެ.

“ކިހިނެތްވީ؟ ހާދަ މަޑުން ހުރިހާ ކުދިން..” ކުލާހުގެ ކުރީ ބަރީގައި އިން ކުއްޖަކާ ޔައިޝާ ސުވަލުކޮއްލިއެވެ.

“ޕްރިންސިޕަލް ހުރިހާ ކަމަކަށް ބޯ ކޮއްޕަނީ” ޖެހިގެން އިން ތާނިމް ތުން ދަމާލާފައި ބުނެލިއެވެ. އެވަގުތު ޔައިޝާއަށްވެސް ވެގެން އުޅޭ ގޮތް ކުޑަކޮށް ނަގައިގަނެވުނެވެ. ޕްރިންސިޕަލް އެކުދިންނާ ދިމާއަށް އެއްޗެކޭ ބުނީއެވެ. މީ އިއްޔެ މިއަދަކު ވާ ކަމެއް ނޫނެވެ. އަބަދުވެސް ކޮންމެވެސް ކުލާހެެއް އުޅޭނީ ޕްރިންސިޕަލް ކައިރިން ސަލާމަތް ނުވެވިގެންނެވެ. ޕްރިންސިޕަލްގެ އެ އަމުރުވެރި މިޒާޖާ، ގެންގުޅޭ ހަރުކަށި އުސޫލުތަކަކީ ސްކޫލުގެ ދަރިވަރުންގެ އިތުރުން ހުރިހާ މުވައްޒަފުންވެސް ނުހަނު ފޫހިވާ ކަންކަމެވެ.

އެހެންކަމުން ކުދިންވެސް ޓީޗަރުން ކައިރީގައިޕްރިންސިޕަލްގެ ކަމުނުދާ ވާހަކަ ދެއްކުމަކީ އާދައެކެވެ.

“ހުމމ.. ޕްރިންސިޕަލް ކީކޭތަ ބުނީ” ޔައިޝާ މިފަހަރު ސުވާލު ކުރީ ތާނިމްއާއެވެ.

” އަހަރެމެން އަންހެން ކުއްޖަކާ ވާހަކަދައްކައިގެން ވެސް ނުވަނީދޯ އަޝަން” ކައިރީގައި އިން އަޝަނަށް ދޯ ދެމުން ތާނިމް ބުނެލިއެވެ. ވަގުތުން ހަސަނު ބޯޖަހާލިއެވެ. ތާނިމްގެ ޖަވާބުން ޔައިޝާއަށް ހެވޭ ގޮތްވި ނަމަވެސް ޔައިޝާ ނުހީވޭތޯ ވަރަށް މަސައްކަތް ކުރިއެވެ. ޔައިޝާއަށް ދަރިވަރުންގެ މި ޝަކުވާތަކަކީ އަލަށް އަޑު އަހަން ޖެހުނު އެއްޗިއްސެއް ނޫނެވެ. އެކަމަކު ކޮންމެ ފަހަރަކުވެސް ޓީޗަރެއްގެ ހައިސިއްޔަތުން ޕްރިންސިޕަލްގެ އަގު ހިފަހައްޓަން އެކުދިންނަށް ވިސްނައިދޭން ޖެހެއެވެ. ނަމަވެސް މިފަހަރު ޕްރިންސިޕަލްގެ ދިފާއުގައި އެއްވެސް

އެއްޗެކޭ ބުނާކަށް ޔައިޝާގެ ހިތް އެއްބަހެއް ނުވިއެވެ. އެހެންކަމުން ޕްރިންސިޕަލްގެ ގޮތެއްނޫންހޭ ބުނެ ފިލާވަޅައިގެން ކުރިއަށް ދިޔައެވެ.

” އެއީ އޭނަގެ ގޮތެއްނު… ” ހަނާ ވާހަކަ ދައްކަމުން ދިޔައީ ކައިރީގައި ތިބި ހުސްނާއާ ހިލްޔާންގެ ކައިރީގައެވެ،

ހީވާ ގޮތުން ހަނާއާ ހިލްޔާން އެތިބީ ވަރުގަދަ ޒުވާބެއް ކޮއްގެންނެވެ.

