*އަވަސް އަވަހަށް އަތް ދޮވެލައިގެން އިތުރު ވާހަކައެއް ނުދައްކާ ހަނާ ދިޔައީ ކޮޓަރިއަށެވެ. އެހެނީ ހަނާ ބޭނުންވީ މިވަގުތު އެކަނި ވެލާށެވެ. ކޮޓަރިއަށްވަން ގޮތަށް އެނދު މައްޗަށް ވެއްޓިގަން ހަނާގެ ސިކުނޑި ވަށާލީ އާނިޝްގެ ޚިޔާލު ތަކެވެ. ލޯ މަރަލިއިރު އޭނައަށް ސިފަވަމުން ދިޔައީ އޭނަގެ މާޒީއެވެ.*
ދެއަހަރު ކުރި
“އާނިޝް، ތަހީން، ޝައުހާ، ލިމްހާ، އައިކާ، ކައިޒަން ” ހަނާ އޭނައަށް ލިބުނު ކަރުދާސް ކޮޅުގައިވާ ނަންތައް ކިޔާލިއެވެ.
“ތިއީ ހަނާގެ ގްރޫޕްއަކީ. ހަނާ އަކީ ގްރޫޕް ލީޑަރ. އެހެން ވީމަ މިއަދުގެ ސެޝަން ނިމޭ ގަޑީ ހަނާ އެލް ޓީ ރޫމަށް ދޭ. އޭރުން ދެން ކަންތަށް ކުރަންވީ ގޮތް އިނގޭނީ” ކައިރީގައި ހުރި ޓީޗަރު އިރުޝާދު ދެމުން ގެންދިޔައެވެ.
މުޅި ސްކޫލް ތައްޔާރު ވަމުން ގެންދިޔައީ ކުރިއަށް އޮތް ޑްރާމާ ކޮމްޕެޓިޝަންއަށެވެ. މިއީ ކޮންމެ އަހަރަކުވެސް ސްކޫލްގެ ހައުސްތަކުގެ މެދުގައި އެންމެ ވާދަވެރި ކަމާއެކު ގެންދެވޭ އެއް މުބާރާތެވެ.
ސެޝަން ނިމުމުން ހަނާ އަވަސްވެގަތީ އެލް ޓީ ރޫމަށް ދާށެވެ. ” އާނިޝް…. މިމީހުން މިތާ ހިފަހައްޓަދެއްޗޭ ހަނާ އަންނަންދެން. ތަހީންވެސް ހުންނާނީ ސެޝަން ނުނިމިފަ ގެއަށް ދާން” ދަބަހަށް ފޮތް އަޅަން އިން އާނިޝް އަށް ބަލާލާފައި ހަނާ ބުނެލިއެވެ. އެވަގުތު އާނިޝް ވެސް ހަނާއަށް ބަލާލާފައި ހޭންފަށަމުން ބުނެލިއެވެ.
“ހެހެ، ހަނާ ބުނިއްޔާ ނުކޮއްދީއެއް ނުވާނެއެއްނު. އެހެން މީހަކު ނުހިފެހެއްޓުނަސް މަބަލާނަން މި ތަހީން ހިފެހެއްޓޭތޯ” އާނިޝް އެހެން ބުނުމުން ތަހީން އަވަހަށް ކުލާހުން ނުކުންނަން ދުއްވައިގަތެވެ.
އެވަގުތު ދަބަހަށް ލާން ހުރި ފޮތް ބިންމައްޗަށް ވައްޓާލައިފައި އާނިޝް ވެސް ތަހީން ފަހަތުން ދުއްވައިގަތެވެ. މުޅި ކްލާސްތެރޭ ދުވަމުން ދިޔައިރު ބަލާލާފައި މީ ގްރޭޑް ދިހައެއްގެ ކުދިންނޭވެސް މީހަކު ނުބުނާނެއެވެ. ކުލާހުގައި ދެން ތިބި ކުދިންތަށް ވެސް އެކަމުގައި ބައިވެރިވެ އަތްޖަހާ އަޑުގަދަ ކުރަމުން ދިޔައިރު ހީވީ ފޯރިގަދަ ފުޓުބޯޅަ މެޗެއްގައި ޕެނަލްޓީއެއް ލިބިގެން އުޅޭހެންނެވެ. މި މަންޒަރު ބަލަން ހުރި ހަނާ އާނިޝް އަށް ބަލާލާފައި ދެއަތް އުނަގަނޑުގައި ވިއްދާލުމަށް ފަހު އަނގައަށް ވައަތަރެއް ޖައްސާލައިފައި ދެފަރާތަށް ބޯހޫރާލުމަށް ފަހު ކްލާހުން ނުކުންނަން ހިނގައިގަތެވެ.
