* މަގުމަތިން ހިނގާފައި ދިޔައިރު މުޅި މާހައުލުގައި ވަނީ ހަމަހިމޭން ކަމެވެ. ޔައިޝާއާ ޒިވްޔަން މަޑުމަޑުން ހިނގާފައި ދިޔައިރު އެދެމެދުގައި ވަނީ މަރު ފަދަ ހިމޭން ކަމެވެ. ހީވަނީ ވާހަކަ ނުދައްކަން ވައުދެއް ވެގެން ތިބިހެންނެވެ. ކުއްލި އަކަށް ގެއެއްގެ ފާރު މަތިން ބުޅަލެއް ފުއްމާލީ ޔައިޝާގެ ކުރިމައްޗައްށެވެ. ހަޅޭއްލަވައިގަނެފައި ޔައިޝާއަށް ބައްދައިގަނެވުނީ ކައިރީގައި ހުރި ޒިވްޔަން ގައިގައެވެ.*
ޒިވްޔަންއަށް ހީވީ ކަރަންޓު ޝޮކެއްޖެހުނު ހެންނެވެ. އޭނާއަށް ހުރީ ހަރަކާތެއް ކޮއްލަން ނޭނގިފައެވެ. އޭރު އެމީހުން ތިބީ މަގުގެ މެދު ގައެވެ. ނަސީބަކުން އެވަގުތު އެމަގުގައި މީހަކު ނެތެވެ.
ކުއްލިއަކަށް ޒިވްޔަން ސިއްސައިގެން ދިޔައީ ފްލޭޝް ލައިޓެއް އެދިމާއަށް އެޅުމުންނެވެ. އަވަސް އަވަހަށް ދެމީހުން ދުރުވިއިރު ޔައިޝާ ހުރީ ބިރުން ވިރިވިރި އެވެ.
” އާނިޝް…” ޔައިޝާ ފަހަތުއި ހޭން ހުރި އާނިޝްއާ ދިމާއަށް ބަލައިލަމުން ޔައިޝާ ބުނެލިއެވެ.
“ދެން….. ފޮހެލާ ފޮޓޯ” އަނެއްކާވެސް ޔައިޝާ ބުނެލިއެވެ.
“ނުފޮހޭނަން ހަމަ ޔައިގެ މަންމައަށް ދައްކާނީ…. އެހެންވާނީ މާ ވަގު ވަގަށް އުޅެންޏާ…….” އާނިޝް އަނެއްކާ ވެސް ހޭން ފަށަމުން ބުނެލިއެވެ. އޭރުވެސް އާނިޝްއަކަށް އަނދިރިގަނޑު ތެރޭން ރަނގަޅަކަށް ޒިވްޔަންގެ މޫނެއް ނުފެނެއެވެ. ނަމަވެސް އެކަމާ މާ ބޮޑަކަށް އާނިޝް އަޅައެއް ނުލައެވެ. އެންމެފަހުން ޔައިޝާ އާނިޝްގެ އަތުން ފޯނު އަތުލަން އުޅުނެވެ. ނަމަވެސް އާނިޝް އަވަހަށް ފޯނު ހިފައިގެން ދުއްވައިގަތެވެ. ޒިވްޔަން ހުރީ ވާނުވާގައެވެ. އެއީ ޒިވްޔަން އަށް ފެނުނު މީހެކެވެ. ނަމަވެސް ހަނދާން ކުރަން އުޅެއުޅެވެސް އެއީ ކާކު ކަމެއް ހަނދާންވާވަރެއް ނުވިއެވެ.
“ދެން ކިހިނެތް ހަދާނީ” ޒިވްޔަން ހާސްވެފައި އަހާލިއެވެ. ޒިވްޔަންގެ ކަންބޮޑު ވެފައިވާ މޫނު ފެނިފައި ޔައިޝާގެ ގާތަށް ހިނި ވެސް އައެވެ.
“އޭނަ ނުދައްކާނެ” ޔައިޝާ ޔަގީން ކަމާއެކު ބުނެލިއެވެ.
“ކިހިނެތް އެނގެނިީ . އެކަހަލަ މީހުން ގެ ގޮތެއް ނޭނގޭނެ.”
“އެއީ ކުރީގަ ޔައީގެ ވަރަށް ކްލޯޒް މީހެއް. ” ޔައިޝާ ބުނެލި އެތިން ޒިވްޔަންގެ މޫނު މައްޗައް ރޫ ތަކެއް ވެރިވެގެން ދިޔައެވެ.
“ޔޫ މީން އެއީ ޔައީގެ ކުރީގެ….” “ޔައިގެ އެއް ނޫން. ހަނާގެ” ޔައިޝާ އަވަސް އަވަހަށް ބުނެލިއެވެ. އެއާއެކު ޒިވްޔަންއަށް ހަމަނޭވައެއް ދޫކޮށްލެވުނެވެ. އަދި އެއީ ކުރީދުވަހު ފިހާރަ ކައިރީ ހުރި މީހާކަން ވެސް އިގުނެވެ.
“އޭނަ ކީއްވެ އެހެން އެއުޅެނީ.” ކުރިން ދުވަހު ފިހާރަ ކައިރީވީ ކަންތަށް ކިޔައިދީފައި ޒިވްޔަން އަހާލިއެެވެ.
“ޔައީ އަކަށްވެސް މާ ރަނގަޅަކަށް ނޭނގެ. އެމީހުން ކުރިން ރައްޓެހި ވެގެން އުޅެފައި ހަނާގެ މަންމައަށް އިނގުނީމަ ރުޅިއައިސްގެން ހަނާ ފޮނުވާލީ މާލެއަށް ކިޔަވަން. ޔައި ވެސް އޭރު އުޅުނީ މާލޭގަ ޓީޗިން ހަދަން. އުޅެފަ ކުރިން ދުވަހު ކިޔަވާ ނިމިގެން މިއައީ ރަށަށް. އައި އިރު އާނިޝް އުޅެނީ އެހެން.. ޔައި އަކަށް ނޭނގެ ވާގޮތެއް…” ޔައިޝާ ވާހަކަ ދައްކަމުން ދިޔައިރު ޒިވްޔަންގެ ސަމާލުކަން ހުއްޓިފައި ވަނީ ދައްކަމުން ދިޔަ ވާހަކައަކަށް ނޫނެވެ. ޔައިޝާގެ ސާދަވިލޭރެގެ ފުރިހަމަ ދޮން ދޮން މޫނައްށާއި އެ ކޮއްލާ ހަރަކާތްތަކަށެވެ.
