މައުވަން މަލާކް އެއީ ކާކުކަން ނިއަމް އަށް ބުނެދޭން ބޭނުންވިއެވެ. އެކަމަކު މިހާރު ކަންތައްވެފައި އޮތްގޮތުން އެކަން ކުރަން މައުވަންއަށް އުނދަގޫވިއެވެ. އަނެއްކޮޅުން ނިއަމް އުޅެނީ ލައިހާގެ ވާހަކަ މައުވަންއާ ހަމައަށް ގެންދާނެ ގޮތެއް ނޭނގިގެންނެވެ. ދުވަސްތައް ފާއިތުވަމުން ދެއެވެ. މިއަދަކީ މަލާކްއަށް އޭނަގެ ފުލްޓައިމް ފުރަތަމަ މުސާރަ ލިބުނުދުވަހެވެ. އަމީނާއަށް ގުޅާފައި އެވާހަކަ ބުންޏެވެ. އަދި މަލާކް އެދޭކަންތައް ހާމަކުރިއެވެ. އެއީ އަމީނާ މާލެ ބަދަލުވުމެވެ. ކުރިންވެސް މަލާކް އެކިފަހަރު މަތިން އެކަންވޭތޯ އުޅެފިއެވެ. އިންކާރު […]
އެއަށްފަހު މަލާކްއާދިމާލަށް ފޯންގެ ޑިސްޕްލޭ ދައްކާލިއެވެ. ފޯންގައި ލިޔެފައިވާ އެއްޗެއް މަލާކް ކިޔާލިއެވެ. އެއާއެކު މަލާކަށް ކުޑަ ހުއްޓުމެއް އައެވެ. ނަމަވެސް އެއަށްވުރެ އަވަހަށް މީހާ ހަމައަކަށް އަޅުވާލައި ވާހަކަދަންކަން ފެށިއެވެ. އަލާއަށް ވާހަކަ ނުދެއްކުމަކީ މައްސަލައެއްނޫން ކަމަށް ބުނެލިއެވެ. އަދި އަކްޔަން އަލާދެކެ ހަޤީޤީ ލޯބިވާނަމަ ތި ނުކުޅެދުން ތެރިކަމާއެކުވެސް އަލާ ބަލއިގަންނާނެކަމަށް ބުނެލިއެވެ. އަދި އަލާގެ ފޯން ނަންބަރު އަތުލުމަށްފަހު މަލާކް ދިޔައީއެވެ. މަލާކް އަކްޔަން ގާތު އަލާޔަކީ ވާހަކަ ނުދެއްކޭކުއްޖެއްކަމަށް ބުންޏެވެ. އޭރު […]
ނޯޓް:މިސްޓޭކެއް އިނީމަ އެބައި ރަނގަޅު ކޮއްލަންވެގެން ތަންކޮޅެން ކުރިން ފަށާފައި ނިއަމްއާއި ލައިހާގެ ގުޅުން ލޯތްބަށް ބަދަލުވިއެވެ. ރަސްމީކޮށް އެކަކު އެނެކަކަށް ޕުރަޕޯސް ނުކުރިއެއްކަމަކު ދެ ޒުވާނުން އުޅެނީ ރައްޓެހިވެގެންނެވެ. އާއިލާއަށް ސިއްރުންނެވެ. ކޮންމެހެން ލައިހާ އެގޮތް ބޭނުން ވެގެނެއް ނޫނެވެ. އެއީ ނިއަމްގެ ނިންމުމެކެވެ. ނިއަމް ވަނީ އޭނަޔަށް ވަގުތު ކޮޅެއް ދިނުމަށް ލައިހާގާތު އެދިފައެވެ. އެއީ ރަނގަޅު ވަގުތެއްގައި މައުވަންއަށް އެދެމީހުންގެ ގުޅުމުގެ ވާހަކަ ކިޔާދިނުމަށެވެ. އަދި އެއަށްފަހު ދެ ފަރާތުގެ އާއިލާއަށް އެންގުމަށެވެ. […]