ހަނާ ކުލާހަށް އައި އިރު ވެސް މި ސަކަރާތް ގަނޑު މުޅިއަކުން ނުހުއްޓެއެެވެ. ނަމަވެސް ހަނާ ގޮވާލުމުން ހަނާގެ ގްރޫޕް ހުރިހާ ކުދިން އައިސް އެއް މޭޒެއްގެ ދޮށުގައި އިށީނެވެ. އާނިޝް އިނީ ހަނާޔާ ޖެހިގެން އިން ގޮނޑީގައެވެ. ވާހަކަ ފެށުމުގެ ކުރިން ހަނާ ވަށްކަޅިން އާނިޝްއަށް ބަލައިލިއެވެ. އެވަގުތު އާނިޝްވެސް އިނީ ބަލަހައްޓައިގެން ކަމުން ދެމީހުންގެ ހަތަރު ކަޅި ހަމަވެގެން ދިޔައެވެ. ވަގުތުން ހަނާ އާނިޝްގެ އެ ފުންފުން ދެ ލޮލުގެ ތެރެއަށް ގެނބިގެން ދިޔައެވެ.
” އޭ ހެލޯ ހެލޯ.. އަަހަރުން މި ތަނަށް ގެނެސް ތި ދެމީހުން ކޮން ޑްރާމާ އެއް ތި ކުޅެނީ. ފުރަތަމަ ޑްރާމާގަ ވާގޮތް ކިޔައިދީފަ ފެށީމަދޯ އަހަރުންނަށް އެނގޭނީ…” އެތަނުައި އިން އެންމެ އަނގަގަދަ ތަހީން ދިމާކޮއްލިއެވެ. ތަހީންއާ ބައިވެރި ވަމުން ދެން ތިބި ކުދިންކޮޅު ވެސް ހޭން ފެށިއެވެ. ނަމަވެސް އެއްވެސް ހިނިތުންވުމެއް ފެންނަން ނެތީ ކައިޒަންެ މޫނު މަތީގައެވެ. އޭނަގެ މޫނު މަތީިގައި ވަނީ ރުޅިވެރިކަމާއި ނަފްރަތެވެ.
ކައިޒަންއަކީި ވެސް ހަނާ ކްލާސް ކުއްޖެކެވެ. ރެއާ ދުވާލު ހަނާއަށް އުނދަގޫ ކުރުން ނޫން ކަމެއް ނޯންނާނެއެވެ. ލޯބި ވަނީޔޯލައެވެ. ނަމަވެސް ހަނާއަށް ކަމުދާ އެއްވެސް ސިފައެއް ކައިޒަންެގެ ގަޔަކުނެތެވެ. ކިޔަވަން ނޫޅޭތާ ފިލާވަޅެއް ނިންމަނީކީ ނޫނެވެ. ނުވިތާކަށް މުދައްރިސުންނާވެސް ވާހަކަ ދައްކަނީ އެހާ ހުތުރު ކޮށެވެ. ކުރުކޮށް ބުނާނަމަ އެއްވެސް އުޅުމެއް ނެތް މީހެކެވެ.
ގްރޫޕުގެ ކުދިންނަށް ހަނާ ޑްރަމާގައި ވާގޮތް ކިޔައިދެމުން ދިޔައިރު އާނިޝްއަށް އިނީ ހަނާގެ އެ ލޯބި ލޯބި މޫނާ ދިމާއަށް ގެއްލިފައެވެ. ހަނާ ކިޔާ އެއްވެސް އެއްޗެއް އޭޭނާއަށް އަޑު ނީވޭ ފަދައެވެ.