ވާހަކަދައްކަމުން ދިޔަ ދެމީހުންނަށް ރެއަކާލީ ގެއާ ހަމައަށް ދެވުމުންނެވެ.
“މްމްމް. ތޭންކްސް” ޔައިޝާ ގެއަށް ވަންނަމުން ފަހަތް ބަލާލާފައި ބުނެލިއެވެ،
“ކޮންކަމަކަށް” ޒިވްޔަން ބޭނުންވީ އެވަގުތު ކޮޅުވެސް ޔައިޝާއާ ވާހަކަދައްކާލާށެވެ.
“ގެއަށް ގެނެސް ދިނީމަ.” ޔައިޝާ ހުއްޓިލާފައި ބުނެލިއެވެ.
“ބާއި. ދަނީ” ޒިވްޔަން ޔައިޝާގެ މޫނަށް ބަަލަން ހުރުމުން ޔައިޝާ އެހެން ބުނެފައި އެތެރެއަށް ވަނެވެ.
ކޮޓަރިއަށް ވަދެ ޔައިޝާ ފުން ނޭވައެއް ދޫކޮއްލިއެވެ. ހަޤީގަތުގައި ޒިވްޔަންއާ މިފަދަ ގޮތަކަށް ދިމާވާނެކަމަށް އޭނަ ހިއެއް ވެސް ނުކުރެއެވެ. ޔައިޝާ ދިޔަގޮތަށް ގޮސް އެނދުމައްޗައް ޖެހިގަތެވެ. އަދި އެތާ އޮތް ބާލީސް ނަގާ އޭގައި ބައްދައިގަތެވެ. ޒިވްޔަން ކަމަށް ހީކޮއްލަމުންނެވެ.
ދެވަނަ ސިކުންތުގައި އޭނާ ހަނދާންވީ ހަނާ ކައިރީ ދެއްކުނު ވާހަކަތަކެވެ. ޒިވްޔަންއޭ ކިޔައިގެން ހާދަ އެއްޗެކޭ ކިއުނެވެ. ހަނާ ޒިވްޔަން ކައިރީގައި އެވާހަކަ ތަށް ބުނެފިއްޔާ ޔައިޝާއަކަށް ދެވަނަ ފަހަރު އެމީހުންގެ ކުރިމައްޗަކަށް ދާކަށް ނުކެރޭނެއެވެ.
“ކޮބާ ހިތްހަމަ ޖެހޭ ވަރަށް ވާހަކަދައްކާލެވުނުތަ؟” ގެއަށް ވަދެގެންއައި ޒިވްޔަން ފެނިފައި ހިލްޔާން އަހާލިއެވެ. ޖަވާބެއްގެ ގޮތުން ޒިވްޔަން ބޯ ޖަހާލުމަށް ފަހު ވަނީ ކޮޓަރިއަށެވެ.
…………
ހެނދުނު ހެނދުނާ ހޭލައިގެން ޔައިޝާ ދިޔައީ ހަނާމެންގެއަށެވެ. އެކަމަކު މިފަހަރު ހަނާ ދެކިލާކަށް ނޫނެވެ. އެހިތުގެ ރާޖާކަމުގައިވާ ޒިވްޔަންގެ ސޫރަ ދެކިލާށެވެ.
“ޔައީ… ސައިބޮއެގެންތަ ތިއައީ. މިއަދު މިއުޅެނީ މޫދަށް ދާން.. ޔައި ދާން ވާނެ އިނގޭ” ހަނާއަށް ޔައިޝާ ފެނުމުން ބުނެލިއެވެ.
” ހުމމ. ދެން ދާނީދޯ” ޔައިޝާ އެހެން ބުނި އިރު ވެސް އެދެލޯ ހޯދަމުން ދިޔައީ އެސޫރައެއް ދެކިލުމަށް އޭނާގެ ހިތް ބޭގަރާރު ވެފައިވާ ޒިވްޔަންގެ ސޫރައެެވެ.
“ކޮބާތަ؟” ޔައިޝާ މަޑު މަޑުން ހަނާ ކައިރީގައި އަހާލިއެވެ.
” އަހަރެންތަ؟” އަޑު އައީ ފަހަތުންްނެވެ. ޔައިޝާ އަވަހަށް ފަހަތް ބަލާލިއެވެ. ފަހަތުގައި ހުއްޓިލައިެން ހުރީ ޒިވްޔަންއެވެ. ހުދު ކުލައިގެ ޓީޝާޓްއަކާއި ކަޅުކުލައިގެ ސޯޓެއް ލައިގެން ހުރި އިރުވެސް ޒިވްޔަން ހާދަ ފުރިހަމައެވެ. ދުވާލު ހަތަރުދަމުވެސް ފޫހި ނުވެ އެސޫރައަށް ބަލަން ޔައިޝާއަސް އިނދެވިދާނެއެވެ.
ޔައިޝާ އަނގައިން ބަހެއް ބުނެ ނުލާ ޒިވްޔަންއަށް ބަލަން ހުރުމުން ޒިވްޔަންވެސް ލަދުގަންނަ ގޮތް ވެއްޖެއެވެ. އެންމެ ފަހުން ޒިވްޔަން ޔައިޝާގެ ލޯ ކުރިމަތީގައި އަތް ހޫރުވާލިއެވެ. ޔައިޝާއަށް ހޭވެރިކަމެއްވީ އެހާހިސާބުންނެވެ. އަވަހަށް ލަދުން އިސް ޖަހާލިއިރު ޔައިޝާ ދެން އިސްއުފުލާ ޒިވްޔަންއާ ދިމާ ބަލާލަންވެސް ނުކެރޭނޭ ޔައިޝާގެ ހިތައް އެރިއެވެ. ހަނާ ބުނާހެން ހަމަ ރަނގަޅަށްވެސް ޔައިޝާއަށް އެހުރީ ޒިވްޔަންގެ ޖާދުލުގައި ޖެހިފައެވެ.
“ޒިވްޔަން. މިއުޅެނީ މޫދަށް ދާން އިނގޭ”
“މިއޮތް ހެނދުނާ. އަދި އަށެއް ނުޖަހާ”
“ސާބަހޭ. މިހާރަކު ނޫން. އެގާރަ ޖަހާކަށް ހާއިރު ދާނީ” ހަނާ އެހެން ބުނެފައި އަވަހަށް އެތަނުން ނުކުމެެގެން ހިނގައްޖެއެވެ. އަނެއްކާވެސް ހަނާ އެދިޔައީ ޔައިޝާއަށް ލަނޑުދީފަތާއެވެ. ޔައިޝާވެސް އެތަނުން ނުކުންނަން ދާން އެޅިފިޔަވަޅު ހުއްޓުނީ ޒިވްޔަން ވާހަކަ ދެއްކި އަޑަށެވެ.
