ނޭނގި ހިތޭތިއަތުލީ 38
ހަފުތާއެއްފަހުން އަމީނާމެންގެ ކައިވެނި ކުރެވިގެންދިޔައެވެ. ކައިވެނީގެ ރަސްމިއްޔާތު ކުރިއަށްދިޔައީ މަނިކުގެ ގޭގެ ތަނަވަސް ޓެރެސްގައެވެ. ހަފުލާގައި ބައިވެރިވީ މަނިކް ގެ އެއްމެގާތް ރައްޓެހިންނާއި ނިއަމް އަދި މަލާކްގެ ދެތިން ރައްޓެހިންނެވެ.
ކައިވެންޏަށްފަހު އަމީނާމެން ބަދަލުވީ މަނިކުގެ ގެއަށެވެ. މިހާރު އެއީ މަލާކް އަބަދުވެސް ބޭނުންވި ކަހަލަ އާއިލާއެކެވެ ބައްޕަ ޢާއި މަންމަގެ އިތުރުން ކޮއްކޮއެއްވެސް ލިބުނީއެވެ. އޭނަގެ ނުފިލާ ހުންނަ ހިނިތުންވުމުން އެކަމަށް ރަނގަޅަށްވެސް ހެކިދެއެވެ.
“ޙިނގާބަ ޕިއްޒާއެއް ކާލަންދާން….” ދުވެ ނިންމާފައި ގެއަށް އައިސް ވަތް ނިއަމް އަށް މަލާކް ބުނެލިއެވެ. “އޯޑަރ ކުރަންވީނު” ސޯފާގައި އިށީދެ ބޫޓްބާލާމުން ނިއަމް ޖަވާބު ދިނެވެ. އެކަމަށް އެއްބަސް ނުވެ މަލާކް އާދޭސް ކުރަން ފެށުމުން އިތުރަން އިންކާރު ކުރާކަށް ނިއަމް އަކަށް ނުކެރުނެވެ. އެހެންކަމުން ތައްޔާރު ވެގެން އަންނާނެ ކަމަށް ބުނެ ނިއަމް ވަނީކޮޓަރިއަށެވެ.
ރެސްޓޯރެންޓަށް ގޮސް އޯރޑަރ ދީފައި ދެމީހުންތިބީ ވާހަކަ ދައްކާށެވެ.ދެމީހުން އަމިއްލަ ވާހަކައަށް ގެއްލިފައި ހުރުމުން ކައިރީގައި މީހަކު މަޑުކޮށްލިކަމެއް އެކަކަށްވެސް ނޭނގެއެވެ. އެހެންކަމުން ކައިރީގައި ހުއްޓިހުރި އަންހެންކުއްޖާ މޭޒުގައި މަޑުމަޑުން ޖަހާލިއެވެ. ޢެޔާއެކު ނިއަމް އަދި މަލާކްވެސް އިސް އުފުލާބަލާލިއެވެ. އެ އަންހެން ކުއްޖާގެ މޫނު ފެނުމާއެކު ްނިއަމް އަށް ވަގުތުން އިންގޮނޑިން ތެދުވެވުނީއެވެ. އޭނަ ހަމަ ރަނގަޅަށްވެސް ސަޕްރައިޒް ވެއްޖެއެވެ. ލައިހާ އެގޮތަށް ނުބުނެ އަތުވެދާނެކަމަކަށް ކުޑަކޮށްވެސް ހީކުރެވިފައެއްނެއްވިއްޔާއެވެ. ހަމަ އެވަގުތު ނިއަމްގެ ނަޒަރު ހުއްޓުނީ ލައިހާއަށެވެ. އޭނަ ހެވިފައި އިންގޮތުން ނިއަމްއަށް ހުރިހާކަމެއް ފަހުމްވިއެވެ. ” ތިހެން އަހަންނަން ބަލާނެކަމެއް ނެތް….