Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭނގި ހިތޭ ތި އަތުލީ 32

Star Level 310 Stories100 Comments100 Login
April 23, 2018 3 Mins Read
54 Comments

މަލާކް ޑިއުޓީގައި އަވަދިނެތި އުޅެނިކޮށް ފޯނަން އައީ ނިއަމްގެ މެސެޖެކެވެ. އެދެފައި ވަނީ ކެންޓީނަން ސައިބޯން އައުމަށެވެ. މަލާކަށްވެސް މެސެޖް ކިޔާލުމާއެކު ބަނޑުހައިކަން އިހްސާސްވިއެވެ. އަދި މި ދަނީކަމަށް ބުނެ ރިޕްލައިކޮށްލިއެވެ.

އަކްޔަން އާއި މައުވަން ދިމާވީ ހެނދުނު ސައި މޭޒުދޮށުންނެވެ. ދެމީހުންވެސް ތިބީ އޮފީސް ހެދުމުގައެވެ. ސައި ތައްޔާރު ކުރުމުގައި އަލާ އާއި ނަސީމާ ހަރަކާތް ތެރިވަމުން ދިޔައެވެ. މަޒްހަރު އޭރު އަދި ސައިމޭޒު ދޮށަށް ނާދެއެވެ. އެކަކުވެސް އަނެކަކާ އަނގައިންނެއް ނުބުނެއެވެ. އިވެނީ ހަމައެކަނި ތަށިތަން ތަޅުވާ އަޑެވެ. ” ދޮންބޭ އަހަރެން އޮބެއް ވާހަކަ އެއްދައްކާލަންވެފަ…” އެ ހަމަހިމޭންކަން ދުއްވާލީ އަކްޔަންއެވެ. މައުވަން އަނގައަށް ލާން އިން އިތިކޮޅު ނުލައި އަކްޔަން އާއި ދިމާލަށް ބަލަހައްޓައިގެން އިދެވުނީ ހައިރާން ވެފައެވެ. މި ފަހަކަށް އައިސް އަކްޔަން އޭނަ އާ އެކަހަލަ ގޮތަކަށް ވާހަކަ ދައްކަން އެދިފައެއް ނެއްވިއްޔާއެވެ. އަދި ހުންނަނީވެސް އިންތިހާއަށް ހިތް ހަމަނުޖެހިފައިކަން މައުވަންއަށް ވެސް އެނގެއެވެ. އެކަމަކު ކުޑަ ހިނދު ކޮޅެއްތެރޭ ހަމަޔަކަށް އެޅިލާ މިރޭ ދޯ އޭ ބުނެ އޭނަ ކެއުން ކުރިއަށް ގެންދިޔައެވެ. އަކްޔަންވެސް އެއްބަސް ވުމުގެ ގޮތުން ބޯޖަހާލިއެވެ.

ޑިއުޓީއަށް ގޮސް މައުވަންއަށް ހިންދެމިލެވޭވަރުވީ މެންދުރު އެކެއްވެސް ޖެހިފަހުންނެވެ. މައުވަން ނަމާދު ކޮންގެން އައިސް ނިއަމްއަށް ގުޅާފައި އެދުނީ ކެންޓީނަން އައުމަށެވެ. ލަސްތަކެއްނުވެ ނިއަމްވެސްއައެވެ. “ނޭހިޔަސް ބުނެފާނަން އެ ދަތުރުގައި މަލާކް ބައިވެރި ކުރާގޮތަކަށް ނޫން އޮތީ…” މައުވަންގެ މޫނު ފެނުމާއެކު އެކުވެރިޔާގެ ސުވާލަށް ނިއަމް ޖަވާބު ދިނީ ސުވާލު އެހުމަކާވެސް ނުލައެވެ.

” ދެން ކިއްކުރަން އަހަންނަން ދޮގުހެދީ….” މައުވަން އަހާލީ ކަރުގައި އޮތް ޓައީއަށް ކުޑަކޮށް ދޫކޮށްލަމުންނެވެ.

“އެއީ އެވަގުތަށް އެއްމެ ރަނގަޅު ގޮތް ކަމަށް އަހަންނަން ފެންނާތީވެ….އެހެން ނޫނަސް ހާސްނުވެބަލަ މަލާކްގެ ކަންތަކާ މަ އުޅެދޭނަމޭ ކުރިންވެސް ބުނީމެންނު…. އެކަންވާނެ….” ހަމަޖެހިލާފައި ނިއަމް ބުނެލިއެވެ.

