Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މަގޭ ވާހަކަ ( ބައްޕަ 1)

Star Level 310 Stories100 Comments100 Login
October 29, 2020 3 Mins Read
0 Comments

ޖަލުގެ ކުޑަގޮޅީގައި އަހަރެންމިއިނީ އެކަންޏެވެ. ދިހަފޫޓް ދިހަފޫޓް ގެ ގޮޅިއެކެވެ. ނިދލާނެ ހަނިއެނދެން ހުރެއެވެ. އެނދުގައި ގޮދަނޑިއަކާާއި ދެބާލީސް އޮވެއެވެ. އަހަރެންގެ ގޮޅީގެެ ދެފަރާތުގަޔާއި ކުރިމަތީގައިވެސް ޮޅިތަށްހުރެއެވެ. އަދި ހަމަ ކޮންމެ ގޮޅިއެއްގައިވެސް މީހުން ތިބެއެވެ. މިތަނަން އައިފަހުން އަހަންނަން ހަމައެކަނި ވާހަކަ ދައްކާލުމުގެ ފުރުސަތު ލިބެނީ އަހަންނެކޭ އެއްފަދައިން މިތަނުގައި ހުކުން ތަންފީޒް ކުރަމުންދާ މީހުނާ އެކަންޏެވެ. އާއީލީ ބައްދަލު ވުންތަކުހެ ފުރުސަތު އެހެން ގައިދީންނެކޭ އެއްގޮތަށް އަހަންނަންވެސް އޮވެއެވެ. އެކަމަކު އަހަރެންގެ އާއިލާގައި އަންނާނެމީހަކުނެތެވެ. އަހަރެން ޖަަލުގައި އޮންނަން މި ޖެހުނީ ކީއްވެތޯ އަހާލާނެ މީހަކުވެސްނެތެވެ. މި ކުޑަ ގޮޅީގައި އޮވެއަބަދުމެ އަހަންނަން ކުރެވޭ ކަމަކީއަރެންގެ މި ބަދުނަސީބު ހަޔާތާ މެދު ވިސްނުމެވެ. އަހަރެންގެ އުމުރުން އެއްމެ ވިހިއަހަރުގައި މިހިރީ 25 އަހަރަށް ޖަލަށްލާފައެވެ. ކައިވެނި ކޮންގެން ދަރީންހޯދައި މަންމަ އަކަށްވެ ލޯބި ލޯބި ދިރިއުޅުމެއް އުޅެއްވިއިރު އަހަރެން މިހުރީ ދުވަހަކު ހިޔާލުވެސް ކުރިތަނެއްގައެއްނޫނެވެ. މީ އަހަންނަން ކުރެވުނު ކޮންކުށެއްގެ ސަޒާއެއްބާއެވެ.
*******
އަހަރެންގެ މަންމަ އަހަރެން ވިހެއުމުގެ ތެރެއިން މަރުވީއެވެ. އަހަރެން ބެލީ ބައްޕަ އާއި ބައްޕަގެމަންމައެވެ. އަހަންނަން އެދެމީހުންގެ ފަރާތުން ލޯބިލިބެއެވެ. މަންމަގެ ލޯބި އުނިނުވާވަރަށެވެ. ބައްޕަޔަކީ އަަތްމަތިތަނަވަސް މީހެކެވެ. އެހެންކަމުން އަހަންނަން މަދުވާއެއްޗެއްނޯވެއެވެ.