އަހަރެންކަންތައް ކުރީ ނިއަމްގެ ޕްރިންސަސް އެންގިގޮތަށް…އޭނަ ނިއަމްއަށް ސަޕްރައިޒް ދޭން ނުބުނެ އަންނަންވެގެން ކުރިކަމެއްމީ….” ނިއަމް ބަލަންފެށުމުން މަލާކް ހާމަކޮށްލިއެވެ. “އަހަރެންގެ ޕާޓް މިނިމުނީނު…ދެން ދަނީ…” ގޮޑިން މަލާކް ތެދުވިއެވެ. ކައިގެން ދާން ނިއަމް އެދުނެވެ. ” އޭރުން ކިހިނެއް ތި ދެމީހުން މާފޮޅުވާނީ” މަލާކް އެދެމީހުންނާ ދިމާކޮށްލިއެވެ. އަހަންނަން އިނގެއޭ އޭރުވެސް އަހަރެން ވަންނަ އިރަށް އިތުރަށް މަޑު ނުކުރާނެކަން…އަހަރެމެންނަން ވަގުތު ކޮޅެންދޭންށޭ ކިޔާފަ ދާނެކަން…އެހެންވެ ދޮންބެ ގާތު ބުނިން މަޑުކޮށްލައްޗޭ…ދޮންބެ އަށް ގުޅާފަ ބުނެލާނަން ޑްރޮޕް ކޮށްލަދޭން…” ލައިހާ ބުނެލި ޖުމްލައިން މަލާކްއަށް ކުޑަ ހުއްޓުމެއް އައެއްކަމަކު އެކަން އެހެން މީހަކަށް ފާހަގަ ވުމުގެ ކުރިން ނިކުންނަން ހިނގައިގަތެވެ.
4މަސްފަސް
ދެފަރާތުގެ އާއިލާއިންވެސް ތައްޔާރު ވަމުން ދަނީ ލައިހާ އާހި ނިއަމްގެ ކައިވެންޏަށެވެ. މަސްދުވަސް ފަހުން ކައިވެނި ކުރަން ނިންމާފައިވާއިރު ކުރަން ހުރި ތައްޔާރީތަށް ކުރިން ނިންމާލަން އެންމެންވެސް ބޭނުން ވެއެވެ. ފަހުވަތުތަށް ބަހައްޓައިގެން ބޯގޮވައި ކަންތައް ތައް ބޮއްސުން ލާންބޭނުން ނުވާތީއެވެ.
ވޭތުވެ ދިޔަ ދުވަސްތަކުގެ ތެރޭގައި މަލާކް އަދި މައުވަންގެ ގުޅުންވެސް ރަނގަޅުވެ، ދެމީހުން އެކުވެރީންނަން ވިއެވެ. ނިއަމް، މަލާކް ،ލައިހާ އަދި މައުވަން ހަތަރު މީހުން އެކީތަންތަނަން ދިއުން އެއީމިހާރު އާމުކޮށް ހިނގާކަންކަމެވެ. ޢެހެން އުޅޭއިރު ދެމީހުން ގުޅެން މަޖަލަށް ހަދާފައި ބައެއްފަހަރު ލައިހާމެން ކިޔައެވެ. މައުވަން އޭނަ ހުރީތައްޔާރަށް ކަމަށް ބުނެއެވެ. މަލާކް ވަކިޖަވާބެއް ނުދޭނެއެވެ. ނިންމާލާނީ ހިނިތުންވުމަކުންނެވެ. ޢެ މައުލޫއަށް އިތުރަށް ބާރު އަޅާކަށް އެކަކަށްވެސް ނުކެރެއެވެ. މަލާކް ހިތްހަމަ ނުޖެހިދާނެތީއެވެ. ޢަނެއްކޮޅުން މައުވަން މަލާކް އާމެދު ކަންކުރިގޮތް ރަނގަޅު ކުރެވެންވެސް ނެތީއެވެ