” އޯކޭ. އެހެންވީމާ ހިންގާ ކެރެކްޓާރސްތައް ބަހަމާ” ފުން ނޭވާއެއް ލަމުން ހަނާ ބުނެލިއެވެ.
” މީތަ ޑްރާމާގަ އުޅޭކުދިންނަކީ؟” އާނިޝް ބުނެލިއެވެ.
“ކިހިނެތްވީ؟ މި ގްރޫޕް އޯކޭއެއް ނޫންތަ؟” ހަނާ އަށް އަހާލެވުނެވެ.
“ހެހެ. ހަނާ ހުއްޓަ އޯކޭ ނުވާނެތަ؟ ” އާނިޝް ކައިޒަންއަށް ބަލައިލަމުން ޖެއްސުމުގެ ރާގަކަށް ބުނި ނަމަވެސް މުޅިއަކުން ދޮގެއް ވެސް ނޫނެވެ.
“މިބުނީ ކުދިން މާ މަދެންނޫންހޭ؟” “ފެށީމަ ނޭނގޭނެ މަދުކަމެއް. އެހެން ނޫނަސް ފިލްމެއް ކުޅޭކަށް ނޫނެއްނު”
“އޯކޭ.. ހިނގާ ކެރެކްޓާރސް ބަހަން.. އެހެން ވީމަ މިއުޅެނީ ޖިންނިއަކާއި، ޖިންނި އަޅައިގަނެގެން އުޅޭ ކުއްޖާޔާ، އެ ކުއްޖާ ސަލާމަތް ކުރާ ކުއްޖާގެ އިތުރުން އޭނަގެ ފްރެންޑްސްދޯ…އެހެންވީމަ ”
“ސަލަމަތް ކުރާ ކުއްޖާ އަސްލު ވަރަށް ލައިކްވޭ ދޯ އެކުއްޖާދެކެ” ކައިޒަން ހަނާޔާ ސުވާލުކޮއްލުމުން ހަނާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.
ހުރިހާ ކުދިންވެސް ބޭނުންވީ މެއިން ކެރެކްޓާއަށް ހަނާ ލާށެވެ. އެހެން ކަމުން ހަނާ ވެސް އެކަމާ ގަބޫލު ވީއެވެ.
“ދެން މަ ވަނީ އެކުޖާ ސަލާމަތް ކުރާ ކުއްޖާއަށް ދޯ” އާނިޝް ހަނާ އަށް ބަލައިލަމުން އެހެން ބުނީ މިފަހަރު ހަމަ ގަސްތުގައި ކައިޒަން ރުޅި އަރުވާލާށެވެ. ކައިޒަން އެވަގުތު އެއްޗެއް ބުނަން އަނގަ ހުޅުވާލި ތަނާ ހަނާ ބުނެލިއެވެ.
“އަސްލުވެސް މި ކެރެކްޓާރ އެންމެ ގުޅެނީ އާނިޝްއާ. ” ހަނާ އެހެން ބުނުމުން ކައިޒަންގެ ރުޅިގަނޑު އިތުރަށް ގަދަ ވިކަހަލައެވެ. މޭޒު މަތީގައި އޮތް އަތް މުށްކަރުވާލުމަށް ފަހު ދަތްކުނޑި ވިކާލިއެެވެ.
“މި އިކާމެންނާ ހެދިއޭ މި ލަސްވީ. މިހާރު ޔައި ނުދާކަމެއްވެސް ނޭނގެ.” ހަނާ އައިކާއަށް ބަލާލަމުން ބުނެލިއެވެ.
” ދެން އާނިޝްެބެއާ އެކު މިއަދުދޭ. ލިމް ގޮސްދާނަން ތަހީންއާއެކު” ލިމްހާ އޭނަގެ ދެބެންގެ ދެދަރި ބޭބެ ކަމުގައިވާ އާނިޝް އަށް ބުނެލިއެވެ.
“ކޮންމެހެން އަހަރުން ދެމީހުން ފޮނުވަން ނޫޅުނަސް ލިމް ތަހީންއާ އެކު ފޮނުވަދާނަމޭ. ތިހާ ދާ ހިތުން އުޅެންޏާ. ދޯ ހަނާ” އާނިޝް ހަނާއަށް ދޯ ޖަހާލިއެެވެ.