މަންމަ އެކަހަލަ ސުވާލެއްކޮއްފާނެ ކަމަކަށް އޭނަ ހިއެއްނުކުރެއެވެ. އޭނަ އަދި މެރީ ކުރިފަހުން އެއްވެސް ފައިސާއެއް މަލާކަށް ނުދެއެވެ. ކޮންމެހެން ނުދޭކަން ނޫނެވެ. އޭނަ މިހިރީ އެކަން ހަނދާންނެތިފައެވެ. މައުވަން ދެކުނު ގޮތުގައި މަންމަ އެސުވާލު ކުރަން އެޖެހުނީ މަލާކް ކޮންމެސް އެއްޗެއްކީމައެވެ. މައުވަން ބުނެލީ އެހެން ބެލިފަނެތްކަމަށެވެ. އަދި މަލާކް ބުނިވަރަކަށް ދެނީކަމުގައެވެ. “މަލާކް ބުނިވަރަކަށް ފައިސާނުދޭތި. އަހަރެމެންކަހަލަ މުއްސަނދި ބައެއްގެ ތެރެއަށް އެކަހަލަ ނިކަމެތި ބައެކަށް އާދެވުނީމަ ވިސްނާނީ އަހަރެމެން ފެލައިލެވޭތޯ. އެމީހުން ތިބޭނީ […]
“ކެތްތެރިވޭ. ބޮޑެތި ކަންތައްތައްވާނީ ލަހުންނޭ. މަޑު މަޑުން އަހަރެން ބޭނުންވާ ކަންތައްތައް ފުރިހަމަ ވަމުންދާނީ” ކޮޓަރިއަށް ފުރަގަސްދީގެންހުރި މަލާކް ބުނެލި ޖުމްލަތަށް ސާފުކޮށް މައުވަންއަށް އިވުނެވެ. މައުވަން އަނބުރާ ކޮޓަރިއަށް އައީ ފޯން ބާއްވާފައި ނިކުމެވުމުން އެބަލައެވެ. މައުވަން ކުޑަކޮށް ވިސްނާލަން ހުރެފައި ކޮޓަރިން ނުކުމެގެން ދިޔައީއެވެ. ނަސީމާ ހުރީ ދިހަ އަހަރު ކޮށްލާފައި އޭނަގެ ދައްތަ އައުމުން އިންތިހާއަށް އުފާވެފައެވެ. ނަސްރީނާޔާއެކު އައީ އޭނަގެ ފިރިމީހާގެ ތިމާގެ ކުއްޖެއްކަމަށްވާ ލުބާ އައެވެ. އެއްވެސް ދަރިއަކު އަދި […]
އިރުކޮޅެއްނުވެ ކޮޓަރީގެ އަލި ނިދާ ބޮކީގެ އައްޔަށް ބަދަލުވިއެވެ. އެޔާއެކު މަލާކްގެ ހާސްކަންއިތުރުވެ ހިތްއިތުރަށް ތެޅެލިއެވެ. އަދި ނިދިކަމަށްހަދާ ދެލޯމަރާލިއެވެ. އިރުގަނޑެއް ވިއިރުވެސް ނަސީބަކުންމައުވަން ގެ ޚަބަރެއްނުވެއެވެ. މަލާކްވެސް އަވަހަށްބެލީ ނިދާލެވޭތޯއެވެ. މަލާކްއަށް ނިދުނީ ވަރަށްކުޑަ ކޮށެވެ. ކޮޓަރީގެ ފިނިގަދަކަމުން ނިދަން އުނދަގޫވީއެވެ. 5:30 ގައި ތެދުވެ ނަމާދު ކޮށްލައިގެން އޭނަ ދިޔައީ ތިރިއަށެވެ. ހެނދުނު ސައި ހެނދުމުގައި ބައިވެރިވާށެވެ. ބަދިގޭގައި އުޅެނީ ޙައްވަ އެކަންޏެވެ. ބަލާބެލުމަށް އޭނަޔަކީ މަލާކްގެ މަންމަޔާއި އެއްއުމުރެއްގެ މީހެކެވެ. މަލާކް ފެނުމާއެކު […]