އާދައިގެ މަތިން ހަތަރު ޒުވާނުން ދިޔައީ ހުޅުމާލެ ބީޗްގައި ހިންގަމުންނެވެ ވަގުތަކީ މެންދުރުގެ އެންމެ އަވިގަދަ ވަގުތު ކަމުން މާގިނަ މީހުނެއް އެ ސަހަރައްދުގައިނެތެވެ ހަތަރު މީހުން ދައްކަމުން ދިިޔައީ ކުޑައިރުގެ ވާހަކަ ތަކެވެ އެކިމީހުން ކޮށްފައި ހުންނަ މަޖާ ކަންތައްތަކެވެ. މަލާކްވެސް އޭނަ ކުރި އެކި ކަންކަން ހިއްސާކުރިއެވެ. ޢަނެއް ތިންމީހުންނާއި އޭނަގެ ވާހަކަ ތަފާތެވެ. އޭނަ ބޮޑުވަމުން އައީ ރާއްޖެ ތެރޭރަށެއްގަވިއްޔާއެވެ. ޢެގޮތަށް އެ ވާހަކަ ތަކުގައި ދަނިކޮށް ޖޯލިފަށްޗެއް ފެނުމުން އެމީހުން ޚިޔާރު ކުރީއިށީން ނާށެވެ. މަލާކް ޖޯލީގައި އިށީނުމުން ކައިރީގައި ހުރި ކުޑަ ރުކުގެ ފަންތަން އޭނަގެ މޫނަން އުނދަގޫކުރަން ފެށިއެވެ. ރުއްހުރީ ޖޯލިފައްޗާއި މާކައިރީގައި ކަމުން މަލާކްގެ މޫނުގައި ކޮންމެސް ވަރަކަށް ރުކުގެ ފަންތަން ޖެހެނީއެވެ. މަލާކް ޖޯލިން ދެދުވެ އެފަން ރުކުގެ އެހެން ފަނަކާއެކު އައްސާލާފައި އަދި އިތުރު ދެތިން ފަންވަތް ނަންޓާލައިގެން އައިސް ކުރިން އިންތާ އިށީނެވެ. ” މީ އަހަރެން ކުޑައިރު އެކި އެއްޗެހި ހަދާ އުޅުނު އެއްޗެއް…ފަންކާ، ބޯޅަ އަތުކުރި ގަޑި، މިހެންގޮސް ކިޔާނެކަމެއް ނެތް ބައިވަރު އެއްޗެހި ހެދޭނެ” މީހަކު ސުވާލު ކުރުމަކާނުލާ އަތުގައި ހުރި ފަންވަތްކޮޅަށް އިޝާރާތް ކުރަމުން މަލާކް ތަފްސީލްދިނެވެ. ޖޯލީގައި އިށީދެ އިނދެ ފަންކާ އެއް ހަދާލައި ވައިމަށްޗަށް ދިއްކޮށްލުމާއެކު މަޑުމަޑުން އެބުރެންފެށިއެވެ. ޢެޔާއެކު ލައިހާ އެތުލިއެވެ. ޢޭނައަށްވެސް އެ ކަމުދިޔައެވެ. ” އަހަރެމެން ކުޑައިރު މަންމަމެން ދެނީ ބާބީ އެއް ނޫނީ ބެއާއެއް…މިކަހަލަ ކަމެއް ތަޖުރިބާކުރުމުގެ ފުރުސަތެއްނުލިބެ..” ލައިހާގެ ނަޒަރުހުރީ މިނިވަންކަމާއެކު އެބުރެމުންދިޔަ ފަންކާއަށެވެ.”ހިނގާބަރ ކޮންމެސް ފިނިއެއްޗެއް ބޯލަންދާން” ވާހަކައިގެ ތެރެއިން ނިއަމްބުނެލިއެވެ. ” އަހަރެން އަންނާނަން މިތަނުން ފިނިއެއްޗެއް ގަނެލައިގެން ތިމިހުން މަޑުކޮށްލާ” ކައިރީގައިހުރި ފިހާރަޔަކަށް އިޝާރާތް ކުރަމުން ނިއަމް ތެދުވެ ހިނގައިގަތެވެ. ލައިހާވެސް ދާނެ ކަމަށްބުނެ ތެދުވެ ނިއަމް ފަހަތުން ހިނގައިގަތެވެ.
