ބައްދަލުވުން ނިންމާފައި ހޮސްޕިޓަލުން ނުކުންނަން ދަނިކޮން މައުވަންއަށް ފޯނެއްއައެވެ. އެހެން ކަމުން އޭނަ ހިންގަމުން ދިޔައީ އެހެން މީހުންނަންވުރެ ތަންކޮޅެއް ފަހަތުގައެވެ. އެވަގުތު އެހެންލާފައި ދިޔަ އަންހެއްކުއްޖާ މައުވަންގެ ލޮލުގައި އަޅައިގަތެވެ. ނަމަވެސް މާބޮޑު ފަރުވާލެއް ނެތި ކުރިއަށް ހިނގައި ގަތެއް ކަމަކު މައުވަން ހުއްޓުނެވެ. ކައިރީގައިހުރި އަންހެން ކުއްޖާގައިގައި ހިފަހައްޓާލައިގެން ކުޑަކޮށް ބަލިގޮތަކަށް ހިގާފައި އެދަނީ ރަފާއެވެ. އަތުގައި އަޅާފައި އިން މަލަންކޮޅުން އޭނަ އެދަނީ ހޮސްޕިޓަލުން ކޮންމެވެސް ޚިދުމަތެއް ހޯފާފައިކަން ދޭހަވެއެވެ. އިންޑިއާއަށް އަންނަމުން […]
ނޯޓް: ވާހަކަ ގިނަ ދުވަސް ތަކެއް ވަންދެން މެދު ކެނޑުނު ކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މާފަށް އެދެން، ކުރިމަތީގައި މީހަކު އިށީންހެން ހީވުމުން އިސް އުފުލާ ބަލާލި އިރު އިނީ މައުވަންއެވެ. ތެދުވަން އުޅެފަވެސް މަޑުކުރީ އޭރުވެސް އެތަށް ބަޔެއްގެ ލޯތަށް އެދެމީހުންނަން އަމާޒުވެފައި ވާތީއެވެ. ތެދުވެގެން ގޮސްފިނަމަ ފޮނިތޮށި ކާފޫރު ތޮޅި އެއްކޮށްގެން އެތަށް ވާހަކައެއް ފަތުރާނެތީއެވެ. “ކީއްކުރަން ތިތާ ތި އިށީނީ…؟” މަލާކް އެހިއެވެ. “ރައްޓެއްސަކަށް ވެވިދާނެތޯ އަހާލަންވެގެން؟” “ނޫން” މަލާކް ޖަވާބު […]
މަލާކް އެތަށް ގޮތަކަށް ވިސްނުމަށްފަހު އަމީނާއާއި ހަމައަށް ވަރިވާން އުޅޭކަމުގެ ޚަބަރު ގެންދިޔައެވެ. އެކަން އޭނަ ހާމަކުރީ ޝަރީފްވެސް އިންދައެވެ. މާބޮޑު ތަފްސީލެއް މަލާކް ނުދެއެވެ.ދެމީހުންނަންވެސް ރަނގަޅީ އެގޮތްކަމަށް ފެންނާތީ އެހެން ނިންމީކަމުގައި ބުނެލިއެވެ. އަމީނާމެން ނަސޭހަތްދިނީ ހަނދާންކޮށްދިނީ ކައިވެނީގެ މުހިންމުކަމެވެ. އެއީ ކިހާމާތް ގުޅުމެއްކަމެވެ. ނަމަވެސް ގޮތް ނިންމުމުގެ ފުރުސަތު މަލާކަށް ޝަރީފްމެން ދިނެވެ. ހަޤީގަތުގައި އެހުރިހާ ވާހަކައެއް އެމީހުން ދައްކަން ޖެހުނީ މަލާކް އެދެމީހުންގެ ގުޅުން އޮތްހިސާބު ކިޔައި ނުދިނީމައެވެ. މައުވަންކުރި އާދޭހަށް މަލާކްދިނީ […]
