. “ކޮބާ ޖަވާބަކީ” މައުވަން ނިވާވުމާއެކު ވާހަކަފެށީ ލައިހާއެވެ. ނިއަމް އިނީ އިސް ޖަހައިގެން އޭނަގެ ފޯނާއި ކުޅޭށެވެ. ނިއަމް އަޑުއިވުނު ކަމަކަށް ނުހެދިއެވެ. “އަޑުނީވޭ ކަމަށް ހެނދިގެން އިނަސް އަޑުއިވުނުކަން މަށަށް ޔަޤީން” އަނެއްކާވެސް ލައިހާ ވާހަކަ ދެއްކިއެވެ. ” ކޮން ޖަވާބެއްގެ ވާހަކަ އެއްތަ ތިކިޔަނީ؟ ނިއަމް އިނގޭކަމަކަށް ހަދާނުލިއެވެ. އޭރުވެސް އޭނަ އިނީ އެ އިންގޮތަށް ފޯނާއި ކުޅޭށެވެ. ލައިހާ އިނީ ސީދާ ނިއަމްގެ މޫނަން ބަލަހައްޓައިގެންނެވެ. އެކަމުގެ ސަބަބުން ނިއަމް އިނީ […]
ހިނދުކޮޅެއްވެސް ނުވެ ސޮރީ ބުނެލިއެވެ. އަދި މައުވަންގެ އަތުގައި ހިފައި ތަޅުވާލަމުން އަހަރެންގެ ސަޕްރައިޒްކިނެއްތޯ އަހާލިއެވެ.” އެއްގޮތަކަށްވެސް ކަމަކުނުދޭ” މައުވަން ސީރިއަސްކަމާއެކު ބުނެލިއެވެ.”ކީއްވެ ނުބުނެ އައީ؟ އޭރުން ގައިމު ރިސީވް ކުރަން ދެވުނީހެއްނު. މިހާރު މާލެވެސް މީ އަންހެން ކުދިން އެކަނި އުޅޭވަރުގެ ރައްކާތެރި ތަނެއްނޫނޭ ލައި” އެހެން ބުނެލަމުން މައުވަން ވަނީ ލައިހާގެ އަތުގައި ހިފައިގެން ގޭޓުން އެތެރެއަށެވެ. ސިޓިން ރޫމަށްވަތް އިރު މަޒްހަރު އާއި ނަސީމާ ތިބީ ސޯފާގައެވެ. ލައިހާ ފެނުމާއެކު ދެމީހުން އެކީ […]
އަމީނާ ހުރީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައެވެ.ބަލާބެލުމަށް އުމުރުން 50 އަށްވުރެ މައްޗަށްގޮސް ދާނެއެވެ. ނަމަވެސް އެ އުމުރުގައިވެސް ފުރިހަމަ ހަށިގަނޑަކާއި ރީތި މޫނެއް އޭނައަށްވާނީ ލިބިފައެވެ. ހަމުގެ ކުލަ އައްޔެވެ. މި އުމުރުގައި މިހާފުރިހަމައިރު ޒުވާން ދުވަސްވަރު އެތައް ހިތްތަގެއްގެ ވެރިއަކަށް ވާނެކަން ގައިމެވެ. ހިތްހެޔޮ މަޑުމައިތިރި ވައްތަރުޖަހައެވެ. އެއްވެސް މޭކަޕެއްކޮށްފައެއްނެތެވެ. ލައިގެން ހުރީ ފައިތިލައާ ހިސާބަށްއަރާ ކަޅު ގަޔަށްދޫ ހެދުމަކާއި ބޮޑު ތިނެސްކަން ބުރުގަލެކެވެ. ބުރުގާވަނީ ގޮތްބޮޑު ކުރުމެއްނެތި ވަރަށް އާދައިގެ ގޮތަކަށް ހަދާލާފައެވެ. ބޫޓާއެކު […]
މައުވަން އިޒާ ގޮވައިގެން އޭނަގެ ކޮޓަރިއަށް ވަތްތަން ބަލަން ސިޓިންރޫމްގައި އޭނަގެ ބައްޕަ އިންކަމެއް އޭނައަކަށް ނޭނގެއެވެ. އެނގޭނަމަ އޭނަ ކޮޓަރިއަކަށް ނުވަނީހެވެ. އޭނަ ކިތައްމެ ވަރަކަށް އަންހެން ކުދިންނާއެކު އުޅުނެއްކަމަކު ގެއަށް ކުދިން ގެންނަކަން އޭނަގެ މަންމަ އާއި ބައްޕައަށް އަދި ވަނީ ސިއްރުވެފައެވެ. ނަމަވެސް މިރޭ ލަސްވަންދެން ސިޓިންރޫމް ސޯފާގައި ވާހަކަ ދައްކާލަށް މަޒްހަރުމެން ދެމަފިރީންނަން ތިބެވުނީ މި މަންޒަރު ފެންނަންކަންނޭގެއެވެ. ނަސީމާ ސިޓިންރޫމް ބޮކި ނިންވާލުމަށް ފަހު ކޮޓަރިއަށް ވަނީ މަޒްހަރުގާތު ނިދި […]