“ހިލްޔާންވެސް އުޅޭ ގޮތުންދޯ އެހެން ވަނީ” ހުސްނާ މިފަހަރު އެއްބައިވީ ހަނާ ކޮޅަށެވެ.

“ހުހް… މަންމަވެސް ދޮންތިއަކީ ގާލްއެއް ވީމަ ދޮޮންތިއަ އެއްބައިވަނީ… ” ހިލްޔާންއާ އެއްބައިވާނެ މީހަކު ނުވުމުން ބުނެލިއެވެ.

“އަދިވެސް ޒުވާބު ހުއްޓަން ނުވަނީތަ” ހުސްނާ އެންމެ ފަހުން ބުނެލިއެވެ.

“ހުއްޓުވޭނެތަ؟؟؟ ކަށީގަ ހަރުލާފަ ހުރި ކަމެއް ވިއްޔަ” ޔައިޝާ ވާހަކަ ދައްކަމުން ދިޔައީ އެސުކޫލުގެ އެހެން ޓީޗަރެއް ކަމައްވާ އަމްނާއާއެވެ. ދެމީހުން ވާހަކަ ދެއްކީި ޕްރިންސިޕަލް އާ ބެހޭ ގޮތުންނެވެ. އޭނަގެ ހަރުކަށި އާދަތަކާ ދޭތެރޭ ހިތްހަމަ ނުޖެހޭ ވާހަކައެވެ.

“ނުނިމޭތަ؟؟” ޔައިޝާ ފޯނަށް މެސެޖެއް އައެވެ. ވަގުތުން އެއީ ޒިވްޔަން ކަން އިނގި ޔައިޝާގެ ތުންފަތް މަތީގައި ދުވެލީ ލަދުރަކި ހިނިތުންވުމެކެވެ.

” ކަމޯން ޔައީ…. ތިހެން ހުންނަން ވީކީ ނޫނޭ.. ހީޒް ވެއިޓިން ފޯރ ޔޫ…” ޔައިޝާގެ އަމިއްލަ ސިނކުޑި ޔައިޝާއަށް ވިސްނައިދިނެވެ. އެހެން ކަމުން މިފަހަރު ސިނކުޑީގެ ބަސްއަހައިގެން ޔައިޝާ ބޭރަށް ނުކުތެވެ.

ޔައިޝާ ހީކުރި ގޮަތާ ހިލާފަށް ބޭރަށް ނުކުމަތް އިރު އެތާކު ޒިވްޔަން އެއްްނެތެވެ. ކުއްލިއަކަށް ފަހަތް ބަލާލީ ޒިވްޔަން ވާހަކަ ދައްކާ އަޑު އިވުމުންނެވެ.  ޔައިޝާ ހިތަށް އެރިއެވެ. ކޮންމެ ފަހަރަކު ވެސް ޒިވްޔަން ވާހަކަ ދައްކާ އަޑު އިވެނީ ޔައިޝާގެ ފަހަަތުންނެވެ. އަނެއްކާ މިއީ ޖިންނިއެއް ނޫންބާވައެވެ. އެހެން ހިތަށް އެރުމުން ޔައިޝާއަށް ކުޑަކޮށް ހެވުނެވެ.

” ކޮބާތަ މަގޭ ފަހަރި؟؟؟” ހަނާ ހިލްޔާންއަށް ޖެއްސުން ކޮއްލުމުގެ ނިޔަތުގައި ބުނެލިއެެވެ.

“ކޮން ފަހަރިއެކޭ ކިޔާކަށް…. ދޮންތިއަކަށް ނުޖެހޭދޯ މަންމަ ހުންނަ ތަންތާގައި ލާރާއޭ ކިޔާކަށް… މަވެސް ދޮންތި ބުނީމަ އޭރު އާނިޝްގެ ވާހަކައެއް ނުބުނަންދޯ މަންމަ ކައިރިޔަކު” ހިލްޔާން ރުޅިއައިސް އިން ވަރުން އާނިޝްގެ ވާހަކަވެސް ބުނެވުނެވެ. އެވަތު ހަނާގެ މަޖާ މޫޑުގެއްލި ހިމޭން ވިއެވެ.