އިވިގެން ދިޔަ ޤަބޫލްކުރަން ދަތި ހަޤީޤަތާއެކު އެކަކު އަނެކަކުގެ މޫނަން ބަލާލިއެވެ. ވާންވީ އުފާކަމެއް ނުވަތަ ދެރަކަމެއްވެސް ނޭނގޭ ކަހަލައެވެ. ދެމީހުންވެސް ތިބީ ހައިރާންވެފައެވެ. އެތަށް އަހަރެން ވެގެން ދިޔައިރު އެ ހަޤީޤަތް ނުބުނެ ސިއްރުކުރުމުން ދެމީހުންވެސް ތިބީ ހިސާބަކަށް ހިތްހަމަނުޖެހިފައެވެ. “ބައްޕައަށް މާފް ކުރާނެކަމަށް އުއްމީދުކުރަން” “އަހަރެން މާފްކޮށްފިން، ވަރަށް އުފާވެއްޖެ ކޮއްކޮއެއް ލިބުމުން..” މަލާކް ބުނެލިއެވެ. ނިއަމްވެސް ކަންތަން ކުރީ ހަމަ އެފަދައިން ނެވެ. ދެމީހުން އެކަކު އަނެކަކު ގައިގައި ކުޑަކޮށް ބައްދާލާ ހަދާލިއެވެ. […]
މައުވަން ރަފާ ކާރިއަށް ދިޔައީ ޖެހިގެން އައިދުވަހު ބްރޭކް ގަޑީގައެވެ. ފުރަތަމަވެސް ދިމާވީ ނަސީމާއާއެވެ.މައުވަން ފެންނައިރަށް ނަސީމާ ކިޔަންފެށީ އެއްޗިއްސެވެ. އަދި ރަފާއާ ދޭތެރޭ ފަރުވާ ކުޑަ ނުކުރުމަށް ނަސޭހަތްތެރި ވިއެވެ. ދެމީހުން ގޮވައިގެން ނޫޅެވޭނެ ކަމަށް ވާނަމަ މަލާކް ވަރިކުރުން އެއީ މައްސަލައެއް ނޫންކަމުގައި ބުނެލިއެވެ. މައުވަން ވަކި ޖަވާބެއް ނުދެއެވެ. އެރޭވެސް މައުވަން މަޑުކުރީ ރަފާގާތުގައެވެ. އޭނަގެ ހިތް މަލާކް ގާތަށް ދާން އެދުނެއް ކަމަކު އެ ގޮތަށް ކަންތައް ކުރަން ނުކެރުނީއެވެ. އެހެންމީހުންގެ […]
“މަލާކް ދާނީ އަހަންނަން ޗުއްޓީ ލިބޭ ފަހަރަކުން ދޯ” އަމީނާގެ ކުރިމަތީގައި މައުވަން އެހެން ބުނުމުން މަލާކަށް އިތުރު އެއްޗެއް ނުބުނެއެވެ. އޭނަ ހިތާހިތުން ނިންމައިލީ އެރަށް ދާނެކަމުގައެވެ. ހަމަ އެވަގުތެވެ. މަލާކްގެ ފޯން ރިންގު ވަމުން ދިޔައެވެ. ނަގާހިޔާލެއް މަލާކް ނުކުރެއެވެ. ވާހަކަ ދައްކާނެ ހިތްވަރު ނެތީއެވެ. ކޮންމެ ފަހަރަކުވެސް ލަނީ ސައިލެންޓަށެވެ. ޔަޒާން ވެސް ހުއްޓާލާކަން ނޫޅުނެވެ. ޔަޒާން ނުހުއްޓާނެކަން އެގުމުން މަލާކް ތެދުވެގެން ދިޔައީ ކޮޓަރިއަށެވެ. ދައްކަން އެ އުޅެނީ ކޮންވާހަކަ އެއްކަން […]
