ނޭނގި ހިތޭ ތި އަތުލީ 35
މައުވަން ދެ ހަފުތާވަންދެ އޮފީހަށް ނައިސް ހުރުމަށްފަހު މިއަދުމީ އޮފީހަށް ނިކުތްދުވަހެވެ. ލައގެނހުރީ ގަދަނޫ ކުލައިގެ ފަޓްލޫނަކާއެކު މަޑުނޫ ކުލައިގެ ގަމީހެކެވެ. ޓައީ އެއްބޭނުންކޮށްފައެއްނެތެވެ. ގަމީސް ގަޔަށް ހިފާލާފައިވާއިރު އެރީތި ހަށިގަނޑު އިތުރަށް ފުރިހަމަކަމަށް ދައްކައެވެ.
ވޭތުވެދިޔަ ދުވަސް ތަކުގައި މައުވަން އެއްމެ ފަހަރަކުވެސް މަލާކަށް ގުޅާނުލައެވެ. ގުޅަން ބޭނުން ނުވާތީއެއްނޫނެވެ. ހަނދާން ނުވަނީއެއްވެސް ނޫނެވެ. މަލާކަށް ކުޑަވަގުތުކޮޅެއް ދޭން އޭނަބޭނުންވަނީއެވެ. މަލާކްގެ ޚިޔާލު ބަދަލުވެދާނެ ކަމުގެ އުއްމީދުގައެވެ. އެއްމެ ކުޑަމިނުން އެކުވެރިއަކަށްވިއަސް ވެވޭތޯއެވެ.
ގިނަ ދުވަސްތަކެއް ކޮށްލާފައި ޑިއުޓީއަށް ނިކުތް ދުވަސްކަމުން މައުވަން އުޅުނީ ވަރަށް ބުރަކޮށެވެ. އެޑްމިޓް ކޮށްފައި ތިބި ބަލިމީހުންގެ އިތުރުން މިއަދަށް ދޫކޮށްފައިވާ އެޕޮއިޓްމެންޓްތަށްވެސް ހުރީ ފުލްވެފައެވެ. އޭގެ އިތުރުން ޑިޕާޓްމަންގެ އެހެނިހެން ކަންކަންވެސް ކެޗްއަޕް ކުރަންޖެހުމާވެސް އެކީގައެވެ. އޮފީހަށް އައި ގޮތަށް ހިންދެމިލާނެ ވަގުތުވެސް އަދި ނުވެއެވެ. ލަންޗް ބްރޭކް ގަޑިޖެހުމުން ނިއަމް އައީ މައުވަން ބަލައެވެ. ހެންދުނު ސައިބޯންވެސް ނުނިކުންނާތީއެވެ. “އޭހާނދަ ބުރޮކޮށް… ހިނގާ ކާންދަމާ” ނިއަމް އައިސް މައުވަންގެ ކެބިންނަން ވެދެހުރީ ކޮޅަށެވެ. “އާނ…އޭމިއަދު ނެތޭ ދެވޭކަށް….މާބިޒީ ދުވަހެއް…..ދެން މަނުލާގޮސް ކާލާ” ބަނޑު ހައިވެފައި ހުއްޓެއްކަމަކު މައުވަން ކުރީ އިންކާރެވެ. “ތިހެން ހެދީމަ ދެހަފްތާވަން ދެން ކަލޭ ނުފެނުގެން މުޅި ހޮސްޕިޓަލާ ކެންޓީންގަ އަތްފުނާއެޅި ކުދިން ހާދަދެރަވާނެއޭ…މިއަދު ލަންޗް ގަޑީގަ ހަމަގައިމުވެސް ފެންނާނެ ކަމުގެ އުއްމީދުގަ އެކުދިން ތިބޭނީ…” ނިއަމް ދިމާކޮށްލިއެވެ. މައުވަން އާއި ދިމާ ކުރުމުގެ ގޮތުން ބުނެލި އެއްޗެއްވިއަސް އެއީ ހަޤީގަތެވެ. ހޮސްޕިޓަލްގެ އެތަށް އަންހެން ކުދިންނެތް ހުންނަނީ މައުވަންއާއި ހެދި މޮޔަވެފައެވެ. އަދި އަމުދުން މިހާރު ސިންގަލް ކަން އެގުމުން އެކުދިން ތިބެނީ އިތުރު ފޯރިއެއްއަރާފައެވެ. މައުވަން ތެދުވާ ޚިޔާލު ނުކުރުމުން ނިޔަމް އެކަނި ދިޔައީއެވެ.
