“އިންސާނުންނަންށޭ ކުށްކުރެވޭނީ” މަލާކް އިނީ އޭނަގެ މަންމަ އާއި ވާހަކަ ދައްކާށެވެ. އަމީނާގެ ކޮޓަރީގައެވެ. ދެކެވެމުން ދިޔައީ ތަކުރާރުކޮށް އެދެމައިންގެ މެދުގައި ދެކެވިފައިވާ ވާހަކައެކެވެ. އެކަމަކު މިއަދާހަމައަށްވެސް ދެމީހުންގެ ޚިޔާލް ތަފާތެވެ. އެއީ ޝަރީފް އެދެމީހުން ދޫކޮށްފައި ދިޔަވާހަކައެވެ. ޝަރީފް އެދެމައިން ދޫކޮށްދިޔައީ އޭނަގެ މައިންބަފައިން އެކަމަށް މަޖްބޫރު ކުރީމައެވެ. އެކަން ތަކުރާރިކޮށް އަމީނާއަށް ޝަރީފް ބުނެދީފިއެވެ. މަލާކަށްވެސްމެއެވެ. މައްސަލައަކީ މަލާކް އެކަން ޤަބޫލް ކުރިއެއްކަމަކު އަމީނާއަށް ޤަބޫލް ނުކުރެވުމެވެ. “މަންމަވެސް ޤަބޫލްކުރަން ކުށްކުރެވޭނީ އިންސާނުންނަންކަމަށް.އެކަމަކު […]
“އާދެބަލަ އިށީންނަން އަހަރެން ވަރަށް ބޮޑު ވާހަކައެއް ދައްކަންބޭނުން” މައުވަން ތެދުވެ އެނދުގައި ހަމަޖެހެލަމުން ބުނެލިއެވެ. މަލާކް އައިސް އެނދުގައި އިށީނެވެ. އަދި ފަށާށޭ ބުނާކަހަލަ ގޮތަކަށް މައުވަންގެ މޫނަން ބަލާލިއެވެ. “އަނހަ…. އަނހަ…. އަހަރެންބުނީ ކޮންއިރަކުންހޭ ދެން ގެއަށް ބަދަލުވާނީ” މައުވަން އަށް ބުނެވުނީ އޭނަ ބުނަން އުޅުނު ވާހަކައެއްނޫނެވެ. ނޭނގޭ ސަބަބަކާހުރެ ލޯބިވާވާހަކަ ބުނަން ފަސްޖެހެނީއެވެ. “މައުވަން ގެއަށް ބަދަލު ވާވާހަކަ ނުދައްކާތީ އަހަރެންވެސް މަޑުކޮށްގެން މިހުރީ. ދެން މަންމަ ކާރީ ބުނެލާފަ ބަދަލުވާންއުޅެންވީ” […]
ބެލް ޖަހާއަޑަށް ދޮރުހުޅުވަން ދިއައީ އަމީނާއެވެ. މައުވަން އިނީ ސޯފާގައި ޓީވީ ބަލާށެވެ. މަލާކް އުޅުނީ ބަދިގެ ތެރޭގައެވެ. ދޮރުހުޅުވާލާފައި އަކްޔަން ފެނުމާއެކު އަމީނާ އެތެރެއަށް ވަނުމަށް ދައުވަތު ދިނެވެ. އެއާއެކު އެމީހުން އެތެރެއަށްވަނެވެ. މައުވަން ދޮރާދިމާލަށް ކަޅި ހިންގާލިއިރު އެތެރެއަށް ވަދެގެން އައި ދެޒުވާނުން ފެނިފައި ކޮޅަށް ތެދުވެވުނެވެ. މީ މައުވަން އެއްގޮތަކަށްވެސް ވެދާނެކަމަށް އުއްމީދު ކުރި ކަމެއްނޫނެވެ. މައުވަން ހާސްވިއެވެ. އަދި އެއަށްވުރެ އަވަހަށް ފަހަތްބަލާލީ މަލާކް ފެންނަ ހިސާބެއްގައި ހުރި ތޯއެވެ. މަލާކް […]
