*ހަނާ ރީތިވެ ނިމުމުން ދެމީހުން ދިޔައީ ބަދިގެއަށް ސައިބޯށެވެ. ސައިބޯން އިން ޒިވްޔަން މީހަކު ދޮރު ހުޅުވާލި އަޑަށް ބަލާލިއިރު ހީވީ އޭނަގެ ލޯ ތަރަތަރަ ޖަހައިގެން ދިޔަހެންނެވެ.*
ދެލޯ މަރާލާ ކުޑަކޮށް ބޯ ތަޅުވާލުމަށް ފަހު ލޯ ހުޅުވާލީވެސް ދެލޯ ކުރި މަތިން ފެންނަމުން ދިޔައީ ގަބޫލު ނުކުރެވިގެންނެވެ. ބޯންއިން ސައިތަށި އަނގައިން ނައްޓަން ނޭނގިފައި ޒިވްޔަންއަށް އާގަމަ ވެފައި އެ ދިމާއަށް ބަލަން ހުރެވުނީއެވެ. އެހެންނުވާންވީ ކީއްވެގެން ހެއްޔެވެ؟ ކުރިމަތީގައި ފެންނަން އެހުރީ ފުރަތަމަ ނަޒަރުން އެހިތާ ކުޅެލި ޒުވާނާއެވެ. އޭނަގެ ހުވަފެނުެ ރާނިއެވެ. އެ ހިތުގެ މަލިކާއެެވެ.
ސައިބޯން އިން ޒިވްޔަން ފެނުނު ވަގުތު ޔައިޝާގެ ދެފައި ފައި އޮޅިގެން ނުވެއްޓުނީ ކިރިޔާއެވެ. އަނގަ މަތީގައި އަތް އަޅާގެން ހުރި އިރު އެ ބޮޑުބޮޑު ދެ ލޯ ހުރީ ތަންމިނަށް ހުޅު ވިފައެވެ. ޔައިޝާ އަށް ކައިރީގައި މީހަކު ހުރި ކަމެއްވެސް ނޭނގެއެވެ. އޭނާ އެވަގުތު ވަނީ ހުރިހާކަމެއް މަތިން ހަނދާން ނެތިފައެވެ. ހަނދާން ނެތޭނެއް ނޫންހެއްޔެވެ؟ ރެޔާ ދުވާލު އެ ސޫރައެއް ދެކިލުމަށް ހިތް ގޮވަމުން ދިޔަ ސޫރަ އެހުރީ ކުރިމަތީގަވިއްޔާއެވެ. މީ އަނެއްކާ ހުވަފެނެއް ހެއްޔެވެ؟ އެސިކުންތުގައި މުޅި މީހާ ފިނިވެ ބާރުބާރަށް ހިތް ތެޅެން ފެށިއެވެ.
“އެހެމް އެހެމް.” ހިލްޔާން ކަރުކެހިލި އަޑަށް ޒިވްޔަންއާ ޔައިޝާ ދިޔައީ ސިހިގެންނެވެ.
” ބްރޯ….. މީތަ ތިބުނާ ހުވަފެނުގެ ރާނީއަކީ ” ހިލްޔާންއަށް ޔަގީންވި ނަމަވެސް އެހެން އަހާލީ ޒިވްޔަންގެ ޖަވާބެއް އަޑު އަހާލާ ހިތުންނެވެ. އެހެން ބުނި އަޑަށް ހަނާ އިތުރަށްވީ ހައިރާނެވެ.
ޒިވްޔަން ރެއާ ދުވާލު އެ ދައްްކަނީ ޔައިޝާގެ ވާހަކަ ހެއްޔެވެ؟ ޔައިޝާ އެކުއްޖަކު ނުފެނިގެން ދުވާލުދާ ހަތަރުދަމު އެކިޔާ ކުއްޖާ އަކީ ޒިވްޔަން ހެއްޔެވެ؟ ދެމީހުން ހަނާ ކައިރީގައި މިދައްކަނީ ދެމީހުން ދެމީހުންގެ ވާހަކަ ހެއްޔެވެ؟ ހަނާ ބަލާލީ ޔައިޝާއަށެވެ. ޔައިޝާވެސް ހަނާޔާ ދިމާއަށް ބަލާލާފައި މަޑު މަޑުން އާނއެކޭ ބުނެލީ ބޮލުގެ އިޝާރާތުންނެވެ. އެވަގުތު ހަނާ އަށްް ޕަކަޕަކަ ލާފައި ހޭން ފެށުނެވެ. ނުހެވުނިއްޔާ ވާ ދެރައެވެ.