ހިސާބު ގަނޑު ހުރިހާކުދިންކުޅެން އަންނާނީ އަހަރެންގެ ގެއަށެވެ. ކުޅޭއެއްޗެހި ގިނަވީމައެވެ . އަބަދު ކޮންމެސް އާ ކުޅޭއެއްޗެއް އޮންނާތީއެވެ. މާމަ އާއި ބައްޕަރަނގަޅުވީމައެވެ. އެދެމީހުންނަކީ މީހުނާގުޅޭވަރަށް ހިތްހެޔޮދެމީހުނެވެ. ރަށުގައިއުޅޭ ފައްސަތޭކައެއްހާ މީހުން އެއްމެ ގަދަރުކުރާ އެކަކީ އަހަރެންގެ ބައްޕައެވެ. ބައްޕަގެދެ ކަންނެލި ދޯނިއޮވެއެވެ. ރަށުގެ ގިނަމީހުން އާމްދަނީ ހޯދަންކުރާކަމަކީ ބައްޕަގެ އޮޑިން ކަންނެތްޔަން ދިއުމެވެ. އެއީ ރަށުގައި އޮންނަ ހަމައެކަނި ކަންނެއްޔަށްދާ ދެއޮޑިއެވެ.
އަހަރެންދެކެ ބައްޕަ ކިތައްމެ ލޯބިވިއަސް ވަކި މިންތަކެއް ހިފައަށްޓައެވެ. ކުރެވޭނެ ކަންތަކާ ނުކުރެވޭނެ ކަންކަން ހުރެއެވެ.ގްރޭޑް 10 އަކަށް ދިޔަހިސާބުން އަހަރެންގެ ކްލާސް ހުރިހާކުދިންނަން ސްމާޓް ފޯންލިބުނެވެ އަހަރެންނަކަށް ނުލިބުނެވެ. ބައްޕަ ބުނީ ފޯން ގަނެދިނީމައި އަބަދު އެ ހިފައިގެން އުޅޭނަމަ ނުކިއެވޭނެކަމަށެވެ. އަހަރެން ޤަބޫލްކުރީ ބައްޕަ ވިސްނައިދިން ގޮތަށެވެ. ބައްޕަ އަހަރެންދެކެ ލޯބިވާތީ އަހަރެންގެ ކިޔެވުން ހަލާކްވާން ނޭދެނީކަމަށެވެ އަހަންނަން ގްރޫޕް މަސަތްކަތެއް ކުރަންވެސް އެހެން ކުއްޖެްް ގެއަށް ދިއުން މަނަލެވެ. ގޭގޭގައިކޮންމެ ފަދަ މީހަކުވެސް އުޅެދާނެތީއެވެ މިޒަމާނުގައި ހީނުކުރާމީހަކުކޮންމެފަދަ ވިޔާނުދާކަމެއްވެސްކޮށްފާނެތީއެވެ. އަހަރެންޤބޫލްކުރީ ބައްޕަ ކަންބޮޑުވުމާއެކު ދެއްކި ވާހަކަތަކެވެ. އަހަރެންނަން މާމަ ނުވަތަ ބައްޕަ ނުލާ ރައްޓެހިންނާއެކުވިޔަސްބޭރަށް ނުކުތުން މަނަލެވެ. ދާާނަމަ މާމަ ނުވަތަ ބައްޕަ ދުރުން ނަމަވެސް ފެންނަހިސާބުގައި ހުރެއެވެ. ބައްޕަ ބުނަނީ ރަށުތެރޭގައި ފާޑު ފާޑު މީހުން އުޅޭތީ އެގޮތަށް ގްރޫޕް ހަދާފައި އުޅުން ރަނގަޅު ނޫންކަމަށެވެ.