“މަވެސް އުއްމީދުކުރަނީ ތިހެން ވާނެކަމަށް….”

“އިރާދަ ކުރެއްވިއްޔާ ވާނެ…. އަނެއްކާ މަވެސް މީ ފާޑަކަށް ވަލީވެރިއެއްވިއްޔަ…..” އެއްލޯމަރާލަމުން ނިއަމް ބުނެލިއެވެ.

“އޭނ…ކީކޭ.. ކީކޭ ތިބުނީ” ނިއަމް ބުނިއެއްޗެއް މައުވަންއަށް ފަހުމެއް ނުވިއެވެ.

ނަމަވެސް ތަފްސީލް ދޭން ނޫޅެ ނިއަމް މައުޟޫ ބަދަލުކޮށްލީއެވެ. މައުވަންވެސް ފަހުން އެކަމާ އަޅައެއް ނުލައެވެ.

މަލާކް ޑިއުޓީ ނިންމާފައި ގެއަށް ހަވީރު 5 ޖަހަނީއެވެ. އެއްޗެހިވެސް ބަދަލުކުރުމަކާ ނުލާ ގެއަށް އައިސް ވަތްގޮތަށް އިށީނީ ސައިބޯށެވެ. އަމީނާ ވެސް އޭރު އިނީ މަލާކްގެ އިންތިޒާރުގައެވެ. ސައިބޮއި ނިމިގެން މަލާކް ކޮޓަރިއަށް ވަނީ ކުޑަކޮށް ނިދާލަން ދަނީކަމަށް އަމީނާގެ ގާތުގައި ބުނަމުންނެވެ.

މަލާކް ފެންވަރައިގެން ނުކުމެ އަތްކުރު ޓީޝާޓަކާއި ދޫ ހަރުވާޅެއް ލައިގެން އަވަހަށް ބެލީ ޖައްސާލެވޭތޯއެވެ. އިސްތަށި ގަނޑުގައިވެސް ފުނާއަޅާލާކަށް ގަސްތެއް ނުކުރިއެވެ. ބޯދޮވެގެން ފެންވަރައިގެން ނުކުތުމުގެ ސަބަބުން ކުޑަކޮށް ފިނިވެފައިހުރުމުން އޭސީގެ ފިނި މަޑުކޮށްލައި އެނދުގައި އޮށޯވެލިއެވެ. ނިދާލަން ދެލޯމަރާލުމާއެކު ފެންނުނީ މައުވަންގެ ރީތި ސޫރައެވެ. އެ ރީތީ ހިނިތުންވުމެވެ. މަލާކްގެ ތުންފަތުގައިވެސް އެވަގުތު ރީތި ހިނިތުންވުމެއް ދުވެލިއެވެ. އެއީ މިހާރު މަލާކްގެ އާދައެވެ. އެކަނިވާ ކޮންމެ ވަގުތެއްގައި މައުވަންގެ ހިޔާލްތަކުން އޭނައަށް ދަނީ އުނދަގޫ ކުރަމުންނެވެ. އޭނަ އެކަން ކުރަން ބޭނުން ނުވިހެއް ކަމަކު ބަސްނާހާހިތް ކިޔަމަނެއް ނުވެއެވެ. މައުވަންގެ ހިޔާލްތަކާ ދުރަށް ދިއުމުގެ ގޮތުން މަލާކް ފޯންނަގާ އެފް ބީއަށް ވަދެލިއެވެ. އެވަގުތު ދޮރުހުޅުވާލާފައި ކޮޓަރިއަށް ވަތް ސޫރަފެނިފައި މަލާކަށް ކޮޅަށް ތެދުވެވުނެވެ. އަދި އެވަގުތު ހުރެވުނުގޮތް ހަނދާންވެފައި އަވަސް އަރުވާލާފައި ބުރުގާ ބޮލަށް މަހާލިއެވެ. މައުވަން ހެވިލާފައި ހުރެ ކޮޓަރިއަށްވަދެ ދޮރުލައްޕާލިއެވެ. “ކީއްކުރަން މިތަނަން ތި އައީ….ތިހެން ނޮކް ނުކޮށް މި ކޮޓަރިއަށް ވަނުމުގެ އެއްވެސް ހައްޤެއް މައުވަންއަކަށް ނޯންނާނެ….”