ނިއަމް ކެންޓީނާ އަރާހަމަވިރު މަލާކްވެސް ވަންނަނީއެވެ. ދެމީހުން އެކީ އިށީނީ އެއްމޭޒެއްގައެވެ. ” މިއަދު ހީވޭތާ އެހެން ދުވަސްތަކަށް ވުރެ ބައިބޯހެން…އަނެއްކާ އަހަންނަން ހީވަނީ އަހަރެމެންނާ ދިމާލަށް ވަރަށްއެބަ ބަލާހެން.” މަލާކް މާހައުލަށް ނަޒަރެއްދެމުން ބުނެލިއެވެ. ” މިއުޅޭ ހުރިހާ އަންހެން ކުދިންގެ ހީރޯ ދުވަސްތަކެއް ކޮށްލާފައި އޮފީހަށް ނުކުތީމަވާވަރު….އަނެއްކާ މިހާރު ސިންގަލް…. މިކުދިންނަން ވާނީކިރިޔާ ވަރަކަށްނު….މިކޮޅު އެބަލަނީ ވެދާނެ އަހަންނާއެކުވިއްޔަ އާމުކޮށް ކެންޓީނަން އަންނާނީ….” ކަމުން ނިއަމް ޖަވާބު ދިނެވެ. “އެކަމު އޭނަ ކިތައްމެ ބިޓިންކޮށް އުޅުނަސް މިތަނުގެ ކުއްޖަކާނޫޅެ ނަސީބަކުން… އެހެން ކުދިންތަން އުޅުނަސް އަޅާވެސް ނުލާނެ” ނިއަމް ވާހަކަ ކުރިއަށްގެން ދިޔައެވެ. މައުވަން ކޮބައިތޯ އަހާލަން އުޅެފައި މިފަހަރުވެސް މަލާކް ޚިޔާރުކުރީ ހިމޭންކަމެވެ. ” އަހަރެން އޮބެތޭ އަދި ވަރަށް މުހިންމު ވާހަކައެއް ދޮންތައާއި ދައްކާލަންވެފައި” މަލާކްގެ ހިމޭންކަމުން ނިއަމް ބޭނުންވީ މައުލޫ ބަދަލު ކޮށްލާށެވެ. “ކޮންވާހަކަހެއް….ކިޔާބަލަ” ކާއިތިކޮޅެއް އަނގައަށްލަމުން މަލާކް ބުނެލިއެވެ. “އަހަންނަން ހީވަނީ ބައްޕަމެން މެރީ ކުރަން ބޭނުންވެފަ އެކަމު އަހަރެމެންގާތު އެކަން ހާމާކުރަން ނުކެރިފަ ތިބެނީހެން…މިހެން މިބުނީ އަސްލު އަހަރެމެން މިތިބީ މިހާރު މެރީ ކުރާއުމުރުގަ….އެކަމު ދެނީހުންވެސް އަދި މިތިބީ ކައިވެނި ނުކޮށް…..އަނެއްކޮޅުން ދޮންތަގެ ކައިވެނި ރޫޅުނުފަހުން އަދި މާގިނަދުވަހެއްނުވޭ…އެހެންވެ މިހާލަތުގަ ބައްޕަމެނަން އެވާހަކަ ދައްކަން އުނދަގޫ ވާނެހެން އަހަންނަން ހީވަނީ…” ނިއަމް ހާމަކުރީ މަލާކްވެސް އެކަމާ ވިސްނަމުންދާ ކަމެއްގެ ވާހަކައެވެ.
“ހޫމް…އަހަންނަންވެސް ތިކަމާ ފިކުރުކުރެވޭ….އެހެންވީމަ ހިނގާ އަހަރެމެން ދެމީހުން އަވަހަށް ބައްޕަގާތު ތިވާހަކަދައްކާލަމާ…ހާދަ ދެކެންބޭނުންވާ ދުވަހެކޭ އެއީ ، މަންމަ އާއި ބައްޕަ މެރީ ކުރާދުވަސް” މަލާކް ހުރީ ކެތްމަދުވެފައެވެ.
ވޭތިވެދިޔަ ހަފްތާތެރޭ މަލާކަށް، މައުވަން އާއި ރަފާޔާ ދެމެދު ހިނގައިދިޔަ ކަންތައްގަނޑު އަކްޔަން ވަނީ ކިޔާދީފައެވެ. އަދި މިހާރު މައުވަންގެ ބަދަލުވަމުންދާ އުޅުމުގެ ވާހަކަވެސް އަކްޔަން ވަނީ މަލާކް އާއި ހިއްސާކޮށްފައެވެ. މައުވަން ޤަވައިދުން ނަމާދުކޮށް ގިނައިރު ހޭދަކުރަނީ ގޭގައެވެ. ބޭކާރު ގޮތުގައި ކޮފީ ތަކާއި އެހެން ކަންކަމުގައި ވަގުތު ހޭދައެއް ނުކުރެއެވެ.