މަލާކް ގަސްތުކުރީ ޒާދު އާއެކު ގިނަވަގުތު ހޭދަކުރާށެވެ. މައުވަން އެއްޗެއް ބުނޭތޯއެވެ. ކުރީފަހަރުވެސް ޒާދު އާއެކީ އުޅުމުން މައުވަން ވަނީ ރުޅިއައިސްގެން އޭނައާދިމާލަށް އެއްޗެހި ކިޔާފައެވެ. ޔަޒާން އިނީ ސޯފާގައި އޭނަގެ މަންމައާއި ވާހަކަދައްކާށެވެ. ޔަޒާން ބޭނުންވަނީ އެމީހުން އަމިއްލަ އެޕާޓްމެންޓެއް ހިފައިގެން އެތަނަން ބަދަލުވާށެވެ. ޔަޒާންމެންވެސް މާލޭގައި ގެއެއް ހުރެއެވެ. އެކަމަކު އެގެވަނީ އެއްކޮށް ކުއްޔަށް ދީފައެވެ. އެގްރިމެންޓްގެ މުއްދަތު ހަމަވާން އަދި ތިންއަހަރު އެބަ އޮތެވެ. އެހެންކަމަމުންއޭނަ ބޭނުންވާ ގޮތް ނަސްރީނާއާއި ހިއްސާކުރިއެވެ. ނަސްރީނާ […]
ދެން ފެނުނީ މައުވަން އައިސް މަލާކް އަތުގައި ހިފައި ކޮޅަށް ނެގިތަނެވެ. އަދި އަނގައިން ބުނުމަކާނުލާ އަތުގައި ހިފައި ގަދަކަމުން ކޮޓަރިއަށް ވެއްދިއެވެ. އަދި މައުވަން ގޮސް އޮށޯތީ އެނދުގައެވެ. ހައިރާން ކަމާއެކު މަލާކް ހުރީ ކޮޅަށް ބަލާށެވެ. އިރުކޮޅަކުން ގޮސް ކުރީން މައުވަން އޮތްތަނުގައި އޭނަގޮސް ޖައްސާލިއެވެ. ޖެހިގެން އައި ދުވަހު ދެމީހުން ޑިއުޓީއަށް ދާން ނިކުތީ އެކީގައެވެ. މައުވަން ސައިކަލަށް އެރުމަށް ބުނުމާއެކު މަލާކް ދެބަހެއްނެތި އެރިއެވެ. މަލާކްގެ މި އަމަލުން މައުވަން ހިތްހަމަ […]
މަޒްހަރު ހިތްހަމަ ޖެހުމުގެ ނޭވާއެއްލިއެވެ. ކުޑަ ވަގުތުކޮޅަކަށް ނަމަވެސް މަލާކާއި ދޭތެރޭ ނުބައި ޝައްކެއް ކުރެވުމުން ދެރަވިއެވެ. “ދޮންބޭ. ޕްލީޒް އަހަރެން ނިއަމް ދެކެ ވަރަށް ލޯބިވޭ. އޭނައާނުލާ ކިހިނެއް އަހަރެން ދިރިއުޅޭނީ. އެތައް އަހަރެއްގަ އޭނަފަހަތުން އާދޭސް ކޮށްގެން އެލޯބި ލިބޭއިރަށް ދޮންބެ ތި އެއުފާކޮޅުވެސް އަތުލީ. ޕްލީޒް ދޮންބޭ . އައި ބެގް ޔޫ” މައުވަންއަށް ގުޅައިގެން ހުރެ ރޮމުން މަލާކް ވާހަކަ ދެއްކިއެވެ. “ކޮންގްރޭޖްލޭޝަން މައި ޕްރިންސަސް. ދޮންބެ އަބަދުވެސް އެދެނީ ލައި […]