“ޔައީ ވެސް ދަނީތަ. ދެން މަ އެކަނިތަ ސައިބޯންވީ. ޔައި އިހަށް މަޑު ކޮއްދޭން ވީނު. މަ ސައި ބޮއެ ނިމެންދެން.” ޒިވްޔަން ޔައިޝާއާ ވަހަކަ ދެއްކިއެވެ. ޔައިޝާއަކަށްވެސް ޒިވްޔަންގެ އެދުމެއްގައި ކޮޅުފައިން ޖަހާކަށް ނުކެރުނެވެ. އެންމެ ފަހުން ޔައިޝާ ޒިވްޔަންެ ކުރިމަތީގައި އިން ގޮނޑީގައި އިށީނެވެ.
“މްމްމް. މީ ޔައީ ހަނާ ކައިރީގައި މަށޭ ކިޔައިގެން ކީ ކީކޭތަ؟” ޒިވްޔަން ވަރަށް ފުންކޮށް ޔައިޝާގެ މޫނަށް ބަލައިލަމުން ބުނެލިއެވެ. އެވަގުތު ޔައިޝާގެ މޫނަށް ޖަންބު ކުލައަރައިގެން ދިޔަތަން ޒިވްޔަންއަށް ރަނގަޅަށް ފެނުނެވެ.
ޔައިޝާއަށް ދޭނެ ޖަވާބެއްނޭނގިގެން ދެއަތް ދެއަތާ މޮޑެމޮޑެ އިނީއެވެ. އެހެން އިންދާ ޔައިޝާގެ ފޯނު އެލާމްވިއެވެ. އަވަސްއަވަހަށް ޒިވްޔަންއަށް ނޭނގޭނެހެން އެލާމް ކަނޑާލުމަށް ފަހު ކަންފަތުގައި ޖަހާ ހަލޯއޭ ކިޔަމުން ބޭރަށް ނުކުތެވެ. މި މަންޒަރު ބަލަން އިން ޒިވްޔަންގެ ތުންފަތް މައްޗަށް ވެރިވީ ލާނެތް ހިނިތުން ވުމެކެވެ.
“ޔައީ..ދެން އާދޭ މިކޮޅަށް. މިއޮތް ތިލަ ތާގަ ބޯޅައެއް ނުކުޅެވޭނެ.” އިސްކޮޅުކާ ހިސާބުގައި ހުރި ޔައިޝާއަށް ގޮވަމުން ހަނާ ބުނެލިއެވެ.
“ނޫން… ނުުކެރޭނެ. ޔައި އަކަށް ފަތާކަށް ވެސް ނޭނގެ.” ޔައިޝާ ބިރުން ހުރެފައި ބުނެލިއެވެ.
“އައްދެ.. ޒިވްޔަންް ހުއްޓާ ކީއްވެ ޔައި ހާސްވާންވީ.” އެވަގުތު ވެސް ހިލްޔާން ބެލީ ޔައިޝާއާ ސަމާސާ ކޮއްލެވޭތޯއެވެ.
އެންމެ ފަހުން ޔައިޝާވެސް އެމީހުން ކައިރިއަށް ދާން ހިނގައިގަތީ ހަނާއާ ހިލްޔާން ދިމާކުރާވަރުންނެވެ. ނަމަވެސް އެޅި ފުރަތަމަ ފިޔަވަޅާއެކު ޔައިޝާ ގަނބައިގެން ދިޔައެވެ. އެވަގުތު އެއްލި އަތުން ޔައިޝާއަށް ހިފުނީ ޒިވްޔަންގެ އަތުގައެވެ. އެވަގުތު ކޮންމެ މީހަކު ނަމަވެސް ކަންކުރާނި ހަމަ އެެގޮތަށެވެ. ސަލާމަތްވާން އެހީއެއް ހޯދޭނި ކައިރީގައި ހުރި މީހެއް ކައިރިންނެވެ.
ޒިވްޔަން ޔައިޝާގެ އަތުގައި ހިފާ ޒިވްޔަންމެންނާ ދިމާއަށް ދަމާލިއެވެ. ލުއި ފުޅިމަދު ކޮޅެއްހާ ފަސޭހައިން ޔައިޝާ އެއަތުތެރެއަށް އަތުވެއްޖެއެވެ. މި މަންޒަރު ބަލަން ހަނާއާ ހިޔާން ތިބީ ހެވިފައެވެ.
“ޔައީ އަކަށް ނެނގޭތަ ފަތާކަށް. ހިނގާ ފަތަންްދަސްކުރަން” ޒިވްޔަން ޔައިޝާ ދުރު ކޮއްލަމުން ބުނެލިއެވެ. އޭރު ވެސް ޒިވޔަންގެ އަތުގައި ހިފަހައްޓާގެން ޔައިޝާ އޮތީ ބިރުން ވިރިވިރި އެވެ.
“ޒިވްޔަން ހުއްޓަ ޔައީ ކީއްކުރަން ދޯ ފަތަން ދަސްކުރަނީ” ހަނާ ވެސް ޖެއްސުމުގެ ރާގަކަށް ބުނެލިއެވެ.
ކުއްލިއަކަށް އުޑުމަތި ބަނަވާން ފެށިއެވެ. ޖެހެމުން ދިޔަ ބާރުވަޔަށް ކަނޑުގެ ލޮނުގަނޑުވެސް ދިޔައީ އިޖާބަ ދެމުންނެވެ. ޔައިޝާ އޮތީ ޒިވްޔަންގެ އަތުގައި ވަރަށް ބާރަށް ހިފަހައްޓައިގެންނެވެ.
“ހިނގާ ދެން އެއްގަމަށް…” ހަނާ ތުރުތުރުލާ އަޑަކުން ވާހަަކަ ދެއްކިއެވެ. އެންމެން އެއްގަމަށް އެރި އިރު ވެސް ޔައިޝާ ހުރީ ޒިވްޔަންގެ އަތުން ދޫ ކޮއްލަން ހަނދާން ނެތިފައެވެ.