އަހަރެން ގަބޫލްކުރީ ބައްޕަގެ ނަސޭހަތެވެ.. އަހަރެންގެ ރައްކާތެރިކަމާ ދޭތެރޭ އެވަރަށް ވިސްނާތީ އުފާވެއެވެ. އެވަރުގެބައްޕައެއް ނުލިބޭނެކަމަށްބުނެރައްޓެހިން ކުރިމަތީ ބައްޕައަށް ތައުރީފްކުރަމެވެ. އެކަމަކުއަހަރެންގެ ހުރިހާރަށްޓެހިން އެކަމާ އެއްބަހެއްނުވެއެވެ . ބައެއްކުދީން ބުނާގޮތުގައިބައްޕަ ހުންނަނީ އެކަމުގައި މާބޮޑަށް އޯވަރ ވެފައެވެ. އަހަންނަން އެއްްވެސް މިނިވަންކަމެއްނެތެވެ. ސްމާޓް ފޯނަކީ ކިހާމުހިއްމު އެއްޗެއްކަން ވިސްނަދޭން އެކުވެރިން މަސައްކަތްކުރިއެވެ . ފޭސްބުކްގެ ޝައުުގުވެރި ވާހަކަތައް ދައްކައިގެން އަހަންނަން އައިޑީ ހަދައިދޭންވެސް ބައެއްކުދިން އުޅުނެވެ. އެކަމަކުއަހަރެން ޤަބޫލްކުރީ އަހަރެން އެއްމެލޯބިވާ އަހަރެންގެ ބައްޕަގެ ބަހެވެ.
ދުވަސްތަށް މާޒީވަމުންގޮސްއަހަރެންް ގްރޭޑް 10 ނިމިއްޖެއެވެ. ސްކޫލުން ފަހުރުވެރި އެއްވަނަޔާއެކުގައެވެ. އެދުވަހުހިތަށް އެރިއެވެ. ބައްޕަގެ ނަސޭހަތުގައި ހިފައިގެން ސާބިތުކަމާއެކު ހުރުމުގެ ނަތީ ޖާ ހާދާވާ ރަނގަޅެވެ.
އެހެން ކުދިން ސެލްފީނަގާފައި ފޮޓޯތަށްފޭސްބުކަށް އަޕްލޯޑްކޮށް އެއަށް ލިބޭ ކޮމެންޓްތަށް ކިޔަންތިބިއިރު އަހަރެން އިނީ ފިލާވަޅު ދަސްކުރާށެވެ.
އަހަރެންގެ ކިޔެވުން އިތުރަށް ކުރިއަށްގެންދިއުމަށްޓަކައި ބައްޕަ ބޭނުންވީ އަހަރެން މާލެފޮނުވާށެވެ.އަހަރެން ވަރަށް އުފާވިއެވެ. ބައްޕަ ރަށުގައި އެވަރަށް އަހަރެން ހިފަހަށްޓައިގެން އުޅޭތީ އަހަރެންގެ ރައްޓެހިން ބުނިގޮތުންނަމަ އަހަރެން މާލެކިޔަވަންދިއުމުގެ ފުރުސަތެއް ބައްޕަނުދޭނެއެވެ . އެކަމަކު އަހަންނަންވެސް އަދި އަހަރެންގެ ރައްޓެހީންނަންވެސް ނޭނގެ އޮތީ އަހަރެން މާލެ ފޮނުވާހިތުން ބައްޕަ ކެތްމަދު ވެފައިވާ މިންވަރެވެ. މާމަ ބޭނުންވީ އަހަންނާއެކު މާލެ ބަދަލުވާށެވެ. މާމަ އާއި އަހަރެން މާލޭގައި ގެންގުޅެވޭނެވަރުގެ ތަނަވަސްކަން ބައްޕަގެ އެބަހުއްޓެވެ. އެކަމަކު މާމަ ބަދަލުވާކަން