“ހެހެ. ފައިނަލީ ދެމީހުން މިއޮތީ ދިމާވެފަ. ދެން ނުޖެހޭނެ ޒިވްޔަން ވެސް ހުވަފެނުން ބަލާކަށް. މިހުރީ ކުރިމަތީ. ޔައި ވެސް މިހާރު ދެން ހުތްވެފަ ހުންނާނެ ކަމެއްނެތް. ބުނީމެއްނު ފެންނަ އިރަށް ގޮސް……….” ހަނާގެ ޖުމުލަ ފުރިހަމަ ނުކުރެވެނީސް ޔައިޝާ ހަނާގެ އަތުގައި ޒިވްޔަންއަށް ނޭނގޭނެހެން ވިކާލިއެވެ.
“ވަޓް. ޔައި ދައްތަވެސް ތަ. މިވީ މާރަނގަޅަކަށްނު” ހިލްޔާނުވެސް ލާނެތް ރާގަކަށް ބުނެލިއެވެ.
ޔައިޝާއާ ހަނާގޮސް ސައިބޯން އިށީން އިރުވެސް ޒިވްޔަންގެ ތޫނު ނަޒަރު ޔައިޝާއާ ވަކިނުވެއެވެ. އެކަމާ ޔައިޝާއަށް ދިޔައީ ނުހަނު އުނދަގޫ ވަމުންނެވެ. އެހިތް ބާރުބާރަށް ތެޅެމުން ދިޔައިރު ބައެއް ފަހަރު އުދުއްސައިގަންނަން އުޅޭހެންވެސް ހީވެއެވެ. މިވަގުތު ޔައިޝާގެ ދެ އަތެކޭ އައިސްއަލަމާރީގައި ހުރި އައިސްކިއުބް ތަކެކޭ ތަފާތެއްނެތޭ ބުންނަސް ދޮގަކަށް ނުވާނެއެވެ.
“ޔައި…….. ޒިވްޔަން އިނީމަ އެއްޗެއް ނުދިރި ފައިތަ ތިއިނީ” ހަނާ އަނެއްކާ ވެސް ޖެއްސުން ކޮއްލިއެވެ.
“ޔައި ސައިބޮއެގެން މިއައީ. ޔައި މިދަނީ ބޭރަށް” އެހެން ކިޔާ ޔައިޝާ ބޭރަށް ނުކުތެވެ.
“ޒިވްޔަން އަސްލުވެސް އެކުއްޖަ އަކީ ޔައިތަ…. ގަބޫލު ވެސް ނުކުރެވޭ… އަނެއްކާ އެއޮތްހާ ދުވަހު ޔައި ވެސް އެދެއްކީ ޒިވްޔަންގެ ވާހަކަ…. މިއީ ހާދަ ބޮޑު އިއްތިފާގެކޭ.” ހަނާ ވިސްނަން އިނދެފައި ބުނެލިއެވެ.
ތިން މީހުން ސައި ބޮއެގެން ނުކުތް އިރު އެގޭގެ ޖޯލި ފަތީގައި ޔައިޝާ އޮތެވެ. ހިޔާލެއްގައި އޮތް ނަމަވެސްް އޭނާގެ މޫނު މަތިވަނީ އުޖާލާ ވެފައެވެ.