ޖެހެމުން ދިޔަ ވަޔަށް ކެއްނުވެގެން ޔައިޝާ އިނީ ތުރުތުރު އަޅައެވެ. އަދި އެހާ ފިނި ވަގުތެއްގައި ތެމިގެން އިނުމުން ކިހާ ހީި ކަރުވާނެ ހެއްޔެވެ. މަޑު ރަތް ކުލައިގެ ކުޑަކުޑަ ތުންފަތުގައި މަޑު ތުރުތުރެއް ހުރިއިރު އެފަންފަން އިސްތަށިގަނޑު ދިޔައީ އެތާ ހުރި ގަސްތަކާ އެއްވަރަށް ނަށަމުންނެވެ. ވާރޭގެ ތެރޭގައި ޔައިޝާ ފެންނަނީ ވާރޭގެ ޕަރީއެއްފަދައިންނެވެ.
……………..
“މަންމާ..މަންމާ ދެން އަަވަހަށް އާދެބަ. ޔައީ އެކަންޏަށް ސައި ބޮވޭތަ” ޔައިޝާ ސައިބޯން އިށީންނަމުން އޭނަގެ މަންމައަށް ގޮވިއެވެ. އޭރުވެސް ޔައިޝާ އިނީ ބޯ ހާވާލައިގެންނެވެ. އޭނާގެ ބޮލުން ހުއްޓުމެއްނެތި ފެންތަށް ފައިބަމުން ދިޔައެވެ.
“ކުއްލިއަކަށް ހާދަ ވިއްސާރަ ކޮއްލައިފިއޭދޯ” ބަދިގެއަށް ވަންނަމުން އަކުރަމު ބުނެލިއެވެ.
“ސުބުހާނަ ﷲ. މީނދަ މީހެއްދޯ. މުޅި ތަން ފެންބޮޑު ވަނީނު މިއޮށް. ބޭރު ފެންބޮޑު ވެފަ މިތަން ފެން ބޮޑު ވީމަޔޯ” ޔުސްރާ ޔައިޝާގެ ބޮލުން ފައިބަމުން ދިޔަ ފެންތަށް ފެނި ބުނެލިއެވެ.
“ދެން މަންމާ. ސައިބޮއެ ނިމިގެން ޔައި މިތަން ސާފުކުރާނަމޭ” ޔައިޝާ އޭނަގެ މަންމަ އެއްޗެކޭ ބުނަންވާއިރަށް ބުނެލިއެވެ.
“ޔައިޝާ. މިއަދު ދަރިފުޅުމެންނާ އެކު މޫދުގައި އުޅުނީ ކޮންކުއްޖެއްތަ” އަކުރަމު ޔައިޝާއާ ދިމާ ބަލައިލަމުން ބުނެލިއެެވެ. ޔައިޝާ ދިޔައީ ސިއްސައިގެންނެވެ. އަނެއްކާ މިއަދު މޫދުގައި އުޅުނު ގަޑީ ބައްޕައަށްވެސް ފެނުނީބާއެެވެ.
“މި..މި..އެ ޒިވްޔަން” ޔައިޝާއަށް އެހެން ބުނެވުނީ ވެސް ވަރަށް އުނދަގުލުންނެވެ. ނަސީބަކުން ދެން އެކަމާ ބެހޭ އެއްވެސް މީހަކު ވާހަކައެއް ނުދައްކައެވެ. މުޅިން ވެސް ދެއްކި ޔައިޝާއަށް ވަޒީފާ ލިބުމުން އެވާހަކައެވެ. ސައި ބޮއެ ނިމިގެން ޔައިޝާ ބައްޕަ ނުކުތީ ސިޓިންގރޫމަށް ދުފާލަންށޭ ކިޔާފައެވެ.
“ދަރިފުޅާ… މިރޭ ދަރިފުޅު ތާކަށް ދާނަންތަ؟މަންމަ ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެން” ޔުސްރާ އެހެން ބުނި އިރުވެސް އެއަޑުގައިވީ ނުތަނަވަސް ކަން ފާހަގަވެފައި ޔައިޝާގެ މޭގަނޑު ތެޅިލިއެވެ.
“ނޫން މިރޭ ނުދާނަން ބޭރަކަށް. މަންމަ ކޮންވާހަކައެއް ދައްކަންތޯ” ޔައިޝާ ސުވާލު ކޮއްލިއެވެ.
“އެއީ.. އެއީ ވަރަށް ބޮޑުވާހަަކައެއް. މަންމަގެ ވަރަށް ބޮޑު ސިއްރެއް. މިއޮތްހާ ދުވަހު ދަރިފުޅަށް މިކަން ސިއްރުކުރީ ދަރިފުޅުމާ ކުޑަވެ. އެކަމަކު މިހާރު ކިޔައިދޭންވީ ވަގުތު ޖެހިއްޖެ.” މަންމަ ވާހަކަ ދެއްކިއިރު އެ މޫނު މަތިން ފެނުނީ އިންތިހާއަށް ކަންބޮޑުވުމެވެ.
ޔުސްރާ އިތުރަށް ވާހަކަ ނުދައްކާ އިސްޖަހައިގެން ހުރުމުން ޔައިޝާވެސްް އެތަނުން ދިޔައެވެ. ސުވާލު ކުރަން އެންމެ ރަނގަޅު ވަގުތު ނޫން ކަމުގައި ވިސްނުނީ ތޯއްޗެކެވެ.
ނަމަވެސް އޭރުވެސް ޔައިޝާ ހުރީ ދައްކަން އުޅޭ ވާހަކަ އެއް އަޑު އަހާ ހިތުން ކެތްމަދުވެފައެވެ. އޭނަަ މަންމަކިޔައިދޭން އެއުޅެނީ ކޮން ވާހަކައެއްބާއެވެ؟ އޭނަގެ މަންމަގެ އޮތީ ޔައިޝާ ނޭނގޭ ކޮން ސިއްރެއްބާއެވެ؟ ކޮންމެއަކަސް ނުބައި ވަސްވާސްތަކުން ޔައިޝާގެ ހިތާސިނކުނޑި ބިރުގަންނަވަމުން ގެންދިޔައެވެ. ޔައިޝާގެ މަންމަ މަންމަދެން އެވާހަކަތައެް ނުބުނަނީސް ދެން ޔައިޝާއަށް ހަމަ ނޭވައެއް ނުލެވޭނެއެވެ.