މަލާކް ދެން އިތުރު އެއްޗެއް ނުބުނެ އޮތީއެވެ. އޭރު މައުވަން ފެން ހާކަން ފަށައިފިއެވެ. ގެއަށް ގޮސް އެއްޗެހި ބަދަލު ކޮށްގެން ވަރަށް އަވަހަށް އަންނާނަން ކަމަށް ބުނަމުން މައުވަން ނިކުތެވެ. އަދި އަންނަމުން ކާން ގެންނަންވީ ކޯއްޗެއްތޯ މައުވަން އޮޅުން ފިލުވިއެވެ. ހަލުވި ފިޔަވަޅުތަކެއްގައި ސިޑިން އަރައިގެން މައުވަން ދިޔައީ ކޮޓަރިއަށް ވަންނާށެވެ. ކޮޓަރި ތަޅުގައި ހިފާލި ތަނުން ފަހަތުން އޭނަގެ ގައިގައި މީހަކު ބައްދާލިއެވެ. މައުވަން ބަލާލިއިރު ލުބާއެވެ. ކުރުސޯޓަކާއި ތުނި ޓީޝާޓެއްގައި ލުބާ […]
ދެން ފެނުނީ ބަންލާފައި ދޮރު ޖަހާފައި މައުވަން ނިކުމެގެން ދިޔަތަނެވެ. ރިސޯޓްގައި ދެދުވަސް ކޮށްފައި އައި އިރުވެސް މަލާކް އުޅުނީ އަވަދި ނެތިއެވެ. ފަހުން މައުވަންވެސް އެއްޗެއްނުބުނެއެވެ. ހަފުތާއަކަށް ފަހު އަކްޔަންގާތު ނަސީމާ އަނެއްކާވެސް ކައިވެނީގެ ވާހަކަ ދެއްކިއެވެ. އަކްޔަން ހާމަކުރި ގޮތުގައި އަލާ ނޫން ކުއްޖަކު ދެކެ އޭނައަށް ލޯތްބެއް ނުވެވޭނެއެވެ. އަދި އެނޫން ކުއްޖަކާ އިންނާކަށްވެސް ބޭނުމެއްނޫނެވެ. މަޒްހަރު ނަސީމާއަށް ވިސްނައިދޭން ކުރި މަސައްކަތްވީބޭކާރެވެ. އެއަށްވުރެ ބޮޑަށް ނަސްރީނާ ވަނީ ނަސީމާގެ ބޮލަށް ވަދެފައެވެ. […]
“އަހަރެންވެސް ނުބަލަމެއްނު ލުބާ ގޮވައިގެން އޭނަގެ ކޮޓަރިއަށް ވަދެ މައުވަން ކުރާކަންތަކެއް. އަނެއްކޮޅުން އެކި ފަހަރު އެކި އަންހެން ކުދިން ގޮވައިގެން ސައިކަލަށް ލައިގެން ގޮސް ދާތަނަކާ ކުރާކަމަކާވެސް ނުބަލަމެއްނު.” ހަމަޖެހިލާފައި މަލާކް ބުނެލިއެވެ. އެޔާއެކު މަލާކް ގޮސްވަނީ ފާޚާނާއަށެވެ. މައުވަންއަށް ހުރިގޮތަށް ހުރެވުނީއެވެ. “މީހަކު ދެކެ ލޯބިވުން އެއީ މައްސަލައެއްތަ؟” ނިއަމް ސުވާލު ކުރީ މައުވަން އާއެވެ. ދެމީހުންތިބީ ނިއަމްގެ ކެބިން ތެރޭގައެވެ. “ހާދަ އެހެން ކަހަލަ ސުވާލެއް” މައުވަން އެހިއެވެ. ނިއަމް ބުނެލީ ކޮންމެސް […]