“އަހަރެންބޭނުމީ ދެންމާލެދާން….ކޯހުގެ ނުނިމި އޮތްބައި އޮންލައިންކޮށް ނިންމާނީ….”ލައިހާ ފޯނުން ވާހަކަ ދައްކަމުން ދިޔައީ މައުވަންއާއެވެ. “އެކިއްކުރަން….ނިންމާލައިގެން އައީމަ މާފަސޭހައެއްނު….އެހެންނޫނަސް މަންމަމެން ގަބޫލެއްނުވާނެ..” މައުވަން ފޯނުން ވާހަކަ ދައްކަމުން ދިޔައިރު ހުރީ ކޮޓަރި ބެލްކަނީގައެވެ. “މަންމަމެން ގަބޫލު ނުވާނެތީއެއްނު ދޮންބެއަށް ގުޅައިގެން މިވާހަކަ ދައްކަން މިޖެހުނީ….ދޮންބެ ޕްލީސް މަންމަމެން އޯކޭކޮށްދީބަލަ…..”ލައިހާ އާދޭސް ކުރިއެވެ. “ދޮންބެއަށް ކުރެވޭނީ މަސައްކަތް….ދެން ބުނެބަލަ ކޮންކަމަކާ ކުއްލިއަކަށް ޚިޔާލުބަދަލުވީ….ލައިތީ ކުރިން ޗުއްޓީތަކަށްވެސް އެވަރަކުން އަންނަން ބޭނުންވާ ކުއްޖެއްނޫން” ލައިހާ ބުނިކަންތަށް ކޮށްދޭން އެއްބަސްވިއެއްކަމަކު މައުވަން އަނެއްކާވެސް ކޮށްލީ ސުވާލެކެވެ. “އަހަރެން ތި ސުވާލުގެ ޖަވާބު ވަރަށް ތެދަށް ދީފާނަން…ލޯބި…ލޯބި އަހަރެންގެ ޚިޔާލާއި އެތަށްކަމެއް ބަދަލުކޮށްލައިފި…އަހަރެން ދެން ބޭނުންވަނީ މާލެގޮސް ވީހާވެސް އަވަހަށްމެރީ ކުރަން… ދޮންބެ އެކަމު މަންމަމެންކާރީ މިވާހަކަ ބުނާނީކީނޫން….” ލައިހާ އޭނަގެ ނިންމުން އިއްވާލިއެވެ.
“ނިއަމްނުވެސް ދައްކަ ތިހާއަވަހަށް މެރީކުރާ ވާހަކައެއް” މައުވަން ބުނެލިއެވެ. “އޯހް….ނިއަމްއަކަށް ނޭނގޭނެ އަހަރެން ކޯސް ކޮމްޕްލީޓްނުކޮށް ދާންއުޅޭކަމެއް…އޭނަ އެގޮތް ގަބޫލްނުވާނެކަން އިނގޭ…އެއީ މަންމަމެން ނުރުހުން ވެދާނެތީ….އެހެންވެ ނުބުނާނަން….އޭނަވެސް ބޭނުން އަވަހަށް މެރީކުރަން…އެކަމު އަހަރެންގެ ކޯސް ނުނިނެނީސް މަންމަމެންގާތު އެވާހަކަ ދައްކާކަށް ނުކެރޭނެއޭބުނީ…މަންމަމެން ރުޅިއަތުވެދާނެތީ….” ލައިހާ ތަފްސީލްކޮށްލަދިނެވެ.