ނުވަވަނަ ބައި
*ނަމަވެސް އޭރުވެސް ޔައިޝާ ހުރީ ދައްކަން އުޅޭ ވާހަކަ އެއް އަޑު އަހާ ހިތުން ކެތްމަދުވެފައެވެ. އޭނަަ މަންމަކިޔައިދޭން އެއުޅެނީ ކޮން ވާހަކައެއްބާއެވެ؟ އޭނަގެ މަންމަގެ އޮތީ ޔައިޝާ ނޭނގޭ ކޮން ސިއްރެއްބާއެވެ؟ ކޮންމެއަކަސް ނުބައި ވަސްވާސްތަކުން ޔައިޝާގެ ހިތާސިނކުނޑި ބިރުގަންނަވަމުން ގެންދިޔައެވެ. ޔައިޝާގެ މަންމަ މަންމަދެން އެވާހަކަތައެް ނުބުނަނީސް ދެން ޔައިޝާއަށް ހަމަ ނޭވައެއް ނުލެވޭނެއެވެ.*
” ދަރިފުޅާ ނަމާދު ކޮއްފިންތަ؟” ސިޓިންރޫމުގައި ޓީވީ ބަލަންއިން ހަނާއަށް ހުސްނާ ބުނެލިއެވެ. އޭރު ކައިރީގައި ހިލްޔާންއާ ޒިވްޔަންތިބީ ލެޕްޓޮޕު ހިފައިގެން މިއަދު ނެގި ފޮޓޯތައް ބަލާށެވެ.
“ހިލްޔާން. މިސްކިތަށް ދެވޭނެތަ. ވާރޭ ހުއްޓަލާކަށް ވެސް ނޫޅުނުދޯ” ޒިވްޔަން ތެދުވެގެން ގޮސް ދޮރުފޮތިގަނޑު ކަހާލާ ކުޑަ ދޮރުން ބޭރު ބަލާލަމުން ބުނެލިއެވެ.
” އާނ ދޯ. އެކަމު މިހަާރު ތުނި ކޮއްލައިފި އެއްނު. ދެވޭނެ ކުޑަ އެއް އަޅައިގެން ދެމީހުންނަށް. މަޢްރިބު ނަމާދުވެސް ކުރީ ގެގައި. މިފަހަރު ދޭ މިސްކިތަށް. އެހާ ދުރެއްވެސް ނޫނެއްނު.” ހުސްނާ މިހެން ބުނުމުން ޒިވްޔަންއާ ހިލްޔާންވެސް ކުޑައެއް ހިފައިގެން ނުކުތީ މިސްކިތައްދާށެެވެ.
“ހާނާ މިހަރު ދެނަމާދު ދޭތެރެވެސް ޑްރާމާ ބަލަން ފެށީތަ؟” ހުސްނާ ނުރުހުން ވެފައި ބުނެލިއެވެ.
” މިރޭ އެކަންޏޭ މަންމާ.. ދެން ނުބަލާނަން އިނގޭ” ހަނާ އަވަހަށް އެހެން ބުނެފައި ކޮޓަރިއަށް ދިޔައެވެ.
………..
އިޝާ ނަމާދު ބަންގި ގޮވުމާއެކު ޔައިޝާ އަވަސްވެގަތީ ނަމާދު ކުރުމަށެވެ. ނަމާދުންފޭބިއިރުވެސް އޭނަގެ ހިތްހުރީ ނުތަނަވަސް ވެފައެވެ. އެހެންކަމުން ފަހާނާއަށް ވަދެ މޫނުދޮވެލިއެވެ. ޔައިޝާގެ މަންމައަށް އެ މޫނު މަތީގައިވާ ކުލަވަރު ފޮރުވުމައްޓަކައެވެ.
ފާހަނާއިން ނުކުމެ ހޭވިފައި ހުރި އިސްތަށިނޑުގައި ހުޅިއެއް ޖަހާލިއެވެ. ނަމަވެސް ނިތްކުރި މައްޗަށް ވެއްޓިފައި އޮތް ދެތިން އިސްތަށިކޮޅު ދިޔައީ ޔައިޝާއަށް އުނދަގޫ ކުރަމުންނެވެ. ރީނދޫ ކުލައިގެ މާ ތަކެއް ޖަހާފައިހުރި ފިޔާތޮށިކުލައިގެ އަތްކުރު ޓީޝާޓަކާއި ފަލަ ހަރުވާޅެއްގައި ހުރި އިރު ވެސް ޔައިޝާ ފެންނަނީ ހިތްގައިމު ގޮތަކަށެވެ.
ކޮޓަރިން ނުކުމެ މަޑު ހިނގުމެއްގައި ބަދިގެއާ ދިމާއަށް ދިޔައިރު އޭނަގެ މަންމައާ ބައްޕަ ވާހަކަ ދައްކާއަޑު އިވެއެވެ. ޔައިޝާ ދޮރު ކައިރީގައި މަޑު ކޮއްލީ ދައްކާ ވާހަކައެއް އަޑު އަހާލާށެވެ.
“މަގޭ މި ހިތައް އަރަނީ ހުރިހާ ހަގީގަތެއް އިނގުނީމަ އެމަންޖެއަށް ވާނީ ކިހިނެތްބާއޭ.” ޔުސްރާ ވިސްނަން އިނދެފައި ބުނެލިއެވެ.
” ކޮންމެއަކަސް މިހާރު އެމަންޖެ އެހުރީ ބޮޑުވެފަ. އެމަންޖެއަށް މިއަދު މިކަންކަން ސިއްރު ކޮއްގެން ނުވާނެ. އަހަރެން ބިރު ގަންނަނީ އެމަންޖެ އަހަރެންނާމެދު ދެކޭ ގޮތް ބަދަލު ވެދާނެތީ” އަކުރަމު ވާހަކަ ދެއްކީ މޮޅިވެރިރާގެއްގައެވެ.
“މިއަދު އަހަންނަށް އިނގެންޖެހޭ ހަގީގަތަކީ ކޮބައިބާވައެވެ؟ މަންމަ ބުނަންއެއުޅެނީ ބައްޕަޔާ މެދު އަހަރެން ދެކޭގޮތް ބަދަލުވާވަރުގެ ކޮންވާހަކައެއްބާއެވެ؟” އަނެއްކާވެސް ޔައިޝާގެ ސިކުނޑީގައި ސުވާލުތަށް ފުނި ޖެހެން ފެށި ނަމަވެސް އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވަމުން ބަދިގެއަށް ވަނެވެ. މޫނުމަތިން ހަމަޖެހިފައިވާގޮތް ދައްކައިގެެން އިނަސް އެކަކަށްވެސް ނޭނގެނީ ޔައިޝާގެ މޫނު މަތީގައި ވަނީ ބޮޑު ސުވާލުމާކެއްކަމެވެ.