ބައްޕައެއްބަހެއްނުވިއެވެ. މާމަ ރޮއިފަ އާދޭސްކުރިތަން އހަރެން ދުށީމެވެ. އަދި އަހަރެންވެސް ބޭނުންވަނީ މާމަ ގޮވައިގެން ދާށެވެ. އަހަރެންގެ ޚިޔާލެއް ބައްޕަ ނާހައެވެ. އެހެންވެ އަހަރެންވެސް މާމަ ގޮވައިެން ދާންބޭނުންވާ ވާހަކައެއް ނުބުނަމެވެ. އަމުދުން އަހަންނަން ނުލިބޭނެކަމަށް ނިންމައިގެން ހުއްޓާ ލިބުނު ފުރުސަތު ގެއްލިދާނެތީއެވެ.
އަހަރެން އޮތީ ކޮޓަރީގައި ވާހަކަ ފޮތެއްކިޔާށެވެ. މާމައައިސް ބޭރަށް ނުކުތުމަށް ބުނުމުން ނުކުތީމެވެ. އަހަރެން ނުކުތްއިރު ބޭރުގައި ސިޓިންރޫމްގައި އިނީ ބައްޕައެވެ. ބައްޕަ އެއައީ މާާލެ އިންނެވެ. ދޯނީގައި ކަންނެލި ދަތުރުތަކުގައި ބައެއްފަހަރު ބައްޕަވެސް ބައިވެރިވާނެއެވެ. އަދި މާލެއިން އަންނައިރު ކޮންމެފަހަރަކުވެސް އަހަންނަން ހަދިޔާގެނެސްދޭނެއެވެ.ބައްޕަ ފެނުމާއެކުއަހަރެންގެ މޫނުމަތި އުޖާލާވިއެވެ. ބައްޕައަށްވެސް ވީއެވަރެވެ. ބައްޕަގެ ކައިރީ ސޯފާގައި އިށީނުމަށް ބައްޕަ އިޝާރާތް ކުރިއެވެ. އަހަރެން އިށީނީމެވެ. މާމަ އަހަރެންގެ އަނެއްފަރާތުގައި އިށީނެވެ. އާދައިގެ މަތިން ބައްޕަ ނަސޭހަތުގެ ބަސްކޮޅެއްއިވާލިއެވެ. އަދި މިފަހަރު ބައްޕަ ގެނައީ ވަރަށް ހާއްސަ ިަދިޔާއެއްކަމަށް ބުންޏެވެ. އެއަށްފަހު ބައްޕަގެނައި ހަދިޔާ ނަގައި އަހަންނަން ދިއްކޮށްލިއެވެ. އަހަންނަން އުފަލުން ހަޅޭއްލަވައިގަނެވުނެވެ. އަދި އެއަށްވުރެ އަވަހަށް އަނގަމަތީގައި އަތްއެޅުނެވެ. ބައްޕަ ދިނީ އެއްމެފަހުގެ އައިފޯނެކެވެ. އަވަަށް ފޯންނަގައި ޗާ ޖަށް ޖަހާލީމެވެ. އޭގެ ކުރިން އަދި ބައްޕައަށް ޝުކުރުއަދާކުރީމެވެ. އަދި އެވަގުތު ބަންގިގޮވަން ފެށުމާއެކު އަހަރެން ގާތު ނަމާދުކުރަން ބުނަމުން ބައްޕަވެސް ދިޔައީމިސްކިތަށެވެ. ބައްޕަ އާއި މާމައަކީވެސް ޤަވައިދުން ނަމާދުކުރާދެމީހުންެވެ. އެހެން ކަމުން އަހަރެންވެސް ގަވައިދުން ނަމާދުކުރަމެވެ.