އާދައިގެ މަތިން ދުވަހަކަށްފަހު ދުވަހެއް ފާއިތު ވަމުން ގޮސް އެއްހަފްތާ ފާއިތުވެގެން ހިގައްޖެއެވެ. އާނިޝްއާ ހަނާގެ ގުޅުން ވެސް ދިޔައީ ދުވަހެއް ދުވަހަކަށް ބަދަހި ވަމުންނެވެ.
” ޔައީ..ޔައީ…” ޔައިޝާއަށް ވުރެ ފަހަތުން ދުވެފައި އައި ހަނާ ޔައިޝާއަށް ގޮވަމުން އާދެއެވެ. ޔައިޝާއަކީ ހަނާގެ ބެސްޓް ފްރެންޑްއެވެ. ހަނާ އަށް ވުރެ ދެއަހަރު ބޮޑު ކަމުގައި ވިޔަސް ހަނާ ޔައިޝާއަކަށް ދައްތައެއް ނުކިޔާނެއެވެ. ޔައިޝާޔާ އެއްވަރު ކުރި ހަނާގެ މޫނު މަތިން ފެންނަނީ އެހެން ދުވަސް ދުވަހާ ހިލާފަށް އުފާވެރި ކަމެވެ. އެކަމާ ޔައިޝާ ސުވާލު ކުރިއެވެ. ދެ ކުދިން ވާހަކަ ދައްކާލަން މަޑު ކޮއްލީ ސްކޫލްގެ ގޯތި ތެރޭގައި އިން ބެންޗެއްގައެވެ.
“އާނިޝް އަހަރެން ކައިރީ ރައްޓެހިވާން އަހައިފި. ކިކޭ ބުނަންވީ” ހަނާ ހުރިހާ ދަތެއް ފެންނަ ވަރަށް ހީލަމުން ބުނެލިއެވެ.
“ހެހެ. ހަނާ އޭނަދެކެ ލޯބިވޭތަ؟”
“ނޭނގެ ލޯބިވާކަމެއް. އެކަމު ކުރީއްސުރެ ވެސް އަސްލު ވަރަށް ލައިކްވޭ އޭނަ ދެކެ” ހަނާ ލަދުންހުރެފައި ކަހަލަ ގޮތަކަށް ބުނެލިއެވެ.
” ހެހެ. ނުބުންޏަސް އިނގެޔޭ ލައިކްވާކަން. ދެން ޔައި ބުނާނީ ކީކޭ؟ އާނިޝް އަކީ ގޯސް ކުއްޖެއް ނޫން. ހަމަ ގައިމުވެސް ކައިޒަން ހެންނެއް ނޫން” ޔައިޝާވެސް ހަނާ އަށް ބުނެލިއެވެ.
” ހްމމ. އޭނަ ވަރަށް ކެއާ ކުރޭ އަސްލު. ވަރަށް ރަނގަޅު. ސޯ އެހެންވީމަ އަހަރެން ޔެސް ބުނަނީ އިނގޭ” ވިސްނަން ހުރެފައި ކަހަލަ ގޮތަަކަށް އެހެން ބުނެފައި ހަނާ އާނިޝްއާ ދިމާއަށް ދުއްވައިގަތެވެ.
ދެން އައި ދުވަސްތަށް ހަނާ ވޭތުުރަމުން ދިޔައީ ނުހަނު އުފަލާއެކުއެވެ. ކުރާ ކޮންމެ ކަމެއްގައި އެހީންވާން އާނިޝް ހުންނަނީ ހޭވައްލާ ތައްޔާރަށެވެ. ލިބޭ އުފާތަކުގައި ބައިވެރިވެދީ، ލިބޭ ހިތާމަ ތަކުގައި ހިތްވަރުދޭން ހުންނަ ފުރަތަމަ ފަރާތަކަށް އާނިޝް ވެއްޖެއެވެ. ހަނާއަށް ހީވީ ދުނިޔޭގެ ހުރިހާ އުފަލެއް އޭނާ އަށް ކުރުނީސް ކުރަން ފެށިހެނެވެ. ހަނާގެ ހިތުގައި ދުވަހެއް ދުހަކަށް ދިޔައީ އާނިޝް އަށް އޮތް ލޯބި އިތުރު ވަމުންނެވެ. އެއީ ހަނާމެންގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަސް ތަކެވެ. ނަމަވެސް ދެން އެދުވަސްތައް އަނބުރާ ނުލިބޭނެއެވެ.