………………
“ތި އިސްތަށިގަނޑު އައްސަބަލަ. ހާދަ އުނދަގުލެެއް ވެޔޭ އެބަ” ހިލްޔާން ހަނާގެ އިސްތަށިގަނޑަށް
ދަމައިގަންނަމުން ބުނެލިއެވެ. އޭރު ހަނާގެ ބުޅި އިސްތަށިގަނޑު ވަޔާ ހިލްޔާންގެ މޫނުމަތީގައި ކޭއްތެމުން ދިޔައެވެ.
“އައްދޯތް.. ތަންކޮޅެއް ރީއްޗަށް ބުނި ނަމަ އިސްތަށިގަނޑު އެއްސީމުސް. އެކަމު ދެން ނާއްސާނަން” ހަނާ
ހިލްޔާންއަށް ޖެއްސުމަށް ބުނެލިއެވެ.
“ހުމމ. ދެން ހެވޭ. ދޮންތި އަތުގައި އެބައިންތަ ލާރާގެ ނަމްބާރ” ހިލްޔާން އަހަން ނާހަން ކަހަލަ ގޮތަކަށް
އިނދެފައި ބުނެލިއެވެ.
“އަތުގައި މިއޮތީ ރިމޯޓު އެކަނި. ލާރާގެ ނަމްބަރު އޮތްނަމަ ފެންނާނެއްނު” އަތުގައި އޮތް ޓީވީ ރިމޯޓު ދައްކާލަމުން
ހަނާ އަނެއްކާވެސް ހިލްޔާންއަށް ޖެއްސުން ކޮއްލިއެވެ. “ދެން. އަސްލުއޭ މިިޔަނީ” ހިލޔަން އަނެއްކާ ވެސް ހަނާގެ
އިސްތަށިގަނޑަށް ދަމައިގަންނަމުން ބުނެލިއެވެ.
“ހެހެ. ލާރާގެ ނަމްބަރެއް ނެތް. އެކަމު ލިމްގެ ނަމްބާ އެބައިން. ލިމްއަށް ގުޅާފާ ބުނެފާނަން ހިލްޔާން ބުންޏޭ
ދީބަލާށޭ ލާރާގެ ނަމްބަރ” ހަނާ އެހެން ބުނެ ނުނިމެނީސް ހިލްޔނ ނޫނެކޭ ބުނަން ދެފަރާތަށް ބޯ ހަލުވާލިއެވެ.
” ޔައީ އަތުގައި ފަހަރެއްގަ އިނދެދާނެ ލާރާގެ ނަމްބަރ.. ޔައީ އަށް ގުޅާބަ” ހަނާ ހިޔާލެއް ދިނެވެ.
” ޒިވްޔަން ޔައީދައްތަ އަށް ގުޅަންވީނު. އަހަރެން ގުޅީމަ ނޭނގެ ކިޔައިދެނެ ކަމެއް. މިއަދު އެހުރީ ވާވަރަށް ރުޅި
އަރުވާލާފަ” ހިލްޔާން ޒިވްޔަންއަށް ބަލާލަމުން ބުނެލިއެވެ.
“ހެހެ. އަހަރެންތަ މިއުޅެނީ ލާރާެ ނަމްބަރު ނުލިބިގެން.” ޒިވްޔަންވެސް ބޭނުންވީ ހިލްޔާން އިތުރަށް އާދޭސް
ކުރުވާށެވެ. އެ ކަމުންވެސް ހިތްހަމަޖެހުން ލިބޭ ވިއްޔާއެވެ.
…………..
މަޑުމަޑުން ދޮރުހުޅުވާލަމުން އެތެރެއަށް ވަން ޔައިޝާގެ ހިތުގައި ވަނީ ނުތަނަވަސްކަމެވެ. މަޑު ހިނގުމެއްގައި ގޮސް ޔައިޝާގެ މަންމަ ގާތުގައި އިށީނެވެ.
“މަންމާ ކޮން ވާހަކައެއްތޯ؟” ޔައިޝާ މަޑުމައިތިރި ރާގެއްގައި ސުވާލު ކުރިއެވެ.
” ދަރިފުޅާ ވަރަށް ވަރަށް ބޮޑު ވާހަކައެއް. މަންމަ އުއްމީދު ކުރަން ދަރިފުޅު މަންމައަށް މާފު ކުރާނޭ ކަމަށް ޔުސްރާ އިސް ޖަހާލަމުން ވާހަކަ ފެށިއެވެ.
“ދަރިފުޅާ. އަކުރަމަކީ ދަ..ދަރި…ދަރިފުޅުގެ އަސްލު ބައްޕައެއް ނޫން.” ޔައިޝާ ދިޔައީ ސިއްސައިގެންނެވެ. މިއީ
ދުވަހަކު ވެސް ޔައިޝާ އަޑު އަހަން ބޭނުންވި ޖުމުލައެއްނޫނެވެ. އެއިން ގޮތަށް އިނދެ ދެފަރާތަށް ބޯހޫރާލީ ގަބޫލު
ނުކުރެވިއިނދެއެވެ. ދެން ދިޔަ ދެތިން މިނިޓު ދިޔައީ ހަމަހިމޭން ކޮށެވެ.
” ދެން އަަހަރެންގެ ބައްޕައަކީ ކާކު؟” އޭނަގެ މަންމަ އެއްޗެކޭ ބުނުމުން ޔައިޝާ ސުވާލު ކޮއްލިއެވެ.
” ދަރިފުޅާ….. އަޑުއަހާ…ދަރިފުޅުގެ ބައްޕައަށް ކިޔަނީ އާމިރު ދަރިފުޅުގެ ބައްޕައަކީ މިރަށައް އައި ދަތުރެއްގައި
މަންމަޔާ ދިމާވި މީހެއް…..” ޔުސްރާ ވާހަކަ ފެށިއެވެ.