“އާނިޝްބެ އިއްޔެ އެގުރޫޕު މީހުންނާ ޒުވާބު ކޮއްފަ އެ ގުރޫޕުން ވަކިވި ވާހަކަ އަޑުއެހިން” ހިލްޔާން އެއްޗެއް ހަނދާން ކޮއްލަމުން ބުނެލިއެވެ.

“ކާކު ބުނި އެއްޗެއް” ހަނާ ފަރުވާ ކުޑަ ގޮތަކަށް އަހާލިއެވެ. އެހެނީ ހިލްޔާން އާނިޝްއޭ ކިޔައިގެން ހަނާ ހިތްހަމަ ޖައްސާލަން ދޮގުވެސް ހަދާފާނެއެވެ.

“އިއްޔެ ކާއިން ބުނީ” ހިލްޔާން ހަނދާން ކޮއްލަމުން ބުނެލިއެވެ.

“ވަރަށް މީހުންގެ ވާހަކަ ދައްކަންދޯ… މީހުން ނެތް ތަންތާގަ މީހުނޭ ކިޔާއިގެން ފާޑު ފާޑު ވާހަކަ ދައްކާކަށް ނުވާނެ” ހަނާއަށް އެމީހުން އާނިޝްެ ވާހަކަ ދެއްކުމުން ހިތްހަމަ ނުޖެހިފައި ބުނެލިއެވެ. އަދި އަމުދުން އެއީ ހަނާ އެންމެ ފޫހިވަ ކައިޒަންގެ ކޮއްކޮއެއް ކަމުގައި ވުމުން އިތުރަށް ރުޅިއައެވެ.

“ހިލްޔާންއަށްވެސް އިނގެނީ އެ ކާއިން އާ އެކީ އެކަނިތަ އުޅެން” ހަަނާ ހިތްހަމަ ނުޖެހިފައި ބުނެލިއެވެ.

” ކީއްވެތަ މަށައް މަގޭ ކުލާސް ކުދިންނާ އެކީ ނޫޅެވެންވީ…މަގޭެ ރައްޓެހިންނަށް ގެންގުޅެންޖެހޭ މީހުން ނުކިޔައިދީ ފުރަތަމަ ބަލާބަލަ އެ އާނިޝް އެގެންގުޅެނީ ކޮންބައެއްތޯ” ހިލްޔަން ހިތްހަމަ ނުޖެހިފައި ބުނެލިއެވެ. ހިތްހަމަ ނުޖެހޭނެއް ނޫން ހެއްޔެވެ.؟ ކާއިންއަކީ ހިލްޔާންގެ ބެސްޓްފްރެންޑް ވިއްޔާއެވެ. ހަނާ ވަގުތުން ރުޅިއައެވެ.

“މަށަށް އިނގެޔޭ އާނިޝްރައްޓެހިންނަށް ގެންގުޅޭ މީހުން.. މިހާރުވެސް ހިލްޔާން ތިކިޔަނީ އެމީހުންނާ ދުރުވި ވާހަކައެއް ނޫންތަ؟” ހަނާ ނުރުހުންވެފައި ވާހަކަދެއްކި ނަމަވެސް ވާހަކަދެއްކީ އޭނާގެ މަންމައަށް އާނިޝްގެ ވާހަކަ އަޑުއިވިދާނެތީ ނުހަނު މަޑުންނެވެ. މިފަހަރު ހިލްޔާން އެއްޗެކޭ ނުބުނެ މަޑުންއިނެވެ. ބުނާނެ އެއްޗެއް ނޭނގިގެންނެއް ނޫނެވެ. އިތުރަށް އާނިޝްއާ ބެހޭ ގޮތުން އެއްޗެއް ބުނެފިއްޔާ ހަނާ ހިލްޔާންއާ ވާހަކަ ނުދައްކާނެކަން އިނގޭތީއެވެ.