“ހްމް…އެހެންތަ….އެކަމު ތީނީ މަގޭއިންދައިގައެއްނު….އެހެންވެގެންނޯ މަންމަ ބުނީ މި ހުއްދަދެނީ ވަނުމުގެ….” ފުޅާ ހިނިތުން ވުމަކާއެކު މައުވަން އިއްވާލިއެވެ. “މަންމައަށް ނޭނގުނަސް މައުވަންއަށް އިނގެއެއްނު މަމީނި އިއްދައިގަ ނޫންކަން….” މަލާކް ހުރީ އިންތިހާއަށް ހިތްހަމަނުޖެހިފައެވެ.

“އިށީން ނާކަށްވެސް ނުބުނާނަންތަ…؟ މަލާކް ދެއްކި ވާހަކައަށް އެޗެއްނުބުނެ މައުވަން އަހާލިއެވެ.

“މިގެއަށް އަންނަން ބުނެގެންތަ އައީ….މިކޮޓަރިއަށް ވަންނަން ބުނެގެންތަ ވަނީ….ދެން ކިއްކުރަން ކޮންމެހެން އިށީންނަން ބުނަންވީ…؟ މަލާކް އެއްފަށްޗަކަށް އަމުނާލިއެވެ.

“އޯކޭ… ނުބުންޏަސް އިށީދެފާނަމޭ…..” މައުވަން ގޮސް އެނދުގައި އިށީނެވެ. އަދި ކުށްލިއަކަށް މަލާކްގެ އަތަށް ދަމާލުމާއެކު މަލާކަށްވެސް އެނދުގައި  އިށީދެވުނެވެ.

“ގައިގަ އަތްނުލާ ” މައުވަންގެ އަތް މަލާކް ފޮޅުވާލިއެވެ. އެކަމަކު އެދުން ނުތެދުވެ އިށީދެގެން އިނެވެ.

” ހިނގާ އަލުން މެރީކުރަން” މައުވަން އިއްވާލިއެވެ.

“އަހަރެން އަމިއްލައަށް ރަފާ އަށާ މައުވަންއަށް ފުރުސަތު ދީފަ އައީމަވެސް ތި އުޅެނީ ރީތިކޮށް ނޫޅެވިގެން….ދެން ވެސް ރަފާއަށް ރަނގަޅަށް ލޯބި ދީގެން އޭނަ ގެންގުޅެވޭތޯ ބަލާބަލަ….އެހެން ނޫނަސް މިދުވަސްވަރު ރަފާއަށް މައުވަންގެ ލޯބި ނުލާހިކު މުހިއްމުވާނެ….” މަލާކްގެ ވާހަކަ ދެއްކީ މައުވަންއަށް ވިސްނާދިނުމުގެ ގޮތުންނެވެ.

“ލޯބި މުހިއްމުވާނީ ހަމައެކަނި ރަފާއަކަށް ނޫން….އަހަންނަންވެސް މުހިއްމު…. އެއްމެ ފަހަރަކުވެސް އަހަންނާ ދޭތެރޭ ވިސްނާލަބަލަ…. މަލާކަށް އަހަރެންގެ ދެލޮލުން ލޯތްބެއް ނުފެނޭތެ…. ހިތް ނަގާ ދެއްކޭނަމަ ދެއްކީމުސް…. އޭރުން މަލާކަށް އެނގޭނެ މިހިތުގަ ވަނީ ހަމައެކަނި ތިނަންކަން….” މައުވަން ހުރީ ފެންކަޅިވެފައެވެ. މައުވަންގެ މޫނަން ބަލަން ކުޅަދާނަ ނުވުމުން މަލާކް އިނީ އިސްޖަހާލައިގެންނެވެ.