މައުވަން ކޮންމެ އެއްޗެއް ކިޔަސް ހެވެ. މަލާކް މިކައިވެނި ކުރާނެއެވެ. އޭނަގެވެސް ޕްލޭނެތް އޮބެތެވެ. މަލާކްމެން ކައިވެނި ކުރީޖެހިގެން އައި ދުވަހުގެ ހެނދުނެވެ. އާއިލާއާއި ރަހުމަތްތެރީންނަން ކުޑަސައެއް ދިނެވެ. އަދި ހަމައެދުވަހުގެ ހަވީރު އެމީހުން ފުރަންވަނީ ހަމަޖެހިފައެވެ. ފުރުމުގެ ކުރިން އަމީނާ އޭނަގެ ދަރިފުޅަށް ނަސޭހަތްތެރިވިއެވެ. ކައިވެންޏަކީ ކިހާ މާތް ގުޅުމެއްކަމާ ފިރިމީހާއަށް ކިޔަމަންތެރި ވުމުގެ މުހިއްމުކަން ހަނދާންކޮށްދިނެވެ. އަދި މައުވަން ގެ ގާތުވެސް އޭނަގެ ދަރިފުޅަށް ދެރަގޮތެއް ނުހެދުމަށާއި ރަނގަޅަށް ބަލާދިނުމަށް އެދުނެވެ. މަޒްހަރުގެ […]
އަދި ކޮންމެސް ގޮތަކުން އެހަންހެންކުއްޖާ މިކައިވެންޏާ ޤަބޫލް ނުވާވަރު ކޮށްލީމަ މަށަށް މިކަމުން ސަލާމަތް ވެވުނީއެއްނު. ބައްޕަ ކުރިމަތީ މަ ހުންނާނީ ޤަބޫލް ވެގެން” މައުވަން އޭނަގެ ޖަވާބް އިއްވާލިއެވެ. އެރޭ ނުވައެއް ޖެހިއިރު މަޒްހަރުމެންގެ އާއިލާ ތިބީ އަމީނާގެ ގޭގައެވެ. އެކައިވެންޏާ ޤަބޫލު ނޫނެއްކަމަކު ނަސީމާވެސް އެކަމެއް ނުދައްކައެވެ. އެންމެންތިބީ ސިޓިންރޫމްގައި ކައިވެންޏާ ބެހޭގޮތުން ވާހަކަ ދައްކާށެވެ. މަޒްހަރު ބޭނުންވީ ބޮޑު ޕާޓީ އެއްބާއްވާށެވެ. އެކަމަށް އިންކާރު ކުރީ މަލާކްއެވެ. އަދި އަމީނާވެސް މަލާކް އާއި […]
” ނުކިޔަވާ ހުއްޓަސް ރިވެތި އަޚުލާޤެއް ހުރެއްޖިއްޔާ އެވީ” މަޒްހަރު ބުނެލިއެވެ. އަދި ދެން އެވާހަކަ ދައްކާނީ ފަހުން ކަމަށާއި މިރޭ ދެން ނިދަންއުޅެން ހިނގާށޭބުނެލިއެވެ. ދެދުވަސް ފަހުން ލައިހާ ފުރައިގެން ދިޔައިރު އޭނަހިތުގައި ވަނީ ސުވާލެއް އުފެދިފައެވެ. ނިއަމް އޭނައަށް އޮޅުވާލުމުގެ މަޤްސަދު އިގެން ބޭނުންވިއެވެ. އެކަމަކު އެފަހުން ނިއަމް އަކާ ދިމައެއް ނުވިއެވެ. މަޒްހަރުމެން ދެމަފިރީނަން އެމީހުން ދާން ހަމަޖެހިފައިވާރަށަށް ދިޔައެވެ. ކެއުމާއި ހުރުމުގެ ކަންތައްތައް ހަމަޖެއްސީ މަޒްހަރުގެ އެކުވެރި އާދަނުއެވެ. އާދަނުގެ ގެޔަކީ […]