“ހަނާ ދޭބަލަ ލަތީފާމެން ގެއަށް” ހުސްނާ ބޭރަށް ނުކުންނަމުން ބުނެލިއެވެ.

“އެއީ. އަހަރެން މިގޭގަ އުޅޭތީ އުނދަގޫ ވަނީތަ؟” ހަނާ އޭނަގެ މަންމައަށް ބުނެލިއެވެ.

“ހުމމ… އަހަރަމެންނަށް ވަރަށް އުނދަގޫވޭ ދޮންތި މިގޭގަ އުޅޭތީ.. އެހެންވެ މިކިޔަނީ އަަވަހަށް މަށަށް ދޮންތިބެއެއް ހޯދައިދީފަ، އޭނައާ އެއްކޮށް އެގެއަށް ދާށޭ” ހިލްޔާން މަޖަލަކަށް ބުނެލިއެވެ.

“އެހެންނޫނަސް ދޮންތިއަކަށް ނުދެވޭނެދޯ މަންމަ އެކިޔާ ލަތީފާއްްތަ ގެއަކަށް… ހިލްޔާން ޖެހޭނީ އެގެއިން ކުުއްޖަކު މިގެއަށް ގެންނަން” ހަނާވެސް ހިލްޔާންއަށް ރައްދު ދިނެވެ.

” ކާކު މިގެއަށް ގެންނަނީ” ހުސްނާވެސް އެމީހުންނާ ބައިވެރިވަމުން އަހާލިއެވެ.

“ލާރާ އެއްނު” ހަނާ ބުނެލިއެވެ. އައި ރުޅީގައި ހިލްޔާން އޭނަގެ މަންމައާ ސިއްރުން ހަނާގެ އަތުގައި ވިކައިގަތެވެ.

އެވަގުތު ހަނާ ބާރުބާރަށް އައްދޯއްޔޭ ހަޅޭއްލަވައިގަތެެވެ.

“ހުމމ.. ބުނަން… ސަކަރާތް ޖަހާނެ ކަމެއް ނެތް.. މަންމައަށް ހެޔޮ މިގެއަށް ލާރާ ގެނަޔަސް… އެކަމު ބުނަން ތި ސަކަރާތް ޖަހާނީ ކިޔަވާ ނިންމާފަ…. ދެން ދޭ އެގެއަށް.. ގޮސް ލަތީފާ ދޭ އެއްޗެއް ހިފައިގެން އާދޭ” ހުސްނާ އެހެންބުނެފައި ބަދިގެއާ ވީ ފަޅިއަށް ހިނގައިގަތެވެ.

“ޔެސް…ޔެސް.. މަންމަ ގަބޫލުވީ” ހިލްޔާން ފުއްމައިގެން ތެދުވެފައި ބުނެލިއެވެ.

” ބުނި ދޯ ކިޔަވާ ނިންމާފައޭ” ހަނާ ބުނެލިއެވެ.

“އޭނ؟؟؟ އަދި އެހެންވެސް ބުނިތަ؟؟” ހިލްޔާން އެހެން އަހާލިގޮތުން ހަނާ ގާތަށް ހިނިވެސް އައެވެ.

“މަންމަބުނީ ލަތީފާއްތަ ދޭ އެއްޗެއް ހިފައިގެން އަންނާށޭ… ލާރާ ދީފިއްޔާ އޭނަވެސް ހިފައިގެން ދޯ އަންނަންވީ” ހަނާ ބުނެލިއެވެ.

“އިހަށް އޭނަ އެގޭގަ ބަހައްޓާ.. ތަންކޮޅެއް ފަހުން އިރާދަކުރެއްވިއްޔާ މަ ދާނަން އޭނަ ދޭތޯ އަހަން” ހިލްޔާން ވެސް ބުނެލިއެވެ. މިހާރު ދެމީހުން މަޖާވެފައި ވާހަކަ ދައްކަން ތިބި ގޮތުން ދެމީހުން ދެންމެ ޒުވާބު ކުރިހެން ހީވެސްނުވެއެވެ. ހަނާ ގެއިން ނުކުނަން ދަނިކޮށް ހިލްޔާން ގޮވާލިއެވެ.