ހަތަރު ޖޯލީގެ ޖޯލިފަތީގެ ކަނާތަށް ދެވަނައަށް ވީ ޖޯލީގައި ޔައިޝާ އޮތްއިރު ހަނާ ގޮސް އިށީނީ ޔައިޝާގެ އެއްފަރާތުގައެވެ. ހަނާއާ ޖެހިގެން އިން ޖޯލީގައި ހިލްޔާން އިށީންއިރު ބާކީ އިނީ ޔައިޝާގެ ކަނާތް ފަރާތުގައި އިން ޖޯލި އެކަންޏެވެ. ލޮލުގެ އިޝާރާތުން ހިލްޔާން ޒިވްޔަންްއަށް އެ ޖޯލި ދައްކާލިއެވެ. ޒިވްޔަންވެސް މަޑު މަޑުން ހިނގާލާފައި ގޮސް އެ ޖޯލީގައި އިށީންއިރު ޔައިޝާއިނީ އިސްޖަހައިގެންނެވެ.
“ހިލްޔާން ހިނގާބަ ދޮންތިއާ އެކު ފިހާރަޔަށް. ސުޕާރިއެއް ގަންނަން” ހަނާ ހިލްޔާންއަށް ބަލާލަމުން އެހެން ބުނުމުން އޭނަގެ މަގްސަދު ޔައިޝާއަސް ނަގައި ގަނެވުނެވެ. ވަގުތުން ޔައިޝާވެސް ހަނާމެންނާއެކު ދާން ތެދުވަތެވެ.
“ޔައިވެސް ދިޔައީމަ ޒިވްޔަން ފޫހިވާނެއްނު. އަހަރަމެން އަންނާންނަން ގޮސް. ޔައި ޒިވްޔަންއާ އަނގަ ތަޅާލާ” ހަނާ ޔައިޝާއަށް ބަލާލަމުން ބުނެލިއެވެ. އެވަގުތު ޔައިޝާ ހަނާއަށް ލޯ އަޅާލިއެވެ.
ހަނާމެން ދިޔުމުން ޔައިޝާއާ ޒިވްޔަން އެކަނިވިއެވެ. ފަސްވަރަކަށް މިނެޓް މަޑުމަޑުން އޮވެފައި ޒިވްޔަން ޔައިޝާއަށް ބަލައިލިއެވެ. އިއްތިފާގުން ޔައިޝާއަށް ވެސް ބަލައިލެވުނީ އެވަގުތުއެވެ. ވަގުތުން ޔައިޝާގެ މޫނަށް ރަތްކުލަ ވެރިވެގަތެވެ. ވަގުތުން އިސްޖަހާލާ ދެއަތް ދެއަތާ މޮޑެން ފެށިއިރު ހީވަނީ ބިރުން ގޮސް ހަދާނެ ގޮތް ހުސްވެފައި އިން ހެންނެވެ.
“ޕިސް. ޕިސް ޕިސް…. ހަމަ އަނގައިން ވެސް ބުނެނުލާ އެބަތިއްބޭ… ބަލާނަމޭ ކިހާ ދުވަހަކު ތިހެން ތިބެވޭތޯ” ހަނާ އައި ގޮތަށް އައިސް އަނެއްކާވެސް ފެށީ ދިމާކުރާށެވެ. ހަތަރު މީހުން މިސްރާބުޖެހީ ރަށުގެ އަތިރިމައްޗާއި ދިމާއަށެވެ.
ދިއްގާގަހެއްގައި އެލުވާފައިވާ ހަތަރު އުނދޯލީގައި ހަތަރު މީހުން ތިބި އިރު ޔައިޝާއަށް އިރުއިރު ކޮޅާ ޒިވްޔަންއަށް ބަލާލެވެއެވެ. ކިތަންމެ ސިއްރުން ބަލާލި ކަމުގައި ވިޔަސް ހަނާއަށް އެންމެ ފަހަރަކުވެސް މިކަން ސިއްރެއް ނުވެއެވެ. ދިޔައީއްސުރެ ހަނާއާ ހިލްޔާން، ޔައިޝާއާ ޒިވްޔަންއާ ދިމާކުރަމުން ދިޔައިރު ހީވީ އެއީ އެދެމީހުންގެ ޒިންމާ ހެންނެވެ.
“މްމްމް. ހިނގާ ޖޫގޯބޯން” ހިލްޔާން އެހެން ބުނެލިއަޑަށް ހަނާ ވަގުތުން އާނއެކޭ ބުނެލިއެވެ.