މަލާކް ދިޔައީ ފަރިތަކަމާއެކު ބޯޅައެއް ވިއަމުންނެވެ. މައުވަން އިނީ މަލާކްގެ މޫނަން ނަޒަރު ހުއްޓިފައެވެ. “ކީއްވެ ތިބަލަނީ؟” ބޯޅަވިއެ ނިންމާލުމަށްފަހު މައުވަން ބަލާކަން އިހްސާސްވެގެން މަލާކް އެއްސެވެ. ” ރީތިކަމުން ހަމަ ބަލާލަނީ” މަލާކްގެ މޫނުން ނަޒަރު ވަކިކޮށްނުލާ އިންގޮތަށް އިދެ މައުވަން އިއްވާލިއެވެ. ” އޯކޭ….ފޫހިވަންދެން ބަލާ….” ހިނިތުން ވުމާއެކު އިތުރު ފަންވަތެއް ނަގަމުން އެހެން އެއްޗެއް ހަދަން މަލާކް ފެށިއެވެ. “ފޫއްސެއްނުވާނެ މުޅި އުމުރު މިހެން ހުންނަންވިއަސް…އެކަމު އެފުރުސަތު ނުދޭންށެއްނު ތި ހުންނަނީ” މިފަހަރު މައުވަން ޖަވާބުދިނީ އެއްޗެހި ގަނެގެން އެމީހުން ކައިރިއަށް އަންނަމުން ދިޔަ ނިއަމްމެނަން ބަލަމުންނެވެ. ޢެދެމީހުންގެ އުފާވެރިކަން ފެނި އޭނަ ހިތްހަމަޖެހެއެވެ. ލައިހާއަށް ނިއަމް ކަހަލަ ރަނގަޅު ބައިވެރިއެއް ލިބުނީތީ އުފާވެއެވެ. އަދި ކޮންމެސް ދުވަހަކުން އޭނައަށްވެސް އެފަދަ ދުވަހެއް ލިބޭނެ ކަމަށް އުމީދުކުރެވެއެވެ. ލައިހާމެންނަން ބަލަން މައުވަން އިނީ ހުނިތުންވެފައެވެ. ދެމީހުން ސަކަރާތް ޖަަހަމުން ސެލްފީނަގަމުން ހިނގަމުން އާދެއެވެ. ޢަދި ކޮންމެ ސެލްފީއަކަށް އަތުގައި އޮތް ފަންކާވެސް އަރުވައެވެ. އަމިއްލަ ދުނިޔެއެއްގައި މަޖާވެލާފައި ދެމީހުން ހުއްޓެވުނީ ކުށްލިއަކަށެވެ. ޢޭރު އެމީހުންތިބީ މައުވަންމެނާ 10 ވަރަކަށްފޫޓް ކައިރީގައެވެ. ލައިހާ ހުރީ އަނގަުޅިވިފައެވެ. ކުރިމަތިން ފެންނަމުން އެދަނީ ހަޤީގަތްތެއްކަން ޤަބޫލްކުރަން ދަތިވެފައެވެ. ނިއަމްވެސް ހުރީހަމަ އެފަދަ ހާލެއްގައެވެ. ޢެކަމަކުވެސް އެވަގުތިކޮޅު ފޯނުގައި ރަންކާކުރުމަށްޓަކައި ފޯންގެ ކެމަރާ އެދިމާލަށް އަނބުރާލިއެވެ.
މަލާކް އިނީ މައުވަން އިށީދެ އިން ޖޯލީގެ ކުރިމަތީގައި އެއްކަކޫ މަށްޗަށް ތިރިވެގެންނެވެ.