“މަ ވެސް ދާނަން” ހިލްޔާން ބުނެލިއެވެ.

“އާދޭ؟؟” ހަނާ އަވަހަށް އެއްބަސް ވިއެވެ. އެއީ ވެސް ލާރާގެ ގެެއަށް ވީމައެވެ.

“މަޑު… އެބަ އަންނަން ރީތިވެލައިގެން” ހިލްޔާން އެހެން ކިޔާ ކޮޓަރިއަށް ވަނެވެ. ހަނާއަށް އޭނަގެ އަމިއްލަ ނިތްކުރީގައި ޖަހާލެވުނެވެ. އޭނައަށް ލިބިފައި މިހިރީ ވަރެއްގެ ކޮއްކޮއެކޭ ހިތަށް އަރާފައެވެ. އެކަމަކު މީހުންބުނާނެއެވެ. ތާކަށް ދާން ރީތިވަނީ އަންހެން ކުދިންނެވެ. އެކަމަކު ފިރިހެން ކުދިން ވަކި އަންހެން ކުދިންނަށް ދޫކުރޭ ހެއްޔެވެ؟

ހިލްޔާން ލަސް ކަމުން އަނެއްކާވެސް ހިލްޔާންއަށް ގޮވާލިއެވެ. ” ދެން އަވަހަށް ނުކުމެ ބަަލަ”

“ހަމަ އަހަރެން ބުނީމަ ދޯ ތިނުކުތީ” ޒިވްޔަން ޔައިޝާއަށް ބުނެލިއެވެ.

“އުހުން…ހަމަ ގެއަށް ދާން ވެގެން ނުކުމަންތަނާ ޒިވްޔަން……”

“އިނގެޔޭ ތިކަން. ދެން… ނިކުމެފަ ކާކު ތިހޯދަނީ” ޔައިޝާ ބުނަން އުޅުނު އެތި ފުރިހަމަ ނުކުރެވެނީސް ޒިވްޔަން ބުނެލިއެވެ. މިފަހަރުވެސް ޔައިޝާ އަނގަ ބެދުނެވެ. ބުނާނެ އެއްޗެއް ނޭނގިގެން ހޭން ފެށުނެވެ.

” މަ މެސެޖް ކުރީމަ އެއްނު އަވަސްއަވަހަށް ތިނުކުތީ…މި ހުންނަނީ ޔައީ އުޅޭގޮތް ބަލާށޭ” ޒިވްޔަން ޔައިޝާގެ މޫނަށް ވަރަށް ރަނގަޅަށް ބަލާލިއެވެ. މިކަމާ ޔައިޝާ ހުރީ އިސްއުފުލާލަންވެސް ނުކެރިފައެވެ. ޒިވްޔަންގެ އެ ތޫނު ނަޒަރުން ޔައިޝާއަށް އުނދަގޫ ވާކަމެއް އޭނާއަށް ނޭނގެނީ ހެއްޔެވެ؟

“އެހެންތަ؟؟ ޔައީ ސުކޫލުގަ އުޅޭ ގޮތް ބަލަން މަންމަ ހަވާލުކުރީ ޒިވްއާތަ” ޔައިޝާއަށް އޮޅުމަކުން މިފަހަރުވެސް ޒިވްޔަންއަ މުހާތަބުކުުރެވުނީ ޒިވްއޭ ކިޔާފައެވެ.

“އޯހް…ޔައީ ޒިވް ކީމަ ވަރަށް ލޯބި” ޒިވްޔަން މަޑުމަޑުން ބުނެލިއެވެ. އޭރުވެސް އެ ތޫނުތޫނު ދެލޯ އަމާޒުވެފައި ވަނީ ޔައިޝާގެ ފުރިހަމަ މޫނަށެވެ. ޔައިޝާއަށް ބޭއިޙްތިޔާރުގައި ތުންފަތުގައި ދަތްއެޅުނެވެ. މިފަހަރުވެސް އޭނައަށް އެ ވާހަކަ ދެއްކުނީ ޒިވްއޭ ކިޔާފަ ހެއްޔެވެ.