“އެކަމު ޔޫ ގަންނަން ދާން ޖެހޭނީ ދޮންތިއަކަށް ނުދެވޭނެ.”
“ހެވޭ ކަންނެތްގަނޑާ. މަގޮސްދާނަމޭ………….. ނޯ.. ނޯ މިފަހަރު ދާނީ ޔައިދައްތައާ ޒިވްޔަންއާ…. ކުރީ ފަހަރު އަހަރަމެން ދިޔައީ” ހިލްޔާން ޒިވްޔަންއާ ދިމާ ބަލާލަމުން ބުނެލިއެވެ. ނަމަވެސް މިފަހަރު ޔައިޝާ ދާކަށް އެއްބަހެއް ނުވިއެވެ. އެހެން ކަމުން ހިލްޔާން އެދެމީހުންނާއެކު ދިޔައެވެ. ދިޔަ މަގު މަތީގައި ވެސް ހިލްޔާން ދިޔައީ ސަކަރާތް ޖަހަމުންނެވެ.
“ބަންދު……..” ފިހާރަ ދޮރު މަތީގައި ހުއްޓި ލަމުން ހިލްޔާން ބުނެލިއެވެ.
“ދެން ހުންނާނީ ލާރާމެން ގޯތި ކައިރީ ހުރި ފިހާރައިގަ….އެކަމު މިފަހަރު ކަލެމެން ގޮސްލާ…ޔައި މިދަނީ ހަނާ ކައިރިއަށް” ޔައިޝާ ވާހަކަ ދެއްކި އަޑަށް ޒިވްޔަން ޔައިޝާއާ ދިމާ ބަލާލިއެވެ. ޔައިޝާވެސް ހޭން ފަށާފައި ހަނާ ކައިރިއަށް ދުއްވައިގަތެވެ.
“ހިތުން ވަރަށް މޮޅު ކަމެއް ކުރެވިފަ ދޯ ތީނީ” ޔައިޝާގޮސް ހަނާ ކައިރީ އިށީންނަމުން ބުނެލިއެވެ.
“ހެހެ. ދެން ކީކޭތަ ޒިވްޔަން ބުނީ. ވާހަކަ ދެއްކިތަ” ހަނާ ޝައުގުވެރި ކަމާއެކު އަހާލިއެވެ.
“އަދި ހަނާ ކައިރީ ޖެހޭތަ އަހަރަމެން ދައްކާ ވާހަކަވެސް ބުނަން” ޔައިޝާ ވެސް ދެރަ ނުވާން ބުނެލިއެވެ.
……………
” ހެލޯ ލާރާ…. މިތާ ކީއްވެ އެކަނި ތީނީ” މަގުމަތީގައި އިން ޖޯލިފަތީގައި އިން ލާރާ ފެނިގެން ހިލްޔާން އަހާލިއެވެ.
” ކަމެއް ނުވޭ. ހަމަ އޮތީ.” އެހެން ބުނެފައި ލާރާ ބަލައިލީ ހިލްޔާން ކައިރީގައި ހުރި ޒިވްޔަން އަށެވެ.
“މިއީ ޔައީދައްތަގެ” ޒިވްޔަން ދައްކާ ލަމުން ހިލްޔާން ބުނެލިއެވެ. އެވަގުތު ޒިވްޔަން ދެފަރާތަށް ބޯހޫރާ ލަމުން އެއީ ދޮގެކޭ ބުނެލިއެވެ. ލާރާވެސް ހޭން ފަށާފައި އެމީހުންނާއެކު ދާން ހިންގައިގަތީ ހިލްޔާން އެމީހުންނާއެކު ދިއުމަށް އެދެމުންނެވެ.
“ލާރާ ގަންނަން ގޮސްތަ ހިލްޔާން ތިއައީ” ހިލްޔާންގެ ފަހަތުން އައި ލާރާ ފެެނިގެން ހަނާ އެއްސެވެ.
ހިލްޔާން ވެސް އާނއެކޭ ބުނެ އައިސް ހަނާއަށާއި ލާރާއަށް އޭނަގެ އަތުގައި އޮތް ތިން ޖޫގޯއިން ދެ ޖޫގޯދިނެވެ. އަދި ޒިވްޔަން އަތުގައި އޮތް ޖޫގޯތަށި ޔައިޝާއަށް ދޭށޭ ބުންޏެވެ.