ރޭގަނޑުގެ ވަގުތެވެ. ނިއަމް އާއި މައުވަން ތިބީ މީހުން މަދު ހަމަހިމޭން ރެސްޓޯރެންޓެއްގެ މަތީބައިގައެވެ. ދެމީހުން ކައިރީޥެސް އާވި އަރައަރާހުރި ކޮފީތަށްޓެއްހުއްޓެވެ. އެތަނުގައި ނިއަމްއެއް ތިބި މޭޒުގައި ތިބޭއިރު ވިއު ވަރަށް ރީއްޗެވެ. މަތި ހިޔާނުކޮށް ހުރުމުގެ ސަބަބުން ތަރިތަށް ރީތިކޮށް ފެނެއެވެ. އަނެއްކޮޅުން މޫދު ދޮށުގައި ހުރި ތަނެއްކަމުން ތިރިން ފެންނަނީ މޫދެވެ. ދުރުން ކަނޑުގައި ދިއްލާފައިވާ އެކި އުޅަނދު ފަހަރުފެނެއެވެ. އިރު އިރު ކޮޅަކާ ތާޒާ ފިނި ވައި ރޯޅިއާދެއެވެ. “އަސްލު އަހަރެން ބައްދަލުކޮށްލަން މި ބުނީ ވަރަށްބޮޑު ވާހަކައެއް ދައްކަންވެގެން” ނިއަމް ހާމަކުރީ މައުވަންއަށް ކޮފީއަށް ގުޅި ސަބަބެވެ. “އަނެއްކާ ކޮންވާހަކައެއް….” މައުވަން ނިންމައިގެން ހުރީ ކުރީ ދުވަހު ލައިހާ ދެއްކި ވާހަކަތަކާއި ގުޅުން އޮތް ވާހަކައެއް ދައްކަން އުޅެނީކަމަށެވެ. “އަހަރެން މިވާހަކަ ދެއްކީމަ ރުޅި ނާންނަންޗޭ….ތަންކޮޅެއް ލަސްވެސް ވެއްޖެ މިވާހަކަ ދައްކަން….މައުވަންވެސް ގަބޫލު ކުރަންވާނެ ހާލަތާ ގުޅިގެން ބައެއްވާހަކަތަށް ނުބުނެ ލަސްވެސް ވެދާނެކަން….މި ބުނީ މިސާލަކަށް މަލާކްއަކީ މައުވަންގެ ވައިފްކަން އަހަރެން ކާރީ ނުބުނީ ގަސްތަކު ނޫންތާ….ހާލަތުގެ ގޮތުން ނުބުނެ އުޅެނިކޮށް އަހަންނަން އިއްތިފާގުން އިނގުނީތާ…”ނިއަމް ދައްކަން އުޅޭ އަސްލު ވާހަކަ އަށް ދިޔުމުގެ ކުރިން އަމިއްލަ ދިފާއުގައި މައުވަންއަށް ކަމެއް ހަނދާންކޮށްދިނީއެވެ. “މުސްކުޅިއެއްހެން މާހާސަރުގަނޑު ބޮޑުނުކޮށް ތި ބޭނުންވާ ޕޮއިންޓަށް ދޭބަލަ….” ކޮފީތަށިން އެތިފޮދެއްބޯލަމުން މައުވަން ބުނެލިއެވެ. ދެން ދިޔައީ އިރުކޮޅެއްގެ ހިމޭން ކަމެކެވެ.
“މަލާކްއެއީ މަގޭ އެއްބަފާ ދައްތަ” ނިއަމް އިސްޖަހައިގެން އިނދެ ބުނެލިއެވެ.
އޭނ….ކީކޭ؟” މައުވަންއަށް ނިއަމް ބުނި ވާހަކަ ޔަޤީން ނުވިކަހަލައެވެ.
“ތި އިވުނީ ރަނގަޅަށް” ނިއަމް އިތުރަށް ބުނެލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
18 Comments!
Comments are closed.




fainaly star is back. aharun hykury dhen mivaahaka kiyan nulibeyne kamah. varah ufaavehjje ethah dhuvaheh fahun ves vaahaka up kohdhinyma. unmeedhu kuran mivaahaka medhh kadainulaa genesdheyne kamah.
Thank you. Will try
Vaahaka up vaa iru jeheny alun fashan.. aharaku part eh v ma hadhaaneh nuhunnaane dhw.. v reethi vaahaka ekam foohi mihaaru up vaaleh las kamun..
Thank you. Hmm.maalahee dhw genesdheveyle.
alhey dhen next part konirakun up kohla dheynee
Veehaaves avahakah. Exactly date eh bunan udhagooo.
Wow…thank u star..hee ves nukuran dhen kiyan libidhaane ey..dhen genes dhechchey gavaidhun..
Thanks you . Will try
Welcome back nice story weting for the next part
Thank you ?
hama asluves surprise vejje vaahaka mathin handhaan nethifa vanikoh kiyaalan libuneema thank you starr ?❤??
WC.and thank you.
Omggg after so long finally? i was so excited up wefa in than fenunyma thankyou star hope to read this story daily like before❤️ And awahah mauwan and malaak gulhuwaala dhy
Thankyou again star ❤️
Alhamdhulillah. Star kihenaietha. Vaahaka nimanden genas dhacheyy love reethi vaahakayae ekam kiyaalan avahae nulibathiii v v ??
Dhen next part kon iraku next year ga tha
Next episode will be next year ga… vaahaka kithamme reechas I hate authors who write like this…
Star, update kohdheyba next episode avahah.. assignment hadhaa hih nuvefa mi innany.. vaahaka kiyaahithun.. please
Alun fashaigen vaahaka kiyaaleemi varah reethi mi part ves?
Konirakun next part