“މްމްްމް. މަ ކުރި ސުވާލުގެ ޖަވާބެއް ހަމަ ނުދޭނަންތަ؟” ޒިވްޔަން އަހާލިއެވެ.

“ތިހެންވިއްޔާ ޒިވްޔަން ޔައީއެ ކިޔާފަ ހަނާ ކައިރީ ކީ ކީކޭ؟” ޔައިޝާވެސް ދަނޑިވަޅުގެ ބޭނުން ހިފާ އަހާލިއެވެ. ޔައިޝާ އަމިއްލައަށް ޔައީއޭ ކިޔާފަ ބުނުމުން ޒިވްޔަންގެ ގާތަށް ކުޑަކޮށް ހިނިއައެވެ.

” މަ ބުނީ ޔައީ ހާދަ ރީއްޗޭ… ތި ދޮންދޮން މޫނާ،ފަންފަން އިސްތަށިގަނޑާ، ތި ފަރިފަރި ހިނގާލުންވެސް ހާދަ ލޯތްބޭ” ޒިވްޔަން ހޭން ފަށަމުން ބުނެލިއެވެ. ޒިވްޔަންގެ ޖަވާބުން ޔައިޝާއަށް ވެސް ހެވުނެވެ.

“ވަޓްޓް؟؟؟” ކުއްލިއަކަށް ކުރިމަތިން ހިނގާލާފައި އައި ޒުވާން ފިރެހެން ކުއްޖާއަށް އިޝާރާތްކޮށް ޔައިޝާ ބުނެލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

sunflower girlll

Level 210 Stories100 Login

Other Articles

Previous

ލޯބި ވެވުމުން 18

Next

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (50)

Next
April 4, 2022

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (50)

Previews
April 3, 2022

ލޯބި ވެވުމުން 18

9 Comments!

  1. Hûdhãkkø says:
    April 4, 2022 at 12:09 pm

    Oh my anekka kaak tha
    BTW mi part VX vrh vrh reethi
    Waiting for the next part

  2. sunflower girlll says:
    April 4, 2022 at 3:59 pm

    thank u sooooo much hudhakko..eiii kaaku thww balama dhww… nxt prt ga ingeyne
    n sorry mi part vx kuda koh lasvi kmh..nxt part miah vure avas kureveythww balaanan in sha allah
    RAMADAN MUBARAK

  3. Anonymous says:
    April 4, 2022 at 9:18 pm

    Masha Allah ❤️❤️❤️ vrh rythi mi prt vx ❤️❤️❤️ next part kon irakun ❤️❤️❤️ I ah hyvany eii hilyaan hen ❤️❤️❤️ aanmu koh ekahla gadi thaku gaa enme interest vaa hisaabun vaahakaiga ulhey enme laaneh kujjaa annaane ❤️❤️❤️ Dhn neynge Sunflower girl hadhaalaane gotheh vx ☺️❤️
    Lysm ❤️?❤️?❤️?
    Staysafe ❤️?❤️?❤️?

    1. sunflower girlll says:
      April 4, 2022 at 10:56 pm

      thank you anonymous…vrh avahah nxt part in sha allah..
      hingaa dhww kaaku thww balamaa..hama hilyaan ah vx vedhaane.haha
      lysm u too
      take care

    2. sunflower girlll says:
      April 4, 2022 at 10:59 pm

      RAMADAN MUBAARAK

  4. sunflower girlll says:
    April 4, 2022 at 11:03 pm

    RAMADAN MUBAARAK

  5. ✨ IFAA ✨ Charryblossom girl says:
    April 5, 2022 at 5:13 pm

    wow mi part vex varah reethi

    1. sunflower girlll says:
      April 5, 2022 at 9:41 pm

      thank u charryblossom girl

  6. sunflower girlll says:
    April 5, 2022 at 9:45 pm

    thank u charryblossom girl

Comments are closed.

Next Episodeއަބަދަށް އެކުގައި 13←


All Right Reserved!