……………
ގަޑިން ރޭގަނޑު އަށެއް ޖެހީއެވެ. ހަނާ، ޔައިޝާ. ޒިވްޔަން އަދި ހިލްޔާން ތައްޔާރުވަމުން ދިޔައީ ފިލްމެއް ބަލާށެވެ.
ބަލަމުން ދިޔައީ ވަރަށް ބިރުވެރި ފިލްމެކެވެ. ވަކިން އިން ކުޑަ ސޯފާގައި ހިލްޔާން އެތާ އިން ކުޑަ މޭޒު މައްޗަށް ފައިލައިގެން އުނގު މައްޗަށްް ޕޮޕްކޯން ތަށި ލައިގެން އިންއިރު ހީވަނީ ވަރަށް ބިރު ކުޑަ މީހެއްހެންނެވެ. ނަމަވެސް ބިރުވެރި ތަންކޮޅެއް އަންނަ އިރަށް ބިރުން ފުއްމައި ގަންނައިރަށް ތަށީގައިއި ހުރި ޕޮޕްކޯން ތަށް މުޅި ސިޓިން ރޫމަށް ބުރައިގެންދެއެެވެ. ހަނާވެސް ބިރުން މޫނު މަތީގައި ބާލީސް އަޅާ ހަޅޭއްލަވައި ގަންނަ ގޮތުން މީހަކު ނުހޭން ހުއްޓަސް ހެވޭނެއެވެ. ޔައިޝާ ބިރުގަންނަ ކޮންމެ ފަހަރަކު ހިފާލެވެނީ ކައިރީގައި އިން ޒިވްޔަންގެ އަތުގައެވެ. މިކަމާ ޒިވްޔަން އިނީ މަޖާވެފައެެވެ. ޒިވްޔަން އަށް ބެލެނީ އަޅުވާފައި ހުރި ފިލްމަކަށް ނޫނެވެ. ޔައިޝާގެ ދޮންދޮން މޫނަށެވެ. ހީވާ ގޮތުން ފިލްމު އަޅުވާފައި އެެއިނީ ޔައިޝާގެ މޫނު މަތީގައެވެ.
ފިލްމު ނިމުނު އިރު ގަޑިން ދިހަގަޑި ބައިވަނީއެވެ. ޔައިޝާއަވަހަށް ތެދުވަތީ ގެއަށް ދިއުމަށެވެ.
“ޔައި މިއޮތް ރޭނގަޑު އެކަނި ދަނީ…… ޒިވްޔަން ދާން ވީނު ޔައި ގެއަސް ވައްޓާލަދޭން” ހަނާ މޯޅި އަކަށް ދެމިލަމުން އެހެން ބުނީ ހަމަ ގަސްތުގައި ޔައިޝާއާ އެކު ޒިވްޔަން ފޮނުވާލުމަށެވެ. ހިލްޔާން ވެސް ނިދަންށޭ ކިޔާ ވަނީ ކޮޓަރި އަށެެވެ.
މަގުމަތިން ހިނގާފައި ދިޔައިރު މުޅި މާހައުލުގައި ވަނީ ހަމަހިމޭން ކަމެވެ. ޔައިޝާއާ ޒިވްޔަން މަޑުމަޑުން ހިނގާފައި ދިޔައިރު އެދެމެދުގައި ވަނީ މަރު ފަދަ ހިމޭން ކަމެވެ. ހީވަނީ ވާހަކަ ނުދައްކަން ވައުދެއް ވެގެން ތިބިހެންނެވެ. ކުއްލި އަކަށް ގެއެއްގެ ފާރު މަތިން ބުޅަލެއް ފުއްމާލީ ޔައިޝާގެ ކުރިމައްޗައްށެވެ. ހަޅޭއްލަވައިގަނެފައި ޔައިޝާއަށް ބައްދައިގަނެވުނީ ކައިރީގައި ހުރި ޒިވްޔަން ގައިގައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.



Nice?