****************************
އެ ޙިޔާލު ތަކަށް ގެއްލި އޮތް ހަނާއަށް ހޭވެރިކަމެއްވީ ކުއްލި އަކަށް ވާރޭވެހިގެން އަޑަށެވެ. ފޯނު ނަގާ ގަޑި ބަލާލިއިރު މެންދަމު އެކެއްޖަހާ ބޮޑުވީއެވެ. ނަމަވެސް އެހަނދާންތަކުން ދުރުވެ ނިދޭތޯ މަސައްކަތް ކުރީ ފަތިހުގެ ފުރަތަަމަ ހާލާ އެކީ މަންމަ ގޮވާނެކަން އިނގޭތީއެވެ.
“ހުސްނާއްތާ. ކޮބާ ހަނާ” ގެއަށް ވަދެގެން އައި ޔައިޝާ އެއްޗެހި ހިއްކަން އަޅަން ހުރި ހުސްނާޔާ ސުވާލު ކޮއްލިއެވެ.
“އަދި ހިޔެއް ނުވޭ ހޭލިހެންނެއް. ދޭބަަލަ ހަނާ އަށް ގޮވަން. ދައްތަ ވެސް ހަނދާންނެތިގެންނޭ ނުގޮވަ މިހިރީ. ޔައިޝާ ދާން ވީނު ސައިބޯން. ހިލްޔާންމެން ވެސް އެބަތިބި” ހުސްނާ އެހެން ބުނުމުން ޔައިޝާ ހަނާ ގޮވައިގެންނޭ ދާނީ ކިޔާ ދިޔައީ ހަނާ އަށް ގޮވާށެވެ.
“އޭތް. ކޮން ޙިޔާލެއްގަ” ޒިވްޔަންގެ ލޯ މަތީގައި އަތް ހޫރާލަމުން މޭޒުދޮށުގައި އިން ހިލްޔާން ބުނެލިއެވެ.
“ހެހެހެ. ބުނީމެންނު އިއްޔެ ކުއްޖަކު ވާހަކަ. އެކުއްޖާ މިހާރު ކޮންމެ ރެއަކު ހުވަފެނުން ވެސް ފެނޭ. އެހެންވެ ރޭގަވެސް ގެއަށް އައި ގޮތަށް ނިދަން އެރީ. ” ޒިވްޔަން އެހެން ބުނުމަށް ފަހު ލޯ މަރާލިއެވެ. އެކުއްޖާ ސިފަ ކޮއްލަން ތޯއްޗެކެވެ.
“ހެހެ. ދެން އޭނަ ހޯދަން ހިނގާ. މަށަކަށް ވެސް މިހާރު މިރަށު އަންހެން ކުދިން ފެނުނަސް ނޭނގޭނެ ވަކި ކުރާކަށް. ދެން އެކަމު ކައެއަށް އިނގޭނެ ދޯ އޭނަ ފެނުނީމަ. ހިނގާބެ ބުރެއް ޖަހާލަން ދާން” ހިލްޔާންއާ ޒިވްޔަން އެކި ގޮތަގޮތަށް އެކަމާ މަޝްވަރާ ކުރަމުން ދިޔައިރު ހީވަނީ ދެކެފަރިތަ ދެމީހުން ވާހަކަ ދައްކަމުން ދިޔަހެނެވެ.
ހަނާ ރީތިވެ ނިމުމުން ދެމީހުން ދިޔައީ ބަދިގެއަށް ސައިބޯށެވެ. ސައިބޯން އިން ޒިވްޔަން މީހަކު ދޮރު ހުޅުވާލި އަޑަށް ބަލާލިއިރު ހީވީ އޭނަގެ ލޯ ތަރަތަރަ ޖަހައިގެން ދިޔަހެންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