” މައުވަން…..ވިލް ޔޫ މެރީ މީ؟” ފަނުން ހަދާފައިވާ އަނގޮށްޓެއް މައުވަންއަށް ދިއްކޮށްލަމުންމަލާްކް އެއްސެވެ. “ތީދެން ކޮން ސަމާސާއެއް.” މައުވަން ހީކުރީ މަލާކް ސަމާސާ ކުރަނީކަމަށެވެ. “އަހަރެންގެ މޫނަން ބަލާލީމަ ހީވޭތަ ސަމާސާއެކޭ….އޯކޭ…ދެން މީފަހުފަހަރު…..މައުވަން އަހަންނާ އިންނާނަންތަ….” ކަރުކެހެލާފައި އަލުން މަލާކް އެއްސެވެ. އާއެކެވެ. މަލާކްގެ މޫނުން އޭނަ އެކުރަނީ ސަމާސާ ނޫންކަން އެނގެއެވެ.”ޔެސް…ޔެސް…ޔެސް..” މައުވަން ވީއުފަލުން ހަޅޭންލަވައިގަތެވެ. ޢަދި ޖޯލިން ތެދުވެ މަލާކްގެ ގައިގައި ބައްދާލިއެވެ. ޢެއަށްފަހު އަނގޮޓި އަޅުވާލަން މަލާކްއަށް އަތް ދިނެވެ. މަލާކް އަނގޮޓި މައުވަންގެ ކަށި އިނގިލީގައި އަޅުވާލަ ދިނެވެ. އަނެއްކާވެސް މައުވަން މަލާކްގެ ގައިގައި ބައްދާލިއެވެ.” އަހަރެންގެ ހިތް އަބަދުވެސް ބުނޭ މަލާކްގެ ހިތް އަދި އަހަންނަން ލިނޭބެނެ….އިރާދަކުރެއްވީތީ މިޢޮތީ އެދެުވަސް އައިއްސަ …އަހަރެންގެ ހިތް އަހަންނަން ނުވެސް އެނގި ހުއްޓަ މަލާކް އަތުލީ…އަދި އަތުލައިގެން ފިލީ…މިފަހަރު އެފުރުސަތެއް ނުދޭނަން…… އަހަރެން މަލާކްދެކެ އިންތިހާއަށް ލޯބިވޭ…. ” މައުވަންގެ ލޮލުން އައީ އުފާވެރިކަމުގެ ކަރުނައެވެ. ” މައުވަންވެސް އަހަންނަން ނޭނގި އަހަރެންގެ ހިތް އަތުލީ ކައިވެނި ކުރިތާ ދުވަސްކޮޅެއްތެރޭ….އެކަމު އަހަންނަން އޭރު ޖެހުނީ އެ ހިތް ބާއްވާފަ ދާން…..މި ފަހަރު އެހެންވިއަކަ ނުދޭން.. ”
(ނިމުނީ)
9 Comments!
Comments are closed.




alhe thi haadha avahah nihmaalee.. ekudhin ge rom part e genes dhin nama .. maa avas aruvaafa thi ninmaalee
Hehe. Dhen knmes irakun Inman vaanehnu dhw….ehenve
alhey kihineh thi ninmy….. maa avahehn….. alhe dhen dhen….. malaak aa mauvan aa dhemyhun adhi alun marty kuraa gothah hadhaane nama….. meege S2 genes dheyn v nu….. i enme furathama kiyan feshi mi site ge vaahaka meee….. vrh reethi mi vaahaka….. you have talent ingey….. i love to read this story….. ekam adhi alah mi comment kury…. new stry akah wait kuran eba…. lysm..
Thank you?… ehen story eh liyeveythw balaanan IA..
kill bunihen emyhunge rom part genaima dhw salhi vaany
haadha dhuvas kohlaafa mi vaahaka kiyan mi libuni .varah inthizaaru kureyvihje .?
Thank you?… eheheh
Vvvv dhigu inthixaarakh fahu finally nimihjje
Story vvvv reethi
Stay safe❤❤❤
Thank you . ?? stay safe