…………
ޔުސްރާއާ އާމިރު ދިމާވީ އާމިރު އެރަށައް އައިސް އުޅުނު ދަތުރެއްގައެވެ. ކަން ދިމާކުރި ގޮތުން އާމިރު ހުރީ
ޔުސްރާމެންގޭ ކައިރީގައި ހުރި ގެއެއްގައެވެ. ފެނުނު ފުރަތަމަ ދުވަހުއްސުރެ އާމިރުގެ ހިތުގައި ޔުސްރާއަށް ހާއްސަ
މަގާމެއް ހުސްކުރެވުނެވެ. ނަމަވެސް އޭރު އާމިރު ހުރީ މީހަކާ އިންނަން ތައްޔާރުވެފައެވެ. އާމިރުގެ ނުރުހުމުގައެވެ.
އޭނަގެ ބައްޕަގެ އެދުމުގެ މަތިންނެވެ.
ކަން އޮތްގޮތް އެނގުނު ނަމަވެސް އާމިރު ބޭނުންވީ އޭނަގެ ފުރަތަމަ ލޯބި ހާސިލްކުރާށެވެ. ނޭނގި ނަމަވެސް
އާމިރަށް ދިޔައީ ޔުސްރާގެ ކޮންމެ ހަރަކާތަކަށް ފާރަލެވެމުންނެވެ. އޭނަ ހުރީ ޔުސްރާއާ ވާހަކަ ދައްކާލެވޭނެ
ދަނޑިވަޅަކަށް ބަލަބަލައެވެ.
އެއްދުވަހަކު ހަވީރު އަތިރި މައްޗަށް ޑަސްބިން އުނކާލަން ދިޔަ ގަނޑި ބަލާ އާމިރު ޔުސްރާގެ ފަހަތުން އެތަނަށް
ދިޔައެވެ. ވަގުތުގެ ގޮތުން އެނތަނުގައި އިތުރު މީހަކު އެގަޑި އަކު ނެތެވެ. ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ހިފާ
އާމިރު ޔުސްރާއާ ވާހަކަ ދައްކަން ފިޔަވަޅެއް އެޅިއެވެ.
“ޔުސްރާ” އާމިރު މަޑުމަޑުން ހިގާލާފައި ގޮނޑުދޮށައް ފައިބަމުން ގޮވާލިއެވެ. ޔުސްރާ ދިޔައީ ސިއްސައިގެންނެވެ.
އެވަގުތު އެތާގައި އިތުރު މީހަކު ނެތުމުން ޔުސްރާ ކުޑަ ކޮށް ހާސްވާ ގޮތް ވިއެވެ. އެހެން ކަމުން އާމިރު ބެލީި
ވީހާވެސް މައުލޫއާ ދުރުން ވާހަކަ ފަށާށެވެ.
” ޔުސްރާ. އަހަރެން މިއުޅެނީ މަގު އޮޅިގެން. އެހެންވެ ގެއަށް ދާން ނޭނގިގެން މިދިމާލުގައި ހޭވެނިކޮށް ޔުސްރާ
ފެނިގެން މިއައީ. އަހަރެން ގެއަށް ގެން ގޮސްދޭތޯ” އާމިރު ޔުސްރާއަށް ބަލަން ހުރެފައި ބުނެލިއެވެ. ޔުސްރާވެސް
ހިނިތުންވެލާފައި އޭނައާ އެކު ގެއަށް ދިއުމަށް ދައުވަތު ދިނެވެ.
އާދައިގެ މަތިން ދުވަސްތަށް ފާއިތުވަމުން ގޮސް މަސްދުވަސްވީއިރު ޔުމަނާއާ އާމިރުގެ މެދުގައި ވަނީި ރަހުމަތްތެރި
ކަމުގެ ގުޅުމަށް ވުރެ ގާތް ގުޅުމެއް އުފެދިފައެވެ. އެ ގުޅުމަށް ދެ މީހުން ލޯބީގެނަމުން ނަން ދިން އިރު އާމިރުގެ
އާއިލާގެ ފަރާތުން މި ގުޅުމަށް މަރުހަބާ ކިޔާނެ އެކަކުވެސް ނުވިއެވެ. ނަމަވެސް އާމިރު ބޭނުންވީ އާއިލާގެ
ނުރުހުމުގައ ވިޔަސް ޔުސްރާއާ ކައިވެނި ކުރާށެވެ.
ޖެހިގެން އައި މަހު ޔުސްރާއާ އާމިރުގެ ކައިވެނި ކުރެވުނެވެ. ޔުސްރާގެ އާއިލާގައި ހުރީ ހަމައެކަނި އެނަގެ ބައްޕަ
ކަމުން އެމީހުން ދިރިއުޅުނީ ޔުމާނައާ އޭނަގެ ބައްޕަގެ އާދައިގެ ގެގަނޑުގައެވެ. ކައިވެމީގެ ފުރަތަމަ ތިން މަހަށްފަހު
ޔުސްރާއާ އާމިރުގެ ހަޔާތަށް ތުފާނީ ރަޅުތަށް ބިންދަން ފެށީއެވެ. ދެ މީހުންގެ ދޭތެރެގައި މައްސަލަ ޖެހެނީކީ
ނޫނެވެ. އާމިރުެ ބައްޕަމެން މި ކައިވެންޏަށް ހުރަސް އަޅަނީއެވެ. އެކި ގޮތް ގޮތުން ޔުސްރާގެ
އާއިލާއަށް އެކިވަރުގެ އުނދަގޫ ކުރަނީއެވެ. ނުވިތާކަށް ރަށު މީހުންގެ ކުރިމަތީގައި ޔުސްރާއޭ ކިޔައިން ފަޑުފާޑުގެ
ވާހަކަ ދައްކާ އެމީހުންގެ ކުރި މަތީގައި ޔުސްރާ އަގުވެސް ވައްޓާލީއެވެ. އެ ރަށު މީހުންގެ ނަޒަރުގައި އެ ކުށެއްނެތް
ނިކަމެތި އާއިލާގެ ނަން ވެސް ހުތުރުކުރީއެވެ. ދެ މީހުންނަށް އެކުގައި ނޫޅެވޭނެ ވަރު ކުރީއެވެ.
ކަންތަށް މިހާ ހިސާބަށް ދިއުމުން އާމިރުއަށް ގޮތްހުސްވިއެވެ. އެ ރަށު މީހުންގެ ފަރާތުން ލިބެމުން ދިޔަ އަނިޔާވެރި
ބަސްތަކާއި ހުތުރު ނަންނަމުގެ ސަބަބުން ޔުސްރާގެ ބައްޕަގެ ވެސް އެދުމުގެ މަތިން އާމިރު ހިތާދެކޮޅަށް ޔުސްރާ ވަރި
ކުރީއެވެ.
………….