“މަލާކް ޤަބޫލް ނުކުރިއަސް ވާހަކައެއް ބުނެފާނަން….އަހަރެން ރަފާއާއި އިނީ ލޯތްބަކުން ނޫން….ރަނގަޅު އެއްއިރެއްގަ އަހަރެމެން ދެމީހުން ދެމެދުގަ ގުޅުމެއް އޮތް…. އޭރު އެގުޅުން ނިންމާލީމަ އެކަމަކުގެ ބަދަލުހިފަން އައިސް ހުރިމީހެއް ރަފާޔަކީ….މަލާކަށްވެސް އިނގޭނެ ފުރަތަމަ ކައިވެނި ހަމަޖެއްސީވެސް އަކްޔަންއާކަން…. ފަހުންކަން އަހަރެން ރަފާއާއި އިނީ… އޭނަ އުޅުނީ އަހަރެންގެ ކިބައިން ބަދަލު ހިފުމުގެ ގޮތުން އަކްޔަންގެ ދިރިއުޅުން އަލާކުކޮށްލަން…. އަނެއްކޮޅުން އަކްޔަންގެ ލޯބިވެރިއަކު ހުރި…. އަހަންނަން އިނގޭ އަހަރެން އެދުނަސް އަދި ބައްޕަމެން އެ ކައިވެނި ނުހުއްޓުވާނެކަން…. އަހަންނަން އިނގޭ ލޯބި ނުވާމީހަކާ އިންނަންޖެހުނީމަ އަކްޔަން ވާނެ ދެރަ….އަދި އެވެސް އޭނަގެ ލޯބިވެރިޔާ ހުއްޓަ….. އަހަރެންގެ ލޯބި ވެރިޔަކު ނެތި އެގޮތަށް ކައިވެނި ކުރަންޖެހުނީމަވެސް އަހަންނަން ވީވަރު އިނގޭ…. އެހެންވެ އަހަރެން ރަފާ އާއި ކައިވެނި ކުރި ހަމައެކަނި ސަބަބަކީ އަކްޔަންއަށް އޭނަގެ ލޯބި ހޯދަދިނުން…. އަދި ކަންތައްތައް ހަމަޔަކަށް އެޅުނީމަ ރަފާ ވަރިކުރުން…..ނަމަވެސް އަހަރެން އުއްމީދުވެސް ނުކޮށްހުއްޓަ މަލާކް އެދުނީ ވަރިއަށް….އެކަމަކު ރަފާއާއި އިނުމުގެ ކުރިންވެސް އަހަންނަން މަލާކްދެކެ ލޯބި ވެވިއްޖެ. … ހާމަކުރަން ފަސްޖެހެވުނީ އަހަންނަން މަލާކްއާއި ދޭތެރޭ ކަންތައްކުރެވިފައި ވޯ ގޮތުން”

އިވުނު ވާހަކަ ތަކުގެ ސަބަބުން ހައިރާންވެ ބަސްހުއްޓިފައި މަލާކަށް އިނދެވުނީއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Star

Level 310 Stories100 Comments100 Login

Other Articles

Previous

ތިޔަ އިންތިޒާރުގައި 6

Next

ނޫރު (ފަސްދޮޅޮސްއެއްވަނަ ބައި)

Next
April 23, 2018

ނޫރު (ފަސްދޮޅޮސްއެއްވަނަ ބައި)

Previews
April 23, 2018

ތިޔަ އިންތިޒާރުގައި 6

54 Comments!

  1. Aki says:
    April 23, 2018 at 10:41 pm

    haadha rangalhey writer

    1. Star says:
      April 23, 2018 at 11:08 pm

      Thank you 🙂

  2. Shiman says:
    April 23, 2018 at 10:42 pm

    Yeyy Shiman first dhw..

  3. Inoo says:
    April 23, 2018 at 10:43 pm

    Inoo second dhw mifaharu…so sad??

  4. Malak says:
    April 23, 2018 at 10:45 pm

    Seriously ? ?

  5. Inoo says:
    April 23, 2018 at 10:45 pm

    By the way the stry was awesome?? keep it up dear

    1. Malak says:
      April 24, 2018 at 1:04 am

      I didnt say story awsome eh nooney. Story varah salhi ekm i dont think writer ah evaru ingy hen. Bcx everytine she says sorry. Will up soon ey. Kiyaafa up kuranee ehaa lahun. I do respect star. Love your story. But plx thankolheh dhigu kh genesdheeba.

  6. Shaaab says:
    April 23, 2018 at 10:48 pm

    V salhi. Ekamaku haadha kuda thankelheh

  7. Malak says:
    April 23, 2018 at 10:48 pm

    Varah kiyaa hithun feshi ekm feshi irah story nimmaalaafa mi ini. Star plx dhigu kh mi story genesdheeba. Ehaa dhuvas inthizaaru khffa kiyaalan mi libeni than kolheh. I just love this story.

  8. shaan says:
    April 23, 2018 at 10:49 pm

    but maa kurukhoe genes denee ☺???