އަހަރެން ހުރީ އަހަރެންގެ ކޮޓަރީގެ ޑްރެސިން ޓޭބަލްކުރިމަތީގައެވެ. ޝޯލްއަޅައި އެއްމެފަހުޕިން ޖަހައި ނިންމާލީމެވެ. އަދި އެއަށްފަހު ކުޑަކޮށްފަހަތަށްޖެހެލީމެވެ. މިހާރު ކުރިމަތީގައި ހުރި ލޯގަނޑުން އަހަރެން ފައިން ފެށިގެން ބޮލާހަމައަށްފެނެއެވެ. ރަނގަޅަށް އަމިއްލަ ސޫރައަށް ބަލާލީމެވެ. އަހަންނަކީ ހަމުގެކުލަ އަލިމީހަކަށް ނުކިއާނެވެ. އެކަމަކު ކަޅެކޭވެސް ނުބުނެވޭނެއެވެ. އަހަރެންގެ ހިކިކަން އިތުރަށް ހިކިކަމަށް ދައްކަނީ އިސްކޮޅުން ދިގުވީމައެވެ. އަހަރެންގެ ފަން ދިގު އިސްތަށިގަނޑު ފެނުމުގެ ނަސީބުލިބިފަވާނީ އެއްމެ ގާތްކޮށްއުޅޭ ދެތިން ކުދިންނަށެވެ. ދެން ބައްޕައާއި މާމައެވެ. އަހަރެން މިއަދު ލައިގެން މިހުރީ ގަޔަށްދޫ ކަޅުކުލައިގެ އަބާޔާއެކެވެ. އަޅައިގެން މިހުރީ ނޭވީބުލޫ ޝޯލްއެކެވެ. އަހަރެން އަބާޔާ މިލީ އަލައަަށެވެ. ކުރިން ބުރުގާ އެޅިއެއްކަމަކު ފައިތިލަައާ ހިސާބަށް އަރާއެއްޗިއްސެއްނުލަމެވެ. އެކަމަކު ފޫކޮޅުފެންނަވަރުގެ ކުރުއެއްޗިއްސެއްވެސް ނުލަމެވެ. ލޯގަނޑުން ފަރިބަލަށްހުއްޓައި ބައްޕައައިސް ފޮށިހިފައިގެން ދިޔައެވެ.އަހަރެންގާތު އަވަސްކުރުމަށްބުނަމުންނެވެ. ތިހީވީ ރަނގަޅަށެވެ. އަހަރެން މިއަދު މިދަނީ މާލެ ދާށެވެ. އިތުރަށް ކިޔެވުމުގެ މާތް މަގުސަދުގައެވެ. އަހަރެން އަބާޔާއަށް މި ބަދަލުކުރީ ބައްޕަބުނެގެންނެެވެ. މާލޭގައި އެކަނި މަގުމަތީ ތަންތަނަން ދާއިރު މީހުންގެ ނަޒަރުން ތަންކޮޅެއްވެސް ސަލާމަތްވާނީމިފަދަ ނިވާކަންބޮޑު ހެދުމެއްލީމައެވެ. އަހަރެންވެސް އެކަމާ އެއްބަހެވެ. އަހަރެން ފުރުވަން މާމައާއި އައަރެންގެ ރައްޓެހީންތައް އައެވެ. މާމަ އަހަރެންގެ ގަައިގައި ބައްދަ ބައްދާފައި ރުޔެވެ. އަހަނަންވެސް ރޮވުނެވެ. މާމައާއި ވަކިން ތަނަކައްދާ ފުރަތަމަ ފަަހަރުވިއްޔާއެެވެ. މާމަ އަހަންނަން ވަރަށް ނަސޭހަތްދިނެެވެ. އަދި ކިޔަވައިގެން މޮޅުމީހަކަށްވާން ހިތްވަރުދިނެވެ. ރޮމުން ރޮމުން އަހަރެންގެ ގައިގައިބައްދައިގެންހުރެ މާމަ ދައްކަަމުން ދިޔަވާހަަަކަތަކަށް އަހަރެން ޖަވާބުދިނީ ބޮލުންނެވެ. އަނގައިންބުނާނެ ހިތްވަރު ނެތީމައެވެ. މާލެދާން އުފަލުން އެއްބަސްވިއިރު މިވަރަށް އަހަރެން ދެރަވާނެކަމެއް އަހަންނަކަށް ނޭނގެއެވެ. މާމަގެ ގައިންދޫކޮށްލައި އަހަރެން ލޯންޗާއި ދިމާލަށް ހިނގައިގަތީމެވެ. ބައްޕަ
ލަސްވެގެން އަހަރެންގެ ނަމުން ގޮވާލީމައެވެ. ބައްޕަހުރީ އޭރުލޯންޗަށްއަރައެވެ. ބައްޕަގެ އަތުގައި ހިފައިގެން އަހަރެން ލޯންޗަށްއެރީ ވަރަށްފޮނި އުއްމީދަކާއިގެންނެވެ. ބައްޕަވެސް އަހަރެންގެ އަތުގައިހިފައި ލޯންޗަށް އެރުވީ ވަރަށްފޮނި އުއްމީދަކާއެކީއެވެ. ދެރައީ ބައްޕަގެ އެ އެއުއްމީދުތަށް އަހަރެންގެ އުއްމީދުތަކާ ތަފާތުވީމައެވެ. އަދި އެދުވަހު އެކަން އަހަންނަން ނޭނގުނީމައެވެ. ލޯންޗުގައި އަހަރެން އިށީނުމާއެކުލޯންޗު ނަންޓާލިއެވެ. ފަހުފަހަރަށް މާމަމެންނާއި ދިމާލަށްބަލާލީމެވެ.އަދި އެއްއަތުން ކަރުނަ ފޮހެމުން އަނެއްއަތްމަށްޗަށްނަގައި މަޑުމަޑުން ހޫރާލީމެވެ.

Share Article

Follow Me Written By

Star

Level 310 Stories100 Comments100 Login

Other Articles

Previous

މަންޒިލް 17

Next

ރާނީ 1 ވަނަ ބައި

Next
October 30, 2020

ރާނީ 1 ވަނަ ބައި

Previews
October 29, 2020

މަންޒިލް 17



All Right Reserved!