” އޭގެ އެއްހަފްތާ ފަހުން އިނގުނީ ޔައިޝާއަށް މަންމަ ބަނޑު ބޮޑުކަން. ވަރަށް ހާލުގަ އޭރު އުޅުނީ. މިރަށުގައި
ފަރުވާ ނުދެވިގެން މަންމައަށް ވިހަން ދާން ޖެހުނީ އަތޮޅު ހޮސްޕިޓަލަށް. އެތަނުން ދިމާވި މީހެއް އަކުރަމުގެ
ބައްޕައަކީ. އެއީ ވަރަށް ހެޔޮ ބައެއް. މަންމަ ވިހާނިމި ކަންކަން ހަމަ އަކަށް އެޅެންދެން އަހަރމެން ތިބީ އެގޭގަ.
އަކުރަމު ވަރަށް ރަނގަޅު. މަންމަ އަށް ވަރަށް އަޅާލާ. އެހެން އުޅެނިކޮށް އަކުރަމު މަންމަކައިރީގަ އިންނަން އެހީ.
މަންމައަށް ވެސްް އަކުރަމުފަދަ މާތް މީހެއްެ އެދުމުގަ ކޮޅުފައިން ޖަހަން ނުކެރިގެން މަންމަ އެގުޅުމައް އެއްބަސްވީ.
އޭގެ ފަހުން މަންމަ މިއުޅެނީ އަކުރަމުއާ އިނދެގެން މިރަށުގަ. ރަށަކަށް ވެސް ނުދަން” ޔުސްރާ ވާހަކަ ކިޔައިދެމުން ދިޔައިރު އޭނަގެ
ދެލޮލުން ހުއްޓުމެންނެތި ކަރުނަ ފައިބަމުން ދިޔައެވެ.
” މަންމާ. ބައްޕައަށް އަޅުގަނޑު ލިބުން ކަމެއް އިނގޭނެތަ؟” ޔައިޝާ ކުރަކި ވެފައިވާ އަޑަކުން ސުވަލު
ކޮއްލިއެވެ.
” ހްމމ. އިނގޭނެ.. އެކަމު މަންމަ ހީކުރީ ދަރިފުޅު ބަލައިލަން ދަރިފުޅުގެ ބައްޕަ އަންނާނެކަމަށް. އެކަމު ނައި..
އެދުވަހުއްސުރެ ބައްޕައެއްގެ ލޯބި ދީގެން ދަރިފުޅު ބަލަ ބޮޑު ކުރީ އަކުރަމު. އަމިއްލަ ދަރިއެއް ފަދައިން އެއްވެސް
ކަމެއް އުނި ނުކޮށް. ދަރިފުޅު މަންމަ ނެތް ދުނިޔޭގައި ވެސް އަކުރަމުއަށް ހެޔޮކޮށް ހިތާތި. އެ ބައްޕަގެ ލޭ
ތިހަށިގަނޑުގައި ނެތް ކަމަކު އެއީ ހަމަ ދަރިފުޅުގެ ބައްޕަ” ޔުސްރާ ޔައިޝާއަށް ވިސްނަދޭ ފަދަ ގިތަކަށް
ބުނެލިއެވެ. ޔައިޝާއަސް ބޯ ޖަާލުން ފިޔަވާ އިތުރު ކަމެއް ނުކުރެވުނެވެ. އެކަރު ތެރެއިން އަޑު ނުނުކުތީއެވެ.
ދުވެފައި އެކޮޓަރިން ނުކުމެ ޔައިޝާގެ ކޮޓަރިއަށް ވަދެ ތަޅުލުމަށް ފަހު ދޮރު ދޮށުގައި އިށީންދެ ބާރަށް ރޮއިގަތެވެ.
ޔައިޝާގެ މަންމަ އެ ޔައިޝާއާ ސަމާސާ ކުރަނީހެއްޔެވެ؟ ނޫނެކެވެ. މީހުންސަމާސާއަކަށ
ށް އެކަހަލަ ވަހަކަ
ދައްްކާހެއްޔެވެ؟ އެކަމަކު ކުރިން އޭނަގެ މަންމަ މީހަކާ އިންކަން އޭނައަށް ނޭނގުނީ ކީއްވެގެން ހެއްޔެވެ؟ އޭނަގެ
ބައްޕަ ކޮބާ ހެއްޔެވެ؟ ދުނިޔޭގައި އެބަހުރި ހެއްޔެވެ؟ އޭނަގެ ބައްޕަ ހޯދަން މަންމަ މަސައްކަތް ނުކުރަނީ ކީއްވެގެން
ހެއްޔެވެ؟ ލޯބިވާ މީހަކު މަތިން އެހާ ފަސޭހައިން ހަނދާން ނައްތާާލެވިދާނެ ހެއްޔެވެ؟ ޔައިޝާގެ މަންމައާ ބައްޕަ
ވަރިވާން ޖެހުނީ ބައްޕަގެ ކުށުންހެއްޔެވެ؟ ވީ އިރު ޔައިޝާ ދެކިލަންވެސް އޭނަގެ ބައްޕަ ނައީ ކީތްވެގެން ހެއްޔެވެ؟
އަނެއްކާ ޔައިޝާމެންދެކެ ލޯބި ނުވަނީ ހެއްޔެވެ؟ ހޯދަން މަސައްކަތް ނުކުރަނީ ހެއްޔެވެ؟ ނޫނީ އެބައްޕަގެ
ދިރިއުޅުން މާ އުފާވެރީ ހެއްޔެވެ؟ ޖަވާބު ނުލިބޭ އެތައް ސުވާލުތަކެކެވެ. ނަމަވެސް ކޮންމެސް ދުވަހަކުން
ލިބޭނެތާއެވެ. ދުނިޔޭގައި ހުރިއްޔާ އިރާދަކުރެއްވިއްޔާ ކޮންމެސް ދުވަހަކުން އޭނަގެ ބައްޕައާ ދިމާވާނެތާއެވެ.
ޔައިޝާއަށް ނިދުނީ މިފަދަ ހިޔާލު ތަކުގައި އިނދެގެންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.



heyy guyys
v bodah sorry vhk nunerevi ehaa gina dhuvs v ma..miothy part 8 n 9…
reethi vaane kmh unmeedhu kuran
vhk kiyaa hurihaa kiyunthernnahshaa vhk ah comment kuraa huriha faraaih thakah vrh bodah thanyouu
❤️
nicee ❤️❤️can you tell your age?