    1. Star says:
      April 23, 2018 at 11:09 pm

      Dhenfaharakun balaanan dhigu kohleveythw. 🙂

  9. Aaa says:
    April 23, 2018 at 10:50 pm

    Ehaa kuru koh ehaa lahun genes dhey iru ves

    1. Star says:
      April 23, 2018 at 11:10 pm

      Sorry 🙁

  10. Starter says:
    April 23, 2018 at 10:52 pm

    V reethi ekam Ehaa ginadhuvasfahun up kiraairuves kuda ethikolheh liyefa. Aslu mi story v kiyaahihve ekam v dheravey thihaa faruvaakudakoh story up kohdheythy.

  11. Aamin says:
    April 23, 2018 at 10:54 pm

    Haadha kurey! Vvvvvvvvv reethi. Miah vure dhigukoh genesdheeba please

    1. Star says:
      April 23, 2018 at 11:12 pm

      Thank you
      Dhenfaharakun balaaanan dhigu kohleveythw

  12. Shaa says:
    April 23, 2018 at 10:58 pm

    Vrh kuru dhw..mihin buneema vx jehssumah huhttaalan bunaanee..ekm.up kuranyaa ehchakah vaagothah kohllaanama..ehen writers ves time hwdhain gigukh uo kuranee..fudhey varakah huvas eba nagaa like 5 days varu…miah vure dhigu kureveyne hen heevanee..whn nxt part?

    1. Star says:
      April 23, 2018 at 11:13 pm

      Oooh. Ok. Thank you.

  13. buddy says:
    April 23, 2018 at 11:09 pm

    Writer thankolhe dhigu kollachchey dhenfaharakun

    1. Star says:
      April 23, 2018 at 11:14 pm

      Ok.will try.

  14. Reader says:
    April 23, 2018 at 11:10 pm

    V vai

    1. Star says:
      April 23, 2018 at 11:15 pm

      Ooh thats sad…. Thank you vai iruves comment eh kohleethee.

    2. shaa says:
      April 24, 2018 at 8:07 pm

      Haadha roodu koshey thi vaahaka dhahkany. Star ge agu dho vehteyny thi gothah vaahaka dhahkan yaa. Hama bunely.

  15. Shaa says:
    April 23, 2018 at 11:15 pm

    Whn nxt part?

    1. Star says:
      April 23, 2018 at 11:16 pm

      As soon as possible

    2. Her says:
      April 23, 2018 at 11:17 pm

      After soo many days ryt?..thii vaane varakee..thikahala meehun vaahaka nuliye huhttaalan feney

    3. Star says:
      April 23, 2018 at 11:21 pm

      Keekuraani hama vaavaru. 🙁

  16. azoo says:
    April 23, 2018 at 11:25 pm

    mihaaru kuriavure eba raghalhuvay

  17. Snow says:
    April 23, 2018 at 11:29 pm

    Varah reethi.❤️Waiting for the next part.

  18. Beauty says:
    April 23, 2018 at 11:39 pm

    Acchydi haadha kurey. Fooohi fooohi foohi

  19. Usha says:
    April 24, 2018 at 12:00 am

    Thi varun vaahaka nuliye huhtaalaba. Thiahvure ragalhu vaane kamah feney. Gaimu readers rulhi gadha eh nuvaane ?????

  20. new girl says:
    April 24, 2018 at 12:26 am

    ethah dhuvahakah fahu ves ha folhu vai…thi varun vaahaka nuliuneema vee nun

  21. އަނާ says:
    April 24, 2018 at 12:40 am

    އިންޑިއާގެ ހޮސްޕިޓަލްގެ ތެރެއިން މައުވަންއަށް ރަފާ ފެނިގެން ހެދިގޮތެއް ނޭގުނު. ސްޓާ އަނެއްކާ ބައެއް މިސްކޮށްލީތަ. ވާހަކަ ވަރަށް ރީތި. އެކަމް ތަންކޮޅެއް ކުރުދޯ ގެނެސްދޭލެއް. އުންމީދުކުރަން ނެކްސްޓް ޕާޓް އަވަހަށް ކިޔާލަން ލިބޭނެކަމަށް. މަލަކް އެން މައުވަން ދެންހަދާގޮތެއް ވަރަށް ބަލަން ބޭނުން.

  22. Mal says:
    April 24, 2018 at 1:09 am

    nethin dhen mi story eh comment kuraakh. Ekm story up vaa aharakun will read your story. Love this story. And about reader. Aslu varah sad thi gothah kanthah kuraathi. Writer heevanee kiyuntherinnah jessumah story up kuraahen. In my opinion. Maybe you have some problems in your life. But up kuranyaa plx thankolheh dhigu kh dheefaanantha?