އެކަމަކު މައުވަން ނިންމައިފައިވަނީ ކަންތައްތައް ހަމަޔަކަށް އެޅެންދެން އެކަން ކުރުމަށެވެ. އެއަށްފަހު ރަފާ ޖެހޭނީ އޭނަގެ ހަޔާތުން ބޭރުވާށެވެ. ދުވަސްތަށް ފާއިތުވަމުން ދަނީ ހީވެސްނުކުރާހާ ހަލުވި މިނެއްގައެވެ. ނުވަތަ ކުރަން ހުންނަ ކަންތަންތަން ނުވެހުއްޓައި ދުވަސްތައް ނިމޭތީ ހަލުވީހެން ހީވަނީކަމަށްވެސް ވެދާނެއެވެ. މަލާކްގެ އަތް މުޅިން ރަނގަޅުވެ ޑިއުޓީއަށް ނިކުންނަވަރުވިއެވެ. އަކްޔަން އާއި އަލާގެ ގުޅުން އިހުނަންވުރެ ރަނގަޅުވެ ކައިވެނި ކުރާނެ ތާރީޚެއް ކަނޑައެޅިއެވެ. ނަސީމާ ނުރުހުނެއްކަމަކު މަޒްހަރުގެ ރުހުމާއެކުގައެވެ. ދުވަސްތަކަކަށް ފަހު މަލާކް ފުރަތަމަ ޑިއުޓީއަށް […]
މަލާކް ގޮސް އެނދުގައި ޖައްސާލިއެވެ. މައުވަންވެސް އެއްޗެހި ބަދަލުކޮށްގެން އައިސް މަލާގެ އަނެއްފަރާތުގައި ޖައްސާލިއެވެ. ނިދަން ތިބީ ދެމީހުން ދެފަރާތަށެވެ. އެކަކުގެ ލޮލުގައިވެސް ނިދީގެ އަސަރެއްނުވެއެވެ. ދެމީހުންވެސް ވިސްނަމުން ދިޔައީ އެކަކު އެނެކަކާ މެދުގައެވެ. ދެމީހުންގެ ހިތުގައިވެސް އެކަކު އަނެކަކަށް ޚާއްސަ ކަމެއް ދެވިފައިވެއެވެ. ހާމަ ނުކުރެވެނީއެވެ. މިއީ އާމު އުސޫލެވެ. ނަފްރަތުކުރާކަން ފަސޭހައިން ހާމަކުރެވުނެއް ކަމަކު ލޯބިވާކަން ހާމަކުރަން ޖެހެލުން ވެވެނީއެވެ. ހެނދުނު މަލާކަށް ހޭލެވުނުއިރު އޭނަ އޮތީ މައުވަންގެ އަތުތެރޭގައެވެ. މަލާކް އޮތީ […]
އަދި މައުވަންވެސް ހޭވެރިކަންވެ ދުވެފައިގޮސް މަލާކް އަތްދަނޑި މައްޗަށް ލައިގެން ހޮސްޕިޓަލަން ވަނެވެ. އޭރު މަލާކް އޮތީ ލެއިން ތަތްތެޅިފައެވެ.ހެއެއްވެސް ނެތެވެ. މައުވަން ގޮސް މަލާކް އެމަޖެންސީ ބަޔަށް ވެދުމަށްފަހު އެއްމެނަން ގުޅާލިއެވެ. ވަގުތުން އެއްމެން ހޮސްޕިޓަލަށް އައެވެ. އޭރު މައުވަންލައިގެން ހުރި މަޑު ފިޔާތޮށި ކުލައިގެ ގަމީހުގައި ލޭގެ އުގުޅިފައި ހުއްޓެވެ. ބެގީ ނެއްޓިފައިވާއިރު ކަރުގައި އޮތްޓައީވެސް އޮތީ ވަރަށް ބޮޑަށް ދޫވެފައެވެ. މައުވަން ހުރީ އެމަޖެންސީ ބައިގެ ދޮރުކައިރީގައި ފާރުގައި ލެނގިލައިގެން ކަރުމަށްޗަށް ޖަހައިގެންނެވެ. […]