  23. Blue beauty says:
    April 24, 2018 at 2:19 am

    salhi mi part ves…akam kuree.. keep it up..????????❤ star pls dig kohdheeba episode igey dhooni

  24. Fathun says:
    April 24, 2018 at 7:05 am

    Dhen Romantic scene eh genesdheeba v salhi..by v kuru

  25. Eyra says:
    April 24, 2018 at 7:51 am

    ??

  26. Mixuhan says:
    April 24, 2018 at 8:03 am

    Avahah up kh dheeeba …maa las vaniyyey …kiyaa hithun keii madhu vefa mi hunnany

  27. Zuu says:
    April 24, 2018 at 8:30 am

    I am not gonna say mi story up kuraa leh lahey or kurey.u must be a v buzy person nd still free time hoadhaigen kohdheythee i appreciate it.next time kuda koh dhigu kollaane kamah ummedhu kuran.your story was awesome.keep it up

  28. Mal says:
    April 24, 2018 at 8:39 am

    Awesome.hama evvanaige vaahakaeh ..star u r the best… but as all the readers highlighted, it’s much too short. Pls upload a bit longer in the future . N on a specific dates.we luv u star ??keep it up!!!

  29. zee says:
    April 24, 2018 at 8:56 am

    Haadha kurey. mi ah vure dhigu nuvanee tha? mihaa lahun genes dhey iru ves

  30. mauvan says:
    April 24, 2018 at 8:58 am

    story haadha kurey.. kiyaa hithun indha nimijje.. but story very nice.. luv it <3 <3

  31. Dhon goma says:
    April 24, 2018 at 9:00 am

    Mithiba baeh dho shakuvaa shakuvaa burakoh ulhemunves vaguthu vaavarakun vaahaka up kohdheythee shukuru kohbala waiting for the next part

  32. Lalla says:
    April 24, 2018 at 10:45 am

    I was a big fan of yu star..ekm nw aslu vaagothaky maa kuryy..Maa bodah vs kury..Ingey bxy vedhaanekan ekm ehaa dhuvas koffa up kuraairu miah vure dhigu kureveyne hn hyvany..Kurin v kiyaahithun star ge vaahaka kiyany…Sorry to say ekm hama v kurey bunebeyny..knme reader eh kahala gothakah bunany hama kurey..So as a writer yu shud improve dhw…

    1. Lalla says:
      April 24, 2018 at 10:51 am

      kiyaa vs nulaa first comment kolly..Hykurivareh vure vs kuru..two paragraph varu myny..Dhn kiyaakah maa bodu kameh vs nuhingaa..Dhn hama liyelaafa?

  33. Rsh says:
    April 24, 2018 at 11:35 am

    V reethi mi part ves but haadha kurey ….. Waiting for next part

  34. maya says:
    April 24, 2018 at 1:44 pm

    Yayy adhi kiriya reethi gotheh evy and dhen faharakun story dhigu kohlahchey warah kiyaa hithun indhaa nimuny and awahah up kuracheyy❤?

  35. Rif says:
    April 24, 2018 at 1:56 pm

    Haadha kureyy.. Hama kiyaahithun indha.. I know dhigu koh genesdhinumakee konme meehakah ehaa faseyha kamakah nuvaane.. Rif ves vaahakaeh liyan fashaafa vagth nuvegen huttaalee.. I feel you ?? ekam v kiyaahiyvey eba..

  36. Shiraa says:
    April 24, 2018 at 2:09 pm

    I think star don’t care readers feeling ….. mihen buneema faharehga dheravedhaane??☹️

  37. Samee says:
    April 24, 2018 at 3:22 pm

    V salhi. Ekamaku maalahun vaahaka genesdheythee massala akee

  38. Aree says:
    April 24, 2018 at 4:58 pm

    We luv u star. Keep going. ????

  39. Aa says:
    April 24, 2018 at 5:12 pm

    Aslu star eh noon mihaaru mivaahaka liyaneekee. Vaahakaige style ves mulhin badhalu vejje..

  40. Malaak says:
    May 25, 2018 at 1:42 pm

    who writes this story??

  41. rain rain says:
    May 29, 2018 at 3:12 am

    nuliyevigenn huhtaaaleetha.

Comments are closed.

Next Episodeނޭނގި ހިތޭ ތި އަތުލީ 33←


All Right Reserved!